Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ރިހުން (26)

Krystal Level 510 Stories100 Login100 Comments
September 9, 2025 4 Mins Read
3 Comments

ކޮޓަރިން 2 ޕޮލިހުން ދުވެފައި ނިކުތީ ޔާސިން ބޭރުގައި އެބަ އިނޭ މަންސޫރު ބުނުމުންނެވެ. ނަމަވެސް އެއްވެސްތާކުން ޔާސިން ފެންނަ ގޮތެއް ނުވިއެވެ. މަންސޫރު ހުރީ މިންހާ އާ ބައްދަލު ކުރަން ކެއްމަދުވެފައެވެ. އަދިވެސް އޭނާގެ ހިތެއް އެކަން ކުރީ ޔާސިން އެކޭ ނުބުނެއެވެ.

“މިންހާއާ ބައްދަލު ވެވޭނެތޯ؟” އަދުނާން އަހާލިއެވެ. ޕޮލިސްމީހާ އާނ އެކޭ ބުނުމުން އަދުނާން ގޮސް މިންހާ ބައިންދާފައި އިން ކޮޓަރިއަށް ވަނެވެ.

ނިދި ޖެހިފައި އޮތް މިންހާގެ ގައިގާ އަދުނާން ކޮއްޓާލިއެވެ. މިންހާ ދެލޯ އުގުޅާލަމުން މޯޅިއަކަށް ދެމިލިއެވެ.

“ކޮބާ އަދިވެސް އަހަރެން މިތަނުން ނުނެރެވޭތަ…” މިންހާ އަހާލިއެވެ.

“މިންހާ ދޮގު ނަހަދާ ބުނެބަލަ… ޔާސިން ތަ އާދަމް މަރާލީ” އަދުނާން ވަރަށް ސީރިއަސް ވެލާފައި އަހާލިއެވެ.

“ހަހަހަ.. އެ ރަޑު ޔާސިން… އޭނައަކަށް ނުކެރޭނެ މީހަކަށް އަނިޔާއެއް ކުރަން…”މަންސޫރެކޭ އެއްފަދައިން މިންހާ ގާތަށް ވެސް އައި ހިންޔެވެ.

“ޕޮލިހަށް އެބައިން ސީސީޓީވީ ފުޓެޖު ލިބިފަ.. އޭގެން ފެންނަނީ ޔާސިން އެ އެޕާރޓްމެންޓުން ނިކުންނަތަން… ޔާސިން އަކީ ނައިރާގެ ބައްޕަ އަށް ވީމަތަ ތި ސިއްރުކުރަނީ… ” އަދުނާނަކަށް އަދި ނައިރާއަކީ އާދަމްގެ ދަރިއެއް ކަމެއް ނޭގެއެވެ.

“މި އަނެއް ބުރާންތި… ބަލަ ނައިރާގެ ބަފައޭ އެ މަރާލީ… ޔާސިން އަކީ ނައިރާގެ ބައްޕަ އެއް ނޫނޭ… ކަލޭ ވެއްޖެ ދޯ ތަންދޮރު ބަލާފަ ވަކީލުކަން ކުރަން..” މިންހާ ގާތަށް އައި އަމަށަކު ރުޅިއެއް ނޫނެވެ. އަދުނާން އިތުރަށް އެތާ މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. މިންހާގެ ވާހަކަ ދެއްކުމުގެ ވައްޓަފާޅި ހުންނަ ގޮތުން އަދުނާން ވަރަށް ހިތްހަމަ ނުޖެހެއެވެ.

*****

“ދަރިފުޅު މަންމަ ދޫކޮށްލާފަ ދާނީތަ ދެން.. ދަރިފުޅުގެ އުފަން މައިންބަފައިން މިހާރު އިނގޭނުން..” އައިޝާގެ ރުއިން ހުއްޓާ ނުލެވެއެވެ. ނޫރާ އޭނާ ދޫކޮށްލާފައި ދިއުން އެއީ އޭނާއަށް ކެއްވާ ވަރުގެ ކަމެއް ނޫނެވެ.

“އަހަންނަކަށް ނޭގެ ދެން ހަދާނެ ގޮތެއް.. މަންމަ އަހަންނަށް ހުރިހާ ކަމެއް ސިއްރު ކުރީ.. އަހަރެންގެ މައިންބަފައިންނާ އަހަންނާ މަންމަ ދުރު ކުރީ ހަމަ ގަސްދުގަ…” ނޫރާ އައިޝާ ކުޑަކޮށް ދުރުކޮށްލިއެވެ.

“ތިހެން ނުބުނޭ ދަރިފުޅާ.. މި މަންމަ އޭރު އެކަން އެހެން ކުރެވުނީ އަމިއްލަ އެދުން ބޮޑުކަމުން.. މަންމަ ގަސްދުގައެއް ދަރިފުޅު ދުރެއް ނުކުރާނަން ދަރިފުޅުގެ މައިންބަފައިންނާ…” އައިޝާ ބުނެލިއެވެ.

“ކޮބާ ދުރު ނުކުރެވިފަ… މަންމަގެ ކޮއްކޮ މަރުވީތަ… ނުވޭ އޭނަ އެބަހުރި ގަދަވެ ސަލާމަތުން… އުފަލުގަ ހިތްހަމަ ޖެހިގެން… އަހަރެންގެ ބައްޕަ އާ އިދެގެން.. މީހަކަށް ދެވުނީ ކިހަ ވަރެއްގެ އަނިޔާ އެއްކަމެއް އެކަކު ހިތައްވެސް އެރިތަ… އެންމެ 5 އަހަރުގެ ކުއްޖެއް ޖަހައިގަތީ އޭނާގެ މައިންބަފައިން އަތުން… މަންމަގެ ހިތެއްވެސް ނޯވޭތަ… އާނ މަންމަ އަށް ކިހިނެއް އިނގޭނީ އަމިއްލަ ދަރިއެއް ވިހެއި ނަމަތާ މައެއްގެ އިހުސާސް އިނގޭނީ…” ނޫރާ ހީވަނީ ބޮލިރަވައެއް ހެނެވެ. އަނގަ ހުއްޓާ ނުލާ ހިތަށް އައިހާ އެއްޗެއް އައިޝާއާ ދިމާލަށް ގޮވަމުން ދިޔައެވެ.

އެންމެ ފަހުން ނޫރާ މިބުނި އެއްޗަކުން އައިޝާގެ ހިތުގައި ޖެހުނުލެއް ބޮޑުވިއެވެ. ބޭއިޙްތިޔާރުގައި ނޫރާގެ ކޯމަތީ އައިޝާއަށް އެތިފަހަރެއް އަޅާލެވުނެވެ. ވީތަދުން ނޫރާ ކޮލުގައި އަތް އަޅާލިއެވެ. އަދި ވައްކަޅިން އައިޝާއަށް ބަލާލުމަށްފަހު ގެއިން ނިކުތެވެ.

“ހުޝާމް އާދެބަ އަހަރެން ބަލާ…. އަހަރެން މިގޭގަ ހުންނާކަށް ބޭނުމެއް ނުން..” ރޮމުން ސިޑިން ފައިބަމުން ނޫރާ ހުޝާމްއަށް ގުޅިއެވެ. ދުވެފައި ބޭރަށް ނިކުތް ނޫރާ އަޅައިގަތީ ހުޝާމް ގައިގައެވެ.

“ނޫރާ ހުރި ހާލު ފެނުނީމަ އަހަރެންގެ ހިތް މިތަނުން ދިއުމަކަށް ނޭދުނު..” ހުޝާމް ނޫރާ ގައިގާ ހިފާލިއެވެ. އަދި މަޑުމަޑުން ހިގާފައިގޮސް ސައިކަލަށް އަރާ ހުޝާމް މެން ގެޔަށް ދިއުމަށް ނައްޓާލިއެވެ.

އައިޝާ ގުޅަމުން ދިޔައީ މަނާލަށެވެ. ނަމަވެސް ގުޅާ ކޮންމެ ފަހަފަކު ފޯނު ކެޑެނީއެވެ. މަނާލްގެ ހަބަރެއް އޭނާއަށް ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. ޔާސިން އަށް ގުޅާކަށް އޭނާގެ ހިތް ނޭދެއެވެ.

*****

ޔާސިންގެ މައުލޫމާތު މަންސޫރު އަތުން ނެގުމަށްފަހު ޔާސިން ހުރެދާނެކަމަށް ބެލެވޭ ތަންތަނަށް އެކި ޕޮލިހުން ފޮނުވުނެވެ. އެކަމެއް ކުރީ ޔާސިން ތޯ ނުވަތަ ނުންތޯބެސް ބެލޭނީ ޔާސިން ގެނެސް ތަހުޤީޤު ކުރުމުންނެވެ.

“ޕްރިޔާ… ކޮބާ ނައިރާ…. ޔާސިން ނައިރާ ކައިރިއަށް އައިސިއްޔާ ބޮސްއަށް ގުޅާތި ވަގިތުން…” މަންސޫރު ގުޅީ އެގޭ ގެންގުޅޭ ބޭރުމީހާއެވެ.

“ނައި ބޭބީ އިންނަނީ މިތާ…. ބޮސް ޔާސިން ކޮޓަރީގަ ހުންނަނީ…” ޕްރިޔާ މިހެން ބުނުމާއެކު މަންސޫރު އެންގީ ގޭގައި ހަރުކޮށްފައި އިން އެމެޖެންސީ ސިސްޓަމް އެކްޓިވޭޓް ކުރުމަށެވެ. މި ސިސްޓަމްއަކީ މަންސޫރު އެގެ ހެދި އިރު އައިސްދާނެ ނުރައްކަލަކަށް އާއިލާ ހިމާޔަތް ކުރުމަށް ހަދާފަ އިންނަ ސިސްޓަމެކެވެ. އެ އެކްޓިވޭޓް ކުރުމުން ބޭރު ދޮރު ހުޅުވޭނީ ހަމަ އެކަނި މަންސޫރުގެ އިގިލީގެ ނިޝާން ބޭނުން ކުރުމުންނެވެ. އަދި މަންސޫރު ޕްރިޔާ ކައިރީ ކަމެއްވި ކަމަށް ނަހަދަން ބުނެލިއެވެ.

ޕޮލިހުން މަންސޫރު ދިން މައުލޫމާތަށް އެގެޔަށް މަންސޫރާ އެކު ދިޔައެވެ. ގޭތެރެއަށް ވަތް އިރު ނައިރާ އާ ޕްރިޔާ ސޯފާގައި އިށީދެލައިން ތިއްބެވެ. މަންސޫރު ޔާސިން ކޮބާހޭ ބުނުމުން ޕްރިޔާ އަތްދިއްކޮށްލީ މައްޗަށެވެ.

6 ވަރަކަށް ޕޮލިހުންނާއެކު މަންސޫރު ގޮސް ޔާސިން ކޮޓަރީގައި ޓަކި ޖަހާލިއެވެ. ޔާސިންގެ ހިލަމެއް އެތެރެއަކުން ނުވެއެވެ. މަންސޫރުގެ ހުއްދަ ހޯދުމަށްފަހު ދޮރު ފަޅާލާފައި ޕޮލިހުން އެތެރެއަށް ވަދެގަތެވެ. އޭރު ޔާސިން ދެއަތް މައްޗަށް ހިއްލާލައިން ހުއްޓެވެ. އިތުރަކަށް ގަދައެއް ނަހަދައެވެ. އޭނާ އަށް ދެން އިތުރަށް ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް ނެތްކަން އެގެއެވެ. ދެން އޮތީ ޕޮލިސް ސްޓޭޝަނަށް ގޮސް ބަޔާނއ ދިނުމެވެ. ޔާސިންގެ ލޮލުން ކަފުނަ ހިލުނެވެ. ދެޕޮލިހުން އޭނާގެ އަތުގައި ބިޑި އަޅުވަން ގާތް ވެލިއެވެ.

” އަހަރެން ގޮސްދާނަން. އެކަމް މިގެއިން ނިކުމެވެންދެން އަހަރެން އަތުގަ ބިޑި ނާޅުވަ ދީފާނަންތަ… އަހަރެން ބޭނުމެއް ނުން ދަރިފުޅަށް މި މަންޒަރު ފެންނާކަށް…” ޔާސިން މިހެން ބުނުމުން އެއީ ނައިރާއަށް އެމަންޒަރު ދައްކަން ބޭނުން ނުވާކަން މަންސޫރަށް އެގުނެވެ. މަންސޫރުގެ އެދުމުގެ މަތިން ބިޑި ނާޅުވާ ސިޑިން ފައިބާގެން ޔާސިން ގޮވައިން ފުލުހުން ހިގައިގަތެވެ.

“ބައްޕީ… ބައްޕީ… ކީއްވެ ބައްޕި ނުފެންނަނީ.. ނައި ބޭނުން ބައްޕިއާ އެއްކޮށް ދާން… ނައި ގެންދޭ…” ނައިރާ ރޮމުން އައިސް ޔާސިންގެ ފައިގައި ބައްދާލިއެވެ. ޔާސިން ތިރި ވެލާފައި ނައިރާގެ ގައިގާ ބައްދާލިއެވެ.

“ބައްޕި އަންނާނަން ވަރަށް އަވަހަށް… އިހަށް ޕްރިޔާ ދައްތި ކައިރި ހުރޭ… ކާފަ ވެސް އަންނާނެ ވަރަށް އަވަހަށް..” ޔާސިން ބެލީ ނައިރާ ހައްދާލެވޭތޯއެވެ.

“ނޯ.. ނޯ… ނޯ…. ނައި ބޭނުމީ ދާން… މަންމި މިސްވަނީ… މަންމީ… ބައްޕީ… މާމާ….. ” ނައިރާ ބާރަށް ރޯން ފެށިއެވެ. އިތުރަށް މަޑުކުރެވެން ނެތުމުން ނައިރާ ރޮއެ ރޮއެ އޮއްވާ ޔާސިން ޕޮލިހުންނާއެކު ޕޮލިސް ސްޓޭޝަަނަށް ދާން އެގެއިން ނިކުތެވެ.

****

ހުޝާމް ނޫރާ ގޮވައިން ގެޔަށް އައިސް ވަތް އިރު ޔާސިރު ދިޔައީ ދެފަރާތަށް ހިގަމުންނެވެ. ކޮބްމެވެސް ކަމަކާ ހާސްވެފައި ހުރިކަން މޫނު މަތިން ފާހަގަ ކުރެވެއެވެ.

“ބައްޕާ” ހުޝާމް ޔާސިރުއަށް ގޮވާލުމުން ޔާސިރު ދިޔައީ ސިއްސައިގެންނެވެ. ދަރިފުޅާއެ ކިޔާ އައިސް ހުޝާމް ގައިގަ ބައްދާލިއެވެ.

“ބައްޕާ ކިހިނެއްވީ.. ހާދަ ހާސް ވެފަ” ހުޝާމް ޔާސިރުއަށް ބަލާލަމުން އަހާލިއެވެ.

“ޔާސިން.. ދަރިފުޅާ ޔާސިން..” ޔާސިރުއަށް ބުނެވޭ ވަރަށް ނުވެއެވެ. އެޔަށްވުރެ މީހާ ހުރީ ހާސްވެ ކަންބޮޑުވެފައެވެ.

“ޔާސިން އަށް ކިހިނެއްވީ… ނުގުޅިގެން ކަންބޮޑު ވަނީތަ… ޕޮލިހުގަ ހުރީމައޭ ބައްޕާ.. ބުނީމެއްނުން އޭނަ އިން މީހާ ޕލިހަށް ގެންގޮސް ބަނދުގައޭ އިނީ..” ހުޝާމް ބެލީ ޔާސިރު ހަމަޖެއްސޭތޯއެވެ.

“ނޫނެކޭ ދަރިފުޅާ…. އެމީހާ މަރާލީ ޔާސިން އަންހެނުންނެއް ނޫނޯ… ދަރިފުޅާ..” ޔާސިރުއަށް ރޮވުނެވެ. ޔާސިންއަށް އެއްވެސް ދެރައެއް ވާކަށް އޭނާ ނޭދެއެވެ. އެދެބަފައިން ހަމަ ޖެހިގެން އުޅޭ ދުވަސް ގާތްވުމުން މި ކުރިމަތިވީ ކޮންފަދަ މުސީބާތެއް ހެއްޔެވެ.

“ދެން ކާކުތަ.. ބައްޕަ ހަމަ ޖެހިބަލަ… އަހަންނަށް ވާނުވާ އިނގުނީމަ ދޯ ދެން ހަދަން ވީ ގޮތެއްވެސް އިނގޭނީ…” ހުޝާމްވެސް ހާސް ވާން ފެށިއެވެ. ނޫރާ ވެސް ޔާސިރު ބުނާނެ އެއްޗެއް އަޑުއަހަން ހުރީ ތެޅިތެޅި އޮތް ހިތަކާ އެކުއެވެ.

“ޔާސިން އޯ… ޔާސިންއޯ އޭނަ މަރާލީ” ޔާސިރު މިބުނި އެއްޗަކުން ނޫރާގެ ކަކުލު ހުޅުން ހީވީ ވާގިދިޔަ ހެންނެވެ. ހުޝާމްގެ އަތުގައި ބާރަކަށް ހިފާލެވުނެވެ.

-ނުނިމޭ-

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

މަޢާފް އެދެމުން 57

Next

އަބަދުވޭ ހިތުގާ މަގޭ 5

Next
September 10, 2025

އަބަދުވޭ ހިތުގާ މަގޭ 5

Previews
September 9, 2025

މަޢާފް އެދެމުން 57

3 Comments!

  1. No one but u!!!! says:
    September 9, 2025 at 3:00 pm

    Mi vhk haadha reehchey, Masha Allah 💗💋😘💝💌💝😘💝💌💝😘😘😘😘😘😘💝💝💝😘😘💌💌💌💌💌💌😘😘💝💝😘💌💝💌😽💌😜😘😘💌💝😘💝💝😘💝😘💝💝💌😘😘💝

  2. Aysherr says:
    September 9, 2025 at 4:55 pm

    Suspension 💯 omg😱

  3. TAnoyMous76 says:
    September 12, 2025 at 1:03 pm

    Is a good one
    I like this story
    BTW when’s next

Comments are closed.

Next Episodeހިތުގެ ރިހުން (27)←


All Right Reserved!