ލޯބި-15
*”އެއްވެސް ވަރެއް ވެއްޖެތަ؟” މަޔާން އަހައިލި އެވެ. ނާއިލް ބަހެއް ނުބުނެ ދިޔަގޮތުން ކަން ވީގޮތް މަޔާން އައް ފަހުމްވި އެވެ.*
ނާއިލް ނުކުމެގެން ދިއުމުން މިންހާ ދެލޯ މަރާ ބާރުކޮއްލި އެވެ. ލޮލައް ޖަމާވެފައިވާ ކަރުނަތައް ހިންދައިލުމަށެވެ.
“ކޮންއިރަކުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރާނީ؟” ކުއްލި އަކައް ވަދެގެން އައި މަޔާން ބުނެލި އެވެ.
“ކަލޭ ވެސް ބޭނުންތަ މައްސަލަތެރެއައް ވަންނަން؟” މިންހާ އަހައިލި އެވެ.
“މަ މިއުޅެނީ މައްސަލަތެރެއައް ވަންނާކަށް ވެސް ނޫން މައްސަލަ ބޮޑުކުރާކަށް ވެސް ނޫން.”
“ޖަސްޓް ލީވް އިޓް.” މިންހާ ބުންޏެވެ.
ދުވަސް ކޮޅެއް ފަހުން މިންހާ ގެއައް ދޫކޮއްލި އެވެ. އެހުރިހާ ދުވަހަކު ވެސް ރަން ނުވަތަ މައިހާ ހުންނަ ގަޑިއެއްގައި ނާއިލް މިންހާ ކައިރިއައް ގޮސް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރެ އެވެ.
“ރީހާން އެއްޗެއް އަހާލަންތަ؟” މައިހާ އަހައިލި އެވެ. އެދެމީހުން ތިބީ އަތިރި މާތީގަ އެވެ.
“އަހާބަލަ.”
“ރީހާން އައް ހީވޭތަ މައި އަަބަދުވެސް މިންއާ ނާއިލްގެ ކަންކަމުގެ ތެރެއަށް ވަންނަހެން؟”
“ތެދައްތަ ބުނަންވީ؟”
“ހީމް. މައި ދެރަ ވެދާނެތީ ދޮގު ނުހަދަ. އެހެން ނޫނީ މައި ކޮންމެވެސް ގޮތެއް ހޯދައިދެން މިން އައް. މިފަހަރު މިން އެއްވެސް ވަރަކައް މައި ދައްކާ ވާހަކަ އަޑު ވެސް ނާހަ.” ޝަކުވާގެ ރާގަކަށް މައިހާ ބުންޏެވެ.
“ތެދުތެދަށް ބުނަންޏާ މައި ހަމަ ހުރިހާ ކަމެއްގެ ތެރެއަށް ވެސް ވަދޭ. މިން މިހާރު ބޮޑު. ކޮންމެ ކަމެއ މައި ނުޖެހޭނެ ކިޔައިދޭކަށް. ސްޕެޝަލީ މިންގެ ރިލޭޝަންޝިޕްގެ ކަންކަމަށް މައި ނުޖެހޭނެ ބެހޭކައް. ނާއިލް އައް ވެސް އެކަން ވަރައް ބޮޑައް ނޯޓިސް ވެގެން އުނދަގޫ ވެސް ވީމަ އެރޭ އެހެން ބުނާނީ.”
މައިހާ އެކަމާ ވިސްނައިލި އެވެ.
“ދެން ވީކަމެއް އެވީ. އެކަމާ އެހާ ވަރަށް ނުވިސްނާ.” ރީހާން ބުނެލި އެވެ.
“މިން ހުންނާނީ މިހާރު މައި ދެކެ ރުޅިއައިސަ ކަންނޭނގެ.”
“ދެން އެހެންވީރު މައި މިން އައް ވާހަކަ ދައްކާ. ނާއިލް ކައިރީ ވެސް ސޮރީ ބުނޭ.” ރީހާން ވިސްނައިދޭ ރާގު ގައި ބުންޏެވެ.
“ދޮންތީ. އޯކޭތަ ވަނަސް.” ކޮޓަރި ދޮރު ހުޅުވާލުމުން މިންނަ އަހާލި އެވެ. އޭރު މިންހާ އޮތީ އޮށޯވެލައިގެންނެވެ.
“ހީމް. އޯކޭ. ވަދެފަ ލައިޓު ނިއްވާލަބާލަ.”
“ދޮންތި މިހާރުވެސް ބޮލުގަ ރިއްސަނީދޯ. ދައްކާ މިންނަ ބޯމޮޑެދޭނަން.” މިހެން ބުނެފައި މިންނަ މިންހާގެ މަގަތުގައި އިށީނެވެ. މިންނަ އެކި ވާހަކަ ދައްކަން ފެށިއެވެ. މިންހާ އޮތީ ބަހެއް ނުބުނެ އަޑުއަހާށެވެ.
“ދޮންތީ. ނާއިލް ބޭބެ އައް ވާހަކަ ދެއްކިންތަ.” މިންހާ އައް ނިދެމުންދަނިކޮއް މިންނަ އަހައިލި އެވެ. މިންހާގެ ދެކޮޅުން ނިދި ވެސް ފިލި ކަހަލަ އެވެ.
“ހަމަ މިހާރު ނުކުމެ.” ފުންމައިގެން ތެދުވަމުން މިންހާ ހަޅޭލަވައިގަތެވެ.
“ސޮރީ ދޮންތީ. ދެން ނާހާނަން.” ދެރަވެފައި މިންނަ ބުންޏެވެ.
“މިބުނީނު ނުކުންނާށޭ.” މިންހާ ހުރީ ވަރައް ރުޅިގަދަ ވެފަ އެވެ.
-ނުނިމޭـ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


