Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

މިއީ ތަޤްދީރު ހޭ؟ (ސޯޅަވަނަ ބައި)

Ahmed Ammu Level 210 Stories100 Comments
January 12, 2016 6 Mins Read
25 Comments

ޝާމިންގެ ކަންފަތަށް އިވުނު އަޑާއި އެކު އަތުގައި ހުރި ކޯކްތަށި ބިންމަށްޗަށް ވެއްޓުނެވެ. އަދި ޝާމިންއަށް ބޭއިހްތިޔާރުގައި ވަށައިގެން ހޯދައިލެވުނީ ލަމްޔާ، ޝާމިންއަށް ފެންނަހިސާބުގައި ހުރިތޯއެވެ.

*** *** ***

ޝާމިން އިތުރު ވާހަކައެއް ނުދައްކާ ފޯނުކަނޑައިލުމަށްފަހު ތުރުތުރު ލާފައިވާހާލު ބާރު ހިނގުމުގައި ގޮސް ޝާމިންއުޅޭ ކޮޓަރިއަށްވަނެވެ. އަދި ފާހާނައަށްވަދެ ދޮރު ޖެހުމަށްފަހު ދެއަތާއި މޫނު ދޮވެލައި ލޯގަނޑުން ޝާމިންގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ. “އަހަރެންނަށް މިކުރެވުނީ ކީއް؟، ނަސީބޭނުން ލަމްޔާ ގުޅިކަން، އެހެން ނޫންނަމަ އަހަރެންނަށް އެތަށީގައި ހުރި އެއްޗެހި ބޮވުނީސް” އަދްނާންމެން މަލާމާތްކޮށް ދިމާކުރަން ފެށުމުން ޝާމިންގެ ނަފްސު ކޮންޓްރޯލް ނުކުރެވި އެތަށީގައި ހިފައި ތުންބުގައި ޖެއްސުނުކަމަށްޓަކައި ޝާމިންދެރަވިއެވެ. އަދި ލަމްޔާގެ ހިތުގައި ޝާމިންއާއި ދޭތެރޭ ލޯބި އަށަގެންފައިވާލެއް ބޮޑުކަން ޝާމިންއަށް އިހްސާސްވިއެވެ.

ޝާމިންވަކިއެއްޗެެއް ނުބުނެ ފޯނުކަނޑައިލުމުން ލަމްޔާއަށް ފޯނަށްބަލަހައްޓައިގެން ހުރެވުނީ މިވޭތުވެދިޔަ ދުވަސްތަކުގައި ޝާމިން އެގޮތަށް ކަންތައްކޮންފައިނުވާތީއެވެ. ނަމަވެސް ޕާޓީތެރޭގައި ހުރުމުން އެކަހަލަގޮތެއް ވެދާނެކަމަށް ވިސްނާ ހިތްހަމަ ޖައްސައިލުމަށްފަހު ލަމްޔާގެ މޭމަތީގައި ފޯނު ބާއްވައިލިތަނާހެން ޝާމިން ގުޅިއެވެ.

ޝާމިން ގުޅައިގެންހުރެ ލަމްޔާއާއި ވާހަކަދެއްކިގޮތުން އެރޭ ވަކިންބޮޑަށް ޝާމިން، ލަމްޔާދެކެ ލޯބިވެފައިވާން ސަނާއަށް އިހްސާސްކުރެވުނެވެ. އެކަން ފާހަގަވެގެން ލަމްޔާ ދެތިންފަހަރު ސުވާލުކުރުމުންވެސް އިތުރުކަމެއް ނުވާކަމަށްބުނުމުން ލަމްޔާވެސް އިތުރަކަށް އެވާހަކައެއް ނުދައްކައެވެ.

ލަމްޔާއާއި ވާހަކަ ދައްކައިލެވުމުން ޝާމިންއަށް ބުނެދޭން ނޭނގޭކަހަލަ ހިތްހަމަޖެހުމެއް ލިބިގެންދިއުމުން އެނދުގައި އޮށޯވެ ޝާމިން ލޯމަރައިލީ ނިދާލުމުގެ ބޭނުމުގައެވެ.

“ބަލަ ކީއްވެ ތިއައީ، ޝާމިން ހޯދަންވެގެން މުޅި އެތަނުގަ އަތްފުނާ އަޅާފަ އެންމެފަހުން މިއައީ ކޮޓަރީގަ އުޅޭތޯ ބަލަން” ޕާޓީތެރެއިން ހަސަނަށް ޝާމިން ހޯދާ ބެލުމުންވެސް ހަސަނަށް ޝާމިން ނުފެނުމުން ހަސަނުމެން އުޅޭ ކޮޓަރީގެ ދޮރުހުޅުވައިލުމާއި އެކު ހަސަނަށް ޝާމިން ފެނި އެހެންބުނި އިރު ހަސަނުހުރީ ވަރުބަލިވެގެން ގޮސް ދެވަރުން އެއްވަރުވެފައެވެ.

“އަންނާނެދޯ އެކަހަލަ ކަންތައްވަންޏާ” ޝާމިން އެހެންބުނެ އޮތްތަނުން ތެދުވަމުން ހަސަނުގެ މޫނަށް ބަލައިއެވެ. “ތިބުނީ ކީކޭ؟ ނުވިސްނުނު” ޝާމިން ބުނި އެއްޗެއް ހަސަނަށް ނުވިސްނޭކަމަށް ބުނުމުން ޕާޓީތެރޭގައިވީ ކަންތައް ޝާމިން، ހަސަނަށް ކިޔައިދިނެވެ.

“ހާދަ ކަޑައޭދޯ؟ އެހެންވީއިރު ދެންމަށެއްވެސް ނުދާން” ޕާޓީ ތެރޭގައިވީ ކަންތައް ޝާމިން، ހަސަނަށް ކިޔައިދިނުމުން ހަސަނުވެސް އިތުރަށް ޕާޓީއަށްދާން ބޭނުންނުވާތީ ފެންވަރައިގެން އެބަ އަންނަކަމަށް ބުނެ ގޮސް ފާހާނައަށް ވަނެވެ.

ކޮޓަރިތެރޭގައި ނިދިފައި އޮތް ސަނާއަށް ސިހިފައި ހޭލެވުނީ ސަނާގެ ހަށިގަނޑުގައި މީހާކު ބީހެމުންދާކަމުގެ އިހްސާސެއް ކުރެވުމުންނެވެ. ކޮޓަރިތެރޭގައިވާ އަނދިރިކަމުގެ ތެރެއިން އެމީހެއްގެ މޫނު ސަނާއަށް ވަކިވާވަރު ނުވިކަމުގައިވީނަމަވެސް އެއީ ފަލާހް ނޫންކަން ސަނާއަށް ޔަގީންވެ އައި ރުޅީގައި ގައި ހުރި ބާރެއްލައި އެމީހާގެ މޭގައި އަޅާ ދުރަށްކޮއްޕާލިއެވެ. “ކާކުތީ؟ ހަމަ މިހާރު މިކޮޓަރިން ނުކުމޭ” އެމީހާއާއި ދިމާއަށް ސަނާ އެހެންބުނެ ކޮޓަރިން ނުކުތުމަށް ދުއްވައިގަތެވެ. ނަމަވެސް ދޮރުގެ ތަޅުގައި ސަނާ ހިފަހިފައި ހުއްޓައި އެމީހަކު ދުވެފައިގޮސް ސަނާގެ ހަށިގަނޑުގައި ފަހަތުން ބައްދައިލިއެވެ. “މީ މަށޭ، ފައިސަލް، އާދެބަލަ ލޯބި ކޮއްލަން” ފައިސަލް އެހެންބުނެ ސަނާ،ފައިސަލްއާއި ދިމާއަށް އަނބުރައިލިވަގުތު ސަނާ ބަލާކަށްނުހުރެ ފައިސަލްގެ ކަންކަށިމަތީގައި ބާރު އެތިފަހަރެއް އަޅައިލިއެވެ. “ކަލޭ ލަދެއްނުގަނޭތަ، މަމީ ފަލާހްގެ އަންހެނުންނޭ، ކަލެއަށް ހީވަނީތަ މަމީ ކަލޭ ތިހީކުރާ ފާޑަށް އުޅޭ މީހެކޭ” ފައިސަލްއާއި ދިމާއަށް ސަނާ އެހެންބުނިއިރު ސަނާހުރީ ރުޅިއައިސްގެންގޮސް ތުރުތުރު އަޅައަޅައެވެ. އެވަގުތު ސަނާގެ ކޮޓަރީގެ ދޮރުހުޅުވައިލި އަޑަށް ދެމީހުންނަށް އެއްފަހަރާ ދޮރާއިދިމާއަށް ބަލައިލިއިރު ދޮރުމަތީގައި ހުރި ޒަރީނާ ފެނުމުން ސަނާ ދެލޯބޮޑުވިއެެވެ.

“ބަލާބަލަ ފަލާހް ގޭގަ ނޫޅޭވަގުތު ބަލާފަ ގަންނަ ގަނޑު، އަދި މިހިރަ ފިރިހެނާވެސް ފަލާހްގެ ރައްޓެއްސެއް ގޮތުގަ ހުރެފަ ބަލާބަލަ ކޮއްލި މޮޅު ކަންތައް، ހަމަ މިހާރު ނުކުމޭ” ސަނާގެ ކޮޓަރިތެރެއަށް ޒަރީނާވަދެ ސަނާއާއި ފައިސަލް އާއި ދިމާއަށް ޒަރީނާ އިނގިލި ދިއްކޮށް އެހެންބުނެެ ސަނާގެ ކަންކަށިމަތީގައި ޖެހިއިރު އިސްޖަހައިގެންހުރެ ފައިސަލް ގޮސް ކޮޓަރިން ނުކުތެވެ. ސަނާ ބާރަށް ރޮއެގަނެ އެއީ ސަނާކުރި ކަމެއްނޫނޭ ޒަރީނާ ގާތު ކިޔަމުން ދިޔައިރު ސަނާގެ ދެއްކި ވާހަކަތަކަށް ބީރު ކަންފަތެއްދީ ސަނާއާއި ދިމާއަށް އެއްޗެހި ކިޔަމުން ޒަރީނާ، ސަނާގެ ކޮޓަރިން ނުކުތެވެ. ޒަރީނާ ދިއުމުން ސަނާ އެނދުމައްޗަށް ވެއްޓިގަނެ ބާލީހުގައި މޫނު ފޮރުވައިލިއެވެ.

“ޒަރީނާ ހާދަ މޮޅޭ އެކްޓް ކުރަން، އެވޯޑެއްދޭވަރުވޭ، އަދި ފަލާހް ކިހިނެތްވާނެބާ ދޯ؟” ގޭގެ ބޭރު ދޮރުމަތީ ޒަރީނާގެ އިންތިޒާރުގައި ހުރި ފައިސަލް ކައިރިއަށް ޒަރީނާ އައިސް ހުއްޓުނުތަނާ ފައިސަލް، ޒަރީނާއަށް ތައުރީފް ކޮށް އެހެންބުންޏެވެ. “ފަލާހްވެސް ވަރަށް މޮޅުވާނެ، މަށާ ފަލާހްއާ މިކަންތަށް ރާވާފަ ކައިނުމުނު ތަނާ ފަލާހް ގެއިން ނުކުތީވެސް މޮޅުގޮތަކަށް މިކަން ކުރިއަށް ގެންދަން ބޭނުންވެގެން” އެވަގުތު ފަލާހް އައިސް ޒަރީނާމެން ކައިރީ މަޑުކޮށްލިއެވެ. އަދި ފަލާހް، ފައިސަލްއަށް އެއްހާސް ރުފިޔާ ދިއްކޮށްލުމުން އަދިވެސް އަންނާނެ ކަމަށްބުނެ ފައިސަލް އެތަނުން ދިޔައެވެ.

ސަނާ އެގޮތަށް އެނދުމަތީގައި އޮއްވައި ކޮޓަރީގެ ދޮރު ހުޅުވައިލިތަނާ ކޯތާފަތް މައްޗަށް ފައިބަމުން ދިޔަ ކަރުނަތަށް ފޮހެލުމަށްފަހު ދޮރާއިދިމާއަށް ބަލައިލިއެވެ. އެވަގުތު ސަނާއަށް ރުޅިއައިސްހުރި ފަލާހްފެނި ބިރުންގޮސް ފުންމައިގެން ތެދުވެވުނެވެ.

“ކަލޭ ތީހާދަ ހަޔާތްކުޑަ އަންހެނެކޭ، މަހިޔެއްނުކުރަން އަހަރެންގެ ރައްޓެއްސަކާ ދޭތެރޭ އެކަހަލަ ނަޒަރަކުން ދެކޭނެ ކަމަކަށް، ކަލެއާ ދޭތެރޭ ރަނގަޅަށް ކަންތަށް ނުކުރެވުނުކަން ނަސީބޭނުން، ތީ އަހަރެންގެ އަނތްބެކޭ ބުނަންވެސް ލަދުގަނޭ” ކޮޓަރިތެރެއަށް ވަތްގޮތަށް އެނދުމަތީއިން ސަނާގެ އަނގަޔަށް ފިތާލުމަށްފަހު އެހެން ބުނެ ސަނާގެ އަނގަމަތީ ގޮއްމުއްކަވާފައި ފަލާހް ޖެހިއެވެ. ސަނާއަށް ވީތަދުން އަނގަމަތީ އަތްއަޅައިގެން އިނދެ އަޑުގެ ނެތްތަނަށް ރޮއެގަނެ ފާހާނައާއި ދިމާއަށް ސަނާ ދުއްވައިގަތްއިރު އެމަންޒަރުބަލަން ހެވިދިލިފައި ސަނާގެ ކޮޓަރީގައި ޒަރީނާ ހުއްޓެވެ.

*** *** ***
އާދައިގެ މަތިން އިރުއެރުމާއި އެކު ބަދިގެ ތެރޭގައި މަރީނާ އުޅުނީ ހެނދުނުގެ ސަޔަށް ކޮންމެސް އެއްޗެއް ތައްޔާރުކުރުމުގައެވެ. ” މަރީނާ ކޮބާ މިހާރު ކަމެއްވެސް ނެތީތަ؟ ކަމެއް ބާއްވަމާ މިހާރު ކިހާ ދުވަހެއް ކަމެއްނެތިފަ އަހަރެމެން މިހެންތިބޭތާ” މަރީނާމެންގެ ގޯތިތެރެއަށް ވަދެގެންއައި ހާމިދުއަށް ބަދިގެތެރޭގައި އުޅުނު މަރީނާ ފެނި ވާހަކަ ދައްކަން ފެށިއެވެ. ހާމިދުއަކީ މޫސައާއި އެކު މަރީނާގެ އެދުމުގެ މަތިން އެގެއަށްއައިސް މަރީނާގެ ހަށިގަނޑުގެ އުފާތަށް ހޯދާފައިވާ މީހެއްކަމުން މަރީނާއާއި ވާހަކަ ދައްކަމުން ދިޔައީ އެއްވެސް ޖެހިލުމެއްނެތިއެވެ. “މިހާރު ނުކުރަން އެކަހަލަ ކަމެއް، ޝާމިން މަސައްކަތް ކުރަންފެށިފަހުން މަށަށް އުޅެވޭވަރަށް ލާރިލިބޭ” މަރީނާވެސް އެއްވެސް ޖެހިލުމެއްނެތި ހާމިދުއާއި ވާހަކަ ދައްކަމުން ދިޔައެވެ.
“އެހެންތަ؟ ހާދަ ދެރައޭ!! މަރީނާގެ ހަށިގަނޑުން ފޮނި މީރުކަން ނުލިބެންޏާ މިފަހަރު މިގެއިންދާނީ މަރީނާ ހަދާ ކާއެއްޗެހީގެ ރަހަ ބަލާލާފަ” ހާމިދު ދެރަނުވާންވެގެން އެހެންބުނެ މަރީނާއާއި ދިމާއަށް އެއްލޯމަރައިލިއެވެ. މަރީނާވެސް ލުއި ހިނިތުންވުމެއް ހާމިދުއަށް ރައްދުކޮށް ތިކަންވެދާނޭ ބުނެ ހާމިދުކައިރީ މަޑުކުރުމަށްބުނެ އަތްމަތި އަވަސްކޮށްލިއެވެ.

“ޝާމިން ކޮބާ؟ ބަރާބަރު ދޯ؟ ރޭގަ ހާދަ ބާރަކަށް ކޮންތާކަށް އެދިޔައީ؟” ޝާމިންއަށް ސާފުކުރުމަށް ހަމަޖެހިފައިވާ ކޮޓަރިތަކުގެ ތެރެއިން ކޮޓަރިއެއްގައި ހަސަނާއި އެކު މަސައްކަތައިގެން އުޅެނިކޮށް އަދްނާންއަށް ޝާމިން ފެނުމާއިއެކު ރޭގައި ޕާޓީތެރޭގައިވީ ކަންތަކާއި ދޭތެރޭ ޝާމިންއާއި ސުވާލުކުރިއެވެ. “ކަލެއާ މަށާ ދައްކަންޖެހޭނެ ވާހަކައެއް ނޯންނާނެ، ކަލޭތީ ކާކު؟ ބަލަ ހޭބަލިވެގެން ނޫޅެބަލަ، ނަސީބޭނުން ކަލޭމެންގެ މަޅީގަޖެހި މަށަށް އެ ނުބޮވުނުކަން، ބަލަ ހެއްދެވިފަރާތަށް ބިރުގަނެބަލަ، ކަލޭމެންނަށް އެއީ މާމޮޅުކަމަކަށް ވިޔަސް މަށަކަށް އެއީ މާކަމުދާކަމެއް ނޫނޭ، އަހަރެންގެ ނަސީބު އެއީ ރޭގަ އެކަން މަށަށް ނުކުރެވުނުކަން، މަށަށް ވީގޮތް އޮޅުންނުފިލުވަ ކަލޭ މިތަނުން ދޭ” ޝާމިންއައި ރުޅީގައި އަދުނާންއާއި ދިމާއަށް އެއްޗެހި ކިއުމަށްފަހު އެތަނުން ދިއުމަށް އަދްނާން ކައިރިން ޝާމިން އަމުރުކުރިއެވެ. އަދްނާންއަށް ޝާމިން އެހާ ރުޅިއައިސް ހުއްޓަ މީންދުވަހަކު ފެނިފައިނުވާތީ ބުނާނެ އެއްޗެއް ނޭނގި ޝާމިންގެ މޫނަށް ބަލަން އިރުކޮޅަކު ހުރެފައި އިތުރުބަހެއް ނުބުނެ އަދްނާން އެތަނުން ދިޔައީ އިސްޖަހައިގެން ހުރެއެވެ.

“ގަދަ ކަލޭ، މިހާރުއެބަ ރަނގަޅުވޭ، މަޑުން ހުންނާތީއޭ އެމީހުން މާވެފަ އެއުޅެނީ” އަދްނާން ދިއުމާއިއެކު ހަސަނު، ޝާމިންގެ ކޮނޑުގައި ޖަހާލައި އެހެންބުނުމުން ޝާމިން ހިނިއަންނަގޮތްވިއެވެ. “މަށަކަށްވެސް ނޭނގެ ވީގޮތެއް، އޭނަ ފެނުނީމަ ރުޅިއައީ، ދެން އެވާހަކަ ބާއްވާފަ ހިނގާ މިކަންތަށް ނިންމަން” ޝާމިން އެހެންބުނުމުން ހަސަނުވެސް ކުރަންހުރި މަސައްކަތާއިގެން ކުރިއަށްދިޔައެވެ.

ރޭގައި ފަލާހް، ސަނާގެ އަނގަމަތީގައި ޖެހުމުން ތުންފަތުގެ ފަޅައިގެން ގޮސްފައިވާ ތަނުގައި ލޯގަނޑު ކުރިމަތީ އިނދެ ސަނާ ބޭސް ހާކަމުން ދިޔައެވެ. އޭރުވެސް ސަނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކަށް ހުއްޓުމެއް ނާދެއެވެ. އިރުކޮޅަކު އެހެންއިނުމަށްފަހު އަތުގައި އޮތްބޭސްފުޅި އަތުކޮޅަށް ހޫރާލުމަށްފަހު ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ.

“އޭ ގޮތްގޮތަށް އުޅެގެން އަހަރެން އަދި އެއްޗެއް ބުންޏޭކިޔާފަ އަދި ތިވަރުވާކަށް ނުޖެހޭ، ކޮޓަރީގަ ނޯވެ ނުކުމޭ ބޭރަށް” ސަނާގެ ކޮޓަރީގެ ދޮރުހުޅުވައިލުމަށްފަހު ފަލާހް އައިސް ސަނާއޮތް އެނދުގެ މަގަތުގައި އިށީނުމަށްފަހު ސަނާއާއި ވާހަކަ ދައްކަންފެށިއެވެ.

“އަހަރެން އެއްވެސް ކަމެއް ނުކުރަމޭ، އޭނަ މިތަނަށްވަދެ އަހަރެންނާ ބެހެންއުޅެނިކޮށް ހޭލެވުނީ، ރޭގަ ހަނދާންނެތި ދޮރުވެސް ތަޅުނުލާ އޮވެވުނީ” ކަންތަށްވީގޮތް ސަނާ، ފަލާހްއަށް އޮޅުންފިލުވަދޭން މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ސަނާދައްކާ އެއްވެސް ވާހަކައެއް އަޑުއަހަން ބޭނުންނޫންކަމުގައިބުނެ ފަލާހް ކޮޓަރިން ނުކުތެވެ.

“ކޮންމެސް ގޮތަކުން އަހަރެން މިތަނުން ސަލާމަތްވާނަން، އެކަމަކު ކިހިނެތް؟ އަތުގަ ފޯނެއްވެސް ނޯވޭ އެކަމަކު ކޮންމެސް ގޮތަކުން މިތަނުން….. އަފީފް” ސަނާގެ ކޮޓަރިން ފަލާހް ނިކުތުމުން އެނދުމަތީގައި އޮއްވެ ސަނާ ވިސްނަމުންދިޔަ ކަންތަކުގެތެރެއިން އަފީފް މަތިން ހަނދާންވިއެވެ. އަދި ކޮންމެސް ގޮތަކުން އަފީފްއަށް މިކަންތަށް އެންގުމަށް ސަނާ ނިންމުމަށްފަހު ފާހާނައަށްވަދެ މޫނުދޮވެލައި ކޮޓަރިން ނުކުތެވެ.

*** *** ***

ހަވީރުގެ ވަގުތެވެ. ޝާމިންއާއި ހަސަނު ދުވަހުގެ މަސައްކަތް ނިންމައިލައި ވަރުބަލިބެފައި ހުރިވަރުން ޖޯލީގައި މަޑުކޮށްލައިގެންތިބީ ދުނިޔެމައްޗަށް ޖެހެމުންދާ ހިތްގައިމު ވައިރޯޅިތަކުން ފިނިކަން ހޯދުމުގެ ބޭނުމުގައެވެ.

“ލަމްޔާ ނުގުޅާތަ؟” ލަމްޔާ މަތިން ހަނދާންވެގެން ހަސަނު، ޝާމިންއާއި ސުވާލުކޮށްލިއެވެ. “ގުޅި، އެކަމަކު އަހަރެން ބިޒީއޭ ބުނީމާ ބޭއްވީ، ފެންވަރައިގެން ގުޅާލާނަން” ހަސަނުކުރި ސުވާލަށް ޖަވާބުދެމުން ފެންވަރައިލުމަށްޓަކައި ޝާމިން ޖޯލިންތެދުވެ ކޮޓަރިއާ ދިމާއަށް ހިނގައިގަތްއިރު ހަސަނުވެސް ޝާމިންގެ ފަހަތުން ގޮސް ކޮޓަރިއަށްވަނެވެ.
“މި ނިކުންނަނީ އިނގޭ” ޝާމިން ފެންވަރަން ވަނުމުން ހަސަނު، ޝާމިންގެ ފޯނުން ގޭމްކުޅެން އޮއްވައި ލަމްޔާ، ޝާމިންގެ ފޯނަށް ގުޅިއެވެ.

ހަސަނު:- “ހަލޯ ކިހިނެތްތަ ދޫނީ؟”

ލަމްޔާ:- “ބޭބޭ ކީކޭ ތިކިޔަނީ؟ ކޮންދޫންޏެކޭ ތިކިޔަނީ؟”

ހަސަނު:- “ލަމްޔާއަށް އޮޅުވާލެވޭކަށްވެސް ނެތޭދޯ މިހާރު، ލަމްޔާ ވަރަށްބޮޑަށް ޝާމިން ދަސްކޮށްފަ ހުރިކަން އެނގޭ، އެބައުޅޭ ފެންވަރަން”

ލަމްޔާ:- ބޭބެގެ އަޑު ދެން ނޯޅޭނޭނުން، އެހެންނޫނަސް ޝާމިންގެ އަޑު ޖެހޭއިރަށް ލަމްއަށް އެނގޭނެ، ދެން ބޭބެއާ ވާހަކަ ދައްކަން މަޑުކުރާނަން ޝާމިން ނިކުންނަދެން”

ހަސަނާއި ލަމްޔާ ފޯނުން ވާހަކަ ދައްކަން އިރުކޮޅަކު އެހެންތިއްބާ ޝާމިން ނުކުތުމުން ޝާމިންއަތަށް ފޯނުދިނުމަށްފަހު ހަސަނު ފާހާނައަށް ވަނެވެ.

ފޯނުކޮށް ނިމުމުން ޝާމިން ގަޑިބަލައިލިއިރު ގަޑިން ރޭގަނޑު ހައެއްޖަހައި ބޮޑުވެއްޖެއެވެ. ހަސަނު ފާހާނައިން ނުކުމެ ދިއުޓީއަށް ދާން ތައްޔާރުވެ ހުރިކަންވެސް ރޭކައިލީ އެވަގުތުއެވެ. ” ކީއްވެ ނުބުނީ؟ ގަޑިޖެހެނީ ނުން” ޑިއުޓީއަށްދާން ތައްޔާރުވަމުން ޝާމިން ކުރަމުންދާ ޝާކުވާއަކަށް ބެލުމެއްނެތި އެއިންގޮތަށް ހެވިދިލިފައި ހަސަނު އިންތަންފެނުމުން ޝާމިން ރުޅިއަންނަގޮތްވިއެވެ. “މަށޭނުން މި ގޯސްވީ! ފޯނުގަ އޮންނައިރު ވަގުތުދާނުދާގޮތްވެސް ޝާމިންއަށް ނޭނގޭދޯ؟، ހިނގާދާން އަވަހަށް، މިހާރު އެއޮއް ތިންމިނެޓަށްވީ” ހަސަނު ހިނިގަނޑެއް ޖަހައިލައި ޝާމިންގެ ކޮނޑުގައިއަތް ބާއްވައިލުމަށްފަހު ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ.

ބްރީފިން ނިމުމާއިއެކު ހަސަނާއި ޝާމިންއަށް ބަލަން ހަމަޖެހިފައިވާ ކޮޓަރިތަކާއި ދިމާއަށް މިސްރާބުޖެހިއިރު ދެންތިބި ހައުސްކީޕިންގެ މުއައްޒަފުންވެސް އެމީހަކު ބަލަންހަމަޖެހިފައިވާ ކޮޓަރިތަކާއި ދިމާއަށް ދިއުމަށް ހިނގައިގަތެވެ.

ރޭގަނޑުގެ ކެއްކުމަށްޓަކައި ބަދިގެތެރޭގައި ސަނާ ހަރަކާތްތެރިވަމުން ދިޔައިރުވެސް ސަނާއަށް ވިސްނެމުންދަނީ އަފީފްއަށް މިވާހަކަ އެންގޭނެ ގޮތަކާއި ދޭތެރޭގައެވެ.
ސަނާ އެގޮތަށް ވިސްނަން ހުރެފައި އެންމެފަހުން ނިންމީ ފަލާހްގެ ފޯނުން އަފީފްއަށް ގުޅައި އެވާހަކަތަށް އަފީފްއަށް ކިޔައިދިނުމަށެވެ.

ހެނދުނު އޮފީހަށް ދިޔަގޮތަށް ފަލާހް ގެއައްއައިސްވަނީ އެވަގުތުއެވެ. ފަލާހް ގެއަށް ވަތްގޮތަށް ސަނާއާއި ދިމާއަށް ބަލައިލުމަށްފަހު ގޮސް ފަލާހްގެ ކޮޓަރިއަށް ވަތްވަގުތު ސަނާވެސް ފާލާހްގެ ފަހަތުން އެކޮޓަރިއަށް ވަނެވެ.

“ފަލާހް މަންމައަށް ގުޅާލަން ފޯނު ދީފާނަންތަ؟ މިހާރު ދެދުވަސްވީ އަހަރެންގެ މަންމައާއި ވާހަކަދައްކައި ނުލެވޭތާ” ފަލާހްގެ ކައިރީ ދެރަވެފައިހުރެ ސަނާ އެހެންބުނުމުން އިތުރު އެއްޗެއް ނުބުނެ ފޯނު ޖީބުންނަގައި ފަލާހް ފޯނުގައި ޖަހައިފައިވާ ސިއްރު ކޯޑު ޖެހުމަށްފަހު ސަނާއަތަށް ފޯނުދިނެވެ. ސަނާގެ ހަމައެކަނި ބޭނުމަކީވެސް އެއީއެވެ. ފަލާހްގެ ފޯނުގައި ޖަހާފައިވާ ސިއްރު ނަންބަރު ހޯދުމެވެ. ސަނާ ބޭނުންވިގޮތަށް ކަންތަށްވުމުން އުފަލުންހުރެ ދެލޯމަރައިލުމަށްފަހު ހެއްދެވިފަރާތަށް ހިތާހިތުން ޝުކުރުއަދާކުރިއެވެ.

އެހެން ފަހަރުތަކާއި ހިލާފަށް މިފަހަރު ފަލާހް އިތުރު އެއްޗެއް ނުބުނެ ސަނާއަތަށް ފޯނު ދިނުމުން ހައިރާންވެފައި ހުރެ ސަނާއަށް ފަލާހްގެ މޫނަށް ބަލަން ހުރެވުނެވެ. ” ކޯޗެއްތި ބަލަނީ؟ އަވަސްކުރޭ މަ ފެންވަރަން ދާންވެއްޖެ” ފަލާހްގެ މޫނަށް ސަނާ ބަލަންހުރިގޮތުން ފަލާހް ރުޅިއައިސް އެހެންބުނެ އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް ސަނާއަތަށް ފޯނު ދިނުމަށްފަހު ސަނާ، މަރީނާއާއި ވާހަކަދައްކައި ނިމެންދެން ފަލާހް މަޑުކުރިއެވެ.

މަރީނާއާއި ވާހަކަ ދައްކައި ނިމުމުން ފަލާހް އަތަށްފޯނު ދިނުމަށްފަހު ކޮޓަރިން ނުކުމެ ބޭރުގައި ސަނާ މަޑުކޮށްލީ ފަލާހް ފާހާނައަށް ވަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ސަނާ އިރުކޮޅަކު އެހެން ހުއްޓައި ފާހާނާގެ ދޮރު ޖެހުނުއަޑު އިވުމުން މަޑުމަޑުން ސަނާ، ފަލާހްގެ ކޮޓަރީގެ ދޮރުހުޅުވައިލުމަށްފަހު އެތެރެއަށްވަދެ ފަލާހްގެ ފޯނު ނަގައި އޭގައި ޖަހާފައި އިން ސިއްރު ނަންބަރު ޖެހުމަށްފަހު ފޯނު ހުޅުވައިލިއެވެ. އަދި ވަގުތުން އަފީފްގެ ނަންބަރަށް ގުޅައިލިއެވެ. ނަމަވެސް މާޔޫސްވެފައިވާ ހާލު މަޑުމަޑުން ފޯނުބޭއްވުމަށްފަހު ސަނާ ކޮޓަރިން ނުކުތީ ދެތިންފަހަރު ގުޅުމުންވެސް އަފީފްގެ ފޯނު ނިއްވާލާފައި އޮތްކަމަށް ބުނުމުންނެވެ.

މޮޅިވެރިކަންމަތީ ހުރެ ފަލާހްގެ ކޮޓަރިން ނިކުމެ ސަނާ އަނެއްކައިވެސް ބަދިގެ ފަރާތަށްގޮސް ނުނިމިހުރި ކަންތަކައިގެން މަސްއޫލުވެއުޅުނެވެ.

“ކޮންމެސް ގޮތަކުން އަފީފްއައް މިކަންތައް އަންގާނަން، ރަށަށް ގުޅައިގެންވިޔަސް އަފީފްއަށް މިކަން އަނގާނަން، ދެރައީ މާލެ ޕޮލިސްޓޭޝަންގެ ނަންބަރު ނޭނގޭތީ” އަފީފްގެ ނަންބަރު ނިއްވާލާފަ އޮތްކަމުގައި ވީނަމަވެސް ސަނާ އުންމީދު ކަނޑައެއްނުލައެވެ.

ބަދިގޭގައި ކުރަންހުރި ކަންތައް ނިންމާލައި ކާންހެދުމަށްފަހު ސަނާ ކޮޓަރިއަށްވަދެ ފެންވަރާލުމުގެ ބޭނުމުގައި ފާހާނައަށް ވަނެވެ. އަދި ފެންވަރައިގެން ނިކުމެ ޓީޝާޓަކާއި ހަރުވާޅެއްލައި ތުންފަތުގެ ފަޅައިގެންގޮސްފައިވާ ތަނުގައި ބޭސް އުނގުޅުމަށްފަހު ސަނާ އެނދުގައި އޮށޯވެލިއެވެ.

ގަޑިން ރޭގަނޑު އެގާރަ ޖަހައި ބޮޑުވެއްޖެއެވެ. ފަލާހް، ފައިސަލްއަށް ގުޅާ އެގެއަށް އައުމަށްބުނެފައި އޮތުމުން ފައިސަލް އައިސް ދޮރުހުވައިލުމާއިއެކު ފައިސަލްކައިރީ އިށީއިނުމަށް ފަލާހް ބުންޏެވެ.

“ކޮބާ؟” ފައިސަލް ބުނިއެއްޗެއް ފަލާހްއަށް އެނގި ސަނާވީ ނިދާފަ ކަމުގައި ބުނުމުން ފައިސަލް، ސަނާގެ ކޮޓަރިއާއި ދިމާއަށް ބަލައިލިއެވެ.

“ހިނގާ ދާން ދެންނީނދެވޭނެ މިހެންބަލާކަށް” ކެތްމަދުވެފައި އިން ފައިސަލް، ފަލާހް ކައިރިން އާދޭހުގެ ރާގެއްގައި އެހެންބުނުމުން ފަލާހް ގޮސް ސަނާގެ ކޮޓަރީގެ ތަޅުދަނޑި ހިފައިގެން އައިސް އެކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ނިދާފައި އޮތް ސަނާ ލައިގެން ހުރި ޓީޝާޓް ހިއްލިފައި އޮތުމުން ސަނާގެ ހަށިގަނޑުގެ ބައެއްއޮތީ ހާމައަށެވެ. އެވަގުތު ފައިސަލްގެ ހިތުވިންދު އަވަސްވެގެން ދިޔައެވެ. އަދި ފަލާހްއާއި އެކު ސަނާގެ އެނދާއި ދިމާއަށް ދެމީހުން އެކީ ހިނގައިގަތެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ahmed Ammu

Level 210 Stories100 Comments

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 36

Next

ހީލީމާ ހިތުގެ ވެރިޔާ

Next
January 12, 2016

ހީލީމާ ހިތުގެ ވެރިޔާ

Previews
January 12, 2016

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 36

25 Comments!

  1. Niz says:
    January 12, 2016 at 12:37 pm

    Yeyyy ma first dhw…v reethi mi part…kyve maa lahun up kurany…

    1. Ahmed Ammu says:
      January 12, 2016 at 1:30 pm

      Thank You Niz. Yeah You First ?. Off ah dhiyaee sorry lasvi kamahtakaa.

  2. Anth says:
    January 12, 2016 at 12:44 pm

    Vv Salhi mi bai ves.
    Next episode ves avahah upload kohlahchey

    1. Ahmed Ammu says:
      January 12, 2016 at 1:31 pm

      Thank You Anth. Iraadha kurehviyya v avahah up kohdheynan

  3. saf says:
    January 12, 2016 at 12:44 pm

    Kihineh vaane baaey hithah araa haadha goahey dw falaah halaalu anbi myha vihya dw pis pis vvvvv nice next part avas thankolheh dhigu koh

    1. Ahmed Ammu says:
      January 12, 2016 at 1:32 pm

      Thank You Saf. Yeah dhw. Falaah v kada. Dhen oiyy part up kohleema kiyaalamaa ?

  4. shine says:
    January 12, 2016 at 1:54 pm

    Masha Allah… V V V V V V nice…
    Alhe falaah eiy insaanehtha…. Haadha rahumeiy nethey dhw.. Whn nxt part??!!? V avahah up kohdhehchey…, V v kiyaa hithun mi iny.,

    1. Ahmed Ammu says:
      January 12, 2016 at 2:46 pm

      Thank You Shine. Iraadha kurehviyya v avahah up kohdheynan

  5. aathi says:
    January 12, 2016 at 1:56 pm

    Nice story ;)..eagerly waiting for nxt part

    1. Ahmed Ammu says:
      January 12, 2016 at 2:46 pm

      Thank You Aathi ?

  6. alex Sander says:
    January 12, 2016 at 2:14 pm

    V nice whn next part?

    1. Ahmed Ammu says:
      January 12, 2016 at 2:47 pm

      Thank You Alex Sander. Iraadhakurehviyyaa v avahah up kohdheynan

  7. moony says:
    January 12, 2016 at 3:10 pm

    Alhey….sanaa ejanavaarunge..ahdhashun salaamai kohbala..haadha dherayey…

    1. Ahmed Ammu says:
      January 12, 2016 at 7:09 pm

      Aan dhw. Adhi vaane ?

  8. misty says:
    January 12, 2016 at 5:14 pm

    Awesome.. Mi bai ves varah reethi.. Next part varah avahah up koh dhechey.. Plx plx plx.. Waiting 4 da next prt

    1. Ahmed Ammu says:
      January 12, 2016 at 7:11 pm

      Thank You Misty. Iraadha kurehviyya v avahah up kohdheynan ?

  9. xara says:
    January 12, 2016 at 7:32 pm

    Mi partvx v reethi.avahah next part up kohlaa????☺☺☺☺

    1. Ahmed Ammu says:
      January 12, 2016 at 7:59 pm

      Thank You Xara. Iraadha kurehviyyaa v avahah up kohdhey nan ?

  10. mash says:
    January 13, 2016 at 12:07 pm

    V hairaanvey mikahala vaahaka eh liaathy..emeehun ammu dheke rulhiannaanen noontha?? Ammu ah gothehves hadhaafaanen e xareena men

    1. Ahmed Ammu says:
      January 13, 2016 at 2:52 pm

      Emeehunnakee mihaaru baaru oiyy baeh noon. Plus Emeehunnakah neyngeyne mamee kaaku kameh ? so don’t worry Mash ?

  11. misty says:
    January 15, 2016 at 1:06 pm

    Ammu avahah up koh dheeba. Plx plx plx.. Mihaaru mivaahaka kiyaahithun hureveny eh noon..

    1. Ahmed Ammu says:
      January 15, 2016 at 7:26 pm

      V avahah up kohdheynan ingey Misty ?. V bodah maafah ehen lasvaathy. And I am glad to know that you like this story

  12. mash says:
    January 15, 2016 at 7:22 pm

    Ehentha ammu thee erashu meehehtha?hama rangalhu mikahala vaahaka lian..evaruge nulafa baehge vaahaka aaammmu kuriyyaa rangalhuvaany

    1. Ahmed Ammu says:
      January 15, 2016 at 7:30 pm

      Yeah same island. Ehnve mi story liyan fesheeves. ?

  13. alex Sander says:
    January 16, 2016 at 2:01 pm

    Ammu haadha lahey next part

Comments are closed.

Next Episodeމިއީ ތަޤްދީރު ހޭ؟ (ސަތާރަވަނަ ބައި)←


All Right Reserved!