Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ރިހުން (36)

Krystal Level 510 Stories100 Login100 Comments
October 14, 2025 3 Mins Read
1 Comment

ނޫރާ ދުވެފައި ސިޓިންގް ރޫމަށް ނިކުތެވެ. އޭރު ސޯފާކައިރީ ކޮޅަށް މަންސޫރު ހުއްޓެވެ. ހިދުކޮޅަކުވެސް މަޑުކުރުމެއްނެތި ހަލުވި ހިނގުމެއްގައި އައިސް އައިޝާ ކޮޑުގައި ހިފާ ތެދުކޮއްލިއެވެ. އަދި ވީ ގޮތެއްވެސް ނޫރާ އަކަށް ނޭގެއެވެ. ނަމަވެސް ހިތުތެރޭ މަންސޫރަށް ނަފްރަތު އުފެދެން ފެށުނެވެ.

“އައިޝާ އަހަރެން މިއައިކީ ނޫރާ ގެންދާކަށް ނުން.. އަހަރެން މިއައީ އައިޝާއަށް ޝުކުރު އަދާ ކުރަން…” މަންސޫރު މަޑުމައިތިރި ކަމާ އެކު ބުނެލިއެވެ.

“މަންމަ މީހެއް ފައިބުޑަށް ވެއްޓޭކަށް ނުޖެހޭނެ.. އަހަރެން މީ ބޮޑުވެފަ ހުރި އަންހެނެއް.. އަހަންނަށް އަހަރެންގެ ހަޔާތުގަ އަޅާނެ ފިޔަވަޅުތައް ނިންމަން އިނގޭނެ..” ނޫރާގެ ވާހަކަ ތަކުން މަންސޫރަށް އޭނާދެކެ ހިތްހަމަ ނުޖެހޭކަން އިނގުނެވެ.

” ބަލަ ނޫރާ.. އަހަރެން މިއައިކީ ނޫރާ ގެންދާކަށް ނޫނޭ.. އަހަރެން މިގެޔަށް އައިސް ދޮރުގަ ޓަކި ޖެހީމަ އައިޝާ ދޮރު ހުޅުވީ.. އެތެރެއަށް ވަންނަން ބުނީމަ އަހަރެން މި ވަނީ.. އަދި އައިސް އަހަރެން އެއްޗެކޭ ބުނީކީވެސް ނުން އައިޝާ އަމިއްލަ އަށް އަހަރެން ފައިބުޑަށް ވެޓި ނޫރާ ނުގެންދަން ބުނީ…” މަންސޫރު މިހެން ބުނުމުން އައިޝާ ކުޑަކޮށް ރަކިވިއެވެ. އައިޝާވެސް ހީކުރީ މަންސޫރު އެގެޔަށް އައީ ނޫރާ ގެންދަންކަމަށެވެ.

“އޯކޭ… އަހަރެން ބުނަން ބޭނުންވާ ބަސް އަހަރެން މިހާރު މިބުނަނީ… މަންމާ… ތީ އަހަރެން އުމުރުން 5 އަހަރުން ފެށިގެން މިހިސާބަށް އަހަރެން ބަލާ ބޮޑުކޮށްދިން މީހަކީ… އަހަރެން އެއްވެސް ހާލެއްގަ މަންމަ ދޫކޮށްފަ ނުދާނަން.. ބައްޕާ… ބައްޕަ ގާތު އަހަރެން ބުނެލަން އޮތީ އަހަރެން މިދުނިޔެ އަށް އައުމުގަ ބައްޕަގެވެސް ހިއްސާ އޮތޭ… އެކަމަކު އަހަރެން ގެއްލުނު އިރުވެސް އަހަރެން ކޮބައިތޯ، މަރުވިތޯ ދިރި ހުރިތޯ ބައްޕަ ނުބަލާ… ބައްޕަ ބެލީ މީހުން ކިޔާފާނެ އެއްޗަކަށް… ބައްޕަ ހޮސްޕިޓަލުގަ ހުރެފަ ބުނީމެއްނުން އަހަރެން ނަން ބަދަލު ކުރާ ވާހަކަ…” ނޫރާ އަށް ބުނެވުނީ މިވަރަށެވެ. އައިޝާ އަށް ގިސްލަ ގިސްލާފައި ރޮވެން ފެށުނެވެ. ނޫރާ ނަން ބަދަލު ކޮށްފިނަމަ ދެން ހަގީގަތުގައިވެސް އޭނާ އަށް ނޫރާ ގެއްލޭނެއެވެ. ނޫރާ މި ނަމަކީ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެ އިނީއްސުރެ ކިޔަން ނިންމި ނަމެވެ. ނަމަވެސް އެދަރިފުޅު ނިޔާވުމުން ދެން އޭނާ ހަޔާތަށް އައީ މިންހާއެވެ. މަނާލް ކުރެން އެކުއްޖާގެ ނަމަކީ ކޮބައިތޯ އަހާ އަހާވެސް ނަން ނޭގެއޭ ބުނުމުން އެންމެ ފަހުން މިންހާ އަށް ނޫރާގެ ނަމުން ނަންދިނިއްޔެވެ.

“މަންމާ… އިހަށް އަޑުއަހާބަލަ… އަހަރެން ބުނެލަން އޮތީ އަހަރެން މިވީ 23 އަހަރު ހޭދަކުރީ ނޫރާ ގޮތުގައޭ… އެހެންވީމަ އަބުރާ މިންހާ އަށް ވެގެން މިންހާގެ ދިރިއުޅުން އުޅޭކަށް އަހަރެން ދާކަށް ބޭނުމެއް ނޫނޭ… އުންމީދު ކުރަން ބައްޕަ މިކަމަށް އިހުތިރާމްކޮށް އަހަރެން ބޭނުންވާ ގޮތް ހަދާދޭނެ ކަމަށް..” ނޫރާ އައިޝާ އަތުގައި ހިފާލިއެވެ.

“މީ އަހަރެންގެ ހުރިހާވެސް އެއްޗަކީ.. މަންމަ އަހަރެން ބެލީ އަމިއްލަ ދަރިޔަކު ފަދައިން.. ދުވަހަކުވެސް ނޯންނާނެ ބާރަށް އެއްޗެއް ބުނެފަ.. ބައްޕަ އަހަންނަށް ބަލާލިއަސް އިނގޭނެ މަންމަ އަހަރެން ތަރުބިއްޔަތު ކޮށްފަ ހުރި ވަރު…” ނޫރާ ބުނެލިއެވެ.

“އާނ.. ތިހުރިހާ ކަމެއް ބައްޕަ އަށް އިނގޭ.. އިނގި ހުރެ މިގެޔަށް މިއައީ… އަހަރެން މިއައީ އައިޝާ އަށް ޝުކުރު އަދާ ކުރަން.. އަހަރެންގެ ދަރިފުޅު އެހާ ލޯބިން އެހާ ރަގަޅަށް ބަލާ ބޮޑު ކުރީމަ އެކަމަށް އަހަރެން ވަރަށް އުފާވޭ… އަހަރެންގެ ވިސްނުމުގަ ނެތް ގަދަކަމުން ނޫރާ އަބުރާ ގެންދާކަށް.. ނޫރާ ބުނާހެން ނޫރާ އަކީވެސް މިހާރު ބޮޑެވެ ކަންކަން އެގޭ ކުއްޖެއް.. އަހަރެންގެ ވަރަށް ބޮޑު އެދުމެއް އެބައޮތް އެކަމަކު…” މަންސޫރު ބުނެލިއެވެ. އައިޝާގެ ހިތް ތެޅެން ފެށިއެވެ. މަންސޫރު ފަދަ މުންސަޖަކު ބޭނުން ވާނީ ވަކި ކޮން ކަމެއް ހެއްޔެވެ.

“އަހަރެންގެ ގެޔަށް ތި ދެމީހުން ބަދަލުވެ ދިނުން…” މަންސޫރަށް އިތުރަކަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ.

“ތިކަން ނުވާނެ… އަހަންނާ މިންހާ އަކީ ކަޑިއާ ކަޑި.. ބައްޕަ އަށް ކަންކަން ނޭގުނަސް އަހަންނާ ޔާސިން އެންމެ ފުރަތަމަ ރައްޓެހިވީ.. އަހަންނާ ޔާސިން އިންނަންވެސް ވައުދުވެ ތައްޔާރުވާން ވެފަ ހުއްޓާ ބައްޕަގެ ބުނުމަށް ޔާސިން މިންހާ އާ އިދެގެން ދިޔައީ..” މަންސޫރަށް ހީވީ މީހަކު އައިސް އޭނާގެ ބޮލުގައި މަރުތޭލަކުން ޖެހިހެންނެވެ. އޭނާ އަށް ނޭގި ނޫރާ އަށް ދެވުނީ ވަރަށް ބޮޑު ދެރައެކެވެ.

“ކީކޭ ތިބުނީ..” މަންސޫރު ގަބޫލު ނުކުރެވިގެން އަހާލިއެވެ.

” އާނ.. ޔާސިން އަކީ ނޫރާ އެންމެ ލޯބިވި އެކަކު.. މަންސޫރުގެ ސަބަބުން ނޫރާ އަށް ޔާސިން ގެއްލުނީ… ފައިސާ ފެނުނީމަ ކޮންމެ މީހަކަށްވެސް މަގު ކައްސާލައިން ހިގައިދާނެ.. އެކަމުގެ ސަބަބުން އަހަރެންގެ ނޫރާ ކިހާ ހިތާމައެއް ކިހާ ވޭނެއްގަ އުޅުން…” އައިޝާ އަށް ނުހުރެވިގެން ބުނެލިއެވެ.

“އަދިވެސް ދަރިފުޅު ޔާސިން ދެކެ ލޯބިވޭތަ؟ އެކަމަކު ބައްޕައަކަށް ދެން ދެކުދިންގެ ގުޅުމަކަށް އާނއެކޭ ނުބުނެވޭނެ..” މަންސޫރު ބުނެލިއެވެ.

“އެއީ؟؟ ކޮބާ މައްސަލައަކީ.. ޔާސިން މިހާރު އުޅެނީކީ މިންހާ އާ އިދެގެންނެއްވެސް ނޫނެއްނުން.. އަނެއްކާވެސް މީހުން ކިޔާ އެއްޗެއްސަށް ބިރުގަންނަނީތަ؟” ނޫރާ ޖެއްސުމަށް ބުނެލިއެވެ.

“އަހަރެން ބޭނުމެއް ނުން ޔާސިރުގެ ދަރިއަކާ ނޫރާ ގުޅޭކަށް.. އަހަރެން ވަރަށް ނަފްރަތު ކުރާ މީހެއް ޔާސިރަކީ..” މަންސޫރު ބުނެލިއެވެ.

” ހަހަހަ.. އަދި މިއުޅެނީ އަހަންނާ ދިމާވިތާ 2 ދުވަސް ނުވެގެން.. ބައްޕައާ ޔާސިރުބެ އާ ޖެހުނު މައްސަލަ އަކާ އަހަންނާ ކޮންކަމެއް.. ނުނީ ޔާސިރުބެ ދަރިއަކާ ކޮންކަމެއް.. ބައްޕަ ރުހުނަސް ނުރުހުނަސް އަހަރެން އުޅެނީ އެގޭ ކުއްޖަކާ ރައްޓެހިވެގެން.. އަދި ވަރަށް އަވަހަށް އަހަރެމެން ދެމީހުން ކައިވެނި ކުރާނަން..” ނޫރާ ކަޅިވެސް ޖަހާ ނުލާ މަންސޫރަށް ބަލަން ހުރެ ބުނެލިއެވެ.

****

ޔާސިން އެދުގައި އޮށޯވެލައިން އޮތީ ނިދޭތޯއެވެ. ސީލިންގްގައި ކުރަހާފައިވާ ތަރިތަކަށް ބަލަން އޮންނަތާ 2 ގަޑިއިރު ވަރު ވެދާނެއެވެ. ޗުސް ކަޑާލާފައި އަނެއްކާވެސް އެއްފަޅިއަކަށް އެބުރިލިއެވެ. ހިތުތެރޭގައި އެބުރޭ ކަމުގެ ސަބަބުން ނިދަން އުދަގޫ ވަނީއެވެ. ފޯނު ނަގާ ނަންބަރަކަށް ޑައިލް ކޮއްލިއެވެ.

“ހަލޯ.. ރުޅި އައިއްސަތަ.. އަހަރެން މިއުޅެނީ ލޮލަށް ނިދިވެސް ނައިސްގެން..” ޔާސިން ވާހަކަ ދެއްކިއެވެ.

“ނުން.. ކޮންކަމަކާ… އަހަރެން ރުޅި އަންނަ ވަރު ކަމެއް ޔާސިން އަށް ކުރެވުނުތަ.. އަހަރެން ނުދެނެ ހުރިން..” އެކޮޅުން ވާހަކަ ދެއްކި މީހާ ބުނެލިއެވެ.

“ތިކަން ގަބޫލު ކުރާނީ މީޓް ކުރީމަ…” ޔާސިން ދެލޯ އުގުޅާލަމުން ބުނެލިއެވެ.

“މިހާރަކު ނުން.. ބަލާބަލަ ގަޑި 12 ޖަހާ ބޮޑުވީ…އަހަރެން އެބަ ގުޅަން..” އެކޮޅުން ފޯނު ބާއްވަން އުޅެނިކޮށް ފިރިހެނަކު އަޑު ހަރުކޮށް ކާކަށް ގުޅައިން ހޭ ތިއުޅެނީ ބުނެލި އަޑު ޔާސިން އަށް އިވުނެވެ. ދެން އިވުނީ އެ އަންހެންކުއްޖާ ތަދުވެގެން ހަޅޭއް ލަވައިގަތް އަޑެވެ.

“ޔަޝް… ޔަޝް… ހަލޯ… ޔަޝްފާ…” ޔަޝްފާގެ ފޯނު ކުއްލިއަކަށް ކެޑިގެން ދިޔައެވެ. ޔާސިން އެ ފޯނަށް ދެވަނަ ފަހަރަށް ގުޅާލިއެވެ. ފޯނެއް ނުނަގައެވެ. ފުންމައިން އެދުން ތެދުވެވުނު ގޮތަކުން ފައިގެ ހުޅަށް ތަދެއް އެރިއެވެ. ޔަޝްފާ އެގަޑީ ހުރީ ގޭގަ ކަމެއް ހޮސްޕިޓަލުގަ ކަމެއް ޔާސިން އަކަށް ނޭގުނެވެ. ނަމަވެސް ކޮރު ޖަހަމުން ޖަހަމުން ގެއިން ނިކުތީ އޭޑީކޭއާ ދިމާލަށް ދިއުމަށެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

ވަފާތެރިމަވީމޭ 5

Next

ތިޔައީ މަގޭ މިތުރާއޭ 8

Next
October 15, 2025

ތިޔައީ މަގޭ މިތުރާއޭ 8

Previews
October 14, 2025

ވަފާތެރިމަވީމޭ 5

One Comment

  1. Riusha💙 says:
    October 15, 2025 at 1:22 pm

    Woww.. Yaasin ah yashfa dheke lowbi wevuny baa????
    Curiously waiting
    Btw this prt also vrh salhi MA💙
    Kon irakun next episode????
    Take Care.. Luv ya 💙💙💙

Comments are closed.

Next Episodeހިތުގެ ރިހުން (37)←


All Right Reserved!