ދަތުރު-14
*އެއް ދުވަހަކު ނާއިމް އާއި ދިމާވި އެވެ. އެހާ ގިނަ ދުވަސް ފަހުން ދިމާވުމުން ވެސް އަހަރެން އަނގައިން ބުނަން ފަސް ޖެހުނެވެ. ދައްކާނެ ވާހަކަ އެއް ނޭނގި އެވެ.*
“ދެން ތިހެން އެއްޗެކޭ ނުބުނެ ހުންނަނީތަ؟” ނާއިމް ވާހަކަ ދެއްކި އެވެ. “ކުޑަމިނުން ޒީވާ ބޭނުންވާ ގޮތެއް ބުނެދީ.”
“އަހަރެން ބޭނުމެއް ނޫން ރައްޓެހިވާކަށް. މިހާރުވެސް މިއުޅޭ ގޮތައް އުޅެން އޯކޭ.” އަހަރެން ވާހަކަ ދެއްކީ ދުރު ބަލަން ހުރެއެވެ. ނާއިމް އާއި ހަތަރުކަޅި ހަމަކުރާނެހާ ހިތްވަރު ނެތީމަ އެވެ.
“އިނގޭ ތިކަން. ކީއްވެ ކަން ވެސް އިނގޭ. މަށައް އޯކޭ ކޮންމެ ގޮތެއްވެސް ޒީވާ އެގޮތަކަށް ބޭނުން ވަންޏާ.” ނާއިމް ހުރީ ސީދާ އަހަރެންނާއި ދިމާލައް ބަލާށެވެ. އަހަރެން އިސްޖަހައިލީއެވެ. “އެއްޗެއް އަހާލަންތަ؟”
އަހަރެން “ހޫމް” އޭ ބުނެލީމެވެ.
“މައުނާ ކައިރީ ބުނެގެން އަހަރެން ކައިރީ ބުނީ. ދެން ޒީވާ ކީއްވެ މީހާ ދުވަސްވަންދެން ވާހަކަ ނުދައްކާ އުޅުނީ؟” ލާނެތް ގޮތަކަށް ހިނިއައިސް ހުރެ ނާއިމް ވާހަކަ ދެއްކި އެވެ.
އަހަރެންނަށް ބަލާލެވުނީ ނާއިމްއާއި ދިމާލަށެވެ. އޭރު ވެސް އޭނާ ހުރީ އަހަރެންނާއި ދިމާލައް ބަލާށެވެ.
“ސްޕޭސް ބޭނުންވީ. ޕްރޮސެސްވާން ވެސް ޓައިމް ބޭނުންވާނެއްނު. ދޮންތަ ލައްވާ ބުންޏަސް، އައިސް ނޯމަލް ކޮއް ނާއިމްއާ ވާހަކަ ދައްކަން ފަށާކަށާ ނުކެރޭނެއްނު.” އަހަރެން އިސްޖަހައިލީމެވެ. އަހަރެންނަށް ވާހަކަ ދެއްކުނީ ވަރަށް އަވަސް އަވަހަށެވެ. ނާއިމް ހީލި އެވެ.
“ޕްރޮސެސްވާން ޓައިމް ބޭނުންވަނީ ޒީވާ ތަ؟” ލާނެތް ރާގަކަށް ނާއިމް އަހައިލި އެވެ.
“އާނ. ބޭނުންވާނެއްނު. އެހާ ބޮޑު ޑިސިޝަން އެއް މޭކް ކޮއްފަ، ނާއިމް ރިއެކްޓް ކުރާނެގޮތެއް ވެސް ނޭނގެ.” އަހަރެން ބުނީމެވެ. “ނާއިމް ވެސް މިހާ ދުވަސްވީއިރުވެސް ވާހަކައެއް ނުދައްކަމެއްނު”
“ޒީވާ ވާހަކަ ނުދައްކަފާނެތީ. ޒީވާ ބޭނުންވަންދެން މަޑުކޮއްލީ.” މަޑުމައިތިރި ރާގަކަށް ނާއިމް ބުންޏެވެ.
“ދެން މިއަދު ތިވާކަހަދެއްކީ ކީއްވެއޯ؟”
“މާގިނަ ދުވަސްވީ. ކޮންމެސް ދުވަހަކުން ވާހަކަ ދައްކަން ޖެހޭނެއްނު. ޒީވާ ހުއްޓަސް އަހަރެންނަކަށް ނުހުރެވޭނެ.” ނާއިމް ލާނެތް ރާގަކަށް ބުންޏެވެ.
އޭގެފަހުން ދެމީހުންގެ ދެމެދު އަނެއްކާ ވެސް ވާހަކަ ދެކެވެން ފެށުނެވެ. ކުރިއައްވުރެ ގިނައިންނެވެ. ދައްކާނެ ވާހަކައެއް ނެތަސް ވާހަކަ ދައްކަމެވެ.
ޑޮކްޓަރަށް ދެއްކުމަށް އަހަރެން މާލެ ދާންޖެހުނެވެ. ކަންކަން ކުޑަކޮށް ބަދަލުވާނޭކަން އަހަރެންނަށް އިނގެއެވެ. ގިނަވަގުތު ހޮސްޕިޓަލުގައި ނުވެފަ ބޭރުގައި އުޅެންޖެހޭނެތީ، ނާއިމް އައް މިހާރު ދެ ވަރަށް ވަގުތު ނުދެވޭނެ ކަން ވެސް އިނގެއެވެ. ނަމަވެސް އަހަރެން އެވާހަކަ އެއް ނުދައްކަމެވެ. ހަމައެކަނި މާލެދާ ވާހަކަ ބުނެލީ އެވެ.
މާލެ ދިޔަފަހުން ނާއިމް ވާހަކަ ދައްކަން ފެށީ ފާޑަކަށެވެ. މެސެޖު ކުރާވަރު ވެސް މަދުވި އެވެ. ސްކޫލުގެ ކަންކަމުގައި ބިޒީވީމައި ކަމަށްކަމުގައި. އަމިއްލަ ނަފްސަށް ވިސްނައިދިނީމެވެ. އަހަރެން އަހާލަން ބޭނުންވި އެވެ. ނަމަވެސް ފަސްޖެހެވުނެވެ. އެފަދަ ކަމަކާ ސުވާލުކޮށް ޝަކުވާ ކުރާނީ އަހަރެން ވަކި ކޮން ހައިސިއްޔަތަކުން ހެއްޔެވެ. މިފަދަ ގުޅުމަކަށް އެދުނީ ވެސް ޙުދު އަހަރެންގެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


