Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވިހަ ލޯބި 14

afu.shvvn
afu.shvvn Level 110 Stories
October 23, 2025 4 Mins Read
2 Comments

“މަންމާ…؟” ޒީކްއަށް ރޮވުނެވެ.

“ކޮން މަންމާއެކޭ ކިޔާކަށްތަ އޭނ؟ މުޅި ރަށަށް ބަނދުނާމަ ވެގެން އެބަ ކެރެއެއްނު މުޅި ރަށުގަ ހިނގަން.” ޒޫނާ ލަވައިގަތީ ހަޅޭކެވެ.

“މަންމާ، ކީކޭ ތި ކިޔަނީ؟ ކިހިނެތް ވީ؟” ޒީކްއަށް ގިސްލެވެން ފަށައިފިއެވެ.

“ކަލޭގެ އުރިޔާން ފޮޓޯތައް މުޅި ރަށަށް ލީކް ވެގެން އެ އުޅެނީ. އަދިވެސް ނޭނގިގެން ތަ ތި އަހަނީ؟ މުޑުދާރުކަން. އަހަންނަށް މި ބަލާ ބޮޑުކުރެވުނީ ކޮން ފަދަ ދަރިއެއް؟ އަހަރެމެން މުޅި ދުނިޔެއަށް ބޭޒާރުވެއްޖެ. އަހަރެމެންގެ އަގު ވެއްޓިއްޖެ.” ޒޫނާ އެހެން ބުނިއިރު އޭނާގެ ދެލޮލުންވެސް ކަރުނަތައް އޮހެން ފެށިއެވެ.

ޒީކްއަށް އަދި ބާރަށް ރޮވެން ފެށިއެވެ. އޭނާއަށް އިނގެއެވެ. އޭނާ ދުވަހަކު މީހަކަށް އެ ކަހަލަ އެއްވެސް ފޮޓޯއެއް ނުފޮނުވައެވެ. އޭނާއަކީ އެކަހަލަ ކަންކަން ކުރާ ކުއްޖެއްވެސް ނޫނެވެ. ކުއްލިއަކަށް އިވުނު ބާރު އަޑަކާއިއެކު ޒީކް އިސްހިއްލައި ބަލައިލިއެވެ. ފެނުނީ ޒޫނާ ހޭނެތިގެން ވެއްޓިފައި އޮތް ތަނެވެ. ބާރު ހަޅޭކަކާއިއެކު ޒީކް އާއި ޒާހިރު ޒޫނާ އެ ދިމާލަށް ދުއްވައިގަތެވެ.

ހަމަ އެ ދުވަހު ޒޫނާ ގެންދެވުނީ މާލެއެވެ. ރަށު މީހުންގެ ނަފްރަތުގެ ބެލުންތަކާއި މަލާމާތުގެ ބަސްތަކުގެ ޝިކާރައަކަށް ވީ ނަމަވެސް ޒީކް މަސައްކަތްކުރީ ކެތްކުރެވޭތޯއެވެ. މާލޭގެ ޑަކުޓަރު ބުނުއްވި ގޮތުގައި ޒޫނާ ހާޓް އެޓޭކެއް ޖެހި، ހޭނެތިގެން ވެއްޓުނު ގޮތަކުން ކޯމާއަކަށް ދިޔައީއެވެ. އިތުރު ފަރުވާއަށް ބޭރަށް  ދިއުމަށް ޑަކުޓަރު ލަފާ ދިނެވެ.

އެއީ ބޭރަށް ދިއުމުގެ އެއްދުވަސް ކުރިއެވެ. މަންމަގެ ޚިދުމަތުގައި އިނުމަށްފަހު އެޕާޓްމެންޓަށް އައި ޒީކްގެ މޫނު މަތީގައި ވީ ވަރުބަލިކަމާއި މޮޅިވެރިކަމެވެ. އައި ގޮތަށް އައިސް ސޯފާގައި އިށީން ޒީކް އޭނާގެ ފޯނު ހުޅުވައިލިއެވެ. އޭނާ ބަލަހައްޓައިގެން ހުރީ ނުހައިކްގެ  ‘މިސްޑް ކޯލް’ ތަކާއި މެސެޖުތަކަށެވެ. އޭނާ އެހެން އިންދާ އަނެއްކާވެސް ނުހައިކް ގުޅަން ފަށައިފިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޒީކް ފޯނު ނަގަމުން ކަންފަތާއި ކައިރިކޮށްލިއެވެ.

“ޒިޒީ؟ ޒިޒީ، އައި ވޯޒް ސޯ ވޮރިޑް. މި ހަފްތާ އެއްކޮށް މި ދިޔައީ، ފޯނެއް ނުނަގާ. އަޅެ އަހަރެން ހީކުރީ.. ޒިޒީއަށް ކަމެއް ވީ ކަމަށް.” ނުހައިކްގެ އަޑުގައި ވި ކަންބޮޑުވުން އިވިފައި ޒީކްގެ ހިތުގައި ރިއްސައިލިއެވެ.

“ނުހައިކް، ޑްރޮޕް ދި އެކްޓް. އަހަރެންނަށް އިނގޭ ނުހައިކް އާއި ލިޝާގެ ވާހަކަ. ލިޝް އަހަރެންގެ ގާތުގާ ބުނެފި.” ޒީކް މަޑުމަޑުން ބުނެލިއެވެ.

“ކީތްވެ ތަ ތި އަހަރެންނަށް އެވަރަށް ގުޅަނީ. އަހަރެންގެ ފޮޓޯތައް..” އެހާހިސާބަށް ބުނެވުމާއިއެކު ޒީކްގެ އަރުތެރެ ބެދުނެވެ.

“އަހަރެންނަށް އިނގޭ ޒިޒީ އެކަހަލަ ކަމެއް ނުކުރާނެކަން. އޭގަ ކޮންމެވެސް ނުބައެއް އެބަ އުޅޭ.” ނުހައިކް ބުނި އަޑު އިވުނެވެ.

އަދި ނުހައިކް ބުނި ގޮތުގައި އެ ރަށުގެ ވަރަށް ގިނަ މީހުންނަށް ޒީކް އާއި ނުހައިކްގެ ގުޅުން ފަޅާއަރައިފިއެވެ. އެ ވާހަކަ ފެތުރީ ކާކުކަމެއް ޔަޤީނެއް ނޫނެވެ.

“އަހަރެންނަށް އިނގޭ، ނާއިމައްތަ ގުޅި. އަހަރެމެން ގެ ގުޅުން ކަނޑައިލަން އެދުނު.” ޒީކް ބުންޏެވެ.

“ޒިޒީ…” ނުހައިކް ވާހަކަ ދައްކަން ފެށުމާއިއެކު ޒީކްވެސް ފެށިއެވެ.

“ނުހައިކް، ނޫން. އަހަރެން ބޭނުމެއް ނޫން ކަންތައްތައް އަހަރެންނަށް ސިއްރުކޮށްގެން ތި ގޮތަށް އުޅޭ މީހުންނާއި އެކު އުޅޭކަށް. ވީ އަރ ޑަން. އަހަރެންނަށް ނުގުޅާތި ދެން. އައިމް ޗޭންޖިން މައި ނަންބަރ. އަހަރެން މާދަން ނުހުންނާނެ ރާއްޖެއަކު ވެސް.” ޒީކް އެހެން ބުނިއިރު އޭނާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.

“ނޫން، ޒިޒީ ތިހެން ނުހަދާ..” ނުހައިކް އާދޭސްކުރަން ފެށިއިރު އޭނާގެ އަޑުގައި ވީ ބިރުވެރިކަމެއް ޒީކްއަށް ސިއްރެއް ނުވިއެވެ.

“ވަރަށް ސަލާމް، ގުޑްބާއި.” ޒީކް އެހެން ބުނުމާއިއެކު ނުހައިކް ހިމޭންވިއެވެ.

އެ ހިމޭންކަން ދިގު ދެމުނު އިރު ޒީކްގެ ހިތް އެދެމުން ދިޔައީ ނުހައިކް އަދިވެސް އޭނާއަށްޓަކައި އާދޭސްކުރުމަށެވެ. އޭނާއަށް ހިތާ ހިތުން އެކަމަށް ދުޢާވެސް ކޮށްލެވުނެވެ.

“ގުޑްބާއި، ޒިޒީ.” ނުހައިކްގެ އަނގައިންެ އެ ނިކުތް ބަސްކޮޅަށްފަހު ފޯނު ކަނޑައިލުމާއިއެކު ޒީކް ގެ ހިތް ކުދިކުދިވެގެން ދިޔައެވެ.

ރޮމުން އަނގައިގައި އަތް އެޅުނުއިރު ހިތުގައި ވީ ގަދަ ރިހުމެކެވެ. އޭނާ މުޅިން އެކަނި ވީއެވެ. މަންމައެއް ބައްޕައެއް އޭނާއަކަށް އިތުބާރެއ މިހާރަކު ނުކުރެއެވެ. އޭނާގެ ގަދަރު ރަށު އެންމެންގެ ކުރިމަތީގައި ގެއްލުނީއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ ގެއްލުނީއެވެ، އޭނާގެ ލޯބިވެރިޔާވެސްމެއެވެ…

__________

އެ ހުރިހާ ވާހަކައެއް ކިޔައިދިން އިރު ޒީކްގެ ދެލޮލަށް ވީ ކަރުނަތައް ޖަމާވެފައެވެ. މަލްކާވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މަޑުމަޑުން ޒީކްގެ ގައިގައި މަލްކާ ބައްދައިލިއެވެ.

“ޒީ.. އައިމް ސޯ ސޮރީ.. އައި ޑިޑިން ނޯ..” މަލްކާ މަޑުމަޑުން ޒީކްގެ ބުރަކަށީގައި ފިރުމަމުން ބުނެލިއެވެ.

“އަޅެ، މަލް ސޮރީ ބުނާ ވަރު ކަމެއް ނޫނޭ އެއީކީ. އަހަރެން ހަމަ ބިރުގަންނަނީ. ނިޔަލް އައިމަ. އޭނާ ވަރަށް ރުޅި އަންނާނެ އަހަރެންނާއި ނުހައިކް ރައްޓެހިވެގެން އުޅުނު ދުވަސްކޮޅު.” ޒީކް ދުރުވެލަމުން ބުނެލިއެވެ.

“ހާސްނުވޭ ޒީ. ޒީގެ ދޮންބެ ހުންނައިރަކު ނިޔަލްއަށް ހަމަ އެއްކަމެއް ކުރާކަށްވެސް ނުކެރޭނެ. އަހަރެންވެސް ޒީގެ ގާތު ހުންނާނަން.” މަލްކާ ހީލަމުން ބުނެލިއެވެ.

ޒީކް ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ. އަދި މަލްކާއަށް ޝުކުރު އަދާކުރިއެވެ.

“ޒީގެ ބައްޕަގެ ގާތަކު އެ ވާހަކައެއް ނުބުނަންތަ؟” މަލްކާ އިރުކޮޅަކު ވިސްނަން އިނުމަށްފަހު އަހައިލިއެވެ.

“ނޫން، ބުނިން އަހަރެން އެއްވެސް ގޮތަކުން އެކަހަލަ ފޮޓޯއެއް ނުފޮނުވަމޭ އެއްވެސް މީހަކަށް. އެކަމަކު ކީތް ކުރާނީ؟ ބައްޕަވެސް ޤަބޫލެއް ނުކުރި.” ޒީކް ފުން ނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ.

“ޒީ، ދެން އެކަމާ ނުވިސްނާ. އިރާދަކުރެއްވިއްޔާ ޒީކްގެ ދިރިއުޅުން ހަލާކުކޮށްލި މީހާ އެއްދުވަހަކުން އިނގޭނެ، އަދި އޭނާއަށް ލިބެންވީ ޙައްޤު އަދަބުވެސް ލިބޭނެ. ދެން އަވަހަށް ނިދާ. މާދަން ޢީދެއްނު؟” މަލްކާ އެހެން ބުނެލަމުން ތެދުވިއެވެ.

ޒީކް ހީލަމުން ބޯ ޖަހައިލިއެވެ. އަދި އެއް ފަހަރު ޝުކުރު އަދާކޮށްލަމުން މަލްކާ ނިކުތުމަށް ކޮޓަރި ދޮރު ހުޅުވައިދިނެވެ. ހަމަ މަލްކާ ދިއުމާއިއެކު ކޮޓަރި ތަޅުލުމަށްފަހު ފޯނު ހިފައިގެން ގޮސް އޭނާ ވެއްޓިގަތެވެ. ނިދަން ހަމަ ކައިރިކޮށްލިތަނާހެން ފޯނަށް ގުޅަން ފެށި އަޑަށް އޭނާ ކޯލަރ އައިޑީއަށް ބަލައިލިއެވެ. ގުޅަނީ ޔާނިއުއެވެ.

“ހަލޯ؟” ފޯނު ނަގަމުން ޒީކް ސްޕީކަރަށްލިއެވެ.

“ޒީ، ހިނގާ އަހަންނާއިއެކު ބޭރަށް ނިކުމެލަން. ވަރަށް ފޫހިވެގެން މި އުޅެނީ.” ޔާނިއު ބުންޏެވެ.
“ސޮރީ ބަޓް އަހަރެން ވަރަށް ވަރުބަލި މިރޭ. ވަރަށް ނިދިއައިސްފި.” ތެދުވަން މަސައްކަތަށް ޒީކް ބުނެލިއެވެ.

“އެހެންވިއްޔާ މާދަން ހެނދުނު ވާނެ އަހަންނާއިއެކު ތާކަށް ދާން.” ޔާނިއު ޗޮކެއް ކަނޑައިލަމުން ބުނެލިއެވެ.

“ކޮންތާކަށް؟” ޒީކްގެ އަޑުގައިވީ ލާނެތް ކަމެވެ.

“ދެން ކޮންމެވެސް ތަނެއް. އަހަންނާއި އެއްކޮށް އައީމަ އިނގޭނެ އެއްނު؟” ޔާނިއު ހިނިގަނޑެއް ޖަހައިލުމަށްފަހު ބުންޏެވެ.

“ދެންވެސް ދޭ ނިދަން. އަހަންނާއި ހެދި ނުނިދައި އޮންނާނެ ކަމެއް ނެތް. ގުޑް ނައިޓް.” ޔާނިއު ބުނި އަޑު އިވުނެވެ.

“އޯކޭ، ގުޑްނައިޓް، ޔާން.!” ޒީކް އެހެން ބުނަމުން ފޯނު ކަނޑައިލިއިރު އޭނާގެ ތުންފަތުގައި ވީ ރީތި ހިނިތުންވުމެކެވެ.

އަނެއް ދުވަހުގެ އިރު އަރައިފިއެވެ. ޢީދު ނަމާދަށްފަހު މުޅި ރަށުތެރެ ހަލަބޮލިވެފައި ވަނީ ޢީދުގެ އުފާވެރި މުނާސަބަތާއި ގުޅިގެންނެވެ. މަގުމަތީގައި ކުދިބަޔަކު ފެންކުޅިވަރު ކުޅެން ފަށައިފައިވީ އިރު އެކުވެރިކަމާއިއެކު އާއިލާ އާއި އެކުވެރިންނާއިއެކު ހެނދުނުގެ ނާސްތާ ނެގުމުގައި އަނެއް ބަޔަކު އުޅެއެވެ.

އެހެން ގޭގެޔެކޭ އެއްފަދައިން ޒީކްމެންގެ ގޭގައިވެސް ވީ އުފާވެރިކަމެވެ. ތިން އަންހެން ކުދިން ނާސްތާ މޭޒު މައްޗަށް އެރުވުމުގައި އުޅުނުއިރު އުޝާން އާއިއެކު ނަމާދުން އައި ޔާނިއު ސިޓިން ރޫމްގައި ތިބީ ކޮންމެވެސް ވާހަކައެއްގައެވެ. ހެނދުނުގެ ނާސްތާ އެންމެން ނެގީ އެއްކޮށެވެ.

“ކޮބާތަ ނުހައިކް؟ އޭނަ އިއްޔަ މެންދުރުގެ ފަހުން ލޮލަކަށް ވެސް ނުފެނޭ.” ކެއުމުގެ ތެރެއިން އަލްޔާ އަހައިލިއެވެ.

“އޭނަ ދޮންބެ އައިސްގެނެއްނު އެ އުޅެނީ. އެ ދެމީހުން ވަރަށް ގާތް ވާނެ.” ޔާނިއު ބުނެލިއެވެ.

މަލްކާ ޒީކްއަށް ބަލައިލި ނަމަވެސް އޭނާގެ މޫނުގައި ވީ ހިނިތުންވުމެވެ. މަލްކާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

ކައި ނިމުމާއިއެކު އެންމެންވެސް ދިޔައީ ހެދުން ބަދަލުކޮށްލާށެވެ. ޒީކް އަތްކުރު ޖާރޒީއެއް ލައިގެން ނިކުތްއިރު އަލްޔާމެން ވެސް ނިކުމެ ތިއްބެވެ. ޔާނިއު އެއިރު އެގޭގެ ޖޯލި ފައްޗާއި އަރައި ހަމަކުރަނީއެވެ. އައި ގޮތަށް އައިސް ހުއްޓުނީ ޒީކްގެ ގާތުގައެވެ.

“މޭ އައި ސްޓީލް ޒީ ފޯރ އަ ވައިލް؟ ޒީ ބުނި އަހަރެން ބުނާ ތާކަށް މިއަދު ދާނަމޭ..” ޔާނިއު ލާނެތް ކަމާއިއެކު އެއްސެވެ.

ދެލޯ ބޮޑުކޮށްލަމުން އަލްޔާ އާއި އުޝާން އެކަކު އަނެކަކާއި ދިމާއަށް ބަލައިލިއެވެ. އެ ދެމީހުންގެ މޫނު މަތީގައިވެސް ލާނެތްކަން ވީ އިރު، މަލްކާވެސް ހުރީ ޒާތަކަށް ހީލައިގެންނެވެ. މި މަންޒަރު ފެނިފައި ޒީކް ގަތީ ލަދެވެ. ލަދުން އޭނާގެ މޫނު އެކަށް ރަތްވިއެވެ. އެއާއިއެކު ޒީކް ފިޔަވައި ދެން ތިބި ޒުވާނުން ހޭން ފަށައިފިއެވެ.

“ސާބަސް ދެން.” އައި ރުޅީފައި ޒީކްއަށް ލޯ އެޅުނީ ޔާނިއުއަށެވެ.

“އެންމެ ރަނގަޅު އެކަމަކު މަގޭ ކޮއްކޮއަށް އެއްވެސް ގޮތެއް ހަދާފިއްޔާ ކަލޭގެ ދުވަސް ދިޔައީ.” ހުނުމުގެ ތެރެއިން އުޝާން ބުންޏެވެ.

“ދެން އަނެއްކާ މާފޮޅުވާނީކީ ނޫން ގޮސް.” އަލްޔާ ސަމާސާކޮށްލިއެވެ.

މަލްކާ ހެމުން ބޯހޫރުވައިލީއެވެ. ޔާނިއު އެ އެންމެންނަށް ހަނާ އަޅައިލަމުން ޒީކްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ޒީކް ސިހުނު ނަމަވެސް އެއްޗެކޭ ނުބުނެއެވެ.

“ކޮންތާކަށް މި ދަނީ؟” އިރުކޮޅަކަށް ފަހު ޒީކް އަހައިލިއެވެ.

“ކެތްތެރިވެބަލަ ޒީ.” ޔާނިއު ހީލިއެވެ.

ތުން ދިގުކޮށްލަމުން ޒީކް ކަޅި އަބުރައިލިއެވެ. ޔާނިއު ގޮސް މަޑުކޮށްލީ ފިހާރައެއްގެ ކުރިމަތީގައެވެ. އަދިވެސް ޔާނިއު މި ކުރަން އުޅޭ ކަމެއް ޒީކްއަކަށް ނުވިސްނުނެވެ.

ޔާނިއުމެން ދިއުމާއިއެކު އަލްޔާމެން ތިބީ ފޫހިވެފައެވެ. އެހެން އިނދެފައި ޔާނިއުމެން އައުމުން ނިކުންނާނެ ކަމަށް ބުނެފައި އަލްޔާ އެތެރެއަށް ވަނެވެ. އެއާއިއެކު މަލްކާ އާއި އުޝާން އެކަނިވިއެވެ. ދެހިތުގެ ހިނގުން އަވަސްވެފައި ވީ އިރު އިސްވެ ވާހަކަ ދައްކަން އެކަކަށްވެސް ނުކެރުނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

afu.shvvn
Follow Me Written By

afu.shvvn

Level 110 Stories

. 17y

Other Articles

Previous

އަބަދުވޭ ހިތުގާ މަގޭ 22

Next

ނުފިލާނެޔޭ އެ ހަނދާން 1

Next
October 23, 2025

ނުފިލާނެޔޭ އެ ހަނދާން 1

Previews
October 23, 2025

އަބަދުވޭ ހިތުގާ މަގޭ 22

2 Comments!

  1. shynyx inax shynyx inax says:
    October 24, 2025 at 11:24 pm

    Vrh reethi..

    1. afu.shvvn afu.shvvn says:
      October 26, 2025 at 7:47 pm

      thank youu

Comments are closed.

Next Episodeވިހަ ލޯބި 15←


All Right Reserved!