Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުދާނޭ ފިލާ 12

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
November 1, 2025 5 Mins Read
12 Comments

“ކާން ނިކުމެފަ ބޮޑުއްތައާ ބޭބެ ކައިރީ ބުނަން ވާނެ އިނގޭ ސާހިލް” އަތުގައި އޮތް ފައިލްގައި އިން ކަޅާ ހުދުގެ ސްކޭން ފޮޓޯއަށް ބަލަން ސޯފާގައި އިން ލަޔާލް ބުންޏެވެ.

“ނޫން..” ސާހިލް ވަގުތުން ބުންޏެވެ.

“ކިހިނެއްވީ؟ އަދިވެސް ބުނަން އަވަހީތަ؟ އެކަމު ސާހިލްވެސް ބުނީމެއްނު ސްކޭން ކޮށްފަ ދެން ބުނާނީއޭ؟” ސާހިލްއާ ދިމާއަށް ބަލާލަމުން ލަޔާލް ބުންޏެވެ.

ސާހިލް ޖަވާބެއް ނުދީ ބެލްކަންޏަށް ނިކުތެވެ.

“ސާހިލް.. ކިހިނެއްވީ؟ ކޮން ކަމަކާ ތިހާ ވަރަށް ތި ވިސްނަނީ؟” ސާހިލްގެ ފަހަތުން ނިކުމެ ކައިރީގައި ހުއްޓިލަމުން ލަޔާލް އަހާލިއެވެ. ފާއިތުވި ދެ ހަފްތާއެއްހާ ދުވަހު ސާހިލްގެ ފަރާތުން ފެންނަމުން ދިޔަ ހިމޭންކަމުން ލަޔާލްއަށް އުނދަގޫވީއެވެ. ސާހިލް ވިސްނަނީ ކޮން ކަމަކާ މެދުކަން އޮޅުންފިލުވަން ލަޔާލް ބޭނުންވިއެވެ.

“ލަޔާ.. އަހަރެން ބުނާ ގޮތެއް ހަދާނަންތަ؟” އެނބުރި ލަޔާލްއާ ކުރިމަތިލަމުން ސާހިލް އެހިއެވެ.

ލަޔާލް ބޯ ޖަހާލިއެވެ.

“އެބޯޓް ދެޓް ބޭބީ!” ސާހިލް ބުނެލީ ކިތަންމެ މަޑުން ނަމަވެސް ލަޔާލްއަށް ސާފުކޮށް އަޑު އިވުނެވެ.

“ސާހިލް!” ލަޔާލްއަށް ގޮވާލެވުނެވެ.

“ލަޔާއަށް އެހެން ޗޮއިސްއެއް ނެތް. އަހަރެން ބުނާ ގޮތަށް ހަދާ!” ދެންވެސް ސާހިލް ހަމަ އެ ރާގުގައި އިއްވާލިއެވެ. ލަޔާލްއަށް ހީވީ ނުވެސް ދަންނަ މީހަކު ކުރިމަތީ ހުރި ހެންނެވެ. ސާހިލްގެ ފަތާރުން އެ ވަގުތު ލަޔާލްއަށް އިހުސާސް ކުރެވުނީ ދުރުކަމެވެ. އެ އަޑާ ރާގުން ހިތްހަމަނުޖެހުމާ ރުޅި އިހުސާސް ކުރެވުނެވެ. ބަލިވެ އިން ކަން އެނގުނު ދުވަހު ސާހިލްގެ ކިބައިން ފެނުނު އުފާވެރިކަން ލަޔާލްއަށް އެރޭ ކުޑަކޮށްވެސް ފާހަގައެއް ނުކުރެވެއެވެ.

“ކީއްވެ؟ ސާހިލް އަދި ބޭބީއެއް ބޭނުން ނުވަނީތަ؟ އެކަމަކު ބޭނުމޭވެސް ބުނީ ސާހިލްއެއްނު؟” އިޚްތިޔާރެއް ނެތި ލަޔާލްގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ.

“ޕްލީޒް ލަޔާ.. ޑޯންޓް ޑޫ ދިސް!” ލަޔާލްއާ ދުރަށް މޫނު އަނބުރާލަމުން ސާހިލް ބުންޏެވެ.

“ކީއްވެ ކަން ބުނެބަލަ.. ކުރިން ސާހިލް ކިހާ އުފާވި؟ ކުއްލިއަކަށް ކިހިނެއް ވީ؟ ބޮޑުއްތަމެން ކައިރީ އަދި ނުބުނަން ވީތަ؟” ސާހިލް ބާރަށް އެއްޗެއް ނުބުނި ނަމަވެސް އެ ވަގުތު ސާހިލް ހުރީ ވަރަށް ރުޅި އައިސްފައިކަން ލަޔާލްއަށް އިހުސާސް ކުރެވުނެވެ. ސަބަބެއް ނޭނގޭތީ ލަޔާލްއަށް އެއްވެސް އެއްޗެއް ނުވިސްނިފައި ހުރެ ސުވާލު ކުރަމުން ދިޔައެވެ.

“ލަޔާއަށް އެނގޭނެ..” ސާހިލް ދިން ޖަވާބުން ލަޔާލްއަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ.

“އަހަންނަށް ނޭނގޭތީއެއްނު މި އަހަނީ. ކޮން ކަމަކާތަ ސާހިލް ކަންބޮޑު ވަނީ؟ ބުނެބަލަ..” ސާހިލްގެ މޭގައި އަތް ޖައްސާލަމުން ލަޔާލް ސާހިލްއާ ކައިރި ވެލިއެވެ.

ނަމަވެސް ސާހިލް ޖެހިލީ ދުރަށެވެ. ލަޔާލްގެ ހައިރާންކަން އިތުރު ވިއެވެ. ސާހިލްއަށް ވެގެން އުޅޭ ގޮތެއް އެއްގޮތަކަށްވެސް ލަޔާލްގެ ވިސްނުމަކަށް ނައެވެ. ކުއްޖަކު ބޭނުން ވެގެން ފުރަތަމަ ބުނީވެސް ސާހިލްއެވެ. ބަލިވެ އިންކަން އެނގުނު ދުވަހު ސާހިލް އުފާވި ވަރު ލަޔާލް ހަނދާން ހުއްޓެވެ. ނަމަވެސް ފަހުން ސާހިލްއަށް އެ އައި ބަދަލެއް ލަޔާލްއަކަށް ނުވިސްނުނެވެ.

“ސާހިލް ޕްލީޒް، ވާހަކަ ދައްކަބަލަ! ވީ ގޮތެއް ބުނެބަލަ!” ލަޔާލް އެދުނެވެ.

“އަހަރުމެންގެ މެދުގަ ކަމެއް ނުވާތާ އެހާ ދުވަސް ވީ އިރު ލަޔާ ޕްރެގްނަންޓް ވީ ކިހިނެއް؟” އިރުކޮޅަކު ލަޔާލްއާ ދިމާއަށް ބަލަން ހުރެފައި ހިތަށް އުނދަގޫ ކުރަމުން ދިޔަ ސުވާލު ސާހިލް ކޮށްލިއެވެ.

ލަޔާލްއަށް ސާފުކޮށް އަޑު އިވުނު ނަމަވެސް އިވުނު އެއްޗެއް ޔަގީނެއް ނުކުރެވުނެވެ.

“ކީކޭ..؟” ލަޔާލްއަށް އަހާލެވުނެވެ.

“އެނިވަރސަރީ މަންތް އެކީގަ އަހަރުމެން ތިބީ ދުރުގަ. އޭގެ ކުރިން ލަޔާ ޕްރެގްނަންޓްއެއް ނޫން ކަން ޔަގީން. ރިޒޯޓަށް ގޮސް ތިބި ދެ ރޭ އަހަރެން ލަޔާއާ ކައިރިއެއް ނުވަން، ދެން ލަޔާ ޕްރެގްނަންޓް ވާނެ ގޮތެއް ބުނެބަލަ” ސާހިލް ބުންޏެވެ.

“އޯހ!” ލަޔާލްއަށް ހިނިއައިސްފައި އަމިއްލަ ނިތްކުރީގައި ޖަހާލެވުނެވެ. އެރޭގެ އެއްވެސް ކަމެއް ސާހިލް ހަނދާން ނެތް ކަން ލަޔާލް ހަނދާން ނެތުނީއެވެ.

“އެރޭ މަތިން ސާހިލް ކުޑަކޮށްވެސް ހަނދާން ނެތްތަ؟ ޕްލީޒް، ޓްރައި ކޮށްލަބަ.. ރެސްޓޯރެންޓް އިން ނިކުމެގެން ދިޔަ ހަނދާން ވޭތަ؟ ބީޗް—”

“ޕްލީޒް ސްޓޮޕް!” ލަޔާލްއަށް ފުރިހަމަ ނުކުރެވެނީސް ސާހިލް ބާރަށް ގޮވާލަމުން ލަޔާލް ހުއްޓުވިއެވެ. ސާހިލްގެ ބާރު އަޑުން ސިހިގެން ދިޔަ ލަޔާލްއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

“އެރޭ ވީ ގޮތް ހަނދާން ނެތަސް އަހަންނާ އެކީ ލަޔާލް ނެތް ކަން އަހަންނަށް އެނގޭ. ލަޔާ ދޮގު ނުހަދާ. ކާކުތޯ، ކޮން އިރަކުތޯ އަހަންނެއް ނާހާނަން. އަހަރެން ބުނާ ގޮތަށް ހަދާ” ލަޔާލްއާ ދިމާއަށް ބަލާނުލާ ހުރެ ސާހިލް ބުންޏެވެ.

“އެނގޭތަ ތި ކިޔެނީ ކީކޭ ކަން؟ އެރޭ ވީ ގޮތް ސާހިލް ހަނދާން ނެތުން އެއީ އަހަރެން ކުށްވެރި ވާން ޖެހޭ ކަމެއް ނޫން” ސާހިލްގެ ވާހަކަ ހުރި ގޮތުން ލަޔާލްވެސް ރުޅިއައެވެ.

“ލަޔާ އެކަންޏެއް ނޫން ކުށްވެރިއަކީ.. އަހަރެން ގަބޫލު ކުރަން.. އެހެންވެ މި ބުނަނީ އަހަރެން ލަޔާއާ އެއްވެސް ސުވާލެއް ނުކުރާނަމޭ. އެކަމަކު އަހަންނަށް ތި ބޭބީއެއް އެކްސެޕްޓްއެއް ނުކުރެވޭނެ” ސާހިލް ބުންޏެވެ.

“ޕްލީޒް ސާހިލް، ތިހެން ނުބުނޭ. އަހަންނަށް ޓްރަސްޓް ކޮށްބަލަ.. އެރޭގެ އެއްވެސް ކަމެއް އަހަރެން ހަނދާނެއް ނުނެތެއޭ، ސާހިލް ނޫން މީހަކު އަހަރެން—” ލަޔާލްއަށް ފުރިހަމަ ކުރާނެ ފުރުޞަތެއް ސާހިލް ނުދިނެވެ.

“އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން. އަހަރެން ބުނާ ގޮތަށް ހަދާ!” ލަޔާލްގެ ދެ ކޮނޑުގައި ހިފަހައްޓަމުން ސާހިލް ބުނެލީ އެއީ ސާހިލްގެ އެންމެ ފަހުގެ ނިންމުން ފަދައިންނެވެ.

“ސާހިލްއެއް ކަމަކު ތި ކަހަލަ ކަމަކަށް އަހަންނަށް ފޯސްއެއް ނުކުރެވޭނެ. ނުކުރާނަން!” ކުޑަ އިރުން ފެށިގެން އަންނަ ގަދަ ރުޅިއާއެކު ލަޔާލްގެ އަޑު ބާރުވިއެވެ. ނަމަވެސް ކުރިން ހެން ލަޔާލްއަށް ބާރަށް ހަޅޭކެއް ނުލެވުނެވެ. އެހެން ބުނުމާއެކު ރޮވުނީއެވެ.

ބޭނުން ވި ގޮތަށް އަޑުގަދަކޮށް އެ ރުޅި ބޭރު ނުކުރެވުމުން ލަޔާލްއަށް އެހެން ގޮތެއް ހޯދަން ޖެހުނެވެ. ލޯ ފޮހެމުން ދިޔަ ނަމަވެސް ކަރުނަ އައުން ނުހުއްޓުމުން އެންމެ ކައިރީގައި، ބެލްކަންޏަށް ނިކުންނަ ދޮރު ކައިރީ ހުރި ޕްލާސްޓިކް ވާސް ނަގާ އަތުގެ ކޮޅަށް އެއްލާލިއެވެ. ރީތިވާ މޭޒުގެ ލޯގަނޑުގައި ޖެހި ތަޅައިގެން ދިޔަ ގޮތައް ބިއްލޫރިތައް ފައިބައިގެން ދިޔަ އަޑު މުޅިން ނުކެނޑެނީސް ލަޔާލް ކޮޓަރިއަށް ވަދެ އެނދުގައި ހުރި ބާލީސްތައް ނަގާ އުކާލިއެވެ. ރީތިވާ މޭޒާ ދިމާއަށް ދިޔަ ލަޔާލް ތެޅިފައި ހުރި ބިއްލޫރިތަކުގެ މައްޗަށް އެރުމުގެ ކުރިން ސާހިލް ލަޔާލްގެ އަތުގައި ހިފާ ގެނެސް މޭގައި ޖައްސާލިއެވެ.

ހަމަ އެ ވަގުތު އެ ކޮޓަރީގެ ދޮރު ހުޅުވާފައި އިރުފާންއާ މާހިރާ އެތެރެއަށް ވަނެވެ.

“ދޫކުރޭ.. ދޫކުރޭ..” ސާހިލްގެ އަތު ތެރެއިން ނިކުންނަން ގަދަ ހަދަމުން ލަޔާލް ހަޅޭލަވަމުން ދިޔައެވެ.

“ސާހިލް..!”

“ލަޔާލް..!”

މާހިރާއާ އިރުފާންއަށް އެއްފަހަރާ ގޮވާލެވުނެވެ.

“ސާހިލް، ދޫ ކޮށްލަބަލަ އިހަށް..” ބިއްލޫރިތަކަށް ސަމާލުވެ ހުރެ މާހިރާ އައިސް ލަޔާލްގެ އަތުގައި ހިފަހައްޓާފައި ބުންޏެވެ.

“މަންމާ..!” ސާހިލް ދޫކޮށްލުމާއެކު ރޮމުން ދިޔަ ލަޔާލް މާހިރާގެ ގައިގައި ބައްދައިގަންނަމުން މަންމައަށް ގޮވާލެވުނެވެ.

“ކިހިނެއް ވެގެން މި އުޅެނީ؟ ކޮން ކަމަކާ ތި ޒުވާބު ކުރަނީ؟” ހިތްހަމަނުޖެހުމާއެކު މާހިރާއަށް އަހާލެވުނެވެ.

“މަންމާ.. މީ އަހަންނާ ލަޔާލްގެ ކަމެއް.. ޕްލީޒް، މަންމަ ސުވާލު ނުކުރޭ” އިސް ޖަހާލަމުން ސާހިލް ބުންޏެވެ.

“އަހަރެން ކައިރީ ބުނި ހެން މަންމަ ކައިރީވެސް ބުނޭ” ދެ ލޯ ފޮހެމުން މާހިރާއާ ދުރަށް ޖެހިލާފައި ލަޔާލް ސާހިލްއަށް ބުންޏެވެ.

“ލަޔާލް!” ސާހިލްއަށް ލަޔާލްގެ ނަމުން ބާރަށް ގޮވާލެވުނެވެ.

“ލަޔާލް، ދަރިފުޅު ބުނެބަލަ!” އިރުފާން އެ ވަގުތު ލަޔާލްއާ ކައިރިއަށް ޖެހިލަމުން ބުންޏެވެ.

“ބައްޕާ، މި ބުނީނު މީ ލަޔާއާ އަހަރެންގެ ކަމެކޭ—” ސާހިލް ދެންވެސް ނުބުނަން އުޅުނެވެ. ނަމަވެސް ލަޔާލްއަށް އެ ގޮތެއް ކަމަކު ނުދިޔައެވެ.

“ބޮޑުއްތާ.. އަހަރެން ބަނޑުބޮޑު.. އެކަމަކު ސާހިލް ބުނަނީ ބޭބީ އެބޯޓް ކުރާށޭ” މާހިރާގެ ދެ އަތުގައި ހިފާލަމުން ލަޔާލްއަށް ބުނެވުނު އިރު އަނެއްކާވެސް ރޮވިއްޖެއެވެ.

“ސާހިލް، ތެދެއްތަ އެއީ؟” ސާހިލް އެފަދަ އެއްޗެއް ބުނެފާނެ ކަމުގައި ގަބޫލު ކުރަން މާހިރާއަށް ދަތިވިއެވެ.

“އަހާބަލަ ކީއްވެ ތޯ އެހެން ބުނީ” ރުޅި ގަދަވެފައި ހުރި ސާހިލްގެ އަޑުވެސް ބާރުވިއެވެ.

“ސާހިލް ބުނެބަލަ! އަމިއްލައަކަށްނު ތި އެއްޗެއް ކިޔައިގެން ތި އުޅެނީވެސް” ލޯ ފޮހެމުން ލަޔާލް ބުންޏެވެ.

“ތީ.. ތީ.. އަހަރެންގެ.. މަންމާ.. އެއީ އަހަރެންގެއެއް ނޫން..” ހުއްޓަހުއްޓާފައި ސާހިލް އެންމެ ފަހުން ބުންޏެވެ.

“ސާހިލް! ތި ކަހަލަ އެއްޗެއް ބުނަން ވާނީ ވަރަށް ޔަގީން ވެގެން އިނގޭ! ހީވާ ހީވުމަކަށް ބުނާ ކަހަލަ އެއްޗެއްސެއް ނޫން ތީކީ” މާހިރާގެ ސިކުނޑިއަށް ސާހިލް ބުނި އެއްޗެއް ނަގައިގަންނަން އިރުކޮޅެއް ނެގިއެވެ. އެއާއެކު ވާހަކަ ދެއްކުނީ ހިތްހަމަނުޖެހުމާ އެކުއެވެ.

“އަހަންނަށް ޔަގީން ނުވާ ނަމަ ނުބުނާނަން” އިސް ޖަހާލަމުން ސާހިލް ބުންޏެވެ.

“ސާހިލް! މޮޔަވެފަތަ ތިހުރީ؟ އެނގޭތަ ތި ބުނެވެނީ ކިހާ ވަރެއްގެ އެއްޗެއް ކަން؟ އަހަރެން ހަނދާން އެބަ ހުއްޓޭ. އަހަރެން މި ބުނަނީ އެރޭ އަހަންނާ—”

“ސްޓޮޕް އިޓް! ބީ އޮނެސްޓް ލަޔާ! ދޮގު ނުހަދާ އެއްބަސްވޭ. އަހަރެން ލަޔާލް ދޫކޮށެއް ނުލާނަން. އެކަމަކު ތި ބޭބީއެއް ގަބޫލެއް ނުކުރެވޭނެއޭ މި ބުނަނީ” ސާހިލް އަނެއްކާވެސް ބުންޏެވެ.

“އެރޭ އަހަންނާ ސާހިލްގެ މެދުގަ ކަމެއް ނުވެޔޭ ތިހާ ޔަގީން ކަމާއެކީ ސާހިލް ތި ބުނަނީ ކީއްވެ؟ ހެއްކަކީ ކޮބާ؟ އަހަރެން ދޮގު ހަދަންޏާ ސާހިލް ތި ބުނަނީ ތެދެއް ކަން ސާބިތު ކުރޭ!” ލަޔާލްވެސް ގޮތްދޫނުކޮށް ބުންޏެވެ.

“އަފްޒާ!” ސާހިލް ބުނެލީ ހަމައެކަނި އެ ނަމެވެ.

“އަފްޒާ..؟ ކިހިނެއް އަފްޒާ މި ކަމުގެ ތެރެއަށް އައީ؟” ލަޔާލްއަށް ނުވިސްނިގެން އެހިއެވެ.

“އަފްޒާއަކީ ކާކު؟ ތި މީހަކާ މި ކަމާ ހުރި ގުޅުމަކީ ކޮބާ؟” މާހިރާވެސް އެކަން އޮޅުން ފިލުވަން ބޭނުންވިއެވެ.

މަންމައާ ބައްޕައާ ކުރިމަތިލާން ނުކެރިގެން ސާހިލް އަނެއް ފަރާތަށް އެނބުރުނެވެ.

“ސާހިލް!” އިރުފާން އެ ވަގުތު ގޮވާލިއެވެ.

އެރޭގެ ކަންތައް ވީހާވެސް ކުރުކޮށް ސާހިލް ކިޔާދިނެވެ. އަފްޒާގެ ފަރާތުން އެނގުނު ގޮތަށެވެ. އެއީ ސާހިލްއަށްވެސް ގަބޫލު ކުރެވުނު ގޮތަށެވެ.

ސާހިލް ވާހަކަ ހުއްޓާލުމުން ކޮޓަރިތެރެއަށް ވެރިވެގެން ދިޔަ ހިމޭން ކަން ނައްތާލީ އިރުފާން ކުރިއަށް ޖެހިލާ ސާހިލްގެ އަތުގައި ހިފާ އިރުފާންއާ ކުރިމަތި ވާނެހެން އަނބުރާލުމާއެކު ސާހިލްގެ މޫނުގައި ޖެހި އަޑުންނެވެ.

މާހިރާއާ ލަޔާލްއަށް އެ ދެބަފައިންނާ ދިމާއަށް ބަލަހައްޓައިގެން ތިބެވުނީއެވެ.

“ސާހިލްއަކަށް ނުވިސްނޭތަ؟ އޭނަ އެ އުޅެނީ އަހަންނާ ސާހިލްގެ މެދަށް ވަންނަން ވެގެން—” ލިބިގެން ދިޔަ ސިހުމުން އަރައިގަނެވުމުން ލަޔާލް އެއްޗެއް ބުނަން އުޅުނެވެ.

“ދެޓްސް އިނަފް ލަޔާލް! އަހަރެން ލަޔާލް ދެކެ ވަރަށް ލޯބިވޭ، އަދިވެސް ލަޔާލްއާ އެކީ އުޅެން މިހުރީ. އެކަމަކު ތި ކުއްޖާއާ އެކީ ލަޔާލް ބަލައެއް ނުގަނެވޭނެ. ކުށްވެރި ވަނީ ލަޔާލް އެކަންޏެއް ނޫން، އަހަރެން ކުރި ކަންތަކަށް އެއްބަސްވެ މާފަށް މި އެދެނީ. ލަޔާލް އެއްބަސް ވާކަށް ނުޖެހޭނެ، މާފަށްވެސް އެދޭކަށް ނުޖެހޭނެ. އަދި އެއީ ކާކުތޯ ބުނާކަށްވެސް ނުޖެހޭނެ. ޖަސްޓް ގެޓް ރިޑް އޮފް ދެޓް ބޭބީ އެންޑް ކަމް ބެކް ޓު މީ!” ސާހިލް ހީވީ އެންމެ ފަހުގެ ނިންމުން އިއްވާލި ހެންނެވެ.

“އަހަރެން އެ ވަރުގެ ކަމެއް ކުރިއްޔާ ސާހިލް ތިހެން ބުނީމަ އެއްބަސް ނުވާނެތަ؟ އަހަންނަކީ އެހާ ދޮގު ހަދާ މީހެއްތަ؟ ލޯބިވެޔޭ ބުނާ އިރު ކުޑަކޮށްވެސް ޓްރަސްޓްއެއް ނުކުރެވޭތަ؟ ހަނދާން ކޮށްބަލަ ސާހިލް، އޭރު ވީ ކަންތަކުގަ އިތުރު ސުވާލެއް ނުކޮށް ސާހިލްގެ ބަހަށް އަހަރެން ޓްރަސްޓް ކުރިން. ސާހިލް ބުނީމަ ގަބޫލު ކުރިން. އެކަމަކު ސާހިލްއަށް އަހަރެންގެ ބަހަށް ވުރެ މުހިންމު ވީ އަފްޒާގެ ބަސް، އަހަންނަށް ނުކުރެވުނު ޓްރަސްޓް ތި ކުރަނީ އޭނައަށް. އެއީތަ ސާހިލް ލޯބިވާ ގޮތަކީ؟” ސާހިލްއާ ދިމާއަށް ބަލަން ހުރެ ލަޔާލް ވާހަކަ ދެއްކިއެވެ. ނަމަވެސް ސާހިލް ޖަވާބެއް ނުދިނެވެ.

“ސާހިލް، އަހަންނާ ސުވާލު ކުރޭ، ސާހިލްއަށް ޔަގީން ވަންދެން އަހާ. އަހަރެން ބުނަނީ ތެދު ކަން ސާހިލްއަށް ގަބޫލު ކުރެވެން ދެން އަހަރެން ކިޔާދޭނަން. ޕްލީޒް، ތިހެން ނުހުރެ އަހާބަލަ، ހަޅޭ ލަވާބަލަ!” ލަސް ފިޔަވަޅުތަކެއްގައި ގޮސް ސާހިލްގެ ކުރިމަތީ ހުއްޓިފައި ލަޔާލް ސާހިލްގެ އަތުގައި ހިފާލަން އުޅުނެވެ. ނަމަވެސް ސާހިލް ދުރަށް ޖެހިލީއެވެ.

“އެއްވެސް ސުވާލެއް ކުރާކަށް ބޭނުމެއް ނޫން. ލަޔާލް އަހަރެން ދެކެ ލޯބިވާ ނަމަ، އަހަންނާ އެކީ އުޅެން ބޭނުން ނަމަ އަހަރެން ބުނާ ގޮތަށް ހަދާ!” ސާހިލް ބުންޏެވެ. އަދި ކޮޓަރިން ނިކުމެގެން ދިޔައެވެ.

“ސާހިލް..!” ލަޔާލް ގޮވާލި ނަމަވެސް ސާހިލް މަޑެއް ނުކުރިއެވެ.

ދެ އަތުން މޫނު ފޮރުވާލަމުން ލަޔާލް އެނދުގައި އިށީނެވެ.

“ލަޔާ، ސާހިލް ބުނި ގޮތަށް ދަރިފުޅު ކަންތައް ކުރޭ. އެންމެ ރަނގަޅު ގޮތަކީ އެއީ” ލަޔާލް ކައިރީ އިށީނދެފައި މާހިރާ ބުންޏެވެ.

“ބޮޑުއްތައަށްވެސް އެހެންތަ ހީވަނީ؟ އަހަރެން އެހާ ވަރުގެ ކަމެއް ކޮށްފާނެ ކަމަށް ބޮޑުއްތައަށްވެސް ގަބޫލު ކުރެވޭތަ؟” ލަޔާލްއަށް އަހާލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އަބަދުވޭ ހިތުގާ މަގޭ 26

Next

ވާނުހޭ ގާތުގާ- ކެރެކްޓާ ތަޢާރަފް

Next
November 1, 2025

ވާނުހޭ ގާތުގާ- ކެރެކްޓާ ތަޢާރަފް

Previews
November 1, 2025

އަބަދުވޭ ހިތުގާ މަގޭ 26

12 Comments!

  1. Anonymous says:
    November 1, 2025 at 12:09 pm

    Alheyyy…
    Afzaaa gandu….
    Can’t wait for next
    Layaa ah ehen nuhadhaa…
    Alhey Saahil vx layaa Dhaka’s vaahaka adu ahaane nama..

    1. Mar Sha Mar Sha says:
      November 3, 2025 at 12:24 am

      asluves dho, thank u dear

  2. 🦋 says:
    November 1, 2025 at 1:22 pm

    Oh myyy godd i can’t wait next part kiyaa hithun😭 Marshaaaa oh my God.. Alhe saahil…..
    heeves nukuran saahil ehn vedhaane kamakah 😑 ehaa kiyaa hithun indha e nimuny ves 🙁
    Vrh reethi Maa Sha Allah
    Next part ge inthizaaruga eba inin

    1. Mar Sha Mar Sha says:
      November 3, 2025 at 12:26 am

      hehe, thank u 🦋, next inshaAllah on tuesday inge

  3. Ninaa says:
    November 1, 2025 at 4:10 pm

    Hope layaa ehaa avahah saahil ah maaf nukuraane kamah layaa bunihenn ithubaareh nukoh ehenn anhenakah e ithubaaru kuree saahil v bodah maafah edhi aadheys kuraa thann dheken beynumee

    1. Mar Sha Mar Sha says:
      November 3, 2025 at 12:27 am

      hmm, saahil should ask for forgiveness on his knees dho, thank u Ninaa

  4. Aisha says:
    November 1, 2025 at 10:38 pm

    Masha Allah vrh reethi ♥️.. dhemafirin dheytheriyah ithuru anheneh athuvehje nama kiyaane kameh e dhemyhun dhuru kuruvaafa noonee maithiri eh nuvaane😏 Sahil vx rangalu dhw layaa dhahkaa vaahaka ahan loabi vanyaa ithubaaru vx kuran vaane

    1. Mar Sha Mar Sha says:
      November 3, 2025 at 12:29 am

      saahil ah loabi vevunu goiy kamakunudhey dho, love doesn’t work without trust, thank u Aisha

  5. eena_luv says:
    November 2, 2025 at 6:14 pm

    Wowww 🥰🥰 nice… Beautiful story.. 😊 I love your stories.. They are all beautiful and heart touching ❤️ YOU TOO ARE BEAUTIFUL 🌹

  6. Mar Sha Mar Sha says:
    November 3, 2025 at 12:30 am

    oh, thank u eena dear

  7. Kokila Modi says:
    November 3, 2025 at 1:19 pm

    mi vaahaka varah reethi
    when is next part. me and gopi bahu varah eba inthizaaru kuran next part ah.

  8. Mar Sha Mar Sha says:
    November 3, 2025 at 1:55 pm

    hi kokila, i love your comments as much as u love my stories dear, InshaAllah maadhama 13 upload kollaanan.

Comments are closed.

Next Episodeހިތަކުން ނުދާނޭ ފިލާ 13←


All Right Reserved!