Skip to content
އެސްފިޔަ

ލޯބިވާ މަންމާ މަގޭ.. 13

އެކަމަކު އަހަރެން އަކުމަލު ދެކެ ވަރަށް ލޯބިވެއެވެ. އެލޯބި އެހެން މީހެއްދެކެ ވުން އެއީ ވާނެކަމެއް ހެއްޔެވެ.

ކާރުތެރޭގައި މިހާރު އިންނަތާ ފަނަރަ މިނެޓަށް ވުރެއް ގިނަވާނެކަން ޔަގީނެވެ. ޒައިކު އަހަރެންނާ ދިމާލަށް ކޮންމެ ފަހަރަކު ބަލާލަނީ ޖަވާބު ބޭނުންވެގެންކަން އަހަރެންނަށް އެނގެއެވެ. އަހަރެންގެ ހިތް ބާރަށް ތެޅެމުން ދިޔައީ މިހަމަހިމޭންކަން ކަމުނުދާތީއެވެ. “ޒައިކު” އަހަރެންނަށް ނުހުރެވިގެން ގޮވާލީމެވެ. “ޖިއާ… ސޮރީ.. ފޯސް އެއްވެސް ނުކުރަމެއްނު.. ޖިއާ ބޭނުމީ ވަގުތުތަ.. އެކަމަކު އަހަރެންނަށް ޖިއާއަށް އެހާ ވަގުތެއްވެސް ނުދެވޭނެ” ޒައިކު ވަގުތުބޭނުންހޭ އެހެމުން އަވަސް އަވަހަށް އަހަރެން ބޯޖަހާލީމެވެ. އެކަނި ކާރުގަ ހުންނަށް އަހަރެންގެ ހިތެއް ނޭދެއެވެ. ނޭނގޭ ސަބަބަކާ ހުރެ ބިރުގަންނަނީއެވެ.

ޒައިކު އަހަރެން ގެއަށް ލާދިނުމަށްފަހު ދިޔައީ ގުޅާނެކަމަށް ބުނެއެވެ. ޒައިކުއަކީ އަހަރެންގެ އިހްސާސްތައް ދެނެގަންނަން ވަރަށް މޮޅުމީހެކެވެ. ބަހެއް ނުބުނެ ދިޔައީ އަހަރެން ވާހަކަ ދައްކާ ހިތްވާ މޫޑްއެއްގައި ނޫންކަން އެގިގެންކަން ޔަގީނެވެ. ޒައިކުއާ ދޭތެރޭ ވިސްނެމުން ދިޔައީ ކީއްވެ ކަމެއް ނޭނގެއެވެ. އަނެއްކާ ޒައިކު އެ އެދެނީ ވެދިން އެހީތެރިކަމުގެ ބަދަލުދިނުމަށްހެއްޔެވެ. ނޫނެކެވެ. އެއީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނުނެވެ.

“ސާބަސް.. ހޭލާހުރެ ހުވަފެން ބަލަނީތަ” އަހަރެން ސިހުނީ މިންނު އަހަރެން ކޮޑުގައި އަތްލުމުންނެވެ. “ބިރުގަނެއްޖެ.. ކޮބާ ތުއްތު.. ނެތީތަ ފޫހިވެގެން ތިއުޅެނީ” ސޯފާގައި އިށިންނަމުން އަހަރެންވެސް މިންނުއާ ވާހަކަ ދެއްކީމެވެ. “ސޮރީ އިނގޭ.. ބޭބީވެސް ބިރު ގަނެއްޖެ ދޯ.. ނޭނގެ އެފިރިހެނާ ދިޔަތަނެއް.. ޔަގީން ކޮންމެވެސް ތަނެއްގަ ކޮފީބޯންކަން މިހާރު އިންނާނީ.. އަޅޭ.. ބޭބީ ހެދުންތަ.. ވަރަށް ލޯބި.. އެކަމަކު ބުނަން އަހަރެންނަށް ހީވަނީ އަންހެން ކުއްޖެއްހެން ލިބޭނީ.. ހުސް ބުލޫ ހެދުން ކޮޅު ގަނެގެން ތިއުޅެނީ” އަހަރެން ގަނެގެން ގެނައި ހެދުންތައް ނަގަމުން މިންނު އެރީތިވެގެން އުޅުނެވެ. މިންނު އެބުނީ ތެދެއް ކަންނޭގެއެވެ. މިހާރު އެއްރޭ އަހަރެންނަށް ހުވަފެނުންވެސް އަންހެން ކުއްޖެއް ފެނިއްޖެއެވެ. އަހަރެންނަށް ބަނޑުގައި ފިރުމާލެވުނީ ދަރިފުޅަށް ލޯބިވާކަން އަންގާދިނުމަށެވެ. “ކޮންމެ ކަހަލަ ކުއްޖަކަށް ތި ކުއްޖަކީ މިއާއިލާއަށް ހުރި ހަލާކެއް…. ތިކަހަލަ ކުއްޖެއް އުފަން ކުރުމަށް ވުރެއް ރަނގަޅުވާނީ އުފަން ނުކުރިއްޔާ…” މަންމަ މިންނު އަތުގައި ހުރި ހެދުންތައް އަތުލަމުން އެހެންބުނީ އަހަރެންނާ ދިމާލަށް ބަލާލަމުންނެވެ. މިންނު އަހަރެންގެ އަތުގައި ހިފީ ހިތްވަރުކުރާށޭ ބުނުމުގެ ގޮތުންނެވެ. އަހަރެން ހިތްވަރު ކުރަމަވެ. ދެލޯމަރާލީ ދެރަނުވުމަށެވެ. ބިންމަތީ އޮތް ހެދުމާ ސޯފާ މަތީގައި ހުރި ހެދުންތައް ހިފައިގެން އަހަރެން މިސްރާބު ޖެހީ ކޮޓަރިއަށް ވަނުމަށެވެ. އެންމެ ސިކުންތު ކޮޅަކު މިތާ ހުއްޓަސް ބަޑިފަޅައިގެން ދާނެކަން އެނގޭތީއެވެ.

“ޖިއާ ތިކުއްޖާ މަރާލާ.. މިބުނީނު މަރާލާށޭ… އެހެންނޫނީ އަހަރެން ތިކުއްޖާ މަރާލާނީ” އަހަރެން ފަހަތަށް ޖެހެމުން ދިޔައީ މަންމަ އަހަރެންނާ ދިމާލަށް އަންނަމުންދާތީއެވެ. މަންމަ އަޅާ ކޮންމެ ފިޔަވަޅަކަށް އަހަރެންނަށް ފިޔަވަޅެއް ފަހަތަށް އަޅާލެވެއެވެ. ފަހަތަގައި އޮތީ މާސިނގާކަނޑެވެ. ދޮންބެ ނިޔާވުމަށްފަހު އަހަރެން މޫދާ ކައިރިނުވަމެވެ. މުޅިމީހާ ދާހިއްލަން ފަށައިފިއެވެ. ބިރުން މީހާ ތުރުތުރު އަޅައެވެ. މަންމަ ކައިރީގައި އެހެން ނެހެދުމަށް އެދި އާދޭސް ކުރީމެވެ. “ޖިއާ މީ ޖިއާ ބުނާގޮތް ނެހެދޭމަ ވާގޮތް.. ދެން ދޭ.. އަހަރެންގެ އާއިލައަށް ވައިވެސް ނޭޅޭތި” މަންމަ އަހަރެން ކޮއްޕާލީ އެއްވެސް ރަހުމެއް ނެތިއެވެ. މޫދުލޮނުގަނޑުތެރޭގައި އަހަރެން އެހީއަށް އެދި ގޮވީމެވެ. އެހެން ނަމަވެސް އެހީގެ އަތެއް ދިއްކޮއްލާނެ މީހަކު ނެތެވެ. އެންމެ ފަހުފަހަރަށް ނޭވާ ދޫކޮއްލީ ދަރިފުޅުގައިގަ ފިރުމާލަމުންނެވެ.

“މަންމާ” އަހަރެންނަށް އެނދުން ތެދުވެވުނީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ. އެންމެ ފުރަތަމަވެސް ބަނޑުގައި އަތްކާތަލީ ދަރިފުޅު އޮތް ކަމުގެ އިހްސާސް ވުމަށެވެ. މުޅިމީހާ ހީވަނީ ދަލުން ފެންވެރިފައިވާ މީހެއް ހެނެވެ. ބާލީހުގައިވެސް ވަނީ ބޮލުގެ ނިޝާން ކުރަހާލެވިފައެވެ. މޫނުގައި ދެއަތުން އަތްކާތާލުމަށް ފަހު ގަޑިއަށް ބަލާލީމެވެ. އަހަރެން އަނެއްކާވެސް ބިރުގަންނަން ފެށީ ގަޑި ފެނުމުންނެވެ. ގަޑިން އެގާރަ ޖަހައި ބޮޑުވެއްޖެވެ. މިއީ ހުކުރުދުވަސް ކަންވެސް އިހްސާސްވީ ފޯނަށް ބަލާލުމުންނެވެ. އަވަސް އަވަސް ކޮއްލައިގެން ނިކުތީ ކެއްކުމަށެވެ.

“ޖިއާ.. މިއަދު ހާދަލަހަކުން ތިހޭލީ.. ދެން ދޭ ސައިބޯން… މިހާރު މިނިމެނީ.. ޖިއާ ބަތްވެސް ކައްކައިފީމޭ.. ދޭބަލަ ސައިބޯން” މިންނު އަހަރެންގެ ކޮނޑުގައި ހިފަމުން މޭޒުކައިރީގައި ގޮނޑީގައި ބޭނދިއެވެ. އަހަރެންނަށް ސައިބޯކަށް ނުކުރޭނެއެވެ. ދެފަރާތް ހޯދާލެވުނީ މަންމަ ކޮބާތޯ ބަލާލުމަށެވެ. “ޖިއާ.. ކީއްކުރަން މިތަނަށް ވަދެގެން ތިއުޅެނީ.. މިހާރު މެންދުރަށް ކައްކައިފިން.. ޖިއާ މެންދުރުވަންދެން ނިދީއޭކިޔާ މިގޭގަ ނުކައްކާ ނުހުންނާނެ… މިތަނުން ނިކުމޭ.. މިތާތިބި މީހުންނަށް އުދަގޫކުރަން ނުހުރެ..” މަންމަ ދޮރުގައި ދެއަތް ވިއްދާލަމުން އެހެން ބުނީ ދެލޯ ގޮއްޖަހާލުމުންނެވެ. މިންނު އަހަރެންގެ އަތުން ދޫކޮއްލީ މަންމަ ދެކެ ބިރުންކަން އެނގެއެވެ. ބަހެއް ނުބުނެ އަހަރެން ނިކުތީ ފެންޑާއަށެވެ. އުނދޯލީގައި އިށީދެ ހެއްލާލީ ކަންތަކާ އެހާ ނުވިސްނުމަށެވެ.

“ދަރިފުޅާ މިތާ ކިހިނެއްވެފަ.. ” ބައްޕަ އައިސް އަހަރެން ޖެހިގެން އިށީނެވެ. “ކަމެއް ނުވޭ.. ފިނިކޮއްލަން.. ބައްޕަ ކޮންތާކުން ތިއައީ” އަހަރެން ބައްޕައަށް އޮޅުވާލީ މަންމަގެ ވާހަކަ ނުބުނުމަށެވެ. އަހަރެންނަށް ފެނުނު ހުވަފެނަށް ފަހު މަންމަ ދެކެ ބިރުގަންނަނީ ކުރިއަށްވުރެއްވެސް ބޮޑަށެވެ. ހުވަފެނަކީ ބިލާހެކެވެ. އަހަރެން މަންމައާ ދޭތެރޭ އެގޮތަށް ވިސްނާކަށް ބޭނުމެއް ނޫނެވެ. “ރައްޓެއްސަކާ އެކީ ހުރެފަ މިއައީ.. ތިތާ ގިނައިރު ނުހުރެ އެތެރެއަށް ވަންނަށްޗޭ… ސައިބޮއިފިންތަ” ބައްޕަ ތެދުވަމުން އަހަރެންގެ ބޮލުގައި ފިރުމާލީ ވަރަށް ލޯބިންނެވެ. އަހަރެން ހޫން ލައްވާލުމުން ބައްޕަ އެތެރެއަށް ވަދެ ދޮރުލެއްޕިތަން ބަލަން އަހަރެންނަށް ހުރެވުނީއެވެ. ބައްޕާއެވެ. މާފުކުރާށެވެ. އަހަރެން ތެދަށް ބުނެފި ނަމަ ބައްޕަ ރުޅިއަންނާނީ މަންމަ ދެކެކަން ޔަގީނެވެ.

ހުކުރު ދުވަސް ކަމުން ކެއުމަށް އެންމެން އިންސާފުކުރީ އެކީގައެވެ. މިއަދު ކެއްކުމުގައި އަހަރެންނަށް ބައިވެރި ނުވެވުމުން އަހަރެން ހުރީ ކާންވެސް ނުކެރިފައެވެ. ތެލުލި ކުކުޅާ ފްރައިޑު ރައިސް ހަދާފައިވާއިރު ޕެޝަން ފްރުޓް ޖޫސް ގިރާފައި ހުއްޓެއެވެ. ހެދުނު ސައިނުބޮއި ހުރުމުން އަހަރެން ހުރީ ވަރަށް ބަނޑުހައިވެފައިއެވެ. “ޖިއާ.. ދަރިފުޅާ ބަތް އަޅާބަލަ. ރަނގަޅަށް ކައްޗޭ” އަހަރެންނާ ދިމާލަށް ބަތްއަޅާފައި އިން ކަހަބު ދިއްކުރަމުން ބައްޕަ ބުންޔެވެ. ތައްޓަށް ބަތް އަޅާ ނިމުމުން އެންމެން ކާންފެއްޓުމުން އަހަރެންވެސް ކެއުމަށް އިންސާފު ކުރީމެވެ. “ދަރިފުޅާ ކުކުޅު ނުކައިތަ.. މި ވަރަށް މީރުވާނެ” މަންމަ ތުއްތުގެ ތައްޓަށް ކުކުޅު ފަޔެއް ލުމަށް ފަހު މިންނު ތައްޓަށްވެސް ލާދިނެވެ. އެންމެންގެ ތައްޓަށް ކުކުޅު ލައިދެމުން މަންމަ ދިޔުމުން އަހަރެންނަށް ވެސް އުންމީދުކުރެވުނެވެ. އެހެންނަމަވެސް އަހަރެން އިސްޖަހާލީމެވެ. އަހަރެންގެ ތައްޓަށް މަންމަ ކުކުޅު ކޮޅެއް ލާނުދެއެވެ. އަހަރެންނަކީވެސް މަންމަގެ ދަރިއެއް ނޫންހެއްޔެވެ. “ޖިއާ.. ހުސް ބަތް ކާނެކަމެއް ނެތް.. އަން މީތިކައި ދީ ތިތަށި” އަހަރެންގެ ތަށި އަތުލުމަށްފަހު ތުއްތުގެ ތަށި އަހަރެންގެ ކުރިމަތީގައި ބެހެއްޓިއެވެ. ތުއްތު ދެރަވީކަން އަހަރެންނަށް އިހްސާސް ކުރެވުނެވެ. އަހަރެންނަށް ބަލާލެވުނީ މަންމައަށެވެ. މަންމަ ހުރީ އަހަރެންގެ ދެކެ ރުޅިއައިސްފައިކަން އަހަރެންނަށް އެނގުނެވެ. “ނޫނޭ ތުއްތު ކައި މީތި.. ފާދުފާޑު އެއްޗެހި ނުކެވޭ މިހާރު.. ބަނޑުބޮޑޫވީމަ ކުކުޅުވެސް ނުބައި.. ފާޑެއްގެ ރަހައެއްލަނީ.. ” އަހަރެން އަވަހަށް ތަށި ބަދަލު ކޮއްލީމެވެ. އަހަރެންގެ އެ އަމަލުން ބައްޕަވެސް ހުރީ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެހެންވިޔަސް އަހަރެން އެބަތްތަށިން ކާނީ ކިހިނަކުން ހެއްޔެވެ. އަރުތެރެއިން އެ ނުދާނެކަން ޔަގީނެވެ. އަހަރެންނަށް ކެވުނީވެސް ގަދަކަމުންނެވެ. ކަރުނަތަށް ބަންޑުން ވާންއުޅޭ ކަމުގެ އިހްސާސް ވުމުން އަހަރެން ކާކޮޓަރިން ނިކުތީ މިއަންނަނީ ކަމަށް ބުނެއެވެ. ކޮޓަރިއަށް ވަދެވުމާއެކީ އަހަރެންނަށް ގިސްލާ ރޮވުނެވެ. ކެވުނު އެތިކޮޅުވެސް ހޮޑަށް އައީ ކެއްސާން ފެށުމުންނެވެ. އަހަރެން މިހާ މިދެރަވަނީ ކީއްވެ ހެއްޔެވެ. އަހަރެން އަމިއްލައަށް ނަގައިގެން ކެވުނީސް ނޫންހެއްޔެވެ. ބަނޑުބޮޑުވިފަހުން އަހަރެންގެ އިހްސާސްތައް ކޮންޓްރޯލް ކުރަން ވަރަށް އުދަގުލެވެ. ހިތްފުރޭވަރަށް ރުއިމަށްފަހު ބޭރަށް ނިކުތީ ކާންއިން ބަތްތަށި ހުސްކުރުމަށެވެ. ނުކައި ހުރެއްޖެއްޔާ ގެއްލުން ވާނީ އަހަރެން އެކަންޔަކަށް ނޫނެވެ. ދަރިފުޅަށްވެސް މެއެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތުގައި ރަސްކަން ކުރަމުން ދިޔަ ހަނދަށް އަހަރެންނަށް ބަލަން އޮވެވުނީ ފުންހިޔާލެއްގައެވެ. “ޖިއާ ދޭބަލަ ކައިރީގައި ހުރި ފިހާރައަށް.. އަން ލޮނު މިރުސް ޕެކެޓެއް ގަނޭ” އަތަށް ދިހަ ރުފިޔާ ދެމުން މަންމަ އެތެރެއަށް ވަނީ އަހަރެންނާ ދިމާލަށް ބަލާނުލައެވެ. އެންމެ ފަހަރަކު ބަލާލިނަމަވެސް މަންމައަށް އަހަރެން ބޭނުންވާ މިންވަރު ހާމަވާނެއެވެ. މަޑު ހިނގުމެއްގައި އަހަރެން މިސްރާބު ޖެހީ ފިހާރާއަށް ދިޔުމަށެވެ.

“ޖިއާ” އަހަރެން ހުރި ފިޔަވަޅު މައްޗަށް ގަނޑުވިކަހަލައެވެ. މުޅިމީހާ ފިނިވިއެވެ. ފަހަތް ބަލާލަން ވީބާއޭ ނޫނީ ކުރިއަށް ހިނގައިގަންނަން ވީބާއޭ އަހަރެންގެ ހިތައް އަރަމުންދިޔައެވެ. އަހަރެން ކުރިއަށް ހިނގައިގަތީ މަޑުނުކުރުމަށެވެ. “ޖިއާ” އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. އެބީހިލުމަކަށް އިންތިޒާރު ކުރަމުން އަންނަތާ ކޮންދުވަހެއް ހެއްޔެވެ. އަހަރެން ހުރި ފިޔަވަޅު މަތީގައި ހުރީ ގަނޑުވެފައެވެ. ގަބޫލު ނުކުރެވިފައެވެ. “ޖިއާ.. ކީއްވެތަ އަގައިން ނުބުނެ ތީނީ.” އަހަރެންގެ ކުރިމައްޗަށް ހުއްޓި އަކުމަލު އަހަރެންގެ ލޮލަށް ބަލަމުން ބުންޔެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. “ޖިއާ.. ޕްލީސް.. އައި އެމް ސޮރީ.. އަހަރެންނަށް ކިހިނެއް އެނގޭނީ ޖިއާ އުޅުނު ހާލެއް.. އަހަރެންނަށް އެއްފަހަރަށް ކަމަށް މާފުކޮއްދީބަލަ.. ޖިއާ އަށް ނޭނޭގޭނެ އަހަރެން މިއުޅޭ ހާލެއް.. ނިޝް ހުރިހާ ވާހަކައެއް ކިޔާ ނުދިންނަމަ އަދިވެސް ޖިއާ ކުއްވެރި ކުރެވޭނެ.. ޖިއާ ކީއްވެތަ ނުބުނީ..” އަހަރެންގެ ދެއަތުގައި ހިފާ އަކުމަލު ދިޔައީ އާދޭސް ކުރަމުންނެވެ. މަގުމަތީގައި އަހަރެމެން ދެމީހުންނާ ދިމާލަށް އެތަކެއް ލޯތަކެއް ދިޔައީ އަމާޒުވަމުންނެވެ. އެހެންނަމަވެސް އެކަމަށް ސަމާލުކަން ނުދިނީ ދެމީހުންގެ ހިތުގައިވާ ހައިޖާނު އެއަށްވުރެއް ބޮޑުވުމުންނެވެ. “އަކޫ” އަހަރެނަން ރޮވެންފެށީ އެއްވެސް އިހްތިޔާރަކާ ނުލައެވެ. “ޖިއާ އައިލަވްޔޫ ސޯ މަޗް” އަހަރެންގެ ކޯތާފަތުގައި ބީހެމުން އަކުމަލު އެހެން ބުނި އިރު އަކުމަލު އަށްވެސް ވަނީ ރޮވިފައެވެ. ” އައި ލަވް ޔޫ ޓޫ” އަހަރެންވެސް ލޯބި ވާކަން ހާމަކުރީ އެއްވެސް ޖެހިލުމެއް ނެތިއެވެ. އަކުމަލު ދެން ބީވެދާކަށް އަހަރެން ބޭނުމެއްނެތެވެ.

ދެމީހުން ދެމީހުންނަށް ބަލަން ހުރެވުނީ ކިހާ އިރެއްވަންދެން ކަމެއްވެސް ނޭނގެއެވެ. ދެހިތުގައި ވެސް ޖަހަނީ އެއް ވިންދެކެވެ. “ޖިއާ” ކަންފަތް ފަޅައިގެންދާހާ ބާރަށް އަހަރެންގެ ނަން ގޮވާލި އަޑުއިވުނެވެ. އަކުމަލުގެ އަތުން ދޫކޮއްލެވުނީ ނުވެސް އެނގި ހުރެވެ. “ލަދާ ހަޔާތާ ކޮބާ.. ތިމާ އިން ހާލު ނޭނގޭއިރު އަދިވެސް ފިރިހެނުން ފަހަތުން ނުނެއްޓޭ.. ދެން މީ ކިހާ ބޮޑު އުދަގުލެއް. ކަލޭ ތިވައްތަރަށް އުޅެން ބޭނުންނަމަ ކީއްވެ ގޭން ނުނިކުތީ އެފުރުސަތު އޮއްވާ.. އެހެންނޭ ވާނީ އަމައި އުޅޭ ގޮތަށް ދަރިންވެސް އުޅޭނެއެއްނު.. ހިނގާ ދާން.. މިރޭ ކޮންމެވެސް އެއްގޮތަކަށް ނިންމަން ޖެހޭނެ. ކަލޭ ވިއްޔާ ކަލޭ.. މަވިއްޔާ މަ.. ލަދުން ބޯ ހަލާކު..” އަހަރެންގެ އަތުގައި ހިފާ ދަމަމުން ގެންދިޔައީ އަހަރެން އިން ހާލާމެދު ނުވިސްނައެވެ. އަކުމަލު ހުރި ގޮތުން އަހަރެން ދެރަވެސް ވިއެވެ. އެދެލޮލުން ވެގެން އުޅެނީ ކިހިނެއްތޯ ސުވާލު ކުރާކަހަލައެވެ. އަކުމަލު ދޭތެރޭގައި ވިސްނުމަށްވުރެއް އަހަރެންނަށް ވިސްނެމުން ދިޔައީ މަންމަކީ އެއްޗެއްސާ މެދުގައެވެ. އަހަރެން ކުޑައިރު ތުއްތުވެސް ވަނީ އެކަހަލަ އެއްޗެއް ބުނެފައެވެ. އަހަރެންމީ މަންމަގެ ދަރިއެއް ނޫންހެއްޔެވެ. މަންމަގެ ދަރިއެއް ނޫނިއްޔާ ދެންމީ ކާކުގެ ދަރިއެއްހެއްޔެވެ. “މަންމާ” އަހަރެން އަތަށް ތަދުވާން ފެށުމުން މަންމައަށް ގޮވާލެވުނެވެ. “މަންމާ” އަނެއްކާވެސް އަހަރެން ގޮވާލީމެވެ. ގޭދޮރު ހުޅުވާލުމާއެކު މަންމަ އަހަރެން އެތެރެއަށް ކޮއްޕާލީ އެއްވެސް ރަހުމެއް ނެތިއެވެ. ދިޔަގޮތަށް ގޮސް އަހަރެން ޖެހުނީ ވެލިގަނޑަށެވެ. ވެލިގަނޑު ނެތްނަމަ ވާނީ ކީހިނެއްކަންވެސް ނޭނގެއެވެ. ބޭރުގައި އަޑުގަދަވެގެން އެތެރޭގައި ތިބި އެންމެން ނިކުތެވެ. އަހަރެން އިސްއުފުލާލީ ބައްޕަގެ އަޑު އިވުމުންނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (37)

  1. Nookko

    Varah reethi mi part ves..waiting for the next part kamana

    1. kamana
      Nookko

      Thnk u soo much nookko ?

  2. misty

    Mi bai vx varah reethi… Curiously waiting 4 da next part.. When next part?? Avahah upon koh dhechey kamana

    1. misty
      misty

      I meant to write next part avahah up koh dhechey n mi bai thankolheh kuru next part thankolheh dhigukoh dhechey

    2. kamana
      misty

      Heheh okey okey misty b thank yu so much ?

  3. Zaanaa

    Haada kuray me part

    1. kamana
      Zaanaa

      Dhn inn bai dhigu kohlaanan ingeyy. ?

  4. Aimsithu

    Waow varah reethi mi part ves.. asaru gadha vaahaka eh.. keep it up dear..

    1. kamana
      Aimsithu

      Thank u so much aimsithu. ?

  5. zam

    Varah reethi

    1. kamana
      zam

      Thnk u zam ?

  6. Naaz

    Maasha Allah v reethi……hama rovihje.

    1. kamana
      Naaz

      Awwn thnk u naaz. Hama rohveythi varah try kurameyy heheh thnk u ?

  7. ny

    Kamny. ……dhoonyaa a. ……haadalahun up kothidhiny vaahaka…….v v v v v reeeeeethi..avas avaha genesdheeba jehigenonna baa a. ..Kennuy mihaar. …

    1. kamana
      ny

      Alhey ny dhoonigandaa las tha. 1day dhookohfa mi gennanii. ? Ekam vx thnkx alot dear. ?

  8. Niz

    Oh god jiyaa ah ehaa haalu nujassabala…i no eyruvex jiya ey ehn myhegge dhari eh dhw..anyway vaahaka vvvvv reethi.dhoonigandaa..whn nxt…vvvv wait kurevey eba…mee v reeethi vaahaka eh…keep it up dear

    1. kamana
      Niz

      Nxt part madhama. Alhe niz ah hama yagyntha jia eyy ehn myhehge dhariehkann. Hehhe thnk yu so much ?

  9. shuhu

    Varah reethi…when next part?? Waiting…

    1. kamana
      shuhu

      Thnk u shuhu. Madhama ingey thnk u ?

  10. shau

    Varah nice…I luv it…wen nxt prt…Waiting…oh jiya ge mom dhw…I hate her…mom eh ge ihsaas vx neygeny tha preg grl akah ehnnn hadhaairu

    1. kamana
      shau

      Aslu dhw. Preg kuhjehge ihsaas neyge. Thank u so much nau. Hope u will wait for the nxt part ?

  11. Faathun

    Kada.. jiaa thankolheh strong khbala.. maa weak kuranee thi main character… eyna jeheyne strong waaan.. hama kameh waa irah roan fattaakah nujeheyne..

    1. kamana
      Faathun

      May be you r ryt fathun. Bt aslaa ehgoi kuran vgnn. I knw it tooo. Still thnk u. ?

  12. Shahee

    V v v reethi

    1. kamana
      Shahee

      Thank u so much shahee ?

  13. Munko

    Fareeshahtha ge dhari eh dhw jia ey….varah rythi..:D

  14. kamana

    Munko hama zubeydhage dhariakah vx vedhaanu heheh thnk u ?

  15. Anonymous

    For kamana ge info ah bunelan vr nyc vaahaka bt ibaaraayyi kurumuga kuda kuda problem ebahuri n eh paragrah aneh paragraaf are gulhun baeh faharu varah kuda..n kurin part akun fenun fakalah balaa vahaka gud gotaki fankaayah ngey kamana..u can do better dhen ths vr vr asarugadha mivaahaka kamana ves vaahakaige tereah vadhegen vaahaka liyaakan ufalaa eku faahaka kuran..unidifa takeh huhnane kohme ehchehgai ves ehmme furihama eh nuvane..when next part?n keep it up

    1. kamana
      Anonymous

      I dnt knw which anonymous u r. Bt ur cmmnts ah varah inthixaaru kureveyy. Cox varah rangalhah bunedhyfa hurey mahsalatha. Ekam vx ur first cmmnt on my stry was reallii bad. Varah dheravi ehnve. Bt varah ufaa vehje thigothah mistakes thah bunedhinyma. N ya vaahaka liyani varah liyaahithunn ehnve kanneyge thihen thibuny. Anywayxx thnkx alot. I will try my best ingeyy to improve. Thnk u ?

  16. saaaaa

    Reethi

    1. kamana
      saaaaa

      Thnk u?

  17. nukko

    Kamanaaaaaa
    avahah up kohdhyy balaaa….. kiyaa hithun hureveny kee noon.. hehe alhey ehn nahadhabaa jia ah 🙁 hama awsum mi part vs…. can’t wait nxt part ah

    1. kamana
      nukko

      Thank u so much nukko. Nxt part madhan ingeyy. Thnk u ?

  18. Anonymous

    Kamana its nt me that negative anounymous.
    Am sumone who was really waiting for u ar stories..n namr nujahaati egotah e arani u ar story akah comment kuri adhii frst tym
    N ufalaaeku aharen buni vaahaka gabool kurima vr vr bodah thanx hihvara azuma eku kuriah dhey.masahkayyi kuraani alhun kaamiyaabu dhehvaani e kalaange?

    1. kamana
      Anonymous

      thnk u. ?

  19. Zaanaa

    Avahah up kohlaba vaahaka

    1. kamana
      Zaanaa

      Up kohlaifin ?

Comments are closed.