ލޯބި-9
*”ހަނާ. މިހެން ބުނާކަށް ބޭނުމެއް ނޫން ބަޑް އައި ނީޑްޓު ސޭ ދިސް. ޔޮރ ޑޭޑް އިސް އެކްޓިން ވިޔަރޑް.” މިންނަ ބުންޏެވެ.*
“ލައިކް…؟ ކިހިނެއް ތިބުނީ؟” މާޔާ އިތުރައް އޮޅުން ފިލުވަން ބޭނުންވާ ފަދައިން އަހައިލި އެވެ.
“މިބުނީ އަންކަލް އެއް ގުޅިގެން ނުވާނެ ގޮތައް އުޅުން. އެކަނި ރޫމް ގަ އޮންނައިރު ވަރަށް ގިނައިން ވަންނާނެ. އެންޑް ވަރަށް އަންކޮންފަޓަބަލް ވާ ފޮތަކަށް ވަރަށް ގިނައިން ޓަޗް ވެސް ކުރޭ.” މިންނަ ތަފްސީލުކޮށް ދިނެވެ.
“ހަނާ އައް ވެސް ނޯޓިސް ވޭ.” ހަނާ ަިސްޖަހައިލަމުން ބުންޏެވެ.
“ހަނާ ބިރުނުގަނޭ އިނގޭ. ކޮންމެވެސް ގޮތެއް އޮންނާނެ.” މިންނަ ބުންޏެވެ.
“އެކަމަކު ކާކު ކައިރީ ބުނާނީ؟” މާޔާ އަހައިލި އެވެ. “އެއްވެސް މީހެއް ގަބޫލު ކުރާނެ ހެންނެއް ހިޔެއް ނުވޭ.”
“ހިނގާ ދޮންތިމެން ކައިރީ ބުނަން.” ހަނާ ހިޔާލެއް ދިނެވެ.
“ވަދޭ.” ދޮރުގައި މީހަކު ޓަކިދިނުމުން ރަނާ ގޮވައިލި އެވެ. ވަދެގެން އައި ތިން ކުދިންގެ މޫނުން ވެސް ފެންނަމުން ދަނީ ބިރުވެރި ކަމެވެ.
“ކިހިނެއް ވީ؟” އެތިން ކުދިން އައިސް އެނދުގައި އިށީންދުމުން މިންހާ އަހައިލި އެވެ.
“ދޮންތަ. މިއައީ ވަރަށް ބޮޑު ވާހަކައެއް ބުނަންށޭ.” ހަނާ ވާހަކަދެއްކީ ވައި އަޑުންނެވެ. އޭނާ އިނީ އެހާ ވެސް ބިރުގަނެފަ އެވެ. މައިހާ ވެސް އައިސް އެކުދިން ކައިރީ އިށީންދެލި އެވެ.
“ހަނާ ކީއްވެ ތިގޮތައް ވާހަކަ ދައްކަނީ.” ރަނާ އަހައިލި އެވެ.
“ޝޫ…ދޮންތާ. މީހަކައް އަޑު އިވި ދާނެ. އިޓްސް އެބައުޓް މައި ޑޭޑް.” ހަނާ ބުނި އެއްޗަކުން މިންހާ ވެސް ފޯނު ބާއްވައިފައި އަޑުއަހަން މަޖުބޫރުވި އެވެ.
“ބޭބެ މިހާރަކަށް އައިސް ވަރަށް ވިޔަރޑް ކޮއް އުޅެނީ.” މާޔާ ބުންޏެވެ. އަދި އެތިން ކުދިން ހުރިހާ ވާހަކައެއް ކިޔައި ދިނެވެ. އިތުރު މީހެއް ކައިރީ އެވާހަކަ ނުދެއްކުމަށް ބުނެ ވިސްނައިދީފައި އެކުދިން، އެކުދިންގެ ކޮޓަރިއަށް ފޮނުވައިފިއެވެ.
މައިހާ މެން ބޭރަށް ނިކުންއިރު ސިޓިން ރޫމުގައި އިނީ މުހަންމަދު އެކަންޏެވެ. ހިނގައިލަން ދަނީ ކަމައް ބުނެފައި ހުރިހާ ކުދިން ނުކުމެގެން ދިޔަ އެވެ.
ޖެޓީ ކޮޅުގައި މޫދައް ދެފައި ބާލައިގެން ހުރިހާ ކުދިން ތިބީ މަޖާ ވާހަކަތައް ދައްކާށެވެ.
“އަހަރެންގެ ފައިވާން މޫދައް ވެއްޓިދާނެ. އަންނާނަން ދުރުގަ ބައިންދާފަ.” މިހެން ބުނެފައި މިންހާ ތެދުވެގެން ދިޔަ އެވެ.
މިންހާ އެނބުރުނުތަނާ ކޮންމެވެސް މީހަކު އޭނާގެ އަނގަ މަތީ އަތް އަޅި އެވެ. އެހީ އައް އެދި މައިހާ އާއި ރަނާ އައް ގޮވަން ބޭނުންވި ނަމަވެސް އަޑެއް ނުނިކުތެވެ.
އިތުރު ބަޔަކު އުޅޭހެން ހީވެ ރަނާ ފަހަތައް އެނބުރި ބަލައިލި އެވެ. ފެނުނު މަންޒަރަކުން އޭނާގެ މޭގަނޑު އަނގައަށް އައި ފަދަ އެވެ. މައިހާ ވެސް ބަލައިލި ގޮތައް ހުއްޓުން އެރިއެވެ. މިންނަ އާއި މާޔާ ރޮއިގަނެފައި ހަނާ ގައިގައި ބައްދާއިގަތެވެ.
“ބޭބޭ. ކީއްވެ މާ ހާސްވެފަ.” ހާސްވެފައި ހުރެ ބަދިގެ ފަރާތުން ނިކުން ޒައިދު ފެނިފައި މުހަންމަދު އަހައިލި އެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



theres so many characters i cant keep up with them but this zaid guy needs to be locked up