“ވާއު… ކައިވެނިކޮށް 5 އަހަރުވީ އިރު ތިއީ ތަ އިކޫ މަށަށް ކުރި އިތުބާރަކީ؟” ކްލާރާ ވެސް ހިތް ހަމަ ނުޖެހިއްޖެއެވެ. “ލާރާއޯ؟ ލާރާ ވެސް ވަކި ތެދުވެރިއެއް ނުވިއޭނުން؟” ނުހައިކް ހަރަމް ބަނދެލިއެވެ.
(8 ވަނަ ބައި)
އީވާންގެ ވާހަކައިވި ވިނާލްގެ ހަރަކާތްތަށް ހުއްޓުނެވެ. އިތުރަށް ވާހަކަ ކުރިއަށް ގެންދާނޭ ގޮތެއް ނޭނގުނެވެ. ބުނަންއައި ވާހަކަ ބުނާނެ ގޮތެއް ވެސް ނޭނގުނެވެ. “ވާން…” ވިނާލަކަށް ދެން ވާޙަކައެއް ކުރިއަކަށް ނުގެންދެވުނެވެ.
“އިޓްސް އޯކޭ އޭ. ޑޯންޓް ފީލް ބޭޑް” އީވާން ހިތި ގޮތަކަށް ހިނިތުންވެލިއެވެ. “ވާން… ވިވީ ވާހަކައެއް ބުނަން ބޭނުން…” ވިނާލް ބޭނުންވީ ކަށީގަ ނެތް ހިތްވަރުން ވެސް އެވާހަކަ އީވާން ގާތުގައި ބުނާށެވެ. އެހެން މީހެއްގެ ފަރާތުން އެކަން އެނގުނީއާ މާ ދެރަވާނެ ކަން ކަށަވަރެވެ. “ބުނެބަ؟”
“ވިވީގެ ބައްޕަ ބޭނުމެއް ނޫން ވިވީ ވާންއާ އެކު އުޅޭކަށް… ކޯޒް ޔޫ އާރ އަ އޯރފެން…” ވިނާލް ދުރުބަލާލިއެވެ. އީވާން އިސްޖަހާލިއެވެ. ހިތަށް ހީވީ ތޫނު ހަންޖަރެއް ހެރުނުހެންނެވެ. ނަމަވެސް އެދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާ ނުލައެވެ. އެދިރިއުޅުމަށް އޭނާ ހޭނުނު ފަދައެވެ. “އިޓްސް އޯކޭ…” އީވާން މަޑު މަޑުން ބުނެލިއެވެ.
ވިނާލް ހުއްޓުން އެރިއެވެ. ވިނާލްއާއި އީވާންގެ ގުޅުން ނިމޭނީ މިހެން ހެއްޔެވެ؟ ނޫނެކެވެ. އީވާންއާ ނުލާ އުޅޭކަށް ވިނާލް ބޭނުމެއް ނޫނެވެ. “ވާން…” ވިނާލް މަޑު މަޑުން ގޮވާލިއެވެ. “ދިސް އިޒް ނޮޓް ދި އެންޑް ރައިޓް؟ ބައްޕަ ބުންޏަސް ވިވީ އެހެނެއް ނަހަދާނަން. ވިވީ މިއަދު މިއައީ ބައްޕައާ ދެކޮޅައްވެސް ވާންއާ ކައިވެނި ކުރަން… ހެޔޮނުވާނެ… އާއެކޭ ބުނޭ…”
ވިނާލް ބިންމަތީގައި އިށީނދެ އާދޭސް ކުރަން ފެށިއެވެ. އެހިތަށް ދެން ކެއްވާނީ ކިހިނެތް ހެއްޔެވެ؟ “ވިސްނާލާނަން” އިތުރަށް އެއްވެސް އެއްޗެއް ނުބުނެ އީވާން އެތެރެއަށް ވަނެވެ. ވަންނަމުން ނުހައިކްއަށް ގުޅާލިއެވެ. އަދި “ބްރޯސް ކޯޑް” ޖަހާފައި އެސް އެމް އެސްއެއް ކޮއްލިއެވެ.
***
“ތިބުނީ މިއީ ލާރާއަށް ނަހަލާލަށް ލިބުން ކުއްޖެކޭ ތަ؟ ތިބުނީ ލާރާ އެހެން ފިރިހެނެއް ކައިރިިއަށް ދިޔައީ އޭތަ؟” ކްލާރާ އަހާލިއެވެ. “އާނ. ހަމަ އެހެން މިބުނީ” ނުހައިކް ސާފުކޮށް ބުންޏެވެ.
“ޔޫ ބާސްޓާރްޑް” އަތް ހިއްލާލާފައި ނުހައިކްގެ ކަންކަށިމަތީގައި ކްލާރާ ޖެހިއެވެ. “ކީއްވެ ތި ޖެހީ؟” ނުހައިކް ވަރަށް ރުޅި އައިސްފިއެވެ. “ނުޖަހަން ވީ ކީއްވެގެން ތަ؟ މަގޭ ބޮލުގަ ޒިނޭގެ ތުހުމަތޭ ތިއެޅުވީ” ކްލާރާ ކަޅި އަޅާލިއެވެ.
“އާނ. އެނޫން ގޮތަކަށް ކަލޭ ބަނޑުބޮޑު ވާންވި ސަބަބެއް ބުނެބަލަ ތިހެންޏާ؟” ނުހައިކް ހަރަމް ބަނދެލިއެވެ. ހީވާ ފަދައެވެ. ބުނެވުނު އެއްވެސް އެއްޗަކާ މެދު އޭނާ ދެރައެއް ނުވެޔެވެ.
“ބަނޑުބޮޑު ވެދާނެ ދޯ ހަމަ” ކްލާރާ ދުރުބަލާލިއެވެ.
***
“މޭމް؟؟” މީހަކު އައިސް ކްލާރާގެ އަތުގައި ހިފާލުމުން އެޙިޔާލުން ކްލާރާއަށް ނިކުމެވުނެވެ. “ޔެސް..؟” ސޯފާގައި ހަމަ ޖެހިލަމުން އެމީހާއަށް ހިނިތުންވެލިއެވެ. “19 އޭނުން ލިބިފަ އިނީ؟ 19 އަށް އަރާފަ އިނީ ކިއު ނަންބަރު” ކްލާރާގެ އަތުގައި އޮތް ކިއު ނަންބަރު ކޮޅަށް އިޝާރާތް ކޮއްލަމުން އޭނާ ބުނެލިއެވެ. “ތޭންކްސް” ކްލާރާ ސްކޭން ރޫމްއަށް ވަނެވެ.
ނުހައިކްއާއި އީވާން ތިބީ ކެފޭއެއްގައެވެ. އިސްޖަހާލައިގެން އިން އީވާންއާއި ދިމާލަށް ބަލަން ނުހައިކް އިނެވެ. އީވާން ވާހަކަ ދައްކަން ފަށާނެ އިރަކަށް އިންތިޒާރު ކުރަނީކަން ކަށަވަރެވެ.
“ވިވީގެ މަންމަމެން ވިވީ މަށާ ކާވެނި ކުރާކަށް އެއްބަހެއް ނޫން” އީވާން އެންމެ ފަހުން ބުނެލިއެވެ. “ވަޓް؟؟؟؟ އެއީ ކީއްވެ؟؟؟؟” ނުހައިކްގެ ދެލޯ ބޮޑު ވެއްޖެއެވެ. “އަހަރެންގެ މައިންބަފައިން ނެތީމައޭނުން؟ އެހެން ކޮން ކަމަކު؟” އީވާން ދުރުބަލާލިއެވެ.
އެކަމަކު އެއީ ވާންގެ ކުށެއް ނޫނެއްނުން؟ ވިނާލްގެ ބައްޕަ ނުޖެހޭ ކަންނޭނގެ އެހެން ބުނާކަށް” ހިތްހަމަ ނުޖެހިފައި ނުހައިކް ބުންޏެވެ. “ވިވީ ބުނީ… ބައްޕަގެ ނުގަބޫލުގަ ނަމަވެސް މަށާ ކައިވެނި ކުރަން ބޭނުމޯ. ދެން މިއަދު ނާލުކީ ވިވީއާއި ކައިވެނި ކުރާށޭ ވެސް. އޭރަށް ވިސްނުންތަކުން ދުުރުވެވޭނޭ. ދެން ނޭނގެ ހަދަންވީ ގޮތެއް. ވާން ބޭނުމެއް ނޫން ދަރިއަކާ ބަފަޔަކާ ދުރު ކުރާކަށް ވެސް…” އީވާން ފުންނޭވާއެއް ދޫކޮއްލިއެވެ.
އިރު އޭގެ ރަންދޯދިތަށް ދުނިޔެއަށް ދިއްލާލާފައިއެވެ. އައު ދުވަހަކަށް މަރުހަބާ ކިޔައިފިއެވެ. އަލިފާން ބޯޅައެއްފަދަ އިރުގެ ރަން އަލި ކަނޑުގެ ލޮނުގަނޑު މަތީގައި ފެންނަން ހުރި އިރު ބަލާ ބަލާ ފޫހި ނުވާނޭކަން ކަށަަވަރެވެ. އަރަމުން ދިޔަ އިރާއި ދިމާލަށް ބަލަން ރުކާންއާއި ޔާލާ ތިއްބެވެ.
“އިނގޭ ތަ؟ އަހަރެންގެ ހަޔާތަށް އެޅުނު ރަން އައްޔަކީ ތިއީ. ލާލަދެކެ އަހަރެން ވަރަށް ލޯބިވޭ” ޔާލާގެ ނިތުގައި ތުންޖައްސާލަމުން ރުކާން ބުނެލިއެވެ. ޔާލާ ތިރީ ތުންފަތުގައި ދަތްއަޅާލަމުން އިސް ޖަހާލިއެވެ.
“ދެން ބުނެބަލަ. އަދިވެސް ތި ހިތުގަ ވީ އީވާން ތަ؟” ރުކާން އަހާލިއެވެ. “ނޫނޭ. އީވާންދެކެ ލާލަ ލޯބިވިން. ބަޓް އައި ގެސް… ވީ ވާރ ނޮޓް މެންޓް ޓު ބީ. ލާލަ ބޭނުމީ ރުކާން…” ޔާލާ ފުރިހަމަ ހިނިތުންވުމަކާއި އެކު ބުނެލިއެވެ.
ކަޅު ކުލައިގެ ޓީޝާޓަކާއި އެކު އަޅި ކުލައިގެ ޓީޝާޓެއް ލައިގެން ކެފޭގައި އިން ވިއާމްގެ މޫނު މަތީގައި ފިކުރުބޮޑުވެފައިވީ ކަމުގެ ކުލަވަރު ހުއްޓެވެ. ކޮންމެވެސް ކަމަކާ ފިކުރުބޮޑުވެފައި ކަން ޔަގީނެވެ. ކުރިމަތީގައި އާވި އަރަ އަރަ އިން ދެކޮފީތަށި އިނެވެ.
“ކިހިނެތް ވީ ހާދަ ހެނދުނަކާ ދިމާ ކުރަން ތިބުނީ؟” ކަނޑު ނޫކުލައިގެ ގަމީހަކާއި އެކު ކަޅު ކުލައިގެ ފަޓުލޫނެއް ލައިގެން ވައިން ވިއާމްގެ ކޮއްކޮ ވިޔާމް އަހާލިއެވެ. އެއީ އެއްމާބަނޑު ދެބެންނެވެ.
“ވަރަށް ބޮޑު ކަމެއް ވެގެން މިއުޅެނީ” ވިއާމް ފުން ނޭވާއެއް ދޫކޮއްލިއެވެ. “ކިހިނެތް ވީ؟” ވިޔާމް ކޮފީތަށީގައި ތުންޖަހާލަމުން އަހާލިއެވެ. “ވިނާލް މީހަކާ އިންނަން ވީ އޯ” ވިއާމް ބުނެލިއެވެ. “ދެން ކޮބާ ތަ މައްސަލަ އަކީ؟” ވިޔާމް އެއްބުމަ ހިއްލާލިއެވެ.
“އެއްކަލަ އީވާން އަށޯ ކައިވެނި ކުރަންވީ” ވިއާމް ބުނެލިއެވެ “ކޮން؟” ވިޔާމް އަހާލިއެވެ. “އީމާންއާ ހުމައިދުގެ” ވިއާމްގެ ޖުމްލައާއި އެކު އެތަނުގައި ބޮމެއް ގޮވިފަދައެވެ. “އޭނ؟ ކީކޭ؟ ނުވާނެ ތިކަމެއް. އީވާންއާ ވިނާލްގެ ކައިވެނިކުރެވިގެން ނުވާނެ! އެކަން ދުވަހަކު ވެސް ވެގެން ނުވާނޭ!” ވިޔާމް އަޑަށް ބާރު ލަމުން ބުނެލިއެވެ.
(ނުނިމޭ)
ނުވަވަނަބައިގެ ތެރެއިން:
“ޖަވާބެއް ދޭން މިގުޅީ…” އީވާން ބުނެލިއެވެ. ހިންދިރުވާލަމުން ވިނާލް ހަމަ ޖެހިލިއެވެ. އީވާންގެ ޖަވާބަށް ތައްޔާރުވެލިއެވެ.
***
~މިބައި ތަންކޮޅެއް ކުރުކޮށް ގެނެސްދެވުމުން އަދި އެހާ ލަހުން ގެނެސް ދެވުމުން ހުރިހާ ކިޔުންތެރިންގެ ކިބައިން އިންތިހާއަށް މަޢާފަށް އެދެން. ތަންކޮޅެއް ބިޒީކޮށް އުޅުނީމަ ލިޔާނެ ވަގުތު ނުލިބުނީ. އިންޝާ ﷲ ބުދަ ދުވަހުގެ ބައި ދިގުކޮށް ގެނެސްދޭނަން~ (:
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







nantha ehvatharu kamun eba jehey iru koakola fashaigen kiyan
Should i change some names??
No don’t eyrun olheyne
Ya