“އަހަރެން ދެން ކިހިނެތްތަ ހަދަންވީ؟ އަހަރެންނަކަށް ވެސް ނުކެރޭނެ ދޯ ވިނާލް ގާތުގަ އީނާލްއާ ވިނާލްއާ އެއީ އެއްބަފާ ދެކުދިންނޭ ބުނާކަށް. މަ ކޮން ދުލަކުންތަ ބުނާނީ އީނާލްއަކީ މަގޭ ދަރިއެކޭ؟ އޭނ؟” ވިއާމްގެ ޖުމްލަ އިވި ވާއިލްގެ ހިތުގެ ހިނގުން ހުއްޓުނު ފަދަ އިހުސާސެއް ކުރެވުނެވެ. މޭގާ އަތްއަޅާލެވުނީ ކުރެވުނު އިހުސާސަކުންނެވެ. ހީވީ ތޫނު ހަންޖަރެއްގެ ހަމަލާ ލިބުނު ހެންނެވެ.
(12 ވަނަ ބައި / ފަހުބައި)
“ތިހެންވެގެން ދޯ އަހަރެން ބުނީ ކޮންމެ ކަމެއް ކޮއްގެން ވެސް އެކަން ހުއްޓުވާށޭ! ކަލޭ ކައިރީ މަ ބުނިން ދޯ އީމާންއާ ހުމޭދު މަރާލިހެން އެސޮރު ވެސް މަރާލަން އުޅޭށޭ!” ވިޔާމް ބުނެލި އަޑު އިވުނެވެ.
“ކަލޭ ކުރި ފާފަ ތަކުގެ ޝަޒާ ކަންނޭނގެ މި ލިބެނީ. ފުރަތަމަ އީމާން ގަޔަށް އަރާފަ ދެން ތިއެރީ އީމާންއާ ކަލޭގެ ދަރި ގަޔަށް. ޕިސް ޕިސް” ބޯހޫރުވާލަމުން ވިޔާމް ބުނެލިއެވެ. “ކަލޭ މިތަނަށް އައީ މަށަށް ތަގުރީރު ދޭންތަ؟” ވިއާމް ހިތްހަމަނުޖެހިފާ ސުވާލު ކުރިޔެވެ.
ވާއިލްއަށް ހުރެވުނު ތަނަށް ތިރިވެވުނެވެ. އަނގަމަތީ އަތް އަޅާ ރޯން ފެށުނެވެ. އީނާލްއަށް ދެން އޭނާ ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ އީނާލްއަކީ އޭނާގެ ކޮއްކޮއެކެވެ. އޭނާގެ މައިންބަފައިންވެސް ނައްތާލީ ހަމަ ވާއިލްގެ މައިންބަފައިންނެވެ. ދެން ހުރީ ލޯބިވާ ކޮއްކޮއެވެ. ކައިވެނި ކުރެވުނީ ބޭބެއަކާ ކަން އެނގުމުން އެހިތުގާ އަޅާނެ ވޭން އަންދާޒާ ކޮއްލަންވެސް ދައްޗެވެ. އެހެނަސް ދެން އޭނާ ހަދާނީ ކިހިނެތް ހެއްޔެވެ؟ އެވާހަކަ ބުނާނީ ކިހިނެތް ހެއްޔެވެ؟
އެހުރިހާ ވާހަކައެއް ބާއްވާށެވެ. އީނާލްގެ ގަޔަށް އެރީ އީނާލްގެ ބައްޕަކަން އެނގުމުން އޭނާއަށް ވާނީ ކިހިނެތް ހެއްޔެވެ؟ އެހިތުގާ ކިހާ ޝަކުވާ އުފެދޭނެ ހެއްޔެވެ؟ ދެލޮލުން ކަރުނަ ފުހެލަމުން ވާއިލް ތެދުވިއެވެ. ފޯނުގައި ޖައްސާފައި އިން ރިކޯޑިން ނިއްވާލަމުން ބަރުހެލި ފިޔަވަޅު ތަކެއްގާ ކޮޓަރިއަށް ވަނެވެ.
ހެނދުނުގެ ހިތްގައިމު ވަގުތެވެ. ޖައްވުގާވީ ފިނިކަން ފިލާ ހޫނުކަން ވެރިވެލިއެވެ. ނަމާދު ކޮއްލައިގެން ކޮޓަރިން ނިކުން ވިނާލްގެ ނޭފަތުގާ ބިސްގަނޑު އަޅާވަސް ޖެހުނެވެ. ހިނިތުންވެލަމުން ބަދިގެއަށް ވައިން އިރު އީވާން ސައިހަދަން ހުއްޓެވެ.
“ދެން ވާން… އަޅެ ތިއީ އަންހެނުންގެ ވަޒީފާއެއްނުން” ވިނާލް ތުންކޮޅު އޫކޮއްލިއެވެ. “ކާކުތަ ބުނީ އެހެން؟ ގައިމު އަހަރެމެންގެ ރަސޫލާވެސް އަނބިންނަށް އެހީތެރިވި. ވާން މިކަންކަން ކުރާކަށް ނުގަނޭ ލަދެއް” އީވާން ބުނެލިއެވެ.
“ދެން އަޅެ ވާން ވަރުބައްޔެއް ނޫންތަ؟ ވިވީ ވެސް މިއުޅެނީ ހިނގަން އުނދަގޫވާތީ” ލުއި ހިނިތުންވުމަކާ އެކު ވިނާލް ބުނެލިއެވެ. “އެހެންތަ؟ ދެން ތިކަހަލަ ވާޙަކަ ދައްކަންޏާ މިއެއްޗެހި ބަހައްޓަން ޖެހިދާނެ އިނގޭ” އިންޒާރެއް ދޭހެން އީވާން ބުނެލިއެވެ. “ހަހަހަހަ އެ ކީއްވެ ޔޯ؟”
“މޭބީ އައި ޖަސްޓް ވޯންޓު އީޓް ޔޫ” ވިނާލްގެ އުނަގަނޑުގާ އަތް އަޅުވާލަމުން އީވާން ބުނެލިއެވެ. “ދެން ޗީޑި. ދުރުގަ ހުރޭ” ލަދުން ހުރެ އީވާން ކޮއްޕާލަމުން ވިނާލް ބުނެލިއެވެ. އެވަގުތު އުނދުން މަތީގާ ދުން އަރަ އަރަ އޮތް ބިސްގަނޑު އޭނާގެ ލޮލުގާ އަޅާގަތެވެ. “އޭ މިޔޮށް އެނދީ މި”
އަވަސް އަވަހަށް ތަވާއިން އެނެގި އިރު އެފަޅި އޮތީ އެކީގާހެން އަނދާފައެވެ. “ހޫން. މިސްޓާރ ޝެފް އީވާން. ވަރަށް މޮޅު އިނގޭ” ބޯހޫރުވާލަމުން ވިނާލް ބުނެލިއެވެ. “ސީ؟ އީވެން ޑެސްޓްނީ ވޯޓް މީ ޓު އީޓް ޔޫ” އެއްލޯ މަރާލަމުން އީވާން ބުނެލިއެވެ. “ޑެސްޓްނީ މައިފުޓް” އަލަމާރި ކައިރީ ހުއްޓި ދެބިސް ނަގަމުން ވިނާލް ބުނެލިއެވެ.
ނިދިފައި އޮތް ކްލާރާގެ މޫނުގާ ފިރުމާލަ ފިރުމާލަ އޮތް ނުހައިކްގެ ތުންފަތުގާވީ ލުއި ހިނިތުންވުމެކެވެ. މިހާރު އެހެން އޭނާ އޮންނަތާ އިރުކޮޅެއް ވެއްޖެއެވެ. އަދިވެސް އެމޫނު މަތީގާ އެއްވެސް ފޫހި ކަމެއް ނެތެވެ. ހީވާ ފަދައެވެ. ކްލާރާގެ މޫނުމަތީގާ އިން އެންމެ ކުޑަ ކުޑަ ކަޅު ތިލައަށް ދާންދެން އެހިތުގާ ކުރަހާލަނީއެވެ.
މަޑުމަޑުން އޮވެފާ ކްލާރާ ކުކުރާލިއެވެ. ދެލޯ ހުޅުވާލުމާ އެކު އޭނާއާ ދިމާލަށް ކަޅި ޖަހާ ނުލާ ބަލަން އޮތް ނުހައިކް ފެނި ލަދުން މޫނުގާ އަތް އެޅިއެވެ. “ދެން އިކޫ ބަލަންތަ ތިއޮތީ؟” ލަދުން އޮވެ ކްލާރާ އަހާލިއެވެ. “ދެން ތިހާ ރީތި ކުއްޖަކު ކައިރީ އޮއްވާ ކިހިނެތް ނުބަލާ އޮންނާނީ؟” މަސްތީ ރާގެއްގާ ނުހައިކް އަހާލިއެވެ.
“ހޫން. ދުރަށް ދޭ” އެނދުން ތެދުވަމުން ކްލާރާ ބުނެލިއެވެ. ނަމަވެސް ނުހައިކް އޭނާގެ އަތުގާ ހިފާ އަލުން އެނދުގާ ބާއްވާލިއެވެ. އަދި ވަރަށް ލޯބިން އެހަށިގަނޑުގާ ބައްދާލިއެވެ. “އަދި އިރުކޮޅަކު…” ނުހައިކް މަޑުމަޑުން ބުނެލިއެވެ. ކްލާރާ ލަދުން އޮވެ ނުހައިކްގެ މޭގާ މޫނު ފޮރުވާލިއެވެ.
ދުވެފާ ކޮޓަރިއަށް ވައިން ނީރާގެ މޫނުމަތީގާވީ ރުޅިވެރިކަމެވެ. ވިއާމްގެ ރުޅިވެރިކަމަކީ ނީރާއަށް ބިރުވެރި އެއްޗެއް ނަމަވެސް މިއަދު އެރުޅިދެކެ އޭނާ ބިރެއް ނުގަނެޔެވެ. އެއަށްވުރެ ބޮޑަށް މިއަދު އޭނާ ވަނީ ރުޅި އައިސްފައެވެ.
“މިއާމް!!!!!” އެނދު ކައިރީ ހުއްޓި އަޑަށް ލެވުނުހާ ބާރެއްލަމުން އޭނާ ގޮވާލިއެވެ. އޭރު އޭނާގެ މުޅި ހަށިގަނޑު ރޫރޫ އަޅައެވެ. “ކޮން ފެލުމެއްތަ ތިފެލެނީ؟” ވިއާމް ލޯހުޅުވާލަމުން ހަޅޭ ލަވާގަތެވެ.
“މިހިރަ ހަޔާތް ކުޑަ އިންސާނާ!!! ހަމަ މިހާރު ތެދުވާށޭ!!! މައުސޫމް އާއިލާއެއްގެ ހަޔާތް ބަރުބާދު ކޮއްފަ ކަލެއަށް ނިދޭތަ އެބަ؟” ނީރާގެ ސުވާލު އިވި ވިއާމް ކޮންމެވެސް ވަރަކަށް ހައިރާންވިއެވެ. “މިހާރު ކީކޭ ތިކިޔަނީ؟” އެއްބުމަ ހިއްލާލަމުން ވިއާމް ސުވާލު ކޮއްލިއެވެ. ނީރާ ފޯނު ދެއްކިއެވެ. ފޭސްބުކްގާ އިން ޕޯސްޓު ފެނި ވިއާމްގެ ދެލޯ ބޮޑުވިއެވެ.
“އައިޝަތް އީނާލް ހުމޭދުއަށް އުމުރުން 5 އަހަރުގާ ޖިންސީ ގޯނާ ކުރި، އައިޝަތް އީމާންއަށް ޖިންސީ ގޯނާ ކުރި އަދި އީމާންއާ އީމާންގެ ފިރިމީހާ ހުމޭދު މަރާލި، ލޮޓަސް ގޭ، އާދަމް މިއާމް ހައްޔަރު ކުރާ ފަރާތަކަށް 100 ހާސް ރުފިޔާގެ އިނާމު. ދެވަނަ ސްލައިޑްގާ ވިއާމްގެ ކުށް ތަކަށް އަދަބު ދެވޭނެ ވަރުގެ ހެކި ކަމުގެ ހެކި!” ޕޯސްޓު ކިޔާލުމާ އެކު އޭނާގެ މުޅި ހަށިގަނޑުގާ ތުރުތުރުލުމެއް އުފެދުނެވެ. އެހެނަސް ދެން އިން ސްލައިޑްއަށް ސްކްރޯލް ކޮއްލިއެވެ.
***
ވިއާމް: އަހަރެން ދެން ކިހިނެތްތަ ހަދަންވީ؟ އަހަރެންނަކަށް ވެސް ނުކެރޭނެ ދޯ ވިނާލް ގާތުގަ އީނާލްއާ ވިނާލްއާ އެއީ އެއްބަފާ ދެކުދިންނޭ ބުނާކަށް. މަ ކޮން ދުލަކުންތަ ބުނާނީ އީނާލްއަކީ މަގޭ ދަރިއެކޭ؟ އޭނ؟
ވިޔާމް: ތިހެންވެގެން ދޯ އަހަރެން ބުނީ ކޮންމެ ކަމެއް ކޮއްގެން ވެސް އެކަން ހުއްޓުވާށޭ! ކަލޭ ކައިރީ މަ ބުނިން ދޯ އީމާންއާ ހުމޭދު މަރާލިހެން އެސޮރު ވެސް މަރާލަން އުޅޭށޭ! ކަލޭ ކުރި ފާފަ ތަކުގެ ޝަޒާ ކަންނޭނގެ މި ލިބެނީ. ފުރަތަމަ އީމާން ގަޔަށް އަރާފަ ދެން ތިއެރީ އީމާންއާ ކަލޭގެ ދަރި ގަޔަށް. ޕިސް ޕިސް.
ވިއާމް: ކަލޭ މިތަނަށް އައީ މަށަށް ތަގުރީރު ދޭންތަ؟
ވިޔާމް: ނޫން. އެހެނެއް ނޫން. އެކަމަކުވާ ދޯ؟ ދަރި ގަޔަށާ މަންމަގެ ގަޔަށް ވެސް ހަހަހަހަ”
ވިއާމް: ނޭރޭ ވަރެއް ނޫން ދޯ އަސްލު؟ އީނާލް ވެސް ހަމަ އީމާންފަދަ. އެޔޮށް ކުޑަ އިރު ވެސް ލޯބި ކަން. އަދިވެސް ބޭނުންވޭ.
ވިޔާމް: ދެން ދަރިއަށް ވެސް ކާފަ ދަރިއެއް ހޯދަނީތަ؟ ހަހަހަހަ.
ވިއާމް: ހޫން ހޫން. މައިތިރިވޭ ހަހަހަހަ”
***
“ކަލޭހާ ހަޔާތް ކުޑަ އިންސާނެއް މިދުނިޔޭގަ ވެސް ނޫޅޭނެ. އީނާލް ގަޔަށް އަރާފަ އެކަން ފަޅާ އަރާދާނެތީ ދޯ މާލެ ބަދަލުވީ ވެސް؟ ބުނެބަލަ ނިކަން މިއީ ދޮގެކޭ!!!!” ތުރުތުރުލާ ހާލުގާ ނީރާ ސުވާލު ކުރިޔެވެ.
ވިއާމްގެ އަނގާގައި ޓޭޕެއް ތަތްކުރެވުނުފަދައެވެ. ދެން އޭނާ ދައްކާނީ ކޮން ބަހަނާއެއް ހެއްޔެވެ؟ ޕޮލިހުން އޭނާ ހޯދަން އަންނަނީ ނޫން ކަމެއްވެސް ނޭނގެޔެވެ. އެއީ އަގު ބޮޑު ފުރުސަތެކެވެ. އޭނާއާ ދެކޮޅަށް ތެދުވާނެ ކިތަންމެ ބަޔަކު ތިބޭނެކަން ކަށަވަރެވެ. ދެން ވިއާމް ބަލާލީ ކޮމެންޓު ތަކެވެ.
“ވިއާމް މަގޭ ދަރިފުޅާ ވެސް ބެހުނު. ކީއްކުރާނީ ބޮޑެތިންވީމަ މައްސަލަ ޖެއްސިޔަސް އަޅާނުލަނީ”
“ވިއާމް މަށާ ވެސް ބެހުނު. ނުބެހޭ މީހަކު މަދުވާނެ ކަންނޭނގެ”
“މަގޭ ދޮންތަ އަކީ ވިއާމްއާ އެކު މަސައްކަތް ކުރާ ނަރުހެއް. ދޮންތައަށް ވެސް އޭނަ ބެހުނު. ދޮންތަ އަދިވެސް ނަފްސާނީ ބޭސް ކައި ހަދާ”
“އޭނަ ނުބެހޭނެ މީހަކު މިރަށުގަ އުޅޭތަ އެބަ؟”
ކޮމެންޓުތަށް ކިޔާލުމުން އެންމެންވެސް ތިބީ އޭނާއާ ދެކޮޅައްކަން އޭނާއަށް އެނގި ދޭހަ ވެއްޖެއެވެ. އެނދު މަތިން ތެދުވެ ދުއްވާ ގަނެވުނީ ފިލަން ދިޔުމަށެވެ. ނަމަވެސް އޭރު ފުލުހުން އައިސް ގެއަށް ވަންނަނީއެވެ.
“އާދަމް ވިއާމް. އައިޝަތް އީމާން ޖިންސީ ގޯނާކޮށް މަރާލި ކަމައް އަދި، އަދި ޔޫސުފް ހުމޭދު މަރާލިކަމަށް، އައިޝަތް އީނާލް ހުމޭދުއަށް ޖިންސީ ގޯނާ ކުރި ކަމަށް ހުމޭދުއަށް ހުކުމް ކުރެވޭ. އަޅުގަނޑުމެނާއެކު ދުރުވުން އެދެން” އަތުގާ އޮތް ކޯޓު އަމުރު ދައްކާލުމާ އެކު އެހެން ފުލުހެއް އައިސް ވިއާމްގެ އަތުގާ ބިޑި އެޅުވިއެވެ. އެމަންޒަރު ކޮޓަރިން ނިކުން ވާއިލްއަށް ފެނުނެވެ.
“ދަ… ދަރިފުޅާ ވާއިލް… މިއީ އޮޅުވާލުމެއް. ބައްޕަ ސަލާމަތް ކޮއްދީ…” ރޮވިފާވާ ހާލުގާ ވިއާމް ބުނެލިއެވެ. އެއްވެސް އެއްޗެއް ނުބުނެ ވާއިލް އަނެއްކާ ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ.
ދެމަފިރިން އެކުގާ ސައިބޯން ތިއްބާ ދުވެފާ އީނާލް ކޮޓަރިން ނިކުތެވެ. އޭރު އޭނާއަށް ގިސްލެވެޔެވެ. ދެލޮލުން އުފާވެރިކަމާ، ހިތާމައާ، ލަދުވެތިކަން ފެންނަމުން ދިޔައެވެ. “ދޮންބޭ…” ރޮމުން ރޮމުން އީވާންގެ ހަށިގަނޑުގައި އޭނާ ބައްދާލިއެވެ.
“ނާލު ކިހިނެތްވީ؟” އީވާން އަވަސް އަވަހަށް ސުވާލު ކުރިއެވެ. އީނާލްްއަކަށް ވީ ގޮތް ބުނާކަށް ނުކެރުނެވެ. ގަންނާ ކުރެއްވީ ލަދުންނެވެ.
“ނާލޫ؟” ވިނާލް އައިސް އީނާލްގެ އަތުގާ ހިފާލިއެވެ. ވަގުތުން އީނާލް ދުރުވެލިއެވެ. އެއީ އޭނާގެ ދައްތައެއްކަން އަދިވެސް ގަބޫލެއް ނުކުރެވެޔެވެ. ވާހަކަ ދައްކާނޭ ހިތްވަރު ނުލިބުމުން އީނާލް ދިއްކޮއްލީ އަތުގާ އޮތް ފޯނެވެ.
***6 މަސް ފަސް***
ސްރީ ލަންކާގެ ބޮޑު ބިލްޑިންގެއްގެ 10 ވަނަ ބައިގެ ބެލްކަނީގާ އިން ވިނާލްގެ އަތް ވަނީ އޭނާގެ 5 މަހުގެ ބަނޑުގާ ބާއްވާލެވިފައެވެ. ދެލޮލުން ކަރުނަތައް އޭގެ މަގާމު ދޫކޮއްއަނަމުން ދިޔައިރު ސިފަވަމުން ދިޔައީ އީވާންއާ އެކު ހޭދަ ކުރެވުނު އުފާވެރި ދުވަސްތަކެވެ. ނޭފަތް ދަމާލަމުން އޭނާ ބަނޑަށް ބަލާލިއެވެ. އޭނާގެ އަތުގާ އީވާންގެ ހަނދާނަކަށް އޮތް ހަމަ އެކަނި އެއްޗަކީ މިހާރު އެދަރިފުޅެވެ.
“ވިވީ. އަންނަގަ ކާން؟” ބެލްކަނީގެ ދޮރު ހުޅުވާލަމުން ވާއިލް ގޮވާލިއެވެ. ހިކި އަނަރޫފަވެފާ ހުރި ވާއިލް ފެނުމުންވެސް އޭނާ ކުރާ ހިތާމަ އެނގެމުން ދިޔައެވެ. ދެލޯ ވަޅު ވަދެފާވީ އިރު އެއްވެސް ތަރުތީބެއް ނެތި އިސްތަށިގަނޑު ހާވާލެވިފާ ވިއެވެ. ތުންބުޅިވެސް ދިގުކަމުން އޭނާއާ ވައްތަރެއްވެސް ނޫނެވެ. “ހިނގާ” ހީލަމުން އޭނާ ގޮނޑިން ތެދުވިއެވެ.
ގޮނޑުދޮށުގާ އިށީނދެގެން އިން އީވާންގެ ދެލޮލުގާ ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. ﷲ ގެ ރަހްމަތްފުޅާއެކު މިއަދު ލޯބިވާ ކޮއްކޮއަށް އިންސާފު ލިބިއްޖެއެވެ. ގެއްލި ދިޔަ މަންމައާ ބައްްޕައަށް އިންސާފު ލިބިއްޖެއެވެ. ވިއާމްއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ލިބުނެވެ. ނަމަވެސް ހަލާކު ވެގެން އެދިޔައީ 6 މީހުންގެ ދިރިއުޅުމެވެ. ނީރާއާ ވިނާލް ގޮވައިގެން ވާއިލް ބަދަލުވީ ރާއްޖެއިން ބޭރަށެވެ. އެފަސްގަނޑުގާ އުޅޭނެހާ ހިތްވަރުވެސް ނުލިބުނީއެވެ.
ވިނާލް ގެއްލުނީމައް ވުރެ އީވާން ހިތުގާ ޖެހުނީ އީނާލްއާ ވާއިލް ދުރުވާން ޖެހުމުންނެވެ. ހަޔާތުގާ ފުރަތަމަ އިތުބާރު ކުރެވުނު ފިރިހެނާ އެވީ އޭނާގެ ކޮއްކޮއަށެވެ. މިއަދު އީނާލްގެ ހިތުގާ ކިހާ ވޭނެއް ވާނެ ހެއްޔެވެ؟
ކަރުނަތައް ފުހެލަމުން އީވާން ހިނިތުންވެލިއެވެ. “އައިމް ސޮރީ ކޮއްކޯ… ދޮންބެ ވިވީއާ ގާތް ނުވި ނަމަ މިހުރިހާ ކަމެއް ނުވީސް. މިއީ ދޮންބެގެ ކުށް. ދޮންބެއަށް މަޢާފް ކުރައްޗޭ…” މަޑުމަޑުން އީވާން ބުނެލިއެވެ. މިއަދު އޭނާ ދުނިޔެއަށް ލޯހުޅުވާލަން ވެސް ލަދުގަނެޔެވެ. ވިނާލްއަކީ އޭނާގެ ކޮއްކޮއެކެވެ. އެހެނަސް މިއަދު ވިނާލް އެއިނީ އޭނާގެ ދަރިއަކަށް ބަލިވެޔެވެ. ދިރިއުޅުން އޭނާއާ އެކުޅުނީ ކޮންކަހަލަ ސަމާސާއެއް ހެއްޔެވެ؟ ހިތަށް އެހަރާލީ ކޮން ކަހަލަ ހަންޖަރެއް ހެއްޔެވެ؟ ކޮޅަށް ތެދުވެ ލަސް ހިނގުމުގާ ގޮސް ކުރިމަތީގާ އޮތް މާ ސިންގާ ކަނޑާ ދިމާލަށް އީވާން ހިނގައިގަތެވެ…
(ނިމުނީ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.







Gurrl, how’s ivaan and vinaal related. Viaam r*ped eemaan and got eenaal, ivaan is son of humaidh. So vinaal and eenaal will be sisters by blood. Tht has nothing to do with ivaan ehnu.
yes i know… Eevaan chose to do so because it was uncomfortable for Eenaal
Do you guys want a bonus episode for this story?
Yes
Yesss
Yes of course my fav author💙💙💙
Masha allah mi part vs vrh reethi
Ekm rovihjeyyyy😭😭😭
Eevaan nooo ekahla kmh nukuraathi
Haadha goahey dhww viaam
Vinaal preg viii😭
Kuri kmhge sababun kithah myhunge dhiriulhun halaaku vyy
Yezsss bonus ep eh beynun:)
Lyyy🫶🏻
Jazaakallah khairan
😭😭😭
In sha allah this weekend ga bonus episode eh geness dheynan
Lyt
Vinaal kihineh eevan ge kokko akah vee.??? Eevan akee eeman and humeydh ge dhari ehnu. And eyge fahunnehen viam raped eeman. And eenaal libunee. So eenal akee viam ge dhari. But I don’t understand eevan ge kokko akah vinaal vaan jehey sababeh. Biologically ehves gulhumeh neh dhemeehunnehnu ei. Am I missing something.
Yes, vinaal and eevaan ah kaiveni halaal vaane.. they just needed some time hama jehilan.. stay tuned for bonus ep
Maasha Allah ❤️🫰
May Allah (SWT)Bless you in your hard work Actually the last part is so so nice I feels like seeing a scene in a movie Hope to see your other stories 😁 I want a bonus
Lysmm Tc
Awww jazaakallah khairan🥹
My allah bless u lyt
Alhey what😭😭😭😭😭😭
Hama rovijje😭
But how did he kill humaidh and eemaan?
And why did vinaal and eevaan separate?
They are not even related!!
Eenal and vaail ah thaa marry nukureveynee!!
I’m kinda confused?!
Btw eevan don’t even think of ending ur life👀
Sorry it’s been quite a while since I couldn’t comment cuz I was really busy!!
Yeah sure I wanna bonus episode of this story!
Waiting for another story of yours
You as an author is just Majestic 💗💗 your description and the determination to never disappoint the readers just leave me speechless 😁
I love your stories 💗💗
Surely you keep me entertained 👏👏
Thank you so much for letting us read master pieces like this! Without a story from u my day feels incomplete
Tc💗💗
Lyssm💗
😭😭😭😭😭😭
all your questions will be answered in the bonus episode.
awwwww jazaakallah khairan dearr.. this made me soooo happyy
tc lytt
Im confused how is eevaan vinaal’s brother. How is their marriage haram?
Hope you will explain it.
Btw mi stroy is also vrh reethi MA💙💙💙💙💙
Take Care.. Luv ya 💙💙💙💙💙💙
yes, there marriage isn’t haram. bonus episode ga ingeyne what happened. jazaakallah khairan dear tc lyt
Reply eh ves nukohlevey dhoa? Busy kamun
ya, i’ve been busy this week
When’s bonus ?Shiherr Could you a little bit fast the bonus I am excited to hear
in sha allah tmrw
Kobaa darls?
in sha allah tmrw