Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރަމުން ތިދާހާ ގޯނާ 11..

kamana Level 310 Stories500 Comments100 Comments
February 14, 2016 6 Mins Read
34 Comments

“ހޭ ވައިފީ.. އަނެއްކާ މޮޔަވީތަ އަމިއްލަ އަމިއްލައަށް ތި އަނިޔާ ކުރަނީ” ރާސިލްގެ އަޑު އިވި އަމޭލިއާގެ ތުންފަތުގައިވީ ފުޅާހިނިތުންވުމެކެވެ. ފަސް އެނބުރި ބަލާލީ ރާސިލްއަށް ރައްދު ދިނުމަށެވެ. އެހެން ނަމަވެސް ފެނުނު މަންޒަރުން ފަހަތަށް ޖެހިލެވެނީ ހިތުގައި އަތް އަޅަމުންނެވެ.

“ބޭބީ.. ސޮރީ.. ޕްލީޒް..ޕްލީޒް.. އައި ލަވް ޔޫ” ރާސިލްގެ ކަރުގައި އެލިގަނެގެން އޮވެ ނޫރާ ކިޔަމުންދިޔައެވެ. ރާސިލްއަށް ބަލާލެވުނީ ދުރުގައި ބަލަން އިން އަމޭލިއާއަށެވެ. އަމޭލިއާ ދެލޮލުން ފެންނަމުން ދިޔައީ ބަޔާން ކުރަން ދަތި ޝުއޫރުތަކެކެވެ. ރާސިލްއާއި އަމޭލިއާގެ ހަތަރު ކަޅި ހަމަވެފައިވާ ދެލޮލުން ވާހަކަ ދައްކަމުން ދިޔައީ އެހެން އެކަކަށްވެސް ނެނގޭނެ ހެންނެވެ. އެހެން ނަމަވެސް ރާސިލްއަށް ނޫރާގެ ދެއަތް ނައްޓުވާލައި ކުރިއަށް ޖެހިލެވުނީ ދުވެފައި ދިޔަ އަމޭލިއާ ފެނިއެވެ. އަމޭލިއާގެ ފަހަތުންދާން ކިތައްމެ ހިތް އެދުނަސް އަމިއްލަ ހިތުގެ މައްޗަށް ބާރުފޯރުވީ ކައިރީގައި އިން ނޫރާގެ ސަބަބުންނެވެ.

“ރާސިލް… ނުފެންނަނީތަ އަހަރެން” ނޫރާ ރާސިލްގެ އަތުގައި ހިފަ ގަޔާ ދިމާލަށް އަނބުރާލީ ހިތްހަމަ ނުޖެހި އިނދެއެވެ. “ނޫރާ މޮޔަވީތަ.. ކީއްކުރަން މިގެއަށް ތިއައީ… އަހަރެންނަކަށް ހީނުވޭ އަހަރެމެން ދެމީހުން ދޭތެރޭގައި ގުޅެމެއްއޮތްހެން” ނޫރާގެ އަތް ފޮޅުވާލަމުން ރާސިލް ސިޑިއާ ދިމާލަށް ހިނގައިގަތީ އަމޭލިއާ ވިސްނާނީ ކީކޭކަން ނޭނގި އެކަމާ ހާސްވެ ހުރެއެވެ. “ރާސިލް.. ޕްލީޒް.. ބައްޕަ އެބައާދޭ.. އަހަރެންނަކަށް ނުކެރޭނެ ބައްޕަ ކައިރީގައި ދެމީހުންގެ ވާހަކަ ބުނާކަށް… ފަހު ފަހަރަށް ޓްރައި ކޮއްލަމާ.. ޕްލީޒް..” ނޫރާގެ ފެންކަޅި ވެފައިވާ ދެލޯފެނި ރާސިލްގެ ހިތް މަޑު ކަފަކޮޅަކަށްވި ކަހަލައެވެ. “ވިސްނާނަން” ނޫރާއާ ދިމާލަށް ބަލާލުމައްފަހު ރާސިލް ލިފްޓަށް އެރީ އިތުރަށް ނޫރާއާ ކުރިމަތި ނުލުމަށެވެ. ރާސިލް ލޮލު ކުރިމަތިން ގެއްލުމާއެކު ނޫރާ ދެލޯ ކައިރިން ފާއްދާލައިފައިވާ ކަރުނަތަށް ފޮހެލީ ރުޅިއައިސް އިނދެއެވެ. “ވަރަށް ފޫހިވޭ.. ތި ރާސިލް އިންނާނީ ހަމަ މި ނޫރާއާ.. ބަލަން ހުންނާތި” ނޫރާ ފިޔަވަޅުތަކަށް ބާރުލަމުން ގޮސް ކައިރީގައި ޕާކުކޮއްފައި އޮތް ކާރަށް އަރާ ސްޓާޓް ކޮއްލިއެވެ.

އެނބުރެމުން ދިޔަ ފަންކާގެ ފިޔަތަކަށް ބަލަހައްޓައިގެން އަމޭލިއާ އޮތީ ފުން ވިސްނުމެއްގައެވެ. ޖަހާފައިވާ ފަންކަލުން ފިނި ނުވިއެއްކަމަކު ޖައްސާފައިވާ އޭސީގެ ފިނިކަން ވަނީ މުޅިކޮޓަރީގައި ހިފާލައިފައެވެ. ލުއި މީރުވަހެއް ކޮޓަރީގައި ހިފާފައި ވާއިރު އެއިން އެއްވެސް ކަމަކުން ހިތްހަމަ ޖެހުމެއް ނުލިބި އަމޭލިއާ އޮތީ ދެންމެވީ ކަންތަކާ މެދު ވިސްނާންށެވެ.

“އެއީ ރާސިލްގެ ބިޓޭ.. ކުރިންވެސް ފެނިފައޭ ހުރީ.. އާރރރރރރ މޮޔަ އަހަރެން…” މަޑު ކަފަ ކޮއްޅެއް ކަހަލަ ބާލީހުގައި ބައްދައި ގަނެގެން އޮވެ އެނދުމަތީގައި ދެފަރާތަށް ތެޅެމުން އަމޭލިއާ ދިޔައީ މޮޔައެއްހެނެވެ. އަމޭލިއާ ގަބޫލު ކުރަން ބޭނުންނުވިޔަސް އަމޭލިއަގެ ހިތުގައި ހާއްސަ މަގޭމެއް ރާސިލްއަށް ދެވިފައިވާކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

………………

ވިއްސާރަ މޫސުން ޖެހިފައިވުމުން ދުނިޔެމައްޗަށް ޖެހެމުން ދިޔައީ އަޖައިބެއް ކަހަލަ ފިނި ވައެވެ. ކަކުލާ ހަމައަށް އަންނަ ކުރުތާ މަތިން ވައްބުރުގަލެއް އަޅައިގެން އިން އަމޭލިއާ ފަތިސް ނަމާދައް ފަހު ޓެރަހަށް އެރީ ކޮފީ ތައްޓެއް ހިފައިގެންނެވެ. ބޮޑު ކުޑައެއްގެ ދަށުގައިވާ މޭޒު މަތީގައި ކޮފީ ތަށި ބޭންދުމަށްފަހު އަމޭލިއާ ގޮޑީގައި ހަމަޖެހިލިއެވެ. އެކި ފަރާތް ފަރާތަށް ބަލަމުން ދަނިކޮއް ރާސިލް މެންގޭ ޓެރަސް ފެނުމުން އަމޭލިއާގެ ހިތުގެ ވިންދު އަވަސްވިއެވެ. ރާސިލް މަތިން ހަނދާންވިޔަސް އަމޭލިއާގެ އަތްފައި ފިނިވެއެވެ. “ނޫން.. މީ ރަނގަޅު ގޮތެއް ނޫން… އަހަރެންނާ ރާސިލްއާ އެކަށިގެން ނުވޭ.. އެހެން ނޫނަސް އޭނައެއީ އެހެން މީހެއްގެ ހައްގެއް..” އަމޭލިއާ އަމިއްލަ ހިތައް ވިސްނައިދެމުން ދިޔައެވެ. އިތުރަށް ޓެރަހުގައި މަޑުނުކުރުމަށް އަމޭލިއާ މަގު ހިފައިގެން އެތެރެއަށް ވަނެވެ.

…..

އަމޭލިއާގެ ދެލޮލުން ފެންނަމުންދިޔައީ އާދޭހެވެ. ސަލާމަތައް އެދި އަމޭލިއާ ރާސިލްގެ ނަމުން ގޮވަމުން ދިޔައީ ކަރު ބުޑުން ލޭރަހަލާ ވަރަށެވެ. ރާސިލް އަމޭލިއާގެ ދިއްކޮއްފައިވަ އަތުގައި ހިފަން އަތް ދިއްކޮއްލިއެވެ. އެހެން ނަމަވެސް ރާސިލްގެ އިނގިލިތަށް ކޮންމެ ފަހަރަކު އަމޭލިއާގެ އިނގިލި ތަކުގައި ބީހިލާފައި ދަނީ އެހާމެ އަވަހަށެވެ.

“ދޮންބޭ…. ކޯޗަކަށްތަ ތި އަތް ދިއްކުރަނީ” ރާސިލްގެ ގައިމަތީގައިވާ ބެޑްޝީޓުގައި ހިފައި ދަމަމުން ރިއުފާ ބުންޏެވެ. “ރިއުގަނޑާ.. އަޅެ ކުޑަ އިރުކޮޅަކު ނިދިޔަ ދިންނަމަ.. ދޮންބެއަށް ހަމަ ޔަގީން އެއަތުގައި ހިފުނީސްކަން.. މިގޭގަ މީހަކަށް ހަމަޖެހިލައިގެން ނުނިދޭނެ.. ނިކުމޭ.. ނިކުމޭ.. ” ރިއުފާ ދޮރާ ދިމާލަށް އަނބުރާލުމައްފަހު ރާސިލް ރިއުފާ ދޮރުން ބޭރަށް ކޮއްޕާލިއެވެ. ރާސިލްއަށް ދޮރުގައި ލެގިލެވުނީ އަމޭލިއާގެ އަތުގައި ހިފި ހިފި އޮތް އަތުގައި އެހެން މީހަކު ހިފިތަން ފެނުމުންނެވެ. އެއީ ހުވަފެނެއް ކަމަށް ނިންމައި ރާސިލް ފާހަނައާއި ދިމާލަށް މިސްރާބު ޖެހީ އޮފީހަށް ދިޔުމަށް ރެޑީވުމަށެވެ.

………

އަމޭލިއާ ބިންމައްޗަށް ނަޒަރު ހުއްޓައިލައިގެން އިނީ ބިންމަތީގައި އޮތް ގާކޮޅަކާ ކުޅެމުންނެވެ. ނޫކުލައިގެ ބޮޑު ޖިލްބާބެއް ލައިގެން އިން އިރު ކަޅުކުލައިގެ ޝޯލްއަކުން ބޮލުގައި ވަށާ އޮޅާލެވިފައިވާ އިރު އަމޭލިއާގެ ރީތިކަން އެތައް ގުނައެއް އިތުރުކޮއްދީފައި ވެއެވެ. އަމޭލިއާގެ ކޮންމެ ހަރަކާތަކަށް ގެއްލި ހުސްވެފައި ހުރި ރާސިލް ސިހުނީ ދޮރުމަތިން އިވުނު ބަރުގަޑުގެ އަޑުންނެވެ. ކުޑަކޮއް ހަމަޖެހިލުމައްފަހު ރާސިލް އަމޭލިއާ ކައިރިއަށް ދިޔުމަށް ހުރަސްކުރީ ކުޑަކޮއް ދުވެލާފައެވެ.

“ހޭ ވައިފީ” ރަސިލްގެ އަޑު ކަންފަތުގައި ޖެހުނީ ލުއި މިއުޒިކެއް ހެންނެވެ. އެހެން ނަމަވެސް ދެވަނަ ސިކުންތުގައި އަމޭލިއާ އަމިއްލަ ހިތައް ބާރު ފޯރުވިއެވެ. “ކޮން ވައިފީއެއްތަ.. އަހަރެން މިބުނަނީ އަހަރެންނާ ދިމާލަށް ތިހެން ދެން ކިޔައިގެން ނުވާނެ..” ރާސިލްއާ ދިމާލަށް އިނގިލި ދިއްކުރަމުން އަމޭލިއާ ބުނީ ދެލޯ ގޮއްޖަހާލަމުންނެވެ. އަމޭލިއާގެ އެސިފަ އެއީ ރާސިލް މިހާތަނަށް ދެކެފައި ނުވާސިފައެއް ކަމުން ރާސިލް އަމޭލިއާ އާއި ކުރިމަތިލާން ފަސްޖެހުނެވެ. އެހެން ނަމަވެސް ކެރިގެން ކުރިމަތި ލާނީ ގަޓު ހުންނަ މީހުން ކަމުގައި ރާސިލް ދެކުނެވެ. “ސަބަބު” ރާސިލް ހަމަ އެކަނި ސަބަބު އެހެމުން އަމޭލިއާ އެއްމިޔަނަކުން ހީލީ ރާސިލް ރުޅި އަރުވާލުމަށެވެ. “ހޭއި.. ކޮބާ ކަންތައްތަށް ކިހިނެއް” ކައިރިއަށް ސައިކަލުގައި މަޑުކޮއްލި މިފްޒާލު ރާސިލްއާ ވާހަކަ ދެއްކުމުންވެސް އަމޭލިއާ ރުޅިއައެވެ. “ދޮންބޭ.. ހިނގާދާން… ވަރަށް ލަސްވެއްޖެ” ރާސިލްއާ ދިމާލަށް އެންމެ ފަހަރަކުވެސް ބަލާނުލާ އަމޭލިއާ ސައިކަލު ފަހަތަށް އެރީ ދެން ރާސިލް އަމޭލިއާ ކުރިމައްޗަށް ނާރާނެކަމުގެ އުންމީދުގައެވެ. އެހެން ނޫނީ ބަސްނާހާ އެހިތަށް އިތުރަށް ވިސްނާދީ ދައްކާނެ އުޒުރެއް ނޯންނާނެތީއެވެ.

………….

ދުވަސްތައް މާޒީއާ އެކު ވޭތުވަމުން ދިޔައީ ރާސިލް އާއި އަމޭލިއާގެ ގުޅުމައް އެއްވެސް ބަދަލެއް ނައިސްއެވެ. އެހެން ނަމަވެސް އަމޭލިއާ ރާސިލް ދެކެ އާދަޔާ ހިލާފު ރުޅިއައިސް ހުންނަ ކަމަށް ރާސިލްގެ ހިތް ބުނަމުންދިޔައެވެ. އަމޭލިއާ އެގޮތަށް ކަންތަން ކުރުމައް ކުރެވުނީ ކީއްތޯ ހިތާ ސުވާލު ކޮއްކޮއް ވަރުބަލި ވެއްޖެއެވެ.

އެއީވެސް އޭގެން ދުވަހެކެވެ. ހެނދުނުގެ ހަމަހިމޭން ވަގުތުގައި އަމޭލިއަ މަޑުހިގުމެއްގައި މިސްރާބު ޖެހީ އޮފީހާ ދިމާއަށެވެ. “އެމީ” އަމޭލިއާގެ ފަހަތުން ކަހަލަ ގޮތަކަށް ސައިކަލުގައި ރާސިލް އަންނަމުން ދިޔައެވެ. “އެމީ” ރާސިލް އެއްކައިރިއަށް ސައިކަލު ޕާކު ކުރުމައްފަހު އަމޭލިއާގެ އަތުގައި ހިފީ މަގު މެދުގައެވެ. “މޮޔަވީތަ.. އަންހެން ކުދިންނާ ފޮށޭކަށް ލަދެއް ނުގަނޭތަ” އަމޭލިއާ ރާސިލްއާ ދިމާލަށް ލޯއަޅާލަމުން ބުނީ ރާސިލް ދެރަކޮއްލުމުގެ ނިޔަތުގައެވެ.

“ލަދުނުގަންނާތީތާ މިފޮށެނީ.. އެމީ ކޮންކަމަކާ ރުޅިއައިސް ތިހުންނަނީ..އަހަރެންނަށް ކޮން ކަމެއް ކުރެވިގެން ތިއުޅެނީ” އަމޭލިއާގެ އަތުން ދޫނުކޮއް ރާސިލް ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައެވެ. “ރުޅި އަންނަން ވަކި ސަބަބެއް އޮންނަންޖެހޭތަ.. ކަމެއް ކުރަން ޖެހޭތަ.. ދޫކުރޭ.. މީހުން އެބަ ބަލައޭ” އަމޭލިއާ މަސައްކަތް ކުރަމުން ދިޔައީ ރާސިލްގެ އަތުތެރެއިން އަތް ދަމައި ގަނެވޭތޯއެވެ. “ނުކުރާނަން ދުލެއް.. އަހަރެން ދެކެ ރުޅިއަންނަ ސަބަބު ބުނޭ.. އެހެން ނޫނީ ނުކުރާނަން ދުލެއް” އަޑަށް ބާރުލަމުން ރާސިލް ބުނީ ރުޅިއައިސް ހުރެއެވެ. ” އެހެންވިއްޔާ އަޑުއަހާ.. އަހަރެން.. އަހަރެންނަށް ތި ބުޅި އިސްތަށި ގަނޑު ކަމަކު ނުދޭ.. ހީވަނީ ނޫޑްލްސް ގަނޑެއްހެން.. އައިނެއް އަޅައިގެން އުޅޭއިރު ހީވަނީ ކުޑަ ކުއްޖެއްހެން.. މިބުނުނީނު.. ދެން ދޫކުރޭ” އަމޭލިއާ އަޅައިގަންނަމުން އެންމެ ފުރަތަމަ ހިތައް އައި އެއްޗެއް ކިޔަމުން ދިޔައެވެ. ރާސިލްއަށް އަމޭލިއާގެ އަތުން އަތް ދޫކޮއްލެވުނީ އަނގަޔަށް ވައްތަރެއް ޖައްސަމުންނެވެ. އަމޭލިއާ އަވަސް އަވަހަށް އެހިސާބުން ދިޔައީ މީހުންގެ ލޯތަކުން ސަލާމަތްވެވޭތޯއެވެ.

…….

“ދައްތާ…. ކޮބާ އެމީ… އަޅޭ ލޯބިކަން…” ޒީނާ އަމިނާއާ ވާހަކަ ދައްކަމުން ފިހާރައިގައި ވާހާ މާތަކުގައި އަތްކާތަމުން ދިޔައެވެ. “ދެން ތި ހަޑި ނުކުރޭ.. ޒީނާއަށް މަލެއްދޭނެ ކުއްޖަކު ނުހޯދަންތަ.. “އަމީނާވެސް ވަރަށް ގަޔާވެ އިނދެ ޒީނާއާ ވާހަކަ ދައްކަމުން ދިޔައެވެ. “އަދި ނެއް.. ނަސީބު ދެރައީ.. ކޮބާތަ އެމީ.. އޭނަ ބަލައޭ މިއައީ.. ހުކުރު ދުވަހުވެސް ގޭން ބޭރަށް ނުނިކުންނަން ހުންނާނީ” ޒީނާ އަވަސް އަވަހަށް ވާހަކަ ބަދަލު ކޮއްލީ އިތުރަށް އެމައުލޫއަށް ވަހަކަ ނުދެއްކުމަށެވެ.

“ދޭބަލަ ދޭބަލަ ދެން ދޭބަލަ” ޒީނާ އަމޭލިއާގެ ދެފައިގަ ތަޅަމުން އާދޭސް ކުރަމުން ދިޔައެވެ. “ކިހިނެއް މިވަނީ މިތާ.. ޒީ.. ކިހިނެއް..” އަމޭލިއާގެ ކޮޓަރިއަށް ބޯ ދިއްކޮއްލަމުން މިފްޒާލު ބުންޏެވެ. ” މިފޫބޭ.. ބަލާބަލަ.. މިކިޔަނީ ހިނގާށޭ ހިނގާލަން ދާން.. މި ކަންނެއް ގަނޑު ބޭރަށް ނުނިކުންނަން އެއޮތީ” ޒީނާ ތުން ދަމާލަމުން މިފްޒާލުކުރެން ޝަކުވާ ކުރަމުން ދިޔައެވެ.”ސާބަހޭ.. މިދަނީއޭ.. އެހެން ނޫނަސް ދޮންބެ ކައިރީގައި ޝަކުވާ ކުރިއަށް އަހަރެން ދާނީ އަހަރެން ބޭނުންވީމަ… ދޮންބެ ކައިރީގައި ތިކިޔަނީ އަނެއްކާ ދޮންބެ ގެންދާ ހިތުންތަ” އަމޭލިއާ އެހެން ބުނެ ދުއްވައިގަތީ ފާހަނާއާ ދިމާލަށެވެ. ޒީނާވެސް އަމޭލިއާ ފަހަތުން ދުއްވައިގަތީ އަމޭލިއާ އަތުވޭތިއެވެ. ” ހަމަ ގޮސްދާނެމޭ… އެމީއަށް ހީވަނީތަ” ދެރަ ނުވާންވެގެން މިފްޒާލްއާއި ޒީނާ ބުންޏެވެ.

……

ރުއްތަކުގެ މަތިން ރަތް ވިލާތަށް ފެތުރިފައިވާ މަންޒަރު ބަލާލަން ކިތަންމެހާވެސް ހިތްގައިމެވެ. ބޮޑުތަކުރުފާނު މަގުގައި ހިނގާފައި ދިޔަ އަމޭލިއާ އާއި ޒީނާ ދިޔައީ އޮލަ ވާހަކައެއްގައެވެ. ގެއާ ދިމާލަށް މިސްރާބު ޖަހާފައިވާ ދެމީހުން އެކު އެކީގައި ހުއްޓުނީ ކުރިމައްޗަށް މަޑުކޮއްލި މާޒިން ފެނިފައެވެ. “މާޒިން.. ކޮންކަމެއް.. ކާކު ދަރިއެއް ގޮވައިގެން ތި ބުރުޖަހަނީ” މާޒިންގެ ކުރީ ސީޓުގައި އިށީދެލައިގެން އިން ތިން އަހަރުގެ އަންހެންކުއްޖާގެ ކޮލުގައި ކުޅެލަމުން އަމޭލިއާ ބުންޏެވެ. “މީ އީކާ ބޭބީ ގޮވައިގެން ދުއްވާލަނީދޯ.. އެމީ މެން ކޮންދިމާލަށް ތިދަނީ” ކުޑަ ކުޑަ އީކާގެ ކޮލާ ކުޅެލަ ކުޅެލަ އިން އަމޭލިއާއަށް މާޒިން ބަލާލިއެވެ. އަދި ހީލެވުނީ އަމޭލިއާގެ އެ މައުސޫމް ކަން ފެނިއެވެ .” އުހުމް އުހުމް.. އަހަރެމެން ގާޑިއާއަކަށް ގޮސް މިހާރި މި މިސްރާބު ޖެހީ ގެއަށް.. ދެން ދޭ އަވަހަށް.. މިހާރު އެއޮށް އިރު އޮއްސުނީ” މާޒިންގެ ނަޒަރުގޮސް އަމޭލިއައަށް ހުއްޓިފައި ހުރުމުން ޒީނާ ކަރުކެހިލީ ޖެއްސުމަށެވެ. މާޒިންވެސް ފަހުން ދިމާވާނެކަމަށް ބުނަމުން ސައިކަލު ސްޓާޓް ކޮއްލީ އީކާ ކައިރީގައި ޓާޓާ ކިޔަން ބުނަމުންނެވެ. ލޯބި ކުޑަ ކުޑަ ދެއަތުން ހަނައަޅާލީއިރު ބައި ބައި ކިޔާލީ ލޯބިން ފުރިގެންވާ ކަހަލަ ގޮތަކަށެވެ.

ޒީނާ ގެއަށް ދިޔުމާއެކު އަމޭލިއާ ފިޔަވަޅުތަށް އަވަސް ކޮއްލީ އަވަހަށް ގެއަށް ވަނުމަށެވެ. އެހެން ނަމަވެސް އަތުގައި މީހަކު ހިފުމުން ހުއްޓުނީ ފަހަތަށް ބަލާލަން ނުކެރިއެވެ. ގެއަށް ވަދެވެން ފަސް ފޫޓު ދުރުގައި ވަނިކޮއް މިޖެހުނީ ކޮންފަދަ މުސީބާތަކާ ބާއޭ އަމޭލިއާގެ ހިތައް އެރިއެވެ.

“އެމީ” އަމޭލިއާގެ ހިތައް ފިނިކަމެއް ލިބުނީ އިވުނު އަޑުންނެވެ. އަމޭލިއާގެ ކުރިމައްޗަށް އައިސް ހުއްޓުނު ރާސިލް ފެނި އަމޭލިއާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ފަންކޮއްފައިވާ އެ އިސްތަށި ގަނޑު ރީތިކޮއް ފުނާއަޅާފައިވާއިރު ދެލޮލަށް ވަނީ ލެންސެއް ލައްވާފައިއެވެ. އަތްދިގު ހުދު ޓީޝާޓު އަތްކުރި އޮޅާލައިފައިވާއިރި ނޫ ކުލައިގެ ސޯޓެއް ލައިފައި ހުރުމުން އިތުރަށް ފުރިހަމަ ކަމެއް ގެނުވައެވެ. އަމޭލިއާއަށް ބަލަހައްޓައިގެން އިނދެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ރޭކާނުލިއެވެ.

“މިހާރު އޯކޭތަ” ރާސިލްގެ އަޑު ޖެހުމުން އަމޭލިއާއަށް އަމިއްލަ ދުނިޔެއިން ބޭރުވެވުނު ކަހަލައެވެ. އަމޭލިއާ ކުރިއަށް ހިނގައިގަތީ ގެއަށް ދިޔުމަށެވެ. އޭރުވެސް އަމޭލިއާގެ ހިތް ޑަން ޑަން ލާފައި ޖެހޭއަޑު އަމޭލިއާއަށް އިވެއެވެ. އެންމެ ހިނދު ކޮޅެއްވަންދެން މަޑުކުރިއަސް ސިއްރު ފަޅާ އަރާނެއެވެ.

“އެމީ” ރާސިލް އަމޭލިއާގެ އަތުގައި މިފަހަރު ހިފީ ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. “މީހުން އެބަ ބަލާ” އަމޭލިއަ ރާސިލްގެ އަތް ނައްޓުވާލަން މަސައްކަތް ކުރަމުންދިޔައެވެ. “މީހުން ބަލަނީއޭ.. ތިކަމަށްވެސް ހައްލެއް ގެނެވިދާނެ” އަމޭލިއާގެ އަތުގައި ހިފައިގެން ގޮސް އަމޭލިއާ މެންގޭ ގަރާޖައް ވަނީ އަމޭލިއާ މީހުން ބަލާ ކަމަށް ބުނުމުންނެވެ. އެހެން ނަމަވެސް އެކަހެރި ވުމުން އަމޭލިއާގެ އަތްފައި ފިނިވެ ދާހިތްލަން ފެށީ ކީއްވެކަމެއް ނޭނގެއެވެ. “ރާސިލް ޕްލީސް..ދޫކޮއްލާ… ” އަމޭލިއާ ރާސިލްގެ އަތް ފޮޅުވާލުމައްފަހު ހިނގައިގަތީ ގަރާޖުން ނިކުތުމަށެވެ. އެހެން ނަމަވެސް ރާސިލް އަވަސް ހަރަކާތަކާއެކު އަމޭލިއާގެ އަތުގައި ހިފާ ފާރާ ތައްކޮއްލީ ނުދެވޭނެ ހެންނެވެ. “އެމީ ޕްލީސް.. އަހަންނަށްވެސް ތިހެން ނުހަދާ… ” ރާސިލް އާދޭހުގެ ރާގަށް ބުންޏެވެ. “ރާސިލް ދޫކުރޭ.. މިބުނީނު ދޫކުރާށޭ” އަމޭލިއާ މޫނު ކުނިކޮއްލަމުން ބުނެލީ ރާސިލް ދޫކުރާނެކަމަށެވެ. “ނުކުރާނަން.. އެމީ ކީއްވެ އަހަންނަށް ފިލަނީތި.. އަހަރެންނަށް ކަމެއް ކުރެވުނީތަ..” ރާސިލް ސުވާލަކަށް ފަހު ސުވާލެއް އަމޭލިއާ އާއި ކުރިމަތި ކުރަމުންދިޔައެވެ. “އަހަރެން ފިލަންތަ.. ނުފިލަން.. ދުކުރޭ” އަމޭލިއާ ގަދަހަދާލީ ރާސިލް ދޫކުރާނެ ކަމަށެވެ.

“އެމީ އައި ލަވް ޔޫ…” ރާސިލްގެ އެ ޖުމްލަ ކަންފަތުގައި ގުގުމާލީ ފޮނި މިއުޒިކެއް ހެންނެވެ. އަމޭލިއާގެ ހިތް ވަގުތު ކޮޅަކަށް ހުއްޓުނު ކަހަލައެވެ. މިކަހަލަ ފޮނި ބަސްތަކަކަށް އިންތިޒާރު ކުރާތާ ކިހާ ދުވަހެއް ހެއްޔެވެ. ރާސިލް އަމޭލިއާގެ ކޮނޑުމަތީގައި އޮށޯވެލީ ލޯބިވާކަމަށް ބުނަމުންނެވެ. ރާސިލް އެހާ ކައިރީގައި ވާއިރުވެސް އަމޭލިއާގެ އިހްސާސްތަށް ނޭނގެނީބައޭ އަމޭލިއާގެ ހިތައް އެރިއެވެ. ރާސިލްގެ ގައިގައި ބައްދާލަން މިވަރަށް ބޭނުންވި ދުވަހެއް ނާދެއެވެ. އެހެން ނަމަވެސް ފަސްޖެހެވެނީ އެންމެ ސަބަބަކާ ހުރެއެވެ. “ދޫކޮއްލާ” އަމޭލިއާ އަތަށް ބާރުލަމުން ރާސިލް ކޮއްޕާލީ ފަހަތަށެވެ. “އެމީ ނުވޭތަ އަހަރެން ދެކެ ލޯތްބެއް.. ކުޑަކޮއްވެސް.. އެކަމަކަކު.. އެމީ” ކޮންމެ ބަހެއް ރާސިލް ބުނަމުން ދިޔައީ އަމޭލިއާގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ. އެމޫނުމަތިން ރުޅި ވެރިކަން ފިޔަވައި އިތުރު ކަމެއް ނުފެނެއެވެ. “އޯކޭ.. އަހަރެން ހިކުރީ އެމީވެސް އަހަރެން ލޯބިވާވަރަށް ވާނެކަމަށް.. ލޯބި ވާވަރަށް ނުވިޔަސް ކުޑަކޮށް ނަމަވެސް.. މާފުކުރޭ.. ދެން މިކަހަލަ ކުންހީއެއް ނުކުރާނަން..” ރާސިލް ފަސްދީ ދިޔަ ތަން ފެނި އަމޭލިއާގެ ހިތް ހީވީ ކުދި ކުދި ވިހެންނެވެ.

“ނޫން ނޫން.. އަހަރެންވެސް ލޯބިވޭ..” ރާސިލް ފަސްދީ ދިޔަފަހުން އަމޭލިއާ ހިތާ ހިތާ ކިޔާލިއެވެ. ކޮންމެ ގޮތެއް ވިޔަސް ރާސިލްއަށް އަމޭލިއާގެ ހިތް ދެވިއްޖެއެވެ. އަމޭލިއާ ދުވެގޮސް ނިކުތީ ރާސިލް ގައިގަ ބާރަށް ބައްދާލުމަށެވެ. އެ އަތުތެރޭގައި ފޮރުވާލާނެ ކަމުގެ އުންމީގުގައެވެ. އެހެން ނަމަވެސް އަމޭލިއާއަށް ފެނުނީ ދުވަހަކު ފެންނާނެ ކަމަށް އުންމީދު ކުރި ސޫރައެއްނޫނެވެ. އެ އީ ބިރުވެރި ސޫރައެވެ. ހިތުން ފިލައިގެން ނުދާނެ ސޫރައެކެވެ. “އުބައިދު” އަމޭލިއާއަށް އުބައިދު ނަނ ކިޔާލެވުނީ ވައި އަޑުންނެވެ. އޭރުވެސް އެ ދެލޮލުން ބިރުގެންފައި ވާވަރުހާމަވެއެވެ.

ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ހިތް އެދެނީ 8

Next

ހާދަ ލޯބިންނޭ (13)

Next
February 15, 2016

ހާދަ ލޯބިންނޭ (13)

Previews
February 14, 2016

ހިތް އެދެނީ 8

34 Comments!

  1. kamana says:
    February 14, 2016 at 8:42 pm

    Guyxx mistake huryn ekashygenveyy. So plxx do let me knw. N sorryy for tht. I just hope u guyx will enjoy thix part. ??

  2. twnkl str says:
    February 14, 2016 at 8:42 pm

    Yeyyyy im first…nyccc???

    1. kamana says:
      February 15, 2016 at 1:38 pm

      Hhehe yes u r. N congra lov ??? thnk u star?

  3. ainyj says:
    February 14, 2016 at 9:08 pm

    V vvvv reethi

    1. kamana says:
      February 15, 2016 at 1:39 pm

      Thnk u. N ainy varah rythi nameh dhw ?Anywayxx thnk u ?

  4. liusha says:
    February 14, 2016 at 9:13 pm

    Ubeydh aa noora aa gulhumeh othy tha?? Aee karku ge karku??

    1. twnkl str says:
      February 14, 2016 at 9:22 pm

      Ubeydh aky noora ge bahppa ehnnu

    2. liusha says:
      February 14, 2016 at 10:09 pm

      Crs koh tha?? Omg :O:O

    3. kamana says:
      February 15, 2016 at 1:40 pm

      Yes he is. Heheh ?

  5. Ily says:
    February 14, 2016 at 9:25 pm

    Wowwww v salhi
    Ekam konmedhuvahaku vahaka up nukurathi eha best eh nun
    So plx next part madhama up kohdheythi ingey☺☺☺☺☺

    1. kamana says:
      February 15, 2016 at 1:41 pm

      Ily knmr dhuvahaku up kuran varah udhagoo vaane. Maadhan insha allah up kohdheynan. Okey dhw. ??

  6. Ally says:
    February 14, 2016 at 9:59 pm

    Wowww vvv nyc, Plx raasil and amy gulhuvaathi, waiting for the next part. If possible plx update sooner. Much love <3

    1. kamana says:
      February 15, 2016 at 1:42 pm

      Thnk u ? Will try ingeyy. N ya amy libeynii kaakahtho balamaa dhw. ?

  7. Sweetie says:
    February 14, 2016 at 10:11 pm

    Ubeydhu e ee emy rape kuri meeha. .ethaa huri thin meehun ge there in ekaku raasil aky vx… emy aslu beynun vany raasil kiba in badhalu hifan.. bt rmy ah vx nw raasil dheke loabi vevijje

    1. kamana says:
      February 15, 2016 at 1:44 pm

      Sweetie no dear. Raasil hury kiyavaakahnu.

  8. Cat says:
    February 14, 2016 at 10:30 pm

    Naah guyxx i think raasil aky that thin myhunge therein meehehge dhari eh henn. Ae raasil akah nuvaane dhw 8yrs kuri vyma. Anywxx best of luck

    1. kamana says:
      February 15, 2016 at 1:44 pm

      Thnk u ?

  9. princess lily says:
    February 14, 2016 at 10:56 pm

    Ooohh…!! V v v v rythi mi story. Konme dhuvahaku up vefa intho balan. Asluves haadha rythi story ekey. Dhenvaany kihinehbaaey…,???

    1. kamana says:
      February 15, 2016 at 1:45 pm

      Awwn thnk u so much lilly. Btw yur strys are awesome too ?

  10. nasha says:
    February 14, 2016 at 11:13 pm

    raasil aky ethanun ekakuge kujje nooraa akyves nmeehun still friend

    1. abhy says:
      February 15, 2016 at 9:20 am

      Noora beybe hen heevany ubeydhu aky. Raasil nuvaane e thin meehun ge therein meehakah…. Raasil eiee goas meeheh noon. Ekamaku aharen enme dhera mi vany maazin baaky vaanethy. mazin haadha loabi veyey emy dheke.. maazin ah emy nulibunas maazin ah konmeves rangalhu gotheh min varu kurahvaashi….. aharen unmmeedhu kurany emy ubeydhu men kibain badhal hifaaney dhuvahakah. Kuh kuri meehunge kibain badhal hifaa jeheynee… ubeydhu eiee Raasil ge konme meeheh namaves…….

    2. kamana says:
      February 15, 2016 at 1:45 pm

      Dhw. Heheh ??

  11. noo says:
    February 15, 2016 at 12:15 am

    Mashah aslu kiyani noora. V v nice mivaahaka.

    1. kamana says:
      February 15, 2016 at 1:46 pm

      Thnk u noo ?

  12. abhy says:
    February 15, 2016 at 9:20 am

    Noora beybe hen heevany ubeydhu aky. Raasil nuvaane e thin meehun ge therein meehakah…. Raasil eiee goas meeheh noon. Ekamaku aharen enme dhera mi vany maazin baaky vaanethy. mazin haadha loabi veyey emy dheke.. maazin ah emy nulibunas maazin ah konmeves rangalhu gotheh min varu kurahvaashi….. aharen unmmeedhu kurany emy ubeydhu men kibain badhal hifaaney dhuvahakah. Kuh kuri meehunge kibain badhal hifaa jeheynee… ubeydhu eiee Raasil ge konme meeheh namaves…….

    1. kamana says:
      February 15, 2016 at 1:48 pm

      Abhy thnk u so much. Abhy mivaahaka varah rangalhah kyhen hyvanii. So happiii. Thnk u so much ?

  13. Appy says:
    February 15, 2016 at 12:56 pm

    V rythi. ..emy rangalhah badhaluhifaathi ubeydh ahh n kudey ah vx isaafu libenjeheynedhw

    1. kamana says:
      February 15, 2016 at 1:48 pm

      Thnk u appyy ?

  14. misty says:
    February 15, 2016 at 1:30 pm

    Varah reethi

    1. kamana says:
      February 15, 2016 at 1:49 pm

      Thnk u misty. ?

  15. NIHAA says:
    February 15, 2016 at 3:33 pm

    V v reethi…..nice story….alhey maaxin baaky nukurey……plxxxx….

    1. kamana says:
      February 15, 2016 at 6:30 pm

      Thnk u so much nihaa ??

  16. Biggest fan of u says:
    February 16, 2016 at 5:53 pm

    Aslu thedha bunaanama alhugandu knmeh dhuvahaku ehthafaharaku mi stry up vehfa hunnatho balan …… i just love this story….ur stories are awsome…..mi part ves vrh vrh vrh vrh vrh reethi…… im the biggest fan of u kamana….. 😀 😉 🙂 …… love ur stories alotttttttttttttttttt♥♥♥♥♥♥♥

  17. emili says:
    March 22, 2017 at 3:13 am

    kobaatha alhe kalhu safuhaa liyaa ujaa e vaahaa ep7 aaa hamayah liyefa nuves liye plxx e story up koha dheeba

Comments are closed.

Next Episodeކުރަމުން ތިދާހާ ގޯނާ 12..←


All Right Reserved!