“ދެން އެނގޭނު.. ދޮންތަގެ ވަރަށް ގާތް ފްރެންދް އެއް އުޅޭނެ ހޮސްޕިޓަލުގަ އެހެންވެ..” ވިލްދާ ބުނެލިއެވެ. އިރުކޮޅަކު ހުރުމަށްފަހު ވިލްދާމެން ދިޔައެެވެ. އެމީހުން ނުކުތުމާއި އެކު އެލްވިން އަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެފިރިހެން ކުއްޖާ ނަލާވަރުން އެލްވިން އަށް އިންނަން ޖެހުނީ ގުޑިވެސް ނުލައެވެ. އިތުރަށް ބޭރުގައި ނީންދެ އޭނާ ވަނީ ކޮޓަރިއަށެވެ،
*ޕާރްޓް-6*
މިހާރު ހަަފްތާ އެއް ފާއިތުވެ ގޮށްސިއެވެ. އެލްވިން މިހާރު ވަނީ މުޅިން ރަގަނޅުވެފަ އެވެ. އޭނާ މިއަދު ހޮސްޕިޓަލަށް ނުކުތެވެ. އެއްހަފްތާ އެއް ދުވަހު ހޮސްޕިޓަލަށް ނައިސް އުޅުމުގެ ސަބަބުން މަސަށްކަތްތަށް ހުރީ ފުނި ޖެހިފައެވެ. ހެދުނު ދިޔަގޮތަށް އެނާ ބްރޭކެއްވެސް ނުނަގަ އެއުޅެނީ މަސަށްކަތައިގެންނެވެ.
އިވާން ވެސް ދިޔައީ އޭނާގެ ދަށުން އަންނަން އުޅޭ ކުއްޖާ އައުމުގެ ކުރިޔަށް ވާން ހުރި ތައްޔާރީތަށް ވާށެވެ. އިލްހާންގެ އެހީގައި އެކުއްޖާ އާއި ބެހޭގޮތުން އޭނާ މައުލޫމާތު ހޯދިއެވެ. ކައިޒެން މިއަދު މާއަވަސް އަރުވާލައިފައި ދާން އުޅުނެވެ. އެހެންކަމުން އިވާން އަހާލިއެވެ.
“ހާދަ އަވަހަކަށް.. ކޮންތާކަށް ނުދެވިގެން ދިއުޅެނީ.. އަނެއްކާ ބިޓުމަންޖެ ބަޗާފާނެތީތަ..؟” އިވާން ހިނިއައިސް ހުރެ އަހާލިއެެވެ.
“ނޫން.. ކައިލީން ގޮވައިގެން ހޮސްޕިޓަލަށް ދާން މިއުޅެނީ.. ފަހުން އަންނާނަން..” ކައިޒެން އިވާންގެ ކޮޑުގައި ޖަހާލައިފައި ނުކުމެގެން ދިޔައެވެ.
ކައިޒެން ހޮސްޕިޓަލަށް ދިޔައީ އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮ ކައިލީން ގޮވައިގެނެވެ. ކައިލީން ވަނީ ވިހެއީއްސުރެއް ހިތުގެ ބަލީގެ ޝިކާރައަކަށްވެފަ އެވެ. އެހާ ބަލިކޮށް އެކުއްޖާ އުޅެމުން ދާއިރު ކައިޒެން އެކަމާއި ވަރަށް ހިތާމަ ކުރެއެވެ. މިއަދު އޭނާ ހޮސްޕިޓަލަށް އައީ ކައިލީންގެ ޗެކަޕް އެއްހަދާލުމަށެވެ. މަޑު ކުރަން ޖެހުނީ ދިހަވަރަކަށް މިނެޓް އެވެ.
އޭނާ ޑޮކްޓަރު ހުރި ކޮޓަރިއަށް ވަނުމާއި އެކު ހުއްޓުން އެރިއެެވެ. މޭޒުކައިރީ ހުދު ކޯޓު އަޅައިގެން އެހުރީ އެލްވިން އެވެ. އޭނާ އަޅައިގެން ހުރި ދެލޯ ބޮޑު އައިނުން އިތުރަށް ރީތިކަަމަށް ދައްކައެވެ. އެލްވިން ވެސް ކޮމްޕިއުޓަރުން ކަމެއްކޮށްލާފައި ބަލާލީ ހަމަ އެވަގުތުއެވެ. އޭނާ އަށް ވެސްވީ ހަމަ ކައިޒެން އަށް ވީވަރެވެ. ކައިޒެން މިތަނަށް މިއައީ ކީއްވެ ހެއްޔެވެ؟ އަނެއްކާ އޭނާ ބަލީހެއްޔެވެ؟ ކައިޒެންގެ އަތުގައި ހިފާއްޓައިލައިގެން ހުރި ކުޑަކުޑަ ކައިލީން އޭނާ އަށް ފެނުނީ މާފަހުންނެވެ. އެލްވިން ހިނިތުން ވެލައިފައި އިށީނުމަށް އިޝާރާތް ކޮށްލިއެވެ.
“ކޮންކުއްޖެއް..؟” އެލްވިން ނިކަން ލޯބިން ކައިލީން ކައިރީ އަހާލިއެވެ.
“ކައިލީން..” ކައިލީން މަޑުމަޑުން ބުނެލިއެވެ. ޗެކަޕް ހަދާނިއްމާލައިފައި އެލްވިން ކައިޒެން އާއި ވާހަކަދައްކަން ފެށިއެވެ.
“ޕޭޝަންޓް ކުރިޔާ އަޅާބަލައިފައި ކުޑަކޮށް ރަގަނޅު އެކަމު އަޅުގަނޑަށް ހީވަނީ އަދި އިތުރު ޓެސްޓުތަކެއް ހަދާލަން ޖެހޭހެން.. ދެން މިއަދު އަދި އެބަޖެހޭ އިންޑިކްޝަނެއް ޖަހާލަން.. އެއީ ވޭން އަޅާތީވެ އެވޭން ކުޑަ ކުރުމަށް..” އެލްވިން ކިޔައިދިނެވެ. އެހުރިހާ ވަގުތެއްގައިވެސް ކައިޒެން ހުރީ އެލްވިންގެ މޫނަށް ބަލާށެވެ.
“އެހެންމަ ޕެއިޝެންޓް ރެޑީކޮށްލާ..” އެލްވިން ކައިލީންއަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. ކައިޒެން ބޯޖަހާލައިފައި ގޮސް ކައިޅިން ކައިރީ ހުއްޓިލިއެވެ.
“ކައި އެބަޖެހޭ އިންޑިކްޝަނެއް ޖަހާލަން އެނގޭ.. ކައި ބިރު ނުގަންނަށްޗޭ އެއީ އެހާވަރު ކަމެއްނޫނެވެ. ކައިޒެން ކައިލީންގެ އަތުގައި ހިފާއްޓައިލައިގެން ހުރެ ބުނެލިއެވެ. އިންޑިކްޝަނުގެ އަޑު އިވުނީރަށް ބިރުން ހުރި ކައިލީން އަށް އިނީ ރޮވޯ ވަރުވެފަ އެވެ. އިރުކޮޅެއް ތެރޭގައި ނަރުސް ކުއްޖާ އިންޑިކްޝަން ހިފައިގެން އައެވެ. ކައިލީން ކައިޒެންގެ މޭތެރެއަށް ބޮޑިވެގަތެވެ. ނަރުސް ކުއްޖާ އިންޑިކްޝަން ޖަހަން އުޅުމުން ކައިލީން އަތެއް ނުދިނެވެ. ކައިޒެން ވެސް އެތަކެއް އެއްޗެއް ކިޔައިފިއެވެ. އެލްވިން އިރުކޮޅަކު ބަލަން ހުރެފައި އައެވެ.
“ކައިލީން ކީއްވެ ބިރުގަންނަނީ..؟ އެއީ އެއްވެސް ކަމެއް ނުނެއްނު ދޯ.. އިނގޭތަ ދައްތަވެސް ކުޑައިރު ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލަށް އައީމަ ދައްތަ ގަޔަށްވެސް ނަރުސް ކުދިން އުޅުނު އިންޑިކްޝަން ޖަހަން.. ދައްތަ ވަރަށް ބިރުގަތް އެކަމަކު ފަހުން އިންޑިކްޝަން ޖެހީމަ ދައްތަ މުޅިން ރަގަންޅުވީ.. އެހެންމަ ކައިލީން ވެސް ރަގަނޅުވާން ބޭނުމިއްޔާ މިއިންޑިކްޝަން ޖަހަންވާނެ.. އެހެންނޫނީ ނަރުސް ކުދިން ހަދާނެ ގޮތަކީ ކައިލީންގެ މޭ ފަޅާލާފަ އޮޕެރޭޝަން ކުރާނީ.. އޭރުން މާ އަށްދޮވާނެއްނު.. ދޯ އެހެންމަ ކައިލީން ހިގާދޯ އަވަހަށް އިންޑިކްޝަން ޖަހާލަން.. ތީ ސްޓްރޯންގެ ގާރްލް އެއްނު.. ކައިލީން މި އިންޑިކްޝަން ޖަހާފިއްޔާ ދައްތަ ދާންނަން ކައިލީން ގޮވައިގެން އައިސް ކްރީމް ކާން..” އެލްވިން ކައިލީންގެ ދެއަތުގައި ހިފާއްޓައިލައިގެން ހުރެ ވާހަކަ ދެއްކިއެވެ. އެލްވިންގެ މިވާހަކަ ތަކަށް ފަހު ކައިލީން އެއްބަސްވިއެވެ. އެކުއްޖާ ނުވެސް ރުއެވެ.
ކައިލީން ނިމުނީރު ހުރީ އެލްވިންގެ ޝިފްޓް ގަޑިހަމަވާންވެސް ވަރަށް ގާތްވެފައެވެ. އެހެންކަމުން އޭނާ އަވަހަށް ޕެކްކުރަން ފެށިއެވެ.
“ތިރީގަ މަޑުކޮށްލައްޗޭ.. މިއަންނަނީ..” އެލްވިން ބުނެލިއެވެ.
ކައިޒެން ބޯޖަހާލައިފައި ކައިލީން ގޮވައިގެން ނިކުތެވެ. އައިސް ކްރީމް ލިބޭތީވެ ކައިލީން ހުރީ ނިކަން އުފަލުންނެވެ. އިރުކޮޅެއް ފަހުން އެލްވިން އައެވެ. ތިން މީހުން ވެސް ދިޔައީ ކައިރީ ތަނަކަށް އައިސްކްރީމް ބޯށެވެ.
ކަލު ކުލައިގެ ކާރު އައިސް މަޑުކޮށްލީ ޕޮލިސް ޓޭޝަން ކުރިމަށްޗަށެވެ. އޭގެން ފެއިބީ ޒުވާން އަންހެން ކުއްޖެކެވެ. އެކުއްޖާ އަޅައިގެން ހުރި އަވިއައިނު ނަގައި ބިލްޑިންގް މަޗަށް ބަލާލިއެވެ. އަދި ބޮޑުއަކުރުން ޖަހައިފައި އިން އެތިކިޔާލިއެވެ.
“ސެޕެޝަލް ޓެކްޓިކްސް އެންޑް ރިކޯނެއިސޭންސް..” އާދައިގެ ހިގުމެއްގައި ގޮސް އެކުއްޖާ ވަނީ އެތެރެއަށެވެ. އެތާ އިން މީހެއް އެކުއްޖާ އަށް ގޮވާލިއެވެ.
“ކޮންކުއްޖެއް..؟” އެމީހާ އަހާލުމުން އެކުއްޖާ ހީލިއެވެ. އަންނާރު އޮތްތަކެއް ފަދަ ކުދި ދަތް ތަކެކެވެ.
“އައިޝަތް ހިރާ އަހުމަދް..”
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Oooh.. So Kaizen and Elvin are spending more time together. I’m guessing that’s the first step. So loabi kudakuda Kaileen..
And, Hiraa…!
Hiraa looks like she comes from a rich family. She seems cool and mysterious. I really think she is gonna be a good match for Ivaan..
Btw, still waiting ingey mi story ge conflict ge ithuru bai thakeh kiyaalan. Although it is already started with Vildha and their parents.. I still need more interest in this. Just a reccomendation.
So when next episode? And, mee kithah episode ge story eh? Approximately viyas…?
This story is nice bloom! I really like it. Keep going on. When next? Waiting….. 🙂