Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ރިހުން (40)

Krystal Level 510 Stories100 Login100 Comments
October 28, 2025 4 Mins Read
2 Comments

މިންހާ ކުޑަކޮށް ދޮރު ހުޅުވާ އެތެރެއަށް ނަޒަރު ހިންގާލިއެވެ. އޭރު މަންސޫރެއް ފެންނާކަށް ނެތެވެ. ދޮރު ލައްޕާލާފައި ފަހަތަށް އެބުރިލި އިރު މަންސޫރު ހުރީ މިންހާ ފަހަތުގައެވެ. ކުއްލިއަކަށް މަންސޫރު ފެނުމުން މިންހާއަށް ހަޅޭއްލަވައިގަނެވުނެވެ. މިންހާގެ ހަޅޭކުގެ އަޑު މުޅި ގޭތެރެއަށް ގުގުމާލިއެވެ.

“ސާބަސް ދަރިފުޅާ… ކީއްވެތަ ވަގު ބުޅަލެއްހެން އައިސް ބައްޕަ ކޮޓަރި ތިބަލަނީ…” މަންސޫރު ގާތަށް ހިނިވެސް އައެވެ.

“ބައްޕަ ނުން ވަގު ބުޅަލެއްހެން އައިސް އަހަރެން ބިރު ގަންނަވަން ތިހިރީ..” ކައިރީގައި އިން ސްވިޗަށް ފިތާލާ މަންސޫރު ކޮޓަރި ކައިރި އިންނަ ބޮކި މިންހާ ދިއްލާލިއެވެ.

“ބައްޕަ ބަލީތަ.. ހޮސްޕިޓަލަށް ގޮއްސަތަ ތިއައީ.. ކީއްވެ އެކަނި ދިޔައީ.. އަހަންނަށް ގޮވި ނަމަ…” މިންހާ އެއްނޭވާ އަކުން އެތައް އެއްޗެއް އަހަން ފެށިއެވެ.

“ހަމަޖެހޭ… ބައްޕަ މިއައީ ޔާސިން އަށް ލޭ ދީފަ ސާރޖަރީ އަކަށް..” މަންސޫރަށް ބުނެވުނީ މިވަރަށެވެ.

“ޔާސިން އަށޭ… ކިހިނެއްވީ ޔާސިން އަށް… ކޮންތާކު އޮތީ” މިންހާގެ ސުވާލުތައް އަނެއްކާ އަންނަން ފެށިއެވެ. ޔާސިން އޭ ބުނުމުން އޭނާގެ ކަންބޮޑުވުން އިތުރު ވިއެވެ. މަންސޫރު އޭޑީކޭގައޭ ބުނުމުން މަޑުކުރުމެއް ނެތި މައްޗަށް އަރާ ނިދާ ހެދުން ބަދަލު ކުރުމަށް ފަހު އޭޑީކޭއަށް ދާން ހިނގައިގަތެވެ. މަންސޫރުވެސް އިތުރަށް މިންހާ ހުއްޓުވާކަށް ނޫޅެއެވެ. ކޮންމެ ގޮތެއްވިއަސް މިންހާ އިނީ އަދި އިއްދައިގައެވެ.

*****

ހުޝާމް އާ ނޫރާ ސައިކަލުގައި އައިސް މަޑުކޮށްލީ ނޫރާމެން ގޭ ކުރިމައްޗަށެވެ. ގެޔަށް އައި މަގުމަތީގައި ހުޝާމް އެއްގޮތަކަށްވެސް އަގަޔަކުން ނުބުނެއެވެ. އެހެންކަމުން ނޫރާވެސް ހުރީ ވާހަކަ ދައްކަން ނުކެރިފައެވެ. ސައިކަލުން ފޭބުމަށްފަހު ދަނީ އޭބުނަން ހުޝާމް ކައިރިއަށް ޖެހިލަން އުޅެނިކޮށް ހުޝާމް މަޑު ނުކޮށް ސައިކަލުން ނައްޓާލިއެވެ. ނޫރާ އިތުރަށް ދެރަވީ މިހެންވެއެވެ. ހުޝާމް އޭނާ ދެކެ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައި ހުރި އިހުސާސެއް ކުރެވެން ފެށުނެވެ. މޫނު މަތި އެއްކޮށް މިލާވެހުރެ ގޮސް ގެޔަށް ވަނެވެ.

*****

“ޔާސިން ކިޔާ މީހެއް ސާރޖަރީ ހަދާފަ ކޮން ރޫމެއްގަ އޮތީ؟” އޭޑީކޭ އަށް ވަތް ގޮތަށް މިންހާ ކައުންޓަރުގައި އަހާލިއެވެ.

“ޕޭޝަންޓްގެ ޑީޓެއިލް ދެވޭނީ ހަމަ އެކަނި އާއިލާއަށް” ކައުންޓަރުގައި އިން ކުއްޖާ ބުނެލިއެވެ.

“އަހަރެމެންމީ އޭނަ އަންހެނުން.. މި ދެން އާއިލާއަށް ނުވަންޔާ ތި މައުލޫމާތެއް ނުދީ… އަހަންނަށް ވަރަށް ނުހޯދޭނެ ވިއްޔާ..” މިންހާ އަނެއްކާވެސް ކުރިއެކޭ އެއްގޮތަށް ސިގު ރުޅި އަންނަން ފެށިއެވެ.

“މާފް ކުރައްވާ.. 3 ވަނަ ފްލޯގެ ރޫމް 302 ގަ އޮތީ” އެކުއްޖާ މިހެން ބުނުމާ އެކު މިންހާ ދުން ކަޑާފައި ގޮސް ލިފްޓަށް އެރިއެވެ.

ކޮޓަރި ތެރޭގައި ވީ ފަޑު އައްޔެކެވެ. ޔަޝްފާ ޔާސިންގެ އަތުގައި ހިފާލައިން ފިރުމާލަ ފިރުމާލާ އިނެވެ. ހޭ އަރާނެ ވަގުތެއްގެ އިންތިޒާރު ކުރެވެމުން ދިޔައެވެ. ޔަޝްފާ ސިއްސައިން ދިޔައީ ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުމުންނެވެ.

“ކަލޭތީ ކާކު؟” ޔަޝްފާ ފެނުމުން މިންހާ އަހާލިއެވެ.

“ތީކާކު؟” ސުވާލަށް ޖަވާބު ނުދީ ޔަޝްފާވެސް ކޮށްލީ ސުވާލެކެވެ. އެ އަލީގެ ތެރޭގައި ޔަޝްފާ އަކަށް އައިސް ހުރީ މިންހާ ކަން ވަކި ނުވެއެވެ.

“އަހަރެން ދޯ ފުރަތަމަ އެހީ.. ކަލޭތީ ކާކުހޭ… މިތާ ކީއްކުރަނީ؟ މިންހާ ގާތަށް ރުޅިއައެވެ. އައިސް ޔާސިން އެދުކައިރި މަޑުކޮށްލިއެވެ.

“އަހަރެންމީ ޔާސިންގެ ރައްޓެއްސެއް.. އަދި ޑޮކް…” ޔަޝްފާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް މިންހާ ވާހަކަ ދައްކަން ފެށިއެވެ.

“ހޫ.. ދެން ކަލޭދޭ… މިތާ ކޮންމެ ހެން ހުންނާނެ ކަމެއްނެތް..” މިންހާ ދޮރު ދައްކާލަމުން ބުނެލިއެވެ.

“އަޅުގަނޑު މިތަނުން ދާނީ ތީ ކާކުކަން ބުނީމަ.. ކޮންމެ ކޮންމެ މީހަކަށް ޔާސިން ހަވާލެއް ނުކުރެވޭނެ…” ޔަޝްފާ ނުދާން ހިފާލިއެވެ.

“ކޮންމެ ކޮންމެ މީހެކޭ.. ބަލަ މަމީ ޔާސިންގެ އަންހެނުން.. ކަލޭއާ ނެގެންޔާ ގޮސް ފައިލް އެއްޗެއް ބަލާލާ އަހަރެން އިންނާނީ އެހީތެރިޔަކަށް ރަޖިސްޓްރީ ކޮށްފަ..” މިންހާ ޔަޝްފާގެ އަތުގައި ހިފާ ކޮއްޕާލަމުން ބުނެލިއެވެ. އިތުރަށް މަސްލަހަތަށް ބަލާފައި ޔަޝްފާވެސް އެކޮޓަރިން ނިކުތެވެ.

“ޔާސިން…” ޔާސިންގެ މޫނުގައި އަތް ޖައްސާލަމުން މިންހާ ގޮވާލިއެވެ. ޔާސިން އަދިވެސް އޮތީ ސާރޖަރީން ހޭ ނާރައެވެ. ގޮޑީގައި އިށީނުމަށްފަހު ޔާސިންގެ އަތް ނަގާ ދޮނެއް ދިނެވެ. ޔާސިންގެ މުހިންމުކަން އޭނާއަށް އިހުސާސް ކުރެވެން ފެށުނީ އޭނާ ވަރިކުރި ފަހުންނެވެ. މިދިޔަ މަހެއްހާ ދުވަސް ތެރޭ ޔާސިން އާ އަލުން ގުޅޭތޯ ހެދޭނެ ގޮތްތަކާ މެދު މިންހާ ވަރަށް ވިސްނިއެވެ. ޔާސިންގެ މޫނަށް ބަލަހައްޓައިން އޭނާ އިންދާ ނިދި ޖެހުނެވެ.

މިންހާއަށް ހޭލެވުނީ އޭނާގެ އަތު ތެރޭގައި އޮތް ޔާސިންގެ އަތް ތެޅުމުންނެވެ. ޔާސިންއަށް ހޭވެރިކަން ވީކަން އިގުމުން އަވަހަށް ތެދުވެލާފައި ޔާސިން މޫނާ ކައިރި ވެލިއެވެ. ޔާސިން ކުޑަކޮށް ލޯ ހުޅުވާލިއެވެ. އޭނާ އަށް އެވަގުތު ފެނުނީ މިންހާއެއް ނޫނެވެ. ޔަޝްފާއެވެ. އަތް ނަގާ މިންހާ ގައިގާ ބައްދާލިއެވެ. މިންހާ ހީކޮށްގެން ހުރީ ޔާސިން އޭނާއަށް މާފުދީ އަލުން އެގުޅުން ކުރިއަށް ގެންދަން ނިންމީ ކަމަށެވެ.

މިންހާވެސް ޔާސިން މޭމަތީ ބޯ އަޅާލާ ބައްދާލިއެވެ. މިންހާގެ ހޫނު ނޭވާ ޔާސިންގެ މޭމައްޗަށް އެޅެމުން ދިޔައެވެ. ޔާސިންގެ ހިއްސުތަށް ހޭ އެރި ކަހަލައެވެ. މިންހާގެ މޫނު ނަގާ ކޮލަށް ދޮނެއް ދިނެވެ. ދެމީހުން ޖަޒުބާތުގައި ޖެހެމުން ދިޔައީ ހީ ނުކުރާހާ އަވަހަށެވެ.

*****

ނޫރާ އެދުގައި ދެކޮޅަށް ފުރޮޅިލަ ފުރޮޅިލަ އޮތެވެ. ހުޝާމް ދުވަހަކުވެސް އެހާ މޫޑީ ވެފައި ހުއްޓާ އޭނާ ނުދެކެއެވެ. މިއަދު އޭނާއަށް ބާއި ވެސް ނުބުނެ ދިއުމުން ލޮލަށް ނިންޖެއްވެސް ނައެވެ. ހުޝާމްއަށް ގުޅަން އެތަށް ފަހަރަކު ފޯނު ނަގާ ބަލާލައެވެ.

“ނޫރާ ތިހާ ފިޑިވެ ނުކެރިގެން ކިހިނެއް މި ރިލޭޝަން ކުރިއަށްދާނީ” އަމިއްލަ ނަފްސާ ނޫރާ ވާހަކަ ދެއްކިއެވެ. ފުން ނޭވާއެއްލާފައި ހުޝާމް ނަންބަރަށް ގުޅަން ފިއްތާލަން އުޅެނިކޮށް ހުޝާމް ނޫރާއަށް ގުޅަން ފެށިއެވެ. މަންމާއޭ ކިޔާ ފޯނު އެދު މައްޗަށް ނޫރާ ވައްޓާލިއެވެ. އަނެއްކާވެސް ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“ސޮރީ ނޫރާ.. މިރޭ ބައްޕަ އާ ނޫރާ ބައްޕަ އާ އެދިމާވި ކަންތަކާ ވިސްނަން ހުރީމަ އަހަންނަށް ނޫރާއަށް ބާއިވެސް ނުބުނެ ނައްޓާލެވުނީދޯ..” ހުޝާމް ދިޔައީ އޭނާ ދެކެ ރުޅިއައިސްގެން ނުން ކަން އެގުމުން ނޫރާ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

“އިޓްޒް އޯކޭ… އަހަރެން ހިތަށްވެސް އެރި އެހެންވެއޭ.. މާބޮޑަށް ނުވިސްނާ އަހަރެން ބައްޕަ އަކަށް ނުން އިނގޭނީ އަހަރެން އިންނާނެ މީހެއް…” ނޫރާ ބުނެލިއެވެ.

“ތިބުނީ ނޫރާ އަހަންނާ އިންނާނަމޭތަ؟” ހުޝާމް ހިތަށް ލިބުނު ފިނިކަމެއް ބުނަންވެސް ނޭގެއެވެ. އޭނާވެސް ބޭނުން ވަނީ އަވަހަށް އިންނަންށެވެ. ރައްޓެހިވެގެން މިހެން އުޅުމަކީ އޭނާ މާ ގަޔާވާ ކަމެއް ނޫނެވެ.

“ހުޝާމް ބޭނުމިއްޔާ… އަހަރެން މިހިރީ އިންނަން ތައްޔާރަށް…” ނޫރާ ލަދުރަކި ގޮތަކަށް ބުނެލިއެވެ.

“ޔެސް…. ވޫހޫ….. އަހަރެން ވަރަށް އުފާވެއްޖެ…. ތިކަމާ ހިގާ ތަންކޮޅެއް ހަމަ ޖެހިލައިން ވާހަކަ ދައްކަން… ދެން ދޭ ނިދާލަން.. ލޭ ދިނީމަ ވަރަށް ވަރުބަލި ވާނެނުން… ގުޑް ނައިޓް ލޯބީ.. މާދަން ގުޅާނަން އިނގޭ….” ހުޝާމް މިހެން ބުނުމުން ނޫރާވެސް ގުޑްނައިޓް ބުނެލިއެވެ. އަދި ހުޝާމް ފޯނު ބޭއްވުމުން އުފަލުންގޮސް އެދުމައްޗަށް ވެއްޓިގަނެ ދެއަތާ ދެފައި މައްޗަށް ނަގާ ތަޅުވަން ފެށިއެވެ.

****

މިންހާ އަށް ހޭލެވުނީ ދޮރުގައި ނަރުހަކު ޓަކި ޖަހާލުމުންނެވެ. ތެދުވެ ބަލާލި އިރު އޭނާ އޮތީ ޔާސިންގެ އެދުގައި ޔާސިން ކައިރި އެވެ. އަވަހަށް އެދުން ތެދުވެ ހެދުން ރަގަޅު ކޮށްލާ އަތުގެ އިގިލިތަކުން އިސްތަށިގަނޑު ހަމަޔަކަށް އަޅުވާލިއެވެ. އަދި ޔާސިންގެ މެޔާ ހަމަޔަށް ފޮތި ގަނޑު އަރުވާލިއެވެ.

ނަރުސް ކުއްޖާ އާ އެކު ޔަޝްފާވެސް އައެވެ.

“ދަންވަރު ހޭލި.. އަތް ކޮންމެވެސް ވަރަކަށް ހަރަކާތް ކުރި..” މިންހާ ބުނެލިއެވެ.

“ދެން ކީއްވެތޯ އަޅުގަނޑުމެންނަށް އިންފޯމް ނުކޮށްލީ… ސާރޖަރީ ޕޭޝަންޓުން ހޭ އަރާ ގޮތަށް ޑޮކްޓަރަކު ޖެހޭނެ އެޓެންޑު ވާން ..” ޔަޝްފަ ހިތް ހަމަ ނުޖެހިފައި ބުނެލިއެވެ.

“ކިހިނެއްތަ އެހާ ހޮޓް ގަޑިއެއްގަ ޑޮކްޓަރަކަށް ގޮވާނީ..” މިންހާ މިހެން ބުނީ ވަރަށް މަޑުމަޑުންނެވެ.

“އޭނ.. ކީކޭ” ކޮންމެވެސް އެއްޗެއް މިންހާ ބުނިހެން ހީވެގެން ޔަޝްފާ އަހާލިއެވެ.

“އެއްޗެކޭ ނުން.. އަހަންނަށް ފަހުން ނިދުނީ” މިންހާ މިހެން ބުނިތަނާހެން ޔާސިރު އައިސް ކޮޓަރިއަށް ވަނެވެ.

“ބައްޕާ… އެކަނިތަ ތިއައީ..” މިންހާ ޔާސިރު ކުރެން އަހާލިއެވެ.

“އާނ.. އެކޮއެ ބައްޕަ ބުނީމަ ދޯ ތިއައީ ދެން ދޭ ގެޔަށް ކުޑަމީހާ ހޯދާނެނުން..” ޔާސިރު ވިސްނީ ނައިރާއާ ދޭތެރޭއެވެ. މިންހާވެސް އިތުރަށް މަޑުކުރަން ހުރީ ލަދުންނެވެ. ޔާސިން ހޭލާފައި އޭނާއަށް ބުނާނެ އެއްޗެސް ނޭގެއެވެ.

“ޔަޝްފާ ބޭބެ އެބަ އަންނަން ސައި ބޮއެލައިގެން… މަޑުކޮށްލަދީ އިނގޭ” ޔާސިރު މިހެން ބުނުމުން ޔަޝްފާ އާނއެކޭ ބުނުމަށް ބޯ ޖަހާލިއެވެ.

ޔާސިރު ނިކުމެގެން ދިއުމުން ޔަޝްފާ ޔާސިން އަށް ގޮވާލިއެވެ. ދެތިން ފަހަރަކު ގޮވި ތަނާ ޔާސިން ލޯ ހުޅުވާލިއެވެ.

ޔަޝްފާ ކުރިމަތީ ހުރިތަން ފެނުމުން ކުޑަކޮށް ލަދުގަތެވެ. ރޭގައި އެވީ ކަންތަކާ އަނެއްކާ ޔަޝްފާ ހިތްހަމަ ނުޖެހޭނެ ބާއޭ ޔާސިން ހިތައް އެރިއެވެ. ރަގަޅަށް ދެލޯ ހުޅުވާލި އިރު ޔަޝްފާ ހުރީ އުފަލުން ރޮވިފައެވެ. މީގެ 8 ގަޑި އިރު ކުރިން އޭނާ ހީކުރީ ޔާސިން އުމުރަށް ގެއްލެނީ ކަމުގައެވެ. ޔާސިން ޔަޝްފާގެ އަތުގައި ހިފާލިއެވެ. އަދި ފަޑު ހިނިތުންވުމެއް މޫނު މައްޗަށް ވެރިކޮށްލިއެވެ.

-ނުނިމޭ-

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

ހަނދަކީ ކަލާ ކަމުގާވިޔަސް 14

Next

އާއެކޭ ލޯބިވޭ… އެގާރަވަނަބައި ( ކައިވެނީގެ މުހިންމު ކަންކަން ނިމިގެންދިއުން)

Next
October 28, 2025

އާއެކޭ ލޯބިވޭ… އެގާރަވަނަބައި ( ކައިވެނީގެ މުހިންމު ކަންކަން ނިމިގެންދިއުން)

Previews
October 28, 2025

ހަނދަކީ ކަލާ ކަމުގާވިޔަސް 14

2 Comments!

  1. Anonymous says:
    November 1, 2025 at 11:30 pm

    Dhen in part kon irakun tho?

  2. imko says:
    November 2, 2025 at 3:03 pm

    Can’t wait for next part

Comments are closed.

Next Episodeހިތުގެ ރިހުން (41)←


All Right Reserved!