އަހަންނަކަށް ރެޔަކު އެއްގޮތަކައްވެސް ނިދޭ ގޮތެއް ނުވިއެވެ. ރޭއްސުރެއް ބައްޕަ ދެއްކިވާހަކަތައް ސިކުނޑިތެރޭގައި އެނބުރުން ނޫންކަމެއް ނުކުރެއެވެ. އަހަންނައް އަދިވެސް ގަބޫލުކުރަން ދަތިވަނީއެވެ. އެލައި… އެ ކުށެއް ނެތް ކުއްޖާއައް އެ މީހުން ހިތު ހުރި ގޮތެއް އެހަދަނީ… އަނެއްކާ އެލައި ގެ މަންމަގެ ކުށެއްގެ ސަޒާ އެ ދެނީ އެކުއްޖާއައް… މުހައިމީން އަކީ ހާދަ ހިތްބުރަ މީހެކޭ…. ކުށެއް ނެތް ކުއްޖަކައް އެވަރު ކުރާކައް ނުވާނެ… އެކަމް… މުހައިމީންއައް ކުޑަކޮއްވެސް އަސަރެތް ނުކުރޭ…. މިއަދު މަންމަ އެއްވެސް ހުރީކީއެއް ނޫން.. އަސްލު ބައްޕަ ނޫނަސް ދެން އަޅާލާންވެސް ހުންނާނީ ހަމަ މުހައިމީން…
ވިސްނަމުންދިޔަ ކަންތައްތައް އެއްފަރާތް ކޮއްލީ ބައްޕަ އައިސް ގޮވާލުމުންނެވެ. ކަންނެތް ވެފަ އޮތަސް ގަދަކަމުން އަހަރެން ތެދުވެ ސިޓިންރޫމަށް ގޮސް ބައްޕަގެ ކައިރީގައި އިށީންދެލީމެވެ.
“އިރުކޮޅަކުން ސާތިރާ އަންނާނެ” މަޑުމައިތިރިކަމާއެކު ބައްޕަ ބުނެލިއެވެ. “ދަރިފުޅުގެ ކޮޓަރި ސާފުކޮއް މާދަމާއަށް ތައްޔާރުކޮއްލަން.”
އަހަންނައް މާދަމާގެ ކައިވެނީގެ މަތިން ހަނދާންވީ އެވަގުތުއެވެ. އެބަސްތައް އަހަންނައް ވީ އަޑުއަހަން އުނދަގޫ ބަސްތަކަކަށެވެ.. އަހަރެންގެ ސަބަބުން އަނެއްކާ އެލައި އައް އިތުރު ވޭނެއް އުފަލަންޖެހުނީތީއެވެ.
ބައްޕަގެ ވާހަކަ އަނެއްކާވެސް ކުރިޔައް ގެންދިޔައެވެ. “އަދި އެބޮތް ވާހަކައެއް.. މި ނިންމުން ބައްޕަ ނިންމީ ތިދެކުދިންނައް ރަނގަޅަކައް…. އިނގޭ ދަރިފުޅު ކައިރި އަހާފަކަން މިކަހަލަ ކަމެއް ކުރާންޖެހޭނީ.. އެކަމް ބައްޕަޔައް ހީވަނީ ތި ދެކުދިންނައް މިގޮތް ރަނގަޅުވާނެހެން..”
“އެ ކޮން ވާހަކައެއްތަ.” ކުޑަކޮއް ސޯފާގައި ލެނގިލަމުން އަހަރެން އަހާލީމެވެ.
“ކުޑަ ދުވަސްކޮޅަކައް ތިދެކުދިން އެކަހެރިކޮއް އުޅެލަން ބައްޕަ އެދެނީ… އެއީ ކައިވެނީގެ ކުރިން ދެކުދިންނަކައް އަސްލު އެހާ ބޮޑަކައް އެކަކު އަނެކަކު ދަސްވެފައެއް ނެތް.. އެހެންވީމަ މިގޮތް ރަނގަޅުވާނެ..” ބައްޕަ ވާހަކަ ދެއްކީ ވަރަށް ސީރިއަސްކަމާއެކުގައެވެ.
“ތިކަމުގެ ބޭނުމެއް ނެތް ބައްޕާ.” އަހަރެން އަވަހައް ބުނެލީމެވެ.
ބައްޕަ ބަލާލީ އަހަރެންގެ މޫނަށެވެ. “ކީއްވެ؟”
“މިއީ އެރޭންޖް މެރިއޭޖެއް” އަހަރެން ބުނީމެވެ. “އަދި އެކަހެރިކޮއް ކިތެންމެ ތަނަކައް ދިޔަސް އެކަން އޮންނާނީ އެހެން.. ”
“ދަރިފުޅާ.. ބައްޕަ އަބަދުވެސް ބުނަމެއްނު ކައިވެންޏަކީ ވަރަށް މާތް ގުޅުމެކޭ… މީ ދަރިފުޅު ބޭނުންވެގެން ކުރާ ކައިވެންޏަކައް ނުވިއަސް ދިރިއުޅުމުގައި ކުރިޔައް އޮތް ތަނުގައި އެކަކު އަނެކަކައް އަޅާލާ، އޯގާވެ، ލޯބި ދޭން މަސަތްކައް ކުރަން ވާނެ.. ދުވަހަކުވެސް ނުވާނެއޭ ބުނެ ހުއްޓާލީމަ ކަމަކު ނުދާނެ..” އަހަރެންގެ ބޮލުގައި ފިރުމާލަމުން ބައްޕަ ބުނެލިއެވެ..
އަހަރެން ބޯ ހޫރާލީމެވެ. “ބައްޕާ… ދެ މީހުންނައް އެކަކު އަނެކަކު ދަސްކުރެވޭނެ ކައިވެނީ ކުރީމަ.. ކޮންމެހެން ތަނަކައް ނުދިޔަސް ރަނގަޅުވާނެޔޭ.”
“މިހާރު ބައްޕަ ޓިކެޓް ނަގައިފިން.. ތުލުސްދޫ އައް ދާނީ ތިދެކުދިން،” ބައްޕަ ބުނެލިއެވެ. “ހަތަރު ދުވަހަށް.”
އަހަރެން ރުޅި އަންނަން ބޭނުންވި ނަމަވެސް ހަގީގަތަކީ އަހަރެން އެލައިއާއެކު އެންމެންނާ ދުރުގަ ވަގުތު ހޭދަކުރަން ބޭނުންވާކަމެވެ. އެކަމް.. އެލައި ބޭނުންނުވެދާނެތީ އަހަންނައް ޖެހިލިންވެވެނީއެވެ. މި ކައިވެނި ވެސް އެކުރަނީ ކުރާ ހިތަކުން ނޫނެވެ.
ބައްޕަގެ ބަހަށް އިތުރައް ދެބަސްނުވެ އަހަރެން ބޯ ޖަހާލީ އަވަހަށް އެތަނުން ދާން ބޭނުންވީތީއެވެ. އަހަރެން ބޭނުންވަނީ އެލައިއައް މިކަން އަވަހައް އެންގުމެވެ. ކޮޓަރިޔައް ވަދެ ކުޑަ ގޮތަކަށް ރީތިވެލައިގެން އަހަރެން ގެއިން ނިކުތީ އެލައިއާއި ބައްދަލުކޮއްލަން ދިއުމަށެވެ.
ކުރިމަތީގައި ރީތިކޮށް ޕެކްކޮށްފައި ހުރި ދަބަސްތަކަށް ބަލަހައްޓައިގެން އަހަރެން އެނދުގެ އަރިމަތީގައި އިށީނދެގެން އިނީ ހުރިހާ ކަމެއް އެހާ އަވަހަށް ބަދަލުވީ ކިހިނެއްތޯ ވިސްނާންށެވެ. އެހެން އިންދާ އަހަރެންގެ ފޯނު ކުއްލިޔަކައް ރިންގްވާން ފެށިއެވެ. އަވަސް އަވަހައް ތެދުވެ ގޮސް ބަލާލިއިރު ގުޅަނީ އަހަރެންގެ ބައްޕައެވެ.
“ހަލޯ..” ފޯނު ކަންފަތުގައި ޖަހާލަމުން އަހަރެން ގޮވާލީމެވެ.
“ޕެކްކޮއް ނިމުނީތަ؟” ބައްޕަ އަހާލިއެވެ.
“ލައްބަ” އަހަރެން ބުނެލީމެވެ.
“ރަނގަޅު.. ތި އެއްޗިހިތައް ބަލައި އެބަ އާދޭ ކައިލްގެ މެއިޑުން.. އައީމަ ތިއެއްޗިހި ދައްކާ އެމީހުންނައް.” އެހެން ބުނުމަށްފަހު ބައްޕަ ފޯނު ކަނޑާލިއެވެ. މާގިނަ އިރުތަކެއް ނުވެ ކައިލްގެ ނޯކަރުން އައިސް އަހަރެންގެ އެއްޗިހި ހިފައިގެން ހިނގައްޖެއެވެ. ދަބަސްތައް ގެންދިޔުމުން މި ކޮޓަރި އަދި މާ ފަޅު ހެން ހީވިއެވެ. ނަމަވެސް ދެން އަނބުރާ ދިޔުމެއް ނެތެވެ. ދެން އަހަރެންގެ ދިރުއުޅުން ފެށޭނީ މި ފާރުތަކުގެ ތެރެއިންނެއް ނޫނެވެ. އެއީ މުޅިން އާ މާހައުލަކުން.. މުޅިން އާ ދިރިއުޅުމަކުން ފެށިގެން ދާނެ ތަނެކެވެ. އަހަރެން ބިރުގަންނަނީ ހަމަ އެންމެ ކަމަކަށެވެ. މި ގެއަކީ އަހަރެންގެ މަންމަގެ ހަމައެކަނި ހަނދާނެވެ.. އަދި މިކޮޓަރިއަކީ މަންމަގެ އެންމެ ފަހުގެ ނޭވާއައް ދާންދެންވެސް ދިރިއުޅުނު ތަނެވެ. މި ތަން އަހަރެން ނެތިއްޔާ ފަޅު ވާނެކަން އިނގޭތީއެވެ. އަހަންނައް ބައްޕަ މިކޮޓަރި ދިނީވެސް ބައްޕަ މިތަނައް ވަންނާން ބޭނުން ނުވީމައެވެ. ދެން އަހަރެން ދިޔައީމަ މިތަނައް ވާނީ ކިހިނެތް ހެއްޔެވެ؟ މަންމަގެ މި ހަނދާންތައް ބަލަހައްޓާނީ ކާކު ހެއްޔެވެ؟ މި ކޮޓަރީގެ ކޮންމެ ފާރެއްވެސް ވަނީ މަންމަގެ ހަނދާންތަކާއި ގުޅިފައެވެ. ވުމާއެކު ދެން އެ ހަނދާންތައް ކުރާން އަހަންނައް މިތަނައް ވެސް ނާދެވޭނެއެވެ.
ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަހަރެން ދޫކޮއްލީ އެންމެ ފަހު ފަހަރައް މިކޮޓަރީގައި އިނދެ ރޯލަން ބޭނުންވީތީއެވެ. އަހަރެންގެ ހިތް ފުރެންދެކައް އަހަރެން ރޯލީމެވެ. “މަންމާ.. ކީއްވެ އަހަރެން އެކަނި ކޮއްލާފަ ތިދިޔައީ… މިއަދު މަންމަ ހުރި ނަމަ އަހަރެން މިހާ އެކަނިވެރިއެއް ނުވީސް..” ކަރުނަތައް ފޮހެލަމުން އަހަރެން އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަން މަސަތްކައް ކޮއްލީމެވެ.
“ރްރްރްރްރް” އަހަރެން ސިހުނީ އެނދުމަތީގައި އޮތް ފޯނު ރިންގުވާ އަޑު އިވުމުންނެވެ. އަވަސް އަވަހައް ގޮސް ބަލާލިއިރު އެއީ ކައިލްގެ ކޯލެކެވެ. ދެލޯ ފޮހެލުމައްފަހު އަހަރެން އަވަހައް ފޯނު ނަގައި ކަންފަތުގައި ޖަހާލީމެވެ.
“އައި ނީޑް ޓު ސީ ޔޫ މިގަޑީގަ.” ކައިލް ބުނެލިއެވެ. އަހަރެންގެ ހިތް ތެޅެން ފެށިއެވެ. ކީއްވެކަމެއް ނޭނގުނު ނަމަވެސް ހާސްކަން އިހުސާސް ކުރެވުނެވެ. އަވަސް އަވަހަށް ތައްޔާރުވެގެން ޓެކްސީއެއްގައި ކައިލް އެބުނި ރެސްޓޯރެންޓަށް ދިޔައީމެވެ.
ރެސްޓޯރެންޓްގެ ތެރެޔައް އެލައިރާ ވަދެގެން އައިތަން މާ ދުރުން އަހަންނައް ފެނުނެވެ.
“ވާވް..” އަހަންނައް ހިތާ ހިތުން ބުނެލެވުނެވެ. އެހާ ސިމްޕަލްކޮއް ހުރިއިރުވެސް އެހާ ރީތިވީމައެވެ. ކަޅި ވެސް ޖަހާނުލައި އަހަންނައް ހަމަ ބަލަން އިނދެވުނީއެވެ. މަޑުމަޑުން ހިނގަމުން އައިސް އެލައިރާ އިށީނީ އަހަރެންގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ. ހިނދުކޮޅަކައް އަހަންނައް ދައްކަން އައި ވާހަކަވެސް ހަނދާންނެތުނެވެ. އެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ދެލޯވެސް ހުރީ ރަތްވެފައެވެ. އެލައިރާ އައިސް ހަމަޖެހިލިތާ ގިނަ އިރު ތަކެއް ނުވެ ވެއިޓާރ އައިސް އޯޑަރު ނަގައިގެން ގޮއްސިއެވެ.
“އެލައި އޯކޭތަ..”؟ ތަންކޮޅެއް މަޑުން އިނުމުން އަހަންނައް އަހާލެވުނެވެ.
“އައި އޭމް ފައިން.. ޖަސްޓް އަ ބިޓް ސިކް..” ފެންފޮދެއް ބޯލަމުން އެލައިރާ ޖަވާބުދިނެވެ. އަހަރެން ބޯ ޖަހާލީމެވެ. ނަމަވެސް އެބުނި ބަހުގައި ހުރި ތެދު އަހަންނައް ވަރަށް ރަނގަޅައް އެނގުނެވެ. އަހަރެން އެކަމަކާ އިތުރު އެއްޗެއް ނުބުނެ ދައްކަން އައި ވާހަކަ ފެށީމެވެ.
“ބައްޕަ މިއަދު ބުނި ކައިވެންޏައް ފަހު ދެމީހުން އެކަނި ވަގުތު ހޭދަކޮއްލަން ތަނަކަށް ދާންވީނޫންހޭ..” އަހަރެން މަޑުމަޑުން ބުނެލީމެވެ. “އެންޑް.. ހީ ކައިންޑް އޮފް މޭޑް ދަ ބުކިންގް.. ކައިލްއައް ވެސް އެނގުނީ މިއަދު.. ނަގާފަ އައިއްސަ ބުނީ…” އަހަރެން އެހެން ބުނުމާއެކު އެލައިރާގެ ހަރަކާތްތައް މަޑު ޖެހުނެވެ.
“ކީއްވެ؟”. އިރުކޮޅަކު މަޑުން އިނުމައްފަހު އެލައިރާ ބުނެލިއެވެ.
“ބައްޕަ ބޭނުންވަނީ އެކަކު އަނެކަކު ދަސްކުރަން” އަހަރެން ބުނީމެވެ. “އިނގޭ މީ އެރޭންޖް މެރިއޭޖްއެއްކަން.. އެކަމް.. ޓްރައި ކުރެވިދާނެއްނު.. ދެމީހުންނައް އެކަކު އަނެކަކާ އެއްކޮއް އުޅެން..”
އަހަރެންގެ ބަހައް އެލައިރާ ޖަހާލީ ބޮލެވެ. އިތުރު އެއްޗެކޭ ނުބުނިއެވެ. މާގިނައިރުތަކެއް ނުވެ އޯޑަރު ކުރި އެއްޗިހި ވެސް އައިއްސިއެވެ. ދެމީހުންވެސް ކެއީ ހަމަހިމޭންކަމާއެކުގައެވެ. އިތުރައް ކައިލް އަކައްވެސް އެއްޗެކޭ ބުނާކައް ނުކެރުނެވެ. ގާތްގަނޑަކައް ގަޑިއިރެއް ވީފަހުން ދެމީހުންވެސް ކައި ނިމިއްޖެއެވެ. އަހަރެން އަވަސްވީ ބިލް ދައްކާލުމައްށެވެ. އެއައްފަހު ރެސްޓޯރެންޓްއިން ނިކުމެގެން ގޮސް ކާރައް އަރާލީމެވެ. އަހަރެންގެ ފަހަތުން އެލައިރާވެސް ކާރައް އެރިއެވެ. އެންމެ ފުރަތަމަ އަހަރެން ދިޔައީ އޭނާ ގެޔައް ލުމަށެވެ. މި ދަތުރު ވެގެން ދިޔައީ ވަރަށް ހަމަހިމޭން ދަތުރަކަށެވެ.
އެލައިރާމެންގެ ގޭގެ މައި ދޮރުގައި ކާރު މަޑުކޮއްލުމާއެކު އޭނާ ފައިބައިގެން ގޮއްސިއެވެ. ފަސްއެނބުރި އެއްފަހަރު ވެސް އަހަންނާ ދިމާއައް ބަލައެއްނުލައެވެ. އަހަރެން ކުޑައިރުކޮޅަކު އެ ގޭގެ ދޮރާއި ދިމާއައް ބަލަހައްޓައިގެން އިނީމެވެ. ކީއްވެ ކަމެއް އަހަންނަކައް ވެސް ނޭނގުނެވެ. އިރުކޮޅަކު އެހެން އިނުމައްފަހު އަހަރެން ވެސް ގެޔައް ދިއުމައް ކާރު ދުއްވށާލީމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Salaam. Vi vaahakaige 17 vana bai 10 February in feshigen submit kohfa inaany but adhives upload eh nuvey. Im so sorry for the delay