Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޭގެ ބަދަލް-7

Bloom Level 110 Stories
September 5, 2025 2 Mins Read
3 Comments

ކަޅު ކުލައިގެ ކާރު އައިސް މަޑުކޮށްލީ ޕޮލިސް ޗްޓޭޝަން ކުރިމަށްޗަށެވެ. އޭގެން ފެއިބީ ޒުވާން އަންހެން ކުއްޖެކެވެ. އެކުއްޖާ އަޅައިގެން ހުރި އަވި އައިނު ނަގައި ބިލްޑިންގް މައްޗަށް ބަލާލިއެވެ. އަދި ބޮޑު އަކުރުން ޖަހއިފައިއިން އެތި ކިޔާލިއެވެ.

“ސްޕެޝިއަލް ޓެކްޓިކްސް އެންޑް ރިކޯނައިސޭންސް..” އާދައިގެ ހިގުމެއްގައި ގޮސް އެކުއްޖާ ވަނީ އެތެރެއަށެވެ. އެތާ އިން މީހަކު އެކުއްޖާ އަށް ގޮވާލިއެވެ.

“ކޮންކުއްޖެއް..؟” އެމީހާ އަހާލުމުން އެކުއްޖާ ހީލިއެވެ. އަންނާރު އޮތްތަކެއް ފަދަ ކުދި ދަތްތަކެކެވެ.

“އައިޝަތް ހިރާ އަހުމަދް..”

*ޕާރްޓް-7*

ހިރާ ފުޅާހިނިތުންވުމަކާއި އެކު ބުނެލިއެވެ. އެމީހާ އޭނާ ގޮވައިގެން ދިޔައީ އިލްހާންގެ ކެބިން އަށެވެ. ހިރާ އަށް ތަންދައްކާފައި އެމީހާ ދިޔައެވެ. ފުންނޭވާއެއް ދޫކޮށްލާފައި ހިރާ ދޮރުގައި ޓަކިޖަހާލިއެވެ. ވަންނަން ހުއްދަލިބުމުން އޭނާ ވަނެވެ. އޭރު އިލްހާން އިނީ ސޯފާގައި ކޮފީތަށްޓެއް ހިފައިގެން ނެވެ. ހިރާ ފެނުމުން އިލްހާން ހީލިއެވެ. ހިރާ އައިސް އިލްހާން ކުރިމަތީ އަދަބުވެރިކަމާއި އެކު ހުއްޓިލިއެވެ. އިލްހާން ސިއްރުނަޒަރަކުން ހިރާގެ ފައިން ފެށިގެން ބޮލާއިހަމައަށް ބަލާލިއެވެ.

“އިށީންދޭ..” އިލްހާން ސޯފާއަަށް އިށާރާތް ކޮށްލިއެވެ. ހިރާ އިށީންދެލިއެވެ.

“ހިރާ ކިހިނެއް..؟ ފުރަތަމަ ދުވަސްދޯ ވަޒީފާގެ..؟” އިލްހާން އަހާލިއެވެ.

“ރަގަނޅު.. ލައްބަ އަޅުގަނޑު ވަރަށް ނާވެސް..” ހިރާ އަސްލުވެސް ހުރީ ހިތް ބިރުގަނެފައެވެ. ކޮންމެމީހަކަށްވެސް ވަޒީފާގެ ފުރަތަމަ ދުވަހު މިހެންވާނެވެ.

“ހާސްނުވޭ.. ސާރްއަށް އެނގޭ ހިރާތީ ވަރަށް މޮޅު ކުއްޖެއްކަން.. އެހެންނޫނަސް ހިރާ އެކަންޔެއް ނޫނޭ މަސަށްކަތް ކުރާނީ، ހިރާ އާ އެކު އެހެން ކުއްޖެއްވެސް އުޅޭނެ.. ހިނގޭ..” އިލްހާން ހިނިތުންވެ ހުރެ ބުނެލިއެވެ.

“ލައްބަ..” ހިރާ އޭރުވެސް ހުރީ އަތާއި އަތް މޮޑެލަމޮޑެލައެވެ.

“ހިރާ ވާނެ ވަރަށް ރަގަނޅަށް ހިރާގެ މަސްއޫލިއްޔަތު އަދާކުރަން ހިރާތީ މިސްޓޭޝަންގައި އެއްމެ މޮޅު ހެކާރް.. އެހެންމަ ސާރްގެ ވަރަށް ބޮޑު އުންމީދެއް އެއީ ހިރާ އަހަރެމެން ހުރިހާއެއްމެނަށްވެސް ގުޅިގެން އުޅުމަކީ..” އިލްހާން ވާހަކަދައްކަމުން ދިޔައިރު މަޑުމަޑުން އައީ ހިރާ އާއި ގާތްވަމުންނެވެ. އޭނާ ވާހަކަ ދައްކާ ނިއްމާލީރު އޭނާގެ އަތް އޮތީ ހިރާގެ ފަލަމަސްގަނޑުމަތީ ބާއްވާލެވިފައެވެ. ހިރާ ހުރީ ބުނާނެއެއްޗެއް ނެއިންގެ ފަކުރުގަނެ، ބިރުގަނެފައެވެ. އިލްހާން އިތުރަށް ކައިރިވެފާނެހެން ހީވާތީވެ އޭނާ އަވަހަށް ތެދުވިއެވެ.

“ޝުކުރިއްޔާ ސާރް.. ދެން އަޅުގަނޑު ގޮސްލަނީ..” ހިރާ އެހެންބުނެ ނިކުތެވެ. ނުކުމެ އޭނާ ފާރުގައި ލެގިލިއެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެނީއެވެ. އިލްހާން ކަހަލަ މަތީމަގާމެއްގައި ހުރި މީހަކު އެފަދަ ގޮތަކަށް އަންހެން ކުދިންގަޔަށް އަތްލާކަށް ލަދެއްވެސް ނެތީހެއްޔެވެ.

އޭނާ ހަމައަކަށް އެޅިލައިފައި ދިޔައީ ސިޑިއާއި ދިމާއަށެވެ. އޭނާ ސިޑިން އަރަމުން ދަނިކޮށް މީހެއްގައިގައި ޖެހިއްޖެވެ. ކަމަކު ދާކަށް ނެތެވެ. އެމީހާގަޔަށް ކޮފީތަށި އެޅިއްޖެވެ. ހިރާއަށް އަގަމަތީ އަތް އަޅާލެވުނެވެ.

“ސޮރީ ސޮރީ ވަރަށް ބޮޑަށް ސޮރީ..” ހިރާ އަވަސްއަހަށް ބުނެލިއެވެ.

“އިޓްސް އޯކޭ..” އެހެން ބުނެލީރު އޭނާގެ މޫނުމަތިން ކިތައްމެހާވެސް ނުރުހުމުގެ އަސަރު ފެންނަން ހުއްޓެވެ. ހިރާ އަނެއްކާ ވެސް ސޮރީއޭ ބުނެފައި އަވަހަށް އަރައިގެން ގޮށްސިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Bloom

Level 110 Stories

Other Articles

Previous

މާޒީގެ ހިތިހަދާންތައް …4

Next

އަބަދުވޭ ހިތުގާ މަގޭ ޓްރޭލާރް

Next
September 5, 2025

އަބަދުވޭ ހިތުގާ މަގޭ ޓްރޭލާރް

Previews
September 5, 2025

މާޒީގެ ހިތިހަދާންތައް …4

3 Comments!

  1. shynyx inax shynyx inax says:
    September 5, 2025 at 4:31 pm

    mi part vx v reethi !

  2. Oreo gurll says:
    September 5, 2025 at 7:48 pm

    Oooh, Hiraa is finally in charecter dhw? Ekam Ilhaan.!!! I didn’t expect him to be that hayaai kuda.. He’s varah mathee maqaamehga huri firihenekey… ladheh hayaatheh nethigen e ulhenee. and, ran’galhah viyyaa Hiraa is gonna tell that to Ivaan some day. Eyna aa ehkoh work kuraanee Ivaan ehnu.. dhn.. I think Hiraa gos e jehunee Ivaan gaiga kanneynge..
    Aaaaahh… I’m already imagining their love story.
    Varah reethi mi episode ves, Ma’Sha’Allah <3
    When's next episode?

  3. Silent Anoymous says:
    September 6, 2025 at 8:36 am

    OMG
    Who did she bump into
    When’s next?

Comments are closed.

Next Episodeލޭގެ ބަދަލް-8←


All Right Reserved!