ހިތުގެ ރިހުން (22)
މަންސޫރުގެ މޫނު މަތިން ފެންނަމުން ދިޔައީ ނުރުހުމުގެ އަސަރުތަކެވެ. މަނާލްގެ އަތުގައި ހިފާ ބާރުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.
“އަހަންނަށް މިއަޑު އިވުނީ ރަގަޅަށްތަ؟” މަންސޫރު މަނާލްގެ ދެލޮލަށް ބަލަހައްޓައިން ހުރެ ބުނެލިއެވެ. މަނާލް އިސްދަށަށް ޖަހައިލިއެވެ. އަނެއްކާވެސް މަންސޫރު ތަކުރާރު ކޮށްލިއެވެ. މިފަހަރު މަނާލް އަށް ރޮވެން ފެށުނެވެ. އޭނާ އެންމެ ލޯބިވާ އިންސާނާ އޭނާއަށް ގެއްލެން އުޅޭކަހަލަ އިހުސާސް ތަކެއް ކުރެވެން ފެށުނެވެ. ނަމަވެސް ދެން އެއްވެސް ކަމެއް އިތުރަށް ސިއްރު ނުކުރެވޭނެ ކަން ހުދު އޭނާއަށްވެސް އިނގެއެވެ.
ޔާސިން ހުރީ މިންހާގެ ހަގީގަތް އިންތިހާއަށް އިނގެން ބޭނުން ވެފައެވެ. އޭނާގެ މުޅި ދިރިއުޅުން އެފުއްމިފުށަށް ޖެހުނީ ހުދު މިންހާއާ ހެދިއެވެ. މަނާލް އިސް އުފުލާލާ މީގެ 23 އަހަރު ކުރިން އޭނާ ކުރި ހުރިހާ ކަމެއް އަކުރުން އަކުރަށް މަންސޫރަށް ކިޔާދެން ފެށިއެވެ.
*****
23 އަހަރު ކުރި
މަނާލް އަކީ މިންނު ހޮޓެލްސްގައި އޭރު މަސައްކަތް ކުރަމުން ދިޔަ ރިސެޕްޝަނިސްޓެކެވެ. މަންސޫރު ދޭތެރެ ދޭތެރެއިން އޭނާގެ އަންހެނުން ފަރީޝާ އަދި 5 އަހަރުގެ އަންހެން ދަރިފުޅު މިންހާ އާ އެއްކޮށް އެ ހޮޓެލްގައި ޗުއްޓީ ހޭދަކޮށްލަން މަޑުކޮށްލައެވެ. އާދެ މަންސޫރުގެ އުފަން ދަރިއަށް ވެސް ކިޔަނީ މިންހާ އެވެ. އޭރުއް ސުރެ މަނާލް ގެ ހިތް ވަނީ މަންސޫރަށް ދެވިފައެވެ.
މަންސޫރާ ވާހަކަ ދެއްކޭތޯ އެތައް މަސައްކަތެއް މަނާލް ކުރިއެވެ. ނަމަވެސް މަންސޫރަކީ އޭނާގެ އަނބިމީހާ އާ ހެދި މޮޔަވެފަ ހުންނަ މީހެކެވެ. މަނާލް ބޭނުން ވީ ކޮންމެ ގޮތެއް ހަދާފައިވެސް މަންސޫރުގެ ހިތް އޭނާއަށް ލެންބުމަށެވެ. އެހިސާބުން މަނާލްގެ މަސައްކަތް ފެށުނީ އެކަމަށެވެ.
މަންސޫރުމެން ޗުއްޓީއަކަށް އައި ފަހަރެއްގައި މަނާލް މިންހާ ހައްދާލައިން ގެންގޮސް ލީ ޖެނެޓާރ ރޫމް ތެރެއަށެވެ. އެދުވަސް ވެގެން ދިޔައި މަންސޫރާ ފަރީޝާ ދެމަފިރިންނަށް މުޅި ދުނިޔެ ގެއްލުނު ދުވަހަކަށެވެ. މަނާލްގެ ހުޝިޔާރު ކަމުން މިންހާ އަށް ނިންދަވާ ބޭސް ދިނުމަށް ފަހު މިންހާ ގޮވައިން ދިޔައީ އޭނާގެ ދޮންތަ މެން ގެޔަށެވެ. އޭރު މިންހާގެ ދޮންތަ ވެސް އޭނާގެ ދަރިފުޅު ނިޔާވެގެން ދިޔައީ ބޮޑު ބައްޔެއްގައެވެ. އެކަމުން އަރައި ގަންނަން އުދަގޫވެފައި ވަނިކޮށް މަނާލް މިންހާ ގޮސް ދިނީ މަނާލް ދޮންތައަށެވެ. ދެތިން ހަފްތާއިން ބަލާ އަންނާނެ ކަމަށް ބުނެއެވެ. މަނާލްގެ ދޮންތަ އެތައް ސުވާލެއް އެކުއްޖާޔާ ބެހޭގޮތުން ކުރިއެވެ. ނަމަވެސް ދަރިއަކަށް ފެންބޮވައިގަނެފައި ވުމުން އިތުރަށް އެކަމަށް އަޅާ ނުލާ މިންހާ ބަލަން ފެށީއެވެ.
މަނާލްގެ ރޭވުންތައް ދިޔައީ ހަމަ އޭނާ އެންމެ ބޭނުންވި ގޮތަށެވެ. މަންސޫރަކީ މީހުން ކިޔާފާނެ އެއްޗަކަށް ވަރަށް ބަލާ މީހެކެވެ. އުފަން ދަރި ގެއްލިގެން ދިޔަ އިރު މުޅި މަލޭގައިވެސް ކީއްކުރަން އެ ހޮޓެލްގައިވެސް އެކަން އިގުނު މީހެއް ނެތެވެ. ފަރީޝާ މޮޔަވީ އެކަމުގެ ސަބަބުންނެވެ. ދަޑިވަޅުގެ ބޭނުން ހިފުމަށްފަހު މަނާލް މަންސޫރާ އަލަށްވެސް ވާހަކަ ދެއްކީ އެދުވަހު އެވެ.
“އަޅުގަނޑު ދެކުނިން ބޮސް ދަރިފުޅު ބޭރަށް ނިކުމެގެން ދިޔަތަން.. ބޮސް އެވާހަކަ ނުދެއްކިޔަސް އަޅުގަނޑަށް އިނގޭ ހިގައިން އުޅޭ ހުރިހާ ކަމެއް.” މަނާލް ވާހަކަ ދެއްކީ ހޮޓެލްގެ ލައުންޖުގައި އިން މަންސޫރާ އެވެ. މަންސޫރަށްވެސް މަނާލް ދެއްކި ވާހަކަ ގަބޫލް ކުރެވުނީ އެއީ އޭނާ އަކީ ރިސެޕްޝަނިސްޓަކަށްވެފައި ހޮޓަލަށް ވަންނަހާ ބަޔަކާ ނިކުންނަހާ ބައެއް އެންމެ ރީތިކޮށް ފެންނާނީ އޭނާއަށް ކަމަށް ވާތީއެވެ.
މަނާލް ކުއްޖަކު ނަގައިން ބެލުމުގެ ހިޔާލު މަންސޫރަށް ދިނީ އޭރެވެ. މަންސޫރުވެސް ހުންނަނީ ފަރީޝާ އުޅޭ ގޮތުން ހަދާނެގޮތް ހުސްވެފައެވެ. ފަރީޝާ ފަހަރަކު ކުއްޖެއް ލިބިއްޖެ ނަމަ ރަގަޅުވެދާނެއޭ ހިތާ އެގޮތް މަންސޫރު ނިންމިއެވެ.
“އަހަރެން ބޭނުމެއް ނުން އެއްވެސް މީހަކަށް އިނގެން އަހަރެން ކުއްޖެއް އެޑޮޕްޓް ކުރި ކަމެއް..” މަންސޫރު ބުނެލިއެވެ. މަންސޫރުގެ ވިސްނުން ހުރީ ކުއްޖަކު ނަގައިން އޭނާގެ ދަރިފުޅުގެ ދިރިއުޅުން ގެންގުޅުވާށެވެ.
“އަޅުގަނޑު ތިކަން ކޮށްދީފާނަން.. އެކަމް ޖެހޭނީ އަޅުގަނޑަކީ މަންމަ ގޮތުގަ ޖަހާފަ އެކުއްޖާ ނަގަން..” މަނާލް ފުރުސަތުގެ ބޭނުން ވަރަށް ރަގަޅަށް ހިފިއެވެ. މަންސޫރު މިކަމަށް އެއްބަސްވީ ހީނުކުރާހާ އަވަހަށެވެ.
ދެތިން ދުވަސް ފަސް.
މަނާލް މިންނު ހޮޓެލްސްގެ ލޮބީގައި ކުޑަ އަންހެން ކުއްޖެއް އަތުގައި ހިފާލައިން އިނެވެ.
“ދަރިފުޅާ ނޫރާ.. މަންމި އޮފީސް ކަމެއްގަ 2 މަންތްސް ތާކަށް ދާން ޖެހިގެން ދަރިފުޅު މަންމި ފްރެންޑެއް ގޭގަ ބަހައްޓަން ޖެހެނީ… ބަސް އަހައިން ދައްތަ އާ ބޭބެ ބުނާ ގޮތް ހަދައްޗޭ.. އެއީ ދަރިފުޅުގެ މަންމަ އަދި ބައްޕަ ކަހަލަ މީހުން… ބޭބެ އައިމަ މަންމި ނުކިއްޗޭ އިނގޭ..” މަނާލް ވާހަކަ ދެއްކީ އޭނާގެ އުފަންދަރި ނޫރާއާ އެވެ. ނޫރާ އަކީ އޭނާ ނަހަލާލަށް ލިބުނު ކުއްޖެކެވެ. އެކަމެއް އޭނާގެ އައިލާ މީހަކަށްވެސް ނޭގެއެވެ. އެކުއްޖާ އޭނާ ބެލީ ވަރަށް ފޮރުވައިންނެވެ. މަންސޫރު ވަދެގެން އަންނަތަން ފެނުމުން މަނާލް ކޮޅަށް ތެދުވެލިއެވެ. އަދި ނޫރާ ގާތު ތެދުވަން ބުނެލިއެވެ.
“މީ އެ ކުއްޖާ.. މިހިރީ އެޑަޕްޝަން ޑޮކިއުމަންޓްތައް”” ސިޓީއުރައެއް ދިއްކޮށްލަމުން މަނާލް ބުނެލިއެވެ. މަނާލަށް މަންސޫރު އެ ބަލަންވެސް ބޭނުން ނުވާނެކަން އެގެއެވެ.
“ތި ބަހައްޓާ މަނާލް އަތުގަ.. އަހަރެން ތި ބޭނުން ވީމަ ބުނެލާނަން..” މަނާލް އެއްމިންޔަކުން ހީލިއެވެ. އޭނާގެ ހުރިހާ ރޭވުމެއް އަދި މިދަނީ ވަރަށް ފުރިހަމަކޮށެވެ. މަންސޫރު ކުޑަކުޑަ ނޫރާ އުރާލިއެވެ. އަދި ދާން ހިގައިގަންނަން އުޅުމުން ނޫރާ ރޯން ފެށިއެވެ. މަނާލް ގޮސް ނޫރާ އުރާލުމުން އޭނާގެ ރުއިން ހުއްޓުނެވެ.
“ވަރަށް ހާލުގަ އުޅުން ކުއްޖެއްމީ.. އަޅުގަނޑު ވަރަށް ކުރިއްސުރެ މިކުއްޖާއަށް ހަރަދު ކުރަން.. އެހެންވެ އަޅުގަނޑާ އެހާ ގަޔާވަނީ…” މަނާލް ދޮގު ހަދާލިއެވެ.
މަނާލްގެ އެތައް ވާހަކަ އެއް ދައްކައިން އެދުވަހު މަންސޫރު ގެޔަށް ދިޔައި ނޫރާ ގޮވައިންނެވެ. އަދި އޭނާގެ އަންހެނުން ފަރީޝާއަށް ނޫރާ ދެއްކުމަށްފަހު އެއީ މިންހާ ކަމުގައި ބުނެލިއެވެ. ފަރީޝާ ފުރަތަމަ ދެތިން ދުވަހު އުޅުނީ ވަރަށް ލޯބިންނެވެ. ނަމަވެސް ދުވަސްކޮޅެއްފަހުން ފަރީޝާ ފެށީ މިންހާއަށް އަނިޔާކުރަންށެވެ. ތިމަންނަ ދަރިއެއް ނޫނޭކިޔާ އެތައް އަނިޔާއެއް މިންހާއަށް ދޭން ފެށިއެވެ. އެކަމުގެ ސަބަބުން މިންހާގެ އުޅުމަށް ބަދަލްއައިސް އަވަސް އަވަހަށް ރުޅިގަދަވާން ފެށިއެވެ. އަމިއްލަ ނަފްސަށް އަނިޔާ ކޮށް ހަޅޭއްލަވާ ކޮންޓްރޯލް ނުވާ ހިސާބަށް ދިޔައެވެ. މަންސޫރު އެހީއަށް އެދުނީ މަނާލް ގާތުއެވެ. މަނާލް ހުރީ މި ފުރުސަތައް ބަލަ ބަލަ އެވެ. ވަގުތުން އެކަމަށް އާ އެކޭ ބުންޏެވެ. އެގެޔަށް މަނާލް އަލަށް ދިޔަ ދުވަހު މިންހާ އައިސް މަނާލް ގައިގާ ބައްދާލި ގޮތައް ދުލެއް ނުކުރެއެވެ. އެ ކުޑަކުއްޖާ ހުރީ މަންމަ އިންތިހާއަށް ބޭނުން ވެފައެވެ.
މަންސޫރު މަނާލްއާ ދެއަތްބަށް އިންނަން ނިންމީ މިންހާއަށްޓަކައެވެ. މަނާލް އާ އިދެގެން އެގެޔަށް މަނާލް އައި ފަހުން ފަރީޝާގެ ބަލި ހާލަތު ދިޔައީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. މަނާލް އާ އިންތާ ބަރާބަރު 3 މަސް ނުވަނީސް ފަރީޝާ މިދުނިޔެ ދޫކޮށް ދިޔައެވެ.
*****
މިހާރު
“ފަރީ އަށް ކަލޭ އެއްވެސް ކަމެއް ކުރިން؟” މަންސޫރަކަށް މިހާރު މަނާލްއާ ދޭތެރޭ އެއްވެސް އިތުބާރެއް ނެތެވެ.
“ނުން މަންސޫރު އަހަރެންގެ ކިތަންމެ ގޯސް ކަމެއް ހުއްޓަސް އަހަންނަކީ މީހުންނަށް އަނިޔާކޮށް ހަދާ މީހެއް ނުން..” މަނާލް ބުނެލިއެވެ.
“ކޮބާ މަނާލްގެ ތި ދޮންތައެއް… ކޮބާ އަހަރެންގެ ދަރިފުޅު މިންހާ…” މަންސޫރުގެ އަޑު ބެދޭގޮތްވިއެވެ.
“މަންމާ… މަންމަގެ ދޮންތައަށް ކިޔަނީ އައިޝާ ކިޔާމީހަކަށްތަ؟” ޔާސިން މިހެން ބުނެލީ ނޫރާ އަކީ އޭނާ އުފަން ދަރިއަށް ކިޔަ ނަމޭ ބުނުމުން ޝައްކުތަކެއް އުޅޭތީއެވެ. އަދި މިންހާ އެތައް ދުވަހަކު އޭނާ ގާތު ނޫރާ ދުވަސް ދުއްވާލަން ބޭނުމޭވެސް ބުނެފައި ވެއެވެ.
“ޔާސިން އަށް ކިހިނެއް އިނގުނީ” މަނާލް އަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. މަންސޫރު ޔާސިންއާ ދިމަލަށް އެބުރުނެވެ.
“ޔާސިންއަށްވެސް މިހުރިހާ ކަމެއް އިނގޭތަ… ކޮބާ އަހަރެން ދަރިފުޅު” ޔާސިންގެ ގިރުވާނުގައި ހިފާ ބާރު ކޮށްލަމުން މަންސޫރު ބުނެލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Mihaaru mi vee gotheh ves neyngey!!
Srsly.. ok let me conclude this.
Mansooru and Fareeshaa ge aslu dharifulhakee Minha, Manaal e kujja gengos lee eyna dhntha kairi ah, which is Aisha. So eyge maana akee, mihaaru Aishaa gaathu huri Nooraa akee aslu Mansooru ge dhari Minha.
Dhn Manaal ge aslu dharifulhu Nooraa mihaaru Mansooru men gaathu e huree, Minha ge gothuga. So aslu Mansooru ge first anbi, Fareeshaa ge dharifulhu mihaaru ge Nooraa akee. And Minha akee aslu Manaal ge Nooraa. Stepmother eh ge gothuga Mansooru ah heevefa othas, eii aslu hama aslu Noora (aka Minha) ge mamma.
Ohhh gosh! What a plot twist! Varah salhi ingey.. hama habeys..
So unexpected.
Dhen mihaaru neyngenee, Noora (aka Minha) ge aslu bappa, since eii nahalaalu kujjeh..
And, Aisha akee Manaal ge dhontha. But Aisha ge kujjaa vx maru vee. So that means, aslu Fareeshaa ge kujjaa e huree Aisha gaathu, Manaal ge kujjaa e huree hama eyna gaathu, ekamu ehen namehge mathee. Aisha ge kujjaa dhuniyeyga nei.
Ughh im still confused..
So excited for the next part.
This is so far the best episode in this whole story!!
When next episode??
v reethi ..
keep it up!!!