Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ހަވޭލީ – ހަތާވިސްވަނަ ބައި

Mariyam Imna
Mariyam Imna Level 210 Stories100 Login
October 25, 2025 4 Mins Read
5 Comments

“އަހަރެން މި ފޮތް ބެލި ފަހުން  މީގައި ހުރި ކުރެހުންތަކުގެ ކުލަ މިވަނީ ގަދަވެފައި. ބޮޑަށް ލަފާކުރެވެނީ ކޮއިގެ މަންމަމެން ހެދި ސިހުރުގެ ނޭދެވޭ އަސަރު ކުރަނީހެން. އެ ރަނގަޅު ގޮތެއްގައި ދެމެހެއްޓިފައި ނެތުމުގެ ސަބަބުން އެ ސިހުރު އެ އުޅެނީ އަނބުރާ ހުސްނާއަށް ޖެހެން” ޞިއްދީޤު ފޮތުގެ ގަނޑުތައް އުކަމުން ބުންޏެވެ.

*** 27 ވަނަ ބައި ***

ހުސްނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ކީ..ކީކޭތަ ތި ބުނީ؟؟” ހުސްނާ އަޅައިގަންނަ ގޮތަކަށް އެހިއެވެ. “މި ބުނީ ކޮއިގެ މަންމަ ހެދި ސިހުރު ދެމެހެއްޓިފައި ނެތީމަ އެ ސިހުރު އެ އުޅެނީ ކޮޔަށް ޖެހޭށޭ”. ޞިއްދީޤު ސާފުކޮށްދިނެވެ.

ހުސްނާ ބޮލުގައި ދެ އަތުން ހިފެހެއްޓިއެވެ. އަދި މަޑުމަޑުން އެނދު މައްޗަށް ތިރިވިއެވެ. މީހުން ބުނަނީ ތެދެކެވެ. ތިމާ ފޭހުނު އިލޮށީގެ ކޮޅު ހެރޭނީ ތިމާގެ ލޮލަށެވެ. ހުސްނާ ގަބުވެފައި އެނދުމަތީގައި އޮތް އިރު ޞިއްދީޤު ދިޔައީ ހުއްޓުމެއްނެތި އެ ފޮތުގެ ގަނޑުތައް އުކަމުންނެވެ. އެހެން ގޮސް ފޮތުގެ މެދު ފާހަގަ ކޮށްފައި އޮތް ގަނޑާއި ހަމައަށް އާދެވުމާއެކީ ޞިއްދީޤުގެ ދެލޯ ބޮޑުވިއެވެ.

“މި…މި ގަނޑު މިއޮތީ….އެއްކޮށް ކަޅުވެފައެއްނު؟” ޞިއްދީޤު ގަނޑަށް އިޝާރާތް ކުރަމުން ހުސްނާ ގާތުގައި އެހިއެވެ. ހުސްނާ ގަނޑަށް ބަލާލިއެވެ. “ކޮން އިރެއްގައި މިހެން ވެފައި މިއޮތީ؟؟” ޞިއްދީޤު އަނެއްކާވެސް އެއްސެވެ. “ދުވަސްކޮޅެއް ވެއްޖެ…” ހުސްނާ ފަސްޖެހެމުން ބުންޏެވެ. ޞިއްދީޤުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ދުވަސްކޮޅެކޭ؟؟ ކޮއެކަށް ނޭނގޭތަ މިހާ ބާރުގަދަ އިފްރީތެއް ދޫވުމަކީ ކިހާ ނުރައްކާތެރި ކަމެއް ކަން؟؟” ޞިއްދީޤު ކުއްލިއަކަށް ތެދުވެފައި ބުންޏެވެ. “އަހަރެންނަށް އެނގެޔޭ! އެކަމަކު މިކަހަލަ ކަންކަމެއް އަހަރެންނަކަށް ނުކުރެވޭނެއެއްނު؟” ހުސްނާ އޭނާގެ ދިފާއުގައި ބުންޏެވެ.

ޞިއްދީޤު ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގަން ފެށިއެވެ. “ވަރަށް ގޯސްވެފައި ކަންތައްތައް މިހިރީ… އެ އިފްރީތު މައިތިރި ނުކުރެވިއްޖެނަމަ ތި އާއިލާގެ ކޮންމެވެސް އެކަކުގެ ފުރާނަ ދާނެ” ޞިއްދީޤު ހުސްނާއާއި ދިމާއާއި ބަލާލުމަށްފަހު ބުންޏެވެ. ހުސްނާގެ ހާސްކަން ދެގުނައަށް އިތުރުވިއެވެ.

“އާދޭސްކޮށްފައި މި ބުނީ ، އަހަރެން މިކަމުން ސަލާމަތްކޮށްދީ!” ހުސްނާ ޞިއްދީޤުގެ ދެފައި ބުޑަށް ވެއްޓެމުން ބުންޏެވެ. “އަހަރެން ވަރަށް މަސައްކަތް ކުރާނަން ތި ކަމުން ސަލާމަތް ކޮށްދެވޭތޯ…އެކަމަކު އެކަން ވާނީ ވަރަށް އުނދަގޫ ކަމަކަށް.” ޞިއްދީޤު މަޑުމަޑުން ބުނެލިއެވެ. ހުސްނާ މަޑުމަޑުން ކޮޅަށް ތެދުވިއެވެ. އޭރު އޭނާގެ ހިތުގައި ބިރުވެރިކަމުގެ އޮއިވަރެއް ދަމާލާފިއެވެ.

***

ޔުމްނާ ކޮޓަރިއަށް ވަނުމަށްފަހު ބާރުބާރަށް ދޮރު ޖެހިއެވެ. އަދި އެނދުމައްޗަށް ވެއްޓިގަތެވެ. “އެ ދެ މީހުންގެ ކަންތައްވެސް ބޮޑު…” ބާލީސް ތެރޭގައި މޫނު ފޮރުވާލުމަށްފަހު ޔުމްނާ ހިތާހިތުން ބުންޏެވެ. އެހެން އިރުކޮޅަކު އޮތުމަށްފަހު ކުއްލިއަކަށް ޔުމްނާ އެނދުން ތެދުވިއެވެ.

“ޔަޤީން އެ ދައިތަގަނޑު އެ ޝައިތޯނު ގެނައީކަން….. އޭނާ ހީކުރީތަ އަހަރެން އެހާ ފަސޭހައިން ދޫ ދޭނެކަމަށް؟ ނުވާނެ އެކަމެއް. އަހަރެން މަރުވިޔަސް މަރުވާނީ މި އަންހެން ކުއްޖާއާއި އެކީ!” ދެ އަތް މުއްކަވާލުމަށްފަހު މާގައި ތަޅައިގަންނަމުން ބަރު އަޑަކުން ޔުމްނާ ބުންޏެވެ. އަދި އަވަސްއަވަހަށް ކުޑަ ދޮރުން ބޭރަށް ފުންމާލިއެވެ.

އޭރު އިރު ދިޔައީ އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއާއި ވަކިވުމަށް މިސްރާބު ޖަހަމުންނެވެ. ޔުމްނާގެ އިސްތަށިގަނޑު ވަނީ މުޅިންހެން ހާވިޔާވެފައެވެ. އޭނާގެ ދެލޮލުގެ ކަޅި ހުރީ އެއް ދިމާއަކަށް ހުއްޓިފައެވެ. ހުސްފަޔާ އެއްވެސް މިސްރާބެއްނެތި ހިނގަމުން ދިޔައިރު ފަހަތުން ކާޅުތައް ދިޔައީ ހޯރަ އަޅަމުންނެވެ. ޔުމްނާ އެންމެ ފަހުން އެ ބޯ ވަލުގެ ތެރެއަށް ވަނެވެ.

ވަލުގެ ތެރެއަށް ދިޔައީ އަނދިރިކަން ވެރިވަމުންނެވެ. އިރުގެ ރަން ދޯދިތަކުން ބައެއް ދޯދިތައް ގަސްތަކުގެ ތެރެއިން ފޭދިގެން ބިންމައްޗަށް އެޅިފައި ހުއްޓެވެ. ޔުމްނާގެ މޫނުމައްޗަށް އެ އިރުގެ ރަން އަވި އެޅިފައި ހުރިއިރު އޭނާގެ މިހާރު ރަތް ކުލައަށް ބަދަލުވެފައިވާ ކަޅި އިތުރަށް ކުލަ ގަދަ ކަމަށް ދައްކައެވެ. ޔުމްނާ އެއްވެސް މިސްރާބެއް ނެތް ގޮތަކަށް ދުވަންފެށިއެވެ. ފައި ދަށުން ފަތްތައް ހިމުންވާ އަޑު ނޫން އަޑެއް ވަލުތެރެއަކުން ނީވެއެވެ. ޔުމްނާ ދުވަމުން ދިޔައިރު ގަސްގަހުގެ އޮފިތަކުގައި ޖެހި އޭނާގެ ގައިގެ އެކި ތަންތަން މެށި ލޭ ފައިބަމުން ދިޔައެވެ. ނަމަވެސް އެކަމަށް ޔުމްނާގެ ފަރުވާލެއް ނެތެވެ.

ވަކި ހިސާބަކަށް ދުވުމަށްފަހު ޔުމްނާ ހުއްޓުނެވެ. އޭނާ ހުއްޓުނީ ވަލުގައި ހުންނަ އެންމެ ބޮޑު މިދިލި ގަހުގެ ބުޑުގައެވެ. ޔުމްނާ އުޑަފައިން ތިރިވިއެވެ. އަދި މިދިލި ގަހުގެ ބުޑު ކޮންނަން ފެށިއެވެ. މާހައުލު އަނދިރިވެ މީހަކު ލޮލަށް އިނގިލި ކޮއްޕާލިއަސް ނޭނގޭ ހާ އަނދިރިވެއްޖެއެވެ. ނަމަވެސް ޔުމްނާގެ ކޮނުމަކަށް ބަދަލެއް ނާދެއެވެ. ވަކިވަރަކަށް ކޮނެވުމުން ހުދުކުލައިގެ އެއްޗެއް ކަޅު ވެލިގަނޑުގެ ތެރެއިން ފެންނަން ފެށިއެވެ. މި ފެނުމުން ޔުމްނާގެ ކޮނުން އަވަސްކޮށްލިއެވެ.

ކިރިޔާ އެ އެއްޗެއްގައި ހިފާލެވޭ ވަރަށް ކޮނެވުމުން ޔުމްނާ އެ އެއްޗެއްގައި ހިފިއެވެ. އަދި ގައިގައި ހުރިހާ ބާރެއް ލުމަށްފަހު އެ ދަމާ ނެގިއެވެ. ޔުމްނާގެ އަތަށް އައީ ކިރިޔާ ނުބިދި އޮތް އަތުގެ ކަށިގަނޑެކެވެ.

ޔުމްނާ އާސޯޚުވެފައި ހުރެ އެ އަތް ވަރަށް ފަރުވާތެރިކަމާއެކީ އެ ކަށިގަނޑު ބަލާ ފާސްކުރިއެވެ. ހަމައެވަގުތު ކަށިވާ އިނގިލީގެ ބަދައާއި ހަމައަށް އިން ހަންގަނޑުކޮޅުގައި އިން އަލިމަސް އަނގޮށްޓި ޔުމްނާގެ ލޮލުގައި އަޅައިގަތެވެ. ޔުމްނާގެ ހުރިހާ ދަތްތަކެއް ސޭލު އަޅުވާލިއެވެ. އަދި ދަހިވެތި ގޮތަކަށް އެ އަނގޮށްޓި އެ އަނގޮށްޓި އަޅާފައި އިން އިނގިއްޔާއެއްކޮށް ނައްޓުވާލިއެވެ.

އެ އަލިމަސް އަނގޮށްޓީގައި އިން އެހުގައި ހުރި ކިލާތައް ޔުމްނާގެ ހެދުމުން ފުހެލިއެވެ. އަދި އެއަށްފަހު އަނގޮށްޓި އޭނާގެ ކަށިވާ އިނގިލީގައި އަޅުވާލިއެވެ. އެ އަނގޮށްޓި އެޅުމާއެކީ ޔުމްނާގެ މުޅި ހަށިގަނޑަށް އާދަޔާ ޚިލާފު ފިނިކަމެއް ވެރިވިއެވެ. މިހެންވެ ޔުމްނާ ކުޑަ ކަކޫ މައްޗަށް ތިރިވިއެވެ.

ޔުމްނާގެ އަނގަ ތަންމިނަށް ހުޅުވިގެންދިޔައެވެ. އަދި ދުންތަކެއް އަނގައިގެ ތެރެއިން ނުކުންނަން ފެށިއެވެ. އެ ދުންތައް އޮލަވަމުން ގޮސް އިންސާނެއްގެ ސިފަ ޖެހުނެވެ. ހަމަ އެ ވަގުތު ޔުމްނާގެ ކަޅި އަނބުރާ މުށި ކުލައަށް ބަދަލުވިއެވެ.

ޔުމްނާއަށް މާނޭވާ ލެވެމުން ދިޔައެވެ. އޭނާ މިހިރީ ކޮންތާކު ހެއްޔެވެ؟ އޭނާގެ ގައިގައި މިހުރީ ކޮން ލެޔެއް ހެއްޔެވެ؟ ކުރިމަތީގައި އެހުރީ ކޮންޗެއް ހެއްޔެވެ؟

މޮޔައެއްހެން ދެފަރާތް ފަރާތަށް ޔުމްނާ ބެލި ވަރަކަށް އޭނާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ހަމައެވަގުތު ކުރިމަތިން ބަރު އަޑަކުން މީހަކު ވާހަކަ ދެއްކިއެވެ.

“ހާދަ ބިރުގަނެފައޭ ދޯ؟ ހީވަނީ އަމިއްލަ ހާލައިގެން ނޫޅެވޭ ކުޑަ ކުއްޖެއް އުޅޭހެން. ބަލަންވެސް އުނދަގޫވޭ. އެކަމަކު ކަލޭ ފަރާތުން އަހަރެންނަށް ވަރަށް، ވަރަށް ބޮޑު ކަމެއް ވެއްޖެ.” އެ މަޚްލޫޤު ޔުމްނާއާއި އެއްވަރަށް ތިރިވަމުން ބުންޏެވެ. “އަހަރެންގެ ބަދަލު ހިފުމުގެ ރޭވުން ކާމިޔާބު ވާނެ ކަމުގެ ޔަޤީންކަން ކަލޭގެ ސަބަބުން ލިބިއްޖެ. އެހެންވީމާ ތީ އެހާ މޮޔަ، ބޭނުންތެތް ކުއްޖެއް ނޫންތާ!” އެ މަޚްލޫޤު ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.

ޔުމްނާއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ ހަނދާނުގައި ފާއިތުވެ ދިޔަ ދުވަސްތަކުގެ އެއްވެސް ހަނދާނެއް ނެތެވެ. އޭނާ ބުނާނީ ވެސް ކީކޭ ހެއްޔެވެ؟

“އަ…އަހރެންގެ މަންމަ…ކުރި ކަމަކަށް އަދަބު ދެ..ނީ….އަހަރެންނައްތަ؟” ތުރުތުރު އަޅާހާލު ޔުމްނާ ބުންޏެވެ. “ކަލޭ މަންމައަކީ ކަލޭ ހާ ގަމާރު މީހެއް ނޫން. އެހެންނޫނަސް ހުސްނާއަށް ކެތްވާނެތަ ކަލެއަށް އަނިޔާ ލިބޭ މަންޒަރު ބަލަން؟” އެ މަޚްލޫޤު ހެމުން ބުންޏެވެ. “އެކަމަކު އެނގޭތަ އެހާ ފަސޭހައިން ޔުމްނާއާއި އަހަރެން އަވަލެވި ގޮތް؟” އެ މަޚްލޫޤު ހުރިހާ ދަތްތަކެއް ދައްކަމުން ބުންޏެވެ.

ޔުމްނާ އޭގެ ރައްދުގައި ބޯހޫރުވާލިއެވެ. އެ މަޚްލޫޤުގެ ހިނިތުންވުން ފުޅާވިއެވެ. އަދި ފަހަތަށް އިޝާރާތް ކޮށްލިއެވެ.

ޔުމްނާގެ ދެލޯ ނުވެއްޓުނީ ކިރިޔާއެވެ. އެ މަޚްލޫޤުގެ ފަހަތުގައި ދެ އަތް ހަށަން ބަނދެގެން ހުރީ ފަރާ ނޫން ދެވަނަ މީހެއް ނޫނެވެ.

***

އައްސަލާމް އަލައިކުމް.

އަޅުގަނޑުގެ ބަލި ހާލަތު ހުރި ގޮތުންނާއި ސައިޓުން ދިމާވި ބައެއް މައްސަލަތަކުގެ ސަބަބުން މި ބައި ލަސްވި ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ. އިންޝާ ﷲ ކުރިޔަށް އޮތް ތަނުގައި ވާހަކަ ގަވައިދުން އަޕްލޯޑުކުރުމަށް އިހުނަށްވުރެ ބޮޑަށް މަސައްކަތް ކުރާނަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mariyam Imna
Follow Me Written By

Mariyam Imna

Level 210 Stories100 Login

Other Articles

Previous

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާ ތަކެއް އޭރުދީފާ-18

Next

އަބަދުވޭ ހިތުގާ މަގޭ 23

Next
October 25, 2025

އަބަދުވޭ ހިތުގާ މަގޭ 23

Previews
October 25, 2025

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާ ތަކެއް އޭރުދީފާ-18

5 Comments!

  1. Kudu says:
    October 25, 2025 at 7:21 pm

    Maashaa Allah mi part ves v Reethi ❤️
    Its okay ehen ves vedhaane
    OMG did faraa backstab yumna 😱😱😱
    Still can’t believe it 😳
    Dying to know what they are hiding 😅😭
    Mi kamun salaamath vane baa!?!!?😥
    Still trying to process the fact that faraa was behind it all thi time😭😭
    I thought she was good helppp 😭
    When next???
    TC
    Lysm 💗

    1. Mariyam Imna Mariyam Imna says:
      October 25, 2025 at 8:47 pm

      Hi Kudu!
      Thanks for understanding😭
      Yep, the traitor has been revealed😭
      At this point it honestly feels like there is no place to escape from this madness😔
      I hate to make her the villain but its for the plot😭
      Insha Allah next episode Sunday or Monday ga 28th episode upload kohllaanan.
      Lyttt!🫶

  2. eena_luv says:
    November 2, 2025 at 6:10 pm

    Maafu excepted ❤️ keep it gurll… 😊 I love your mindset and creativity 😊😊🥰🥰 YOU ARE BEAUTIFUL 🌹

    1. Mariyam Imna Mariyam Imna says:
      November 11, 2025 at 10:39 am

      hi eena_luv,
      thank you so muchh! it means a lot

  3. queen says:
    November 24, 2025 at 7:52 am

    a very nice story keep it up!

Comments are closed.

Next Episodeހަވޭލީ – އަށާވީސްވަނަ ބައި←


All Right Reserved!