Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ރިހުން 38

Krystal Level 510 Stories100 Login100 Comments
October 22, 2025 3 Mins Read
3 Comments

އަރީޝް ބޮލުގައި އަތް އަޅާލުމަށްފަހު ފަހަތަށް އެބުރި ބަލާލިއެވެ. އޭރު އޭނާގެ މަންމަ ސާދުނާ ދަޑިބުރިއެއް ހިފައިން ދެލޯ ބޮޑުކޮށްލައިން ހުއްޓެވެ. އެދެލޮލުން ކަރުނަ ފައިބަމުން ދިޔައީ ހުއްޓުމެއް ނެތިއެވެ.

“މަން… މަންމާ…” އަރީޝްއަށް ބުނެވުނީ މި ވަރަށެވެ. އޭނާވެސް ހޭނެތިގެން ވެއްޓުނެވެ. އަރީޝްގެ އެކުވެރިޔާ ސާދުނާ ފެނުމާ އެކު ދުވެ ފިލައިފިއެވެ.

“ދަރިފުޅާ ޔަޝްފާ…” ސާދުނާ ދުވެފައި އައިސް ބިންމަތީ އިން ޔަޝްފާ ގައިގާ ބައްދާލިއެވެ. ނަމަވެސް ޔަޝްފާ އިޝާރާތް ކުރަމުން ދިޔައީ ބިންމަތީ ލެއިން ތަތްތެޅިފައި އޮތް ޔާސިން އަށެވެ.

ހޮސްޕިޓަލްގެ އެމެޖެންސީ ތެރެއިން ހަވަރަކަށް ޑޮކްޓަރުންނާ ނަރުހުން އައިސް ތިންމީހުން އެމެޖެންސީއަށް ވެއްދިއެވެ. ނަމަވެސް ކުޑަ ވަގުތުކޮޅެއް ތެރޭ ޔާސިން ވައްދަން ގެންދިޔައީ އޮޕްރޭޝަން ތިއޭޓަރަށެވެ.

“ޑޮކްޓާރ ޔަޝްފާ.. ޕޭޝަންޓް ޔާސިންގެ އެހީތެރިއަކަށް އަވަހަށް ގުޅާދީ… ވީ ނީޑް ކޮންސެންޓް އޭޒް ސޫން އޭޒް ޕޮސިބަލް…” ސާރޖަރީ ޑޮކްޓަރު މިހެން ބުނުމާ އެކު ޔަޝްފާ އެދުން ތެވެގެން ގޮސް ކޮންޕިއުޓަރު ކައިރީ އިށީދެލިއެވެ.

“ބަލަ މިވެސް ޕޭޝަންޓެކޭ… ކަލޭމެންނަށް އެކަން ނުވަނީތަ؟” ސާދުނާ ހިތްހަމަ ނުޖެހުނެވެ. ޔާސިން އެކޭ އެއްވަރަށް އަރީޝްގެ ފަރާތުން ޔަޝްފާއަށް ވެސް ވަނީ އެތަށް އަނިޔާއެއް ލިބިފައެވެ.

*****

“ކާކުތަ މިހާ ދަންވަރު ގުޅަނީ” ޔާސިރު ފޯނުނަގާ ބަލާލިއެވެ. ލޭންޑްލައިން ނަންބަރަކުން ގުޅަމުން ދިޔުމުން ފޯން އަވަހަށް ނެގިއެވެ.

ލިބުނު ހަބަރުން ޔާސިރުގެ ކަންފަތުގައި ޖަހާފައި އިންފޯނު ނުވެއްޓުނީ ކިރިޔާއެވެ. އަވަސް އަވަހަށް ޓީޝާރޓް ލައިގެން ގޮސް ހުޝާމްގެ ކޮޓަރި ދޮރުގައި ބާރަކަށް ތަޅައިގަތެވެ.

“ހިގާބަލަ އަވަހަށް އޭޑީކޭއަށް.. ޔާސިން އެމެޖެންސީގަ ސާރޖަރީ ހައްދަން ވައްދައިފިޔޯ.. ހިނގާބަލަ އަވަހަށް..” ހުޝާމް ގެ އަތުގައި ހިފައި ދަމައިގަންނަމުން ޔާސިރު ބުނެލިއެވެ. އެންމެ ކައިރީގައި އޮތް ޓީޝާޓު ދަމައިގަތުމަށްފަހު ބޮލަށް މަހާލަމުން ދެބަފައިން އޭޑީކޭއަށް ދާން ހިގައިގަތެވެ.

****

ދިހަ ވަރަކަށް މިނެޓު ފަހުން ޔާސިރުމެން އޭޑީކޭއަށް ދެވުނެވެ. އޭރު ޔަޝްފާ ހުރީ ދޮރުމަތީގައި ކޮންސެންޓް ފޯމް ހިފައިން އައިއްސައެވެ.

ޔާސިރު ފެނުމާ އެކު ފޯމު ދިއްކޮށްލިއެވެ. ޔާސިރުވެސް އިސްކަން ދިނީ އަވަހަށް ސާރޖަރީއަށް ހުއްދަ ދިނުމަށެވެ.

“ޕްލީސް ހަރީ.. ގޮޓްދަ ކޮންސެންޓް…” ޔާސިރު ސޮއެ ކުރުމާ އެކު ޔަޝްފާ ތިއޭޓަރަށް ގުޅާފައި ބުނެލިއެވެ.

“ޓޮކްޓަރު ކިހިނެއްވީ ކަމެއްމީ؟ ޑޮކްޓަރަށް ވެސް ހާދަ ވަރެއް ވެފަ ތިހިރީ” ޔާސިރު އަހާލިއެވެ.

ޔަޝްފާ އަކުރުން އަކުރަށް ވީގޮތް ކިޔާ ދިނެވެ. އަރީޝް އައިސް ޔާސިންއަށް ނޭގި ފަހަތުން ހަމަލާދިން ކަމާ އޭނާގެ އެކުވެރިޔާ ޔާސިން ގައިގާ ދަޑިބުރިން އެތައް ފަހަރަކު ހަމަލާ ދިން ކަމާ އޭނާއަށްވެސް އެހާ އަނިޔާ ކުރިކަމެވެ. ޔާސިރުގެ ލޭކެކެން ފެށިއެވެ. އޭނާގެ ދަރިފުޅަށް އެފަދަ ބޮޑު އަނިޔާއެއް އެއްވެސް ކުށަކާ ނުލާ ދިން މީހުން ހޯދަން ވަގުތުން ބޭނުންވިއެވެ.

“އެކަކު އެބައޮތް މިތާ އެމެޖެންސީގަ.. އަނެކަކު ފިލައިފި” ޔަޝްފާ ދަތްކުދި ވިކާލަމުން ބުނެލިއެވެ. ކުއްލިއަކަށް ޔަޝްފާގެ ފޯނު ރިންގްވާން ފެށިއެވެ.

“ޑޮކްޓާރ.. ވަރަށް އަވަހަށް އޭ ނެގެޓިވްލޭ ބޭނުން ވެއްޖެ… ކުރިއަށް އޮތް އެއްގަޑި އިރު ތެރޭ ނުލިބިއްޖެއްޔާ ފުރާނައަށް ނުރައްކާ..” ޔަޝްފާއަށް ރޮވެން ފެށުނެވެ. އޭ ނެގެޓިވް ލެޔަކީ ވަފަށް މަދު މީހެއް ގައިގާ ނޫނީ ނުހުންނާނެ ލެޔެކެވެ.

“ބޭބެ.. އޭ ނެގެޓިވް ލޭ ވަރަށް އަވަހަށް ބޭނުންވޭ އެބަ.. 2 ޑޯނަރުން…” ޔަޝްފާ މިހެން ބުނުމުން ޔާސިރު އަށް ތެޅިގަނެވުނެވެ. އޭނާ އަކީ އޯ ޕޮސިޓިވް ލޭ ހުންނަ މީހެކެވެ. ޔާސިން އަށް އޭ ނެގެޓިވްލޭ ވާރުތަ ވެފައި ހުރީ މަރިޔަމް ފަރާތުންނެވެ. އޭނާ ދަންނަ މީހެއްވެސް އޭނެގެޓިވްލޭ ހުންނަ ހަދާނެއް ނުވެއެވެ.

“ދަރިފުޅު ފޭސްބުކުގަ ޖަހައިގެން ބަލާބަލަ ލިބޭތޯ ބައްޕަ ދަންނަ މީހެއްވެސް ނުހުރޭ…” ކަންބޮޑެވެފައި ޔާސިރު ބުނެލިއެވެ. ހުޝާމް އަވަހަށް ފޭސްބުކަށް ވަދެ ޕޯސްޓެއް ޖަހާލިއެވެ. ދަންވަރުގެ ވަގުތު ކަމުން ޑޯނަރުން ހޯދަން އުދަގޫވާނެކަން އެމީހުންނަށް އެގެއެވެ.

*****

މަންސޫރު އައިސް ދިޔަފަހުން ނިދި ލޮލަށް ނައިސް ފޯނުން ފޭސްބުކާ ކުޅެން އޮތް އައިޝާއަށް ނޮޓިފިކޭޝަންއެއް އައި ކުއްލިއަކަށެވެ. ހުޝާމްގެ ނަން އަރާފައި އޮތުން މިއޮއް ދަންވަރު ކޮން ކަހަލަ ޕޯސްޓެއް ޖެހީތޯ ބަލަން ހުޅުވާލިއެވެ. އޭ ނެގެޓިވް ލޭ ވަރަށް އަވަހަށް ބޭނުން ވާ ވާހަކަ ޖަހާފައި އޮތުމުން އައިޝާ ފުންމައިން ތެދުވިއެވެ. ނޫރާ އަކީ އޭ ނެގެޓިވް ލޭ ހުންނަ ކުއްޖެކެވެ.

ހަލުވި ހިގުމެއްގައި ކޮޓަރިން ނިކުމެގެން ގޮސް ނޫރާގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. ދެތިން ފަހަރަކު ޓަކި ޖަހަނިކޮށް ނޫރާ ދެލޯ އުގުޅަމުން އައިސް ދޮރު ހުޅުވާލިއެވެ.

” ދަރިފުޅާ.. ހުޝާމް އެބައިން އޭ ނެގެޓިވް ލޭ ބޭނުން ވެގެން ފޭސްބުކުގަ ޖަހާފަ… ގުޅާބަލަ ކާކަށްތޯ…” ނޫރާ އަށް ވަގުތުން ހަދާނަށް އައި ޔާސިން އާ ނޫރާ ލޭ ޓެސްޓް އެއް ފަހަރަކު ކުރި ހަދާނެވެ. ދެމީހުންވެސް އޭ ނެގެޓިވް ވެގެން އެއީ އެންމެ ފުރިހަމަ ދެ ޖޯޑަށް ނޫނީ ނުވާނޭ ކަމެކޭ ކިޔައިން އުޅުން ހަދާނެވެ.

“ޔާސިން… މަންމާ މަޑުކޮށްލައްޗޭ…” ނޫރާ ކޮޓަރިއަށް ވަދެ ހުޝާމަށް ގުޅާލިއެވެ.

” ހަލޯ.. ކާކަށް ލޭ ހޯދަނީ… ޔާސިން އަށްތަ..” ނޫރާ އަށް ޔާސިން އަށް ކަން އިގުމުން ހުޝާމް ކުޑަކޮށް ޖެލަސްވިއެވެ. އަދިވެސް ނޫރާއަށް ޔާސިންގެ ކުޑަ ކުޑަ ކަންކަންވެސް ހަދާން ހުންނާތީއެވެ.

“އާނ… މިރޭ ހިގި މާރާމާރީއެއްގަ ވަރަށް ބޮޑަށް ޒަހަމް ވެގެން…. އެއް ގަޑި އިރު ތެރޭ ދެ ޑޯނަރުން ނުލިބިއްޖެޔާ ފުރާނަ އަށް ނުރައްކާ ވާނެ..” ހުޝާމް ވާހަކަ ދެއްކިއެވެ.

“އަހަރެން އެބަ ދަން… އަހަރެންގެ ލޭ ލިބޭނެ” ނޫރާ މިހެން ބުނެ އަވަހަށް ތައްޔާރުވާން ދިޔައެވެ.

*****

“ޑޯނަރެއް ލިބުނީތަ؟” ޔާސިރު އަހާލިއެވެ.

“އާނ… އަޅުގަނޑު ރައްޓެހިވެގެން އުޅޭ ކުއްޖާ…” ހުޝާމް ބުނެލިއެވެ.

“މަންސޫރުގެ އެ މަންޖެތަ؟” ޔާސިރު އަނެއްކާވެސް އަހާލިއެވެ. ހުޝާމް ބޯ ޖަހާލިއެވެ.

“އެބުނާހެން މަންސޫރުގެ ވެސް ހުންނަނީ އެ ނެގެޓިވް..” ޔާސިރު ހަދާނަށް ކުއްލިއަކަށް އައި މަންސޫރުގެ ލޭ ގުރޫޕެވެ. ހިންދިރުވާލުމަށްފަހު ފޯނު ނަގާ މަންސޫރަށް ގުޅާލިއެވެ. ނަމަވެސް މަންސޫރު ފޯނެއް ނުނަގައެވެ. 3 ފަހަރު ގުޅީވެސް އިތުރު އެއްވެސް ކޮޅެއް ނެތިގެންނެވެ.

45 މިނިޓްވެގެން ދިޔަ އިރުވެސް ނޫރާގެ ހަބަރެއް ނުވެއެވެ.

“އަޅެ ބާކީ 15 މިނިޓު…. ހުޝާމް ޔަގީންތަ ނޫރާ ބުނީ އަންނަމޭ…” ޔަޝްފާ ނުހުރެވިގެން އަހާލިއެވެ.

“އާނ…. އައިއްސަ ގުޅާނަމޭ ބުނީ… އަދި ނުގުޅާ” ހުޝާމް އަނެއްކާވެސް ނޫރާއަށް ގުޅާލިއެވެ. ނަމަވެސް މިފަހަރު ނޫރާވެސް ފޯނު ނުނަގައެވެ.

“ނުނަގާ… ނިދުނީ ކަންނޭގެ” ހުޝާމް ބުނެލިއެވެ. އެންމެން މޫނު މަތިން މާޔޫސްކަން ވެރިވާން ފެށިއެވެ. ކުރިއަށް އޮތް 12 ވަރަކަށް މިނިޓު ތެރޭ ލޭ ނުލިބިއްޖެނަމަ ޔާސިން އުމުރަށް ގެއްލިގެން ހިގައިދާނެއެވެ.

ތިއޭޓަރު ކައިރީ ދެކޮޅަށް ހިގަމުން ދިޔަ ޔާސިރުގެ ލޮލުން ކަރުނަ ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔައެވެ. ހުޝާމްވެސް ބޮލުގައި އަތް އަޅާލައިން އިނީ އިތުރަށް ހަދާނެ ގޮތެއް ނުވިސްނޭތީއެވެ. ޔަޝްފާ އިރު އިރު ކޮޅާ ގަޑިއަށް ބަލަމުން ދިޔައެވެ.

ގަޑިން ދޭއް ޖެހިތަނާހެން ދެ ނަރުހުން 2 ކޮތަޅުލޭ ހިފައިން ދުވަމުން ދުވަމުން އައިސް ތިއޭޓާރ ތެރެއަށްވަނެވެ. ޔަޝްފާ އަވަހަށް ބްލަޑް ބޭންކަށް ގުޅާލިއެވެ.

“ލައްބަ ދެ ޑޯނަރުން އައިސް ލޭ ދީފަ އެދިޔައީ…” ޔަޝްފާ ލޭ ލިބުނީތޯ ނޫނީ ހުރި ލޭ ފޮނުވީތޯ އެހުމުން ބްލަޑް ބޭންކް އިން ފޯނު ނެގި ކުއްޖާ ބުނެލިއެވެ.

“އަލްހަމްދުﷲ” ޔަޝްފާއަށް ބުނެލެވުނެވެ. ނަމަވެސް ނުގުޅާ އައިސް ލޭ ދިނީ ކޮން ދެމީހުންނެއްތޯ ބަލަން ޔާސިރު ހުރީ ކެއްމަދުވެފައެވެ. އެދެމީހުންނަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް އޭނާއަކަށް ނޭގެއެވެ.

ކުއްލިއަކަށް ތިއޭޓާރ ކައިރި ހުރި ލިފްޓް ދޮރު ހުޅުވާފައި ނިކުތީ..

….

“ނުނިމޭ”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

ތިޔައީ މަގޭ މިތުރާއޭ 11

Next

އަބަދުވޭ ހިތުގާ މަގޭ 22

Next
October 23, 2025

އަބަދުވޭ ހިތުގާ މަގޭ 22

Previews
October 22, 2025

ތިޔައީ މަގޭ މިތުރާއޭ 11

3 Comments!

  1. Nai says:
    October 22, 2025 at 9:30 pm

    Whaaatttttttttt!!
    Kon hisaabakun thi ninmaaliiiiiii
    Curiously waitinggggggggg….
    Alhey plzzzzz avahah up kohdhehcheyyyyyy nextttt…

  2. Riusha💙 says:
    October 22, 2025 at 9:44 pm

    Anehkaa kaakuuu?????
    Super curious
    Kon irakun next episode
    Take Care.. Luv ya 💙💙

  3. Eelam.. says:
    October 23, 2025 at 9:48 am

    Heyyy enme fakkaa hisaabun thi ninmaaly haadha curious ey gurlll pls next ep beynun vanyyy

Comments are closed.

Next Episodeހިތުގެ ރިހުން 39←


All Right Reserved!