ދަތުރުـ12
*ދޮންތަ ބުނީ ތެދެކެވެ. ހުރިހާ އެންމެން އެއްގޮތެއް ނުވާނެ އެވެ. ނާއިމް ކިތަންމެހާ ވެސް ރަންގަޅެވެ. އޭނާ ހުރީ އަހަރެން އެ ވާހަކަ ބުނާނެ ދުވަހެއްގެ އިންތިޒާރުގައި ކަމުގައި ވާނަމަ ވެސް އަހަރެން ދުވަސް ކޮޅެއް ބޭނުމެވެ. ދެން ކަންތަށް ވާނެ ގޮތެއް ނޭނގިތި ނަފްސު ތައްޔާރު ކޮށްލަން ޖެހޭނެ އެވެ.*
އައު އަހަރަކަށް ސްކޫލްގެ ކިޔެވުން ފެށުނީ އައު އުންމީދުތަކާ އެކީ އެވެ. ކިޔެވުމާއި އެކި ތާފާތު ހަރަކާތްތައް ރޭވެމުންދިޔައެވެ. މިއަހަރު ރަނގަޅު ނަތީޖާއެއް ހޯދުމަށް އަހަރެން ވެސް އަޒުމު ކަނޑައެޅީމެވެ.
ދުވަސްތައް އާދައިގެ ގޮތަކަށް ދައުރު ވަމުން ދިޔަ އެވެ. ކިޔެވުމަށް ސަމާލުކަންދީގެން ކުރިޔަށް ދިޔައިރު އަހަރެން ހަމަ އެކަނި ހާސްވަނީ ޝަބީނާ އަހަރެންނާއި ދޭތެރޭ ބާއްވަން ފެށި ދުރުކަމެކެވެ. އަހަރެންނާއި ވާހަކަ ދެއްކިޔަސް އަަބަދުވެސް ދައްކާނީ ނާއިމްގެ ވާހަކަ އެވެ. ހަމަ ހަގީގަތުގައި ވެސް ޝަބީނާ އަށް ނާއިމް ކަމުދިޔައީ އެވެ.
ސުކޫލުން އާމޫނެއް ފެންނަން ފެށި އެވެ. އަހެން ކުއްޖެކެވެ. އަހަރެންނަށް ވުރެ ކުޑަ އެވެ. އެކުއްޖާ ފެނުމުން ހިނިތުން ވެލަ އެވެ. ފެންނަ ފެނުމަށް ވަރަށް ހިތްހެޔޮ ކުއްޖެކެވެ. ގިނައިން ފެންނަން ފެށުމުން ވާހަކަ ވެސް ދެކެވެން ފެށި އެވެ. އެކުވެރި މަޑުމައިތިރި ކުއްޖެކެވެ.
އެއް ދުވަހެވެ. އަހަރެން އަވަހަށް ގެއައް ދިޔައީ އަވަހަށެވެ. ދޮންތަ އާއި ކުޑަބެ އައުމުން މެންދުރު ކާން އެރީ ތިން މީހުން އެއްކޮށެވެ. އެކި ވާހަކަ ދައްކަމުން ގޮސް މާހައުލު ބަދަލުވީ ދޮންތަ ބުނި ވާހަކަ އަކުން އެވެ.
“ނާއިމް ބުންޏޭ އެއްކަލަ އަލައް އައިސްގެން އުޅޭ ކުއްޖަ ރީއްޗޭ.” ވަގުތުން އަހަރެން ކާ ހިތް ވެސް ކެނޑުނެވެ.
“އެކުއްޖަ އަށް ކިޔަނި އިންޝާ.” އަހަރެން ބުނެލީމެވެ.
“އިޓްސް އޯކޭ އޭ. އެއީ ނާއިމް މަޖަލަކަށް ބުނި އެއްޗެއް. އެހާ ސީރިއެސް ކޮށް ނުނަގަބަލަ.” އަހަރެންގެ މިޒާޖައް އައި ބަދަލު ފާހަގަ ކުރެވި ކުޑަވެ ބުންޏެވެ.
“އަހަރެންނާ ބެހޭ ކަމެއް ނޫންދޯ އެއީ. އޭނައަށް އިންޝާ ރީތިވިއޭ ކިޔާފައި އަހަރެން ކީއްތަ ކުރަންވީ. އިންޝާ ކައިރީ ބުނެލަދީފަނަން އެވާހަކަ.” ހިތުގައި ކުޑަ ފޫހި ކަމެއް އުފެދިގެން ދިޔަ ނަމަވެސް އަހަރެން ހިނިތުން ވެލާފައި ވާހަކަ ދެއްކީމެވެ.
“އަނެއްކާ އަސަރުވެސް ގޮސް ނުބުނައްޗޭ. އެއީ ނާއިމް މަޖަލަކަށް ބުނި އެއްޗެކޭ.” ކުޑަބެ ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.
“ޑޯންޓް ވޮރީ. އަހަރެން ތިހާ ވެސް މޮޔައެއް ނޫނޭ އިންޝާ ކައިރީ ބުނާކަށް. އެހެން ނޫނަސް ކުޑަބެ ކީއްވެތަ މާވަރަކަށް ނާއިމް ޑިފެންޑް ކުރަނީ؟” އަހަރެން ވެސް ހިނިގަނޑެއް ޖަހައިލަމުން ބުނީމެވެ.
ޖެހިގެން އައި ދުވަހު ވެސް ބްރޭކް ގަޑީގައި އިންޝާ ފެނުނެވެ. އަހަރެން ފެނުމުން އަވަހައް އިންޝާ އަހަރެން ކައިރިއަށް އައެވެ. ނަމަވެސް އަހަރެން މިއަދު ހުރީ އިންޝާ އާއި ވާހަކަ ދައްކާ ހިތްވެފައެއް ނޫނެވެ. އެހެން ކަމުން އަހަރެން ނިންމަން ޖެހޭ ފިލާވަޅެއް އޮތް ކަމަށް ބުނެ އަވަހައް އަހަރެން ކުލާހަށް ވަނީމެވެ. އަހަރެންނަށް ނޭނގުނީ މިމަންޒަރު ބަލަން ކުޑަބެ ހުރިކަމެވެ.
ـނުނިމެـ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


