Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހާދަ ލޯބިންނޭ.. (15)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
February 22, 2016 6 Mins Read
13 Comments

 

ނީރާ އެތައްއިރަކު އެހެން އިނުމަށްފަހު ބޭރަށް ނިކުތެވެ. ބެލްކަނިއަށް ތަޅާލާފައިވާ އެ ދެމީހުންގެ ފޮޓޯ ފުރޭމްގައި އިން ފޮޓޯ ނަގާލިއެވެ. އަދި މޭގައި ޖައްސާލިއެވެ. އެއަށްފަހު ބިއްލޫރިކޮޅުތަށް ނަގާ ވަކިން ފުޅިއަކަށް އަޅާލީ ޝާއިންގެ ހަނދާނަކަށެވެ. އެ ފުރޭމްއަކީ ޝާއިންގެ އަމިއްލަ އަތުން ހެދި އެއްޗެކެވެ. އެއްލާލާކަށް އޭނާއަކަށް ނުކެރުނެވެ. ފޮޓޯ އޭނާގެ ޑައިރީގެ ތެރެއަށް ލުމަށްފަހު އަނެއްކާވެސް ބެލްކަނީއަށް ވަދެގެން އައީ ތަޅައިގެން ގޮށްސާ އޮތް ޖޯޑު ނަގާ ކޮފީ އެޅިފައި އޮތްތަން ސާފުކޮށްލުމުގެ ބޭނުމުގައެވެ. އޭނާގެ ލޮލުން ކަރުނަ ނުހިކެއެވެ. އެދެލޮލުގައި ރިއްސިއެއްކަމަކު އޭނާއަށް ހެވެވެ. ބެލްކަނީ ސާފް ކޮށްލުމަށްފަހު ނީރާ އެތެރެއަށް ވަދެގެން އައިސް ކޮޓަރިއަށް ވަދެލިއެވެ. ހަލާކުވެފައި ހުރި ދޮރާއި ދިމާ ނީރާ ބަލާލިއެވެ. އެއާއި އެކު ކޮޓަރިތެރޭ ހިނގި ހުރިހާ ކަމެއް އޭނާއަށް ސިފަވިއެވެ. ރާޔަންގެ އަނިޔާވެރިކަމެވެ. ޝާއިން އައިސް ނީރާގެ ގައިގައި ބައްދާލިގޮތެވެ. ކާންދިންގޮތެވެ. ނީރާ ނިދަންދެން ކައިރީގައި އިންތަނެވެ. ނީރާގެ  ކުރިމައްޗަށް ގުދުވެ އޮތްގޮތެވެ. އޭރު އިވެމުންދިޔަ ޝާއިންގެ ފޯނުގެ ރިންގިންޓަން އެވެ. ނީރާއަށް އަނެއްކާވެސް ރޮވުނެވެ. އެނދުމައްޗަށް އަރާ ޑައިރީގައި އެ ހުރިހާ އެއްޗެއް ލިޔެލީ ހިތަށް ލުއި ކަމެއް ލިބޭތޯއެވެ.

އެއަށްފަހު އޮފީހަށް ދާން ތައްޔާރުވެލީ އެކަން އަވަހަށް ކޮއްލުމުގެ ބޭނުމުގައެވެ.

…………..

އެތަށް އިރެއް ވުމުންވެސް ޝާއިންގެ ހަބަރެއް ނުލިބުމުން އާޝިޔާ އޭނާގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. ދޮރު ބުޑުގައި އިށީނދެ އިން ޝާއިން ތެދުވެލިއެވެ. އަދި ދޮރު ހުޅުވާލިއެވެ. އާޝިޔާއަށް ޝާއިން ހުރިގޮތް ފެނި ދެލޯ ބޮޑުވިއެވެ. އެ ދެލޯ ރަތްވެފައި ހުއްޓެވެ.

“ދަރިފުޅާ!!! ކިހިނެއްވީ؟؟؟؟” އާޝިޔާ ޝާއިންގެ މޫނުގައި ހިފަހައްޓާލަމުން އަހާލިއެވެ. ޝާއިން އެއްވެސް އެއްޗެކޭ ނުބުނެ އެ ހުރި ގޮތަށް ހުއްޓެވެ. އާޝިޔާ ޝާއިންގެ އަތުގައި ހިފައި އެތެރެއަށް ވަދެ ދޮރުޖެހިއެވެ. އަދި އެނދުގައި ޝާއިން ބޭންދުމަށްފަހު އޭނާގެ އެއްފަޅީގައި އިށީނދެލިއެވެ. “ކިހިނެއްވީ ދަރިފުޅާ؟؟” އޯގާތެރިކަމާއި އެކު އާޝިޔާ އެހެން އަހާލީ ޝާއިންގެ ބޮލުގައި ފިރުމާލަމުންނެވެ. ޝާއިން އާޝިޔާގެ ކޮނޑުގައި ބޯ އަޅާލިއެވެ.

“މަންމާ… އަޅުގަނޑު ބޭނުމޭ މެލޭއަށް ބަދަލު ވާން.. މިތާ އުޅޭކަށް ބޭނުމެއް ނޫން..” ޝާއިން އެހެން ބުނެލިއިރު އޭނާގެ އަޑުވެސް ހުރީ ހިސާބަކަށް ކުރެހިފައެވެ. “އެއީ ކިހިނެއްވީ ދަރިފުޅާ..؟” އާޝިޔާ ހައިރާންވިއެއްކަމަކު އެކަން ނުދައްކަން މަސައްކަތްކުރިއެވެ.

“މަންމާ އަޅުގަނޑު ބޭނުމީ މި ހުރިހާ ކަމަކުން ސަލާމަތްވާން…. މަމް ޕްލީސް.. ނީ… ނީރާ މަތިން އަހަރެން ބޭނުން ހަނދާން ނެތެން…. މަމް!! އަޅުގަނޑު ބޭނުމީ ވީހާވެސް އަވަހަށް ދާން..” ޝާއިން އެހެން ބުނެލިއެވެ. ކިތަންމެ ފަހަރަކު ނީރާ ކުރި ކަންތައްތަށް ކިޔައިދޭން ހިތަށް އެރިއެވެ. ނަމަވެސް އޭނާ ބޭނުމެއްނުވިއެވެ. “އެންމެ ރަނގަޅު…. އެކަމު އޮފީހުގެ ކަންތަކޯ؟؟ ބައްޕަ ދެންމެ ގުޅާފަ ބުނީ ނީރާ ވެސް ރިޒައިން ވަނީ އޭ.. ދެން އަނެއްކާ ދަރިފުޅު.. މައްސަލައެއް ޖެހުނީތަ؟؟؟؟” އާޝިޔާ އަހާލީ އޭނާގެ ކޮނޑުމަތީ ބޯ އަޅާލައިގެން އޮތް ޝާއިންގެ އިސްތަށިގަނޑުގައި ފިރުމާލަމުންނެވެ. “ވަޓް؟” ޝާއިން އަށް ބުނެލެވުނެވެ. ނީރާ ކަންތަށް ކުރަން މިއުޅެނީ ކިހިނެއްބާއެވެ. މީ ކޮންކަމެއްބާއެވެ. “އެކަމުވެސް ޕްލީސް މަމް… އަޅުގަނޑު ބޭނުމީ މިހުރިހާ ކަންތައްތަކާއި ދުރަށް ދާން..އަޅުގަނޑު ކައިރި ނީރާގެ ވާހަކަ ނުދައްކާތި ޕްލީސް..” ޝާއިން އަނެއްކާވެސް ބުނެލިއެވެ.

“ދަރިފުޅާ އެކަމު ޖެހޭނީ ހިތްވަރުކުރަން.. ނީރާ ނޭނގެ އެއްނު ދަރިފުޅުގެ ދިރިއުޅުމަށް ނާންނާނެކަމެއް… ނީރާ އަކީ ވަރަށް ރަނގަޅު ކުއްޖެއް.. ކޮންމެ ކަމެއްވެސް ހާސިލްވާނީ މަސައްކަތް ކުރީމަ.. މަންމަ އަށް ޔަޤީން ދަރިފުޅު އަދިވެސް މަސައްކަތް ކޮށްފިއްޔާ ނީރާ ލިބޭނެކަން.. އެކަމު ދަރިފުޅާ އަސްލު ކިހިނެއްވީތަ ދަރިފުޅާ..؟” އާޝިޔާ އޯގާތެރިކަމާއި ނަސޭހަތްތެރިކަމާއި އެކު ވާހަކަ ދެއްކީ އޭނާ ދެކެމުން އައި ހުވަފެން ވިއްސި ވިހާލި ވެދާނެތީއެވެ. ނީރާ އާއި ޝާއިންގެ ކައިވެނި ނުކުރެވިދާނެތީއެވެ.

“މަންމާ…! އަޅުގަނޑު ބޭނުމެއް ނޫން އިތުރު ވާހަކައެއް ދައްކާކަށް.. އަޅުގަނޑު މިއަދު ވެސް ޓިކެޓެއް ލިބިއްޖެއްޔާ ފުރާނަން… ލަސް ކުރާކަށް ބޭނުމެއް ނޫން… މަމް ވެސް ޑޭޑްވެސް އަޅުގަނޑު ނުހިފާއްޓާތި…” ޝާއިން އާޝިޔާގެ ކޮނޑުން ބޯ ނެގުމަށްފަހު ފާހަނައަށް ވަނީ ފަހަތް ބަލައިވެސް ނުލައެވެ. އެންމެ ފަހު ނިންމުން ނިންމި ފަދައެވެ. އާޝިޔާ އަވަހަށް އެ ކޮޓަރިން ނިކުމެގެން ދިޔައީ އަކްރަމް އާއި ގުޅާށެވެ.

“ހަލޯ.. އަކުރަމް… ޝާއިން.. ޝާއިން ބުނީ މެލޭއަށް ބަދަލު ވާނީ އޯ.. ބައްޕަ ވެސް މަންމަ ވެސް ނުވާނެ އޯ އޭނާ ހުއްޓުވައިގެން. އަކުރަމް އަހަންނަށް ޔަޤީން އެ އުޅެނީ ކޮންމެވެސް ކަމެއް ވެގެންކަން.. ނީރާގެ ހަބަރެއް ވިތަ؟؟” އާޝިޔާ ކޮޓަރިއަށް ވަދެ އެނދުގައި އިށީންނަމުން އަކުރަމް އަށް ގުޅާލިއެވެ. އާޝިޔާ ވާހަކަ ދެއްކި އިރު އޭނާ ހުރީ ރޮވޭ ނުރޮވޭގައެވެ. އަކުރަމް އަށް އޭނާގެ ހާސްކަން ފާހަގަވިއެވެ. “އާޝިޔާ…. އަހަރެންނަކަށްވެސް ނޭނގެ.. ނީރާ ވެސް ދެންމެ އައިއްސަ އެ ދިޔައީ….. އޭނާގެ މޫނު ހުރީ ރަތްވެފަ. އަހަންނަށް ޔަޤީން ކޮންމެސް ކަމެއް ހިނގައިފިކަން… ޝަރާ އާއި ރާހިލްވެސް އޭނައާއި ވާހަކަ ދައްކަން އުޅުނީމޭ ބުނީ އެކަމު ނީރާ އެއްވެސް އެއްޗެކޭ ނުބުނެ ނިކުމެގެން ދިޔައީ.. އަދި ފަހުން  ރާހިލް ބުނީ ރޭގައި ޝާއިން މެސެޖެއް ކުރިއޭ މާދަމާ ދެމީހުންވެސް އޮފީހަށް ނުދެވޭނޭ ބުނެފާ… އިތުރު ޗޮއިސްއެއް ނެތް.. މިހާރު ނީރާ އަކީ އަހަރެމެންގެ އޮފީހުގެ މުވައްޒިފެއް ނޫން..” އަކުރަމް އޭނާއަށް އިނގޭ ހުރިހާ ކަމެއް ކިޔައިދިނެވެ. “ދެން ނީރާ ކިހިނެއް ހަދަނީ؟؟ އެހިންތަ އޮފީހުން ކެނޑިގެން ކުރާނެ ކަމެއް؟؟ކެނޑުނު ސަބަބު؟ ” އާޝިޔާ ހާސްވެފައި ހުރެ އަހާލިއެވެ. ކޮންމެވެސް ކަމެއް ރޭ ހިނގައިފިއެވެ.

“އާނ.. އަަހަރެން އެހިން އޭނަ ނުބުނެ ވަކި އެއްޗެއް.. ދެން އަހަރެން އެހިން ލާރި ބޭނުމިއްޔާ ފަސް ނުޖެހި ބުނަންޗޭ.. ކޮންމެ ކަމެއްވެސް ކޮށްދޭނަމޭ…. އެހެން ބުނީމަ އޭނާއަށް ރޮވުނުކަން އިނގުނު އެކަމު އޭނާ ބުނީ ގެ ކުއްޔަށް ދީގެންވެސް އޭނާއަށް ލިބެއޭ ލާރި.. މަދެއް ނޫނޭ.. ކޮށްދިން ހުރިހާ ކަމަކަށް ޝުކުރިއްޔާއޭވެސް އޭނާ ބުނި ދެން އިތުރު އެއްޗެއް ނުބުނެ ނިކުމެގެން ދިޔައީ… އާޝިޔާ… ދެން މާ ބޮޑަށް ނުވިސްނާ ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް…” އަކުރަމް ނީރާގެ ވާހަކަ ދައްކާ ނިންމާލުމަށްފަހު ފުން ނޭވައެއް ލިއެވެ. “ކޮބާ ޝާއިން؟؟؟ އޭނާ ކީކޭ ބުނީ؟؟” އަކުރަމް އަހާލިއެވެ. އާޝިޔާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. “ރަނގަޅުވާނީ އޭނާ ކުރަން ބޭނުން ކަމެއް ކުރަން ދޫކޮށްލިއްޔާ…” އަކުރަމް ވިސްނާލުމަށްފަހު އެހެން ބުނެލިއެވެ. އާޝިޔާވެސް އެ ގޮތް އެންމެ ރަނގަޅު ކަމަށް ދެކުނެވެ. “އެކަމު އާޝިޔާ ނީރާއާއި ވާހަކަ ދައްކާލަން ދާންވީނު… އަހަންނަށް ޔަޤީން އޭނާ ބުނާނެކަން…” އަކުރަމް އެކަން ހިނގި ގޮތް އޮޅުންފިލުވާލަން ބޭނުންވިއެވެ. “އާނ…. އަހަރެން ދާންވީ އެގެއަށް…” ދެމީހުންވެސް ވާހަކަ ދައްކަން ތިބުމަށްފަހު ފޯނު ބާއްވާލިއެވެ.

އާޝިޔާ ނީރާ ކައިރިއަށް ދިޔުމަށް ނިންމިއެވެ. އެހެން ކަމުން އަޅާލައިފައި އިން ބުރުގާ ބަދަލުކޮށްލުމަށްފަހު ކުޑަކޮށް ރީތިވެލިއެވެ. އަދި ކޮޓަރިން ނިކުމެގެން ދިޔައީ ފާތުމަތު ކައިރި ޝާއިން ބަލާލުމަށާއި ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނަމުންނެވެ. އާޝިޔާ ޑްރައިވަރަށް ގޮވާލުމުން އޭނާ ނިކުމެގެން އައެވެ. އަދި ކާރަށް އާޝިޔާ އެރުމާއި އެކު ނީރާ މެންގެ ގެއަށް މިޝްރާބް ޖެހިއެެވެ.

……

ނީރާ އޮފީހުން އައިގޮތަށް އައިސް ސޯފާ މަތީ އިށީނދެލިއެވެ. ގެންގުޅޭ ހޭންޑް ބޭގް އެއްލާލީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ނަމަވެސް އެ ހިތަކަށް ކުޑަވެސް ހަމަޖެހުމެއް ނުލިބުނެވެ. ޝާއިން ނީރާ ދެއްކި ވާހަކަ ގަބޫލު ނުކުރިނަމައެވެ. ނީރާއޭ ދޮގު ނުހަދާށޭ އެންމެފަހަރަކުވެސް ބުނިނަމައެވެ. ނީރާއަށް ރޮވުނެވެ. ޝާއިން އަންނާނެ ނަމައެވެ. ކޮންމެކަމެއް ކޮށް ނިންމުމަށްފަހު އެކަން ނުވިނަމައޭ ބުނެ އެކަމާ ދެރަވެ ހެދުމަކީ އިންސާނީ ތަބީއަތެކެވެ. ނަމަވެސް “ނަމަ” އަކުން ކެއްކޭނެ ރިހައެއް ނޯންނާނެއެވެ. ޝާއިން އެއް އަނބުރާ ނާންނާނެއެވެ. އެހާވެސް ބޮޑަށް ނީރާ އޭނާ ދެރަކޮށްލިއެވެ.

“ދީވާނާ ވޭ މޫސުމް… ތިޔަހެން ބަލާލުމުން…

ހިނިތުންވީމާވެސް މާ ފޮޅޭ… ނޭނގޭ ޖާދޫ އެކޭ..

ހިތުގައި އުފަންވަނީ… ..

…..”

އިވިގެން ދިޔައީ ނީރާގެ ފޯނުގެ އަޑެވެ. ފޯނު ސައިލެންޓަށް ނުލާ އޮތުމުން ރިންގިންޓަން އިވިގެން ދިޔައެވެ. މުޅި ސިޓިންގް ރޫމްގައި އެ ލަވަ އިވިގެންދިޔައެވެ. އެއީ ނީރާއަށް ޝާއިން ކީ ލަވައެއްގެ ރިކޯޑިންއެވެ.ފޯނުގެ ރިންގިންޓަން އަށް އެ ލަވަ ލީވެސް ހުދު ނީރާއެވެ. އެ ލަވައިގެ އަޑު އިވުމާއި އެކު ނީރާގެ ހިތުގައި އިހުނަށްވުރެ ބޮޑަށް ރިއްސާލިއެވެ. ރޯންފެށުނެވެ. އަމިއްލަ ނަފްސު ދެކެ ރުޅި އާދެވެންފެށުނެވެ. ހުރިހާ ކަމެއްވެސް މިވީ ނީރާގެ ސަބަބުންނެވެ. ސޯފާއިން ތެދުވެގެން ގޮސް ދަބަހުން ފޯނުނެގިއެވެ. ގުޅަނީ ރާހިލްއެވެ. އެތަށް ފަހަރަކު މެސެޖްވެސް ކޮށްފައި އެބައޮތެވެ. ނީރާ ފޯނަށް ބަލަން ހުރުމަށްފަހު އަތުގައި ހުރި ބާރުލާ ހޫރާލިއެވެ. ފޯނު ގޮސް ޖެހުނީ ފާރުގައެވެ. އެއާއި އެކު ދެފަޅިވެ ފޯނު ތަށިމުށި މައްޗަށް ވެއްޓުނެވެ. އިވެމުން ދިޔަ ލަވައިގެ އަޑުވެސް ކެނޑުނެވެ. ކުއްލިއަކަށް ނީރާ ސިއްސައިގެން ދިޔައީ މީހަކު ދޮރުގައި ޓަކި ޖަހާލުމުންނެވެ. އެއީ ރާހިލްމެން ކަމަށް އޭނާއަށް ހީވިއެވެ. އެހެންކަމުން ހުރި ގޮތަށް ހުރީއެވެ.

“ދަރިފުޅާ..! ނީރާ؟؟؟” އިވިގެން ދިޔައީ އާޝިޔާގެ އަޑެވެ. ނީރާއަށް ތެޅިގަނެވުނެވެ. އަނެއްކާ ޝާއިން އާޝިޔާ ކައިރި އެ ވާހަކަތަށް ކިޔައިދިނީބާއެވެ. ނީރާ ބިރުގަތްވަރުން އޭނާ ހުރި ހާލުވެސް އަދި ސިޓިންގް ރޫމްގައި އެއްލާލެވިފައިވާ ފޯނާއި ދަބަސް ގެ މަތިންވެސް ހަނދާންނެތުނެވެ. އަދި އަވަސް އަވަހަށް ގޮސް ދޮރުހުޅުވާލިއެވެ. ނީރާގެ މޫނު ފެނުމާއި އެކު އޭނާގެ ހިނިތުންވުން ފަނޑުވިއެވެ. އަދި ދެބުމަ ގޮށްޖަހާލެވުނެވެ.އެ ހިނގި ކަމެއް އެ ހިނގީ ވަރަށް ގޯސްކޮންނެވެ.

ނީރާ އެއްވެސް އެއްޗެއް ބުނުމެއް ނެތި އާޝިޔާ ވަންނަން ތަން ދިނެވެ. އާޝިޔާ އެތެރެއަށް ވަނުމާއި އެކު ފެނިގެން ދިޔައި އެއްލާލައިފައި އޮތް ނީރާގެ ދަބަހާއި ހަލާކުވެފައި އޮތް ފޯނެވެ. ނީރާ ދޮރު ލައްޕާލުމަށްފަހު އެނބުރިލެވުނެވެ. އެއާއި އެކު އޭނާއަށް އެ އެއްޗެހިތަށް ފެނުނެވެ. އަވަސް އަވަހަށް ގޮސް ފޯނުގެ ބައިތަށް ނަގައި ދަބަހަށް ލުމަށްފަހު ދަބަސް ގެންގޮސް ސޯފާ މަތީ ބާއްވާލިއެވެ. އޭރު އާޝިޔާ ސޯފާމަތީ އިށީންނަނީއެވެ.

ނީރާ ހުރީ ދައްކާނެ ވާހަކައެއް ނޭނގިފައެވެ. އާޝިޔާ ނީރާ ކައިރި އިށީންދެލަން ބުނެލީ އޯގާތެރިކަމާ އެކުގައެވެ.

“ދަރިފުޅު ހަނދާންވޭތަ އެންމެ ފުރަތަމަ ދައްތައާއި ދިމާލަށް މަންމައޭ ބުނި ދުވަސް.. އެ ދުވަހުވެސް މި އުނގުމަތީ އޮވެގެން ހުރިހާ ޝަކުވާއެއް ކުރީ.. ކަރުނައެއް ބޭލީ… ދައްތަ އަބަދުވެސް ބުނަން ނީރާ އަކީ ދައްތަގެ ދެވަނަ ދަރިފުޅޭ.. އަބަދުވެސް ދައްތަ ދެކެނީ އެގޮތަށް…” އާޝިޔާ ވާހަކަ ދުރު ދުރުން ފެށިއެވެ. ނީރާ އިސްޖަހާލައިގެން އިނދެ ދެއަތް މޮޑެމުންދިޔައެވެ. ޝާއިން އެވާހަކަތަށް ދެއްކީބާއޭ ހިތަށް އަރަމުން ދިޔައެވެ. “ދައްތައަށް އިނގޭ މިއަދުވެސް ކޮންމެވެސް ކަމެއް ވެއްޖެކަން… ޝާއިން ހުރި ގޮތް ފެނި.. އަދި މިހާރު ނީރާ ހުރިގޮތް ފެނި ދައްތައަށް އިނގިއްޖެ ކުޑަ ކަމެއް ނޫންކަން ހިނގީ…” އާޝިޔާ އިސްޖަހާލައިގެން އިން ނީރާ އާއި ދިމާ ބަލާލަމުން ނީރާގެ ބޮލުގައި ފިރުމާލިއެވެ. އެއާއި އެކު ނީރާ ފަޅައިގެން ދިޔައެވެ. އެކަހަލަ އޯގާތެރިކަމެއް އޭނާ މިއަދު ބޭނުންވިއެވެ. އެކަހަލަ ފިރުމުންތަކެއް ބޭނުންވިއެވެ.

“ކިހިނެއްވީ؟؟؟” އާޝިޔާ ހާސްވިއެވެ. އޭނާއަށް ނީރާ ރޯގޮތްފެނި ހިތަށް ތަދުވާންފެށިއެވެ. އާޝިޔާ ނީރާގެ ބޯ ގެނެސް އޭނާގެ އުނގުގައި ބާއްވާލިއެވެ. އެއަށްފަހު ނީރާގެ ބޮލުގައި ފިރުމަމުން ދިޔައެވެ. އެތަށް އިރެއްވީފަހުން ނީރާގެ އަޑު ކެނޑުނެވެ. ނަމަވެސް ގިސްލުމުގެ އަޑު އިވެމުންދިޔައެވެ. “ދަރިފުޅާ!! ދެން ހުއްޓާލާ…. ކިޔައިދެންވީނު ދައްތައަށް ވީ ގޮތް..” ނީރާ އަށް ހުރިހާ އެއްޗެއް ކިޔައިދެވުނީ ބޭއިހްތިޔާރުގައެވެ. އެ ހިތަށް އުނދަގޫވެގެންނެވެ. އެ އޯގާތެރިކަމުގެ ސަބަބުންނެވެ. ގިސްލަ ގިސްލާފައި ރޮމުން ނީރާ އެވާހަކަ ކިޔައިދިންއިރު އާޝިޔާ ގެ ވެސް ދެލޯ ފެންކަޅިވެގެން ދިޔައެވެ. ނީރާ އެކަންތަށް އެކޮށްދިނީ ޝާއިންއަށް ރަނގަޅަކަށެވެ. ޝާއިން ނީރާގެ ވާހަކަތަށް އާޝިޔާކައިރި ނުބުނީ ނީރާއަށް ރަނގަޅަކަށެވެ. އާޝިޔާ ދެމީހުންގެ ދޭތެރޭ ބެދުނުކަހަލައެވެ. އެހީވާނޭ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ނަމަވެސް މިކަން މީ ތަޤުދީރުގައި ލިޔެވިފައި އޮތްކަމެކެވެ.

ނީރާ އާޝިޔާގެ އުނގުން ބޯ ނެގިއެވެ. “ދައްތާ… މިވާ…ވާހަކަ ނުބުނާތި ޕް.ޕްލީސް.. އަޅު..ގަނޑު މިކަން ކު..ކުރީ ޝާއިންއަށް ޓަކާ…” ނީރާ އެހެން ބުނެލުމުން އާޝިޔާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. “ދައްތާ ޝާ…ޝާއިން ކޮ..ބާ؟؟” ނީރާ އަހާލިއެވެ. އާޝިޔާ ޝާއިންގެ ވާހަކަތަށް ނީރާއަށް ކިޔައިދިނެވެ. ޝާއިން މެލޭޝިޔާއަށް ދާން އުޅޭ ވާހަކައެވެ. ނީރާ ކިތަންމެ ދެރަވިއެއް ކަމަކު ޝާއިން އެކަން އެ ކުރަނީ ރަނގަޅަށް ކަން އިނގުނެވެ. “ދައްތާ… އަޅުގަނޑު ޝާއި..ން މާފު ކު..ކުރިން ކުރީގައި ހިނގި ހުރިހާ ކަމަކަށް…. އެ..އެކަމަކު ދަ..އްތާ އަޅުގަނޑަށް އެހެ..ން ބުނަން މަޖުބޫރުވީ.. ދައްކާނެ ވާހަކައެއް ނެތި..ތިގެން.. އަޅުގަނޑު ހިތް ޝާއިންއަށް ޓަކައި ސާފު… އަޅުގަނޑު މި ހުރިހާ……..” ނީރާ ހުއްޓަ ހުއްޓައިގެން ދެއްކި ވާހަކަ ހުއްޓުމަށް މަޖުބޫރުވީ އަނެއްކާވެސް އޭނާއަށް ރޮވެމުންނެވެ. “ދެން ހުއްޓާލާ.. ދައްތައަށް އިނގޭ ނީރާ ޝާއިން އަށް ދެރަ ގޮތެއް ވިއަކަ ނުދޭނެކަން…. ދައްތަ މިވާހަކަ ނުބުނާނަން އެކަކު ކައިރިވެސް އެކަމު ދަރިފުޅު ވެސް ޖެހޭނެ ނުރޮއެ ހިތްވަރުކުރަން…..” އާޝިޔާ ނީރާގެ ބޯ ގެނެސް އޭނާގެ އުނގުމަތީ ބާއްވާލަމުން އަނެއްކާވެސް ވާހަކަ ދެއްކީ ނަސޭހަތްތެރިވާގޮތަކަށެވެ.

އެތަށް ނަސޭހަތަކާއި އޯގާތެރި ބަސްތަކަކުން ނީރާ ހަމަޔަކަށް އެޅުނެވެ. “ރޭގައި ކިހިނެއްވީ؟؟؟” އާޝިޔާ ކުއްލިއަކަށް ހަނދާންވީ ޝާއިން ރޭގައި ބުނި ވާހަކައެވެ. އިތުރު ކަމެއް ހިނގިހެން އޭނާއަށް ހީވިއެވެ. ނީރާ އަށް އެއަށްވުރެ ބޮޑަށް ރޮވުނެވެ. މިހުރިހާ އިރު އޭނާ ރޭގައި ހިނގި ހާދިސާ ހުރީ ހަނދާންނެތިފައެވެ. ނީރާ އެވާހަކަވެސް ކިޔައިދިނެވެ. އާޝިޔާ ﷲ އަށް ހަމްދު ކުރީ ހުރިހާ ކަމެއް ރަނގަޅުވުމުންނެވެ. “ދެން ދަރިފުޅު ކިހިނެއް ހަދަނީ؟؟ ކީއްވެ ރިޒައިން ވީ؟؟” އާޝިޔާ އަހާލިއެވެ.

“އަޅުގަނޑު ހިޔެއް ނުކުރަން ޝާއިން މެލޭއަށް ދާނެ ކަމަށް ނިންމާނެކަމަކަށް.. ޝާއިން އޮފީސްގައި ހުންނާނެކަމަށް އަޅުގަނޑު ރިޒައިންވީ….” ނީރާ ބުނެލިއެވެ. “އަލުން ޖޮއިން ވާންވީނު…” އާޝިޔާ ވިސްނީ ނީރާއަށް ރަނގަޅަކަށެވެ. ހިނގި ކަންތަށް ހަނދާންނެތޭނީ މީހުންގެ ތެރޭގައި އުޅެމުންނެވެ. ނީރާ ބޯ ޖަހާލިއެވެ. “އެކަމު އަކޫބެ އަނެއްކާވެސް……” “ބޭބެ އޯކޭ ވާނެ…. އެހާ ބޮޑަށް ނުވިސްނަންޗޭ ދެން.. އިނގޭ.. ދައްތަ އަބަދުވެސް ހުންނާނެކަން ހަނދާންކުރަންޗޭ..” އާޝިޔާ އެހެން ބުނެލުމުން ނީރާ ބޯ ޖަހާލިއެވެ. “އެކަމު އަޅުގަނޑު ޖޮއިން ކުރާނީ ވީކެއް ފަހުން… ވީކެއްގެ ލީވް ނަގާނީ.. ދައްތާ ބޭބެ ގެ މައްސަލައެއް ނޯންނާނެ ދޯ؟” ނީރާ އެހެން ބުނެލުމުން އާޝިޔާ އާއެކޭ ބުނެލަމުން ނީރާގެ ބޮލުގައި ފިރުމާލިއެވެ. ނީރާގެ ކެތްތެރިކަމާއި މެދު ހިތާހިތުން ޝުކުރުކޮށްލިއެވެ. އަދި ނީރާއަށް ހެޔޮގޮތް މެދުވެރިވުމަށް ދުޢާ ކޮށްލިއެވެ. ހިތުގެ އަޑިން ރާބިޔަތު އާއި އަސްފާޤް ގެ ތަރުބިއްޔަތާއި މެދު އުފާކޮށްލިއެވެ. މިދުނިޔެއަށް ދޫކޮށްލާފައި އެ ދިޔައީ ހިތްވަރުގަދަ އަދި އެހެންމީހުންގެ އުފަލަށް ވިސްނާ ހެޔޮ ދަރިއެކެވެ.

 

-ނުނިމޭ..-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ތިޔަ ލޯބީގައި ހިތްވަނީ.. ދިވާނާވެފާ…!

Next

ނިމިދާނެ ޖާނާ ހިތާ 1

Next
February 22, 2016

ނިމިދާނެ ޖާނާ ހިތާ 1

Previews
February 22, 2016

ތިޔަ ލޯބީގައި ހިތްވަނީ.. ދިވާނާވެފާ…!

13 Comments!

  1. Ryn says:
    February 22, 2016 at 9:45 am

    hey guys.. hre is the nxt prt.. hwp lyk vaane kamah.. n i knw m again late… bt hama ryn ah vaa varakun up kurany mi.. m soo sry… thnkx fr reaedin.. enjoy

    1. Shaihaaa says:
      February 22, 2016 at 9:43 pm

      Dhen adhi komme faharaku buneyey late v ma sorry ey..ehen bunumah vure maaragalhu vaane dhw avahaaa up kolliyyaa..kiyaa hithun keh nuvey viyya…hiyeh nuvey mivaahaka vx ehkoh genes dheyne henneh..abadhu mi site ga reethi vaahaka liyaameehun ehen hadhaane..varah foohi vey..hadhaan nethey fahun aneb part up kurevenee…e ahvure maarangalhu nuliyunas…..
      Dhen up nukkoh hurefa next year ga up kuragaaa

  2. naaanu says:
    February 22, 2016 at 9:53 am

    dhen ryyyn e dhe myhun gulhuvan vejjennu dhen…mi part ves v salhi ingey…avahah e dhe myhun gulhuvaaba….shine dheravaathy dhera vey ?????

  3. naaanu says:
    February 22, 2016 at 9:54 am

    ohhh i frst dho.yayyyyyyyy ?????

  4. Ninni says:
    February 22, 2016 at 9:57 am

    Pls upload soon

  5. twnkl str says:
    February 22, 2016 at 10:00 am

    Wowwww

  6. nala says:
    February 22, 2016 at 10:56 am

    dhen mivaru veemaves meehakah emeehehge amilla ihusaasthah neygidEta v joke

  7. SARA says:
    February 22, 2016 at 11:05 am

    Thankolheh kury.. happy vejje aashiyaahtha ekan engunyma.. v baraabaru mi vaahaka.. dhn oiy bai vx avaahah up kohdhehcchey. V kiyaa hithun mi iny..

  8. řëđ~ņìqãbý says:
    February 22, 2016 at 1:23 pm

    What what?! Adhi neyngun sababeh ekm? i mean nee shaain dhookohlli..*confused*
    But reethi mi part ves ma sha allah..when next?

  9. pinkish says:
    February 22, 2016 at 1:25 pm

    Belkani akahnoon, belkanyyah

  10. lai says:
    February 22, 2016 at 1:29 pm

    hehehe seriously? moya nee .. .. shaain ah rangalhakh sho pis pis hama v bodu moya eh nee aky hehe .. ryn mi part kiyaafa v dhera vehje … v v v v v v v v v v rythi mibai vess .. jst wowww .. superb hehe .. alheyy pls avahah up kohdhehchey ryn .. miss u alott .. n tgc rynu 🙂 😉

  11. Ily says:
    February 22, 2016 at 2:35 pm

    V reethi

  12. Mar Sha Marsha says:
    February 22, 2016 at 7:32 pm

    Nee ah haadha nuvisneyey dho!! Shine ah hurt kuri iru amilla hithah ehaa hurt vany keevve kan nuvisneytha?? Y is she so ignorant about her feelings for shine?? Adhi eves rayaan ge faraathun e liben ulhunu aniya ah fahu?? Cum on nee… just ask urself who u luv… evarah ehchehi keema shine ah ves vaane dho ehen.. ekamakuves shine ge hiy buney nee ge hurihaa vaahaka aky truth nooney… neee.. y dont u understand???? Ryn.. plz nee ah realize kohdhyba wats really in her heart… its not about hurting shine.. its about loving him.. n eves ehaa bodah… shine.. dont leave nee.. try to make her see her own true feelingssss.. vaahaka varaaaah rythi ryn

Comments are closed.

Next Episodeހާދަ ލޯބިންނޭ (16)←


All Right Reserved!