
އަބަދުވޭ ހިތުގާ މަގޭ 5

“ނިޔާ… ޕްލީޒް.. ޝިވް ނަގައިދީބަ.. ވަރަށް… ތަދުވޭ އެބަ…” ޝިވާއަށް ކެތް ނުވެގެން އެންމެ ފަހުން އަޑުން އަޑު ނަގާ ރޯން ފެށިއެވެ. އެއަޑަށް ޔަލީޝާ އައިސް ދޮރު ހުޅުވާލިއެވެ.
(5 ވަނަ ބައި)
“ކިހިނެތް ތަ މިވަނީ؟” ޔަލީޝާ އަހާލިއެވެ. “މަންމާ. ޝިވާ މަށަށް ކާން ނުދޭން ގަދަ ހަދަނީ” ނިޔާލް ކުޑަ ކުއްޖެއްހެން ޝަކުވާ ކޮއްލިއެވެ. “ތެދެއް؟ ހުރި ލަދު ހަޔާތް ކުޑަކަން ބަލާބަލަ! ކަލޭ ތިކާކު މަގޭ ދަރި ހައިބަނޑަށް ބަހައްޓަން؟” ޔަލީޝާ ގޮސް ޝިވާގެ ކަންކަށި މަތީގައި ޖެހިއެވެ. ޔަލީޝާ ޖެހިލެއް ބާރު ކަމުން ޝިވާގެ މުޅި ހަށިގަނޑަށް އޭގެ އަސަރު ކޮއްލިއެވެ.
“ހިނގާ ދަރިފުޅާ” ޝިވާއާއި ދިމާލަށް ކަޅި އަޅާލާފައި ޔަލީޝާ ނިޔާލް ގޮވައިގެން ނިކުތެވެ.
ރޮމުން ދިޔަ ޝިވާ ފާހާނާއަށް ވަނީ ފިރުކެމުން ކަހަލަ ގޮތަކަށެވެ. މޫނު ދޮންނަ ތަށީގެ އެހީގައި ޝިވާ ކޮޅަށް ތެދުވެ އަމިއްލަ މޫނަށް ބަލައިލިއެވެ. “އައިމް ސޮރީ ނާލް…”
ނިދިފައި އޮތް ނިކާލަށް ހޭލެވުނީ ނޭވާ ހާސް ވެގެންނެވެ. މޭގައި އަތް އަޅައިގެން ފުންނޭވާ ތަކެއްލާތާ މިހާރު 30 ވަރަކަށް މިނިޓް ވެދާނެއެވެ. ނޭވާ ނުލެވިގެން އެފަކީރު ތެޅި ފޮޅޭތަން ބަލާނެ އެކަކުވެސް ނެތެވެ. ނިކާލަކީ އެކަނި ވެރިއެކެވެ.…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.