Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުރަތަމަ ނަޒަރުން 22

Mariyam Enash Aqeel Level 210 Stories
December 18, 2025 4 Mins Read
4 Comments

ޖެހިގެން އައި ދުވަހު އަހަންނަށް ހޭލެވުނީ ފަތިސްނަމާދު ބަންގީގެ އަޑަށެވެ. ނަމާދުކޮށްގެން އަހަރެން ބޭރަށް ނިކުތް އިރު މަންމައާއި ބައްޕަގެ ހިލަމެއް ނެތެވެ. އާދައިގެމަތިން ކޮފީއެއް ގިރައިގެން އަހަރެން ދިޔައީ ބެލްކަންޏަށެވެ. އޭރު އިރުގެ އަލި ދުނިޔެއަށް ފެތުރެން ފަށައިފިއެވެ. އަހަރެން އިނީ ރޭގަ ހިނގާ ދިޔަ ކަންތަކާއި މެދު ވަރަށް ފިކުރުބޮޑުވެފައެވެ. އަހަރެންގެ ރުހުމުގައި ވިޔަސް ނުރުހުމުގައި ވިޔަސް ބައްޕަ އަހަރެންގެ ކައިވެނި ކުރުވާނެކަން ޔަގީނެވެ. އަހަރެން ވިސްނީ މިކަމުން ސަލާމަތް ވެވޭނެ ގޮތެއް އޮތްތޯއެވެ. ނަމަވެސް ހާސްވެފައިވާ އަހަރެންގެ ސިކުނޑިއަކަށް އެއްވެސް އެއްޗެއް ނުވިސްނެއެވެ. އަހަންނަށް ފެންނަނީ ކޮޅުބެދިފައިވާ މަގެކެވެ.
އެކި ހިޔާލުތަކުގައި އެހެން އިނުމަށްފަހު އަހަރެން ތެދުވީ އޮފީހަށްދާން ތައްޔާރުވުމަށެވެ. މީހުންތެރޭގައި އުޅުމުން ސިކުނޑިއަށް ހަމަޖެހުމެއް ލިބޭނެކަމުގެ އުންމީދުގައެވެ. އަހަރެން ތައްޔާރުވެގެން ކޮޓަރިން ނިކުތްއިރު ވެސް މަންމަ އާއި ބައްޕަގެ ހަބަރެއް ގޭތެރެއަކު ނެތެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަހަރެންގެ ކަންފަތުގައި ޖެހުނީ ޒުވާބެއްގެ އަޑެވެ. އަޑު އައީ މަންމަމެންގެ ކޮޓަރިންނެވެ. އެއިވުނު އެއްޗެއް ޔަގީންކޮށްލަން އަހަރެން އެކޮޓަރި ދޮރާއި ގާތްވެލީމެވެ. އަހަންނަށް އިވުނީ ރަނގަޅަށެވެ. މަންމަ އާއި ބައްޕަ ޒުވާބުކުރަނީއެވެ. އަހަރެން ވަރަށް ހައިރާންވިއެވެ. މަންމަ އާއި ބައްޕައަކީ ދުވަހަކު ވެސް ޒުވާބުކުރާ ބައެއް ނޫނެވެ. އަހަރެން ކުޑައިރުންސުރެ މިހާވަރު ވެފައި މިހުރީ، ދުވަހަކު ވެސް އެމީހުން ޒުވާބުކުރާ އަޑެއް ނާހަމެވެ. އެހެންކަމުން މިއަދު އެމީހުން ޒުވާބުކުރަނީ ކޮންކަމަކާތޯ ބަލާލަން އަހަރެން ބޭނުންވިއެވެ. އަހަރެން އެދޮރު ކައިރި މަޑުކޮށްގެން ހުރީމެވެ. ކިޔާ އެއްޗެއް އަޑުއަހަންށެވެ.
“ރަސީމާއަށް ގުޅާބަލަ އަނެއްކާ ވެސް. އޭނާ އާއި ވާހަކަ ދައްކަބަލަ މައްސަލަ ކޯޓަށް ނުލާން” މަންމަ ބުނާ އަޑު އިވުނެވެ.
“އަހަރެން ކިހާވަރަކަށްތަ އޭނަޔާ ގުޅަންވީ؟ މިހާރު ފޯނުވެސް ނިއްވާލާފަ އޮތީ. އަޒުމާއަކަށް ނޭނގޭގެ އަހަރެން އޭނަ ގާތު އާދޭސް ކުރި ވަރެއް” ބައްޕަގެ އަޑު އެއަށްވުރެ ބާރަށް އިވުނެވެ.
“އެކަމަކު އަހަރެން ބޭނުމެއް ނޫނޭ އީޝާ އެސޮރަކާ ދެވާކަށް” މަންމަގެ އަޑުގައި ތުރުތުރުއެޅުމެއް ވިއެވެ.
“އަޒުމާ ހީކުރަނީ އަހަރެން ވަކި ބޭނުން ކަމަށްތަ؟ ހުރި ހަމައެކަނި އަންހެން ދަރިފުޅު ލާޗަރު ބިޗާރަށް އުޅޭ މީހަކާ ދެވާކަށް އަހަރެން ވެސް ބޭނުމެއް ނޫނޭ. އެކަމަކު އީޝާ މިކައިވެނި ނުކޮށްފިއްޔާ އަހަރެމެން އަތުން ހުރިހާ އެއްޗެއް ގެއްލޭނެ. އޭރުން ވާނެ ގޮތަކާއި ދޭތެރޭ ވިސްނާލިންތަ؟” ބައްޕަ ބުންޏެވެ. އަހަންނަކަށް ދެނެއް ނުހުރެވުނެވެ. ދޮރު ހުޅުވާފައި ކޮޓަރިއަށް ވަނީމެވެ. އަދި ސާފުކޮށް ވެގެން އުޅޭ ގޮތް ކިޔައިދިނުމަށް އެދުނީމެވެ. ބައްޕަ އުޅުނީ ވާހަކަ އޮޅުވާލަންށެވެ. ނަމަވެސް މަންމަ އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދޭންފެށިއެވެ.
އަހަރެން ކުޑައިރު މަންމައާއި ބައްޕަ އުޅުނީ ވަރަށް ހާލުގައެވެ. ވަލަށް ގޮސް ހޮވާ އެތިކޮޅަކުން އަނގަޔާ އަތަކާ ދިމާލެއް ނުވެއެވެ. ބައްޕަ ހައްދަމުންދިޔަ ދަނޑަށް ބައްޔެއްޖެހި ގަސްތައް މަރުވިއެވެ. އެހެންކަމުން ބައްޕަ ގަސްދުކުރީ މަސްވެރިކަން ކުރަން ފަށާށެވެ. އޭރު ވެސް ރަސިއްތަ އާއި އޭނާގެ ފިރިމީހާއަކީ މާލޭގައި ބޮޑެތި ވިޔަފާރިތައް ކުރަމުން އަންނަ ބައެކެވެ. އެހެންކަމުން ބައްޕަ ނިންމީ އެމީހުން އަތުން ބޮޑު ލޯނެއް ނަގައިގެން މަސްދޯންޏެއް ގަނެ، ލިބިފައި ހުރި ގެވަޅުގައި ގެއެއް ވެސް އަޅާށެވެ. އެގޮތުން ބައްޕަ އެމީހުން އަތުން 1 މިލިއަން ރުފިޔާގެ ލޯނެއް ނެގީ 15 އަހަރުގެ މުއްދަތެއްގައި ދެއްކުމަށް އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުން ހަދާފައިވަނީ ރަސިއްތަ ފިރިމީހާގެ ކުންފުނީގެ ނަމުގައެވެ. އެއްބަސްވުމުގައި ވަނީ ފަނަރަ އަހަރުތެރޭގައި އެފައިސާ ނުދެއްކިއްޖެ ނަމަ ބައްޕަގެ ދޯންޏާއި ގެ އެމީހުންނަށް ލިބޭނެކަމަށެވެ. ބައްޕަ ވަނީ މި އެއްބަސްވުމުގައި ހިތުން ރުހުމުން ސޮއި ވެސް ކޮށްފައެވެ. ނަމަވެސް ކަންދިމާކުރި ގޮތުން ދޯނި ގަނެ މާ ގިނަ ދުވަހެއް ނުވެ، މަހަށް ގޮސް އުޅުމުގެ ތެރޭގައި ބައްޕަގެ ފަޔަށް އެރި ތަދަކުން މަހަށް ދެވޭވަރެއް ނުވިއެވެ. އަދި އަހަރެންގެ ކޮއްކޮ ލިބުމުން މަންމަ ވެސް ކުރަމުން އައި މަސައްކަތް ހުއްޓާލަން ޖެހުނެވެ. އެހެންކަމުން ކައިގެން ބޮއިގެން އުޅުނީ ބައްޕަގެ ދޯނި ކުއްޔަށްދީގެން ލިބޭ އެއްޗަކުންނާއި ބައްޕައަށް ކުރެވޭވަރުގެ ކުދި މަސައްކަތް ކޮށްގެންނެވެ. އެހެންކަމުން ވޭތުވެދިޔަ ފަނަރަ އަހަރުގެ ތެރޭގައި ލޯނުގެ ގޮތުގައި ދެއްކިފައިވަނީ އެންމެ 4 ލައްކަ ރުފިޔާއެވެ. އެހެންކަމުން މިހާރު ރަސިއްތަމެންގެ ވިސްނުންހުރީ ބައްޕަގެ ގެ ހުރިތަނުގައި ގެސްޓުހައުސް އެއް އަޅަންށެވެ. މިދިޔަމަހު މަންމަ އާއި ބައްޕަ މާލެ އައީ އެކަމާއި އެމީހުންނާއި ވާހަކަދައްކާށެވެ. އަދި އެ މަޝްވަރާގައި ރަސިއްތަ އެދުނީ ފައިސާގެ ބަދަލުގައި އަހަރެންގެ ކައިވެނި ހުސްނީއާއި ކުރުވުމަށެވެ. ބައްޕަ ބޭނުން ނުވިޔަސް ޖެހުނީ އެކަމާއި އެއްބަސް ވާންށެވެ. އެއީ ބައްޕަގެ ގެއާއި ދޯނި ސަލާމަތްކުރެވޭނެ ހަމައެކަނިގޮތްވީމައެވެ.
މިހުރިހާ ވާހަކައެއް އަޑުއަހާފައި އަހަރެން ހުރީ ބުނާނެ އެއްޗެއް، ހަދާނެ ގޮތެއް ނެތިފައެވެ. މިއޮށް ހުރިހާ ދުވަސް ވީއިރު މިކަމު ހިލަމެއް އަހަންނަށް ނުވުމުން އަހަރެން ވަރަށް ހައިރާންވިއެވެ. މަންމަ އާއި ބައްޕަ އަހަންނަށް ވަރަށް ވިސްނައިދިއެވެ. އަހަރެން މިކައިވެނި ނުކޮށްފިނަމަ ދެންވާނެގޮތް ވެސް ކިޔައިދިއެވެ. އަހަރެންގެ ކޮއްކޮ އަދި ސުކޫލު ވެސް ނުނިމެއެވެ. ގެ ނެތިއްޔާ ދެން ވަންނާނެ އެހެން ތަނެއް ނެތެވެ. ކޮއްކޮއާއި ދޭތެރޭގައި ވިސްނާލާފަ ވެސް އެކައިވެނި ކުރުމަށް ބައްޕަ އާދޭސް ކުރިއެވެ. ބައްޕަ ސޮއި ކުރި އެއްބަސްވުން އަހަންނަށް ދައްކާލަން އެދުނީމެވެ.
އެދުވަހު އޮފީހުގައި އަހަންނަށް ރަނގަޅަށް މަސައްކަތްކުރެވޭ ގޮތެއް ނުވިއެވެ. އަހަންނަށް ވިސްނެނީ އެ އެއްބަސްވުމާއި ދޭތެރޭގައެވެ. އަހަރެން ނިންމީ އެ އެއްބަސްވުން ވަކީލަކަށް ދެއްކުމަށެވެ. ނަމަވެސް އަހަރެން ދަންނަ އެއްވެސް ވަކީލެއް ނެތުމުން އަހަރެން ނިންމީ އެ އެއްބަސްވުން އާހިލްގެ ކުންފުނީގައި އުޅޭ ލޯޔަރަކަށް ދެއްކުމަށެވެ. އަހަރެން އޭނާއަށް އެ އެއްބަސްވުމުގެ ފޮޓޮއާއި އެކު އީމެއިލް އެއް ފޮނުވީމެވެ. މާގިނަ އިރެއް ނުވެ އަހަންނަށް އީމެއިލްގެ ޖަވާބު ލިބުނެވެ. އޭނާ ބުނީ ބައްޕަ އެއްބަސްވުން ހަދާފައިވާއި ކުންފުންޏަކީ މިހާރު މާލޭގައި އެންމެ ނަން މަޝްހޫރު، އެންމެ ބޮޑު އެއް ކުންފުނި ކަމަށާއި މިއީ ކޯޓަށް މައްސަލަ ދާނެ ވަރުގެ ކަމެއް ކަމަށެވެ. އަދި އެފައިސާ ނުދައްކާ ބައްޕައަށް ސަލާމަތް ވެވޭނެ ގޮތެއް ނެތްކަމަށެވެ.
ލިބުނު ޖަވާބުން އަހަރެންގެ މާޔޫސްކަން ވީ އިންތިހާ ބޮޑެވެ. އެދުވަހު ހަތަރުދަމު އަހަރެން ހޭދަކުރީ އޮފީހު ކޮންޕިއުޓަރުދޮށުގައި އެއްވެސް ކަމެއް ނުކޮށެވެ. އަދި ދޭއް ޖެހުމާއި އެކު އަހަރެން ގެއަށްދާން ނިކުތީމެވެ.
“އީޝާ” އޮފީހުން ނިކުންނަން ދަނިކޮށް އާހިލް އަހަންނަށް ގޮވާލިއެވެ. އަދި ބާރު ހިނގުމެއްގައި އައިސް އަހަންނާއި އަރާ ހަމަކުރިއެވެ. އަހަރެމެން ދެމީހުންނަށް އޮފީސް ދޮރުން ނިކުމެވުނީ އެއްފަހަރާއެވެ.
“މިހާރު ކިހިނެއް؟” ރޭގެ ހާދިސާއަށް އިޝާރާތްކުރަމުން އާހިލް އެހިއެވެ.
“ރަނގަޅު” ކުރުކޮށް އަހަރެން ޖަވާބުދިނީމެވެ.
“އަހަންނަށް ހީވަނީ މިހާރު އަހަރެމެން ވާހަކަދައްކަން ވެއްޖެހެން”
“ކޮންކަމަކާއި ބެހޭގޮތުން؟” އަހަރެން އެހީމެވެ.
“އަހަރެމެން ދެމީހުންނާއި ބެހޭގޮތުން. އީޝާ! އަހަރެން އެބަ އޮތް އީޝާ ގާތު ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ. މިރޭ ދިމާވާން ވީއެއްނު؟” އާހިލް ހެވިފައި ހުރެގެން އަހާލިއެވެ.
“އުހޫނ. އީޝާއަކަށް މިރޭ އެއްތާކަށް ވެސް ނުދެވޭނެ” އަހަންނަށް އިވުނީ ހުސްނީގެ އަޑެވެ. ކުރިމަތީގައި އިން ސައިކަލުގައި އިށީނދެގެން އެ އިނީ ދެވަނަ އެހެން މީހެއް ނޫނެވެ. އާހިލް ވަރަށް ހައިރާންވެފައި އެއްފަހަރު ހުސްނީއަށް އަނެއްފަހަރު އަހަންނަށް ބަލައިލިއެވެ.
“މި އައީ އީޝާ ބަލައި. އާދޭ ގެއަށް ދާން” ލާނެއް ގޮތަކަށް ހެމުން ހުސްނީ ބުންޏެވެ.
“ކަލޭ ތިއީ ކާކު އީޝާއަށް އަމުރުކުރަން؟” އާހިލްގެ އަޑުގައި ވީ ރުޅީވެރިކަމެވެ.
“އަހަރެންމީ އީޝާގެ ވާންއުޅޭ ފިރިމީހާ” އާހިލް ބުނިބަސް އަނގައިގައި އޮއްވާ ހުސްނީ ބުންޏެވެ. އަހަރެން އެއްޗެކޭ ނުބުނެ ގޮސް ހުސްނީގެ ސައިކަލު ފަހަތަށް އެރީމެވެ. އާހިލް އަހަންނާއި ދިމާލަށް ބަލަހައްޓައިގެން ހުރީއެވެ. އެމޫނުމައްޗައް އެއްފަހަރާ އެތައްބައިވަރު ކުލަތަކެއް އަރާ ފައިބަމުންދިޔައެވެ. ހުދު އަހަރެންގެ ހިތަށް ކުރަމުންދިޔަ އަސަރެއްވެސްއެނގޭނީ ހަމަ އަހަންނަށެވެ.
ޖެހިގެންއައި ދުވަހު އޮފީހުން އާހިލް އާއި ބައްދަލުކުރުމަށް އަހަންނަށް އެންގުމެއް އައެވެ. އަހަރެން ދާން ނުކެރިފައި ހުރެފައި ވެސް ދިޔައީމެވެ. އާހިލްގެ ކެބިންގައި އެވަގުތު އިނީ އޭނާ އެކަންޏެވެ. އަހަރެން ގޮސް ގޮނޑީގައި އިށީނުމާއި އެކު އަހަރެންގެ މޫނަށް ވެސް ބަލައިނުލާ އޭނާ ވާހަކަދެއްކިއެވެ.
“މެލޭޝިއާ ދަތުރުގައި އީޝާ ބައިވެރި ނުވިޔަސް އެންމެ ރަނގަޅު. ދިރިއުޅުމުގައި މިހާ މުހިންމު ދުވަސްކޮޅެއްގައި އަހަރެން ބޭނުމެއްނޫން އަހަރެން މުވައްޒަފަކަށް އުނދަގޫވެދާނެ މަސައްކަތެއް ޖައްސާކަށް” ފަހު ޖުމުލަ ބުނަމުން އާހިލް އަހަރެންގެ މޫނަށް ބަލައިލިއެވެވ. އޭނާ އިޝާރާތްކުރީ އަހަރެންގެ ކައިވެންޏަށް ކަން ޔަގީނެވެ.
“އާހިލް..”
“ބޮސް! އަހަރެންމީ އީޝާގެ ބޮސް. އެގޮތަށް މުހާތަބު ކުރޭ. ދެން އިތުރު އެއްވެސް ކަމެއް މަޝްވަރާ ކުރަން ބޭނުމިއްޔާ އަޅުގަނޑުގެ އެސިސްޓެންޓަށް އަންގާލަދީ. މިވަރުތު ދިޔަޔަސް އެންމެ ރަނގަޅު.” އާހިލްގެ އަޑުގައިވި ރުޅިވެރިކަން އަހަންނަށް ވަރަށް ރަނގަޅަށް ފާހަގަވިއެވެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ނިކުމެގެން ދިޔައީއެވެ. ނަމަވެސް ފަހުން ވެސް އާހިލް އާއި ވާހަކަދެއްކޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް އޭނާ އަހަންނާއި ވާހަކަދައްކާކަށް ބޭނުމެއްނުވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mariyam Enash Aqeel

Level 210 Stories

Other Articles

Previous

ހިތް އެދޭ މަންޒިލަކީ… 17

Next

ލޯބި-14

Next
December 18, 2025

ލޯބި-14

Previews
December 18, 2025

ހިތް އެދޭ މަންޒިލަކީ… 17

4 Comments!

  1. Zeena says:
    December 18, 2025 at 7:38 am

    Alhe thankolheh avahah (23) vana part
    Fonuva dheebala

  2. Shaba_73 says:
    December 18, 2025 at 7:56 am

    Masha Allah mi part ves Vrh reethi finally up vehje dhw dhen Alhe husnee aa marry nukuraathi eesha dhen huri parts thah Avahah up kohdhehchey pls can’t wait

  3. Poki says:
    December 18, 2025 at 8:22 am

    Mi alhe fahe konkahala vaahaka ehtha?
    Mahaku eh faharu ba eh laaa iru e ves ehaa kuda. Liyanyaa gavaaidhun avahah laibala 🙄🙄🙄

    1. Shsh says:
      December 18, 2025 at 10:43 am

      Mahaku ey? Garunaku eh faharu! TBH

Comments are closed.

Next Episode23 ފުރަތަމަ ނަޒަރުން←


All Right Reserved!