Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-13

__devil__09 Level 210 Stories100 Login
December 18, 2025 2 Mins Read
1 Comment

*”މިން އިހައް ހަމަޖެހިލާ. ތި އިނީ ވަރަށް ބޮޑު ޝޮކެއްގަ. ގެއައް ގޮއްސިއްޔާ އެންމެނަށް އިނގޭނެ.” ރަނާ ވެސް ބެލީ މިންހާ އައް ވިސްނައިދެވޭތޯ އެވެ.*

“މަށަށް ހެވޭ. ކޮންމެ މީހަކައް އެނގުނަސް. މަ މިދަނީ.” މިހެން ބުނެފައި މައިހާ ބާރައް ހިނގާފައި ގޮސް މަގައް ނުކުތެވެ.

އެވަގުތު ވަރަށް ބާރަށް އައި ސައިކަލެއްގައި ޖެހިފައި މިންހާ ދިޔައީ ވިއްސައިގެންނެވެ. އެންމެން އެދިމާލާއް ދުއްވައިގަތެވެ. ހަނާ ރީން ފެށިއ އެވެ. ސައިކަލުގައި އިން މީހާ ވެސް މިންހާ އާއި ދިމާލައް ދިޔަ އެވެ.

ގޭގައި ތިބި މީހުންނަށް ގުޅީ ހޮސްޕިޓަލަށް ގޮއްސަ އެވެ. އޭރު މިންނާ އާއި މާޔާގެ އިތުރުން ހަނާ ހުއްޓުމެއް ނެތި ރޮނީ އެވެ.

ނާއިލް އަންނަ ތަން ފެނިފައި ރީހާން އާއި މަޔާން އޭނާ ކައިރީ އައް ދިޔަ އެވެ.

“ހުރެވޭތަން ހަނދާން ބަހައްޓާތި. މިތާ މިންހާގެ ގޭ އެންމެން އެބަ ތިބި.” ރީހާން ބުންޏެވެ. ނާއިލް އަނގައިން ނުބުނެ ހުރީ އެވެ. އިތުރައް ކުރިއައް ދާކަށް ވެސް ނޫޅުނެވެ.

“މި ވަގުތު އޮތީ ނިންދަވާފަ. މާދަން ހެނދުނު ހޭލާނީ. ބޯ ފަޅައިގެން ދިއުން ނޫން އިތުރުކަމެއް ވެފައެއް ނެތް. މާދަން ހެނދުނު އެތެރެއަށް ވަދެވޭނީ. ދުރުގަ ހުރެ ބަލާލިޔަސް އޯކޭވާނެ.” މައިހާ އައިސް ނާއިލް ކައިރީ ބުންޏެވެ. ނާއިލް އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން މައިހާ ޖެހިލުންވި އެވެ.

“މަ ބުނީ ކަލޭ ކައިރީ އޭނައައް ރަނގަޅަށް ބަލާށޭ.” އެއްޗެކޭ ނުބުނެ ވަރަށް ގިނައިރު ހުރުމަށްފަހު ނާއިލް ބުނެލި އެވެ.

“މިން އަމިއްލަ އައް މަގައް ނުކުތީ ބަލާ ނުލާ.” މައިހާ ކިޔައިދޭން އުޅުނެވެ. ނަމަވެސް ނާއިލް ހުރީ އަޑުއަހަން ތައްޔާރަކަށް ނޫނެވެ.

“ކަލޭ އޭނަ ދިޔަދިނީމަ އެއްނު.”

“ނާއިލް ހަމަޖެހިގެން ވާހަކަ ދައްކާ.” ރީހާން ހިތްހަމަނުޖެހިފައި ބުންޏެވެ.

“މަ މިއައީ ކޮންމެހެން ކަލޭއާ ވާހަކަ ދައްކާކައް ނޫނޭ.” ނާއިލް ރުޅި އައިސްފައި މައިހާ އާއި ދިމާލަށް ބުންޏެވެ.

“ބޭނުމިއްޔާ ގޮސް ދުރުން ބަލާލާ. މަންމަމެން ވެސް އެބަތިބި. ރީހާން ހިނގާ ދާން މިހާރު ވަރަށް ލަސް ވެއްޖެ.” މިހެން ބުނެފައި މައިހާ އާއި ރީހާން ދިޔައީ އެވެ.

“ނާއިލް ބޭބެ ދެއްކި ހަމަ ތެދުވާހަކަ ތަކެއްތަ؟ ތިއްތަ ބުނާ ގޮތަކައްތަ ދޮންތި ހަދަނީ؟” މިންނަ އަހައިލީ މާޔާ ގާތު އެވެ. އެކުދިން ތިބީ ސިޓިންރޫމުގައި އެވެ. ގޭގެ އެންމެންވީ ހޮސްޕިޓަލުގައެވެ.

“މާޔާ އަކައް ނޭނގެ އެއްވެސް އެއްޗެއް.” މާޔާ ބުންޏެވެ.

“އެއީ ތެދެއް ނަމަ ނާއިލް ބޭބެ ހާދަ ދެރަވާނޭ.” މިންނަ ބުނެލި އެވެ.

“މިރޭ ވީގޮތުން އަދި މާ ދެރަ ވާނެ. އަނެއްކާ ނާއިލް ބޭބެ އައް އިނގޭބާ ދޮންތި ހޮސްޕިޓަލުގައި އޮތްކަން. ހާދަ ދެރަވާނޭ.” ހަނާ ހާސްވެފައި ވާހަކަ ދެއްކި އެވެ.

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

__devil__09

Level 210 Stories100 Login

Other Articles

Previous

ރީމާލް… ދެވަނަބައި (އެހިތުގެ ވޭނާއި ރިހުން ހިއްސާކުރެވުން)

Next

ހިދާ 5

Next
December 18, 2025

ހިދާ 5

Previews
December 17, 2025

ރީމާލް… ދެވަނަބައި (އެހިތުގެ ވޭނާއި ރިހުން ހިއްސާކުރެވުން)

One Comment

  1. Anonymous says:
    December 19, 2025 at 7:27 pm

    Nice

Comments are closed.

Next Episodeދަތުރު-14←


All Right Reserved!