ލޯބި-10
*”ބޭބޭ. ކީއްވެ މާ ހާސްވެފަ.” ހާސްވެފައި ހުރެ ބަދިގެ ފަރާތުން ނިކުން ޒައިދު ފެނިފައި މުހަންމަދު އަހައިލި އެވެ.*
“ހަނާ ގެއަކު ނެތް.” މިސްކިތުގައި އަތް ބަލައިލަމުން ޒައިދު ބުންޏެވެ.
“ވެއްޖެ ރަނާ މެންނާ އެކު ބޭރަށް ގޮސް. އަންނާނެ އިރުކޮޅަކުން.” މުހަންމަދު މަޑުމައިތިރިކަމާ އެކު ބުންޏެވެ.
“މުހަންމަދަށް އަދި ނޭނގެނީއޭ. ރަށުގަ އުޅެޔޭ ފާޑެއްގެ ބަޔަކު. އެކުދިންނަށް ގޮތެއް ވެދާނެ. ދިޔަތަނެއް ބުންތަ؟”
“ބުނީ ހިނގާލާށޭ. ބޭބެ މާބޮޑަށް ތިހާސްވަނީ. ރަށުގަ އެކަހަލަ ބަޔަކު އުޅެންޏާ އަހަރެމެންނަށް ވެސް އިނގޭނެއްނު.”
“މުހައްމަދު ގަބޫލެއް ނުކުރާނެ. ކުރީ ރެއަކު އޭ ބޭބެ ގެއައް ދަނިކޮށް ބަޔަކު ދިމާކޮއްލީ. ނަސީބަކުން ނުވެއްޖަހަ. ހުރީ ވެސް މޫނުމަތި އަޅައިފަ.” އެރޭގެ ހާދިސާ ހަނދާންކުރަމުން ޒައިދު ކިޔައިދިނެވެ. އެއީ މަރިޔަން އެއްވެސް އައިސް ވަދެވުން ގަޑި އެވެ.
“މާ ހަމަ ތެދެއް ދަރިފުޅާ. މުހަންމަދޫ. އެކުދިންނަށް ފުޅާ. ވީތަނެއް ހޯދާ. ބުނޭ ގެއައް އަންނާށޭ.” މަރިޔަން ރޯންފެށިއެވެ. ހަދާނެ އިތުރު ގޮތެއް ނެތުުމުން މުހަންމަދު ފޯނުނަގާ ރަނާ އައް ގުޅި އެވެ.
“އިތުރު އެންމެ ފިޔަވަޅެއް ވެސް ކައިރިއަށް ނާޅާތި.” މިންހާގެ އަނގަ މަތީގައި އަތް އަޅައިގެން ހުރި މީހާ ބުންޏެވެ. އޭނާ ނެގި ކުޑަ ވަޅި މިންހާގެ ކަރުގައި ޖައްސައިލީ އެވެ. މައިހާ އައް ވެސް މަޖުބޫރުވީ ފަހަތައްޖެހިލާށެވެ.
ބިރުން މިންހާ އައް ރޮވޭގޮތްވެފަ އެވެ. މޫނު މަތި ފޮރުވައިގެން ތިބި މިތިން މީހުންގެ ކިބައިން އޭނާ ސަލާމަތް ވާނީ ކިހިނެއް ހެއްޔެވެ.
ހަދާނެ ފޮތް ހުސްވެފައި ތިއްބައި ރަނާގެ ފޯނު ރިންގުވާން ފެށި އެވެ. ގުޅަނީ މުހަންމަދެވެ. ރަނާ ފޯނު ނަގާކަށް ބޭނުމެއް ނުވި އެވެ. ކެނޑުމުން ދެވަނަ ފަހަތައް ވެސް މުހަންމަދު ގުޅި އެވެ.
“ފޯނު ނަގާ.” އޭގެން މީހަކު އަމުރު ކުރި އެވެ. ރަނާ އަވަސް އަރުވައިލައިފައި ފޯނުނަގާ ކަންފަތުގައި ޖެއްސި އެވެ. ހަމަޖެހޭކަން ދައްކަމުން އޭނާ ވާހަކަ ދެއްކި އެވެ.
ރަނާ ފޯނު ތިރިކޮއްލި ވަގުތަކީ މައިހާ އޭގެން މީހެއްގެ މޫނުމަތީގައި އިން ފޮތިގަނޑު ދަމައިގަތް ވަގުތެވެ. އެމީހާ ކުއްލިއަކައް މައިހާގެ އަތުގައި ހިފި އެވެ. ނަމަވެސް އޭރު މާލަސް ވެއްޖެ އެވެ. އެންމެންނައް އެމީހާގެ މޫނު ފެނިއްޖެ އެވެ.
“ގޭ ކައިރީގައޭ އުޅެނީ. އެއްވެސް ކަމަކާ ނޫނޭ ބޭބެ އާ މަންމަ ތިހާސްވަނީ. ބުނީ މިއަންނަނީއޭ އިރުކޮޅަކުން.” މުހަންމަދު ބުންޏެވެ.
“ކައިރީ ހިސާބަކަސް އެކަނި ފޮނުވައިގެން ނުވާނެ. ކަމެއް ވާނީ ބުނެފައެއް ނޫނޭ.” ޒައިދު ބުންޏެވެ. މަރިޔަމް އޭރު ވެސް ރޮނީ އެވެ.
“ބޭބެ އައް ކިހިނެއްތަ ވަނީ؟” ގޭތެރ އަޑުގަދަވެގެން ރިޝްފާ ވެސް އައެވެ.
“ހަނާ މެން އެކަނި ބޭރަށް ފޮނުވައިގެން ކަންތައް ބޮޑުވީ” މުހަންމަދު ބުނެލި އެވެ.
” ދެން އެއީ އެވަރު ކަމެއްތަ؟ އެވަރު ކުދިން އެގޮތަށް ބޭރަށް ގޮސް އުޅޭނެ. އަންނާނެއްނު އިރުކޮޅަކުން. ބޭބެ ހާސްނުވެބަލަ.” ވިސްނައިދޭ ފަދައިން ރިޝްފާ ބުންޏެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


