Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާޝް 21

Ushaali Level 810 Stories100 Comments100 Stories500 Comments
January 17, 2016 9 Mins Read
42 Comments

“ދެން މާން…..ތިންކް ޕޮޒިޓިވް” ނިމާންގެ ކަރުދަށުގައި އަލްމާޝްގެ މޫނު ފޮރުވާލުމުން އަލްމާޝްގެ ހޫނު ނޭވާތައް ނިމާންއަށް އިހުސާސްވާން ފެށުމުން ހިއްސުތައް ހޭލައްވާލަން ހިނދުކޮޅެއްވެސް ނުނެގިއެވެ. ހަށިގަނޑަށް ގެނައި ކުއްލި ހަރަކާތަކާއެކު ނިމާން އަލްމާޝްގެ ގައި މައްޗަށް ޖެހުނެވެ.

“ޕްލީޒް…މިރޭ…އެހާ އަވަހަށް ހުއްޓުވަން ނޫޅެއްޗެ…..މިރޭ އެހެންރޭރެއާއި ހިލާފަށް މާ ސްޕެޝަލް”  އެއްވެސް ހުރަހެއްނެތި ހާމައަށް އޮތް އަލްމާޝްގެ ތުނި ދޮން ބަނޑުގައި ނިމާން މޫނު ހާކަން ފެށުމުން އަލްމާޝްއަށް ވެސް އިތުރަކަށް ކެތެއް ނުވިއެވެ. ހަށިގަނޑުން ވާގިދޫކޮށްލާ ލޯމަރާލެވުނީ އެހަށިގަނޑަށް އިހުސާސްވި އަރާމެއްގެ ބޮޑުކަމުންނެވެ.

 

ނިމާން ފުރުވުމަށްޓަކައި އަލްމާޝް އެއަރޕޯރޓަށް ނުދިޔައީ ނިމާން އެގޮތް ބޭނުންވީމައެވެ. އަލްމާޝް އާއި މާޝަލް ދޫކޮށްލާފައި ދާނެ ހިއްވަރު ނުލިބިދާނެތީއެވެ. ނިމާން ފުރަން ދިޔަ ފަހުން އެއްގަޑީރު ވީއިރު އަލްމާޝް ހިޔާލަށް އަންނަނީ މާޝަލްގެ މޫނުގައި ނިމާން ބޮސްދިންވަރެވެ. ފަޒްނާއާއި މަނިކު ކުރިމަތީގައި އަލްމާޝްގެ ހަށިގަނޑު ގަޔާލާާ ބޮނޑިކޮށްލި މަންޒަރެވެ. އަލްމާޝް އެންމެ ހައިރާންވީ ނިމާން ރޭގައި ކުރިކަމަކުންނެވެ. މާޝަލް ލިބުނު ފަހުން ނިމާން ނުކުރާކަމެއް ރޭގައި އެކުރީ ކީއްވެބާއޭ އަލްމާޝްގެ ހިތަށްއެރިއެވެ. އެކަމަކު އެއީ އަލްމާޝްގެ ހުއްދަ ލިބިގެންވިޔަސް މީގެ ކުރިން އެކަމަށް ފާޅުގައި ދެކޮޅު ހަދަނީ ނިމާންއެވެ. މާޝަލް އެހާ ކުޑައިރުގައި ދޭންވާ ލޯބި އެންމެ ފުރިހަމައަށް ނުދެވިދާނެތީ ނިމާން އަބަދުވެސް ބިރުގަނެއެވެ. ފަހުން ނިމާން ކައިރީގައި އަހާލަން އުޅެފަވެސް ނޭހީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި އަލްމާޝްއަށް ފެންނާތީއެވެ. ކުއްލިއަކަށް އަލްމާޝް ސިއްސައިގެން ދިޔައީ ކައިރީގައި އޮތް ފޯނު ރިންގްވުމުންނެވެ.

“ހަލޯ ބޮޑުއްތާ…. ހާލު ކިހިނެއް؟ އެންމެން ރަނގަޅުދޯ” އެހެންފަހަރު ތަކެކޭވެސް އެއްފަދައިން އަލްމާޝް ވާހަކަދެއްކީ ވަރަށް ހެވިލާފައި އިނދެއެވެ.

“ރަނގަޅު. އިންޝާﷲ….. ކޮބާ ކުޑަ މަންޖެ…މަންމަމެން ރަނގަޅުތަ؟” އަޒްމާގެ އަޑުގައި ވަނީ މަޑުމައިތިރިކަމެވެ.

“ރަނގަޅު… މާން ފުރީ އޭނަ މަންމަ ބަލިކަމުން މިއަދު…. ބޮޑުއްތަ އަދިވެސް ދެރަވެފަތަ…. ދެން އެކަން ހަނދާންނައްތާލާ…. އެންމެންނަށް ވެސް މާފު ކުރަންވާނޭ ބޮޑުއްތައެއް ނޫންތަ ބުނީ” އަލްމާޝް ވާހަކަދެއްކީ އުމުރުން ހަގު ނަމަވެސް ވިސްނާދޭފަދަ ގޮތަކަށެވެ.

“ބޮޑުއްތަ ދެރަނުވޭ… ބޮޑުއްތަ އަދިވެސް ލަދުގަނޭ… އެމަންޖެ ފުރައިގެން ދިޔަ ފަހުން ބޮޑުއްތަ ހިތަކަށް ހަމަޖެހުމެއް ނުލިބޭ…އެމަންޖެ އެތާ އުޅޭ ހާލެއްވެސް ނޭނގޭ” އަޒްމާ އަށް ރޮވެން އުޅޭހެން ހީވުމުން ތުންފަތުގައި ދަތްއަޅާލިއެވެ.

“ބޮޑުއްތާ… ބޮޑުބެ ކައިރީގައެއްނު އޭނާ އެހުރީ… ކުރެވުނު ކުށް އޭނައަށް އިހުސާސް ކުރެވިއްޖެއްނު… މާންވެސް އޭނައަށް މާފުކުރި… އަދި އަހަރެންވެސް ކޮށްފިން މާފު… ކުށް ކުރެވޭނީ އިންސާނުންނަށް.. ކުށް ނުކުރެވޭނެނަމަ އިންސާނުންނަކީ ދަަރަޖަ މާ މަތީ ބައެއް” އަލްމާޝް އަޒްމާއަށް ވިސްނާދިނުމަށްފަހު ކޮޓަރިއަށް ވަނީ މެންދުރުނަމާދުކޮށްލަން ވާއިރަށް ފެންވަރާލުމަށްޓަކައެވެ.

 

ނިމާން ފުރައިގެންދިޔަތާ ތިން ދުވަސް ވީ އިރުވެސް އެއްވެސް ހަބަރެއް ނުވާތީ އަލްމާޝް ހުރީ ވަރަށް ކަންތައްބޮޑުވެފައެވެ. ނިމާން ފޯނަށް ގުޅުނު އަދަދެއް ބުނަންވެސް ނޭނގެއެވެ. އެގޭގައި ބޭނުންކުރާ އަލްމާޝްއަށް އެނގޭ ހުރިހާ ނަންބަރަކަށް ގުޅީރުވެސް ނިއްވާލާފައި އޮންނާތީ އަލްމާޝް ހިތްބިރުގަންނަން ފެށިއެވެ. އެންމެ ފަހުން ސަމަދަށް ގުޅާ ނިމާނާއި ބެހޭ ގޮތުން ސުވާލުކުރުމުން މިއަދުވެސް އެގޭ މަގުން ދަތުރުކުރިން ކަމަށާއި އެގޭ ދޮރުގައި ހުރީ ބޮޑު ތަޅެއް އަޅުވާފާއި ކަމުގައި ބުނުމުން އަލްމާޝްގެ ހަތަރު އުދަރެސް ފެނު ޖެހުނެވެ. އިތުރަށް ދެން ނިމާނަށް ގުޅަން ހަދަންވީ ގޮތެއް އަލްމާޝްއަށް ނުވިސްނުނެވެ. ހުރިހާ ކަމެއް އެންމެ ކައިރިން ބައްލަވާ އައްސަވާ ވޮޑިގެންވާ ފަރާތަށް ދުޢާ ކުރުން ނޫން ގޮތެއް ނެތެވެ.

 

އެއްމަސް ދުވަސް ފާއިތުވެގެން ދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. ނިމާންގެ ހަބަރެއް ނުވާތާ މަހަކާއި ހަފްތާއެއް ވީއިރު އަލްމާޝް އުއްމީދު ކަނޑައެއް ނުލައެވެ. ހިތުގައި ޖެހުނަސް ﷲ ވަކީލް ކޮށްލައިގެން އިންނަނީއެވެ. އެކުވެރިންނަށް ބޭނުންވީއިރު އެކަކުވެސް ކައިރީގައި ނެތުމުނުން އަލްމާޝް ވަރަށް ދެރަވެއެވެ. ފިރިމީހާ ހުރި ތަނެއްގައި ހެޔޮ ހާލުގައި ލަހައްޓަވާތޯ ކުރާ ކޮންމެ ނަމާދެއްގެ ފަހަތުގައި ދުޢާ ކުރެއެވެ.

 

ހަވީރުގެ ވަގުތެވެ. ފިކުރުތަކާއި ދުރުވުމަށްޓަކައި ފެންހޮޅި ހިފައިގެން އައިސް ގަސްތަކަށް ފެންދޭންފެށީ ސިކުނޑިއަށް ރެސްޓެއް ދިނުމުގެ ގޮތުންނެވެ. ދޮރުން ބޯދިއްކޮށްލި މީހާ ސަލާން ގޮވާލުމާއެކު އަލްމާޝް ސަލާން ބަލައިގަތެވެ. އަދި އެމީހާ ދިއްކޮށްލި ސިޓީގައި ހިފީ އެއީ ސީދާ އަލްމާޝްއަށް އެޑްރެސްކޮށްފައި އޮތް ސިޓީއެއްކަމަށް ވީތީއެވެ. ޖޯލިފަތި ކައިރީގައި ހުރެ ސިޓީ ކަނޑާލާ ކިޔާލުމުން މޫނު މައްޗަށް އަނދިރިވެ ހުރި ތަނަށް ދެމުނެވެ. އެތެރޭގައި ހުރެފައި ބޭރަށް ނިކުތް ފަޒްނާއަށް އަލްމާޝް ހޭނެތިފައި އޮތް މަންޒަރު ފެނުމާއެކު ފައިދަށުން ބިންގަނޑު ދެމިގަތްކަހަލަ އިހުސާސެއް ކުރެވުނެވެ. އުރުގައި އިން މާޝަލް ނުވެއްޓުނީ ހުށިޔާރުކަމާއެކު އަންޖޫ ހިފުމުންނެވެ. އެވަގުތު އަދުނާން އައިސްވަނީ ކާކުގެ ނަސީބަކުން ކަންނޭނގެއެވެ. އިސާހިތަކު އަލްމާޝް ހޮސްޕިޓަލަށް ގެންދެވުނެވެ.

 

ޑޮކްޓަރުން ބެލުމަށްފަހު އަލްމާޝްއަށް ވަނީ ވަރަށް ބޮޑު ޝޮކެއް ލިބިފައި ކަމުގައި ބުންޏެވެ. އަދި ހަމައެއާއުކު އަލްމާޝް ބަނޑޮބޮޑު ހަބަރު ދިނުމާއެކު ފަޒްނާގެ ދެމަފިރިންގެ ދެލޯ ވިދައިގަތެވެ. އެތެރެއަށް ވަދެ ފަޒްނާ އަލްމާޝްއަށް ބަނޑުބޮޑު ހަބަރު ދިނުމާއެކު ދެލޯ މަރާލެވުނީ ވީދރެއިން ކަމެއް ނޫނީ އުފަލުން ކަމެއް ނޭނގުނެވެ. ސިޓީގައި އެބުނި އެއްޗެއް އަލްމާޝް ގަބޫލުކުރާކަށް ބޭނުމެއްނޫނެވެ. ނިމާން އަލްމާޝް ވަރިކުރުމަކީ އޭނާ ހަމަހޭގައި ހުރެގެން ކުރާނެ ކަމެއް ނޫނެވެ. އެހެންނޫނަސް އެއީ ނިމާންގެ އަތު ލިޔުމެއްނޫނެވެ. އެއީ މޮޔައެއް ކުރިކަމެއް ކަމުގައި ބަލާ އަލްމާޝް ހިތްހަމަޖައްސާލިއެވެ. އަދި ސިޓީގެ ވާހަކަ ފަޒްނާމެންނަށް ސިއްރު ކުރީއެވެ. ހިތްދިރުވާލުމަށްފަހު ބަނޑުގައި ފިރުމާލީ ލޯބިވާ މާންގެ ލޯބީގެ ދެވަނަ ނިޝާން އަލްމާޝްގެ ހަށިގަނޑުތެރޭގައި ވިންދުޖަހަން ފަށައިފިކަން އެނގުމުންނެވެ. ފުރަން އޮތް ރޭ ނިމާން ދިން ހަދިޔާއަކީ މީތާއޭ އަލްމާޝްގެ ހިތަށް އެރިއެވެ. އެރޭގެ އެކި މަންޒަރު ލޯ ކުރިމަތީގައި ސިފަވާން ފެށުމުން ކަރުނައިގެތެރޭންވެސް އަލްމާޝްއަށް ހީނލެވުނެވެ.

 

ސިޓިންގްރޫމުގައި ފޯނު ހިފައިގެން އިން އަޒްމާ އިނީ މެލޭޝިޔާގައި ހުރި އޭނާގެ ބޭބެ ސަމަދަށް ގުޅައިގެންނެވެ. ލޯބިވާ ދަރިފުޅު ދީމާ ބޭބެއާއެކު ބޭރަށް ފޮނުވާލީ ބޭބެގެ އެދުމުގެ މަތިންނެވެ. ފުރައިގެން ދިޔައިރުވެސް ދީމާއަށް އިސްއުފުލާ ބަލާވެސް ނުލައެވެ. ދަރިފުޅާމެދު އެގޮތަށް ކަންތައްކުރީ އަޒްމާ އަދި އަދުނާން ހިތް މަތީގައި ހިލަގަނޑެއް ބާއްވައިގެންނެވެ. މިއަދު ދީމާ މަތިން ހަނދާންވާވަރުން މައި ލަގޮނޑިއަށް ކެތްނުވެގެން އެއްތާކު ދެފައި ހަރުނުލައިގެން އުޅޭ ދުވަހެކެވެ. ދެފަހަރަކު ގުޅިއިރު ވެސް ސަމަދު ފޯނު ބިޒީވެފައި ހުރުމުން އަޒްމާ ކުދި ކިޔަމުންދިޔައެވެ. ބޭބެގެ ފޯނު ބިޒީވާންވެސްވީ މިގަޑީގަ ހެއްޔެވެ؟ ކުއްލިއަކަށް ސަމަދު ފޯނު ނެގުމުން އަޒްމާގެ ތުންފަތްމަތީގައި ދުވެލީ ހިނިތުންވުމެކެވެ.

“ބޭބޭ… ހާލު ކިހިނެއް؟….ކުދިން ކިހިނެއް؟”  ދުރުދުރުންވެސް އަޒްމާ އޮޅުންފިލުވަން ބޭނުންވީ ދީމާގެ ވާހަކަ ކަން އެނގުމުން ސަމަދު ހީލި އަޑު ފޯނުގައި އިން އަޒްމާ އަށް އިވުނެވެ. “ރަނގަޅު….ރޫހީ އާއި ޖޫލް ވެސް ރަނގަޅު. ހަފްތާއެއްް ފަހުން އެކުދިން އަންނާނެ… ދެން ކޮއްކޮއަށް އެނގެއެއްނު މިކޮޅުގަ ބޭބެގެ ކަންތައްކޮށްދޭން ހުންނަ މަރީ… އޭނަވެސް ރަނގަޅު…މުސްލިމްވެގެން ނަން މަރީއަށް ބަދަލުކޮށްފި”  ގަސްދުގައި ދީމާގެ ވާހަކަ ސަމަދު ނުބުނީ އަޒްމާއަށް ވާގޮތް ބަލާލަންވެގެންނެވެ. ފޯނުގައި ހުރި ސަމަދަށް އަޒްމާގެ މަޑުމަޑު ރުޔުމުގެ އަޑު ޖެހުމާއެކު ލޯބިން ވާހަކަދައްކަން ފެށިއެވެ.

“ބޭބެއަށް އެނގޭ ކޮއްކޮ ބޭނުންވަނީ އެމަންޖެގެ ހާލު ބަލަންކަން… އޭނަ ރަނގަޅު. އަދިވެސް އެހާ ވާހަކަދައްކައެއް ނޫޅޭ… މިކޮޅަށް ގެނައި ފަހުން އެމަންޖެގެ މޫނުމަތިން ހިތްހަމަޖެހުމެއް ނުފެނޭ… ދީނީ ކްލާހަކަށް ކިޔަވަންވެސް ދޭ…. އަހަރެން ފޯނެއް ދިނީމަވެސް ބުނަނީ ފޯނެއް ބޭނުންނުވާކަމަށް… މިވަގުތު ވީ ކުލާހުގަ.. މަރީ ވެއްޖެ މިހާރު ބަލާ ގޮސް”  އަޒްމާގެ ހިތްހަމަޖައްސާ ދިނުމަށްޓަކައި ސަމަދު ހުރިހާ އެއްޗެއް އޮޅުންފިލުވާދެމުންދިޔައެވެ.

“ކީއްކުރާނީ ބޭބޭ… އޭނަ އެކުރީ ކިހާ ބޮޑެތި ފާފަތަކެއް… އޭނައަށް ކިހިނެއް އަހަރެންގެ މާފު ލިބޭނީ….” އަޒްމާ ރޮމުން ވާހަކަދެއްކިއެވެ.

“ކޮއްކޯ… ތީކީ އަދި ރަނގަޅު ގޮތެއްނޫން… އެމަންޖެ މިހާރު ވަރަށް ބޮޑަށް ބަދަލުވެއްޖެ…. އެންމެ ނަމާދެއްވެސް ނާޅާ…ސުންނަތް ރޯދަތައް ހިފާ ޤުރުޢާން ކިޔަވާ..ދީނީ ދަރުސްތައް އަޑުއަހާ…އެމަންޖެ އެހެރީ ވަރަށް ރަނގަޅު ތައުބާއަކުން ތައުބާ ވެގެން… ﷲ ވެސް މީސްތަކުން ތައުބާ ވީމަ ފާފަފުއްސަވާ… ވީއިރު ކީއްވެ ކޮއްކޮ ގޮތުގައި ހިފަހައްޓަން ތި މަސައްކަތްކުރަނީ…ކޮއްކޯ… އެމަންޖެއަށް މާފްކުރޭ…އަމިއްލަ ހިތް ހިލަގަނޑަކަށް ހަދަން ނޫޅޭ…ދީމާ ކަންތައްކޮށްފައިވަނީ ކިތަންމެ ހަޑިކޮށްވިޔަސް އަދި ދަރިފުޅު ހިތުގަޖައްސާފަ ވީނަމަވެސް އެންމެ ރަނގަޅު ގޮތަކީ ކޮއްކޮ އެމަންޖެގެ މަޣުފިރަތަށް އެދުން…އެއީ ވެސް އިންސާނެއް… ކޮއްކޮއަށް އެންމެ ފުރަތަމަ މައެއްގެ އިހުސާސްކޮށްދިން ދަރިފުޅަކީ އެއީ”  އަދުނާންގެ ފޯނުކޯލް ނިމުމުން އަޒްމާ ފޯނު ބޭއްވީ އެދަރިފުޅަށް ހިތާ ފުރާނައިން މާފުކުރަމުންނެވެ.

 

އިރުއޮށްސެމުން ދިޔައިރު ބެލްކަނީގައި ހުރި ދިގު ގޮނޑީގައި ލެގިލައިގެން އަލްމާޝް  އިންއިރު ގޮނޑީގެ ލެގޭ ބަޔާއި ބުރަކައްޓާއި ދެމެދަށް ކުޝަންއެއް ލައްވާލާފައި އޮތެވެ. ދެފައި ކުރުކޮށްލާފައި އިންއިރު މޭމަތީގައި މާޝަލް ވަރަށް ލޯބިކޮށް ނިދާލާފައި އޮތްއިރު އަލްމާޝްގެ ދެއަތް ވަނީ މާޝަލްގެ ގައިގާ ވަށާލާފައެވެ. އަލްމާޝްގެ ދިގު އިސްތަށިގަނޑު އެއްފަރާތަކަށް އެލިފައި އޮތްއިރު ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅިން އެއިސްތަށިތައް އެއްވާނަކަށް ތެޅިލިތެޅިލަ ހުއްޓެވެ. އަލްމާޝްގެ ނަޒަރު ހުއްޓިފައި ހުރީ އިރުއޮށްސެމުން އަންނައިރު އުޑުގެ އެއްފަރާތުން އުފެދެމުން އަންނަ އޮރެންޖްކުލައިގެ ވިލާކޮޅު ތަކަށެވެ. އަލްމާޝް ސިއްސައިގެންދިޔައި ލޮލުގެ ހިމަ ކޮޅުން ވެއްޓެނު ކަރުނަތިކި މީހަކު ފޮހެލަދިނުމުންނެވެ. ކައިރީގައި ހުރި ފަޒްނާ ފެނުމުން ހީވެސްނުލާ އަނެއްކާވެސް ނަޒަރު ހުއްޓާލީ އުޑުމައްޗަށެވެ. އަލްމާޝްގެ ހިތުގައި ވިންދު ހުއްޓަސް އެއްވެސް ދިރުމެއް ނެތްކަހަލައެވެ. ލޯބިވާ ނިމާންއަށްޓަކައި އެހިތް ތެޅިފޮޅެނީއެވެ. އެ އަޑުއަހާލާހިތުން ދެކަންފަތް ހުރީ ކޮޅަށްޖެހިފައެވެ. އެސޫރަ ދެކިލާހިތުން ދެލޯ ހީވަނީ ބިންމައްޗަށް ފުންމާލަން އުޅޭ ހެންނެވެ. އަލްމާޝްގެ ފޯނަށް މީހަކު ގުޅުމުން ސިހިފައި ދުޢާކޮށްލެވެނީ ނިމާންގެ ކޯލަކަށް ވޭތޯއެވެ. މާޔޫސްވެގެން ކަރުއެލުވާލަންޖެހޭ ކިތަންމެ ވަގުތެއް އައިސް ގޮށްސިއެވެ. ނިމާނަށްޓަކައި ހިތް ނުބައިކުރަން އަލްމާޝް ބޭނުމެއްނުވެއެވެ. އެހަށިގަނޑުގައި ފުރާނަ ހުރިހާ ހިނަދަކު ނިމާންއަށް އިންތިޒާރުކުރާނެއެވެ. އުމުރުން ފަސްދޮޅަސް އަހަރުވިޔަސް އެހަށިގަނޑުގައި ނިމާން ނޫން އެހެން ފިރިހެނަކަށް ބީހުމުގެ ފުރުސަތެއް އަލްމާޝް ނުދޭނެއެވެ. ދިރިހުރިހާ ހިނދަކު އުޅޭނީ ނިމާންގެ ހަނދާންތަކުގައެވެ.

“ދަރިފުޅާ….ތިހެން އެކަނި އިނދެ ވިސްނިވަރަކަށް ދަރިފުޅުގެ ބަނޑުގައި ތިވާ ކުޑަކުޑަ ފުރާނައަށް ނުރައްކާ ވާނީ… ތީ އަދި އެންމެ ރަނގަޅު ގޮތެއްނޫން…. ދަރިފުޅު ރަނގަޅަށް ކާއެއްޗެއް ނުކާތާ ކިހާ ދުވަހެއްމިވީ….ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު. ކެތްތެރިކަން އަހަރެމެންނަށް ދަސްކޮށްދެނީ ކޮންމެދުވަހަކީ ހިތްގައިމު ދުވަހެއްނޫންކަން. އަދި ކަންތައްތައް ދާއިމަށް އަހަރެމެން އުއްމީދު ކުރާ ގޮތަކަށް ނުދާނެ. ދުނިޔޭގައި އަބަދުމެ އެއްހާލަތެއްގައި އެއްވެސް މީހަކު ނޫޅޭނެ. އުފަލާއި އަރާމު ޙާޞިލުވާގޮތަށް ، ދަތިތަކާއި މުޞީބާތްތަކާވެސް ކުރިމަތިލާން ޖެހޭނެ. އެއީ ﷲ ގެ ޤާނޫނު. އެކަލާނގެ ކަނޑައަޅުއްވާފައިވާ ގޮތް. އަދި ކަންހިނގަމުންދާގޮތް…”  ފަޒްނާ ވާހަކަދައްކަމުން ދިޔައިރު ދިޔައީ އަލްމާޝްގެ ލޮލުން ހުއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނަތައް ފޮހެދެމުންނެވެ.  “އެކަމަކު މަންމާ… މާން ހޯދަން އަހަރެން ދެން ކިހިނެއް ހަދަންވީ… މާންއާއި ނުލާ މިދިރިއުޅުން ކިހިނެއް ކުރިއަށް ގެންދާނީ… މަންމާ… އަހަރެންގެ ހިތް ބުނަނީ މާންއާ ކޮންމެސް މުޞީބާތެއް ކުރިމަތިވެއްޖޭ” އަލްމާޝްގެ ބޯކޮޅުގައި ފަޒްނާ ހުއްޓިލައިގެން ހުރިއިރު އަލްމާޝް އިނީ ފަޒްނާގެ ބަނޑާއި ހަމައިގާ ބޯލައްކޮށްލައިގެންނެވެ.

“ހުއްޓާލާ މަންމަގެ ފުރާނަޔާ…. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ…އިންޝާ ﷲ…. ދަރިފުޅު ތިގޮތަށް ރޮއެ ހިތާމަކުރާ މަންޒަރު ބަލަން މަންމަގެ މިދެލޮލަށް ކެތްވާނެތަ…. މަންމަގެ ހިތް ކުދިކުދިވާވަރުވޭ ދަރިފުޅު ލޮލަށް ފެނުނީމަ….ދަރިފުޅަށް ގޮތެއްވެއްޖެނަމަ މަންމަ ދިރިއުޅޭނީ ކިހިނެއް؟ މަންމަގެ މިދުނިޔޭގައި ހުރި ހަމައެކަނި ފުރާނަޔަކީ ތީ….” މާބޮޑަށް ރޮވެން ފެށުމުން ފަޒްނާ އަނގަމަތީގައި އަތް އަޅައިގެން ކޮޓަރިއަށް ދެމިގަތީއެވެ. ފަޒްނާ ދިއުމުން އަލްމާޝް މާޝަލް ކޮނޑުމަތީގައި ބާއްވާލައިގެން ކޮޓަރިއަށް ވަނީ ބަންގި ގޮވަން ގާތްވީމައެވެ. އެނދުގައި ހުރަހަށް މާޝަލް ބާއްވާލުމަށްފަހު ކައިރީގައި އަރިއަކަށް އަލްމާޝް އޮށޯވެލިއެވެ. އަމިއްލަ އަތް މަތީގައި ބޯއަޅާލައިގެން ދެފައި ކުރުކޮށްގެން އޮތްއިރު އަނެއް އަތް މާޝަލްގެ ބަނޑާ ހަމައިގާ ބާއްވާލިއެވެ. ނިދީގައި އޮތް މާޝަލް ހީލުމުން އެމޫނު މަތިން އަލްމާޝްއަށް ސިފަވީ ނިމާންއެވެ. މާޝާލް ހީލާއިރި އެންމެ ވައްތަރީ ނިމާނާއޭ އެއީ އަބަދުވެސް އެންމެން ބުނާ އެއްޗެކެވެ. ލޯބިވާ ދަރިފުޅަށް ބަލަން އޮތް އަލްމާޝްއަށް ފުސްކޮށް މާޝަލްގެ މޫނު ފެނުނީ އެލޮލަށް ޖަމާވި ކަރުނަތަކުގެ ސަބަބުންނެވެ. ހިތްވަރުކޮށްގެން ހުއްޓާ ދެވަނަ ފަހަރަށް އަލްމާޝް ރޮއްވާލީ ދަރިފުޅު ހީލިތަން ފެނުނީމައެވެ. އިސާހިތަކު އަލްމާޝްގެ ހިތް ނިމާނަށް އެދި ގޮވަން ފަށައިފިއެވެ. “މާން… މާން ތިއުޅެނީ ކޮންތާކުހެއްޔެވެ؟ ހާލު ރަނގަޅު ހެއްޔެވެ؟ ކުޑަކޮށްވެސް މިއާއިލާ މަތިން ހަނދާން ނުވަނީ ހެއްޔެވެ؟ މާންއާ ނުލާ ޝޯނާ މިއުޅެނީ ކޮންފަދަ ހާލެއްގަކަން އިހުސާސް ވެސް ކޮށްނުލެވޭ ހެއްޔެވެ؟ ޝޯނާ މިތައްޔާރުވަނީ މާންގެ ދެވަނަ ދަރިފުޅު މިދުނިޔެއަށް އުފަން ކުރުމަށެވެ. އެދަރިފުޅުގެ މޫނު ބަލާލަންވެސް ނާންނާނަން ހެއްޔެވެ؟” މަޑުމަޑުން ރޮމުންދިޔަ އަލްމާޝްގެ ތެދުވެގެން ގޮސް ފާހާނާއަށް ވަނީ މަޤްރިބް ނަމާދު ކުރުމަށްޓަކައި ވުލޫކުރާށެވެ. ލޯބިވާ ފިރިމީހާ ވީތަނެއްގައި ހެޔޮ ހާލުގައި ލަހައްޓަވާތޯ ހިތުން ﷲ ށް ދުޢާ ކުރަމުންނެވެ.

03 އަހަރު ފަސް

މަޖީދީމަގުގެ މެދެއްހާ ހިސާބުގައި ތިންބުރިއަށް ހަދާފައި ހުރި މާލް އެންޑް މިކް ބިއުޓީ ޝޮޕަށް ވަދެގެން ދިޔަ ކަޅުކުލައިގެ ހެދުމުގައި ހުރި ހިމަތޮޅި އަނހެންކުއްޖާ ލިފްޓަށް އަރައިގެން ގޮސް ތިންވަނަ ބުރިއަށް ލިފްޓް ހުއްޓާލުމާއެކު ނިކުމެގެން ގޮސް ވަނީ އޮފީހެއްކަހަލަ ތަނަކަށެވެ. ކުޑަކުޑަ އޮފީހަކަސް އެތަނުގެ ތެރެއިން މަސައްކަތްކުރާ ދިހަ ވަރަކަށް ދިވެހިން ތިއްބެވެ. އަލްމާޝްއަށް ހައްސަ ކުރެވިފައިވާ ބަޔަށް ވަދެގެން ގޮސް ގޮނޑީގައި ޖައްސާލުމަށްފަހު އޭސީ ރިމޯރޓްނަގާ ސްވިޗް އޮފް ކޮށްލީ ދުވަހަކީ ފިނިގަދަ ދުވަހެއްކަމުން ހަށިގަނޑަށް މާބޮޑަށް ފިނިކަން އިހުސާސްވީމައެވެ. މަސައްކަތްކުރުމަށްޓަކައި ރަނގަޅަށް ގޮނޑީގައި ތައްޔާރުވެލިތަނާ ކައިރީގައި އޮތް ފޯނު ރިންގްވާން ފެށުމުން އެތުންފަތަށް ވެރިވި ހިނިތުންވުން ދެގުނައަށް ފުޅާ ވެގެންދިޔައެވެ. އެކުވެރި އަފާފް ގުޅަން ފެށުމުން އެންމެ ވަގުތެއްވެސް ލަސްކޮށްނުލާ އަލްމާޝް ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ.

“އަޅެ އަފޫ ހާދަ ގޯހޭ… ކިތައް ދުވަސްކޮށްފަ ތިގުޅީ… ތީ ދިފޫއަށް ލިބޭ ބްރޭކްގަ އަންނަން ބުނި މީހާ… ޝަހާ ކިހާ ރަނގަޅު… އެންމެ ހަފްތާއަކަށް އާދެވުނީމަވެސް އެދިޔައީ ގިނަވަގުތު މަށާއެކު އުޅެފަ” އަނެއްކޮޅުން ފޯނުގައި ހުރި އަފާފް ޕިސްޕިސް ކިޔަން ފެށީ އާދައިގެ މަތިން އަލްމާޝް ޝަކުވާ ކުރަންފެށީމައެވެ.
“އެއްކަލަ މާޝް….ބޮޑު ޝަކުވާ ބޮނޑި… އަޑުއަހާބަލަ… ދިފޫ ކޯސް ނިމިއްޖެ.. މަޑުމިކުރަނީ ނާފް ނިމެންދެން… މިހާރު ބޭނުންވަނީ ތިކޮޅަށް ބަދަލުވާން… މާމަގެ ވަސިއްޔަތެއްމީ… މާމަ ބޭނުމެއްނުވޭ ރާވް މިކޮޅުގައި ކިޔަވާދޭކަށް… ދިފޫވެސް ބޭނުންވަނީ އަވަހަށްދާން…އަނެއްކާ މިކޮޅުގައި ހުރީމަ މާމަ މަތިން މާބޮޑަށް މިސްވަނީ” އަފާފް ވާހަކަދައްކަމުން ދިޔައިރު އަލްމާޝް އިނީ ހެވިފައެވެ.
ހަމަ ހުވާތަ….އަޅޭ އެކަމު ނާފް ނިމެން އަދި ދެތިން މަސް ނަގާނެދޯ….އެކަމު އިންތިޒާރުކުރާނަން ތިދުވަހަކަށް… ވަރަށް މިސްވޭ ތިއެންމެން މަތިން… ރަހްމަތްތެރިންނަށް އެންމެ ބޭނުންވި ދުވަހު ކައިރީގައި ނެތީމަ ވަރަށް ދެރަވި…. އައި ނީޑް ޔޫ އަފޫ…. އަވަހަށް އަންނައްޗެ”  އެތައް އިރަކު އެކުވެރިޔާއާއި ފޯނުންވާހަކަ ދެއްކުމަށްފަހު އަލްމާޝް ގޮނޑީގައި ލެގިލާ ދެލޯ މަރާލުމާއެކު ނިމާން ހިނިތުންވެލައިގެން ހުރި ސޫރަ ހިތަށް ފެނުމާއެކު އަވަސް އަވަހަށް ދެލޯ ހުޅުވާލިއެވެ. ފޯނު ނަގާ ގެލަރީއަށް ވަދެ ލަވް ޖަހާފައިވާ ފޯލްޑަރ ހުޅުވާލުމައެކު ނިމާންގެ ހުރިހާ ފޮޓޯތަކެއް ފެންނަން ހުއްޓެވެ. ފަހަރަކު ފޮޓޮއެއް ބަލަމުން އަލްމާޝް ދިޔައިރު އެދެލޯ ފުރިގެން އައިކަމެއްވެސް ނޭނގުނެވެ. އެއްފަރާތެއްގައި ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ނަގާ ލޯފޮހެލުމަށްފަހު ފޯނު ދުރުގައި ބާއްވާލިއެވެ. އަދި ކޮމްޕިއުޓަރ ސައިންއިން ވުމާއެކު ފެނުނީ ނިމާން މާޝަލް ގޮވައިގެން ނަގާފައިވާ ރީތި ފޮޓޮއެކެވެ. ނިމާން މާޝަލް މައްޗަށް އެއްލާއިގެން އުރާލަން ދެއަތް ދިއްކޮށްގެން ހުރިއިރު ދެބަފައިންގެ ތުންފަތްމަތީގައި ވަނީ އެއް ހިނިތުންވުމެވެ. ފޮޓޯއަށް ބަލަހައްޓައިގެން ހެވިފައި އިން އަލްމާޝް ސިއްސައިގެއން ދިޔައީ މީހަކު ކަރުކެހިލި އަޑި އިވުމުންނެވެ. ސިހިފައި ކުރިމައްޗަށް ބަލާލިއިރު ހެވި ދިލިފައި ހުރި ފިރިހެން ކުއްޖެއް އަލްމާޝް ކުރިމަތީގައި ހުރި ގޮނޑި ދަމާލާފައި އިށިންނަނީއެވެ. އަލްމާޝް ވެސް ހީލުމަށްފަހު ކުރަން އުޅުނު މަސައްކަތާއިގެން ކުރިއަށްދާން ފެށިއެވެ.

“ހަނދާންވޭތަ އިއްޔެގަ ކަމަކަށް ޕްރޮމިސްވެފައި ހުރިކަން”  މޭޒުމަތީގައި އޮތް ބަރާއި ކުޅެމުން އެފިރިހެން ކުއްޖާ އަލްމާޝްއަށް ބަލަން އިނީ އެއްފަރާތަކަށް ބޯއަރިކޮށްލައިގެންނެވެ.

“ހޫމް… ހަނދާންއެބުހުރި.. މީހުން ކައިރީގައި އަހަރެންވާ ވައުދު މަތިން ދުވަހަކުވެސް ހަނދާން ނައްތާލެ މީހެއްނޫން މީކީ” ކުރަން އިން މަސައްކަތަށް ނަޒަރު ހުއްޓާލައިގެން އިނދެ އަލްމާޝް ވާހަކަ ދެއްކިއެވެ.

“އެހެންވިއްޔާ މިގަޑީގައި ކޮން މަސައްކަތެއް ތިކުރަނީ…. އޮފީސް ބަންދުކުރީމަ ބޮޑުމީހާއަށް ވިޔަސް މަސައްކަތެއް ނުކުރެވޭނެ. ލެޓްސް ގޯ މާޝް”  ކައިރީގައި އޮތް ގަލަމުން މައުސްގައި ހިފަހައްޓާލައިގެން އިން އަލްމާޝްގެ އަތް ތިލައިގާ ތަޅާލަމުން އެފިރިހެންކުއްޖާ ބުނެލިއެވެ.

“މިނިމުނީ… ލަކީ ގޮސް އިހަށް ބަލާލަބަލަ ވާރޭ ހުއްޓާލާފައިތޯ”  އަލްމާޝް ބުނެލިއެވެ. އަލްމާޝް ވާހަކަދައްކަމުން ދިޔައިރު ލަކްޔަން އިނީ ކަޅިޖަހާނުލާ ކަޅުކުލައިގެ ޝޯލް ތެރެއިން ފާޅުވާން ހުރި އަލްމާޝްގެ ހަނދެއްފަދަ މޫނަށް ބަލަހައްޓައިގެންނެވެ. އުމުރުން ތިރިސް އަހަރާއި ގާތްވެފައިވާ ލަކްޔަން މުޅި އުމުރުގައި ހިތްކިއި ހަމައެކަނި އަންހެންކުއްޖާއަކީ އަލްމާޝެވެ. ލަކްޔަންއަށް އަލްމާޝް އެންމެ ފުރަތަމަ ފެނުނީ މިއޮފީހަށް އިންޓަރވިއު އައި ދުވަހުއެވެ. ލަކްޔަންގެ ބައްޕަ އައްބާސްއާއި މަނިކުގެ މެދުގައި އޮތް ގާތް ރަހްމަތްތެރިކަމުގެ ސަބަބުން ލަކްޔަންއަށް މިވަޒީފާއަށް އަންނަން އެންމެ ފުރަތަމަ މަޖްބޫރުކުރީ ލަކްޔަންގެ ބައްޕަ އައްބާސްއެވެ. އޮސްޓްރޭލިޔާއިން މަތީ ތައުލީމް ހާސިލްކޮށްގެން ހުރި ލަކްޔަން މިވަޒީފާ ބޭނުންނުވީ މިހާ އާދައިގެ ތަނަކަށް އަންނަން ބޭނުންނުވީމައެވެ. ނަމަވެސް އައި އެންމެ ފުރަތަމަ ދުވަހު ފެނުނު ރީތި އަންހެންކުއްޖާ ވަނީ ލަކްޔަންގެ ހިތް މިލްކުކޮށްފައެވެ. މަނިކުގެ މުޅި ވިޔަފާރީގެ ބަޖެޓް ބަލަހައްޓަނީ ލަކްޔަންއެވެ. ކަންދިމާކުރި ގޮތުން ލަކްޔަންވީ މަނިކުވެސް އަދި އަލްމާޝްވެސް އިތުބާރުކުރެވޭ ވަރުގެ މީހެއްކަމަށެވެ. މިތަނުގައި ލަކްޔަން މަސައްކަތްކުރާތާ ދެއަހަރުވެފައިވާއިރު އަލްމާޝްއަށްޓަކައި ލަކްޔަންގެ ހިތުގައިވާ ލޯބި އެތައް ގުނައެއްވަނީ އިތުރުވެފައެވެ. ލަކްޔަންއަށް އަލްމާޝްގެ ހަގީގަތް އެނގިހުރެ ލޯބި ހުށައެޅި ދުވަހު އަލްމާޝް ވަނީ އެކަމަށް ފާޅުގައި ދެކޮޅުހަދާފައެވެ. އެދުވަހު އަލްމާޝް ލަކްޔަންއަށް ވައުދުވީ ނިމާން އޭނަ ބޭނުންނުވެގެން ފާޅުގައި އެއްލާލި ދުވަހަކުން ގަބޫލުކުރާނެ ހަމައެކަނި ލޯތްްބަކީ ލަކްޔަންގެ ލޯބި ކަމުގައެވެ. އެދުވަހުން ފެށިގެން އެދެމެދުގައި ވަނީ ރަހްމަތްތރިކަން އުފެދިފައެވެ.

“ކޯއްޗެއް ތިވަރަށް ތިބަލަނީ… ހީކުރީދޯ މަލަދު ގަންނާނެކަމަށް….ނުގަނޭ އެނގޭ ލަދެއް” އަލްމާޝް ބުނި ގޮތުން ލަކްޔަން އެއްތުންފަތުން ހީލިއެވެ. އެހެންބުނިކަމުގައި ވިޔަސް އަލްމާޝް ލަދުގަނެފައި އިންކަން ލަކްޔަންއަށް އެނގޭއެވެ.

“ލަދުގަންނަވަނީކީ ނޫން… މަގޭ ނަސީބުދެރަކަމާމެދު ވިސްނާލެވުނީ”

“އެ ކީއްވެ ލަކީ ނަސީބުދެރަ މީހަކަށް ވީ…” އަލްމާޝް އަހާލިއެވެ.

“ހިތަށް އަރަނީ ކީއްވެބާއޭ ކުރިން މާޝް މަށަށް ނުފެނުނީ…. މާޝް ހާދަ ލޯތްބޭ…. ހަމަ ހުވާ މިބުނީ މަށަށް ލިބުނިއްޔާ ގެންގުޅޭނީ މަގޭ ދެލޮލުގެ އެސްފިޔަމަތީގައި… އަހަރެން ވަރަށް ވަރަށް ލޯބިވޭ… މިހެން އަބަދުވެސް ބުނާހިތްވޭ…. މާޝް ތިގޮތަށް އިންނައިރު އަދި ވަކިން ލޯބި”  ކުއްލިއަކަށް އަލްމާޝް ތެދުވެ އަތުގައި އޮތް ދިގު ޕާރސްއިން ލަކްޔަން ގައިގާ ބޮނޑިއެއް އަޅާލުމާއެކު ހީލާފައި ތެދުވެ ސޮރީއޭ ބުނެލިއެވެ. އަލްމާޝްގެ ފަހަތުގައި ހުރެގެން ހިނގާފައި ދިޔަ ލަކްޔަން ދެއަތް ފުރަގަހަށް ލައިގެން ހުރެ ހިނގަމުން ދިޔައީ ކުރިމަތިން ހިނގާފައި ގޮސް ލިފްޓަށް އެރި އަލްމާޝްގެ ހިނގުމަށްވެސް ހިތާހިތުން ތައުރީފް ކުރަމުންނެވެ. ދެކުދިންވިހާފައި ހުރިއިރުވެސް އަލްމާޝްގެ ހަށިގަނޑު ހީވަނީ ސޯޅަ ސަތާރަ އަހަރުގެ ކުއްޖެއްގެ ހަށިގަނޑުހެންނެވެ. ލިފްޓް ގޮސް އޭގެ މަންޒިލަށް ހުއްޓާލިއިރު ވެސް ލަކްޔަން ހުރީ އަލްމާޝްގެ މޫނަށް ބަލަހައްޓައިގެންނެވެ. މިކަން އެނގިގެން އަލްމާޝް ލަކްޔަންގެ އަތުގައި ވިކާލީ ލަދުގަތްކަން ލަކްޔަންއަށް ނާންގަންވެގެންނެވެ. ލަކްޔަން މޭގައި ހިތާއިވީ ފަޅީގައި އަތުން ތަޅާލީ އެއީ ނުލިބޭނެ ލޯތްބެއްކަން އެނގުނު ހިނދު ހިތުގައި ރިއްސާލުމުންނެވެ.

އާރޓްފިޝަލް ބީޗްގެ ހިތްފަސޭހަ މާހައުލުގައި ދެފަރާތަށް ދުވަމުން ދިޔަ ކުޑަކުދިންނަށް ބަލަހައްޓައިގެން އިން އަލްމާޝް ސިހުނީ ލަކްޔަން ގެނައި ޕޮޕްކޯން ކޮތަޅު އަލްމާޝްގެ ކުރިމައްޗަށް ހުރަސް ކޮށްލުމުންނެވެ.

“އެއްދުވަހަކުން މާލްއާއި މިކް ގޮވައިގެންވެއްޖެ މިތަނަށް އަންނަން… މާލް މަޑުން ނުހުންނާތީ ނުކެރޭ މިކަހަލަ ތަނަކަށް ގެންނާކަށްވެސް. އެހާ އަނގަ ގަދަވާނެ”  ޕޮޕްކޯން ކަމުން އަލްމާޝް ބުނެލިއެވެ.

އަންނަ ދުވަހަކުން އަންގާލައްޗެ…. މާލް ބަލާދީފާނަން…މާޝް މިކް ބަލާނީ…ނޫން…. މިކް ބަލާނީ އަހަރެން… އެއީ މިކްއާއި އެންމެ ގުޅެނީވެސް މަގޭ ނަމާއެއްނު….މިކްޔަން…..ލަކްޔަން…..އެހެއްނު….މަށަށް އެނގޭ މާޝް މިކްޔަން ކިއީ ވެސް މަގޭ ނަމާއި ގުޅުވަން ވެގެންކަން”  ލަކްޔަންއަކީ އަބަދުވެސް ސަމާސާ ކުރާ ހިއްވާ މީހެއްކަމުން އަބަދުވެސް ހުންނާނީ މިކަހަލަ ކޮންމެސް މަޖާ އެއްޗެއް ކިޔާލަ ކިޔާލައެވެ. އަލްމާޝް ހީލިތަން ފެނުމުން ލަކްޔަން ވެސް ހީލިއަޑު އިވުނެވެ. އަލްމާޝްގެ ފޯނު ރިންގްވާއަޑު އިވުމާއެކު ފޯން ނަގާ ބަލާލިއިރު މަންމަ އަރާ އިނުމުން އަވަހަށް ފޯނު ނެގީ މާޝަލްގެ ކޮންމެސް ޝަކުވާއެއް ކުރަން އުޅެނީކަމަށް ހީކޮށްފައެވެ. އެހެންނަމަވެސް ހީކުރިގޮތާއި ހިލާފަށް އަލްމާޝްގެ ކަންފަތުގައި ޖެހުނީ މާޝަލްގެ ތުއްތު އަޑެވެ.
މަންމީ…ބޭބީ ތޮއްތި ޕުއްޕު ލައިގެން އެޕީ ހަޑިވެއްޖެ”  މާޝަލް އެބުނީ ކީކޭކަން ދެވަނަ ވިސްނުމަކަށް ނުގޮސް އަލްމާޝްއަށް އެނގުމުން ހެވުނެވެ.

“އެހެންތަ ދޫނީ… ކޮބާ މާމަ….”  އަލްމާޝް ވެސް ވަރަށް ލޯބިން އަހާލިއެވެ.

“މާމަ ބޭބީ ތޮއްތި ގޮވައިގެން މާމަ އޮތަލީގަވީ…މަންމީ މާލް ސްތޯލީ ބުކް ނަގާދޭން އާދެބާ”  މާޝަލް އެބުނީ އަލްމާޝް ފޮރުވާފައި ހުރި ކުދި ސްޓޯރީ ފޮތްތަކުގެ ވާހަކަން އެނގުނެވެ. ވަރަށް ލޯބިން މާޝަލް ކައިރީގައި ދުވެފައި ދާނަމޭ ބުނެ އަލްމާޝް ފޯނު ބޭއްވިއެވެ.

“ކޮބާ ދަރިން ލިބުނީމަ މިގޮތަށް ބޭރުގައެއް ނޫޅެވޭނެ… މާލް އެގުޅީ… ދުވަސްކޮޅަކުން މިކްބޭބީ ގުޅަން ފަށާނެ… ހިނގާ ދަމާ….”  އަލްމާޝްއާއި ލަކްޔަން އެއްވަރަކަށް ހިނގަމުން އައިސް ގޯޅި ކަންމައްޗަށް ހުއްޓުމާއެކު ލަކްޔަން އެހެންދިމާލަކަށް ދާން ފެށުމުން އަލްމާޝް ސުވާލު ކުރުމުން ބުނީ މިދަނީ މިސްކިތައްކަމަށާއި ދުނިޔެއިން ހަމައެކަނި ލޯބިވި މީހާ ދެއްވާތޯ އެކަލާނގެއަށް ދުޢާ ކުރަން ކަމުގައެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެ ލަކްޔަން ހިނގައިގަތުމުން އަލްމާޝް ވެސް ދެރަވެފައި ހިނގައިގަތްއިރު ހުރީ ރޮވެން ކައިރިވެފައެވެ. ބައެއް ގަޑީގައި ލަކްޔަންއާއި ދޭތެރެ އެހިތުގައި ރަހްމު އުފެދެއެވެ. އެކަމަކު މިއަދު އަލްމާޝްއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެހިތްވަނީ މާކުރިން ނިމާންގެ އެއްޗަކަށްވެ ނިމިފައެވެ. އެހިތުގައި އަދިވެސް ދެގޮތެއްނުވެ ތާޒާ ކަންމަތީގައި ވަނީ ނިމާންގެ ލޯތްބެވެ. ނިމާން ނޫން އެހެން ފިރިހެނަކަށް އެހަޔާތުން ޖާގައެއް ނެތްކަން އެއީ އަމިއްލަ ނަފްސަށް ވެފައިވީ ވައުދެކެވެ. ނިމާން އެނބުރިއަންނާނެ ދުވަހަކަށް އަލްމާޝް އިންތިޒާރުކުރާނެއެވެ. ނިމާނާއި ދޭތެރޭ ގޯސްކޮށް ވިސްނާކަށް އަލްމާޝް ބޭނުމެއްނުވެއެވެ. އެހިތްއެދި އަބަދުވެސް ގޮވަނީ ނިމާންއަށެވެ. ލަކްޔަން ކުރާ ކޮންމެ ނަމާދެއްގެެ ފަހަތުގައި ވަނީީ އަލްމާޝް ކަމުގައި ވިޔަސް އަލްމާޝް ކުރާ ކޮންމެ ނަމާދެއްގެ ފަހަތުގައި ކުރެވޭ ދުޢާ އަކީ ނިމާނަށްޓަކައި ކުރެވޭ ދުޢާ އެވެ. ފެންކަޅިވެފައިވާ ދެލޮލުން އަދި އެއްފަހަރު ލަކްޔަން ދިޔަ ދިމާލަށް ފަހަތަށް އެނބުރި އަލްމާޝްއަށް ބަލާލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ލޯބިވާ މަންމާ މަގޭ.. 13

Next

މިއީ ތަޤްދީރު ހޭ؟ (ސަތާރަވަނަ ބައި)

Next
January 17, 2016

މިއީ ތަޤްދީރު ހޭ؟ (ސަތާރަވަނަ ބައި)

Previews
January 16, 2016

ލޯބިވާ މަންމާ މަގޭ.. 13

42 Comments!

  1. Yooha says:
    January 17, 2016 at 1:06 am

    Maan and shona ah dhera gotheh nahadhah chey ushaaly… please I luv those two carecters…

  2. Nuxu says:
    January 17, 2016 at 6:01 am

    Maan genesbaaa

  3. Zaanaa says:
    January 17, 2016 at 6:43 am

    Maan aaa shon aa gulhuvan baynumee

  4. neem says:
    January 17, 2016 at 7:05 am

    Sona and maan gulhenee maan duru nukurachey plx.. love thise story..

  5. Shiu says:
    January 17, 2016 at 7:13 am

    Maan ah kihine v tha

  6. Niz says:
    January 17, 2016 at 7:17 am

    Oh maan konthaa dhiya ey tha..3 yrs v iruvx habareh nuvey….plx nxt part avahah up kobaala…mi prt vv reethi…

  7. Aisha says:
    January 17, 2016 at 7:20 am

    Luckyan reethi name eh?? Kba ta and mean aky

  8. cr@z! says:
    January 17, 2016 at 8:36 am

    maan genes dhee plz….sona n maan beynumee..kinmes kameh vee maan ah yageen….maan n sona beynumee

  9. Mar Sha Marsha says:
    January 17, 2016 at 8:49 am

    Varah rythi story eh mee. Kurin nukiyan ekamu iyye hithah ery kiyaalan vejjeyey.. ehenve kiyaaly.. varah happy vejje kiyaalevunyma.. ninaan n almaash varah gulhey.. n almaash ah haadha dhera gothekey mivy.. pkz nimaan genesdhehchey eynage shona kairiah avahah. N Marsha ah yagyn konme thaaku konme haalehga huttas maan shona mathin handhaan koh ronekan.. maan ah dhimaa vegen ulhey majuboory akun avahah minju kon maan ge shona kairiah genesdhehchey.. n lucky ah konmes maash nudheythi.. dheema aima dheema aa lucky gulhuvaalaa.. n Ushaali, u r a very very good writer.. i love this story.. inthizaaring keiytheri kameh nethi aneh bayah.. ????????

  10. Shau says:
    January 17, 2016 at 10:15 am

    vaaanuvaaaga mihaaru myni…

  11. I says:
    January 17, 2016 at 11:14 am

    V nice

  12. shau says:
    January 17, 2016 at 11:46 am

    Alhey roahiyy vany..maan konnthaaku tha v ushaaly….I luv this stry…v v v v nice..waiting for the nxt prt

  13. Aimsithu says:
    January 17, 2016 at 7:58 pm

    Maves dhemme minkiyan feshy.. mihaaru varah gina part thah kiyijje.. varah reethi vaahaka eh.. nxt part annaany kon irakun baa…

  14. Fathy says:
    January 17, 2016 at 10:27 pm

    Vv reethi mi vaahaka adi alahmikey mihaaru v kiyaakiveje

  15. shai says:
    January 17, 2016 at 10:28 pm

    wow v v v nice

  16. jeen says:
    January 17, 2016 at 10:51 pm

    Vaahaka vrh reethi… Baraabarah up vaathiii vrh happy ?.. Thankx ushaali…

  17. Knmes Kujje says:
    January 17, 2016 at 11:05 pm

    Luv this story.. Maan n Shoana Vaki Nukurachey Ushaali..

  18. zaa says:
    January 18, 2016 at 10:37 am

    Nxt part upload kobbala plx

  19. Aish says:
    January 18, 2016 at 10:49 am

    Ushaali .next part kobaa plx v fast kohladhyba…

  20. shaba says:
    January 18, 2016 at 11:13 am

    Ushaali plx nxt part avahah up khladhyba…

  21. hajj says:
    January 18, 2016 at 11:49 am

    Mi part ves varah reethi baraabarah up vaatiy varah ufaavey nxt part ves avahah up kohladeechey

  22. Aish says:
    January 18, 2016 at 1:31 pm

    Ushaali kihineh thi hadhani. .avx . kohdheeba .. vaahaka Kiyaa hithun.keh.madhuvefa.plx up kohdheeba

  23. heartless pwincess says:
    January 18, 2016 at 2:32 pm

    When next part????
    Can’t waiiit

  24. Zaanaa says:
    January 18, 2016 at 6:04 pm

    Ushaali meyadhu up nukuraneetha haada varakah belehjeyay up vehje thw

  25. Kai says:
    January 18, 2016 at 6:13 pm

    Ushaali waiting for u story impatiently 😛 alhe, kobaitha story avas ushaali avas B) can’t wait 🙁

  26. zaary says:
    January 18, 2016 at 9:13 pm

    Haadha lahey upkuraalay dhoo tankolhey avahah upkoahbala pls

  27. Aasthaa says:
    January 18, 2016 at 9:58 pm

    V nice mi part vess…. ushaali anehkaa baliveetha???
    Eagerly waiting for next part????

  28. jeen says:
    January 18, 2016 at 10:24 pm

    Alheyyy ushaa…. Vaahaka kiyaahithun miulheniiii hama… Las vanyaa ves bunelahcheyy ingey ushaa… I am a beeg fan of urs… I love you ushaaa…. Aslu Mihaaru hunna gina vaahaka thakun nufeney ehaa reethi sifa kurumeh… Madhu vaahakaa akun fennaniii… Adhi haaaaasakoh alah vaahaka liyaa kudhin…. But ushaage vaahakain sifa kurun vrh bodah feney eba… Heevaniii ge ves hama fenna hen… Almaash ves fenna hen hama…. Thankxxx ushaa… Thihaa reethi story eh genesdheythiii…. I love your story…

  29. cr@z! says:
    January 18, 2016 at 11:15 pm

    ush koba vahaka..mihar up vitho balaa balaa varu bali vrhje…mihar kon irrh

  30. yumna says:
    January 18, 2016 at 11:45 pm

    Waiting waiting…

  31. Petite says:
    January 19, 2016 at 12:24 am

    Still waiting

  32. Aisha says:
    January 19, 2016 at 8:14 am

    Kba next part??? Anehka mifaharah nimuny ta story????????

  33. cr@z! says:
    January 19, 2016 at 8:40 am

    i think so….konmes eache bunelan ushaali feney….

  34. Anonymous says:
    January 19, 2016 at 9:35 am

    Balivaa kamuge alaamaithah fennanfesheema vaakaha up kuranee. Thireega liyaane miveni eveni dhuvass thakugaey vaahaka up kuranee.
    Aneh part 4month Fahun. Thireega liyaane anekkaaves miveni kamehviyyey kiyintheringe kibain maafah edhemey.
    Koyuntherin Emotionally blackmail kurun noonkameh nonnaane.

  35. Zaanaa says:
    January 19, 2016 at 9:44 am

    Vaahaka keyaa hethun kehmaduvefa me thibenee avas kohlaba vegen ulhay gothehves buneba

  36. anju says:
    January 19, 2016 at 10:35 am

    mee daily koh up kuran buni waahaka

  37. sona says:
    January 19, 2016 at 12:20 pm

    heyonuwaane huhtaala dhen aharaku 3 part eh aharumen beynumeh noon!!

  38. tweeety says:
    January 19, 2016 at 3:30 pm

    Vaahaka kobaatho?? Kiyuntherin gellidhaane maalasvanyya.

  39. nihaa says:
    January 19, 2016 at 4:21 pm

    Avas ..up kohdhybàaaa plxxx….ushaaalii…plxxx…mhr ihnthixaar kuraathaa kihaa ginaireh vehje…but adhivx……..bxy vx vedhaane but dhn faharakun bunelahchey hingey. ……v reethi mi vaahaka…..

  40. Liu says:
    January 19, 2016 at 4:56 pm

    Plssssssssss avahah up kohdheebaaaaaaa…….one year ltrga genesdhinas dhen nukiaanan……..

  41. zaa says:
    January 19, 2016 at 7:44 pm

    Story nimendhen dailykon up kodhdheynamey kiyafa kihineh thihedhy story nimunytha anekkaa….

  42. ހައުލާ says:
    January 20, 2016 at 3:54 pm

    varareet

Comments are closed.

Next Episodeއަލްމާޝް 22←


All Right Reserved!