Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަޅު ސަފުހާ – 5

Sarin Level 1
February 5, 2016 5 Mins Read
21 Comments

” ނޫރާ ޒައިކް ގެ އެއްވެސް ކުށެއް އޮވެގެނެއްނޫނޭ އެދުވަހު އެގޮތަށް އަހަރެން އެވާހަކަ ދެއްކީ. ރުޅިގަދަވިވަރުން ވީގޮތެއް. ނޫރާ ބުނެބަލަ ޒައިކް ކައިރި އަހަންނަށް މާފު ކުރަން. ” އިވީ އަށް އަދިވެސް ރޮވެނީއެވެ.

” މާފުކޮށްފިން ” އިވުނު އަޑާ ދިމާލަށް ފަސް އެނބުރި އިވީ ބަލާލިއެވެ.

އިވީ އާއި ދާދިގާތުން އެއިވުނީ ޒައިކް ގެ އަޑު ފިޔަވާ އިތުރު އެހެންއަޑެއް ނޫނެވެ. ޒައިކް އައިސް ހުއްޓުނީ ސީދާ އިވީ ކުރިމަތީގައެވެ. އެވަގުތަކީ ނޫރާ އެތަނުގަ ހުރުން ރަނގަޅު ވަގުތަކަށް ނުވާނެތީ ނޫރާ ދިޔައީއެވެ.

ހަވީރުގެ ހިތްގައިމު ވަގުތުކަމަށްވުމުން އިރުގެ ހޫނުން މިލާފައިވާ ގަސްތަކަށް ހަވީރުގެ ފިނިކަން އިހުސާސްކުރެވި ފެންނަމުންދިޔައީ ތާޒާވެފައި ވަނިކޮށެވެ. ހަވީރުގެ ފިނި ވައިރޯޅިތައް ދެ ޒުވާނުންގެ ހަށިގަނޑުގައިވެސް ދިޔައީ ބީހެމުންނެވެ. ދެތިން ފަހަރަކު އަތުގެ ނުފުށުން ކަރުނަތައް ސާފުކުރެވޭތޯ އިވީ މަސައްކަތް ކުރަމުން ދިޔައެވެ. ގަސްތަކުގެ ފަތް އެއްފަތް އަނެއް ފަތުގާ ބީހިލާ ފަދައިން ޒައިކް ވެސް ބޭނުންވަނީ އިވީގެ ކޯތާފަތުގާ ބީހިލާށެވެ. ޒައިކްގެ އަތުން އިވީގެ ކަރުނަތައް ފޮހެލަދޭށެެވެ. އިވީގެ އަސަރުގަދަ މޫނަށް ޒައިކް އަށް ބެލެމުން ދިޔައީ ބޭއިޙުތިޔާރު ގައެވެ. އެވަގުތު ވީ އިވީއަށްވެސް ޒައިކްގެ މޫނަށް ބަލާލެވުނު ވަގުތަށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ދަނޑިވަޅަށެވެ. އެއްލޮލުން އަނެއްލޮލަށް އެތައްހާސް މެސެޖެއް ބަދަލުކޮށްލެވުނު ވަގުތު ކޮޅަކަށެވެ. ފުންލޯތްބެއް އުފަންވި ސިކުންތު ކޮޅަކަށެެވެ. ބަސްނުމޮށެވޭ އިބާރާތުން އެކެއްގެ ހިތުގެ ޙާލު އަނެކަކަށް ހާމަކޮށްދިން މުހިއްމު ދަނޑިވަޅަކަށެވެ. ދެމީހުންގެ މެދުގައި އުފެދިގެން ދިޔަ ހިތްހަމަ ނުޖެހުން ނިމިގެން ދިޔައީ އާލޯތްބެއްގެ ފެށުމާއި އެކުއެވެ. ޒައިކް ގެ ހިތުގާ އިވީއަށްޓަކާ އުފެދިފަވާ ލޯބި ހާމަކުރެވިގެން ދިޔައިރު އެއީ އިވީގެ އިސްވެރިޔާ ކަން ޒައިކް ހަނދާނެއް ނެތެވެ.

” އެކަމަކު ޒައިކް ތީ އަހަރެންގެ ބޮސް.. ” އިވީ މަޑުމައިތިރި ކަމާއެކުއެވެ.

” އިވީ ތީ މިހިތުގެ ބޮސް. އެހެންވީމަ ކޮބާ މައްސަލައެއް ” ޒައިކް ހިނިތުންވުމާއެކު ބުނެލިއެވެ. އޮފީހުގެ ދެންތިބި މުއައްޒަފުންނަށް އެކަން އިނގޭކަން މާގިނަ އިރެއް ނުމެ ނެގިއެވެ. އެކިމީހުން އެކިގޮތް ގޮތަށް އެވާހަކަ ދެއްކި ނަމަވެސް ނޫރާ ހުރީ ފާޑަކަށް ބަސްހުއްޓި މަޑުޖެހިފައެވެ. މާލެ ދިއުމަށް އެންމެން ދަތުރުފެށީ އުފަލާ މަޖަލުގާ ވަގުތުތައް ހޭދަކުރަމުންނެވެ.

ދަތުރު ފެށިއިރު މަޑުޖެހިފަ އިން އިވީ މިހާރު އިނީ އުފަލުން ފޮޅިފައެވެ. ޒައިކްގެ ނަޒަރުން އިވީއަށް ފިލާ އިނދެވޭނެ އެންމެ ވަގުތުކޮޅެއްވެސް ނުދެއެވެ. ހަމައެފަދައިން ނޫރާގެ ނަޒަރުވެސް ސީދާ ކުރެވެމުން ދިޔައީ އެދެމީހުންނަށެވެ. އިވީގެ ނަޒަރުގާ ނޫރާ އަކީ އަބަދުވެސް އިވީއަށް ހެޔޮއެދޭ ރަހުމަތްތެރި އަކަށްވުމުން އިވީގެ ދުލުން އެހަބަރު ނޫރާ އަށް ދޭންބޭނުންވިއެވެ. ހުރިހާ ވާހަކައެެއް އެއްނޭވާއިން ކަހަލަ ގޮތަކަށް އިވީ ކިޔާ ނިންމާލިއެވެ.

” ހޫނ.. ރަނގަޅުތާ. ދެން ތި ނިކަމެތި ހާލުގަ އުޅޭކަށް ނުޖެހޭނެއެއްނު ތިދެމައިންނަށް. ޒައިކް ކަހަލަ މުއްސަނދި މަހުޖަނެއް ލިބުނީމަ” ނޫރާ ބުނި އެއްޗެއްގެ މާނަ ނަގަންވީ ގޮތެއް އިވީއަކަށް އެއްގޮތަކަށްވެސް ނޭނގުނެވެ. އިވީގެ ހިނިތުންވުން ގެއްލިގެން ދިޔަ މަންޒަރު ފެނުމާއެކު ނޫރާ ބޭނުންވީ މައުލޫ ބަދަލުކޮށްލާށެވެ.

” އެއީ މަޖާ. އެހެންބުނި އެއްޗެއްނޫނޭ. އައި އެމް ރިއެލީ ހެޕީ ފޯރ ޔޫ ” އިވީގެ ކޮލުގަ ހިފާލަމުން ނޫރާ ތެދުވެ ހިނގައިގަތީ ބެރުޖަހަން ތިބި ގްރޫޕް ކައިިރިއަށެވެ. އިވީވެސް ލުއި ހިނިތުންވުމެއް ނޫރާ އަށް ދިނުމަށްފަހު އެހެން ދެތިންކުއްޖަކާ ބައިވެރިވެލިއެވެ.

ދެދުވަސް ފަހެވެ. ދެމީހުންގެ ލޯބި ފެށުނު ފަހުން މިއީ ޒައިކް އާ އިވީ ދިމާވާ ފުރަތަމަ ފަހަރެވެ. ފޯނުން އެތައް މެސެޖެއް ބަދަލުކޮށް ވާހަކަ ދެއްކުނު ނަމަވެސް ދެމީހުން ދިމާވާން ނިންމި މީ ފުރަތަމަ ފަހަރެވެ.

އިވީގެ ގޭ ދޮރުމައްޗަށް ސައިކަލް މަޑުކޮށްލުމާއެކު ފުރަތަމަވެސް ޒައިކްގެ ލޮލުގަ އަޅައިގަތީ އިވީގެ ރީތި ސޫރައެވެ. ކަޅުކުލައިގެ ޖިންސަކާއެކު ލާފައިވާ އަތްދިގު ރަތްކުލައިގެ ގަޔަށްދޫ ޒަމާނީ ގޮތަކަށް ފަރުމާ ކުރެވިފައިވާ ހެދުމުގާ އިވީ ފެންނަލެއް ވަރަށް ތަފާތެވެ. ތުންފަތުގައި ޖައްސާލެވިފައިވާ ރަތްކުލައިގެ ސަބަބުން އިވީގެ ރީތިކަން އެތައްގުނައަކަށް އިތުރުވެފައިވެއެވެ.

ޒައިކް ބަލާވަރުން އިވީ އިސްދަށަށް ޖަހާލީ ލަދުންނެވެ. ޒައިކްގެ އިޒުނައާއި އެކު އިވީ ސައިކަލަށް އެރިއެވެ. ލޯބިވެރިންނަށް ހާއްސަކުރެވިފައިވާ ގޯމޭގެ ހިތްގައިމު ބަޔަށް އިވީ ގޮވައިގެން ޒައިކް ވަންއިރު އިވީއަށް ހާއްސަ ކުރެވިފައިވާ ފިނިފެންމަލުގެ ގުލްދަސްތާއެއް ވެއިޓަރ އިވީއާ ހަވާލު ކޮށްލިއެވެ. އިވީ ހިނިތުންވުމާ، ލަދުވެތިކަމާއެކު ޒައިކް އަށް ބަލާލީ އެއީ ޒައިކްގެ ރޭވުމެއްކަން އިނގޭތީއެވެ. ދެމީހުން އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރަމުން ދިޔައީ އެހެންއެއްވެސް މީހެއްގެ ހިލަމެއް ނުވާ ފަދައަކުންނެވެ.

ގަޑިބަލާލުމަށްޓަކައި އިވީ ދަބަސް ހާވާލީ ފޯނު ނެގުމަށެވެ. ފޯން ނުލާ އާދެވުނުކަން އިވީއަށް އިހުސާސްވީ އެވަގުތު އެވެ. މަންމަ ހުންނާނީ މިހާރު ލަސްވެފައެވެ. އެކަން އިވީ ޒައިކް އަށް ހަނދާންކޮށްދިނުމުން އެއުފާވެރި ވަގުތުކޮޅަށް ނިމުން ގެންނަން ޒައިކް އަށް މަޖުބޫރު ވިއެވެ. ޒައިކް އިވީއާ ވަކިވީ ޖެހިގެން އަންނަރޭ ޒައިކްގެ މަންމަ އާ ބައްދަލުކުރަންދާން އިވީ ލައްވާ ވައުދުކުރުވާފައެވެ.

މަޑުމަޑު މިއުޒިކީ ރާގެއް ކިޔާލަމުން އިވީ ރޫމާ ދިމާއަށް ހިނގައިގަތެވެ.

” ދަރިފުޅާ ހާދަލަހުން ތިއައީ. ކޮންކުއްޖަކާ އެއްކޮށް މިރޭ ބޭރަށް ތިދިޔައީ ” ނާޒިމާ ގެ ސުވާލަށް ޖަވާބުދޭން އިވީ ބޭނުންވި ވަރުން ކުއްލިއަކަށް އައިސް މަންމަ ކައިރި ސިޓިންގރޫމް ސޯފާގަ އިށީނެވެ. ފެށުނީއްސުރެ ނިމެންދެން ކަންތައްވީ ގޮތް މަންމައަށް ކިޔާދީ ނިންމާލީ ފޫހިކަމެއް ނެތިއެވެ. އިވީގެ ވިސްނުމާ ނާޒިމާގެ ވިސްނުން ހާސްބައި ތަފާތެެވެ. މަންމަގެ ވިސްނުން ހުރި ގޮތުން ޒައިކް ކަހަލަ މުއްސަނދި ކުއްޖަކަށް އިވީ ކަހަލަ ނިކަމެެއްޗެއް ކަމަކު ނުދާނެއެވެ. ޒައިކް މެން ބޭނުންވާނީ ރީތިހާ މީހަކު ފަހަތުން ދުވާށެވެ. ނާޒިމާ ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް އިވީއަށް އެވާހަކަތައް ގަބޫލެއް ނުކުރެވެއެވެ. މަންމަ އަށް ވިސްނަދެވޭތޯ އިވީ މަސައްކަތް ކުރި ނަމަވެސް ނާޒިމާ ހުރީ އެކަން ގަބޫލު ކުރާ ގޮތަކަށް ނޫނެވެ. އަނެއްކޮޅުން އިވީއަކީ ވެސް ފަސޭހައިން ގޮތްދޫކުރާނެ ކުއްޖެއް ނޫނެވެ. އެންމެފަހުން ހަތިޔާރު ބަހައްޓަން ޖެހުނީ ނާޒިމާ އަށެވެ. ޒައިކް އާ އެއްފަހަރު ބައްދަލުކޮށްލަން ނާޒިމާ އެއްބަސްވީ އިވީގެ އެދުމަށެވެ.

ނާޒިމާ މުއްސަނދިންނަށް ނަފުރަތު ކުރަނީ އެއްވެސް ސަބަބެއް ނެތިއެއް ނޫނެވެ.  އެހިތްދަތި މާޒީ ހިތަށްއެރުމާއެކު ނާޒިމާގެ ދެލޮލަށް ޖަމާވި ކަރުނަތައް އިހުތިޔާރެއްނެތި ބޭރުވާންފެށިއެވެ.

އިވީ ކޮޓަރިއަށް ވަދެ ފޯނު ނެގީ ޒައިކް އަށް މެސެޖް ކޮށްލާނަމޭ ހިތާއެވެ. ނިހާގެ ތިން މިސްކޯލްގެ އިތުރުން ނޫރާ ދިގަވަރަކަށްފަހަރު ގުޅާފަ އޮތެވެ. ކުއްލިއަކަށް އިވީ ހަނދާންވީ ނޫރާ އާއެކު ފައިވާނެއް ގަންނަންދާން އެއްބަސްވެވިފައިވާ މަތިންނެވެ. ޒައިކް އާ އެއްކޮށް ބޭރަށްދާން ނިންމިއިރު އެއްވެސް ވަރަކަށް އެކަންތައް މަތީން އިވީ ހަނދާނެއްނެތެވެ. ނޫރާގެ ނަންބަރަށް ޑައިލް ކޮށްލިއެވެ. އެއްފަހަރު ދެފަހަރު ގުޅިއިރުވެސް ނޫރާ ފޯނަކަށް ޖަވާބެއް ނުދިނެވެ. އޭގެ ބަދަލުގަ ލިބުނީ މެސެޖެކެވެ.

” އަހަރެންނާ އެކު ބޭރަށްދާން އެއްބަސްވުމުގެ ބަދަލުގަ ބުނެލިނަމަ ޒައިކް އާ އެކު ބޭރަށްދާ ވާހަކަ. އިވީ ބުނި ނަމަވެސް ނުދިޔައީމުސް ތިދެމީހުންނަށް އުނދަގޫ ކުރާކަށް. ދަންވަރު ބާރަޖަހާއިރު ފައިވާން ފިހާރަތައް ހުޅުވާފަ ހުންނަކަން އެނގިފައެއް ނެތް. ” ނޫރާ ހިތްހަމަ ނުޖެހިފަވަރު އެމެސެޖުން ދެނެގަތުމަކީ އިވީ އަށް ނުވާވަރު ކަމެއްނޫނެވެ. ސޮރީ ޖަހާލުމަށްފަހު އިވީ ނޫރާގެ މެސެޖްގެ ޖަވާބު އިވީ ފޮނުވާލިއެވެ. ނޫރާ އާ ދޭތެރޭ އެއްވެސް ހިތްހަމަ ނުޖެހުމެއް އިވީގެ ނެތެވެ.

ޖެހިގެން އައި ދުވަހު އޮފީހަށް އައިސް ފުރަތަމަ އިވީ ބެލީ ނޫރާ އާ ވާހަކަ ދެއްކޭތޯއެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް އިވީ އައިސްފިނަމަ ނޫރާ ކޮންމެސް މަސައްކަތަކާ ހަވާލުވެއެވެ. އިވީ އަށް އިހުސާސް ކުރެވެމުން ދިޔައީ ނޫރާ ގަސްތުގައި އެގޮތަށް ކަންތައް ކުރަނީ ކަމަށެވެ. މުޅިދުވަސް ނިމި ގެއަށްދާން އެންމެން ރެޑީވި ވަގުތު ޒައިކް އައިސް އިވީ މޭޒުކައިރިއަށް ހުއްޓުނެވެ. އެވަގުތަކީ ނޫރާވެސް އައިސް އިވީ މޭޒާ އަރާ ހަމަވި ވަގުތެވެ. ޒައިކް ފެނުމާއެކު ނޫރާ ބުނެލިއެވެ.

” ސޮރީ. އަންނަންނުޖެހޭ ވަގުތަކު އާދެވުނީމަ. ” އިވީ އާ ޒައިކް ގޮވާލުމުންވެސް ނޫރާ މަޑެއް ނުކުރިއެވެ. ނުކުމެގެން ދިޔަގޮތަށް ދިޔައީ އެވެ. އިވީ އެދުނީ އޮފީސް ވަގުތު ތަކުގަ ޒައިކް އިވީ އާ ގާތްގުޅުމެއް ނުބޭއްވުމަށެވެ. ކުރިއެކޭވެސް އެއްގޮތަށް ކަންތައްތައް ކުރެވޭތޯ ބެލުމަށް އިވީ ޒައިކް ގާތުން އެދުނެވެ. ދެމީހުން ވަކިވީ އިވީ ބަލާދާނެ ގަޑި ހަމަޖެއްސުމަށްފަހު އެވެ.

***********************************

ހ.ފަރިހިޔާ، ދިހަ ބުރި އިމާރާތުގެ ކުރިމައްޗަށް ސައިކަލް މަޑުކޮށްލުމާއެކު އިވީ އެގެއަށް ނަޒަރު ހިންގާލިއެވެ. ގެފެނުމުން ބިރުވެރި އިހުސާސްތަކެއް އިވީ އަށް ކުރެވުނީ އިވީގެ ނިކަމެތިކަން ހިތަށް އަރާފައެވެ. ޒައިކްގެ އާއިލާއިން އިވީ ގަބޫލު ކުރާނެ ބާވައޭ އިވީ ހިތަށް އެރިއެވެ. ޒައިކްގެ ފަރާތުން އެނގުނު ގޮތުގައި ޒައިކްގެ މަންމައާ ބައްޕަ ފިޔަވާ އިތުރު މީހަކު ނުހުރެއެވެ. ގޭގެ އެއްފްލޯ ފިޔަވާ ހުރިހާ ފްލޯއެއްވެސް ހުންނަނީ ކުއްޔަށްދީފައެވެ. އިވީއަށް އެނގިފައިވާ ގޮތުގައި މިގެއަކީ ޒައިކް ދޮންބައްޕަގެ ގެއެވެ. އިވީގެ އަތުގަ ހިފައިގެން ޒައިކް ލިފްޓަށްއެރި އިރުވެސް އިވީ ހުރީ ހާސްވެފައެވެ.

އެޕާޓްމެންޓަށް ވަދެވުނު އިރު ސިޓިންގރޫމް ސޯފާގައި އަންހެނަކު އިށީނދެލައިގެން އިނެވެ. ބުރުގާ އަޅާފަ ހުރުމުގެ ސަބަބުން ބަލާބެލުމަށް އުމުރުން ދުވަސްވީ ވައްތަރެއް ނުޖަހައެވެ.  ޒައިކް އާ ވައްތަރުގޮތެއް ހުރުމުގެ ސަބަބުން އެއީ ޒައިކްގެ މަންމަ ކަން ފަސޭހަ ކަމާއެކު ދެނެގަނެވިއްޖެއެވެ. އެއްފަރާތެއްގެ ކެއްކުމަށް ހާއްޞަ ކުރެވިފައިވާ ބައިގެ ތެރެއިން އަންހެނަކު ފެންނަން ހުއްޓެވެ. އެމީހަކު މަސައްކަތް ކުރަމުން އެދަނީ ކާމޭޒުމަތި ތައްޔާރުކޮށްލާށެވެ.

އިވީ ހީކުރިފަދަ އެއްވެސް ކަމެއް ޒައިކް މަންމަ ނިސާގެ ފަރާތަކުން ނުފެނުނެވެ. އެއްވެސް ބޮޑާކަމެއް އެމޫނުމަތީ ނުވެއެވެ. ވާހަކަ ދެއްކުމުގައިވެސް ވަނީ އިހުތިރާމް ކުރުމުގެ ރީތި އާދައެވެ. އިވީއާ ބެހޭގޮތުން ހުރިހާ ކަމެއް ކުރިއާލާ ޒައިކް ވަނީ ކިޔާދީފައެވެ. ނިސާގެ އެދުމަކީވެސް ކައިވެންޏަށްފަހު ނާޒިމާވެސް އިވީއާއެކު މިގެއަށް ބަދަލު ކުރުމެވެ. ދަރިއެއްގެ ބޭނުން މަންމަ އަށް އެންމެބޮޑައް ބޭނުންވާނޭ ދުވަހު ނާޒިމާ ދޫކޮށްލާފަ އިވީ އެކަނި ގެންނާކަށް ނިސާ ފަހަރެއްގަވެސް ވިސްނާފައެއް ނެތެވެ. ހަނީފް އަކީ ގިނައިން ވިޔަފާރި ކަންތައް ތަކުގައި ރަށުން ބޭރުގައި އުޅޭ މީހަކަށްވުމުން ނިސާޔަށްވެސް އެހެންމީހެއްގެ އެހީތެރިކަން ލިބޭނެކަމަށް ވިސްނައެވެ. އެކަމަކު އެކަން އެގޮތަށް ކުރެވޭނީ ނާޒިމާ އެއްބަސްވާނަމަ ކަމަށް ނިސާވެސް ގަބޫލު ކުރެއެވެ. އެންމެން އެކުގައި ކާލާ އެކުގައި ގިނަ ވަގުތުތަކެއް ހޭދަކުރެވުމުން އިވީ އާ ނިސާއާ ދެމެދު ގާތް ގުޅުމެއް އުފެދިގެން ދިޔައީ ހީނުކުރާހާ އަވަހަށެވެ.

މަންމައާ އެކު ގިނަ ވަގުތު ތަކެއް ހޭދަކުރުމަށްފަހު ޒައިކް ބޭނުންވީ އިވީއަށް ޒައިކްގެ ރޫމް ދައްކާލާށެވެ. މަންމަގެ އިޒުނައާއިއެކު އިވީގެ އަތުގަ ހިފާލައިގެން ޒައިކް ގޮސް ވަނީ ކޮޓަރިއަށެވެ. މިގޮތަށް ފިރިހެން ކުއްޖަކާއެކު އެކަނިވެރި މާހައުލަކުން ދިމާވުމުން އިވީ ހުރީ ލަދުގަނެފައެވެ.

ކޮޓަރީގައި ދިއްލާފައި ހުރި ބޮކީގެ އަލި ވަނީ ކޮންމެވެސް ވަރަކަށް ފަނޑުކުރެވިފައެވެ. އެއަލީގާ އިވީގެ ދޮންމޫނު ފެންނަނީ ވަރަށް އުޖާލާކޮށެވެ. އެންމެ ސިކުންތަކުވެސް އިވީ އާ ދުރުގަހުރުން ޒައިކް އަށް ދަތިކަމަކަށްވިއެވެ. އިވީއާ ކައިރިވެލުމަށްފަހު މޫނުގާ ދެއަތުން ހިފަހައްޓާލުމަށްފަހު ޒައިކްގެ ހޫނު ތުންފަތް އިވީގެ ތުންފަތުގާ ބީއްސާލިއެވެ. އެއަށްފަހު އިވީގެ އުނގަނޑުގާ މަޑުމަޑުން ހިފަހައްޓާލައިގެން ގޮސް އިވީ އެނދުގާ ބޭންދިއެވެ.

ޒައިކްގެ ކޮންމެ ބީހިލުމަކާއެކު ދެލޯމަރާ ބާރުކޮށްލެވެމުން ދިޔައީ ބޭއިހުތިޔާރު ގައެވެ. ޒައިކް ބައްދާލަމުން އިވީ ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓާލިއެެވެ. ދެފަހަރަކު ޒައިކްގެ އަތް ދުރައް ޖައްސާލި ނަމަވެސް އެއަށްވުރެ ޒައިކްގެ ފިރުމުންތައް ވަނީ އިވީގެ ނަފްސަށް ބާރުފޯރުވާފައެވެ. ގޮށްތައް ނައްޓާލުމަށްފަހު އިވީގެ ލޫޅާފަތި ހަށިގަނޑު އެނދުމަތީގައި ބާއްވާލިއެވެ. ޒައިކްގެ ހަށިގަނޑުގާވި ފޭރާންތައް އެއްފަރާތަކަށް އެއްލާލީ އަވަސްކަމާއެކުއެވެ. އިވީ އެއްޗެއް ބުނާނެ ފުރުސަތެއް ޒައިކް ނުދެއެވެ. ކުރެވެން މިއުޅެނީ ކިހާ ވަރެއްގެ ކަމެއްކަން ދެހިތަށް އިހުސާސް ނުކުރެވޭ ކަހަލައެވެ. ޒައިކް މަސައްކަތް ކުރަމުން ދިޔައީ ފެންނުލިބިފައިވާ މީހަކު ކަރުހިއްކުން ފިލުވާލަން މަސައްކަތް ކުރާ ފަދައަކުންނެވެ. ފިރިހެެނެއްގެ މިފަދަ ބީހުންތަކަކީ އިވީއަށް މުޅިން އާކަންތައް ތަކެކެވެ. ކުރެވެމުން ދިޔަ އާ އިހުސާސްތަކުން ހަށިގަނޑަށް ލިބެމުން ދިޔަ ލައްޒަތަކީ ދުލުން ބަޔާންކުރެވޭ ކަހަލަ ކަންތައް ތަކެއް ނޫނެވެ.

ކައިވެނީގެ ބޭރުން މިފަދަ ގުޅުމެއް ހިންގުމަކީ ކިހާ ވަރެއްގެ ކަމެއްކަން އިވީއަށް އޮޅިފައެއް ނުވެއެވެ. ކުއްލިއަކަށް ޖެހި ލުތްކަކާ އެކު އިވީ ޒައިކް ކޮއްޕާލިއެވެ. ޒައިކް ދިޔައީ ސިއްސައިގެންނެވެ. އިވީ މަސައްކަތް ކުރީ ކުއިލްޓުން ހަށިގަނޑު ނިވާކުރެވޭތޯ އެވެ.

” ނުނިމޭ “

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sarin

Level 1

Other Articles

Previous

ހިތް އެދެނީ 2

Next

ކުރަމުން ތިދާހާ ގޯނާ 6..

Next
February 5, 2016

ކުރަމުން ތިދާހާ ގޯނާ 6..

Previews
February 4, 2016

ހިތް އެދެނީ 2

21 Comments!

  1. xee says:
    February 5, 2016 at 9:30 am

    I’m first dhow. …vrh reethi

  2. ainyj says:
    February 5, 2016 at 9:51 am

    Varah reethi

  3. kudoo says:
    February 5, 2016 at 9:52 am

    dhnnnnnnnnn plx plx ivee ah dherah gotheh nahadhacheyyy…..zaik haadha goahey vv foohi vehje zaik mathin….anyways stry vvvvvvv reethi …..when is the next part??

  4. SARA says:
    February 5, 2016 at 9:54 am

    Alheyyy.. at the last minute dnt let them b dhattha nd beybe…

    1. Shabee says:
      February 5, 2016 at 1:07 pm

      Hmm evee mee haneef ge kuhjehthaa

  5. Ily says:
    February 5, 2016 at 10:13 am

    Woooooooow??v reethi????

  6. Depika says:
    February 5, 2016 at 10:15 am

    Reethi

  7. lam says:
    February 5, 2016 at 10:44 am

    Salhi v

  8. Zeena says:
    February 5, 2016 at 11:33 am

    Nice

  9. misty says:
    February 5, 2016 at 12:42 pm

    Varah salhi when nxt prt??

  10. Hahja says:
    February 5, 2016 at 12:43 pm

    V salhi

  11. Lillie(liu says:
    February 5, 2016 at 1:04 pm

    Alhey kobaatha esfiyain nikunna strythah.mi vaahaka okey btw ehen strythah kyve up nuvanyy

  12. ifaA says:
    February 5, 2016 at 1:05 pm

    KNIRAKU NXT WAITING FOR NXT

  13. Zeena says:
    February 5, 2016 at 2:50 pm

    Mashah hiyye nuvey zaik evy dkeke loabivaa hen eh.ekam story kiyaalan reethi

  14. Aimsithu says:
    February 5, 2016 at 7:18 pm

    Story varah fakkaaa…

  15. abhy says:
    February 5, 2016 at 10:14 pm

    Zaik game eh kulheny.

  16. Jaad says:
    February 6, 2016 at 8:01 am

    V salhi….Next part plx

  17. Lillie says:
    February 6, 2016 at 6:58 pm

    Vaaaahaka up vanyy konirakun?mi vaaahaka vvvvvvv nice,★☆☆★☆★★♣♧◆■□◆□●•°▲▼◀↑←→☆★:'(:-(:-(:-D♥♡♥♡♥♡♥♥♡♥♥♥♥♥♥♥♥♡♡♡

  18. Zaanaa says:
    February 6, 2016 at 7:35 pm

    Story up kohdeeba avahah

  19. Pary says:
    February 8, 2016 at 4:05 pm

    Alhey.. thankolheh dhigukoh story genesdheeba. Kehvaneeki nooonekey mihaaru.. when is next part.. pls pls upload kohdheeba

  20. myf says:
    February 17, 2016 at 6:01 pm

    harda lahunney up vanii mihaaru kitha duvas?? :/

Comments are closed.

Next Episodeކަޅު ސަފުހާ – 6←


All Right Reserved!