Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތައް ލޯބިދޭށޭ -05 ވަނަ ބައި

Twinklebean Level 110 Stories
November 26, 2025 3 Mins Read
4 Comments

އެލައިރާއަށް ހޭލެވުނީ ފަތިހުގެ އަލިން އިރުގެ އަލިތައް ލޮލައް އެޅެން ފެށުމުންނެވެ. އިއްޔެއިން ފެށިގެން ބައްޕަ ދެއްކި ވާހަކަތަކުގެ ސަބަބުން އޭނަގެ ސިކުނޑި އަދިވެސް އޮތީ އެ ޙިޔާލުތަކުން ނުނިކުމެވިފައެވެ. “ކައިލް އާއި އިންނަން ޖެހޭނެ …” އެ ބަސްތައް އެލައިރާގެ ކަންފަތުގައި ކެތްތެރިކަމެއް ނެތި ގުގުމާލިއިރު، އޭނަގެ އިޚްތިޔާރު ދެން މުހިންމު ނުވާކަން ހަނދާންކޮށްދިނެވެ.

އެނދުގެ އަރިމަތީގައި ކަކުލު ހުޅު ކައިރިކޮށްލައިގެން އިށީނދެގެން އިނދެ އިސްތަށިގަނޑު އައްސާލީމެވެ.. ފަތިހުގެ މަޑު އަލިން ކޮޓަރިތެރެ ފަނޑު ކުލަތަކެއް ކުލަޖައްސައިލި ނަމަވެސް އެކަމުގެ ސަބަބުން އޭނަގެ ހިތަށް އެއްވެސް ހޫނުކަމެއް ނުލިބުނެވެ. އޭގެ ބަދަލުގައި  ބަރު އިހުސާސެއް މޭގެ ތެރެޔައް ވަދެގެން ދިޔައީ، ތެޅިފޮޅެން ދެކޮޅު ހަދާ ހިލައެއް ފަދައިންނެވެ.

“އެލާ ދޮންތި؟”

މިޝްޔާގެ ކުޑަކުޑަ އަޑުން އެ ހިމޭންކަން ފަޅައިގެން ދިޔައެވެ. މަޑު ހިނގުމެއްގައި ކޮޓަރިޔައް ވަތް އިރު އެއް އަތުން ޓެޑީބެއާރގައި ހިފަހައްޓައިގެން ހުއްޓެވެ. އަނެއް އަގުގައި މާ ކޮންޏެއް އޮތެވެ.

“ކޮއްކި ދޮންތިޔައް ސަޕްރައިޒެއް ގެނައިން.. ”ބަގީޗާއިން ހޮވާފައި ހުރި މާތަކެއް އުފުލާލަމުން މިޝްޔާ މަޑުމަޑުން ބުނެލިއެވެ. “ފޯ… ގުޑް ލަކް.”

މިޝީ އަހަރެންގެ ގަޔާއި ކައިރިކޮއްލަމުން ވަރައް ބާރައް ބައްދާލީމެވެ. “ތެންކިއު، މައި ލަވް” އެލައިރާ ހީނލަމުން ބުނެލިއެވެ. “ކޮއްކި އަބަދުވެސް ވިސްނަން ދޯ ދޮންތިޔާ ދޭތެރޭ.”

މިޝްޔާ އެލައިރާގެ މޫނުގައި ފިރުމާލިއެވެ. “ކޮއްކި ބޭނުން ދޮންތި އުފާވާން . އަބަދުވެސް….ޕްރޮމިސްމީ ސިސް.. ”

އެލައިރާއަށް އިޙްސާސްވީ ހިތާމައިގެ ތޫނު ރިހުމެކެވެ. “އަބަދުވެސް”. އެ ބަހުންނެވެ. މިޝްޔާގެ ކޮލައް ދޮނެއް ދެމުން އެލައިރާ ހީލީ މިޝްޔާއައް ދެރަވެފައި ހުރިތަން ދައްކަން ބޭނުން ނުވާތީއެވެ. “ބައްޕަވެސް  މިޝީ ލޯބިވާހެން އަހަރެންދެކެ ލޯބިވާނަމަތާއެވެ.” އެލައިރާ ހިތާއި ހިތުން ބުނެލިއެވެ.

 

މެންދުރުގެ ވަގުގެވެ. އެލައިރާ ލޯގަނޑު ކުރިމަތީގައި ހުރީ އޭނާގެ އެންގޭޖްމަންޓް ހަފްލާއަށް ބައްޕަ ގެނައި ހެދުމުގެ ފޮތިގަނޑު އެޖެސްޓް ކުރާންށެވެ. އަމިއްލަ ސޫރަޔައް ނަޒަރު ހިންގާލި ކޮންމެ ފަހަރަކު އެލައިރާޔައް ހީވީ ބީރައްޓެހި މީހަކައް ބަލަހައްޓައިގެން ހުރެވުނުހެންނެވެ،. ބޭރުފުށުން ހިނިތުންވުމެއް ދޫކޮއްލައިގެން އެލައިރާ ހުއްޓަސް އެއީ އޭނާގެ އަސްލު ސިފައެއް ނޫނެވެ. އެ ފަރުދާގެ ފަހަތުގައި ފޮރުވިފައި ވަނީ ބިރުގަނެފައިވާ ހިތެކެވެ.

އެލައިރާގެ ޚިޔާލުތައް މެދުކެނޑުނީ ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުންނެވެ.

“އެލައި ، އެއީ ރިމްޝާއެވެ!”

ރިމްޝާގެ މޫނުމަތިން ފެންނަމުން ދިޔައީ ލޯތްބާއި އުޖާލާކަމެވެ. ރިމްޝާ އެތެރެއަށް ފިޔަވަޅު އެޅުމާއެކު އެލައިރާ ހިފަހައްޓައިގެން ހުރި ކަރުނަތައް މަޑުމަޑުން ފައިބަމުންދިޔައެވެ.

“ޔޫ އޯކޭ؟”އެލައިރާގެ ކޮލުގައި ފިރުމާލަމުން ރިމްޝާ އަހާލިއެވެ.

ހިފަހައްޓައިގެން ހުރި ކަރުނަތައް އޮހޮރުވާލަން ދޫކޮށްލަމުން އެލައިރާ ބޯ ހޫރާލިއެވެ. “އަހަންނަކައް… ނޭނގެ އަހަންނަށް މިކަން ކުރެވޭނެ ކަމެއް” އެލައިރާ ގިސްލަމުން ބުނެލިއެވެ. “ބައްޕަ… އަޑެއްނާހާނެ… މާކުރިން މިކަން ނިނަމައިފި… އެކަމް އަދި އަހަންނަކައް ނޭނގެ ކައިލް އަކީ ކިހާވަރެއްގެ މީހެއްކަމެއެވެސް…. ކިހިނެއް އަހަރެން ހަނދާނީ…” ބުނަން ހުރި ހުރިހާ އެއްޗެއް އަހަންނައް ބުނެވުނީ ވެސް ތުރުތުރު އަޅަމުންނެވެ.

އެލައިރާގެ އަތުގައި ހިފައިގެން ރިމްޝާ އޭނަގެ ކައިރީގައި އިށީނެވެ. “އަހަންނަށް އެނގޭ މިއީ ފަސޭހަ ކަމެއް ނޫންކަން” މަޑުމަޑުން ރިމްޝާ ބުނެލިއެވެ. “އެކަމަކު  އެލީ ތީ ތިހީކުރާވަރަށް ވުރެ ވަރުގަދަ ކުއްޖެއް.. މިހާރުވެސް އެހާ ގިނަކަންތައް ކުރިމަތިވެއްޖެއެއްނު… އެކަމު ކިހާ ސްޓްރޯންގް.. މިކަމާ ވެސް ކުރިމަތި ލެވޭނެ އެލައިޔައް… އަހަރެން މިހިރީނު.. އެލައި އެކަންޏެއް ނުވާނެ.. ޕްރޮމިސް..” އެލައިރާގެ ކަރުނަތައް ފޮހެދެމުން ރިމްޝާ ބުނެލިއެވެ.

“ތެންކިއު… އަހަންނަކަށް ނޭނގެ ރިމް ނެތިއްޔާ އަހަންނައް ވާނެގޮތެއްވެސް…” އެލައިރާ ގަދަކަމުން ހިނިތުންވެލިއެވެ.

 

އެންގޭޖްމަންޓް ހޯލް ވަނީ  މާތަކުންނާއި އެތަނައް އަންނަ މެހެމާނުންގެ މަޑު ވާހަކަތަކުން ވިދާލާފައެވެ. ކާރުން ފައިބައިގެން ދިޔައިރު އެލައިރާއަށް އޭނާގެ ހިތުން ވިންދުޖަހަމުން ދިޔަ އަޑު އިވެއެވެ. މާހައުލުގައި ހުރި ކޮންމެ ދެލޮލެއްވެސް އޭނާގެ އަގު ވަޒަންކުރާ ކަހަލައެވެ،

މާހައްލައް ނަޒަރު ހިންގަމުން ދަނިކޮއް ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ހުރި ކައިލްއެވެ. އޭނާގެ ވަށައިގެން ތިބީ ތަހުނިޔާ ކިޔަން އައިސް ތިބި މީހުންނެވެ. ނަމަވެސް ކައިލްގެ ނަޒަރު ވަގުތުން އެލައިރާގެ ނަޒަރު ހޯދިއެވެ. ދެމީހުންގެ ދެލޯ ކުޑަ ސިކުންތުކޮޅަކަށް ބައްދަލުވުމާއެކު އެލައިރާގެ ހިތް ކުރިޔައްވުރެއް ބާރައް ތެޅިގަތެވެ. އެލައިރާ އިސްޖަހާލީ ކުޑަކޮއް ބިރުގަތުމުންނެވެ..

ރަސްމިއްޔާތު ފެށިގެން ތަގުރީރު ދެއްވައި، ތަހުނިޔާ ބަދަލުކުރިއެވެ. އެލައިރާ އޭނާގެ ހިނިތުންވުން އަދަބުވެރިކޮށް ބެހެއްޓިއިރު ކުރިމަތީގައި ދެއަތް ޖައްސާލައިގެން ކައިލް އިނެވެ. ދޭތެރެ ދޭތެރެއިން ކައިލް އެލައިރާގެ މަގަށް ނަޒަރު ހިންގާލައެވެ.

ސަފާނާ އާދައިގެ މަތީން އޭނާގެ ހަމްދަރުދީކަން ދައްކަމުން ދިޔައެވެ. މީހުން ހުންނަ ތަންތާގައި އޭނާގެ ކަމަކީ މިއެވެ. ދުވަހަކުވެސް އަހަންނަކައް ރުހުމުގެ ނަޒަރުން ނުބަލާނެއެވެ. ނަމަވެސް މިއަދު އަހަރެންގެ ކައިރިޔައް އައިސް ބޮލުގައި ފިރުމައި ، ނުކުރަނީ ކޮންކަމެއްހެއްޔެވެ. އެއްޗެކޭ ނުބުނެ ސަފާނާގެ ކޮންމެ ހަރަކާތަކައްވެސް އަހަރެން ހިނިތުނެވުމެއް ދެމުން ހުރީމެވެ.

މާހައުލު ކުޑަކޮށް ހިމޭންވުމުން ކައިލް މަޑުމަޑުން އެލައިރާޔާއި ކައިރިއައް ޖެހިލިއެވެ..

“ޔޫ އާ ހެންޑްލިންގް ދިސް ވެލް”ވަރައް މަޑުމަޑުން ކައިލް ބުނެލިއެވެ. “އަހަރެން ހީކުރި ވަރަށް ވުރެ ރަނގަޅު.”

“އެއީ… އެއްވެސް ކަމެއް ނޫން” އަތުގެ އިނގިލިތަކާއި ކުޅެމުން އެލައިރާ ޖަވާބު ދިނެވެ.

ކައިލް ބޯ ޖަހާލީ އަހަރެންގެ މޫނު ދިރާސާ ކުރަމުންނެވެ. “ޔޫ ޑޯންޓް ހޭވް ޓޮ ޕްރިޓެންޑް… އެލައި ތި ހީކުރާ ވަރައް ވުރެއް ބޮޑައް އަހަރެން އެލައިގެ ހަރަކާތްތަކައް ބަލަން…. ސޯ އައި ނޯ އެވްރީތިންގް…” އަހަރެންގެ ބޮލުގައި އަތް ބާއްވާލަމުން ކައިލް ބުނެލިއެވެ.

އެ ބަސްތަކުން އަހަންނައް ކުޑަކޮއް ހަމަޖެހުން ލިބުނެވެ..

“އަހަރެން… އަހަރެން ހަމަ…” އެލައިރާ ވާހަކަދައްކަން  ފެށި ނަމަވެސް އެއްވެސް ބަހެއް ނުބުނެވުނެވެ.

“ޔޫ އާރ ޓަޔާރޑް.. އަހަންނަށް އެނގޭ” މަޑުމަޑުން ކައިލް ބުނެލިއެވެ. “އެމީހުންނަށްޓަކައި މިކަން ކުރަން ޖެހޭނީ.. ހަމައެކަނި އެމީހުންނައްޓަކައި…”

އެލައިރާ ކައިލްއައް ބަލާލިއިރު، އެމޫނުމަތީގައި ޖެއްސުމެއް ނުވަތަ އަނިޔާވެރިކަމުގެ އެއްވެސް ކުލަވަރެއް ފެންނާކައް ނެތެވެ. ބަލުގައި ފެންނަނީ  ހަމައެކަނި މަޑުމައިތިރި ވިސްނުމެވެ. އެ ބިރުވެރިކަމުގެ ތެރޭގައި އުއްމީދުގެ ކުޑަކުޑަ އަލިފާންގަނޑެއް ވިދަމުން ދިޔައެވެ. ނަމަވެސް އެހިތުގައިވި ތެޅުމަކައް ކުޑަވެސް ބަދަލެއް ނާދެއެވެ.

 

އެރޭ އެނދުގައި އޮށޯވެލައިގެން އޮތްއިރު ވެސް އެލައިރާއައް ހަނދާންވަނީ މިއަދުގެ ކަންތައްތަކެވެ. އެހިތުގައިވާ  ބިރުވެރިކަން އަދިވެސް ދިގުދެމިގެން ދިޔައީ، ކައިލް އާއި މެދު ވިސްނާލުމުން އާދަޔާ ހިލާފު ހޫނުކަމެއް އިހުސާސްވާތީއެވެ.

މިޝީގެ ބަސްތަކާއި، ކައިލްގެ މަޑުމައިތިރި ސަމާލުކަމާއި، ރިމްޝާގެ ބަސްތަކާ…. އެ ހުރިހާ ޙިޔާލެއް ސިކުނޑީގައި އެނބުރެމުން ދިޔައީ ޖަވާބެއް ނެތް ހާލުގައެވެ.

ކުއްލިޔަކައް އެލައިރާގެ ހިތައް އެރިޔެވެ…. ” ފަހަރެއްގައި އޭނަ އެކަނި ތޫފާނާ ކުރިމަތިލާން ނުޖެހުނީ ކަމަށް ވެދާނެއެވެ. ފަހަރެއްގައި މީހަކު ވައްދަން ދޫކޮށްލުމަކީ އޭނާގެ ދުނިޔޭގެ ނިމުމަކަށް ވާން ނުޖެހުނީ ކަމަށް ވެދާނެއެވެ.”

“ފަހަރެއްގައި… ހަމަ ފަހަރެއްގައި، އަހަންނަށް މިކަމުން ސަލާމަތްވެވޭނެ… ކައިލްއާއެކެ….”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Twinklebean

Level 110 Stories

Other Articles

Previous

ދެވުނީ ވޭނޭ 19

Next

އެދިގެން ކަލާ ލިބޭތޯ 25

Next
November 26, 2025

އެދިގެން ކަލާ ލިބޭތޯ 25

Previews
November 26, 2025

ދެވުނީ ވޭނޭ 19

4 Comments!

  1. Eh says:
    November 26, 2025 at 5:00 pm

    Cover gives of sailish and kaido vibes!

    1. Twinklebean says:
      November 27, 2025 at 11:09 am

      i miss that duo

  2. mysterious girl says:
    November 26, 2025 at 6:50 pm

    Vrh reethi kail and alaira gulhuvahchey

    1. Twinklebean says:
      November 27, 2025 at 11:09 am

      labha thank youu so much

Comments are closed.

Next Episodeމިހިތަށް ލޯބިދޭށޭ – 16 ބައި←


All Right Reserved!