Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

މާސްކު (ޕާޓް 5)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
August 17, 2025 4 Mins Read
2 Comments

’ކިހިނެއްވީ؟‘ އަހަރެންގެ މޫނަށް ގެނެވުނު އެ ކުޑަ ހަރަކާތްވެސް އާރިންގެ ލޮލުގައި އަޅައިގަތެވެ.އެއްޗެކޭ ބުނުމުގެ ބަދަލުގައި އަހަރެން ކަމެއް ނޫނޭ ބުނާ ކަހަލަ ގޮތަކަށް ބޯ ހޫރައިލީމެވެ.ނަސީބަކުން އާރިންވެސް މާ ބޮޑު ކަމަކަށް ނުހަދާ ކިރު ތަށްޓެއް އަޅާފައި އަހަންނަށް ދިއްކޮށްލިއެވެ.ކިރު ތަށި ފެނިފައިވެސް އަހަރެން މޭ ބޮޑު ކުރަން ފެށިއެވެ.

****

ކިރު ތަށި ހަމަ ބޮއެ ހުސްކޮށްލެވުނު ތަނަކާއިހެން އަހަރެން އޯކަށް ދެމިގަތެވެ.ތެދުވެގެން ދުވެފައި ފާޚާނާާއާއި ދިމާލަށް ދުއްވައި ގަތުމުން ކަންބޮޑުވެފައި އަހަންނަށް ގޮވަމުން އާރިންވެސް އަހަރެންގެ ފަހަތުން އައެވެ.

****

ފާޚާނާ ތަށްޓާއި ދިމާލަށް ހަމަ ބޯ އަރިކޮށް ލެވުނުތަނާއިހެން އަހަންނަށް ހޮޑުލެވުނެވެ.އާރިން އައި ގޮތަށް އަހަރެންގެ ކޮނޑުގައި އެއް އަތް ވަށާލައި، އަނެއް އަތުން އަހަރެންގެ ނިތުގައި ހިފެހެއްޓިއެވެ.

****

އަހަންނަށް ހިންދެމިލެވުނީ ހޮޑު ލައި ލައި އެކަށް ބަނޑު ހުސްވުމުންނެވެ.އޭރު ވަރުބަލިވެގެން ގޮސް އަހަންނަށް މައި ނޭވާ ލެވެއެވެ.އާރިން މަޑުކޮށްލާށޭ ބުނެފައި ނުކުމެ، ދެން އައީ އަހަންނަށް ފެން ތަށްޓެއް ހިފައިގެންނެވެ.އަހަރެން ތަށީގައި ތުން ޖެހި ގޮތަށް އެއް ނޭވާއިން ’ގުން ގުން‘ ކިޔާފައި ފެން ތަށި އެކަށް ހުސްކޮށްލުމުން އާރިން ޗޮކެއް ކަނޑައިލިއެވެ.

****

’ކިހިނެއްވީ؟މިލްކު ބުއީމަތަ؟‘ އާރިން ކަންބޮޑުވެފައި ސުވާލުކޮށްލިއެވެ.އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލީމެވެ.

’ލޯބި އަޅެ ބުނިނަމަ މިލްކު ބުއީމަ ހޮޑުލެވޭ ވާހަކަ…‘ އާރިން ދެރަވެލާފައި ބުނެލިއެވެ.

’އޯކޭވާނެ..އެވަރު ކަމެއް ނޫނެއްނު…ސުންނަތްވެސް އަދާކުރެވުނީއެއްނު…‘ އަހަރެން މައި ނޭވާ ލެވިފައި ހުރެ ހިނިތުންވެލަމުން ބުނެލީމެވެ.އާރިން އެހާ ލޯބިން ވާހަކަ ދައްކާތީ އަހަރެން ލަދުވެސްގަތެވެ.

****

’ކިހިނެއް އޯކޭވާނީ…؟ހޮޑު ލެވެންޏާ ނުބުޔަސް ހަމަ އޯކޭވީހޭ…މިހޫ އަޅެ ބުނެލިނަމަ އަހަރެން ކައިރީ…ޔޫ ލުކް ސޯ ޓަޔަރޑް ނައު… ބަނޑުވެސް ހައިވެފައި މިހާރު ހުންނާނީ…ހިނގާ އިހަށް މޭ ހެޔޮވާ ކަހަލަ އެއްޗެއް ބޯލަން… މޭ ނުބައި ކުރަންޏާ ލުނބޯ ހުތު ފަނި ވަރެއް ނޯންނާނެ. މިހޫ އަރާމުކޮށްލާ…. އަހަރެން މި އަންނަނީ ފަނި ތަށްޓެއް ރެޑީކޮށްލައިގެން…‘ އާރިން ނިކަން ލޯބިން އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.އޭނާ އަހަރެން ދެކެ ވާ ލޯބި ފެނިފައި އަހަންނަށް އިނދެވުނީ އާޝޯޚުވެފައި އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ.އަހަރެން މިހާ ނަސީބު ގަދަވީ ކޮން އިރަކުބާއޭ ހިތަށް އެރިއެވެ.

****

’އައްދެ އަދި މި އޮތީ ދޯ މިތަންވެސް އޮތް ގޮތް…މިހޫ ގިވް މީ ފައިވް މިނެޓްސް އިނގޭ…‘ އާރިން އެހެން ބުނެލާފައި އެނދުގެ ހަތަރު ފަރާތު ކަނުން ބެޑްޝީޓް ނަައްޓުވާލާފައި ފިނިފެންމާ ފިޔަތައް މުށިގަނޑު މައްޗަށް ނޭޅޭނެހެން ބޮނޑިކޮށްލިއެވެ.ދެން އޭނާ އެ ހިފައިގެން ގޮސްފައި އައީ ވާރޑްރޯބްއިން އާ ބެޑް ޝީޓަކާއި ޑުވޭއެއް ހިފައިގެންނެވެ.ފަރިތަކަމާއިއެކު ހަަތަރު ކަނުން ބެޑްޝީޓް ގޮދަޑިއަށް ހެޔޮވަރުކޮށްލާފައި ޑުވޭ ރީތިކޮށް އެނދުމަތީގައި ފަތުރާލިއެވެ.އެއަށްފަހު އުއްބައްތިތަކަށް ފުމެލައި އެ ނިއްވާލާފައި އެ ހުރިހާ އެއްޗެއް ނަގައިގެން ގޮސް އެ ހުރި ތާކަށް އެ ލައި ރައްކާކޮށްފައި އައިސް އަހަރެން ގާތުގައި އޮށޯންނާށޭ ބުނާ ކަހަލަ ގޮތަކަށް ބޮލުން އިޝާރާތްކޮށްލިއެވެ.

****

އަހަރެން ޖައްސައިލިތާ ދިހަ ވަރަކަށް މިނެޓް ފަހުން ކޮޓަރީގެ ދޮރު ހުޅުވައިލި އަޑު އިވިފައި އަހަރެން  ސިހުނެވެ.ނިދާ ބޮކީގެ ފަނޑު އަލީގެ ތެރެއިން  ފަނި ތަށި ހިފައިގެން ކޮޓަރިއަށް ވަތް އާރިން ފެނިފައި އަހަރެން ކުއްލިއަކަށް ހާސްވިއެވެ.އޭރު އަހަރެން އޮތީ ބުރުގާވެސް ނަގައިގެންނެވެ.އަހަރެން ފުންމައިގެން ތެދުވެ އެނދުގެ ފަޑީގައި ލައްވި ގޮތަށް ބުރުގާ ކޮބައިތޯ ހޯދާލީމެވެ.އެހެނަސް ނަސީބު ދިމާކުރިގޮތުން  ބުރުގާ ހުރީ އެއްޗެހި އަޅުވަން ޚާއްސަކޮށްފައި ހުރި ކުޑަ ސްޓޭންޑްގައި އަޅުވާލެވިފައެވެ. އާރިންގެ ކުރިމަތިން ހުރަސްކޮށްފައި ނޫނީ އަހަންނަކަށް ބުރުގާ ބަލައެއް ނުދެވޭނެއެވެ. އެހެންނޫނަސް އަހަރެން އާރިންއަށް ފޮރުވެންވީ ކީއްވެ ހެއްޔެވެ؟ މިހާރު އެއީ އަހަރެންގެ ހަލާލު ފިރިމީހާއެވެ.

****

އެ ޚިޔާލުން އަހަންނަށް ނުކުމެވުނީ އާރިން ހުދު ބޮކި ޖައްސައިލުމުންނެވެ.އެވަގުތު އަހަންނަށް ހަރަކާތް ކޮށްލެވުނު ގޮތަކުން ހައްޔަރުން ނެއްޓިގެން އަހަރެންގެ ދިގު އިސްތަށިގަނޑު އެކަށް ރޫޅި ދެފަރާތަށް ސޮހިގެންފިއެވެ.އިސްތަށިގަނޑު ފަންކަމުން ހުޅިގަނޑު އެއްގޮތަކަށްވެސް ހަރުލައި ނުހުންނަނީއެވެ.

****

’މިހްރާ…‘ އާރިން ހުރީ އަހަރެން ފެނިފައި ހުއްޓުން އަރައިފައެވެ.އަހަންނަށް އިނދެވުނީވެސް ދެލޯ ބޮޑުކޮށްލައިގެންނެވެ.މޭގަނޑުވެސް ބާރު ބާރަށް ނެގި ނެގިފައި ޖެހެއެވެ.

****

އާރިންއަށް އަހަރެން ބުރުގާ ނަގައިގެން ހުއްޓާ އެ ފެނުނީ އަލަށެވެ.ކަޅިވެސް ޖަހާނުލައި އާރިން ބަލަހައްޓައިގެން ހުރި ގޮތުން ރަކިވެގެން އަހަރެން ބާލީހެއް ނަގައި މޫނުމަތީގައި އެޅީމެވެ.ދެވަނަ ސިކުންތު  މުޅި ކޮޓަރީގެ ހަމަ ހިމޭންކަން ނަގާލީ އާރިންގެ ލުއި ލުއި ހުނުމުގެ އަޑުންނެވެ.

****

’އަޅެ ތިހާ ލަދު ނުގަނެބަލަ ދޫންޏާ…ތީ މިހާރު މަގޭ ލޯބި ލޯބި ވައިފީއޭ…‘ އާރިން އައިސް ހެޑް ބޯޑު މަތީގައި ފަނި ތަށި ބަހައްޓާފައި، މަޑު މަޑުން އަހަރެން މޫނުގައި އަޅައިގެން ހުރި ބާލީހުގައި ހިފައި، ތިރިކޮށްލަމުން ބުނެލިއެވެ.

****

އެހާ ކައިރިން އާރިންގެ މޫނު ފެނުމުން އަދި ވަކިން ބޮޑަށް އަހަރެން ފިނިވިއެވެ.ލައި ލައި ހުރި ނޭވާވެސް މަޑު ޖައްސައިލެވުނެވެ.އޭރު އާރިންގެ ދެލޮލުން ފާޅުވޭވޭ ހުރި މަސްތީ އަސަރުތައް އަހަންނަކަށް ސިއްރެއް ނުވިއެވެ.އޭނާގެ ތޫނު ނަޒަރު އެއްފަހަރު އަހަރެންގެ ދެލޮލަށް އަނެއް ފަހަރު އަހަރެންގެ ތުންފަތަށް ދަތުރުކޮށްލިތަން ފެނިފައި އަހަންނަށް ހިންދިރުވައިލެވުނެވެ.

****

’ޔޫއަރ ގޯޖަސް! ޔޫ ނޯ ދެޓް ރައިޓް؟‘ އަހަރެންގެ އިސްތަށިގަނޑުގައި ފިރުމައިލަމުން އާރިން ބުނެލިއެވެ. އަހަރެން އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.އާރިންގެ އެ އަމަލުތަކުގެ ސަބަބުން އަހަންނަށް ވަމުންދާ ގޮތް އޭނާއަށް ރޭކައިލާބާވައޭ އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ.

****

’ކޮބާ ދެން އަވަހަށް ފަނި ތަށި ހުސްކޮށްލާ.‘ އާރިން  ކުއްލިއަކަށް އަހަންނާއި ދުރަށް ޖެހިލާފައި އޭނާގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލުމުން އަހަންނަކަށް އެގޮތެއް ކަމަކު ނުދިޔައެވެ. އަހަރެންގެ ހިތަށް އެކަމުން ލިބުނީ ނުތަނަވަސްކަމެވެ.އާރިންގެ ސަމާލުކަން އަހަރެންް ބޭނުންވިއެވެ.އެ ގާތްކަމަށް ޚުދު އަހަރެންގެ ޖިސްމުވެސް އެދި ގޮވަމުން ދިޔަ ކަހަލައެވެ.

****

އާރިން ދިން ފަނި ތަށީގައި ހިފައި، އަހަރެން މަޑު މަޑުން ފަހަރަކު އެތިފޮދެއް ބޮމުން ގޮސް ފަނި ތަށި އެއްކޮށް ހުސްކޮށްލި އިރުވެސް އާރިން ހުރީ ކަޅި ޖަހާނުލައި އަހަރެންގެ މޫނަށް ބަލާށެވެ.އަހަންނަށް އެހާ ބޭނުންވެފައި ހުރެމެވެސް އާރިން އެހާ ކެތްކޮށްލައިގެން ހުރިތަން ފެނި އަހަރެންގެ ކަރުހިއްކުން ވީ ހައްތަހާ އިތުރެވެ.އޭނާ އިސްވެ އަހަރެންގެ ގައިގައި ބީހި ނުލާތީ އަހަންނަށް އުނދަގޫވާން ފެށިއެވެ.އެ ބީހުންތަކަށް ހިތް އެދި ގޮވަން ފެށިއެވެ.އެހެނަސް އޭނާގެ ކުރިމަތީގައި އަހަރެން ބޭނުންވާ ގޮތް ދުލުން ހާމަކުރަން ކެރޭ ވަރަށްވުރެ އަހަރެން ފިނޑިއެވެ.

****

’މިހާރުވެސް ހޮޑުލަވާތަ؟‘ އާރިން އަހަރެންގެ މަގަތުގައި އިށީނދެލަމުން އަހައިލިއެވެ.އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލީމެވެ.ތަށި އޭނާގެ އަތަށް ދޭށޭ ބުނާފަދައަކުން އާރިން އަހަންނާއި ދިމާލަށް އަތްދިއްކޮށްލިއެވެ.އެހެނަސް އެހިސާބުން އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ.

****

އާރިންގެ އަތަށް ހުސް ތަށި ދިނުމުގެ ބަދަލުގައި އަހަރެން ކުރި ކަމަކީ ތަށި ހެޑް ބޯޑު މަތީގައި ބެހެއްޓީއެވެ.ވާނުވާ ނޭނގިފައި އާރިން ބަލަން އިންދާ ދެވަނަ ސިކުންތު އެއްލި އަތުން އަހަރެން ހިފީ އާރިން ލައިގެން ހުރި ގަމީހުގެ ގިރުވާނުގައެވެ.އާރިންއަށް ފުރަތަަމަ ސިހުން ލިބުނު ނަމަވެސް އަހަރެންގެ އެ އިސްނެގުމުގެ ސަބަބުން އޭނާގެ އަތުންވެސް އަމިއްލަ ނަފްސުގެ ކޮންޓްރޯލް ގެއްލިގެން ދިޔައީ ފަޅި ސިކުންތެއްްގެ ތެރޭގައެވެ.ޚުދު އަހަަންނަށްވެސް އެފަދަ ހިތްވަރެއް ލިބުނު ގޮތެއްވެސް ނޭނގުނެވެ.

****

’މިހްރާ…އައި ވޯނަ ޓަޗް ޔޫ…ސޯ ބޭޑްލީ‘ އަހަރެންގެ މޫނާއި މޫނު ކައިރިކޮށްލާފައި، އަހަރެންގެ ތުންފަތުގައި ބޮޑުވައި އިނގިލި ހިންގައިލަމުން އާރިން މަސްތީ އަޑަކުން ބުނެލިއެވެ.އަހަރެންވެސް އެ މަސްތުކަމުގައި ހުރެ ބޯޖަހައިލީމެވެ.ދެވަނަ ސިކުންތު އޭނާ އަހަރެންގެ ތުންފަތް ގައިދުކޮށްލުމުން އަހަންނަށްވެސް އޭނާއާއި ބައިވެރިވެވުނީ އިންތިހާއަށެވެ.

****

އެ ބޮސް ދިނުންތަކުން އިސާހިތަކު ދެ ޖިސްމުގައިވެސް ހުޅު ރޯވެއްޖެއެވެ.ހިއްސުތައް ހޭލައިފިއެވެ.އާރިންގެ ބީހުންތަކުން އަހަރެންގެ ހިތް ފުރެމުން ދިޔައިރު ،އެ ފޮނި މީރުކަމުގައި ދެ ޖިސްމު ގުޅި ލާމެހެން ނެގީ ހިނދުކޮޅެކެވެ.

****

ފޯނު ހަމަ އެލާމްވީ ތަނާއިހެން އަހަަންނަށް ހޭލެވިއްޖެއެވެ.އޭރު ފަޖުރަށްލާން އަދި ވަގުތުކޮޅެއް ހުއްޓެވެ. އަހަންނަށް ފުރަތަމަވެސް ބަލައިލެވުނީ ފުން ނިދީގައި އޮތް އާރިންއާއި ދިމާލަށެވެ.ފަނޑު އަލިކަމުގެ ތެެރޭގައިވެސް އޭނާގެ ރީތިކަން ރަސްކަން ކުރަމުން ދިޔަކަހަލައެވެ.ހާމައަށް އޮތް ބައި މަތި ފުޅާ ކަސްރަތީ ހަށިގަނޑުގައި އަހަންނަށް އަތް ހިންގައިލެވުނީ ބޭ އިޚްތިޔާރުގައެވެ.ދެވަނަ ސިކުންތު އަހަންނަށް ތުންފަތުގައި ދައިގަނެވިއްޖެއެވެ.އާރިންއާއި އެކުގައި އަހަންނަށް އުޅެވުނު ގޮތް ހިތަށް އެރުމުން ކުއްލިއަކަށް އަހަރެން ނިކަން ލަދުގަނެއްޖެއެވެ.ލޯބިވާ މީހަކާ ޖެހުނީމައި ވާގޮތަކީ އެއީ ބާއޭ ހިތަށް އެރުމުން އަހަންނަށް މޫނުމަތީގައި ދެއަތް އަޅައިލެވުނެވެ. އެހެނަސް ހައިވެފައި އޮތް ބަނޑު ކުކުރައިގަތުމުން އަހަރެންގެ ޚިޔާލުގެ ވާފަށް އިސާހިތަކު ބުރިވެއްޖެއެވެ.ރޭގައި ފަހުން އެއްޗެއް ނުކައި ހުރުމުން އަހަރެން މާ ބޮޑަށް ބަނޑުހައިވީއެވެ.އެހެންކަމުން އަހަރެން ގަސްތުކުރީ ތެދުވެ ފަތިސް ނަމާދު ކޮށްލައިގެން އަވަހަށް ކޮފީއެއް ނަމަވެސް ބޯލާށެވެ.އެހެންނޫނީ އަހަރެން ވާތާ ވެދާނެއެވެ.

****

އަހަރެން އެނދުގައި އިށީނދެ އުޅާހަށް ދެމިލާފައި ކޮޅަށް ތެދުވަނިކޮށް ކުއްލިއަކަށް އާރިން އަހަރެންގެ އަތުގައި ހިފައި ލަތްކެއް ޖަހައިފިއެެވެ.އަހަަރެން ދިޔައީ ސިއްސައިގެންނެވެ.އޭނާއަށް ހޭލެވުނު ކަމެއް އެއްގޮތަކަށްވެސް އަހަންނަކަށް ނޭނގެއެވެ.

****

’ހޭލެވުނީތަ؟!‘ އަހަަންނަށް އަހައިލެވުނެވެ.

’ހޫމް…ބޭބީ އެހާ ލޯބިން ބީހިލީމަ ދެން އަހަންނަށް  ވަކި ނިދާފައި އޮވެވޭނެތަ؟އާދެބަލަ…އައި ނީޑް ޔޫ ރައިޓް ނައު…‘އާރިންގެ ނިދި ބަރު އަޑު އިވިފައި އަހަރެންްގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ.

 

(ނުނިމޭ)

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-13

Next

ލޭ ހަދިޔާކުރުމުގެ މުހިންމުކަން: ފުރާނަ ސަލާމަތްކުރުމުގެ މަތިވެރި އަމާނާތް!

Next
August 17, 2025

ލޭ ހަދިޔާކުރުމުގެ މުހިންމުކަން: ފުރާނަ ސަލާމަތްކުރުމުގެ މަތިވެރި އަމާނާތް!

Previews
August 17, 2025

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-13

2 Comments!

  1. Nayerr says:
    August 17, 2025 at 3:10 pm

    Mi part ves vrh reethi avahah up kohdhehchey curiously waiting for the next part when’s next
    LYSM ❤️😘

    1. Lamtty Lamtty says:
      August 17, 2025 at 6:54 pm

      Thank you Nayerr ❤️
      Next part already submitted 😊

Comments are closed.

Next Episodeމާސްކު (ޕާޓް 6)←


All Right Reserved!