Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ 5

Listen to this story Audio · 10:28 Powered by Esfiya Voice
0:00 10:28

ތުންފިއްތާލެވުނު އިރު ލަޝްކާގެ ދެލޯ ކަރުނުން ފުރި ބާރުވިއެވެ. އަމިއްލަ މީހާގެ ހުރި ބަދުނަސީބުކަން އިހުސާސްވެ މޭގައި ރިއްސައިގަތީ އިންތިހާއަށެވެ. “ސޮރީ…” އިސްޖަހާލަމުން ލަޝްކާ މަޢާފަށް އެދުނެވެ. “ހުހް! ސޮރީއޯ! ހަނދާން ކުރާތި! މިކަމުގެ ހަސްކާ މިރޭ ކަލެއަށް ފެންނާނެ! ރައްކާވޭ ސުކޫލަށް!” އަމުރު ކޮއްލާފައި ލީރާ ގާތުގައި އިމްރާން އިށީނެވެ. ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން ލަޝްކާ ނިކުމެގެން ދިޔައެވެ. އެ އާއިލާއަށް ނޭނގުނު ނަމަވެސް އެމަންޒަރު ބަލަން ހަތަރުވަނަ މީހަކުވެސް އެތަނުގައި ހުއްޓެވެ…

(8 ވަނަ ބައި)

ސުކޫލަށް ވަދެގެން ދިޔަ ލަޝްކާ އޭރުވެސް ހުރީ ރޮވޭ، ނުރޮވޭ ހާލުގައެވެ. ނަމަވެސް ކެއްކޮއްލަމުން ގޮސް ކުލާހުގައި އިށީނެވެ. އެމަންޒަރު ފެނި ރަޝާ ތެދުވިއެވެ. ހީވީ އޭނާ ނާހިސްގެން އިންހެނެވެ. “ކޮބާ ބްރޯ ކިހިނެތްވީ ގަޑި ޖެހުނީ އަނެއްކާ؟ ހެހެހެ” ހީލަމުން ރަޝާ އަހައިލިއެވެ. އެއްވެސް އެއްޗެއް ނުބުނެ ލަޝްކާ ދުރު ބަލައިލިއެވެ. އަލުން އެއްޗެކޭ ބުނަން އަނގަ ހުޅުވައިލި ރަޝާ އަނގަ ލައްޕައިލީ ކިލާހަށް ވައިން ޒަވުލް ފެނިފައެވެ.

“އާރްގް ފުރަތަމަ ވެސް މީނަގެ ގަޑި. ހާދަ ފޫހިވާ ގަޑިއެކޭ މި ދިވެހި ގަޑިއަކީ ހަމަ ހުވާ. ވަރަށް ފޫހިވޭ” އިށީންނަމުން ރަޝާ ބުނެލިއެވެ. “ހަހަ ރަޝާ ކިޔަވާ ހިތްވާ މާއްދާއެއް ހުރޭތަ؟” ހީލަމުން އިނާރާ އަހައިލިއެވެ. ރަޝާ އޭނާއާއި ދިމާލަށް ކަޅި އަޅައިލިއެވެ. ވަގުތުން އިނާރާގެ އަނގަ ލެއްޕުނެވެ.

ކިލާސް ކުދިންނަށް ދޭހައެއް ހަދަން ދީފައި ޒަވުލް ޓީޗަރަށް ހަމަޖެހިފައިވީ މޭޒު ކައިރީގައި އިށީނެވެ. ފޯނު ނަގާ ބަލައިލީ އިރު އެލާރާގެ މެސެޖެއް ލިބިފައި އިނެވެ. “ގުޑް މޯރނިންގް” އެލާރާގެ މެސެޖުގައި އިނެވެ. “ގުޑް މޯރނިންގް. މިހާރު މިހުރީ ދެކޭ ހިތުން ކެތްމަދުވެފަ” ޒަވުލް މެސެޖު ކޮއްލިއެވެ. “ހެހެ މީ ޓޫ” ހަމަ އެވަގުތު އެލާރާގެ މެސެޖެއް އައެވެ. ޒަވުލްގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުރެހުނެވެ.

އެއްޗެހި ބަލަދު ކޮއްގެން އެޒިކިއެލް އަނެއްކާވެސް ގެއިން ނިކުތެވެ. މިފަހަރު އޭނާ ގޮސް އިށީނީ ގޭކައިރީގައި އިން އުނދޯލީގައެވެ. “އިނގޭތަ…؟” އުނދޯލީގައި އިން މެހެމާނާއި އެޒިކިއެލް ވާހަކަ ދައްކަން ފެށިއެވެ. “އިއްޔެގަ އަހަރެން ދިޔައީ ޑަކްޓަރަށް ދައްކަން. ފާހަނައަށް ނުދެވޭތީވެ. އެތާގައި ދިވެހި ކޮއްދޭން އިންނަ އަންހެން ކުއްޖާ އެއީ ވާ އަންހެނެއް ހަމަ ހުވާ މިކުރީ. މަށަށް ޑަކްޓަރު ކުރިމަތީގައި ވެސް އެހާ މަލާމާތް ކޮއްލި. އަދި ކޮބާ؟ ރޭގަ ފަހުން ފެނިގެން އަހަރެން ގެންގުޅުނު ބުޅާ މަރުވި ގޮތާއި މެދު ވެސް މަލާމާތް ކޮއްލީ. އެއީ ދެން އަހަރެންގެ ކުށްތަ؟ ބައުލްބީ އެހެން މަރުވީ އަހަރެން ބޭނުން ވެގެންނެއް ނޫން ދޯ؟ އަދި ކޮބާ މިއަދު ހެނދުނުވެސް މަގޭ މުޅި ގަޔަށް މައިލޯ އަޅައަޅާފަ. ޕިސް ޕިސް. މިވަރުން އަހަރެން ކިހިނެތްތަ އުޅޭނީ އޭނ؟ މަވާ މިހާރު ނަފްސާނީ ވެއްޖެ. މިއަންހެން ކުއްޖާ މަށަށް ކުރެވުނު ހުރިހާ ގޯނާއެއް ކުރެޔޭ އެބަ. މަވެސް އެ މަންޖެ އަށް ލަނޑެއް ދޭންވީ ދޯ؟” އުނދޯލީގައި އޮށޯވެލައިގެން އޮތް ހުދު ކުލައިގެ ބުޅަލާއި ދިމާލަށް ބަލައިލަމުން އެޒިކިއެލް އަހައިލިއެވެ.

“މިއާއޫ!” އެޒިކިއެލްއާއި ދިމާލަށް ބަލަން އޮވެ އެބުޅާ ގޮވައިލިއެވެ. “ޔެސް އޭ ދޯ ތިބުނީ؟ ޔެސްސް. ހުރޭ މިއަދު ލަނޑެއް ދޭނަން” އެއްފައި ހިއްލައިލަމުން އެޒިކިއެލް އެބުޅަލާއި ދިމާލަށް އެނބުރެލިއެވެ. “ސޯ، މިސް ސްނޯވައިޓް…” އެހިސާބަށް ބުނެފައި އެޒިކިއެލް ބަސް ހުއްޓުނެވެ. “މިސްތަ މިސްރާތަ؟” މަޑުމަޑުން އެހެން އަހައިލަމުން ބުޅަލުގެ ނިގޫ ހިއްލައިލިއެވެ.

އެވަގުތު ގެއިން ނިކުން އެލާރާ އަށް އެމަންޒަރު ވަރަށް ރީތިކޮށް ފެނުނެވެ. “ވާއު. ޕޮލިހަކަށްވެ ހުރެ މިހާރު ޖަނަވާރުންނަށް ވެސް ސެކްޝުއަލް އެސޮލްޓް ކުރަނީތަ؟ ޕިސް ޕިސް ސާބަހޭ ދޮންބޭ” ބޯހޫރުވައިލަމުން އެލާރާ ބުނެލިއެވެ. އެޒިކިއެލް ސިހުން ވަރުން ތެޅިގަތެވެ. “މިއާއޫ” ވަގުތުން ބުޅާ ދުއްވައިގަތެވެ.

“ސާބަސް ދެން އެލާއަށް. އެބުޅަލާ ވާހަކަ ދައްކާލަން މީނީ ވެސް. ދެން އެއީ އަންހެނެއްތޯ ނޫނީ ފިރިހެނެއްތޯ ބަލައިލީ އޭ” ކަޅި އަޅައިލަމުން އެޒިކިއެލް ބުނެލިއެވެ. “ވާއު. ދޮންބެ އަސްލު ވެސް ހާދަ ލޯންލީ އޭ ދޯ؟ އާނ ފަހެ މިހާރު ދެން ދިރޭ އެއްޗެއްސާ ވެސް ވާހަކަ ދައްކަން ފެށީ ވިއްޔަ. ބިޓެއް ހޯދަ ދެންތަ؟ ހަހަ” ހެމުން ހެމުން އެލާރާ ގެއިން ނިކުންނަން ދިޔައެވެ.

“އޭ މަޑު ކޮއްބަލަ. ކޮންތާކަށްތަ؟” އުނދޯލިން ތެދުވަމުން އެޒިކިއެލް އަހައިލިއެވެ. “މިދަނީ ހަނޑޫކޮޅެއް ގަންނަން. ބަތް ކައްކަން ވާއިރަށް” އެލާރާ ބުނެލިއެވެ. “ހިނގާ ދޮންބެއާއި އެކީ ސައިކްގަ” އެލާރާއަކީ ހިނގާފައި އުޅޭ ކުއްޖަކަށް ވުމުން އެޒިކިއެލް ބުނެލިއެވެ.

“ކޮބާ މިއަދު ކޮން އިރަކުންތަ ޒަވުލްއާއި ދިމާ ކުރަން ދަނީ؟” ސައިކަލު ދުއްވައިލަމުން ލާނެއް ގޮތަކަށް އެޒިކިއެލް އަހައިލިއެވެ. “ހޫން. ދެން މެންދުރު ދޯ ކެއުމަކަށް” އެޒިކިއެލް ބުނެލިއެވެ. “އޯހްހް ހަހަ އެހެންތަ؟ އަނެއްކާ ދެމީހުން އެކަކު އަނެކަކު ކައި ނުލައްޗޭ އިނގޭ” ހީގަންނަމުން އެޒިކިއެލް ބުނެލިއެވެ. “ދެން ދޮންބޭ! ހަމަ އުނދަގުލީތަ މަލާމަތް ނުކޮށް ހުންނަން” ތުންކޮޅު އޫކޮށްލަމުން އެލާރާ ޝަކުވާ ކޮއްލިއެވެ.

މަގުމަތިން އިވެމުން ދިޔަ ކާރާއި ސައިކަލުތަކުގެ އަޑު މަޑުވެލީ މީކައިލް ފިހާރައަކަށް ވަނުމުންނެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއް ކުރެހިފައި ވީ އިރު އޭނާ ގޮސް ހުއްޓުނީ އަނގޮއްޓިތައް ހުރި ދިމާލުގައެވެ. ތަފާތު އެކި އެކި ވައްތަރުގެ އަނގޮއްޓި އެތަނުގައި ހުއްޓެވެ. ރިހި ކުލަޔާއި ރަންކުލައެވެ. މީކައިލް ގޮސް ހުއްޓުނީ ރިހި އަނގޮއްޓިތައް ހުރި ދިމާލުގައެވެ.

ހިތެއްގެ ބައްޓަމަށް އިން “ޑައިމަންޑް” އެއް ހަރުކޮއްފައި އިން އަނގޮއްޓި އޭނާއަށް ކަމުދިޔައެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއް ކުރެހުނީ އެއަނގޮއްޓި އެއީ ހަމަ ސީދާ ދުއާގެ އިނގިލީގެ ބައްޓަމައް އިން އަނގޮއްޓިއަކަށް ވުމުންނެވެ.

ސިކުންތުތައް މިނިޓްއަށް، މިނިޓްތައް ގަޑިއިރަށް ބަދަލު ވަމުން ގޮސް މެންދުރު ނަމާދުގެ މޫރިތި ކަލިމަތަކުގެ އަޑު ފަޒާގައި ގުގުމައިލިއެވެ. އޭރު ހުރިހާ ކިލާސްތަކެއް ނިމިފައި ހުރި ނަމަވެސް، ޒަވުލް އޭރު އިނީ ޓެސްޓު ޕޭޕަރު ތަކެއް މާކު ކުރާށެވެ. އެހެނަސް ބަންގި ގޮވާ އަޑު އިވުމުން ގަލަމުގައި ދޯރި ޖަހައިލަމުން ޓީޗަރުންނައް ހާއްސަ ކުރެވިފައި ވީ ކޮޓަރިން ނިކުތެވެ.

“ޒަވޫ” ފަހަތުން އަކްނާންގެ އަޑު އިވުނެވެ. “ހޭ. ދޮންތިބޭ” ޒަވުލް ހިނިތުންވެލަމުން ބުނެލިއެވެ. “މިސްކިތައް ދޯ؟ ދޮންތިބެ ވެސް މިދަނީ މިސްކިތައް” އަކްނާން ހިނިތުންވެލަމުން ބުނެލިއެވެ.

ނަމާދު ކޮއްލައިގެން ޒަވުލްއާއި އަކްނާން އެކުގައި ނިކުތެވެ. “އޭ އިނގޭތަ؟ މިއަދު މިއުޅެނީ ޑޭޓަކަށް ދާން” ހިނިތުންވެލަމުން ޒަވުލް ބުނެލިއެވެ. “އެހެންތަ؟ ކޮން ކުއްޖެއްތަ؟ އަނެއްކާ މިރަށު ކުއްޖެއްތަ؟” ޝައުގުވެރި ވެލާފައި އަކްނާން އަހައިލިއެވެ.

“ޔާ މިރަށު ކުއްޖެއް. އިނގެޔޭނުން ދޯ ފުލުހުގަ އުޅޭ އެލާރާ؟” ޒަވުލް ބުނެލިއެވެ. “އެލާރާ؟ އަލާންގެ ދަރިފުޅު ދޯ؟” ކުޑަކޮށް ވިސްނައިލަމުން އަކްނާން އަހައިލިއެވެ. ޒަވުލް ބޯޖަހައިލިއެވެ. “އެހެންތަ؟ އެއީ ވަރަށް ރަނގަޅު ކުއްޖެއް. ކޮބާ ކޮން އިރަކުންތަ ކައިވެނި؟” ޒަވުލްގެ އަތުގައި ވިކައިލަމުން އަކްނާން އަހައިލިއެވެ.

“ދެން ސާބަސް ދޮންތިބެ އަށް، އަދި ހަމަ ވާހަކަ ދައްކަނީ މި ރައްޓެއްސެއް ނުވަން ހެހެ” ބޯކަހައިލަމުން ޒަވުލް ބުނެލިއެވެ. “ސާބަސް. ޓޯކިންގ ސްޓޭޖް ދޯ؟ ހަހަހަ މިހާރު ކުދިން ޖެހޭނެ އާނ އެ ސްޓޭޖް ވެސް ގެންގުޅެން. ކީއްކުރާ އެއްޗެއްތަ އެއީ؟” އަކްނާން ބޯ ހޫރުވައިލިއެވެ.

“އަޅެ ދޮންތިބެ ދޮންތިއަކާ އެހެން ވާހަކައެއް ނުދައްކަންތަ؟” ޒަވުލް ސުވާލު ކޮއްލިއެވެ. “ޔެޕް. ނުދައްކަން އެހެން ވާހަކައެއް. ފުރަތަމަ ވެސް އިންނަން ބޭނުމޭ ބުނީ” އަކްނާން ހީލަމުން ބުނެލިއެވެ. “ހަހަ އޯކޭ އޯކޭ. މިދަނީ ދެން ދާން އިނގޭ؟ ބާއީ” ސައިކަލަށް އަރަމުން ޒަވުލް ބުނެލިއެވެ. ހީލަމުން އަކްނާން ބޯޖަހައިލިއެވެ.

“ޔަމީ ޝޭކްސް” ފިހާރަ ކުރިމަތީގައި ހުރި ޒަވުލް ހުރީ އެލާރާގެ އިންތިޒާރުގައެވެ. މާ ގިނަ އިރު މަޑު ކުރާކަށް ނުޖެހުނެވެ. އެދިމާލަށް އޭނާ އަންނަތަން ފެނުނެވެ. ކަޅު ކުލައިގެ ދޫ އަބާޔާއަކާއި އެކު މުށި ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އެލާރާގެ ދޮން މޫނު ފެންނަނީ ވަރަށް ފުރިހަމަ ކޮށެވެ. މޫނުމަތީގައި އެއްވެސް މޭކަޕެއް ނެތް އިރު ވެސް ބަލާ ބަލާ ފޫހި ނުވާ ފަދަ ރީތިކަމެއް ލިބިފައި ވިއެވެ.

“ހޭ…” އެލާރާ އައިސް އޭނާ ގާތުގައި ހުއްޓުމުން ޒަވުލް ގޮވައިލިއެވެ. “ހޭ” ލަދުން ހުރެ އެލާރާ ގޮވައިލިއެވެ. “اللهم بارك އެލާ ހާދަ ލޯތްބޭ” އެލާރާގެ ބޮލުން ފެށިގެން ފަޔާއި ދިމާލަށް ބަލައިލަމުން ޒަވުލް ބުނެލިއެވެ. “ހޫން ދެން ހެވޭ” ލަދުގައިން ކަން ފޮރުވަން މަސައްކަތް ކުރަމުން އެލާރާ ބުނެލިއެވެ. ނަމަވެސް އޭނާގެ ކޯތާފަތަށް އެރި ޖަންބު ކުލަ އެކަމަށް ހުރަސް އެޅިއެވެ.

“އަސްތާ އެލާ ލަދު ގަތީތަ؟” މޫނުގައި އަތް ޖައްސާލަމުން ޒަވުލް ދިމާ ކޮއްލިއެވެ. “ދޭންންންން ޒަވޫ” އެލާރާ ލަދުން ހުރެ ޒަވުލްގެ މޭމަތީގައި ބޮނޑިއެއް ޖެހިއެވެ. “އައުޗް… ތަދު ވެއްޖެ” ތުންކޮޅު އޮޅާލަމުން ޒަވުލް ބުނެލިއެވެ. އެލާރާ ހީލަމުން އެތެރެއަށް ވަނެވެ. ޒަވުލް ވެސް ހިނިތުންވެލާފައި އޭނާއާއި އެކު އެތެރެއަށް ވަނެވެ.

މިލްކްޝޭކްއަށް އޯޑަރު ޖަހާފައި ދެމީހުން ގޮނޑިއެއްގައި އިށީނެވެ. “ސޯ… މިއޮތީ ދިމާވެވިފަ. ކޮބާތަ މެސެޖު ކުރާ އިރު އޮންނަ ބޮޑު އަނގަ މިއަދު؟” ގޮނޑީގައި އިށީނދެލަމުން ޒަވުލް އަހައިލިއެވެ. “ދެން އަޅެ. ޒަވޫ ވެސް ހަމަ އެލާގެ ދޮންބެހެން އަބަދު ދިމާ ކުރަނީ ވިއްޔާ” ތުންކޮޅު އޫކޮށްލަމުން އެލާރާ ބުނެލިއެވެ.

“އޭ އަނެއްކާ ދޮންބެ ކައިރީ ނުބުނައްޗޭ. ދޮންބެ ލައިފާނެ ޒަވޫ ޖަލަށް ވެސް” ބިރުގަންނަ ކަމަށް ހެދެމުން ޒަވުލް ބުނެލިއެވެ. “ހަހަ ނޫނޭ. ހަމަ މިހާރު މިގުޅަނީ. ބުނާނަން ބިޑި ހިފައިގެން އަންނާށޭ ހަހަހަ” ހީލަމުން އެލާރާ ފޯނު ނެގިއެވެ. “ހަހަ އެލާ ދެން ނޫން ހެހެ” ހިނިތުންވެލަމުން ޒަވުލް ބުނެލިއެވެ.

“ހެހެ އޯކޭ އޯކޭ ސާރ” ހިނިތުންވެލަމުން އެލާރާ ބުނެލިއެވެ. “އޯކޭ ޕޮލިސް މޭމް” ޒަވުލް “ސެލިއުޓް” ކޮއްލަމުން ބުންޏެވެ. “ހޫން. ތިއީ ދިވެހި ޓީޗަރެކެއްނުން ދޯ؟ އެލާއަށް ދިވެހި ދަސް ކޮއްދީބާ” މޭޒުމަތީގައި އަތް ބާއްވާލަމުން އެލާރާ ބުނެލިއެވެ.

“ހެހެ ވާހަކަ ދައްކަން އިނގޭ އެބަ؟ ދެން ކޮން ކަމެއްބާ އަނެއްކާ ދަސް ކޮއްދޭން ވީ…؟” ޒަވުލް އަހައިލިއެވެ. “ވާހަކަ ލިޔަން. އެލާ ވަރަށް ކުރާ ހިތްވާ ކަމެއް ވާހަކަ ކިޔުމަކީ. ވަރަށް ބޭނުން ވާހަކަ ލިޔަން ވެސް…” އެލާރާ ބުނެލިއެވެ.

“އެހެންތަ؟ އެހެންވެ ހަމަ ލެސަން ނަގަންވީ އިނގޭ؟ ތައްޔާރުވޭ ހެހެހެ” ހީލަމުން ޒަވުލް ބުނެލިއެވެ. އެވަގުތު މިލްކްޝޭކްތައް އައުމުން އެވަގުތައް އެވާހަކަ ކުރު ކޮއްލިއެވެ.

(ނުނިމޭ)

އަށްވަނަބައިގެ ތެރެއިން:

“ވަޓް؟؟؟ އިންނަންށޭ؟؟؟ ނޯ ވޭ” ވަގުތުން އޭނާގެ ދެލޯ ބޮޑުވެލިއެވެ. ގަބޫލު ކުރަން ދަތިވިއެވެ. އެކަން އެހެން ވެދާނެ ކަމަށް ހީވެސް ނުކުރާކަމެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. Maash

    Heyyyy Shiherrr mi part vrh reethi maasha allah..
    Lashka ah vaagothun vrh dheravey ekamvx keehkuraany.. I hope she get saved from that hellhole.. ezekial kuraa kankamun heehee balivaa varuvey hahha.. he’s sooo funnyyy.. zavul and elara soo cute.. can’t wait for the next part.. lyssm darll💜

    1. shihaamaa ali
      Maash

      heyyy marrshhh… jazaakallah khairan lovelyy🫶🏻❤️
      aslu vess dhw shihaa vess vrh dheravey 🙁
      aslu vess dhw he is hilarious 🤣
      hehe dhw? in sha allah next vess hama soon.. ilyyyymmm love❤️🫶🏻

  2. Your fav bab

    Ezikiyal ah vaa saabas😂 gender nubalaa nuvey eh kameh ves! Hama ehaa lonely vx vee dhw😝!
    Now waiting ezikiyal ge prank ah! Should be epic!
    Alhe kaaku tha proposal ah reject kuree?? Or lash arrange marriage eh? So curious alhe next part ge therein kiyaafa!!
    When next?
    Lyssm💗💗💗
    Impressed to know you are a army CUZ I’m one too… Hehe

  3. shihaamaa ali

    🤣🤣🤣🤣😭😭😭😭 balailan vaaneynun dhww ahahahaha
    haha yess e bai annaane next part ga in sha allah hehehe..
    HMMMM neynge dhw let’s see keke..
    in sha allah next vess hama soon.. hehe most of us here are armys thaa dhww haha
    lyyytt🫶🏻

Comments are closed.