Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-17

__devil__09 Level 210 Stories100 Login
December 23, 2025 2 Mins Read
0 Comments

*”އަނެއްކާ. ބުނެފީމެއްނު ތި ވާހަކަ ދައްކާކައް ބޭނުމެއް ނޫނޭ.” ނާއިލް ބާރައް ބުނެލި އެވެ.*

“ނާއިލް އަޅެ އަޑުއަހާބަލަ. އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. އަހަރެން އެކަމާ ވަރައް ދެރަވަން. އަހަރެން މަޢާފައް ވެސް އެދެން. އައިމް ސޮރީ. ދެން ނާއިލް މިން އައް ވާހަކަ ދައްކާބަލަ. އާދޭސް ކުރަން.”

“ތި ވާހަކަތައް ގޮސް މިން ކާރީ ކިޔާ.” ހިމޭނުން އިރުކޮޅަކު ހުރުމަށްފަހު ނާއިލް ބުންޏެވެ.

“ދެން އެހެންމަ މިން އައް ވާހަކަ ދައްކާނަންތާ؟” މައިހާ އަހައިލީ އުންމީދާއި އެކު އެވެ.

“މިން މަށާ ވާހަކަ ދައްކަން ތައްޔާރައް ހުރިއްޔަކާނު. މަށަށް އުނދަގޫ ކުރަން ނުގުޅަބަލަ.” ނާއިލް ފޯނު ކަނޑައިލި އެވެ.

ގޮތްހުސްވެފައި މައިހާ ބަލައިލީ ނިދައިފައި އޮތް މިންހާ އަށެވެ. މިއީ އޭނާގެ ސަބަބުން ވީގޮތެކެވެ. އޭނާ އެކަން ރަނގަޅުކުރުމަށް އެބަޖެހެ އެވެ. ނަމަވެސް މިންހާ އާއި ނާއިލް ތެރއެިން އެކަކުވެސް ހުރީ ގޮތްދޫކުރާ ގޮތަކައް ނޫނެވެ.

“ރަނާ. ހެލްޕެއް ވެދީބަލަ އަޅެ.” ހާސް ވެފައި މައިހާ ވާހަކަ ދެއްކީ ރަނާ އަށެވެ. އެކުދިން ތިބީ ކާމޭޒު ކައިރީގައި ހެދުމުގެ ނާސްތާ ކުރާށެވެ.

“ކޮންކަމަކު؟” އަނގައަށް ބިސްގަނޑު ކޮޅެއް ލަމުން ރަނާ އަހައިލި އެވެ.

“މިންގެ ކަމުގަ” މިންހާ ބުނެލީ ގޮތްހުސްވެފައިވާ ފަދައިންނެވެ. ރަނާ ސީރިއެސް ވެލިއެވެ.

“މިން އެއްވެސް ވަރަކަށް އެވާހަކަ ދައްކާކައް ބޭނުމެއް ނުވޭ.” ރަނާ ހަނދާންކޮއްދިނެވެ.

“އިނގެއޭ. އެކަމަކު މިހާރު ވަރަށް ދުވަސް ވެއްޖެ. ކޮންމެވެސް މީހަކު ކޮންމެވެސް ކާމެއް ކުރަންވެއްޖެއްނު.”

“އަހަރެން އެވާހަކަ ދައްކާނީ އަހަރެންދެކެ ރުޅި އައިސް ހުންނަނީ. މަޔާން އާއި ވެސް އަނގައިން ނުބުނެ. ރޭގަ ކަންތައްވީގޮތް ވެސް މައި އައް އިނގޭނެ. މައިގެ ސަބަބުން ދޯ މިހެން މިވީ. އަމިއްލައައް މިން އާއި ވާހަކަ ދައްކަން މަސައްކަތކޮއްބަލަ ދެން. އަހަރެމެންނައް ކުރެވޭނެ އެއްވެސް ކަމެއް ނެތް.” ރަނާ ބުންޏެވެ. އަދި ނާސްތާއާއިގެން ކުރިއައްދިޔަ އެވެ.

މެންދުރުގެ ހޫނު ގަދަ ވަގުތެވެ. މިންހާ އޮތީ ޖޭނބު ފަހުގައި އެލުވައިފައި އިން އޮނދޯލީގަ އެވެ. އެއްވެސް ކަމެއްނުކޮއް ލޯމަރައިލައިގެން އޮތީ އެވެ.

“މިތާ ކީއްތިކުރަނީ. އެތެރެއަށް ވަދޭ ހަމަ މިހާރު.” މިންހާ ލޯ ހުޅުވައިލީ ޒައިދުގެ އަޑަށެވެ. އޭރު ޒައިދު ހުރީ އޭނާ އާއި ދުރުނޫން ގިސާބެއްގަ އެވެ. މިންހާ އަޅައިނުލާ އަނެއްކާ ވެސް ލޯމަރައިލި އެވެ. “މިންހާ މިހާރު ބޮޑެތި މީހުން ބުނާ ގޮތެއް ވެސް ނުހަދާ ދޯ. މިބުނީ ހަމަ މިހާރު ގޭތެރެއައް ވަންނާށޭ.”

“ނުވަންނާނަން. ކަލޭ ކީއްކުރާނީ؟” މިންހާ ގާތައް ރުޅި އައެވެ.

“ކަލޭ އޭ؟ މަށާ ދިމާލައް ރިކީ ކަލޭ؟ ތިޔަ މިންހާ ބޮޑެތިމީހުންނާ ވާހަކަ ދައްކާ ގޮތަކީ؟ މިންހާގެ މަންމާ ކައިރީ ބުނާނަން”

“އަވަހައްދޭ. ގޮސް ބުނޭ. މަށަށް ވަރިހަމަ. ކަލޭތީ ކާކު ކައިރީ ހަދަންވީ ގޮތް ބުނަން.” މިންހާގެ ބޮލަށް އުނދަގޫ ވި އެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

__devil__09

Level 210 Stories100 Login

Other Articles

Previous

ފޮރުވުނު ހަގީގަތް

Next

ދެވުނީ ވޭނޭ 27

Next
December 23, 2025

ދެވުނީ ވޭނޭ 27

Previews
December 23, 2025

ފޮރުވުނު ހަގީގަތް



All Right Reserved!