Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން އެކީގަ ވާނަމޭ.. (5)

lai Level 110 Stories100 Comments
December 30, 2015 5 Mins Read
24 Comments

އަރާމު ނިންޖަކުން ނިދާފަ އޮތް އައިރީން އަށް ހޭލެވުނީ އިރުގެ ރަން ދޯދިތައް އައިސް އެ މޫނަށް އެޅެން ފެށުމުންނެވެ. އެސްފިޔަތަށް ތަޅުވާލަމުން މަޑު މަޑުން ލޯ ހުޅުވާލުމަށް ފަހު ގަޑި ބަލާލުމާއިއެކު އައިރީން ގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” އޯހް މައި ގޯޑް .. އެގާރަ ޖެހީ .. އެންޑް އެއްވެސް މީހަކު ރީން ހޭވެސް ލައްވަން ނައި .. އެކަމަކު އެހެން ދުވަސް ދުވަހު ހީވާނެ އެހެން ފަދަ ކަމެއް ހެން ނުހޭލައިގެން .. މަންމަ ވެސް ދެން ކީއްވެތަ ނުގޮވީ .. ” ލަހުން ހޭ ލެވުމުން އަމިއްލަ އަމިއްލައަށް ވާހަކަ ދައްކަމުން އައިރީން ރީތި ވެލައިގެން ކޮޓަރިން ނުކުތް އިރު ގޭތެރެއިން ފެންނަނީ ފަޅުކަމެވެ. އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. ” އަޖައިބެއް .. މަންމަ މެން ކޮންތާކަށް އެ ނައްޓާލީ .. ސްޓްރޭންޖް .. ” ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން އައިރީން ގޭން ނުކުތް އިރު ބޭރު ޖޯލި ފަތީގާ ގޭ އެންމެން ތިބި އިރު ދޮރަށް ފުރަގަސް ވާގޮތަށް އަންހެން ކުއްޖެއްވެސް އިނެވެ. ހައިރާންވެ ހުރެ އައިރީން ނަޖުމާ އަށް ގޮވާލުމާއި އެކު ޖޯލިފަތީގާ އިން އަންހެން ކުއްޖާ އެނބުރި ބަލާލިއެވެ. އެ އަންހެން ކުއްޖާގެ މޫނު ފެނުމުން އައިރީން ގެ ހައިރާން ކަން ވީ އިތުރެވެ. ” ނީމް .. ” މަޑު މަޑުން އެ ނަން ކިޔާލެވުނު އިރު ހެވި ދިލި ފައި ކުރިމަތީގާ ހުރި އަންހެން ކުއްޖާއަށް އައިރީން ވަރަށް ރަނގަޅަށް ބަލާލިއެވެ. ” ކޯއްޗެއް ތި ބަލަނީ .. މީ ނީމް އޭ .. ހެހެ .. ބުރުގާ އަޅާފަ ހުރީމަ ނޭނގުނީ ދޯ .. ” އެއީ ނީމް ކަން ޔަގީން ވުމުން އައިރީން އޯހް މައި ގޯޑް އޭ ބުނެލުމައްފަހު ދުވެފާ އައިސް ނީމް ގެ ގައިގާ އޮޅުލައިގަތެވެ.” އޯހް މައި ގޯޑް .. އޯހް މައި ގޯޑް .. އޯހް މައި ގޯޑް .. ވަޓް އަ ސަޕްރައިޒް .. ކޮން އިރަކު އައީ .. ވާއު .. ޔޫ ލުކް ބިއުޓިފުލް .. ބުރުގާ އެޅީމަ އަދި ވަކިން ރީތި .. ބަޓް  ހާދަ ގޯހޭ .. ރީން އަށް އަންގާވެސް ނުލާ ތިއައީ .. މަންމަވެސް ކީއްވެތަ މިއަދު ރީން އަށް ނުގޮވީ..   ” ވާހަކަ ދައްކަމުން ދައްކަމުން ގޮސް އައިރީން އޭނާގެ ޝަކުވާ ބޮނޑި އޮއްސާލިއެވެ. ނަޖުމާ އެއީ ނީމް ބުނެގެންނޭ ބުނުމައްފަހު ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

އެކި ވާހަކަ ދައްކަމުން އައިރީން ނީމް ގެ އަތުގާ ހިފައިގެން ގޭތެރެއަށް ވަދެ ވަދެ ހުއްޓާ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކަންފަތުގާ ޖެހުނު އަޑަކުންނެވެ. ” ހޫމް .. އެދަނީނު .. ކޮޓަރިއަށް ކަންނޭނގެ އެދަނީ ގޮވައިގެން .. އަޅެ އަޅުގަނޑު ބުނީ ދޮގެއްތަ ބައްޕާ .. ” ސިހިފާ އައިރީން އެނބުރި ލުމާއިއެކު ހެވިފާ އޭނާއާއި ދިމާއަށް ބަލަހައްޓައިގެން އިން މިފްޒާލް ފެނުމުން އަނގަ ހުޅުވުނެވެ. ” ދޮންބޭ .. ކޮން އިރަކު އައީ .. މީ ހަމަ އެއްކަހަލަ ދެމީހުން ..ވަރަށް ފޫހިވޭ” ” ..ހޭ ކޮބާތަ ގެންނަން ބުނި ސަޕްރައިޒް؟ .. ” ފޫހި ވައްތަރެއް މޫނަށް ޖައްސާލަމުން އައިރީން ކުއްލިއަކަށް ހަނދާވެގެން އަހާލިއެވެ. ” ސަޕްރައިޒް ތި ހުރީ އެއްނު ފެންނަން .. ” ނީމް އާއި ދިމާއަށް އެއްލޯ މަރާލުމައްފަހު މިފްޒާލް ބުނެލިއެވެ. ” ކޮބާ؟ .. ކޮބާ؟ .. ކޮންތާކު؟ .. ” މިފްޒާލް އެހެން ބުނުމުން އައިރީން ދެކޮޅު ހޯދާލިއެވެ.” ކޮބާތަ؟ .. ދެން ދޮންބެ ގަނޑާ .. މަޖަލެއް ނޫން އިނގޭ ” އައިރީން މޫނަށް ވައްތަރެއް ޖައްސާލަމުން އެހެން ބުނެލިއިރު ކައިރީގާ ހުރި ނީމް ހިނިތުންވެލަމުން މިފްޒާލް އާއި ދިމާލަށް ކަޅި އަޅާލިއެވެ. ” ތިހިރީނު ކައިރީގަ .. ރީން ދެލޯ އަނދިރީތަ .. އަވަހަށް އައިނެއް ހައްދަން އުޅޭ.. ” ” ވަޓް؟ .. ދެން ދޮންބެ ގަނޑާ .. ރީއްޗަށް ބުނިއްޔާ ކީއްތަ ވާނީ ދެން .. ކައިރީގަ ކޯއް… އޯހްހްހް .. ނީމް .. ދޮންބެ ތި ކިޔާ ސަޕްރައިޒް އަކީ ނީމް ތަ؟ ” ދެލޯ ބޮޑު ކޮއްލަމުން އައިރީން އެހެން ބުނެލުމުން މިފްޒާލް ހެވިފާ އިނދެ ބޯ ޖަހާލިއެވެ. ” ހޫމް .. އަދި ކިރިޔާ ދޯ ތި ގެޓް ވީ .. ހެހެހެ ” ” އަސްލުވެސް ތަ؟ ވާއު..ކޮންގްރެޓްސް .. އެކަމަކު ދެން އޯކޭ ދޯ ނީމް ގޮވައިގެން ކޮޓަރިއަށް ދިޔަސް ” އަދިވެސް އެއްފަހަރު އައިރީން ނީމް ގެ ގައިގަ ބައްދާލަމުން މިފްޒާލް ކައިރީގަ އަހާލިއެވެ. ” ހޫމް އޯކޭ ” ” ހަހަހަ .. އޯކޭ ނޫނަސް ގެން ދާނަން ..” އައިރީން ނީމް ގެ އަތުގާ ހިފައިގެން ދުވެފާ ގޭތެރެއަށް ވަނީ މިފްޒާލްއާ ދިމާއަށް ދޫވެސް ނެރެލާފައެވެ.

އައިރީން ހުރީ ކޮޓަރިއަށް ވަދެވުންވެސް ލަސްވެފައެވެ .ކޮޓަރިއަށް ހަމަ ވެދުވެމާއިއެކު އައިރީން ވާހަކަ ފަށައިގަތެވެ. ” ރީން .. އަހަރެން ވާހަކައެއް އަހާލަންތަ؟” އައިރީން ދައްކަމުން ދިޔަ ވާހަކަތަށް އަޑު އަހަން އިނުމަށް ފަހު ސީރިއަސް ވެލަމުން ނީމް ސުވާލުކޮއްލިއެވެ. ” ހޫމް އަހާބަލަ ” ނީމް ގެ ސީރިއަސް ވެފާވާ މޫނު ފެނުމުން އައިރީން ވެސް ސީރިއަސް ވެލަމުން ބުނެލިއެވެ. ” ރީން އިއްޔެ ކޮންތާކު އުޅުނީ .. އައި މީން މި ހަފްތާ ރީން މާލެ ދިޔައިން ތަ؟ ” އައިރީން އާއި އެ ސުވާލު ކޮއްލިއިރު ނީމް ގެ ހިތުގާ ނުތަނަވަސް ކަމެއް ވިއެވެ.” ކީކޭ؟ .. ނީމް ކޮންކަހަލަ ސުވާލެއް ތި ކުރީ ” ” ރީން ޖަވާބު ދީބަލަ .. މާލެ ދިޔައިންތަ؟” ” ނޫން ނުދަން .. މިހާރު ކޮން ދުވަހެއް މާލެ ނުދަތާ .. 2011 ގަ ދިޔަ ގޮތަށް އަދި ނުދަން މާލެ އަކަށް ” އައިރީން ގެ ޖަވާބު އަޑު އިވުމުން ނީމް ގެ ހައިރާން ކަން އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ. އެއީ އައިރީން ނޫނިއްޔާ ދެން އެއީ ކާކު ހެއްޔެވެ. އައިރީން އާ ހާދަ ވައްތަރެވެ. ކުއްލިއަކަށް ނީމް ގެ ހަނދާނަށް އައީ އެ ފިރިހެން ކުއްޖާ ބުނެލި ބަސްތަކެވެ.[ ލުކް.. އެއީ ރީން އެއް ނޫން .. އީނާލް .. ހަރ ނޭމް އިޒް އީނާލް ] .” އީނާލް ” މަޑު މަޑުން އެ ނަން ކިޔާލެވުނު ނީމް ސިއްސައިގެން ދިޔައީ އައިރީން ކީކޭ ހޭ އަހާލުމުންނެވެ. ” އެއްވެސް އެއްޗެކޭ ނޫން .. ” ނީމް އެއްވެސް އެއްޗެއް ނޫނޭ ބުންޔަސް އެ މޫނުމަތިން ނުތަނަވަސް ކަން ފާޅުވާން ހުރުމުން އައިރީން އަށް ނީމް ކޮންމެސް ކަމެއް އެބަ ސިއްރު ކުރާކަން އިނގުނެވެ. ” ނޫން .. ދެންމެ ބުނި ކޮންމެސް އެއްޗެކޭ .. ބުނެބަ ނީމް .. ކިހިނެތް ވީތަ؟ ކީއްވެ ކުއްލިއަކަށް ރީން މާލެ ދިޔަ ތޯ ތި އެހީ؟ ދެން ބުނެބަ” އައިރީން ނީމް ގެ އަތަށް ދަމާލަމުން އެހެން ބުނެލުމުން ނީމް އައިރީން އަށް ހުރިހާ އެއްޗެއް ކިޔައިދިނެވެ. ނީމް ގެ ވާހަކަތައް ކަނުލާ އަޑު އަހަން އިން އައިރީން ނީމް ގެ ވާހަކަ ނިމުމުން ފެށީ ހޭށެވެ. ” ހަހަހަހަހަހަހަހަހަ .. އޯހް ގޯޑް .. .. ހައު ކޭން ޔޫ ބީ ސޯ ސްޓުޕިޑް  ނީމް … ހަމަ ރީން އާއި ވައްތަރު ކުއްޖެއް ފެނުނޭ ކިޔާފަ ދެން ޖެހޭތަ  ވާހަކަ ދައްކަން .. ހަމަ ރީން އާއި ވައްތަރު ކުއްޖެއް އުޅެދާނެ ދޯ މި ދުނިޔޭގަ”

ނީމް ގެ ވާހަކަތައް އައިރީން އަށް ވީ މަޖާކަމަކަށްށެވެ. ނަމަވެސް ސިކުނޑީގެ އެއް ކަނަކުން ނީމް ދެއްކި ވާހަކައާއި މެދު ވިސްނަން އައިރީން އަށް މަޖުބޫރު ކުރުވިއެވެ. އައިރީން އޭނާގެ ވާހަކަތައް ގަބޫލު ނުކުރާނެކަން އިނގުމުން ނީމް ފުން ނޭވައެއް ދޫ ކޮއްލަމުން މައުލޫ ބަދަލު ކޮއްލިއެވެ. ނަމަވެސް ހިތާ ހިތުން އެ އަންހެން ކުއްޖާގެ ހަގީގަތް ހޯދަން ނީމް އަޒުމު ކަނޑަ އެޅިއެވެ.

************************************

” އީން ޕްލީސް .. ޕްލީސް ބުނެބަ ދާނަމޭ އަހަންނާއެކު .. ޕްލީސް އީން ” ރަޔާން އާދޭސް ކުރަން ފެށުމުން އީނާލް އެންމެ ފަހުން ހަތިޔާރު ބެހެއްޓިއެވެ. ރަޔާން ބުނީވެސް ދޮގެއް ނޫނެވެ. ރާއްޖެތެރޭ ހިތްފަސޭހަ ރަށަކަށް ދިއުމުން ސިކުނޑިއަށް ވެސް ތަންކޮޅެއް ލުއި ވާނެއެވެ. މަންމަ ގެ އަނިޔާ ތަކާއި ކުރިމަތި ލާކަށްވެސް ނުޖެހޭނެ އެއް ނޫން ހެއްޔެވެ. ” އޯކޭ ފައިން .. އެކަމަކު މަންމަ ހުއްދައެއް ނުދޭނެ .. ދެން ކިހިނެއް ދާނީ” އީނާލް ރަޔާން އާއި ވާހަކަ ދައްކަމުން ދިޔައީ ފޯނުންނެވެ. ” އީން ބުނޭ މަންމަ ކައިރީގަ ސްކޫލް ގެ ފަރާތުން ދާންޖެހުނިއްޔޭ .. އޭރުން އޯކޭވާނެ ” ” ޔާހް އޯކޭ ބާއި” އީނާލް ފޯނު ކަނޑާލުމަށް ފަހު ފުން ނޭވައެއް ދޫކޮއްލިއެވެ. އާސިޔާއާ ދައްކާނެ ވާހަކަތައް ސިކުނޑީގަ ރާވާލުމައްފަހު އާސިޔާ ގެ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. މަޑު މަޑުން ޓަކި ޖަހާލުމުން އެތެރެއިން އާސިޔާ ވަންނާށޭ ބުނެލިއެވެ. ކޮޓަރިތެރެއަށް ވަތް އީނާލް ފެނުމުން އާސިޔާގެ މޫނުމަތި ބަނަވެގެނެ ދިޔައެވެ. ” ކަލޭ ؟ .. ކަލޭ ކީއްކުރަން ތިއައީ .. މަށަށް ޖެއްސުމެއް ކޮއްލާނަމޭ ހިތާތަ؟ ” އާސިޔާ ވާހަކަ ދައްކަމުން ދިޔައިރު އެ ދެލޮލުން އަލިފާން ކަނި ބުރާހެން ވެސް ހީވެއެވެ. އީނާލް ވަރަށް ޖެހިލުންވެ ހުރެ އޭނާ އައި ބޭނުން ހާމަކޮއްލިއެވެ. ” ހޫމް މަށަށް ހެޔޮ ދިޔަސް ” އާސިޔާ އެހާ ފަސޭހައިން ގަބޫލުވުމުން އީނާލް ހައިރާން ވިއެއް ކަމަކު އުފާވެސް ވިއެވެ.

އަވަސް އަވަހަށް ކޮޓަރިއަށް ގޮސް ރަޔާން ކައިރީގައި އާސިޔާ ގަބޫލުވި ވާހަކަ ބުނުމައްފަހު އީނާލް ދަބަހަށް އެއްޗެހި އަޅަން ފެށިއެވެ. އެތަށް ދުވަހަކަށް ފަހު އެމޫނުމަތިން ހިތްހަމަ ޖެހުމުގެ ކުލަވަރު ފެންނަމުން ދިޔައެވެ. ފުރަން ދާންވެގެން ދަމުން އީނާލް ދިޔައީ އާސިޔާ ކައިރީގަ ހިތް ހެޔޮ ކުރުމަށް ބުނެފައެވެ. އީނާލް ނިކުމެގެން ދިޔަ ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުރި އާސިޔާ ހުރީ ފެންކަޅިވެފައެވެ.ދަތްކުނޑި ވިކާލައިގެން ހުރި އިރު އެ މޫނުމަތިން ރުޅިވެރިކަން ފާޅުވަމުން ދިޔައެވެ. މާޒީ ހަނދާން ވުން ވީ އާސިޔާގެ ހިތުގާ އޮތް އޮތް ނަފްރަތާއި ރުޅިވެރިކަމާއި ބަދަލު ހިފުމުގެ ރޫހު އިތުރު ކުރުވި ކަމަކަށްށެވެ. އޭނާ ކޮންމެހެން އީނާލް އެ ފޮނުވާލީވެސް ކުރަން އޮތް މަސައްކަތެއް އޮތީމައެވެ. އީނާލް ގޭގަ ހުރެގެން އެ މަސައްކަތް އޭނައަށް ނުކުރެވޭނެތީއެވެ. އެހެން ނޫންނަމަ އޭނާ ހަމަ ހިލާ އީނާލް ދިޔަކަ ނުދިނީހެވެ.

………………….

ބިޔަ ރާޅުތައް ކަފަމުން ދުއްވަމުން ދިޔަ ލޯންޗުގާ އިން އީނާލް އިނީ ބިރުން ފިތްކަނޑައިގެން ދާވަރުވެފައެވެ. ދުވަހަކުވެސް ދަތުރު ނުކުރާތީ ކަމަށް ވެދާނެއެވެ. ލޯ މަރާލައިގެން ރަޔާން ގެ އަތުގާ ބާރަކަށް ހިފަހައްޓާލައިގެން އިން އިރު އެ ހިތް ނެގި ނެގި ފާ ޖެހެމުން ދިޔައެވެ. ރަށާއި ހަމައަށް ދެވެން ދެން އީނާލް އިނީ ސަލާމަތުން އެ ރަށަށް ދެވޭތޯ ހިތުން ދުއާ ކޮއްލަ ކޮއްލައެވެ. ހިތުގާ އޮތް ބިރު ކެނޑި އީނާލް  ފުން ނޭވައެއް ދޫކޮއްލަމުން ލޯ ހުޅުވާލީ ރަޔާން ރަށު ފަޅަށް ވަދެ ވިއްޖެ ކަމަށް ބުނުމުންނެވެ. އީނާލް އަށް ރަޔާން ގެ އަތުގާ ހިފަހައްޓައިގެން އިނދެވުނުކަން އިހްސާސް ވީވެސް ދެނެވެ. އަވަސް އަވަހަށް އަތް ދުރުކޮއްލެވުނު އިރު އެ މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައީ ރަޔާން މަޑު މަޑުން ހީލިއަޑު އިވުމުންނެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lai

Level 110 Stories100 Comments

Other Articles

Previous

ލޯބިވާ މަންމާ މަގޭ.. 5

Next

ހިނިތުން ވެލާށެ ކަލާ …

Next
December 30, 2015

ހިނިތުން ވެލާށެ ކަލާ …

Previews
December 30, 2015

ލޯބިވާ މަންމާ މަގޭ.. 5

24 Comments!

  1. ina says:
    December 30, 2015 at 9:05 pm

    Wowww lai v salhi mi part vx………

    1. lai says:
      December 30, 2015 at 9:08 pm

      thanks ina .. thanks alot .. 🙂 😀

  2. lai says:
    December 30, 2015 at 9:06 pm

    hi evryone .. here is the next part .. problem solve vi haa avahakah mi up kohly .. n i knw its short .. dhn oiy bai dhigu kohlaanan .. n aneh bai v avahah upload koh dheynan insha allah .. n yah i have changed the pic .. kon pic eh rythy? this one or the previous one?.. hehe .. enjoy reading 😉 🙂

  3. Maalu says:
    December 30, 2015 at 9:12 pm

    wowwwwwwwwwwww vrh vrh vrh reethi… 😀 love this story♥♥♥♥……….when is the next part???……WAITING….

    1. lai says:
      December 30, 2015 at 9:25 pm

      thanks alotttttttttttttt mal … 🙂 .. thank u so much .. next part insha allah v avahah upload kohdheynan 😉 😀

  4. ina says:
    December 30, 2015 at 9:13 pm

    Yayyy me first dhw…..alsu lai ah engeythrrr…ina cmnt kury vaahaka nuves kiyaa…..avahah cmnt kuran vegen???asluvx v v rythi mi stry………v v v interesting……..v rythi pic vx…..ailyn n irynnn dhw einy pic ga?all the best lai…..miss u n love u…….

    1. lai says:
      December 30, 2015 at 9:29 pm

      hehehe yah ur first .. congrtss.. hehehe ehntha? .. thanks .. thank u so much ina .. yah ailyn aa airyn .. thanks alot once again .. miss u n love u more 🙂 😉 😀

  5. Ryn says:
    December 30, 2015 at 9:16 pm

    awwwwwww mi prt haadha salhi ey… n the way mif suprisd ryn aww alhey hehehe. salhi ingey lai.. n aslu rythi kurin in pic ryn ah ingey… waitin fr the nxt prt.. gud lck 😉 😉

    1. lai says:
      December 30, 2015 at 9:33 pm

      hehe thank u soooo much ryn .. thnks alot .. owh ehntha? ehen vyru badhalu kohlan vy dhw? 😉 hehe .. thanks once again 😀 🙂

  6. ram says:
    December 30, 2015 at 9:16 pm

    haada kuruko but vara nice

    1. lai says:
      December 30, 2015 at 9:34 pm

      thank alot ram .. yah dhw i knw kurukan .. bt next part dhigu kohlaanan 😉 🙂

  7. nukko says:
    December 30, 2015 at 9:30 pm

    Hey lai… v loabi mi part vs.. v rythi n waitin fr aneh bai… Thnks n miss u 🙂 n 2 pic vs loabi ingeyy… 😉 😛

    1. lai says:
      December 30, 2015 at 9:40 pm

      hey nukko.. thank u so much .. anehbai v avahah upload kohdheynan iraadhakurehviyya 🙂 .. once again thnks alot .. miss u too 😉 😀 🙂

  8. dffnm says:
    December 30, 2015 at 9:32 pm

    Ailyn n eenaal e ee ekakutha..???

    1. lai says:
      December 30, 2015 at 9:43 pm

      maybe ..hehe lets see dhw .. thanks for reading dffnm 🙂 😀

  9. maahish? says:
    December 30, 2015 at 9:38 pm

    Bohoth ahchaaheyyy?…

    1. lai says:
      December 30, 2015 at 9:46 pm

      thanks maahish .. thanks alot 🙂 😀

  10. maahish? says:
    December 30, 2015 at 9:41 pm

    They r twins..duffer??

  11. mice says:
    December 31, 2015 at 8:41 am

    Nice

    1. lai says:
      January 4, 2016 at 5:56 pm

      thanks mice 🙂

  12. Waan says:
    January 3, 2016 at 3:41 pm

    Koba next part

  13. Waan says:
    January 3, 2016 at 8:24 pm

    Koba eneh part

  14. lai says:
    January 4, 2016 at 5:57 pm

    maadhan next part up kohdheynan insha allah .. dhigu koh up kuran vegen las vany srry .. bt maadhan upload kohdheynan i promise .. iraadha kurehviyya

  15. Elly says:
    January 5, 2016 at 9:57 pm

    Nice story eh.. ?

Comments are closed.

Next Episodeލޯބިން އެކީގަ ވާނަމޭ.. (6)←


All Right Reserved!