ކޮޓަރި ދޮރު ހުޅުވާލުމާއި އެކު ގޮވަމުން ދިޔަ ހޯނުގެ އަޑު ބާރުވެލިއެވެ. “ކިހާ ދެރަކަމެއްތަ؟ ކަލެއަށް ކުރާނެ ކަމެއް ނޭނގިގެންތަ ތިއުޅެނީ؟” އިމްރާން އެހޯނާއި ދިމާލަށް ހަޅޭލަވައިގަން އިރު ހީވަނީ އެއީ އިންސާނެއް ހެންނެވެ. އެވަގުތު ބަދިގެ ތެރެއިން އަޑެއް އިވުނެވެ. ދޮރު ކައިރީގައި ނިވާވެލި ނަމަވެސް އެހިޔަނި އިމްރާންއަށް ފެނުނެވެ. އެއްމިޔަކަނުން ތުންފަތް ދެމުން އިރު އެދިމާލަށް އޭނާގެ ފިޔަވަޅު ނަގަން ފެށިއެވެ.
(6 ވަނަ ބައި)
“ނޫން ނޫން ނާދޭ…” ބަދިގެއަށް ވައިން އިމްރާން ފެނި ލަޝްކާ ފަހަތައް ޖެހިލިއެވެ. “ކަލޭ މިތާ ކީއްތަ ތިކުރަނީ؟” ބަދިގޭގައި ހުރި ހުރިހާ ބޮތްކެއް ދިއްލާލަމުން އިމްރާން ސުވާލު ކުރިއެވެ. އެއާއި އެކު ބިންމަތީގައި ތެޅިފައި އޮތް ފެންތަށި އޭނާގެ ލޮލުގައި އަޅައިގަތެވެ.
“މި ދޯ ދަންވަރު ހޭލައިން މިކުރާ ކަމަކީ؟ މަގޭ ގަނެފަ ހުންނަ އެއްޗެހި ހަލާކު ކުރަނީ؟ ކަލެއަށް ހީވަނީތަ މިއީ އަހަރެން ހިލޭ ގަންނަ އެއްޗެއްސޭ…؟” ލަޝްކާގެ ކޯތާފަތުގައި ވިހެލަމުން އިމްރާން ހަޅޭލަވައިގަތެވެ.
“ނޫން… ގަސްތަކު ނޫން… މަޢާފް ކުރޭ ބައްޕާ…” ރޮވިފައިވާ ހާލުގައި ލަޝްކާ މަޢާފަށް އެދުނެވެ. “ކޮން މާފެއްތަ އޭނ؟” ހަޅޭ ލަވައިގަނެފައި ކުއްލިއަކަށް އިމްރާން މައިތިރިވިއެވެ. އަދި މަޑުމަޑުން ލަޝްކާގެ ބޮލުގައި ފިރުމާލިއެވެ. “ބަސްނާހާ ކުދިންނަށް އަދަބު ދޭންވާނެއްނުން ދޯ” އިމްރާން އެއްމިޔަކަނުން ހީލިއެވެ.
“ނޫން. ނޫން. ނޫން. އެހެން ނަހަދާތި… ނޫން… ނޫން… ވަރަށް… ވަރަށް… ތަދުވޭ… ނޫން… ހެޔޮނުވާނެ ނޫން… ލަޝް މިއީ ކުޑަ ކުއްޖެކޭ…” ދެއަތް ޖޯޑު ކޮއްލަމުން ލަޝްކާ އާދޭސް ކުރަން ފެށިއެވެ. ނަމަވެސް ކަރުނައިން ހިލަ ހިތަކަަށް އަސަރު ކުރާނެ ހެއްޔެވެ؟
“ކޮން ހެޔޮނުވާނެއެއްތަ؟ އޭނ؟ ކިތޭ ކުޑަޔަސް ގޯސް ކަމެއް ކުރީމަ އަދަބު ދޭން ޖެހޭނެއްނުން؟” ވިހަ ހިނިތުންވުމަކާއި އެކު އިމްރާން ބުނެލިއެވެ. އަދި ލަޝްކާގެ އިސްތަށިގަނޑުގައި ހިފާ ދަމާ، ކޫތަމުން ކަހަލަ ގޮތަކަށް ގޮސް ލަޝްކާގެ ކޮޓަރިއަށް ކޮއްޕާލިއެވެ.
އިރުއޭގެ ރަންދޯދިތައް ދުނިޔެއަށް ދައްކާލީ އައުދުވަހެއް ފެށިއްޖެކަމަށް އިއުލާން ކުރަމުންނެވެ. ހާލާއި ކޮވެލިތަށްވެސް އެސޮރުމެންގެ އާއިލާއަށް ކާނެއެއްޗެއް ހޯދުމައް އެސޮރުމެންގެ ގެއިން ނިކުންނަން ފެށިއެވެ. ހަމަ އެހެން ރަށު ތެރޭގެ މީހުންވެސް މަގުތަކަށް ނިކުމެ ކުނިކަހަން ފެށިއެވެ. ނަމާދުކޮށް އަވަދިވެގެން ބަދިގެއަށް ސައިހަދަންވެސް މީހުންތައް ވަންނަން ފެށިއެވެ.
ނިދިފައި އޮތް ރަޝާގެ އިސްތަށިގަނޑުގައި ފިރުމާލަ ފިރުމާލަ އޮތް ދާއިޔަލް އޮތްގޮތުން ހީވަނީ އޮތީ ފުންވިސްނުމެއްގައި ހެންނެވެ. މޫނުމަތީގައި ވަރުބަލިކަންވީ ނަމަވެސް ރޭގައި އެންމެ އެތިކޮޅެއްވެސް އޭނާ ނިދާފައި ނުވެޔެވެ. ފުންނޭވާއެއް ދޫކޮށްލަމުން ރަޝާ ދުރުކޮއްލާފައި އޭނާ ތެދުވިއެވެ. އަދި ބިންމަތީގައި އޮތް ސޯޓު ހިފައިގެން ނިކުމެ ވަނީ ބަދިގެއަށެވެ.
ކޮފީތައްޓެއް ގިރަން ހުރި ދާއިޔަލްގެ ދެލޯ ގޭދޮރަށް ހުއްޓުނީ ރަނގަބީލު އަޅުވާލުމުންނެވެ. ކޮފީ ގިރި ސަމްސާ ސިންކައް ލާފައި ގޮސް ދޮރު ކައިރީ އިން ލޯގަނޑުން ބޭރު ބަލައިލިއެވެ. އަދި ދޮރު ހުޅުވާލިއެވެ. ދޮރު ކުރިމަތީގައި ހުރީ އަންހެނަކާއި ފިރިހެނެކެވެ. އޮރެންޖު ކުލައިގެ ޓޮޕް ކޮޅަކާއި އެކު މުށި ކުލައިގެ ދޫ ހަރުވާޅެއް ލައިގެން ހުރި އިރު ހަމަ އެކުލައިގެ ވަށް ބުރުގަލެއް އަޅައިގެން ހުރި އަންހެން ކުއްޖާ ހީވަނީ 20ގެ ފަހު އަހަރުތައް ގުނަމުންދާ ޒުވާނެއް ހެންނެވެ. އޭނާ ގާތުގައި ހުރި ޒުވާނާ ހީވަނީ ދާއިޔަލްގެ “ކޮޕީ” އެއްހެންނެވެ. އެހާވެސް ވައްތަރެވެ. އެއީ ދާއިޔަލްގެ ދޮންބެ ދިޔާނެވެ.
“މިހުރީ ސޭންޑްވިޗް ހަދާފަ. އަވަހަށް އުޅޭ ސައިބޯން” ދޮރު ކުރިމަތީގައި ހުރި ޔޫޒާ ބުނެލިއެވެ. ޔޫޒާއަކީ ދިޔާންގެ އަންހެނުންނެވެ. “އާނ. އަވަހަށް ވަދޭ..” ދޮރު ބޮޑަށް ހުޅުވާލަމުން ދާއިޔަލް ބުނެލިއެވެ. “ކޮބާ ރަޝާ ގޮވައިގެން ދޯ ތިއުޅެނީ؟” ސިޓިންގ ރޫމު ސޯފާގައި އިން އަތްދަބަސް ފެނި ދިޔާން ސުވާލު ކުރިއެވެ. “އާނ..” ދާއިޔަލްގެ ޖަވާބު ކުރެެވެ.
“ދެން ކޮއްކޯ. ތި އުޅުން ދޫކޮށްލަން ވެއްޖެއްނުން؟ ރަޝާދެކެ ތިހާ ލޯބި ވަންޏާ ރަޝާއަށް 18 އަހަރުވާން ވާއިރަށް ކައިވެނީގެ ކަންތައްތައް ހަމަ ޖައްސަންވީނުން؟” ދިޔާން އޭނާގެ ޙިޔާލު ފައުޅުކޮއްލިއެވެ. ދާއިޔަލް ހީލިއެވެ. “ރަޝާ އެއީ އަހަރެން އެހާ ސީރިޔަސްކޮއް ކުރާކަމެއް ނޫނޭ. މަށަށް އަދި އެންމެ 25 އަހަރު. ނޫޅެން” ކޮފީ ޖޯޑުގައި ތުން ޖަހާލަމުން ދާއިޔަލް ބުނެލިއެވެ.
ސައިބޮއެލައިގެން ގެއިން ނިކުން އެޒިކިއެލް ދިޔައީ ހިނގާލާށެވެ. ދުވަހަކީ ހަވީރު ޑިއުޓީ އޮތް ދުވަހަކަށް ވުމުން މިއަދު އޭނަ ބޭނުންވީ ހިނގާލާށެވެ. ހަވީރު ޑިއުޓީ އޮންނަ ދުވަސް ދުވަހު ހިނގާލަން ދިޔުމަކީ އޭނާގެ އާދައެކެވެ. ލަސް ހިނގުމުގައި ގޮސް އޭނާ ދިޔައީ ފިހާރައަކަށެވެ. ހިނގަން ދަމުން ބޯލާނެ ދަޅެއް ގަންނާށެވެ.
ނަމަވެސް ފިހާރައަށް ވަނަން ދޮރު ހުޅުވާލަނިކޮށް އަވަސް އަރުވާލައިގެން ނިކުން ކުއްޖާ އައިސް ލައްވީ އޭނާގެ މޭމަތީގައެވެ. ވަގުތުން މޭމަތި ތެމުން ކަހަލަ އިހުސާސެއް ކުރެވުނެވެ. މެއަށް ބަލާލި އިރު ކަމަކު ދާކަށް ނެތެވެ. މުޅި ޓީޝާޓުގައި އޮތީ ހުސް މައިލޯއެވެ. “ވަޓް ދަ…”
އެއްޗެކޭ ބުނަން އަނގަ ހުޅުވާލި އެޒިކިއެލްގެ އަނގަ ކުނިވީ ކުރިމަތީގައި ހުރި މިކްޔާ ފެނިފައެވެ. “ހޫން. މީނަ ހަމަ މަށަށް ޖެއްސުމަށް ދޯ؟” ކަޅި އަޅާލަމުން އެޒިކިއެލް ބުނެލިއެވެ. “ތީނައަށްވެސް ބަލައިގެން އާދެވުނީހެއްނުން؟ މިކީ މިއުޅެނީ ލަސްވެގެންނޭ” މިކްޔާވެސް ބުނެލިއެވެ.
“އަހަރެން މިއީ ގައިމު ޕޮލިހެކޭ. މަޢާފަށް އެދުމެއްވެސް ނެތް ވިއްޔާ” ކަޅި އަޅާލަމުން އެޒިކިއެލް ބުނެލިއެވެ. “އޯކޭ ސޮރީ މިސްޓާރ ބައުލްބީ” ދޫނެރެލަމުން މިކްޔާ ދުއްވައިގަތެވެ. “ދެރަކަމެކޭ. މީނަ އިންނަ މީހަކަށްޓަކާ ހެޔޮ ދުޢާ ކުރަން ދާންވީ ފުރަތަމަ” ބޯހޫރުވާލަމުން އެޒިކިއެލް ގެއާއި ދިމާލަށް ހިނގައިގަތީ އެއްޗެހި ބަދަލު ކުރާށެވެ.
މަޑުމަޑުން އެނބުރެމުން ދިޔަ ފަންކާއާއި ދިމާލަށް ބަލަން އޮތް ލަޝްކާގެ މޫނުމަތީގައި ހިކިފައި ހުރި ކަރުނަތައް ހުއްޓެވެ. ހަށިގަނޑުގައި އެއްވެސް ނިވާކަމެއް ނެތުމުން މުޅި ހަށިގަނޑުގައިވީ ލަކުނުތައް އެއްވެސް ހުރަހެއް ނެތި ފެންނަމުން ދިޔައެވެ. ބައެއް ލަކުނުތައް ތާޒާ ކަމާއި އެކުއެވެ. އަނެއް ލަކުނުތައް ރަނގަޅުވެފައެވެ. ކޮންމެ ލަކުނެއްގެ ފަހަތުގައިވެސް ވީ ވޭންދެނެވި ވާހަކަތަކެކެވެ.
ބިންމަތީގައި ހުރި އެއްޗެހި ލައި ނިމުމުން ދެމިފައި އޮތް ލަޝްކާއާއި ދިމާލަށް އިމްރާން ބަލައިލިއެވެ. “އޭ! ތެދުވޭ ދެން. 15 6 ވީއެޔޮށް. ތެދުވެ ސައިބޮއެގެން ސުކޫލަށް ރައްކާވޭ” އިސްތަށިގަނޑުގައި އަތްފުނައަޅާލަމުން އިމްރާން ނިކުމެގެން ދިޔައެވެ.
މަޑުމަޑުން އޮތް ލަޝްކާއަށް އަނެއްކާވެސް ރޮވުނެވެ. ހިތުގައި ރިއްސައިގަތީ އިންތިހާއަށެވެ. ކުރާނީ ކީއްހެއްޔެވެ؟ ޝަކުވާ ކުރާނީ ކާކު ގާތުގައި ހެއްޔެވެ؟ އެހީވާނީ ކާކު ހެއްޔެވެ؟ އެއްވެސް ރަހުމެއް ނެތި އޭނާއާއި ޖިންސީ ގޯނާ އެކުރަނީކީ އެހެން ދެވަނަ ފަރާތެއް ނޫނެވެ. ބައްޕައެވެ.
ދަށްބަނޑުގައި އަތް އަޅާލަމުން ލަޝްކާ ތެދުވެ އިށީނެވެ. ބަނޑުގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން އޭނާއަށް އޭރުވެސް ރޮވެޔެވެ. ހާލަކުން ތެދުވެ ފާރުގައި އަތް ހާކަމުން ފާހާނާއާއި ދިމާލަށް ހިނގައިގަތެވެ. ދެފައި ތުރުތުރުލާވަރުން ދެތިން ފަހަރަކު ވެއްޓެންވެސް އުޅުނެވެ. އެހެނަސް ކެއްކޮއްލާފައި ފާހާނާއަށް ވަނެވެ.
ހަށިގަނޑުގައިވީ ވަރުބަލިކަމާއި ހަނގުރާމަ ކުރާ ހާލުގައި ބަދިގެ ތެރޭގައި ހުރި ލީރާ މަސްހުނި މޮޑެން ހުއްޓެވެ. އިރު އިރުކޮޅުން ހަރަކާތްތައް ހުއްޓާލަން ޖެހެޔެވެ. ހަށިގަނޑުގައިވީ ލޮޑުކަމުން އަލުން ގޮސް އޮށޯންނަން ހިތަށް އެރި އަދަދުވެސް ބުނަން ދައްޗެވެ. ނަމަވެސް އިއްޔެ މީކައިލްއާއި ދެއްކިފައި އޮތް ވާހަކަ ހަނދުމަ ކޮއްލަމުން ހިތްވަރު އާ ކޮއްލައެވެ.
ފެންވަރައިގެން ނިކުން ލަޝްކާގެ މޫނުގައި އެއްވެސް ދިރުމެއް ނެތެވެ. ދެލޯ ވަޅުވަދެފައިވީ އިރު ދެލޮލާއި ކޯތާފަތުގައިވެސް ރަތްކަން އިންތިހާއަށް ވިއެވެ. ޔުނީފޯމު ލައިފައި ބުރުގާ އަޅައިގެން ނިކުން އިރު އަތުގައި އޮތް އަތްދަބަސްވެސް ގެންދެވުނީ ބިންމަތީގައި ދަމަމުން ކަހަލަ ގޮތަކަށެވެ.
“ދަރިފުޅާ!” ލީރާ ގޮވާލި އަޑަށް ލަޝްކާގެ ފިޔަވަޅުތައް ހުއްޓުނެވެ. އެހާ ހެނދުނާ މަންމަ ހޭލާ ހުރުމުން ހައިރާންވެސް ވިއެވެ. ނަމަވެސް ފަހަތަށް އެނބުރިލިއެވެ. “ދަރިފުޅާ. އަވަހަށް އާދޭ ސައިބޯން. މަންމަ މިހުރީ ސައިހަދައިދީފަ. ހުންނާނެ ދަރިފުޅަށް އެންމެ މީރު މަސްހުންޏާ ރޮއްޓާ ހަދާދީފަ” ފުރިހަމަ ހިނިތުންވުމަކާއި އެކު ލީރާ ބުނެލިއެވެ. އަދި އައިސް ލަޝްކާގެ އަތުގައި ހިފާލިއެވެ. ނަމަވެސް ހަމަ އެސިކުންތުގައި ލީރާގެ އަތް ލަޝްކާ ދުރުކޮއްލިއެވެ.
“ބޭނުމެއް ނޫން ކާކަށް. ބަނޑުހައެއް ނޫން. ލަޝް ބަނޑަށް މަރުވިޔަސް މަންމައަށް ކީއްތަ؟” އެއްވެސް އިހުސާސެއް ނެތް ބެލުމަކުން ލީރާއާއި ދިމާލަށް ބަލައިލަމުން ލަޝްކާ ހިނގައިގަތެވެ. “ކީކޭ؟ ދަރިފުޅާ… ނޫން… ތިހެން ނުބުނޭ. ދަރިފުޅު ތިއީ މަންމަގެ ފުރާނަ. ދަރިފުޅުވެސް ގޮއްސިއްޔާ މަންމަ ކިހާ ދެރަވާނެ…؟” ލަޝްކާ ކުރިމައްޗަށް އަރާ ބައްދާލަމުން ލީރާ ބުނެލިއެވެ.
“ދުރުގަ ހުރޭ. ކަލޭ އަހަރެން ދެކެ ލޯތްބެއް ނުވޭ! ކަލޭ ލޯބިވަނީ އޭނަދެކެ. އެއީނުން މަންމަގެ ހުރިހާވެސް މީހަކީ؟” ކަޅި އަޅާލަމުން ލަޝްކާ ހިނގައިގަތެވެ. އަދި ދަބަސް ގެންގޮސް ޑަސްބިނަށް ލިޔެވެ. ބަރުހެލި ފިޔަވަޅުތަކެއްގައި ކޮޓަރިއަށް ވަދެ ގެންގުޅޭ ފޮތްތަށްވެސް އުކާ ވީދަން ފެށިއެވެ.
“ދަރިފުޅާ! ނޫން. ތިހެން ނުހަދާ. ހެޔޮނުވާނެ. ދަރިފުޅާ…” ލީރާއާށް އޭރު ރޮވިއްޖެއެވެ. “ދުރުގަ ހުރޭ! މީ މަގޭ ދިރިއުޅުން. އަހަރެން ބޭނުން ގޮތެއް ހަދާނީ. ކަލެއަށް ކޮން ކަމެއް؟ އަހަރެން ބޮޑުވީ އެކަނިމައިއެކަނި. ދެންވެސް އަހަރެން އުޅޭނީ އެކަނި!!” ލީރާ ކޮއްޕާލަމުން ލަޝްކާ ބުނެލިއެވެ.
“ކޮންހާ ހަޅޭކެއްތަ ތިލަވަނީ؟؟؟؟” އެވަގުތު އިވިގެން ދިޔަ އިމްރާންގެ ރުޅިވެރި އަޑާއި އެކު ރުޅިއައިސްފައި ހުރި ލަޝްކާގެ ރުޅިގަނޑު ދިޔައީ ކޮންތާކައް ކަމެއްވެސް ނޭނގެއެވެ. ވަގުތުން އަނގަލެއްޕުނެވެ. މިހާރު އެމޫނު މަތިން ފެންނަނީ ބިރުވެރިކަމާއި ޖެހިލުންވުމެވެ.
“އިމްރާން… ލަޝްކާ… ލަޝް…” އެވަގުތު ކަނޑާ ވައްޓާލި ރުކެއްހެން ލީރާގެ ހަށިގަނޑު ހުރިތަނަށް ދެމުނެވެ. އިތުރަށް އެއްޗެއް ނުބުނެ ލަޝްކާ ހިނގައިގަތެވެ. ނަމަވެސް އިމްރާން އޭނާގެ އިސްތަށިގަނޑުގައި ހިފާ ގެނެސް ފާރުގައި ތަތްކޮއްލިއެވެ. “ކަލޭ ކޮން ފުއްޕުމެއްތަ ތި ފުއްޕަނީ؟ އޭނ؟؟؟؟” އިމްރާންގެ އަޑު ބާރުކަމުން މުޅި ކޮޓަރި ތެރޭގައި އެއަޑު “އެކޯ” ވެލިއެވެ.
“ދުރުގަ ހުރޭ. އަހަރެން ގައިގަ އަތްނުލާތި!” އިމްރާން ކޮއްޕާލަމުން ލަޝްކާ ބުނެލީ ހިތްވަރާއި އެކުއެވެ. “ހާދަ ފިޔަފަޅާފައޭ ދޯ ތިހުރީ؟ ހަޔާތް ކުޑަ. ކަލޭ ތި ކާކު މަގޭ ކުރިމަތީ ފުއްޕަން؟ ކަލޭ އަމާ ކަލޭ ދުނިޔެއަށް އުފަން ކުރިޔަސް ކަލޭ ދުނިޔޭގައި ހުރި މައިގަނޑު ސަބަބަކީ މަށޭ! އަހަރެންގެ ލެއިންނޭ ކަލޭ އުފަންވީ! ދެން ކޮން ފުއްޕުމެއް ފުއްޕަންވީ؟ އޭނ؟ މަ ބޭނުން ގޮތެއް ކަލެއަށް ހަދާނީ. ބެހެންވެސް ބެހޭނަން! އަނިޔާވެސް ކުރާނަން!” އިމްރާންގެ އަޑު ހިނދެއް ހިނދަކަށް ބާރުވަމުން ދިޔައެވެ.
ތުންފިއްތާލެވުނު އިރު ލަޝްކާގެ ދެލޯ ކަރުނުން ފުރި ބާރުވިއެވެ. އަމިއްލަ މީހާގެ ހުރި ބަދުނަސީބުކަން އިހުސާސްވެ މޭގައި ރިއްސައިގަތީ އިންތިހާއަށެވެ. “ސޮރީ…” އިސްޖަހާލަމުން ލަޝްކާ މަޢާފަށް އެދުނެވެ. “ހުހް! ސޮރީއޯ! ހަނދާން ކުރާތި! މިކަމުގެ ހަސްކާ މިރޭ ކަލެއަށް ފެންނާނެ! ރައްކާވޭ ސުކޫލަށް!” އަމުރު ކޮއްލާފައި ލީރާ ގާތުގައި އިމްރާން އިށީނެވެ. ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން ލަޝްކާ ނިކުމެގެން ދިޔައެވެ. އެ އާއިލާއަށް ނޭނގުނު ނަމަވެސް އެމަންޒަރު ބަލަން ހަތަރުވަނަ މީހަކުވެސް އެތަނުގައި ހުއްޓެވެ…
(ނުނިމޭ)
ހަތްވަނަބައިގެ ތެރެއިން:
“މިވަރުން އަހަރެން ކިހިނެތްތަ އުޅޭނީ އޭނ؟ މަވާ މިހާރު ނަފްސާނީ ވެއްޖެ. މިއަންހެން ކުއްޖާ މަށަށް ކުރެވުނު ހުރިހާ ގޯނާއެއް ކުރެޔޭ އެބަ…”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Hi sissy 😊 how are you?
Masha Allah mi part ves Vrh reethi Alheyyy imraan hadhaa goahey lashka haadha dhera vaane eyy 😥 Kaaku baa balan ehury emeehunah nufehnaanehen 🤔 dhaaiyal vx nuvaane dhw ehen ulhey kah.. Sorry knme part akah comment eh kohnuleveythy but baraa barah kiyan…
So curious…. Curiously waiting for the next part when’s next???
Lyyy 🖤
heyyy dearr.. alhamdhulihllah i’m good how are you?
jazaakallah khairan dearr… asluvess dhw imraan is very very bad.. hmmmmmm…. adhi ingeyne fahun keke.. yeaaa truee..
hehe its’ okay ey im happy that you read 🙂
in sha allah next vess hama soon.. lytt🫶🏻
Ha! I knew it! I so freaking knew Imran had to do something with lash!
Alhe I feel so bad for her 😭😭😭
Doesn’t leeraa know about it?
Mikya and ezikiyal dhw mihaaru mi koalhene😂 varugadha baulbee eh huvaa🤣🤣
When next?
Ly❤️
hehe yeaa dhww… ya leeraa doesn’t knoww..
haha yess abadhu koalheny 🤣 dhwww haha
in sha allah soon hama.. lyt🫶🏻
Vrh. Reethi mi part!💗💗💗
jazaakallah khairann🫶🏻