އަންޖަލް (21)
ނޯޓު: ދިމާވި ކަންތައްތަކުގެ ސަބަބުން ވާހަކަ ލިޔުމުން 5 ވަރަކަށް އަހަރު ބްރޭކެއް ނެގުމަށްފަހު އަންޖަލް މި ވާހަކަ ކިޔުންތެރިންނަށް ނިންމަ ދިނުމުގެ ގޮތުން ގެނެސްދޭނެ ވާހަކަ ދަންނަވަން. އަންޖަލް ވާހަކަ ކިޔުންތެރިން އަޅުގަނޑުގެ އަނެއް ވާހަކަ ހިތަކުން ނުފިލާނޭ ވެސް ކިޔާނެ ކަމަށް އުންމީދު ކުރަން. އަންޖަލްގެ ކުރީގެ ޕާރޓްތައް އަޅުގަދުގެ ނަމުގެ ދަށުން ފެންނަން ހުންނާނެ.
********
ޖައިޝް ދިޔަ ގޮތަށް ގޮސް އަންޖަލް ގޮވައިން އެރީ ޓެކްސީއަށެވެ. އަދި ހަމަ ޖެހިލައިން ޖޫދު އަށް ގުޅާފައި އެތަނު ހާލަތާއި ކަން ހިގާދިޔަ ގޮތް ކިޔާ ދިނެވެ. ޖޫދު ލަސްތަކެއް ނުވެ ޕޮލިހުން ގޮވައިން އެތަނަށް ދިޔައެވެ.
އަންޖަލް އަތްދަޑި މައްޗަށް ލައިގެން ގެއަށް ވަދެގެން އައި ޖައިޝް ފެނުމުން އާތިކާ ދުވެފައި އައެވެ.
“އަންޖަލް އަށް ކިހިނެއްވީ… ދަރިފުޅާ.. އަގައިން ބުނެބަލަ..” ޖައިޝް އައިސްފައި ހުރި ރުޅި ވަރަށް ރަގަޅަށް އެ މޫނުމަތިން ހާމަ ވަމުން ދިޔައެވެ. ޖައިޝް ވާހަކަ ނުދެއްކުމުން އާތިކާ ޖައިޝް ފަހަތުން ގޮސް އަންޖަލް ކޮޓަރިއަށް ވަނެވެ.
“ޕާރޓީއަކަށް ދިޔައީ.. އެތާ ތިބި މީހުން އަންޖޫ ޑްރަގް ކުރީ…” ޖައިޝް އަންޖަލް އެދުގައި ބާއްވަމުން ބުނެލިއެވެ. އަދި އާތިކާ ގާތު އެތާ މަޑު ކޮށްދިނުމަށް އެދުމަށް ފަހު ގެއިން ނިކުމެގެން ކާރަކަށް އަރައިން އެ އެޕާރޓްމެންޓަށް ގޮސް ވަނެވެ.
6 ކޮޓަރިން ޖުމްލަ 20 މީހުން މަސްތުވެގެން ވާ ހާލު ނެރުނެވެ.ދެ ޖިންސުގެ މީހުންނެވެ. ޕޮލިހުން އެ މީހުން އަތުގައި ބިޑި އެޅުވުމަށްފަހު ފޮޓޯ ނަގަން ފާރާ ދިމަލަށް އަބުރާފައި ބޭތިއްބިއެވެ.
“އަދި އެކަކު މަދު.. ކޮބާ އެ ނާހިލު.. އޭނަ އަންޖޫ އަށް ޑްރަގް ދިނީ.. އަދި އަންޖޫ ރޭޕް ކުރަން އުޅުނީ” ނާހިލް ފެންނަން ނެތުމުން ފަހަރަކު މީހެއް އަބުރާ ބަލަން ޖައިޝް ފެށިއެވެ.
“ދޮންބޭ.. ތީ ތިބި އެންމެންނަކީ.. ތިބުނާ މީހެއް ބޮއެގެން އޮތިއްޔާ ގުޑާ ނުލެވިފަ ހުންނާނީ.. މިތިބީނުން…” އެތަނުން މީހެއް ކޮއްޕާލަމުން ޖޫދު ބުނެލިއެވެ.ޖައިޝް ޕޮލިހުންނަށް އޭނާއަށް ފެނުނު މަންޒަރު ކިޔާ ދިނުމަށް ފަހު އެތަނުން ނިކުތެވެ.
އަދި ޖޫދު ގާތު އޭނާ އޮފީހަށް ލާދެން ބުންޏެވެ.
“ދޮންބޭ.. ހަމަ ޖެހި ބަލަ… މާދަންވެސް އޮފީހުގަ ތިކުރާކަމެއް ކުރެވޭނެ ދޯ…” ޖޫދު އަކަށް ޖައިޝް ރުޅިއައިސް ކެކޭކަމެއް ނޭގެއެވެ. ޖޫދުގެ ޓީޝާޓުގައި ހިފާ ޖައިޝް ބާރު ކޮއްލިއެވެ.
“ހަމަ ޖެހޭށޭ… ބަލާބަލަ އަންޖު އޮތް ހާލު… އަންޖު ބީވެ ދާކަށް އަހަރެން ނޭދެން..” ޖައިޝް ރޮވުނެވެ. އޭނާގެ މާޒީ ހަދާންވާން ފެށުމުން އަބަދުވެސް ނޭވާ އަށް އުދަގޫވެ ޕެނިކް އެޓޭކް އޭނާއަށް ޖެހެއެވެ. ބިންމައްޗަށް މަޑުމަޑުން ތިރި ވަމުން ދިޔަ ޖައިޝް ގައިގާ ޖޫދު ހިފަހައްޓާލިއެވެ. އޭނާއަށް ނުވިސްނި ދެއްކުނު ވާހަކަ އަކުން ޖައިޝް އަށް ޕެނިކް އެޓޭކްއެއް އައިކަން އިގުމުން ވަރަށް ދެރަވިއެވެ. ޖައިޝް ހަމައަކަށް އެޅެންދެން ޖައިޝްގެ ގައިގާ ބައްދާލައިން ޖޫދު އިނެވެ.
***
ޔުމްނާގެ ފަރާތުން އަންޖަލް އަށް އެދެމީހުން ދެމެދުގައި ހިނގި ކަންތައް ފަޅާއެރިކަން އެގުމުން ޖުނާން ދިޔައީ އަންޖަލް އާ ބައްދަލު ވޭތޯ ގުޅަމުންނެވެ. ގުޅާ ކޮންމެ ފަހަރަކު ފޯނު ވަނީ ނިއްވާލާފައޭ ބުނެއެވެ. ޖުނާން ލަސް ނުކޮށް އޭނާގެ ކާރަށް އަރައިން ގެޔާ ދިމާލަށް މިސްރާބު ޖެހިއެވެ.އެއް ގޮތަކަށްވެސް ހިގައިން އުޅޭ ކަމެއް ޖުނާން އަކަށް ނޭގެއެވެ. ކާރު ޕާކް ކޮށްލުމަށް ފަހު ގެޔަށް ވަދެ ސިޑިން އަރަން ޖުނާން އުޅުނު ތަނާ އަސްމާ އައިސް ޖުނާންގެ އަތުގައި ހިފާލިއެވެ.
“ދަރިފުޅު މިގަޑީ ކީއްކުރަން މައްޗަށް އަރަނީ…” އަސްމާ ކުއްލިއަކަށް އައުމުން ޖުނާން ދިޔައީ ސިއްސައިންނެވެ.
“އޮފީސް ޑޮކިއުމަންޓް ތަކެއް ނަގަން ވެގެން..” ޖުނާން ދޮގު ހަދާލިއެވެ. އަންޖަލް އާ ބައްދަލު ކުރަން އައިކަން އަސްމާ އަށް އިނގިއްޖެ ނަމަ އެ ފުރުސަތު ފަހިވިޔަކަ ނުދޭނެއެވެ. ގަޑިއަށް ބަލާލަމުން 2 ޖަހަން ގާތް ވެފައި ހުރިތަން ފެނުމުން ޖުނާން ގާތު މިރޭ އެގޭގައި ނިދަން ބުނެ އަސްމާ ގޮސްވަނީ ކޮޓަރިއަށެވެ.
ޖުނާން ތެޅި ތެޅި އޮތް ހިތަކާއެކު މައްޗަށް އެރިއެވެ. އަންޖަލް އޭނާ ފެނުމުން ކިޔާނީ ކީކޭ ކަމެއް ކުރާނީ ކީއް ކަމެއް އޭނާ އަކަށް ނޭގެއެވެ. ކޮންމެ ގޮތެއް ހަދާފަވެސް އަންޖަލް އައިސްފައި ހުރި ރުޅި މަތަ ކުރަން އޭނާ ހުރީ މިރޭ ނިންމައިންނެވެ. އަންޖަލްގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމަށްފަހު މޫނު މަތީގައި ހުރި އުދާސްތައް ފޮރުވުމަށް ހިނިތުންވެލިއެވެ. އާތިކާއައިސް ދޮރު ހުޅުވާލީ ޖައިޝް ކަމަށެވެ.
“ދަރިފުޅާ އަންޖޫ ގެންދެބަލަ ހޮސްޕިޓަލަށް އަދޮވެސް ހޭނާރާ.. މިހާރު އެއޮއް އެއް ގަޑި އިރަށްވުރެ ގިނަ އިރުވީ..” ދޮރު ހުޅުވާ ބަލާވެސް ނުލާ އާތިކާ ބުނެލިއެވެ.
“އަންޖޫއަށް ކިހިނެއްވީ މަންމާ” އާތިކާ ދުރު ކޮށްލުމަށްފަހު ކޮޓަރި ތެރެއަށް ވަދެ ގަންނަމުން ޖުނާން އެހިއެވެ.
” ދަރިފުޅާ ޖުނާން… ހާދަ ލަސް ގަޑިއެއްގަ… ކީއްކުރަން މިކޮޓަރިއަށް ތިއައީ..” އާތިކާ އަށް ޖުނާން އާ އަންޖަލްގެ ގުޅުމެއް ކުރިން އޮތްކަމެއް ނޭގެއެވެ. އަސްމާގެ އަމަލްތައް ފަހަކަށް އައިސް ހުންނަ ގޮތުން ޝައްކެއް ކުރެވުނަސް ވެގެން އުޅޭ އެއްވެސް ކަމެއް އޭނާއަކަށް ނޭގެއެވެ.
“މިއައީ އެއްޗެހިތަކެއް ބަލާ… އަންޖޫގެ ހަބަރު ބަލާލަން ވެގެން…” ޖުނާން ދޮގު ހަދާލިއެވެ. އާތިކާވެސް ޖައިޝް އަންނަންދެން މަޑުކޮށްލަ ދޭން ޖުނާން ގާތު ބުނުމަށްފަހު ނިދަން ދިޔައެވެ. އަދި ޖައިޝް އައުމުން ވެގެން އުޅޭ ގޮތެއް އަހަންވެސް ބުނެލިއެވެ.
ޖުނާން އަންޖަލްގެ އެދުކައިރި އިށީދެލައިން އަންޖަލްގެ އަތުގައި ހިފައިން އިނެވެ. މި ފަޑު އަލިތެރޭވެސް އަންޖަލްގެ ރީތިކަން އެހާ ފުރިހަމަ އެވެ. ބޭ އިޙްތިޔާރުގައި އަންޖަލްގެ ތުންފަތާ މަޑު މަޑުން ޖުނާން ގާތްވެލިއެވެ. ކުއްލިއަކަށް ގިރުވާނުގައި ހިފާ ޖައިޝް އައިސް އޭނާ ތެދު ކުރުވިއެވެ.
“ޖުނާން ކީއްކުރަން މިތަނަށް އައިސް ވަދެ ތިއޮތީ.. އަދިވެސް އަންޖޫ އަށް ދެވުނު އަނިޔާ ތަކާ ހިތާމަ ކުޑައީތަ.. ނިކުމޭ ހަމަ މިހާރު..” ޖައިޝްގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ. ޖުނާން ކޮއްޕަންފެށުމުން ޖޫދު އައިސް ޖައިޝް ޖުނާން އާ ދުރު ކުރިއެވެ.
“ދޮންބޭ… މިވަގުތު ރުޅި އިސްކޮށްގެން ވާނެ އެއްވެސް މޮޅެއް ނޯންނާނެ… އަންޖޫ ހޭ އަރީމަ ދެން ތި ޖަހާ ސަކަރާތެއް ޖަހާ…” ޖޫދު ގާތަށްވެސް ރުޅިއައެވެ. އޭނާ އަންޖަލް ދެކެނީ ދައްތައެއްގެ ހައިސިއްޔަތުންނެވެ. ކުރިން އޭނާއަށް އަންޖަލް ދެކެ ވީ ލޯބި ކަމުގައި ގަބޫލު ކުރެވުނަސް ފަހުން ވިސްނުނީ އެއީ ލޯތްބެއް ނުން ކަމުގައެވެ. ޖޫދު ޖުނާންގެ އަތުގައި ހިފައިން އެ ކޮޓަރިން ނިކުތުމަށްފަހު ނިދަންދާން ބުނެލިއެވެ. އަދި ޖޫދުވެސް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.
އަންޖަލް ގެ ހޭވެރިކަން އެއްވެސް ވަރަކަށް ނެތެވެ. ދީފައިވަނީ ކޮން ޑްރަގެއް ކަމެއްވެސް ޖައިޝްއަކަށް ނޭގެއެވެ. ދޭތެރެ ދޭތެރެއިން އަންޖަލްގެ ވިންދު ހުރިތޯ ޗެކް ކޮށްލައެވެ. އަދި ނޭވާލާތޯ އަންޖަލްގެ ނޭފަތް ކައިރިއަށް މޫނު ގާތް ކޮށްލައެވެ. ޖައިޝްގެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮހެލުމަށްފަހު އަންޖަލްގެ ނޭފަތާ ގާތްވެލިއެވެ. އަންޖަލް ނޭވާ ނުލާހެން ޖައިޝަށް ހީވާން ފެށިއެވެ. އިރު ކޮޅަކު މަޑުކޮށްލީ ހީވި ހީވުން ޔަގީން ކުރަންށެވެ. ކުއްލިއަކަށް އަންޖަލް އޭނާގެ ދެއަތް ޖައިޝްގެ ގައިގާ އޮޅާލިއެވެ. އަދި ޖައިޝްގެ ތުންފަތުގައި ދޮނެއް ދިނެވެ.
“ޖުނާން..” އަންޖަލްގެ އަގައިން މި ބޭރުވި ބަހުން ޖައިޝް އަންޖަލްގެ އަތުތެރެއިން ދެމިގެން އަންޖަލްއާ ދިރިވެލިއެވެ. އަދިވެސް އަންޖަލްގެ ހިތް އެދި ގޮވަމުން ދަނީ ޖުނާން އަށެވެ. ކިތަންމެ ވަރަކަށް ޖައިޝް އެކަން ގަބޫލްކިރަން ބޭނުން ނުވިއަސް އޭނާގެ ކުރިމަތިން ފެންނަ މަންޒަރު ތަކުން ހިތް ކުދި ކުދިވާ ވަރުވެއެވެ. މީހުން ވުނެ އުޅެއެވެ. މަސްތިގެ ހާލަތުގައިވާ މީހުން އަގައިން ދޮގެއް ނަހަދާނެއެވެ. ޖައިސް ތެދުވެގެން ގޮސް ބެލްކަނީގެ އިން ގޮޑީގައި އިށީދެލިއެވެ. ހިތުގައި އަޅަމުން ދިޔަ ވޭނުގެ އަސަރެއް އެކަކަށްވެސް ނޭގޭނެއެވެ. އަންޖަލް އޭނާގެ އަތުން ބީވެދާނެތީ މިރޭ އޭނާ ގަނެފައި ހުރި ބިރު އިންތިހާ އެވެ. ޖައިޝްގެ ހަދާނަށް އައި މީގެ ފަސް އަހަރު ކުރީގެ ހަދާން ތަކެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




What a coincidence. Hama mi aharu Suma mi story read Kuran feshi and you are here with the part I was waiting for 😭. Reethi story 💗
Thank you suma… in sha allah mi story ves aneh story aa ehkoh liyeveytho v massahkai kuraanan. Glad you liked it