Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދަތުރުـ13

__devil__09 Level 210 Stories100 Login
November 12, 2025 2 Mins Read
0 Comments

*ޖެހިގެން އައި ދުވަހު ވެސް ބްރޭކް ގަޑީގައި އިންޝާ ފެނުނެވެ. އަހަރެން ފެނުމުން އަވަހައް އިންޝާ އަހަރެން ކައިރިއަށް އައެވެ. ނަމަވެސް އަހަރެން މިއަދު ހުރީ އިންޝާ އާއި ވާހަކަ ދައްކާ ހިތްވެފައެއް ނޫނެވެ. އެހެން ކަމުން އަހަރެން ނިންމަން ޖެހޭ ފިލާވަޅެއް އޮތް ކަމަށް ބުނެ އަވަހައް އަހަރެން ކުލާހަށް ވަނީމެވެ. އަހަރެންނަށް ނޭނގުނީ މިމަންޒަރު ބަލަން ކުޑަބެ ހުރިކަމެވެ.*

އެފަދައިން ހަފްތާއެއްވަރު ވޭތުވެ ހިނގައްޖެ އެވެ. އެކި ދުވަހު އެކި ބަހަނާ ދައްކައިގެން އަހަރެން އިންޝާ އާއި ވާހަކަނުދައްކަ ވޭތޯ ބަލަމެވެ. މި ހުރިހާ ދުވަހު ވެސް ކުޑަބެ ދުރުގައި އަހަރެންގެ ހަރަކާތްތައް ބަލަން ހުރެ އެވެ. ބައެއް ދުވަސް ދުވަހު ދޮންތަ އައް ވެސް ފެނެ އެވެ.

“ޒީވާ! އެބަޖެހޭ ވާހަކަ އެއް ދައްކާލަން.” އަހަރެން ފޯނު ހިފައިގެން އިންދާއި ކުޑަވެ ބުނެލި އެވެ.

އަހަރެންގެ ހިތް ތެޅިލި އެވެ. ނަމަވެސް ކުޑަބެ ދައްކާ ވާހަކައައް ފުރިހަމަ އަށް ސަމާލުކަން ދިނުމުގެ ގޮތުން ފޯނު ދުރުގައި ބޭއްވީމެވެ.

“ޒީވާގެ ބިހޭވިއަރ އައް ޗޭންޖަސް ތަކެއް އައިސިކަން ޒީވާ އައް އަމިއްލަ އަށް ފާހަގަ ވޭތަ؟” އަހަރެން އެއްވެސް އެއްޗެކޭ ނުބުނަމެވެ. “ޒީވާ އަށް އިނގޭތަ ޒީވާގެ ސަބަބުންކަން ނާއިމް އެހެން ބުނީ ވެސް. އަހަރެންގެ ވެދާނެ ޒީވާގެ ރިއެކްޝަން އެއް ބަލާލަން ކުރިކަމަކަށް ވެސް. ނޫނީ ވެދާނެ ނާއިމް އަށްޓަކައި ޒީވާގެ ހިތުގައި އެއްވެސް ފީލިންގް އެއް ނެތް ކަމައް ނިންމާ ނާއިމް މޫވް އޮން ކުރަން އުޅެނީކަމައްވެސް. އެހެންވީމަ ރަނގަޅަށް ވިސްނަފަ ފިޔަވަޅެއް އަޅާ. ލައުކު ދަންޏާ ވެސް ނުވަންޏާ ވެސް ސާފު ބަހުން ބުނޭ.”

ކުޑަވެ ދިޔަފަހުން ދޮންތަ އައެވެ. އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެކޭ ނުބުނެ އެވެ.

ރޭގަނޑެވެ. ދޮންތަ އުޅުނީ ކާގޭގައެވެ. އަހަރެން ދިޔައީމެވެ. ވާހަކަ އެއް ދައްކަން ވޭނުނވާކާމައް ބުނުމުން އައިސް އަހަރެން ކައިރީ އިށީނެވެ. މި ވަގުތައް މާ ކުރީއްސުރެ ތައްޔާރުވެގެން ހުރީ ފަދަ އެވެ

“އަހަރެން ބޭނުމީ ބުނަން.”

ދޮންތަ އެކަމައް އެހީތެރި ވެދޭނޭ ކަމާއި އެކަމާ ދޭތެރޭ ނުވިސްނުމަށް ބުންޏެވެ.

ޖެހިގެން އައި ދުވަހު ދޮންތަ ނާއިމް ކައިރީ ބުންޏެވެ. ނަމަވެސް އޭގެފަހުން އަހަރެންނާއި ނާއިމް ވާހަކަ އެއް ނުދައްކައެވެ. މެސެޖުން ވެސް މެއެވެ. ނާއިމް ހުރީ އަހަރެން ވަގުތު ބޭނުންވާކަމަށް ދޮންތަ ބުނުމުން، އިސްވެ އަހަރެން ވާހަކަދައްކާނެ ދުވަހެއްގެ އިތިޒާރުގަ އެވެ. ހަމަ އެފަދައިން އަހަރެން ހުރީ ވާހަކަ ނުދައްކާ ގިނަދުވަސް ވުމުން ނާއިމް އަމިއްލަށް ވާހަކަ ދައްކާނެ ކަމަށް ނިންމައިގެންނެވެ.

މިފަދައިން އެތައް ދުވަސްތަކެއް ވޭތުވެ ދިޔަ އެވެ. ދޮންތަ އަހަރެން ކައިރީ ވާހަކަ ދެއްކުމަށް ބުންޏެވެ. ނޫނީ ނާއިމް އައް ދޮގު ނުހެދުމަށް ބުންޏެވެ. މިޝްޔާ ވެސް އައިސް އަހަރެން ކައިރީ ނާއިމްގެ މިޒާޖައް އަންނަމުންދާ ބަދަލުތަކުގެ ވާހަކަ ދައްކަން ފެށި އެވެ. ކުދި ކުދި ކަންކަމާ އަވަސް އަވަހަށް ރުޅި އައުމާއި އަަބަދުވެސް މަޑުމޮޅި ވެފައި އިނީމެވެ. ނާއިމް އާއި ވާހަކަ ދައްކާލުމަށް އެދި މިޝްޔާ އަހަރެން ކައިރީ އާދޭސް ކުރި އެވެ.

އެއް ދުވަހަކު ނާއިމް އާއި ދިމާވި އެވެ. އެހާ ގިނަ ދުވަސް ފަހުން ދިމާވުމުން ވެސް އަހަރެން އަނގައިން ބުނަން ފަސް ޖެހުނެވެ. ދައްކާނެ ވާހަކަ އެއް ނޭނގި އެވެ.

-ނުނިމޭ-

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

__devil__09

Level 210 Stories100 Login

Other Articles

Previous

ހިތް އެދޭ މަންޒިލަކީ… 4

Next

މައިރީން ޓްރެއިލަރ

Next
November 12, 2025

މައިރީން ޓްރެއިލަރ

Previews
November 12, 2025

ހިތް އެދޭ މަންޒިލަކީ… 4



All Right Reserved!