ހިތުގެ ރިހުން (31)
ހުޝާމް ފަސް އެބުރި ބަލާލިއެވެ. އޭނާގެ ހިތް އުފަލުން ރޮމުން ދިޔައެވެ. މިއޮއްހާ ދުވަހު ނޫރާއަށް ހިތް ކިޔެއްކަމަކު އެވާހަކަ ނުބުނަން ނިންމައިން ހުރީވެސް ޔާސިން އާ ނޫރާގެ ލޯބީގެ ގުޅުން އެންމެ ގާތުން ފެނުނު އެކަކީ އޭނާ ކަމުންނެވެ. އަދި ޔާސިން ނޫރާ ދޫކޮށްލާފައި ދިއުމުން އެކަމާ ނޫރާ ވީ ދެރަޔާ އުޅުނު ގޮތްވެސް އެންމެ ގާތުން ދުށީ ހުދު އޭނާއެވެ. ނަމަވެސް ދެން އެ ލޯބި ނޫރާ އަށް ހުށައެޅީ ހުށަނާޅައިފިނަމަ ފަހުން އެކަމާ ދެރަވެ ހިތާމަ ކުރަން ޖެހިދާނެތީއެވެ. އޭނާގެ ހުރިހާ ވާހަކައެއް އަޑުއަހާފައިވެސް ނޫރާ އެއަށް ޖަވާބެއް ނުދިނުމުން ހުޝާމް ހުރީ ނޫރާ އަދިވެސް ލޯބިވަނީ ޔާސިން ދެކެ ކަމަށް ނިންމައިންނެވެ.
ނޫރާ ދުވެފައި އައިސް ހުޝާމްގެ ތަނަވަސް މޭގައި ބޯ ޖައްސާލުމަށްފަހު އޭނާގެ އަތް ހުޝާމްގެ އުނަގަޑުގައި އޮޅާލިއެވެ. ހުޝާމްވެސް ވެފައި ހުރި އުފަލަކުން ނުރާ ގައިގާ ބައްދާލާ ކުޑަކޮށް ހިއްލާލިއެވެ. އޭރު މަގުމަތީގައި ތިބި މީހުން އަގައިން ފުމެމުން އަތްތިލަ ބަޑި ޖަހަމުން ދިޔައެވެ. ދެމީހުންނަށް ހޭވެރިކަން ވީ ފަހަތުން އައި ޕިކަޕެއް ބަރުގޮނު އެޅުމުންނެވެ.
*****
“ކޮބާހޭ އަހަރެން ދަރިފުޅު… ޔާސިން އަށް ހުރިހާ އެއްޗެއް އިނގި ހުރެ ކީއްވެތަ ނުބުނެ ތިހިރީ..” މަންސޫރު ގާތަށް ރުޅިއައެވެ.
“އަޅުގަނޑު ހީކުރީ ބޭބެ ނޫރާއާ ދިމާވެގެން ހުރިހާ އެއްޗެއް ކިޔާދިނީމަ ކަމަށް އެއްކޮށް ތިއައީ..” ޔާސިން ވެސް ހައިރާންވީ ނޫރާ މަންސޫރާ އެހާ ގާތުގައި ވި އިރުވެސް އެދެބަފައިންނަށް އެކަން ނޭގެއޭ ބުނުމުންނެވެ.
“ދަރިފުޅާ ނޫރާ…” މަންސޫރު އަތް ދިއްކޮލަމުން ޔަޝްފާއާ ދިމާލަށް ދާން އުޅުނެވެ.
“ހެ ބޭބެ އަހަރެންމީ ނޫރާއެއް ނުން.. އަހަރެންމީ ޔާސިންގެ އެޓެންޑިންގް ޑޮކްޓާރ ޔަޝްފާ… ޔާސިން ކޮބާ ދެން ކިހިނެއް ވާންވީ…” ޔަޝްފަ އަވަސް އަވަހަށް މަންސޫރު ހުއްޓުވިއެވެ.
“ކޮބާހޭ މަގޭ ދަރިފުޅު…. ޔާސިން އަހަރެން ހިއެއް ނުކުރަން ޔާސިންވެސް އެކަން ސިއްރު ކުރާނެކަމަކަށް…” މަންސޫރުގެ މޫނު މަތިން ނުތަނަވަސް ކަމާ މާޔޫސްކަން ފާޅުވޭވޭ ހުއްޓެވެ.
“އެއީ..” ޔާސިން އަށް ނުބުނެވި އުޅެނިކޮށް ނޫރާއާ ހުޝާމް އައިސް އެތެރެއަށް ވަނެވެ. އެންމެން އެއްފަހަރާ ހެން އެދެމީހުންނަށް ބަލާލިއެވެ. ޔަޝްފާ އެއީ މަމްސޫރުގެ ދަރިފުޅު ނުންނަމަ ދެން މަންސޫރާ އެކުގައި އުޅުނީ ނޫރާ އެވެ. މަންސޫރު ޔާސިންއަށް ބަލާލީ މީހޭ އަހާފަދަ ގޮތަކަށެވެ. ޔާސިން ބޯ ޖަހާލިއެވެ.
މަންސޫރަށް ރޮވޭގޮތްވިއެވެ. އޭނާގެ ދަރިފުޅު އެހާ ގާތުގައި ވިއިރުވެސް އޭނާއަށް އެކަން ނޭގުނެވެ. ނޫރާ ކުރިމަތީގައި އޭނާ ދައްކަން ބޭނުން ނުވާ އެތައް މަންޒަރެއް މިއަދު ދެއްކިއްޖެއެވެ. މަންސޫރު ކަރުނައިން ފުރިގެންވާ ނަޒަރަކުން ނޫރާއަށް ބަލަހައްޓައިން ހުރުމުން ނޫރާއަށް އޭނާ އަކީ މަންސޫރު ދަރިކަން އިގުނުހެން ހީވާން ފެށިއެވެ.
“ދަރިފުޅާ މިންހާ… ދަރިފުޅާ.” މަންސޫރު ނޫރާގެ އަސްލުނަމުން ގޮވާލުމަށްފަހު އަތް ދިއްކޮށްލައިން ނޫރާއާ ދިމާލަށް ހިގައިގަތެވެ. މިންހާ އޭ ބުނުމުން ނޫރާ ހުރީ ވާނުވާ ނޭގިފައެވެ.
“ބޭބޭ.. ބޭބެ ދަރިފުޅު މިންހާ ވީ ޕޮލިސް ސްޓޭޝަންގަ.. ” ނޫރާ ވާހަކަ ދައްކަ ދައްކާ ހުއްޓާ މަންސޫރު އައިސް ނޫރާގެ ގައިގާ ބައްދައިގަތެވެ.
ދަރިފުޅާ.. ތި އަހަރެން 23 އަހަރުވަންދެން ގެއްލިގެން އުޅުނު އަހަރެންގެ ފުރާނަ… މީ ބައްޕައޭ…” ނޫރާއާ އޭނާއަށް ހީވިހީވުން ޔަޤީންވިއެވެ.
“އަހަންނަށް ކިޔަނީ ނޫރާ… އަހަންނަށް އިނގޭތީ އަހަރެންގެ ބައްޕަކަންވެސް… އެކަމަކު” އެންމެން ސިއްސައިން ދިޔައީ ދޮރުގައި ބާރަކަށް މީހަކު ތަޅައިގަތުމުންނެވެ. ޔަޝްފާ އެންމެން ކުރެން އަޑު މަޑުކުރަން ބުނެލިއެވެ. އެއީ ޕޮލިހުންކަން އޭނާއަށް އެގެއެވެ. އެހެން ކަމުން ޔާސިން ނުން އެންމެން ގާތު އެތާ އިން ދޮރުން އެތެރެއަށް ވަދެ އަގައިން ނުބުނެ ހުރުމަށް ބުނެލިއެވެ. އަދި ޔާސިން ކުރެން ދެލޯ މަރައިން އޮށޯންނަން ބުނުމަށްފަހު ދޮރު ހުޅުވާލިއެވެ.
“ކޮބާ ޔާސިން.. މިހާރު ގަޑިއެއްހާ އިރު ވީ… އަދިވެސް ނުނިމޭތަ..” އެތެރެއަށް ވަދެގެން އައީ ސީދާ އަހުމަދެވެ.
“މެޝިންގަ މައްސަލަ ޖެހިގެން ލަސްވީ. ދެންމެ މިނިމުނީ..” ޔަޝްފާ ޖެހިލުން ވެފައި ބުނެލިއެވެ. އަހުމަދު ދޮރާ ދިމާލަށް ބަލައިލިއެވެ.
“ޑޮކްޓަރު އެނިކުންނަނީ ސްކޭން ރިޕޯޓް ހިފައިން” ޔަޝްފާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. މިއަޑު އެތެރޭގައި ތިބި ހަތަރު މީހުންނަށް އިވުނެވެ. ނޫރާ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. މަސީބަކުން ޑޮކްޓާރ ގައުން އަކާ ފައިލް ތަކެއް އެތާ ހުއްޓެވެ. ނަމަވެސް އޭނާ މޫނު ފެނިއްޖެ ނަމަ އަހުމަދަށް އިނގޭނެކަން އެންމެނަށް ވެސް އެގެއެވެ. މަންސޫރު ޑްރޯވާރތައް މަޑު މަޑުން ހުޅިވަން ފެށިއެވެ. އޭގެން ފޭސް މާސްކެއް ނަގާ ނޫރާއަށް ދިއްކޮށްލިއެވެ.
“ބައްލަވާ ތީ ހަމަ އެކަނި ޑޮކްޓަރުންނަށް ހާއްސަ ތަނެއް. ތިތަން ފާސް ކުރަން ބޭނުންފުޅު ވާނަމަ ކޯޓު އަމުރެއް ހިފައިން އައިސް ފާސްކުރައްވާ..” އަހުމަދު ގޮސް ދޮރުގައި ހިފާލުމުން ޔަޝްފާ ބުނެލިއެވެ. އެވަގުތަކީ ނޫރާ ކޮޓަރިން ނިކުތް ވަގުތެވެ.
“ޑޮކްޓަރު ކަރަން ޕަޓެލް! މިގައިމު އަންހެނެއް” ނޫރާ ގައުން ލައިން ނިކުތް އިރު އޭގައި އިން ނަމެއް ނުބަލައެވެ.
“އާނ ތީ އަހަރުމެންގެ ކަރަން ޖޯހަރު… އޭނަ މަންމަ އަކީ ކަރަން ޖޯހަރުގެ ފޭނެއް… އޭނަ އަށް ބަޑުބޮޑު އިރު ކޮންމެ ކަހަލަ ކުއްޖެއް ލިބުނަސް ކިޔާނީ ކަރަން ކަމަށް ނިންމައިން ހުއްޓާ އަންހެން ކުއްޖެއް ލިބުނީ..” ޔަޝްފާ ދޮގު މައްޗަށް ދޮގު ހަދަމުން ދިޔައެވެ.
“ޑޮކްޓާރ ޔޫނީޑްޓު ސީދިސް” ނޫރާ އަވަހަށް އިނޑިއާ މީހެއްހެން ބުނެލިއެވެ. އަހުމަދުވެސް ޔަޝްފާ ދެއްކި ވާހަކަ ގަބޫލު ކޮށްލާފައި އިތުރަކަށް އެ ކޮޓަރި ބަލާކަށް ނޫޅުނެވެ.
*****
“މިންހާ ތަހުގީގު ނިމެންދެން ގޭ ބަންދަށް ދޫކޮށްލާފަ ވަނީ ކޯޓު އަމުރު ދަށުން.. އަޅުގަނޑުމެންނަށް ނޭގި އެއްވެސްތާކަށް ފުރައިން ނުދާތި.. ތަހުގީގު ކުރިއަށް ދާ ވަރަކަށް މިންހާއަށް ގުޅަމުން ދާނެ އެއްވެސް ބަޔާނެއް ނަގަން ޖެހިއްޖެޔާ އަޅިގަނޑުމެން ދާނަން މިންހާ ބަލާ.. މީގައި ސޮއެ ކޮށްލަދެއްވާ” ލަމްހާ ކޯޓު އަމުރު ދައްކާލުމަށްފަހު ހުރިހާ ޕޮލިސް ތަހުގީގު ގަޑުގައި ސޮއެ ކުރަން ބުންޏެވެ.
“ކޮބާ ބައްޕަ؟ އެބަހުރިތަ ބޭރުގަ؟” މިންހާ އަހާލިއެވެ.
“މިންހާގެ އެއްވެސް ބަލަދުވެރިއެއް މިވަގުތު މިތާކު ނެތް..” ލަމްހާ ބުނެލިއެވެ. ޔާސިން އަށް ކަމެއް ވެގެން އެންމެން ދިޔަ ކަމެއް ނުބުނެއެވެ.
ޕޮލިސް ސްޓޭޝަނުން ނިކުމެ މިންހާ މަންސޫރަށް ގުޅަން ފެށިއެވެ.
*****
ކުއްލިއަކަށް ކޮޓަތި ތެރެއިން ފޯނު ރިންގްވާ އަޑު އިވެން ފެށިއެވެ. ހުޝާމް، ޔާސިރު އަދި މަންސޫރު ދިޔައީ ސިއްސައިންނެވެ. އަހުމަދުވެސް އެ ދިމާލަށް ބަލާލިއެވެ.
“މޭބީ އެމެޖެންސީ….” ނޫރާ އަށް ތެޅިގަނެވުނެވެ. އޭރު އޭނާގެ ފޯނު އޭނާގެ އަތުގައި އޮތް ހަދާނެއްވެސް ނުވެއެވެ. ނޫރާ ހިގައިގަންނަން އުޅުމުން އަހުމަދު ނޫރާ އަތުގައި ހިފާ ހުއްޓުވިއެވެ.
“ވަޓް އިޒް ދިސް… ޔޫ ހޭވް ޔޯ ފޯނު” އަހުމަދު ބުނެލިއެވެ.
“އަޅުގަނޑުމެން އެމެޖެންސީއަށް ގެންގުޅޭނެ ހޮސްޕިޓަލުން ދީފަ އޮންނަ ފޯނެއް… އެ އީ… ޔާސިން މޫވް ކުރަން ޖެހިއްޖެ އީއާރް.. ކުޑަ އެހީއެއް ވެދެއްވާ..” ޔަޝްފާ ބެލީ އަހުމަދު އެތަނުން ނެރެވޭތޯއެވެ. މިހާރުވެސް އޭނާގެ މަގާމު އަތައްލައިގެން ޔާސިން އަށް އެހީވަމުން އެދަނީއެވެ. ނޫރާ އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަދެ ބާރަށް އާ ޕޭޝަންޓް ގެންނާށޭ ބުނެލިއެވެ. ތެޅި ތެޅި އޮތް ހިތާކާ އެކު މިހުރިހާ ކަމެއް ނޫރާ ކުރަމުން ދިޔަތަން މަންސޫރު ވަރަށް ގާތުން ބަލަމުން ދިޔައެވެ.
*****
“ބައްޔެއް އަހަރެން މީ ދަރިއެއް ނޫންވީމަ ފޯނުވެސް ނުނަގަނީތަ މިހާރު… ހުރޭ ގެޔަށް ދެވެންދެން… މިއޮއްހާ ދުވަހު ދަރިފުޅުވެފަ އުޅުނު އިރު ހީވަނީ އެހެން ފަދަ ކަމެއް ހެން….” ބަދިވްރު ދަމަމުން މަނާލްއަށް ގުޅޭތޯ މަސައްކަތް ކުރަން ފެށިއެވެ.
“އާން މަ ހަދާން ނެތުނީ ދޮން އަމައެއް ނުން… އެވެސް ވަރެއްގެ އެއްޗެއް… ނުނަގާނެ އޭނަ ބޭނުން ވާނީ އަހަރެން އަވަހަށް މިގެއިން ފޮނުވަން..” މި އެއްޗެހި ކިޔެނީ އަމިއްލަ މަންމައަށް ކަމެއް ނޭގި މިންހާ ކިޔަން ފެށިއެވެ.
*****
“ލޯޔަރެއް ހަމަ ޖެހެންދެން އަހަރެން ބަލާނަން އެއްޗެކޭ ކިޔައިގެން ޔާސިން މިތާ ބޭއްވޭތޯ… ބޭބެ އަވަހަށް ބަލާ ލޯޔަރު ހަމަ ޖެހޭތޯ..” ޔަޝްފާ ވާހަކަ ދެއްކީ ޔާސިރު އާއެވެ. އޭރު ކައިރީގައި މަންސޫރު ވެސް ހުއްޓެވެ.
“އެކަން އަޅުގަނޑު މިހާރު ބަލަމުން މިދަނީ ލޯޔަރު ހުރީ ބެންކޮކްގަ އޭނަ ގެނެވޭތޯ މިހާރު މި މަސައްކަތް ކުރަނީ..” މަންސޫރު ބުނެލިއެވެ. ކިތަންމެ ބޮޑު އަގެއް ދީގެން ވިއަސް ޔާސިން ސަލާމަތް ކުރުން އެއީ މަންސޫރު އެންމެ ބޭނުންވާ އެއްކަމެވެ.
“އާނ ކީކޭ ޕްރިޔާ…” އައި ފޯނަށް ޖަވާބު ދެމުން މަންސޫރު ބުނެލިއެވެ.
“ބޮސް މިންހަ މޭމް އަންނަނީ ގެޔަށް.. ބައިވަރު އެއްޗެހި ހަލާކު ކުރަނި… ނައި ބޭބީ ރޮނީ ބިރު ގަންނަ ވައްތަރު ހުންނަނީ..” ޕްރިޔާ ހާސްވެ ބިރުގަނެފައި ވާހަކަ ދެއްކިއެވެ. މިންހާ ދޫކޮށްލިކަން އެގުމުން މަންސޫރު އަވަހަށް ގެޔަށް ދާން ނިންމިއެވެ.
“ޔާސިރު.. އަހަރެން އަންނާނަން ގެޔަށް ޖެހިލާފަ…. ލޯޔަރު ހަމަ ޖެހުނު ހާ އަވަހަކަށް އަހަރެން ގުޅާނަން.. ދީ ނަންބަރު…. ދަރިފުޅާ ބައްޕަ މި އަންނަނީ…” ޔާސިރު ނަންބަރު ނަގައިން އަދި ނޫރާ ބޮލުގައި ފިރުމާލަމުން މަންސޫރު މިހެން ބުނެލިއެވެ.
*****
“މިންހާ… އޭއި… މޮޔަވީތަ؟” ގެޔަށް އައިސްވަތް މަންސޫރަށް މިންހާ ވަޅި ނަގައިން ހުރިތަން ފެނުނެވެ.
“އާނ މޮޔަވީ.. މޮޔަ ނުވިއްޔާ ދެރަތަ… އަހަރެން ކޮން ކުށެއް އޮވެގެން އަހަރެން ބާކީ ތިކޮށްލަނީ… ކަލޭމެން ބޮޑެތިމީހުން ހުރިހާ ނުބައެއް ހަދާފަ އަނިޔާ މިލިބެނީ އަހަރެންނަށް….” މިންހާ ރޮމުން ދިޔައެވެ.
“މިނޫ… ތި ވަޅި ބާއްވަބަލަ.. ބައްޕަ މިނއނު އެކަނި ނުކުރަމޭ…” މަންސޫރު މިވަރަކަށް ބޮރު ގަތް ދުވަހެއް ނާދެއެވެ. މިންހާ ހުރީ ވަޅި އޭނާގެ އަތުގައި ޖައްސައިގެންނެވެ.
“އަހަރެން މަރުވިއްޔާ އެންމެނަށްވެސް ރަގަޅު ވާނީ…”
“މިންހާ”
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



