ލޯބި-14
*”މިރޭ ވީގޮތުން އަދި މާ ދެރަ ވާނެ. އަނެއްކާ ނާއިލް ބޭބެ އައް އިނގޭބާ ދޮންތި ހޮސްޕިޓަލުގައި އޮތްކަން. ހާދަ ދެރަވާނޭ.” ހަނާ ހާސްވެފައި ވާހަކަ ދެއްކި އެވެ.*
“އާނ. ވަރަށް ދެރަވާނެ. ހަމަ ނާއިލް ބޭބެ ދިޔައިރަން އެހެން އެވީ.” މިންނަ ބުންޏެވެ. އެވަގުތު ދޮރު ހުޅުވައިފައި ވަނީ މައިހާ އެވެ.
“ތިއްތާ. މިހާރު ދޮންތި ކޮބާ؟ ދޮންތި ރަނގަޅުތަ؟” ހަނާ ދުވެފައި ގޮސް މައިހާ ކައިރީ އެހިއެވެ.
“ދޮންތި އަކައް އެއްވެސް ގޮތެއް ނުވޭ. އިރުކޮޅަކުން މާމަ މެން ވެސް އަންނާނެ. ހަނާ ދޭ ދެން ނިދަން. މާޔާ ވެސް ދޭ.” މައިހާ ބުނުމުން އެދެ ކުދިން ގޮސް ކޮޓަރި އައް ވަނެވެ.
“ތިއްތާ. ނާއިލް ބޭބެ އައް އިނގޭތަ ދޮންތި އެކްޑެންޓް ވީކަން؟” މައިހާ ކާގޭގައި ފެން ބޯން އިންދައި މިންނާ އައިސް އަހައިލި އެވެ.
“ހީމް. ބުނިން.”
“ދެން ދޮންތި ކައިރީއައް ދިޔަތަ؟”
“ހީމް.”
“ވަރަށް ދެރަ ވެފަތަ ހުރީ؟” މިންނަ ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔަ އެވެ.
“ދެރަވަނެ ދޯ. މިންނަ ވެސް ދެން ދޭ ނިދަން. މާދަން ހެނދުނު ދޮންތި ކައިރިއައް ދެވޭނީ.”
މަޔާން އާއި އެކު ނާއިލް މިންހާ އޮތް ޕްރައިވެޓް ރޫމް އާއި ހަމައަށް ދިޔަ އެވެ. އޭރު ބޭރުގައި މިންހާގެ އާއިލާ މީހުން ތިއްބެވެ.
ބިއްލޫރިގަނޑުން އެތެރެ ބަލައިލުމާއެކު އެކު ނާއިލްގެ ހިތް ކުދި ކުދިވި ފަދަ އެވެ. ބޮލުގައި ބެންޑޭޖް ގަނޑެއް އަޅައިފައި އޮތް އިރު މިންހާގެ އެއް އަތައް އައިވީ ގުޅައިފައި އަނެއް އަތައް ލޭ ގުޅައިފައި ގެއެވެ. ނިދީގައި އޮތް އިރު އެމޫނުމަތީގައި ވަނީ މަޢުސޫމު ކަމެވެ. އިރުކޮޅަކު މިންހާ އައް ބަލަން ހުރުމަށް ފަހު ނާއިލް ދިޔަ އެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު ރީހާން ނާއިލް އައް ގުޅއައިފައި މިންހާ ކައިރިއައް ގޮސް ދިނުމަށް އެދުނެވެ.
މިންހާ ކައިރީ އިން ރަނާ އެކި ވާހަކަ ދައްކަމުން ދިޔަ އެވެ. އިރު އިރުކޮޅާ ކަމެއް ބޭނުންތޯ އަހައިލަ އެވެ. ނަމަވެސް މިންހާ މާގިނަ ވާހަކަތަކެއް ނުދައްކަ އެވެ.
އިރުކޮޅަކުން ކޮންމެވެސް މީހަކު މަޑުމަޑުން ޓަކިދިނެވެ. ވަންނާށޭ ބުނެ ރަނާ ގޮވައިލި އެވެ. ދޮރު ހުޅުވައިފައި ވަނީ ނާއިލް އެވެ. ވަގުތުން މިންހާ މޫނު އަނެއް ފަރާތައް އަނބުރާއިލި އެވެ.
“މިން…” ނާއިލް މަޑުމަޑުން ގޮވައިލި އެވެ.
“ރަނާ. އޭނާ ކައިރީ ބުނޭ މިތަނުން ދާށޭ.” މިންހާ އެއޮތް ގޮތައް އޮވެ ބުންޏެވެ.
“މިން. ޕްލީޒް. ކާންޓް ބީ ޖަސްޓް ޓޯކް.”
“ރަނާ. އޭނާ ކައިރީ ބުނޭ ހަމަ މިހާރު މިތަނުން ދާށޭ އަހަރެން އޭނައާ ދައްކާނެ އެއްވެސް ވާހަކައެއް ނެތޭ.” މިންހާ ހުރީ ގޮތްދޫކުރާ ގޮތަކައް ނޫނެވެ. ނާއިލް އައް ބަލައިލެވުނީ ރަނާ އާއި ދިމާލަށެވެ. ރަނާ ބޯޖައިލި އެވެ.
ނާއިލް އައް ނިކުމެވުނީ މަޔާންގެ ކުރިމައްޗަށެވެ.
“އެއްވެސް ވަރެއް ވެއްޖެތަ؟” މަޔާން އަހައިލި އެވެ. ނާއިލް ބަހެއް ނުބުނެ ދިޔަގޮތުން ކަން ވީގޮތް މަޔާން އައް ފަހުމްވި އެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



hey devil
mi paet vx vrh salhi masha allah
when is next part???
can’t even wait
AND DEVIL I AM AH FAN OF YOU’R STORYS
CAN YOU FOLLOW ME ON INSTAGRAM?
ID: amuu.1913
I WANT TO READ THE NEXT