
މަޢާފް އެދެމުން 40

ހިތުގައި އޭރުވެސް ހިނގަމުން ދިޔަ ޚިޔާލުތައް ފާޅު ނުކޮށް އާރިޝްއާ ކުރިމަތިލާނެ ގޮތެއް ރީވާއަށް ނުވިސްނުނީއެވެ.
ދިހައެއް ޖަހަން އުޅެނިކޮށް ރީވާ ރާނިޔާއަށް ގުޅިއެވެ. އެ ދުވަހު ރިޔާންގެ އިތުރު ޓެސްޓްތަކާ އެމްއާރްއައި ހަދަން ހަމަޖެހިފައި އޮތް ވާހަކަ ރާނިޔާ ބުންޏެވެ. ލައިރާގެ ވާހަކަ ބުނަން އުޅެފައިވެސް ރީވާ ނުބުނީ އެ ދުވަހު ރާނިޔާ ހާސްވެފައި ހުންނާނެ ކަން އެނގޭތީއެވެ. އަދި ހަމަ އެ ވަގުތު ރީވާ އަމިއްލައަށް ކަމެއް ނިންމިއެވެ. ޗުއްޓީއެއް ހަމަޖެހުނުހާ އަވަހަކަށް ރާނިޔާ ގާތަށް ދުވަސްކޮޅަކަށް ދާނެ ކަމުގައި ރީވާ ބުނުމުން ރާނިޔާ އުފާވިއެވެ.
ރާނިޔާ ފޯން ކަނޑާލުމުން ރީވާ ގުޅީ ލައިރާއަށެވެ. އަދި ރީވާ ރާވާފައިވާ ގޮތް ކިޔާދިނެވެ. ރާނިޔާއަށް ލައިރާއަކީ ކާކު ކަން ބުނެނުދީ ރިޔާން ކައިރިއަށް ދާން ލައިރާ ފަސް ޖެހުނެވެ. ނަމަވެސް ރީވާ އެކަން ހަމަޖައްސާނެ ކަމަށް ބުނުމުން އެންމެ ފަހުން ލައިރާ އެއްބަސް ވިއެވެ.
ކްލިނިކްގައި ރީވާގެ ސުޕަވައިޒަރ އަދި އެ ތަނުގެ ވެރިންނަށް ރީވާގެ އާއިލާއަށް ދިމާވި ކަންތައް އެނގެއެވެ. އެހެން ކަމުން ރިޔާންގެ ޙާލަތު އިތުރަށް ކިޔާނުދިން ނަމަވެސް ރީވާ ޗުއްޓީއަށް އެދުމުން ވަރަށް ފަސޭހައިން ޗ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.