ލޯބިـ12
*”ތި ބުނި އެއްޗެއް އެކްސްޕްލެން ކޮއްފދީބަލަ.”*
“ޔޫ ނިއު އެވްރީ ތިންގް އެބައުޓް މީ. ބޭބެ އެގޮތަށް ކަންތައް ކުރީމަ ބިރުން ހުންނަކަން ވެސް އިނގޭނެ. އައި ޖަސްޓއ ކާންޓް ބީ ވިތް ސަމްވަން ހޫ އިޒް ވައިލެންޓް.”
“ޔޫ ޓިންކް އައިމް ބީން ވައިލެޓް ވިތް ޔޫ؟ އައި ވޮޒަންޓް ޓްރއިންޓު ބީ ވައިލެންޓް”
“ބަޓް ޔޫ ވަރ.” މިންހާގެ އަޑު ބާރު ވި އެވެ. އެންމެން އެދިމާލާއް ބަލައިލި އެވެ.
މައިހާ އެ ދެމީހުން ކައިރިއައް ދިއުމައް ހިނގައިގަތެވެ. ނާއިލް އެކަން އަތުން މަނާކުރި އެވެ. ނަމަވެސް މައިހާ ނުހުއްޓުނެވެ.
“އަޅެ މަ މިވާހަކަ ދައްކަނީނު މިންހާ އައް.” ނާއިލް ހިތްހަމަނުޖެހިފައި ބުންޏެވެ.
“ނާއިލް މަ ވެސް ކަލޭ ކައިރީ ބުނިން.” މައިހާ ބުންޏެވެ.
“ހަނދާން އެބަ ހުއްޓޭ ކަލޭ ދެއްކި ހުރިހާ ވާހަކަ އެއް. މިންހާ އަާއި ދޭތެރޭ ރަނގަޅަށް ކަންތައްކުރާށޭ ބުނި ހަނދާން ވެސް ވޭ.” ނާއިލްގެ އަޑު ބާރުވާން ފެށި އެވެ. “މަ މިން އާ ވާހަކަ ދައްކައިގެން މިކަން ހައްލުކުރިއްޔާ ދީބަލަ. ހެޔޮނުވާނެ. ކަލޭ މިފަހަރު ދުރުގަ ހުރެބަލަ. އަހަރެމެން ދޭތެރޭ ޖެހޭ ހުރިހާ މައްސަލައެއް ތެރެއަށް ކަލޭ ނުވަދެބަލަ.”
“މީ ފަހު ފަހަރު. ހަނދާން ކުރާތި.” މައިހާ ދިނީ އިންޒާރެކެވެ.
“މިންހާ އައް އެއްވެސް ޑިސިޝަން އެއް އަމިއްލަ އައް ނުނެގެނީތަ. ކަލޭ ބޭނުންހާ ގޮތަކައްތަ މިންހާ ހުރިހާ ކަމެއް ކުރަންޖެހޭނީ.” ނާއިލް ގާތައް ހަމަ ރަނގަޅަށް ވެސް ރުޅި އައެވެ.
“އެއީ މަގޭ ކޮއްކޮ އޭ. މަށައްـ” މައިހާ ދައްކަމުން ދިޔަ ވާހަކަ ހުއްޓުވީ ނާއިލް އެވެ.
“މިހާތަނަށް މިންހާ އައީ ކަލޭ ބޭނުންވާ ގޮތައް ކަންތައް ކުރަމުން. މާ ބޭނުމެއް ނޫން ދެން މިހެން އުޅޭކަށް. ކަލޭ ޓްރަސްޓް ނުކުރާ މީހަކާ އެއްކޮށް ކަލޭގެ ކޮއްކޮ އަކައް ނޫޅެވޭނެއްނު. މިންހާ މިރޭ ބުނޭ. މަށަށް ޓްރަސްޓް ކުރަންތަ؟”
މިންހާ އިނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ނާއިލް އޭނާ އިތުބާރު ނުކުރާހެން ހީވާންވީ ކީއްވެބާ އެވެ. މިންހާ ފެންކަޅިވި އެވެ.
“އޯކޭ. މިހާރު އެނގިޖެ މިންހާ މަށަށް ޓްރަސްޓް ނުކުރާކަން. ކަލޭގެ ކޮއްކޮ އައް ރަނގަޅަށް ބަލާތި.” މައިހާ އާއި ދިމާލައް މިހެން ބުނެފައި ނާއިލް ދާން ހިނގައިގަތެވެ.
“ނާއިލް މަޑުކޮށްބަލަ. ކައޭ އަޅެ މިރޭ ކިހިނެއްތިވީ. މިން އާ ވާހަކަ ދައްކާބަލަ.” ރީހާން ނާއިލްގެ ކޮނޑުގައި ހިފާ ހުއްޓުވި އެވެ.
“ބޭނުމެއް ކޮބާ؟ މައިހާ ބުނާހާ ގޮތެއް ހަދާނީ.” ނާއިލް މިހެން ބުނެފައި ދިޔައީ އެވެ. ފަސް އެނބުރި ބަލާލުމެއް ވެސް ނެތި އެވެ.
“މަ ބޭނުމީ ގެއައް ދާން.” ނާއިލް ދިޔަތަން ބަލަން އިނދެފައި މިންހާ ބުނެލި އެވެ.
“އިހައް ހަމަޖެހިބަލާ.” ރީހާން ބުންޏެވެ.
“މި ބުނީނު މަ ބޭނުމީ ގެއައް ދާށޭ.” މިންހާ ބާރައް ބުނެލި އެވެ.
“މިން އިހައް ހަމަޖެހިލާ. ތި އިނީ ވަރަށް ބޮޑު ޝޮކެއްގަ. ގެއައް ގޮއްސިއްޔާ އެންމެނަށް އިނގޭނެ.” ރަނާ ވެސް ބެލީ މިންހާ އައް ވިސްނައިދެވޭތޯ އެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


