Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ހަވޭލީ – އަށާވީސްވަނަ ބައި

Mariyam Imna
Mariyam Imna Level 210 Stories100 Login
November 11, 2025 3 Mins Read
6 Comments

“އަ…އަހރެންގެ މަންމަ…ކުރި ކަމަކަށް އަދަބު ދެ..ނީ….އަހަރެންނައްތަ؟” ތުރުތުރު އަޅާހާލު ޔުމްނާ ބުންޏެވެ. “ކަލޭ މަންމައަކީ ކަލޭ ހާ ގަމާރު މީހެއް ނޫން. އެހެންނޫނަސް ހުސްނާއަށް ކެތްވާނެތަ ކަލެއަށް އަނިޔާ ލިބޭ މަންޒަރު ބަލަން؟” އެ މަޚްލޫޤު ހެމުން ބުންޏެވެ. “އެކަމަކު އެނގޭތަ އެހާ ފަސޭހައިން ޔުމްނާއާއި އަހަރެން އަވަލެވި ގޮތް؟” އެ މަޚްލޫޤު ހުރިހާ ދަތްތަކެއް ދައްކަމުން ބުންޏެވެ.

ޔުމްނާ އޭގެ ރައްދުގައި ބޯހޫރުވާލިއެވެ. އެ މަޚްލޫޤުގެ ހިނިތުންވުން ފުޅާވިއެވެ. އަދި ފަހަތަށް އިޝާރާތް ކޮށްލިއެވެ.

ޔުމްނާގެ ދެލޯ ނުވެއްޓުނީ ކިރިޔާއެވެ. އެ މަޚްލޫޤުގެ ފަހަތުގައި ދެ އަތް ހަށަން ބަނދެގެން ހުރީ ފަރާ ނޫން ދެވަނަ މީހެއް ނޫނެވެ.

********

ޔުމްނާގެެ ދެލޯ ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ޔުމްނާ ނިކަން ރަނގަޅަށް ފަރާގެ މޫނަށް ބަލާލިއެވެ. އެ މޫނުމަތިން އެއްވެސް ކަހަލަ ނުތަނަވަސްކަމުގެ އަސަރެއް ޔުމްނާއަކަށް ހޯދާ ހޯދާ ވެސް ނުފެނުނެވެ. އެއްވެސް ހިތާމައިގެ ކުލަވަރެއްވެސް އޭނާއަކަށް ނުފެނުނެވެ. ހަމައެކަނި ފެނުނީ ހުސްކަމެވެ. އެއްވެސް އަސަރެއް އެ މޫނުމަތިން ޔުމްނާއަކަށް ނުފެނުނެވެ.

ނަމަވެސް ޔުމްނާގެ ހިތުގެ ތެރޭގައި އެތަކެއް އިހްސާސްތަކެއް ހޭލައްވައިލައިފިއެވެ. ޔުމްނާ މަޑުމަޑުން ކޮޅަށް ތެދުވިއެވެ. އޭރު ޔުމްނާގެ ދެލޮލުން ދިޔައީ ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުންނެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެމުން ޔުމްނާ ފަރާއާއި ދިމާއަށް ގަބޫލު ނުކުރެވޭ ފަދައަކުން ތުރުތުރު އަޅާ އިނގިއްޔެއް ދިއްކޮށްލިއެވެ. “ކީ…ކީއްވެ؟ ކީއްވެތަ…ތިހާ ބޮޑު….ކެއްސެއް އަހަރެންނަށް ތިދިނީ!؟؟” ޔުމްނާގެ އަޑު ކުރެހިފައިވާ ހާލު ފަރާއާއި ދިމާއަށް ބުންޏެވެ. އޭގެ ރައްދުގައި ފަރާ ބަލައިލީ އޭނާގެ ކުރިމަތީގައި ހުރި މަޚްލޫޤާއި ދިމާއަށެވެ.

އެ މަޚްލޫޤު ފަރާއާއި ދިމާއަށް މަކަރުވެރި ގޮތަކަށް ބަލައިލިއެވެ. އަދި އެއަށްފަހު ޔުމްނާއާއި ހަތަރު ކަޅި ބައްދަލުކުރިއެވެ. “މީހުން ބުނެއެއްނު ވިދާހާ އެއްޗަކީ ރަނެއް ނޫނޭ؟ ކަލެއަށްވެސް ތިހިރީ އެހެން ވެފަ! ފެންނަހާ އެއްޗަކަށާއި މީހަކަށް އިތުބާރު ކުރަންޏާ، ވާނީ މިހެން! ވަރަށްވުރެ ގަމާރު ވީމަ ވާނީ ތިހެން!” އެ މަޚްލޫޤު އެއްވެސް ރަހުމެއް ނެތި ބުންޏެވެ.

ޔުމްނާގެ ދެއަތް މުއްކަވާލިއެވެ. އަދި އަނެއްކާވެސް ފަރާއާއި ދިމާއަށް ބަލާލިއެވެ. “ކަލޭ ކިޔައިދިން އެއްވެސް ވާހަކައަކީ ތެދު ވާހަކެއްތަ؟ ނޫނީ އަހަރެންނަށް ކިޔަދިނީ ހުސް ނުވާ ކަންކަމުގެ ވާހަކަތަ؟” ޔުމްނާގެ އަޑުގައި ހުރި ހަރުކަށިކަން އަޑު އިވިފައި ފަރާ ކުޑަކޮށް ފަސްޖެހުނެވެ. ނަމަވެސް އެކަން ފޮރުވަމުން އޭނާގެ އިސް ހިއްލާލިއެވެ. އަދި ޔުމްނާ ކައިރިއަށް ހިނގައިގަތެވެ.

“އަހަރެން ނުކިޔައިދެން ދޮގު އެއްވެސް ވާހަކައެއް. އަހަރެން ހަމަ އަސްލަށްވެސް މަރާލެވުނީ ކަލޭގެ މާމަ އަހަރެންނަށް ހެދި ސިހުރުގެ ސަބަބުން. އެކަމަކު ނިކަން ރަނގަޅަށް ޔުމްނާ ވިސްނާލަބަލަ. ތިއީ ހަމަ އެ ސަރީފާގެ ލޭ ހިނގާ އޭނާގެ މާމަ ދަރިއެއް. ކަލެއަށް ބަލާލި ކޮންމެ ފަހަރަކު އަހަރެންނަށް ފެންނަނީ ސަރީފާ. ޔުމްނާ ހީކުރީތަ އަހަރެން ދެން ސަރީފާއާއި އެއްވެސް ގުޅުމެއް ހުރި މީހަކަށް އިތުބާރުކުރާނެއޭ؟ އަހަރެން ދުވަހަކުވެސް ބުނިންތަ ޔުމްނާއާއި އެއްކޮޅަށް ހުރި ވާހަކަ؟ އަހަރެން ބޭނުންވަނީ ބަދަލު ހިފަން.” ފަރާ އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުންޏެވެ.

ޔުމްނާ އަތް މުއްކަވައިގެން ހުރިލެއް ބާރުކަމުން އެތަނުން ދިޔައީ ލޭ ތިކި ޖަހަމުންނެވެ. “ދެން….އަހަރެންނަށް އޮޅުވާލީއޭ ކިޔާފަ ފަރާއަށް އިންސާފު ލިބޭތަ؟” ޔުމްނާ އެހިއެވެ. “އަނހާ، އަދި އޮޅުވާލައިގެން ނުނިންމަމޭ.” ފަރާ މާނަ ފުން ގޮތަކަށް ބުންޏެވެ. ޔުމްނާގެ އަތް މުއްކަވާފައި ހުރި ތަނުން ދޫކޮށްލިއެވެ. “މި ފަހަރު ނިންމާލާއިރު މި ދުނިޔޭގައި ސަރީފާގެ ލޭ ހިނގާ އެންމެ އިންސާނެއްވެސް ނުހުންނާނެ.” ފަރާ ޔުމްނާގެ ލޭ ތިކި ފައިބަމުން ދިޔަ އަތަށް އިޝާރާތް ކޮށްލަމުން ބުންޏެވެ.

ޔުމްނާ މަޑުމަޑުން ފަހަތަށް ޖެހެން ފެށިއެވެ. އޭރު އޭނާގެ މުޅި ދުނިޔެ ދިޔައީ އެނބުރެމުންނެވެ. ހަޤީގަތުގައިވެސް އޭނާގެ މުޅި ދުނިޔެ އެކީގައި ފަނާ ވެއްޖެއެވެ. އިތުބާރު ކުރާނެ މީހަކު ނެތެވެ. އެހީއަށް އެދި ގޮވޭނެ މީހެއްވެސް ނެތެވެ. ޔުމްނާއަށް ދުއްވައިގަނެވުނީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ. އޭނާ މި އޮޅުން ބޮޅުމުގެ ތެރެއިން ސަލާމަތް ވާން ޔުމްނާ ހާދަ ބޭނުމެވެ. ނަމަވެސް…

ޔުމްނާ ދުއްވައިގަތް ތަނާ ހެން އޭނާގެ ކުރިމައްޗަށް އެ މަޚްލޫޤު ފާޅުވެއްޖެއެވެ. އެ މަޚްލޫޤު ޔުމްނާގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ. “ކޮންތާކަށް ދާން ކަމަށްތަ ތިއުޅެނީ؟؟” ބަރު އަޑަކުން އެ މަޚްލޫޤު އެއްސެވެ. “އަހަރެންގެ އަތުން ދޫކޮށްލާ! ދޫކޮށްލާށޭ! އަހަރެންނަށް ވާވަރަށް އަނިޔާ ކޮށްފީމެއްނު ކަލޭމެން ދެމީހުން؟ ދެން ދޫކޮށްލާށޭ! އަދިވެސް ތި ދެ މީހުންގެ ދަހި ހިތްތަކެއް ނުފުރޭ ދޯ؟ ފުރިއްޖެތަ؟ އޭނ؟!” ޔުމްނާ މޮޔައެއްހެން ހަޅޭލަވަމުން އެ މަޚްލޫޤުގެ ބާރުގަދަ އަތުން ސަލާމަތްވެވޭތޯ ތެޅެމުން ފޮޅެމުން ދިޔައެވެ.

ޔުމްނާއަށް ވަމުން ދިޔަ ގޮތް ފެނިފައި އެ މަޚްލޫޤު ޔުމްނާގެ އަތުން ދޫކޮށްލިއެވެ. އެ ވެސް ބިރު ގަތީ ކަންނޭނގެއެވެ. ޔުމްނާއަށް އެ މަޚްލޫޤުގެ ބާރުގަދަ އަތުތެރެއިން މިނިވަންވެވުމުން ބާރުބާރަށް އަނެއްކާވެސް ދުއްވައިގެތެވެ. ތަނެއް ދޮރެއް ނުބަލާ ދުވަމުން ދިޔައިރު އެކި ތަންތަނުގައި ފައި އަޅައިގަނެ ޔުމްނާ އިރުއިރު ކޮޅާ ވެއްޓެއެވެ. ނަމަވެސް އަނެއްކާވެސް އަލުން ތެދުވުމަށްފަހު ދުއްވައިގަނެއެވެ.

ޔުމްނާގެ ސިކުނޑި ތެރޭގައި އެތަކެއް ހިޔާލުތަކެއް އެއްފަހަރާ އެނބުރެމުން ދިޔައެވެ. ފަރާ ބޭވަފާތެރިވި ގޮތެވެ. އޭނާއަށް ޖިންނި އަވަލުމެވެ. އޭނާގެ މަންމަ އޭނާއަށް ސިހުރު ހެދުމެވެ. ރަށަށް އައި ފަހުން އޭނާއަށް ހަގީގަތް އޮޅިއްޖެއެވެ. ބޮލުގައި އޭނާގެ ލެއިން ކަޅިވެފައިވާ އަތުން ހިފަހައްޓާލަމުން ބިންމައްޗަށް މަޑުމަޑުން ޔުމްނާ ތިރިވިއެވެ. އަދި ހަޅޭލަވައިގަތެވެ. އާދައިގެ ހަޅޭކެއް ނޫނެވެ. އެ ހަޅޭކުގެ އަޑަށް ގަސްގަހުގައި ނިދާފައި ތިބި ކާޅތަކާއި ދޫނިތައްވެސް އުދުއްސައިގަތެވެ. ޔުމްނާއަށް ވަމުން ދިޔަ ގޮތް އެ ދޫނިތަކަށްވެސް އިހުސާސް ކުރެވުނު ކަހަލައެވެ.

ޔުމްނާ ވެލިގަނޑުގައި އަތް މުއްކަވާލިއެވެ. އަދި އެއަށްފަހު ވެލި މުށެއް ނަގާ އެ ހޫރުވާލިއެވެ. މިފަދައިން އަނެއް އަތުންވެސް އޭނާ އެހެން ހެދިއެވެ. އެހެން ހަދަމުން ބިންމަތީގައި ބޮޑު ވަޅެއް ކޮނުމަށްފަހު ޔުމްނާ އޭނާގެ ލެއާއި ކިލައިން ތަތްތެޅިފައިވާ އަތަށް ބަލައިލިއެވެ. އޭރު އޭނާގެ އަތުން ދިޔައީ ދިލަ ނަގަމުންނެވެ. ނަމަވެސް މި ވަގުތު ޔުމްނާގެ ހިތުގައި އެ ވޭން އިހްސާސް ކުރެވޭވަރަކަށް ހިތްވަރެއް ނެތެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mariyam Imna
Follow Me Written By

Mariyam Imna

Level 210 Stories100 Login

Other Articles

Previous

ވިހަ ލޯބި 19

Next

އާއެކޭ ލޯބިވޭ ފަނަރަވަނަބައި ( ރާއްޖޭގެ ދެކުނުގެ އަޖައިބުކުރުވާ ރީތިކަން)

Next
November 11, 2025

އާއެކޭ ލޯބިވޭ ފަނަރަވަނަބައި ( ރާއްޖޭގެ ދެކުނުގެ އަޖައިބުކުރުވާ ރީތިކަން)

Previews
November 11, 2025

ވިހަ ލޯބި 19

6 Comments!

  1. Eekko 🤍 says:
    November 11, 2025 at 1:52 pm

    Mi part ves vrh vrh reethi
    Curiously waiting for the next one!

    1. Mariyam Imna Mariyam Imna says:
      November 15, 2025 at 7:28 pm

      Hi Eekko!
      Im so glad to know you loved this part as well!
      Insha Allah next part will be uploaded soon😁

  2. Kudu says:
    November 11, 2025 at 11:31 pm

    Maashaa Allah mi part ves v Reethi ❤️
    Alhey yumna ah thihen nahadhaa 😭she don’t deserve this😭😭
    I hope this has a happy ending mi vaa gothun 😭
    When next
    TC
    Lysm ❤️

    1. Mariyam Imna Mariyam Imna says:
      November 15, 2025 at 7:30 pm

      Hi Kudu!
      Yeah as her writer i feel really bad for Yumna but its for the plot😭
      We’ll see the ending very soon👀
      Im so glad you liked this part as well!
      TC and Lytt!!😍

  3. elly says:
    November 13, 2025 at 11:44 pm

    I just came across this story and read it all in one sitting since it was interesting you have a way of captivating the readers with the way you write horror stories hoping next part gets uploaded soon and its longer than this

  4. Mariyam Imna Mariyam Imna says:
    November 15, 2025 at 7:33 pm

    Hi Elly,
    Reading all these episodes in one sitting is insane! But im so glad you loved it enough to do so!
    Unfortunately, the recent episodes have been much shorter, which is due to my busy schedule, but I will try to make it longer in the near future.
    Next episode coming soon!

Comments are closed.

Next Episodeހަވޭލީ – ނަވާވިސްވަނަ ބައި←


All Right Reserved!