Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ހަވޭލީ – ނަވާވިސްވަނަ ބައި

Mariyam Imna
Mariyam Imna Level 210 Stories100 Login
November 16, 2025 3 Mins Read
6 Comments

ޔުމްނާ ވެލިގަނޑުގައި އަތް މުއްކަވާލިއެވެ. އަދި އެއަށްފަހު ވެލި މުށެއް ނަގާ އެ ހޫރުވާލިއެވެ. މިފަދައިން އަނެއް އަތުންވެސް އޭނާ އެހެން ހެދިއެވެ. އެހެން ހަދަމުން ބިންމަތީގައި ބޮޑު ވަޅެއް ކޮނުމަށްފަހު ޔުމްނާ އޭނާގެ ލެއާއި ކިލައިން ތަތްތެޅިފައިވާ އަތަށް ބަލައިލިއެވެ. އޭރު އޭނާގެ އަތުން ދިޔައީ ދިލަ ނަގަމުންނެވެ. ނަމަވެސް މި ވަގުތު ޔުމްނާގެ ހިތުގައި އެ ވޭން އިހްސާސް ކުރެވޭވަރަކަށް ހިތްވަރެއް ނެތެވެ.

*** 29 ވަނަ ބައި ***

ޔުމްނާ އެ އަނދިރިވެފައިވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. އޭރުވެސް އޭނާއަށް ދިޔައީ މާނޭވާ ލެވެމުންނެވެ. އަދިވެސް ޔުމްނާއަށް ހުރެވުނީ ޝޮކެއްގެ ތެރޭގައެވެ. ޖެހިލި ތެތެފިނި ވައިރޯޅިއާއެކީ ކުއްލިއަކަަށް ޔުމްނާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. އަވަސްއަވަހަށް ދެ އަތުން ޔުމްނާގެ ހަށިގަނޑުގައި ބައްދާލިއެވެ. އެ ވަގުތު ޔުމްނާއަކީ ކިހާ އެކަނިވެރި ވެފައިވީ މީހެއްކަން އިހްސާސް ވެގެން ދިޔައެވެ.

ޔުމްނާ މަޑުމަޑުން ކޮޅަށް ތެދުވިއެވެ. އަލުން އަނބުރާ ހަވޭލީއަށް ދާކަށް ޔުމްނާ ބޭނުމެއް ނޫނެވެ. އެ ވަގުތު ޔުމްނާ ބޭނުންވީ ދުނިޔޭގެ ފަސްގަނޑުންވެސް ގެއްލޭށެވެ. އޭނާ ހޯދާނެ މީހަކު ނުހުންނާނެ ކަން އޭނާއަށް ޔަޤީނެވެ. މީހަކު އޭނާ ހޯދިޔަސް ހޯދާނީ އެ މީހެއްގެ ކޮންމެވެސް ބޭނުމެއް ފުއްދުމުގެ ވަސީލަތެއްގެ ގޮތުގައި އޭނާ ބޭނުންކުރުމަށެވެ. ޔުމްނާ ކުރިޔަށް ފިޔަވަޅު އަޅަން ފެށިއެވެ. އޭނާ އެއްވެސް މިސްރާބެއް ނެތި އެ ގަސްބޯ ޖަންގަލި ތެރޭގައި ހިނގަމުން ދިޔައެވެ.

“ޔުމްނާ….” ފަހަތުން އިވުނު މަޑު އަންހެން އަޑާއެއްކޮށް ޔުމްނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ.

“ޔުމްނާ….”

އަނެއްކާވެސް އެ އަޑު އިވުމުން ޔުމްނާގެ ހިތް ނުތަނަވަސް ވާ ގޮތް ވިއެވެ. އެއީ ޔަޤީނުންވެސް ފަރާގެ އަޑެއް ނޫނެވެ. ނަމަވެސް ޔުމްނާ ފަހަތަށް އެނބުރޭކަށް ބޭނުމެއް ނުވިއެވެ. މިހެން ހިތާ ޔުމްނާ އިހުނަށްވުރެ ބާރަށް ހިނގަން ފެށިއެވެ. އެހެން ހިނގަމުން ގޮސް ވަރަށް ދުރަށް ދެވުނު ފަހުން ޔުމްނާ މަޑުކޮށްލިއެވެ. އަދި ފަހަތް ބަލާލިއެވެ.

އޭރު ފަހަތުގައި އެއްވެސް މީހަކު ނެތެވެ. އެހެން އިރުކޮޅެއް ވަންދެން ޔުމްނާ ފަހަތް ބަލަން ހުރުމަށްފަހު އަލުން ހިނގައިގަތުމަށްޓަކައި ކުރިޔަށް އެނބުރިލިއެވެ. އޭރު މޫނާއި މޫނު ޖެހޭހާ ކައިރީގައި އަންހެން ކުއްޖަކު ހުއްޓެވެ. ޔުމްނާ ސިއްސަިގެން ގޮސް ފަހަތަށް ޖެހުނެވެ. ޔުމްނާގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ.

އެއީ ޔުމްނާގެ ހުވަފެނުން ފެނުނު އަންހެން ކުއްޖާއެވެ.

ހަމަ ޔުމްނާގެ ސޫރައެވެ.

ހަމަ އެ ދެލޮލެވެ.

އެ އިސްތަށިގަނޑެވެ.

އަޅާ ކިޔާފަ ތަފާތެއް ނެތެވެ.

ޔުމްނާ ބަސްހުއްޓިފައި އެ އަންހެން ކުއްޖާއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ކިހާ އިރެއްވަންދެން ކަމެއްވެސް ނޭނގެއެވެ. ޔުމްނާ އަށް ގުޑިލަންވެސް އެނގުނީ އެ އަންހެން ކުއްޖާ ކުރިއަށް ފިޔަވަޅެއް އެޅުމުންނެވެ.

“އަހަރެންނާއި ކައިރި ނުވާތި!” ޔުމްނާގެ ރުޅިގަނޑު އަލުން ރޯވެގެން ދިޔައީ ހަަމަ ކުއްލިއަކަށެވެ. ޔުމްނާ ހަޅޭލަވައިގަތުމުން އެ އަންހެން ކުއްޖާ ހުއްޓުނެވެ. އަދި އޭނާގެ ފަހަތަށް ބަލައިލިއެވެ. އެވަގުތު ދެމުން ދިޔަ ރިހި ހަނދުވަރުގެ އަލީގެ ތެރެއިން ފިރިހެނެއްގެ ހިޔަނި ޔުމްނާއަށް ފެނުނެވެ.

“ކީއްކުރަން ކަމަށްތަ ތިއުޅެނީ؟؟ އޭނ؟! އަހަރެން ބިރެއް ނުގަނޭ! ބިރެއް ނުގަނެޔޭ މި ބުނީނު!” ޔުމްނާ ހަޅޭލަވައިގަތެވެ. ހަމަ އެ ވަގުތު އެ ކަޅު ހިޔަނި ޔުމްނާއާއި ދިމާއަށް އަންނަން ފެށިއެވެ. ގަސްތަކުގެ ތެރެއިން ނުކުތް ވަރަކަށް އެ ފިރިހެން މީހާގެ ސޫރަ ދިޔައީ ކަޝްފު ވަމުންނެވެ. އެހެން ހިނގަމުން ގޮސް މުޅި މީހާ ފެންނަ ވަރަށް ހަނދުވަރުގެ އަލީގެ ތެރެއަށް އެ ފިރހެން މީހާ ނުކުތެވެ.

އެއީ ޒަބީލެވެ.

ޔުމްނާގެ ހިތަށް ހީވީ ޕެޓްރޯލު އަޅާފައި ރޯކޮށްލިހެންނެވެ. ކުއްލިއަކަށް ޒަބީލާއި ދިމާއަށް ޔުމްނާ ދުއްވައިގަތެވެ. އަދި ޒަބީލުގެ ކޯތާފާތުގައި އަތް ދަމާފައި ޖެހިއެވެ.

ޒަބީލުގެ މޫނު އަނެއް ފަޅިއަށް އެނބުރުނެވެ. އޭރު އަތްތިލައެއްގެ ނިޝާނަކަށް ވާގޮތަށް އެތަން ރަތް ވާން ފަށައިފިއެވެ. ހަމަ އެ ވަގުތު އެ އަންހެން ކުއްޖާ ޒަބީލާއި ދިމާއަށް ދުއްވައިގަތެވެ. އަދި ރަތް ވެފައިވާ ތަނުގައި އަތުން މަޑުމަޑުން ފިރުމާލިއެވެ. މި މަންޒަރު ފެނިފައި ޔުމްނާގެ ހިތުގައި އަނދަމުން ދިޔަ އަލިފާންގަނޑުގެ ހުޅުގަނޑު އިތުރަށް ބާރުވިއެވެ.

“ހާދަ ލޯބިވެޔޭ ދޯ؟ ލޯބިވެރިޔާ ދޯ؟” ޔުމްނާ ރުޅިވެރި ރާގެއްގައި ބުންޏެވެ. މި އަޑު އިވުމުން އެ އަންހެން ކުއްޖާ ޔުމްނާއާއި ދިމާއަށް ދެލޮލުން އަލިފާން ކަނި ބުރާ ހާލު ބަލާލިއެވެ. އެ ވަގުތު އެ އަންހެން ކުއްޖާގެ ލޯ ހުރީ ރަތް ކުލައިގައެވެ. މި މަންޒަރު ފެނިފައި ޔުމްނާ ކުޑަކޮށް ފަސްޖެހުނެވެ. ނަމަވެސް ހަމަ އެ ވަގުތު ޒަބީލު އެ އަންހެން ކުއްޖާގެ އަތުގައި ހިފިއެވެ. “ނޫން. ޔުމްނާއަށް އަނިޔާ ނުކުރާތި.” ޒަބީލު ހަރުކަށި ރާގެއްގައި މިހެން ބުނުމުން އެ އަނހެން ކުއޖާގެ ލޮލުގެ ކަޅި މަޑުމަޑުން ރަތުން މުށި ކުލައަށް ބަދަލުވިއެވެ. މި މަންޒަރު ބަލަން ޔުމްނާ ހުރީ ހިސާބަކަށް ހައިރާންވެފައެވެ.

އެ އަންހެން ކުއްޖާ ހަމައަކަށް އެޅުމުން ޒަބީލު އޭނާގެ އަތުން ދޫކޮށްލިއެވެ. އަދި ޔުމްނާ ކައިރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. މި ހަދާ ގޮތެއް ބަލަން ޔުމްނާ މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާ ހުއްޓެވެ. ޔުމްނާއާއި އަރާ ހަމަވުމުން ޒަބީލު ހުއްޓުނެވެ.

“އަހަރެންނަކަށް ނޭނގެ އަހަރެންނަށް ކޮން ކަމެއް ކުރެވިގެންކަމެއް އަހަރެންގެ ކޯތާފަތް މަތީގައި ތިހާ ބާރަށް ޖެހީ ތި. އެކަމަކު އަހަރެންނަށް އެނގޭ ޔުމްނާ ތިހިރީ މިހާރު މީހަކަށް އިތުބާރު ކުރާވަރަށް ވުރެ މާ ބޮޑަށް މީހުން ޔުމްނާގެ އިތުބާރު ގެއްލުވާލާފަކަން. އަހަރެންނަށް އެނގޭ ޔުމްނާ ތިހިރީ ވަރަށް ރުޅި އައިސްފައިކަންވެސް. އަދި އަހަރެން ބުނާ ވާހަކައެއް އަޑު ނާހާނެ ކަންވެސް. އެކަމަކު ބުނަން. މި ގަޑިގައި އަހަރުމެން ދެ މީހުން މި ކިޔައިދޭ ވާހަކަ އަޑުއަހައިދީ.” އެ އަންހެން ކުއްޖާއަށް އިޝާރާތް ކޮށްލަމުން ޒަބީލު ބުންޏެވެ.

“ޤަބޫލު ކުރުމާއި ނުކުރުމަކީ ޔުމްނާގެ އިޚްތިޔާރުގައި ވާކަމެއް. އެކަމަކު އަހަރެން ބުނީތީވެ، އަޑުއަހައިދީ.” އާދޭހުގެ ރާގެއްގައި މިހެން ބުނުމުން ޔުމްނާގެ އަނދާ ހުލިވަމުންދިޔަ ހިތަށް ފެން އެޅި ފަދައެވެ. ނަމަވެސް މޫނުމަތިން އެކަމެއް އޭނާއެއް ނުދައްކައެވެ. އެހެންކަމުން ޒަބީލު ބެލީ އެއީ ޔުމްނާ އަޑުއަހާ ކަމުގެ ސިގްނަލެއްގެ ގޮތުގައެވެ.

ޒަބީލު އޭނާގެ ފަހަތުގައި ހުރި އެ އަންހެން ކުއްޖާއަށް އިޝާރާތް ކޮށްލިއެވެ. “ތައާރަފްވެލާ.” ޒަބީލު މިހެން ބުނުމުން އެ އަންހެން ކުއްޖާ ކަރުކެހިލިއެވެ. “އަހަރެންނަށް ކިޔަނީ ޒިންނީރާ.” ސަލާމަށް އަތް ދިއްކޮށްލަމުން ޒިންނީރާ ތައާރަފްވެލިއެވެ. ޔުމްނާ ޝައްކެއް މަތީ ހުރެ އެއަތުގައި ހިފައި ސަލާން ކުރިއެވެ.

“ޔުމްނާ ހިތަކަށް ނާރާތަ އަހަރެން އެހާ ޔުމްނާއާއި ވައްތަރުވީ ކީއްވެކަމެއް؟” ޒިންނީރާ މާނަ ފުން ގޮތަކަށް ސުވާލު ކުރިއެވެ. އޭގެ ރައްދުގައި ޔުމްނާ ބޯ ހޫރުވާލިއެވެ. އަދިވެސް ޔުމްނާ ހުރީ ވާހަކަ ދައްކަން ބޭނުން ނުވެފައެވެ. އެހެންކަމުން އޭނާ މުއާމަލާތު ކުރަމުން ދިޔައީ އިޝާރާތުންނެވެ.

ޒިންނީރާ ފަސްޖެހޭ ފަދައަކުން ޔުމްނާގެ ކިލާވެފައިވާ އަތުގައި ހިފާލިއެވެ. “އެއީ….އަހަރުމެން ދެމީހުން މީ…..އެއް މާބަނޑު ދެކުދިން.”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mariyam Imna
Follow Me Written By

Mariyam Imna

Level 210 Stories100 Login

Other Articles

Previous

ހިތަކުން ނުދާނޭ ފިލާ 17

Next

މާސްކު (ޕާޓް 28)

Next
November 16, 2025

މާސްކު (ޕާޓް 28)

Previews
November 16, 2025

ހިތަކުން ނުދާނޭ ފިލާ 17

6 Comments!

  1. Kudu says:
    November 16, 2025 at 3:51 pm

    Maashaa Allah mi part ves v Reethi 💗
    OMG what
    Zinneera is yumna ge sister 😱
    So zabeel is also her brother
    Husna has a daughter which is a jini 😱😱
    So they are literally twins
    Oh God I am super curious
    When next
    TC
    Lysm 💗

    1. Mariyam Imna Mariyam Imna says:
      November 17, 2025 at 6:06 am

      Hi Kudu!
      Yes Zinneera is Yumna ge sister😭
      Lets see if Zabeel is her brother or has some other crazy relation to Yumna😮‍💨
      Insha Allah next part v avahah upload kohlleveytho massakai kuraanan.
      TC and Lytt!!🫶🫶🫶

  2. 🤍 Eekko 🤍 says:
    November 16, 2025 at 9:51 pm

    Eh maabandu thekuuddineyyyy!
    I am so surprised!
    How!?
    Anyways mi part ves vrh reethi Masha Allah
    Curiously waiting for the next one!
    Ly🤍

    1. Mariyam Imna Mariyam Imna says:
      November 18, 2025 at 5:45 am

      Hi Eekko!
      Yes, they are twins!
      Yep it took a surprising turn dhw😭
      Im so glad you loved this part as well!
      Lyttt!!🫶

  3. elly says:
    November 18, 2025 at 12:21 am

    i kinda had a feeling they could be related to yumna especially since the first interaction with zabeel it didnt feel like he had ulterior motives but well see if hes a sibling too i can get why yumna have trust issues now waiting for next part make it longer

    1. Mariyam Imna Mariyam Imna says:
      November 18, 2025 at 5:47 am

      Hi elly!
      Yeah, the first interaction did give off some suspicious vibes, but yes, we’ll see if hes related to Yumna or not👀
      Insha Allah next part miah vure dhigu kohlleveytho massakkai kuraanan!😁

Comments are closed.

Next Episodeހަވޭލީ – ތިރީސްވަނަ ބައި←


All Right Reserved!