Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދަތުރު-15

__devil__09 Level 210 Stories100 Login
December 22, 2025 2 Mins Read
0 Comments

*އެއްދުވަހެއްގެ ހަވީރެވެ. އަހަރެން އޮތީ ގޭގައެވެ. މެންދުރު ހޮސްޕިޓަލުގައި އުޅުމުން ވަރުބަލި ވެފަ އެވެ. ކުރާނެ ވަކިކަމެއް ނެތުމުން ފޯނުހިފައިގެން އޮއްވައި ނާއިމް މެސެޖުކުރި އެވެ. މިހާރު އެހާ ގިނައިން ވާހަކަ ނުދެއްކޭތީ އެކަމާ ޝަކުވާ ކޮއްލި އެވެ. ސުކޫލުގެ އިތުރު ހަކާތްތައް އޮތުމުން ވަރުބަލިވެފައި ހުންނަކަމައް ބުނެ ކުރިން ވާހަކަ ދެއްކުނު ގޮތާއި މެދު މަޢާފައް އެދުނެވެ. އަހަރެން ރަށުގައި ނެތުމުން ފޫހިވާ ވާހަކަ ބުންޏެވެ. ސުކޫލުން އަހަރެން ނުފެންނާތީ ދެރަވާ ވާހަކަ ވެސް ބުންޏެވެ.*

އަހަރެން ވެސް ނާއިމް މަތިން ހަނދާންވާ ވާހަކަ ބުނަން ބޭނުމެވެ. ނަމަވެސް ބުނާނީ ވަކި ކިހިނެއް ހެއްޔެވެ. އަހަރެން ބުނީ އަހަރެން ރަށަށް ދާހިއްލާ ވާހަކަ އެވެ. ރަށުން ބޭރުގައި ހުންނައިރު ރައްމަތިން ހަނދާންވާ ވަރު އޭނާ އައް އެނގޭ ކަމައް ބުނެ، އަހަރެން ހިތްހަމަޖައްސައިދިނުމައް އިރުއޮއްސޭ މަންޒަރުގެ ފޮޓޯ އެއް ފޮނުވައިފިއެވެ. އެކުޑަ ކުޑަ ބަރަކާތުން ވެސް އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ.

އެގޮތަށް ކަންތައްހިނގީ ދުވަސް ކޮޅަކަށެވެ. އަނެއްކާ ވެސް ނާއިމް ދުރުވާން ފެށި އެވެ. ސުވާލު ކުރުން ވެސް އޭނާ ވަކި ޖަވާބެއް ނުދެ އެވެ. އަހރެނ ސުވާލު ކުރުން ވެސް އުނދަގޫ ވާފަދަ އެވެ.  އޭނާ އެވާހަކަ ދައްކަން ބޭނުންނުވާ ކަހަލަ އެވެ. އަހަރެން ވެސް ގަހަކުން އަޅައެއް ނުލައެވެ.

ދުވަސްކޮޅެއް ފަހުން އަހަރެން ރަށަށް ދިޔައީމެވެ. އެންމެ އަވަހައް ސްކޫލު ހުޅުވޭ ދުވަހުގައި ސުކޫލައް ދިޔައީމެވެ. ނާއިމް ދެކުނީމެވެ. ނަމަވެސް އޭނާއައް އަހަރެން ފެނުނު ކަމަކަށް ނުހެދި އެވެ. ދެރަވި ނަމަވެސް އަހަރެން އެއްވެސް މީހެއްކައިރީ އެކަމާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަމެވެ.

އެތައް ދުވަހައްފަހު، ސުކޫލްގެ އެތައް ހަރަކާތެއްގައި އަހަރެންނައް ބައިވެރިނުވެ ވުމުން އެތައް ކުދިންނެއް އަހަރެންގެ ހާލު އަހައި ހެދި އެވެ. ނާއިމްގެ އެކުވެރިން ވެސް މެއެވެ. އެމީހުން އަހަރެން ކައިރީ ނާއިމްގެ އެތައް ވާހަކައެއް ދެއްކި އެވެ. ދެމީހުން މައްސަލައެއް ޖެހުނީތޯ ވެސް ސުވާލުކުރީ އެވެ. އަހަރެންނައް ވެސް އިނގެނީ އެމީހުންނަށް ވެސް އެނގޭ މިންވަރަކަށް ކަމައް ބުނެ އަހަރެން އެވާހަކަ ހުއްޓައި ކަމެވެ.

“ޒީވާ. އިނގޭތަ މިހާރު ވެގެން އުޅޭގޮތް؟” ހުސްފަޑުއެއް ލިބުމުން މިޝްޔާ އަހަރެން ކައިރިއައް އައެވެ. ނޭނގޭކަމައް ބުނެ އަހަރެން ސުވާލުކުރީމެވެ.

“ހާނިއާ ދޮންބެ އައް މެސެޖުކުރީ. ވަރަށް ގިނައިން ކޮއްފަ ހުރީ. ޒީވާ އަކައް ނޭނގޭތަ؟ ދޮންބެ ނުބުނޭތަ؟” މިޝްޔާ ކިޔައިދިނެވެ. ހާނިއާ އަކީ އަހަރެންގެ ކުލާސް ކުއްޖެކެވެ.

“ނާއިމް އަހަރެން ކައިރިއަކު ނުކިޔާ އެކަލަ އެއްޗެއް.” އަހަރެން ހައިރާންވެފައިހުރެ ބުނީމެވެ. ނާއިމް އަހަރެން ކައިރީ ނުބުނަންވީ ކީއްވެހެއްޔެވެ.

“އެހެންތަ. ޒީވާ އައް އެނގޭ ކަމައް މިހުރީ އަދި ނުބުނެ.”

“ކީކޭތަ ހާނިއާ ކިޔާފަ ހުރީ؟ ނާއިމް ރިޕްލައި ދިންތަ؟” އަހަރެން އިނގެން ބޭނުންވި އެވެ.

“ހީވަނީ އެއީ ދޮންބެގެ ބިޓު ހެން. ކޮންތާކުތޯ. ކީއްކުރަނީހޯ. ކިހިނެއްހޯ. ދެން އެކަހަލަ މިކަހަލަ ސުވާލު. ދޮންބެ އެއްވެސް އެއްޗެކޭ ނުބުނެ.” ފޫހި ގޮތަކައް މިޝްޔާ ކިޔައިދިނެވެ. މިޝްޔާގެ ވާހަކަ އަޑުއަހައިފައި އަހަރެން ވެސް ހާނިޔާ ދެކެ ވަރަށް ބޮޑައް ފޫހިވިއެވެ.

ـނުނިމޭ-

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

__devil__09

Level 210 Stories100 Login

Other Articles

Previous

ވާނުހޭ ގާތުގާ- ނުވަވަނަ ބައި

Next

ހިތް އެދޭހާ ކަމެއް.. (15 ވަނަބައި)

Next
December 22, 2025

ހިތް އެދޭހާ ކަމެއް.. (15 ވަނަބައި)

Previews
December 22, 2025

ވާނުހޭ ގާތުގާ- ނުވަވަނަ ބައި



All Right Reserved!