ލޯބި-11
*” ދެން އެއީ އެވަރު ކަމެއްތަ؟ އެވަރު ކުދިން އެގޮތަށް ބޭރަށް ގޮސް އުޅޭނެ. އަންނާނެއްނު އިރުކޮޅަކުން. ބޭބެ ހާސްނުވެބަލަ.” ވިސްނައިދޭ ފަދައިން ރިޝްފާ ބުންޏެވެ.*
“ރިޝްފާ އައް ވެސް ނޭނގޭތީ. ރަށުގަ ފާޑުފާޑުގެ މީހުން އުޅޭނެ. އެކުދިންނަށް ކަމެއް ވެދާނެ. މަ މިދަނީ އެކުދިން ހޯދަން.” މިހެން ބުނެފައި ޒައިދު ނިކުންނަނީ ހިނގައިގަތެވެ. ނަމަވެސް މުހަންމަދު އޭނާ ހިފެހެއްޓި އެވެ.
“ތިބުނާ ކަހަލަ މީހުން އުޅޭނަމަ އަހަރެންނަށް އިނގޭނެއްނު. އަހަރެންމީ މިރަށުގަ އުޅޭ މީހެއް.” ރިޝްފާ ހިތްހަމަނުޖެހިފައި ބުންޏެވެ.
“ބޭބެ މަޑުކޮށްބަލަ. އެކުދިން 10:30 ވާއިރު ނައިސިއްޔާ ހޯދަން ދާނީ.” މުހަންމަދު މިހެން ބުނުމުން ޒައިދު ސޯފާގައި އިށީނެވެ.
ކުރިމަތިން ފެންނަން ހުރީ ސޫރައިން އެންމެންގެ ދެލޯ ބޮޑުވި އެވެ. މަޔާން އެވެ. މިންހާ ދޫކޮއްލައިފައި އެމީހާ ހެމުން މޫނުމަތީގައި އިން ފޮތިގަނޑު ނެގިއެވެ. އޭނާ އާއި އެކު ދެން ހުރި މީހާ ވެސް އޭނާގެ މޫނު ދައްކައިލި އެވެ. އެންމެންގެ ހައިރާންކަން ދެގުނައަށް އިތުރުވި އެވެ. މިންހާ ހުރީ ހުރި ފިޔަވަޅުމަތީ ހުއްޓުން އަރައިފަ އެވެ.
“އިޓްސް ޖަސްޓް އަ ޕްރޭންކް. ސޮރީ މިން.” ނާއިލް އުޅުނީ މިންހާ އޭނާގެ ގަޔާ ކައިރި ކޮށްލާށެވެ. ނަމަވެސް އޭނާގެ މޫނުމައްޗަށް އެރީ ހޫނު އެތިފަހަރެކެވެ.
“މިން…” ނާއިލް މަޑުމަޑުން ގޮވައިލި އެވެ. އޭރު މިންހާ ދުރައް ދަނީ އެވެ.
“ނާއިލް. ތިކުރީ ރަނގަޅު ކަމެއް ނޫން. ރީހާން ވެސް. މަޔާން ވެސް. ހަނާ މެން އެތިބީ ބިރުންނޭ ބޭބެ އާ ހެދި. އިތުރައް ބިރު ނުދައްކަބަލަ.” މައިހާ ބުންޏެވެ.
“ބޭބެ އޭ!؟ މިކުދިންނަށް ވެސް!؟” ނާއިލް ހައިރާން ވެފައި އަހައިލި އެވެ.
“އާނ. މިކުދިންނަށް ވެސް. އެވާހަކަ ދައްކަން މިރޭ މީޓް ކުރަން ބުނީ.” މައިހާ ބުންޏެވެ.
އައިމް ސޯ ސޮރީ.” ނާއިލް ބޮލުގެ އިސްތަށިގަނޑުގައި ހިފައިލަމުން ބުންޏެވެ. “މިން ކައިރިއައް މިދަނީ.”
ނާއިލް ގޮސް މިންހާގެ ކޮނޑުގައި ހިފައިލި އެވެ. މިންހާ އެއަތް ފޮޅުވައިލި އެވެ. ނާއިލް ދެރަވި އެވެ.
“މިން އައިމް ސޮރީ އޭ. މަޖަލަކަށް ކުތިކަމެކޭ. އެންޑް އިޓްސް އަ ފޭކް ނައިފް. މިން އައް އިނގޭނެ އަހަރެން މިން އައް އެވެސް ގޮތެއް ނުހަދާނެކަން.” ނާއިލް ދެރަވެފައި ވާހަކަ ދެއްކި އެވެ.
“އިޓް ވޮޒަންޓް ފަނީ.” މިންހާ ނާއިލް އައް ކުރިމަތިލި އެވެ.
“މިން އައިމް ސޯ ސޮރީ.” ނާއިލް މިންހާ އާއި ކައިރިވެލި އެވެ. ނަމަވެސް މިންހާ ނާއިލް ގެ މޭމަތީ އަތް އަޅާ ކޮޕައިލި އެވެ. “މިން. ޕްލީޒް. ސޮރީ އޭ. ރުޅިއަޔަސް އޯކޭ އޭ. ބޭނުން އެއްޗެކޭ ބުނޭ އަހަރެންނާ ދިމާލަށް.”
“އައި ޑޯންޓް ތިންކް ވީ ކޭން ބީ ޓުގެދާ އެނީ މޮރ.” މިންހާ ދުރައް ދާން ހިނގައިގަތެވެ. ނާއިލް އޭނާގެ އަތުގައި ހިފައި ހުއްޓުވި އެވެ.
“ތި ބުނި އެއްޗެއް އެކްސްޕްލެން ކޮއްދީބަލަ.”
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Ermm wmei ehn vhk eh noon thw?