Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވާ މަންމާ މަގޭ.. 9

kamana Level 310 Stories500 Comments100 Comments
January 8, 2016 5 Mins Read
26 Comments

“އަސްލުވެސް ވައްތަރެއް ނޫންތަ.. އޯކޭ.. އަހަރެން ލަދުވެސް ގަނޭ މިހެން ބުނަން އެކަމު މީ ޒައިކުގެ ކޮއްކޮ.. އެން ސޮރީ އަކޫ ތި ދެމީހުންނަށް ވަރަށް ޖެއްސުން ކުރިވާހަކަ އަޑު އެހިން.. އެކަމަށް ސޮރީ..” އަހަރެންނާ ނިޝް ހުރީ ވާނުވާ ނޭނގިފައެވެ.

“އެކަމު އެއްވެސް ވައްތަރެއް ނޫން..” އަހަރެންނަށް އެހެން ބުނެވުނީ ގަބޫލު ކުރަން ދަތި ވީމައެވެ. “އަކޫގެ ކަމެއްދޯ މީ…”ނިޝްވެސް އަހަރެންނާ އެއްބައިވަމުން ބުނެލިއެވެ. އަކުމަލުގެ ހުންނަ ސަކަ މިޒާޖެއްގެ ގޮތުން އަހަރެންނާ ނިޝްއަށްވެސް ހީވީ އެއީ އެ ދެމީހުންކުރި ސަމާސާއެއްކަމަށެވެ. އެހެން ނަމަވެސް ޒައިކު ސާރ އެވަރަށް ކިޔުމުން އެންމެ ފަހުން ޖެހުނީ ގަބޫލު ކުރަންށެވެ. “ބަލާބަލަ.. މިއޮތީ ފެމިލީ ޕިކްއެއް” އަކުމަލު ޖީބުންނެގި ވޮލެޓްގައި އޮތް ކުޑަ ފޮޓޯގަނޑު ދައްކަމުން ބުންޔެވެ. ވަރަށްވެސް ފުރިހަމަ އާއިލާއެވެ. ޒައިކު ސާރ އާއި އަކުމަލު ކުޑައިރުގެ ފޮޓޯގަނޑުން ދެމީހުންވެސް ވަރަށް ވައްތަރެވެ. މިހާރު ދެމީހުންް އެހާ ވައްތަރުކަމެއްނެތީ ދެމީހުންގެ ހަށިގަނޑުގެ ތަފާތުކަމުން ނޫނީ ދެމީހުންގެ ސްޓައިލުން ކަމައްވެސް ވެދާނެއެވެ،

އެތެކެއް އިރެއްވަންދެން ވާހަކަ ދައްކަން އިނުމަށްފަހު އަހަރެން ދާންޖެހޭ ކަމަށް ބުނުމުން ނިޝް އާ އަހަރެން ޒައިކު ސާރ އާއި އަކުމަލް އަށް ރޭގަނޑުގެ ވަދާއި ސަލާމް ކުރުމަށްފަހު މިސްރާބު ޖެހީ ގެއަށް ދިޔުމަށެވެ. “ޖިއާ” އަހަރެންނަށާއި ނިޝް އަށް ފަހަތް ބަލާލެވުނީ ޒައިކް ސާރ ގޮވާލުމުންނެވެ. “މީ… ނިޝް ވާހަކަ ދައްކާހެން އަހަރެންނާވެސް ތައްކޮޅެއް ކޮމްފޯޓަބަލް ކޮއްވާހަކަ ދައްކައްޗޭ.. މިބުނީ އަބަދު ޒައިކު ސާރ ތިކިޔަނީ.. ކޮލެޖްގައި އެކަނި އެހެން ކީއްޔާ ރަނގަޅީ.. ދެންކިޔާނީ ޒައިކު އޯކޭތަ” އަހަރެންނާ އެއްހަމައަކަށް އަރަމުން ޒައިކު އެހެންބުނީ ހިނިތުންވުމާއެކީގައެވެ. އަހަރެން ވެސް ހީލީ ދެން އެގޮތަށް ކަންތަށް ކުރުމަށެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އަހަރެންނަށް އަކުމަލް އަށް ބަލާލެވުނީ އޭނަ ދެކޭގޮތް ބަލާލުމަށެވެ. އެ މޫނުމަތިން އެއްވެސް ކަހަލަ އަސަރެއް ފާޅުވާން ނެތެވެ. ނޫނީ އަހަރެންނަށް ދެނެގަންނަން ނޭނގެނީއެވެ.

މަޑުމަޑުން ގޭ ދޮރު ހުޅުވާލީ މަންމަމެން މީހަކަށް ފެނިދާނެތީއެވެ. މިރޭ މާވެސް ލަސްވެއްޖެއެވެ. މުޅިގެއަށްވަނީ އަނދިރިކަން ފެތުރިފައެވެ. ހަނދުވަރުގެ އަލި ފިޔަވާ ފެންޑާއަށް އިތުރު އައްޔެއް އެޅިފައެއް ނެތެވެ. ކޮޓަރިއަށް ވަންނަށް ދޮރުގަ ހިފާލުމާއެކީ މުޅިގެ ދިއްލިގެން ދިޔައެވެ. ފަހަތް ބަލާލީ ބިރުން ހުރެއެވެ. މަންމާ… މަޑުމަޑުން އެހެން ކިޔާލެވެނީ އަހަރެންނާ ދިމާލަށް ބަލަން ހުރި މަންމަފެނިއެވެ. “އަދި ނުވޭ ގެއަށް އަންނާކަށް.. މިހާރި އެއޮތް އެގާރަ ޖަހަނީ.. ޖިއާ ތިހާ ބޭރުގަ އުޅެން ބޭނުންވަންޔާ އެއްޗެހިތައް ހިފައިގެން ދިޔާމަ ވީނު.. ޖިއާ ހުއްޓުވާނެ މީހަކު މިގޭގަ ނޫޅޭނެ..” މަންމަ އަހަރެންނާ ދިމާލަށް އެހެން ބުނުމުން އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. މަންމަ އަހަރެން މިގޭން ބޭރުކޮއްލަން އުޅެނީ ހެއްޔެވެ. “މަންމާ.. ރައްޓެއްސަކާ ދިމާވުމުން މަޑުކޮއްލެވުނީ..” އަހަރެން ވަރަށް ސާފުކޮއް މަންމައަށް ލަސްވި ސަބަބު ކިޔާދިނީމެވެ. “މަށައް އެނގޭ ތިރައްޓެއްސެއް.. މީހުން ރައްޓެހިން ގޮވައިގެންދޯ އަނދިރި ގަނޑުތަކުގެ އުޅެނީ.. ކަލޭ އުޅޭ ވައްތަރު މަށައް އެނގޭ… އަދި ބުނަން ނިދަން ދިޔުމުގެ ކުރިން އެއްޗެހި ހޫނުކުރާތި.. މި އަންހެނާއާ ހެދި ދިރުއުޅުމެއްނެއް” މަންމަ އަހަރެންގެ ބޮލުގައި އެއަޅުވަނީ ކޮންފަދަ އިލްޒާމެއް ހެއްޔެވެ. އަހަރެންނަކީ ދުވަހަކުވެސް އެގޮތަށްއުޅުނު މީހެއް ނޫނެވެ. ކޮނޑުގައި އަޅާފައި އޮތް ދަބަސް ސޯފާގައި ބޭވުމަށްފަހު އަހަރެން ބަދިގެއަށްވަނީ އެއްޗެހި ހޫނުކުރުމަށެވެ.

ނުރޯންހުއްޓަސް މިރޮވެނީ ކީއްވެ ހެއްޔެވެ. ކެކެންފެށި ގަރުދިޔަ ތެއްޔަށް ބަލަން އަހަރެންނަށް ހުރެވުނު އިރެއްވެސް ނޭނގެއެވެ. އިރުއިރު ކޮޅާދެލޯ ފޮހެލެވެނީ ކަރުނައިގެ ރޮނގެއް ފާއްދާލުމުންނެވެ. ކުއްލިއަކަށް އަހަރެންނަށް ސިހުންކަން ލިބުނީ ގުގުރީގެ އަޑުންނެވެ. އަވަސް އަވަހަށް އުނދުން ނިއްވާލުމަށްފަހު އަހަރެން މިސްރާބު ޖެހީ ކޮޓަރިއަށެވެ. އަހަރެން ގެއަށް އައި އިރުވެސް ދުނިޔެމަތި އޮތީ ރީޗަށެވެ. އެހެން ނަމަވެސް އަހަރެންނެކޭ އެއްގޮތަށް މިރޭވެސް އެބޯވިލާގަނޑުގެ ޝިކާރައަކަށް އެހަނދު ވީއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ވަރަށްވެސް ހަލުވިކޮށެވެ. ތުއްތުގެ ކައިވެނީގެ ކަންތަކާ އުޅެމުން ކިޔަވަމުން ދާއިރު ދުވަސް ނިމޭގޮތްވެސް ނޭނގެއެވެ. ކޮލެޖްގައި މަޖާވަގުތު ތަކެއް ހޭދަކޮއްލެވެނީ އަކުމަލުގެ ހުންނަ ސަކަ މިޒާޖުގެ ސަބަނުންނެވެ. އަކުމަލުގެ އެ ސިފަ އަހަރެންނަށް އެންމެ ކަމުދިޔައީ އެވާހަކަ ތަކުން އަހަރެންގެ ހިތާމަތައްމަތިން ހަނދާންނެތޭތީއެވެ.

“ޖިއާ.. ހާދަ ބާރަކަށް” ޒައިކު އައިސް އަހަރެންނާ އަރާ ހަމަކުރަމުން އެހެން ބުނެލީ އަހަރެން ހަލުވި ހިނގުމެއްގައި ދާތީއެވެ. “ޔެސް މިދަނީ ނިޝް ކައިރިއަށް.. އޭނަ ވީ ލައިބްރެރީގައި.. އަހަރެން ނައިސްގެން މިހާރު ރޯވަން ކައިރިވެފަ އިންނާނީ” އަހަރެން އެހެން ބުނެ ހޭން ފެއްޓުމުން ޒައިކުވެސް އަހަރެންނާއެކު ހޭންފެށިއެވެ. ” ވަރަށް ލޯބި ޖިއާ ހީލީމަ” އަހަރެންނާ ދިމާލަށް ޒައިކު އެހެން ބުނުމުން އަހަރެން ކީކޭހޭ އަހާލީ ގަސްތުގައެވެ. ދުރުގައި ބަލަން ހުރި އަކުމަލް ފެނި ޒައިކުއަށް ބަލާލެވުނި ގޯސް މާނައެއް ނަގާފާނެއެތީއެވެ.

“ކޮބާ ނިޝް.. ރުޅިއައިސްދޯ ހުރީ” އަހަރެން އަވަހަށް އަކުމަލް ކައިރީގައި އެހެން އަހާލީ ނިޝް އިންތޯ ޔަގީން ކޮއްލުމަށެވެ. ބިސިނެސް ކުލާހުން ދިން ޕްރޮޖެކްޓް އެއްގައި ގުރުޕް ބަހަން ބުނުމުން އަހަރެންނާ އަކުމަލު އަދި ނިޝް އެއްބައިވީ އެކަކު އަނެކަކާ މިހާރު ގާތްވީމައެވެ. “އޭނަ އެބަހުރި.. ދެން ޖިއާ ޖަހާނެ ސަކަރާތެއް ޖަހަންދެން އޭނަ ނުހުންނާނެ ދޯ ހެވިފައެއް.” އަކުމަލު އެހެން ބުނުމުން އަހަރެން ވަރަށް ލަދުގަތެވެ. އަހަރެން ޒައިކު އަކާ ސަކަރާތެއް ނުޖަހަމެވެ. “ސޮރީ” މާފައް އެދުމައްފަހު ލައިބްރެރީއަށް އަހަރެންނާ އަކުމަލު ވަނީ ޒައިކު ދިޔުމުންނެވެ.

ދަނބާ ރިހި ކުލައިން ޖަރީކޮއްފައިވާ އަހަރެންގެ ހެނދުމުގައި އަހަރެން އަތްކާތާލީމެވެ. ހެނދުން ލާ ނިމިގެން އަމިއްލަ ސޫރައަށްބަލާލީމެވެ. ފަރީޝައްތަ އަކީ މޮޅު ހުނަރު ލިބިގެންވާ އަންހެނެކެވެ. މިރޭއޮތް ޕާޓީއަށް އަހަރެންގެ ހެދުން ފަރުމާ ކޮއްދިނީ ފަރީޝައްތަގެ އަތުންނެވެ. ރިހި ކުލައިގެ ބަރަނިން މޭމަތިން ތިރިއަށް ހަދާފައިވާ މަލުގެ ވެޔޮގަނޑު ވަރަށްވެސް ރީޗެވެ. އަހަރެންގެ ގަޔަތް ފިޓުކޮއް ފަހާފައިވާ ހެދުން ކަކުލާހަމައަށް އައިސް ފަހަތަށް ވަނީ އެއްކޮއް ދިގުކޮއްލާފައެވެ. އަތް ދިގުކޮއް ހެދުން ފެހީ އަތުގައި އިން ބޮޑު ފޮޅު މީހުންނަށް ފާޅުވެދާނެތީއެވެ. ބޮލުގައި ހުޅިއެއްޖަހާ މަލުން ހަދާފައިވާ ރެބަން ޖެހީ ދަނބު ކުލައިންނެވެ. އަހަރެން ފަހު ފަހަރަށް ލޯގަނޑަށް ބަލާލީ ބޭރަށް ނިކުތުމަށެވެ. ހިތްހަމަޖެހޭ ވަރަށް ރީތިވުމަށްފަހު ބޭރަށް ނިކުތީ ދަރުބާރުގެއަށް މަންމަ މެންނާއެކު ދިޔުމަށެވެ. ބައްޕައާއި ތުއްތު ކުރީބައިގަ ދިޔުމުން ގޭގަ ހުރީ މަންމައާއި ފަރީޝައްތައެވެ.

“ޖިއާ ލޯބިކަން.. ވަރަށް ފުރިހަމަ” އަހަރެން ފެނި ފަރީޝައްތަ އަހަރެންގެ ކޮލުގައި ފިރުމާލިއެވެ. އަހަރެން ތެންކިޔޫ އޭބުނެ ދޮރުކައިރީ ބަލާލީ މަންމަ ކޮބާތޯ ބެލުމަށެވެ. “މަންމާ” އަހަރެން އުފާވެ ހުރެ މަންމަ ކައިރިއަށް ދިޔައީ މަންމަ އަހަރެންނާ ދިމާލަށް ބަލަން ހުރުމުންނެވެ. “ފަރީޝާ ޝާމިނު ފޮނުވި ކާރު އެއޮތީ ބޭރުގަ.. ދޭ..” މަންމަ ފަރީޝާއްތަ ފޮނުވާލުމައްފަހު ފުންނޭވާއެއްލީ ކީއްވެ ކަމެއް ނޭނގެއެވެ. އަހަރެންވެސް ބޭރަށް ނިކުންނަށް މިސްރާބު ޖެހުމުން ހުއްޓެން ޖެހުނީ މަންމަ ގޮވާޅުމުންނެވެ. “ޖިއާ.. މަށަކައް ނުފެނޭ ޖިއާ ޕާޓީއަށް ދާކަށް.. ޖިއާ ގޭގަ މަޑުކުރޭ.. ބައްޕަމެން ކައިރީގައި ޖިއާއަށް ނާދެވުނު ސަބަބު ބުނާނަން،،.. ނުދާނަންދޯ” މަންމަ އަހަރެންގެ އަތުގައި ހިފާ އެހެން ބުނީ އާދޭހުގެ ރާގަށެވެ. މަންމާއެވެ. ތުއްތުގެ އެކައިވެނި ހަފްލާއަށް ދާން އަހަރެންވެސް ބޭނުމެވެ. އެހެންނަމަވެސް… އަހަރެން ތުންފަތް މައްޗަށް ހިނިތުންވުމެއް ގެންނަމުން ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

މުޅިގޭތެރެ ވަނީ ފަޅުވެފައެވެ. އެކަނި މިހެން ގޭގަ ހުންނަން އަހަރެން ބިރުވެސް ގަނެއެވެ. މަންމާ.. އަހަރެންނަށް މަންމައަށް ގޮވާލެވުނެވެ. އަހަރެން ސިޓިން ރޫމުގައި އިނީ ގެ ތަޅުލައިގެންނެވެ. މޫނުގައި ހުރި މޭކަޕް ވަނީ ހަޑިވެފައެވެ. ލޮލުގައި ހުރި އަނދުންތައް ވަނީ މުޅި ލޯކައިރިއަށް ފޭދިފައެވެ. އެކަނި ހުރުމުން ރޮވެނީ ކީއްވެކަމެއް ނޭނގެއެވެ. ގިސްލެވެނީއެވެ.

“މަންމާ” އަހަރެންނަށް ދުވެފައި ދޮރުކައިރިއަށް ދެވުނީ ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. އަހަރެން ބަލާ މަންމައައީ ކަމައްހީކޮއް ދޮރުހުޅުވާލީ ވަރަށް އުންމީދާއެކުއެކުއެވެ. އެހެން ނަމަވެސް ކުރިމަތީހުރީ ސޫރަ ފެނި ފަހަތައް ޖެހުވުނީ ގެންފައި ހުރި ބިރެއްގެ ސަބަބުންނެވެ. “ހާދަ ހޯދީމޭ ޕާޓީގައި.. ރެޑީވެގެން ގޭގަ ތިއިންނަނީ ކާކުގެ އިންތިޒާރެއްގެ.” ޝުހޭލުގެ އަޑު އިވި މީހާ ތުރުތުރު އެޅިއެވެ. “ދުރުގަ ހުރޭ..” އަހަރެންނަށް އެހެން ބުނެވުނީ ޝުހޭލް އަހަރެންނާ ގާތްވާން އުޅުމުންނެވެ. އެބެލުމުގަ ހުރި ނުބައިކަންފެނި ބަލާކައްނުހުރެ އަހަރެން ދުއްވައިގަތީ ކޮޓަރިއަށެވެ. އެހެން ނަމަވެސް ހިފުނީ ދޮރު ތަޅުގައެވެ. އަހަރެންގެ އިސްތަށިގަނޑުގައި ޝުހޭލް ހިފުމުން ހުއްޓެން މަޖުބޫރުވީ ބޮލަށް ވާންވުމުންނެވެ. “ތަދުވޭ” އަހަރެންނަށް ރޮއިގަންނަމުން އެހެން ބުނެވުނީ އާދެހާއެކުއެވެ. އެހެންނަމަވެސް ކަންފަތިގައި ޖެހުނީ ހުނުމުގެ އަޑެވެ. “އަޅޭ ރީއްޗައް ހުރި ނަމަ ނުވާނެދޯ ތަދެއްވެސް. ބަސްއަހައިގެން ކޮޓަރިއަށް ވަންނާނަންތަ… އުުުމމމްް ހާދަ މީރުވަސް ދުވައޭ.. ހަމަ ކާލާ ހިތްވަނީ” އަހަރެންގެ ކަނދުރާއިން ވަސްގަންނަން ފެށުމުން އަހަރެން ޝުހޭލްގެ މޭގައި އުޅަބޮށިން ޖެހީމެވެ. އެވަގުތަށް އަހަރެންގެ އިސްތަށިގަނޑަށް ދޫލިބުމުން ބޮލުގައި ފިރުމާލެވެވުނެވެ. މައި ދޮރާށިއާ ދިމާލަށް ދުއްވައިގަތީ މަގުމައްޗަށް ނިކުތުމަށެވެ.

“ގަދަ ނަހަދާ އަންނާނީތަ.. ނޫނީ އަނިޔާ ކުރަންވީތަ” ދުވެފައި އަހަރެންނަށް ދެވުނީ ވަކި ހިސާބަކަށެވެ. ޝުހޭލް އަހަރެން ގައިގައި ހިފަން އެއްލި އަތް ޖެހުނީ ހެދުމުގައެވެ. ހެދުމުގެ ފަހަތު ޒިބުގައި ހިފުމުން އަހަރެންގެ ހިތް ހިއްޓުނުކަހަލައެވެ.. “ހެޔޮނުވާނެ.. ތިހެން ނަހަދާ.. ދޫކުރޭ..”އަހަރެން ޝުހޭލް ކިބައިން އާދޭސް ކުރީމެވެ. އިންސާނުންނަކީ ހާދަ ރަހުމެއް ނެތް ބަޔެވެ. އަހަރެންގެ ދެއަތް ފުރަގަށް ލާ އައްސާލީ އަހަރެންގެ ބޮލުގައި އިން ރެބަން ފަށުންނެވެ. އަހަރެން ކޮޓަރިއަށްވައްދާ އެންމެ ފުރަތަމަވެސް ފަހަތު ޒިބު އިރާލީ އަހަރެނަށްވާ އަނިޔާއަކަށް ބެލުމެއްނެތިއެވެ. ކުރިމަތިން ހެދުން ކަފާލީ ވަޅިއަކުންނެވެ. ދަމާލި ހެދުމުގެ ރޭދާގަނޑު ކޭތުނީ އަހަރެންގެ ފިހުނު ފޮޅުގައެވެ. ފަސޭހަވާން އިން ފޮޅުގެ ހަންގަނޑު ދެމުނީ ލޭތަކާ އެކީގައެވެ. އަހަރެންނަށް މަންމައަށް ގޮވާ އާދޭސް ކުރެވުނީ މި އަނިޔާދެމުންދާ ޖަނަވާރުގެ ކިބައިން ސަލާމަތް ކޮއްދޭތޯއެވެ. “ދޮންބޭ… ދޮންބޭ.. ޖިއާއާށް ވަރަށް ތަދުވޭ.. ދޮންބޭ.. ދޮންބެ އާދެބެލަ..” އަހަރެންނަށް ގިސްލެވުމެން ދޮންބެ އަށްގޮވުނީ ދޮންބެ އަހަރެން ސަލާމަތް ކޮއްދޭނެކަން ޔަގީންވާތީއެވެ. “ހހެހެހހެހެހކ ކިތަންވެވަރަކަށް ގޮވިޔަސް މަރުވެފަ ތިބޭ މީހުންނެއް ނާންނާނެ.. އާން އަޑުއެހިން ޖިއާ އޭ މަރާލީވެސް.. ތިކަހަލަ މީހާކު ދުނިޔޭގައި ތިހުންނަނީ ކީއްވެ. އަމިއްލައަށް މަރުވޭ” ޝުހޭލުގެ އެވިހަ ގަދަ ބަސްތައް އިވި އަހަރެންގެ ހެޔަށް ގޮތެއްވިއެވެ. ޖެހި ބުދެއްހެން އަހަރެންނަށް ހުރެވުނުއިރު އިރުއިރުކޮޅާ ޝުހޭލް ބުނި ބަސްތައް ކަންފަތުގައި ގުގުމާލައެވެ.

މަހެއް ފިހެ ކައިނިމުމުން އޭގެ ބާކީބައި އެއްލާލާ ފަދައިން ޝުހޭލްވެސް ދިޔައީ އަހަރެން އެދުމައްޗަށް އެއްލާލާފައެވެ. ގައިގެ އެއްވެސް އަންނައުނެއްނެތި އެނދުގައި އޮވެވުނީ ކީހާ އިރަކުކަމެއްވެސް ނޭގެއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ނިމުމެއް ނާންނަކަހަލައެވެ.

“ޖިއާ” އަހަރެންނަށް ބައްޕަގެ އަޑުއިވުނެވެ. ފަރީޝައްތަގެ އަޑުވެސް އިވުނެވެ. އެހެން ނަމަވެސް ކިރިއާ އިވޭކަމެވެ. އަހަރެން މި މަރުވަނީ ހެއްޔެވެ. ދޮންބޭއެވެ. ދޮންބެ ކައިރިއަށް އަހަރެން މިދަނީ ދޮންބެކައިރިން އަހަރެންނަށް ރައްކާތެރިކަން ލިބޭނެތީހެއްޔެވެ. މެރެމުން ދިޔަ ލޮލުން ދޮންބެގެ ސިފަފާޅުވެއެވެ. އަހަރެން އަތުލުމަށް ދުވަމުން ދިޔަ ދޮންބެގެ މޫނުމަތިން ނުފިލާ ހިނިތުންވުމެއް ވެއެވެ. އަހަރެންނަށް ވެސް ހިނިތުންވެނުނީ ދޮންބެގެ ހިނިތުންވުން ފެނިއެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 35

Next

ދީފާ އުފާ – 1

Next
January 8, 2016

ދީފާ އުފާ – 1

Previews
January 8, 2016

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 35

26 Comments!

  1. muxoo says:
    January 8, 2016 at 4:11 pm

    vrah reethi. whn nxt part…… kiyaahithun kei nuvey

    1. kamana says:
      January 8, 2016 at 6:09 pm

      Muxoo thank u so much. Nxt part sundayga insha allah ?

  2. chai says:
    January 8, 2016 at 4:14 pm

    haadha kurey str. bt v nice.

    1. kamana says:
      January 8, 2016 at 6:10 pm

      Kurutha chai. Bt itx more than five pages. Anywayx thnk u ? Next part dhigukohleveythoo balaanan ingey

  3. Immy says:
    January 8, 2016 at 4:19 pm

    alheyy alheyyy alheyyyy……… dhnn kihinehthr vaaanneeeeee????? muxoo buni hn kiyaa hithunkeii nuvey… jia maru vaneetha… alheyy… jia mum aa shuhail aa haadha goheyy dhww….. vrh sad…. 🙁 🙁
    plxx plxx plxxxxx vrrhhhh avahahh stry up koh dhehcheyy…. -plxxx…. wat will hpn nxt??????????????? 😮 😮 😮

    1. kamana says:
      January 8, 2016 at 6:11 pm

      Immii jia maruvaanytha hama. Hinga dhw balamaa. Asluvxc emyhun varah goas dhw. Ekahala myhun vx ulhe eyy. Heheh. Anywayxx thnk u so mich lov ??

  4. shine says:
    January 8, 2016 at 4:28 pm

    Woww,, v v rythi.. kn irakun nxt part…..

    1. kamana says:
      January 8, 2016 at 6:13 pm

      Thank u shine. Nxt part sundayga insha allah. Inthoxaaru kuraane kamah ummeedhu kuran ?

  5. me says:
    January 8, 2016 at 4:54 pm

    plxxxxxxxxxxxxxxxxxxxxx… tmrrow next part up kh dhehchey…vrahh vrahh salhi ??

    1. kamana says:
      January 8, 2016 at 6:14 pm

      Alheyy tmrw will be a bxy day. By liyevihjehyaa up kuraanan ingeyy. Thnk u ?

  6. faru.. says:
    January 8, 2016 at 5:56 pm

    Reethi

    1. kamana says:
      January 8, 2016 at 6:14 pm

      Thnk u faru ?

  7. Niz says:
    January 8, 2016 at 6:27 pm

    Alhe jiyaa ah ehen nuhadhabala…v dheravey….anekka kon kahala mum ehtha ey….anyway vaahaka v habeys…waiting for next part….keep it up…

    1. kamana says:
      January 8, 2016 at 7:47 pm

      Asluvx dhw niz. Heheh thnk u so much ?

  8. sadhaaa says:
    January 8, 2016 at 7:13 pm

    Varah furihama ??waiting hama

    1. kamana says:
      January 8, 2016 at 7:47 pm

      Thnk u sadhaa. ?

  9. zaa says:
    January 8, 2016 at 8:37 pm

    V salhi v asarugadha

    1. kamana says:
      January 8, 2016 at 10:47 pm

      Thank u zaa ?

  10. Eyesh says:
    January 8, 2016 at 9:28 pm

    Alheyyyyy…. eyesh ah heevanee jiyaage mamma hen e nulafaa suhail egeah vehdhee dhw ? haadha goahey alhe. Can’t wait to read the next part. Kamana dhen kon irakun tha up kurany?? V v v v rythi mi part ves. I luv this story ?

    1. kamana says:
      January 8, 2016 at 10:49 pm

      Thank u eyshoo. Nct part sundayga insha allah. Alhe ae kaaku kuri kamehthoo balamaa. Thnk u so much lov ??

  11. misty says:
    January 8, 2016 at 11:37 pm

    Varah salhi.. Alhey can’t wait for the next part… I love this story ?

    1. kamana says:
      January 8, 2016 at 11:41 pm

      Alheyy so happiii. Heheh thnk u so much misty ?

  12. fathu says:
    January 9, 2016 at 12:54 am

    awesome story.. very intresting toooo.. keep up the good work… 😀

    1. kamana says:
      January 9, 2016 at 7:50 am

      Than u fathu ?

  13. Nifko says:
    January 9, 2016 at 4:19 am

    Vrh reethi vaahaka… ?

    1. kamana says:
      January 9, 2016 at 7:51 am

      Than u nifko ?

Comments are closed.

Next Episodeލޯބިވާ މަންމާ މަގޭ.. 10←


All Right Reserved!