Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ފުރަތަމަ ނަޒަރުން 16

Mariyam Enash Aqeel Level 210 Stories
July 25, 2025 3 Mins Read
2 Comments

“މިއީ އޭ އެއްކަލަ ދުވަހު އާހިލްގެ މަންމަ ހޮސްޕިޓަލަށް ގެންގޮސްދިން ކުއްޖަކީ” ބޮއްތަ ބުންޏެވެ. އެހިސާބުން އަހަރެން ހަނދާންވީ އެދުވަހު ހޮސްޕިޓަލުން ބޮއްތަ އާއި ދިމާވި ހަނދާނެވެ. އަދި ނިކުންނަން ދަނިކޮށް އާހިލް އާއި ދިމާވި ހަނދާނެވެ. އެދުވަހު އޭނާ ހޮސްޕިޓަލަށް އެ ދިޔައީ އެހެންވެތާއެވެ. އަހަރެން އާހިލްގެ މޫނަށް ބަލައިލީމެވެ. އޭނާ އަހަންނަށް ޝުކުރު އަދާކުރާނެ ކަމަށް ހީކޮށެވެ. ނަމަވެސް ބަދަލުގައި އޭނާ ބުންޏެވެ.
“އީޝާ ދޭބަލަ މަސައްކަތު މީހާއަށް ގޮވަން. ބުނޭ މިތަން ސާފު ކޮށްދޭން އަންނާށޭ.” އާހިލް އިޝާރާތްކުރީ ތެޅިފައި އޮތް ކޮފީ ޖޯޑަށެވެ. އަހަރެން ވީ ފޫއްސެއް ބުނަން ނޭނގޭނެއެވެ. އަހަރެން މި އޮފީހަށް ވަނީއްސުރެ އާހިލް ހީވަނީ އަހަންނާއި ޖައްސާލާފައި ހުންނަ ހެންނެވެ. އެހެން މީހުންނަށްވުރެ ގިނައިން އަހަންނަށް މަސައްކަތް ހަވާލު ކުރެއެވެ. އެކަމެއް އެތައް ފަހަރަކު ކުރަން ޖައްސައެވެ. އެންމެ ފުރިހަމައަށް ނުކުރެވޭތީ ޔޯލައެވެ. ނަމަވަސް އެ އުސޫލު އޮންނަނީ އަހަންނަށް އެކަންޏެވެ. މި ހުުރިހާ ކަމެއް މިހެން އޮއްވައި އާހިލްގެ ފަރާތުން ޝުކުރުގެ ބަހެއް ލިބޭނެ ކަމަށް އުންމީދު ކުރެވުނީތީ ވެސް އަމިއްލަ ނަފްސު ދެކެ ރުޅި އައެެވެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ އެތަނުން ނިކުމެގެން ދިޔައީމެވެ.
ދުވަހުގެ ބާކީ އޮތްބައި އަހަރެން ހޭދަކުރީ އަހަރެންގެ ކެބިންގައެެވެ. ޕުރޮޖެކްޓުގެ މަސައްކަތް ކުރިއަށް ދާވަރު ބަލަން މާދަމާ ބާއްވާ މީޓިންއަށް ތައްޔާރު ވުމުގައެވެ. އެ މީޓިންގައި އާހިލްގެ އިތުރުން ކުންފުނީގެ އެހެން އިސް ވެރިން ވެސް ބައިވެރި ވާނެއެވެ. އެހެންކަމުން އަހަރެން ބޭނުންވީ ވަރަށް ފުރިހަމައަށް މީޓިންއަށް ތައްޔާރުވާށެވެ. އެ އެންމެންގެ ކުރިމަތީގައި އާހިލް އަހަންނާއި ދިމާލަށް އެއްވެސް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ދޭކަށް އަހަރެން ބޭނުމެއް ނޫނެވެ.

މީޓިންއަށް ތައްޔާރުވެ، ހުރިހާ ކަމެއް ނިންމާފައި އަހަރެން ގެއަށްދާން ނިކުތް އިރު ހަވީރު ވަނީއެވެ. ލިފްޓަށް އަރަން ދަނިކޮށް ފަހަތުން އާހިލްގެ އަޑު އިވުނެވެ. އަހަންނަށާއި އާހިލްއަށް ލިފްޓަށް އެރުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. ލިފްޓުގައި ތިބީ އަހަރެމެން ދެމީހުން އެކަންޏެވެ.
“ޝުކުރިއްޔާ” އާހިލް ބުނަޏެވެ. ނޫނީ އެއީ އަހަންނަށް ހީވިގޮތެކެވެ. އަހަރެން އޭނާއާއި ދިމާލަށް ބަލާލާފައި އަނގަ ޗޭކޮށްލީމެވެ.
“އޭނ؟” އަހަންނަށް އަދި ވެސް އޭނާ އެހެން ބުނިކަން ޔަގީނެއް ނުވެއެވެ.
“އަަހަރެން މިބުނީ ޝުކުރިއްޔާއޭ. މަންމަ އެދުވަހު ހޮސްޕިޓަލަށް ގެންގޮސްދިނީތީ” އާހިލް ތަކުރާރުކޮށްލިއެވެ. އަހަރެން ލުއި ހިނިތުންވުމެއް ރައްދު ކުރީމެވެ. ދެން އިތުރަށް ބުނާނީ ވަކި ކީކޭ ހެއްޔެވެ؟

އަހަރެން އޮފީހުން ނިކުމެ ބަސް ސްޓޮޕާއި ދިމާލަށް ދާން ހިނގައި ގަތީމެވެ. ވަކި ހިސާބަކަށް ދިޔަ ތަނުން ކާރެއްގެ ބަރުގޮނެއްގެ އަޑަށް ބަލައިލީމެވެ. އޭރު އާހިލްގެ ކާރު އައިސް އަހަންނާއި އަރާ ހަމަ ކުރަނީއެވެ. އޭނާ ކާރުން ފައިބައިގެން އައިސް އަހަރެންގެ ކުރިމާތީގައި ހުއްޓުނެވެ. ކިހިނެތްވީހޭ އަހާ ކަހަލަ ގޮތްކަށް އަހަރެން ބުމަ އަރުވައިލީމެވެ.
“އީޝާ ކޮށްދިން ކަންތަކަށް އަހަރެން ބޭނުން އީޝާއަށް ޝުކުރު އަދާކުރަން.” އާހިލް ބުންޏެވެ. އަހަންނަކަށް އެބުނި އެއްޗެއް ނޭނގުނެވެ.
“ސާރ މިހާރު ޝުކުރު އަދާކޮށްފީމެއްނު؟” އަހަންނަށް ކޮށްލެވުނީ ސުވާލެކެވެ.
“ނޫން. އަހަރެން ބޭނުން އީޝާ ތިކޮށްދިން ކަންތަކުގެ ބަދަލު އިޝާ އަށް ދޭން. އީޝާ އަކަށް ނޭނގޭނެ އަހަރެމެންގެ އާއިލާއަށް ތިކޮށްދެވުނީ ކިހާވަރެއްގެ ކަމެއް ކަމެެއް.” އާހިލްގެ އަޑުގައި ފޮރުވިފައިވާ ހިތާމައިގެ ކުލަވަރު އަހަންނަށް ފާހަގަވެއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ އެކަން
ފޮރުވައިލިއެވެ. “މިރޭ ނުވައެއް ޖަހާއިރު ކިހިނެއް ވާނީ؟”
“ކޮން ކަމަކަށް؟”
“އަހަރެން މިބުނީނު އީޝާ ކޮށްދިން ކަންތަކުގެ ބަދަލު ދޭން ބޭނުމޭ” އާހިލް އޭނާ ކުރިން ބުނި ވާހަކަ ތަކުރާރުކޮށްލިއެވެ.

“އަހަރެން ކިހިނެއް ހަދަންވީ؟” އަހަންނަކަށް އާހިލް ކުރަން އުޅޭ ކަމެއް އަދިވެސް ނޭނގެއެވެ. އާހިލް ވެސް ސާފު ޖަވާބެއް ނުދެއެވެ. އޭނާ ހަމައެކަނި ބުނީ އެއީ “ސަޕްރައިޒް” އެއް ކަމަށާއި، ނުވައެއް ޖަހާއިރަށް ތައްޔާރު ހުރުމަށެވެ. އަހަރެންގެ އާނ ބަސް ހޯދުމަށްފަހު އޭނާ ކާރަށް އަރައިގެން ނައްޓާލައިފިއެވެ.
އެރޭ އިރުއޮއްސުނީއްސުރެ އަހަރެން އުޅުނީ ލާނެ ހެމަކާއި ނުޖެހިގެންނެވެ. ފަހަރަކު ހެދުމެއް ލަމުން، ލަމުން، ގޮސް ހިތްހަމަ ޖެހޭ ހެދުމަކާއި ޖެހުނުއިރު އަށެއް ޖަހައިފިއެވެ. އަވަހަށް ތައްޔާރު ވެގެން އާހިލްގެ ކޯލަކަށް އިންތިޒާރު ކުރަން ފެށީމެވެ. އޭރު ކިރިޔާ އަށްގަޑި ބައެވެ. އަހަރެން މިއީ ދުވަހަކު ވެސް ތަނަކަށް ދާން މިހާ ކުރިން ތައްޔާރުވި މީހެއް ނޫނެވެ. މިރޭ ކިހިނެތްވީ ކަމެއް ވެސް ނޭނގެއެވެ.

ތައްޔާރު ވެގެން ނިކުމެ އަހަރެން އިނީ ސޯފާގައެވެ. ޓީވީ އަޅުވައިގެން އިނަސް އެއަކަށް ސަމާލުކަމެއް ނުދެވެއެވެ. އާހިލްގެ ކޯލަކަށް އިންތިޒާރު ކުރެވެމުން ދިޔައެވެ. އަހަރެން އާހިލްދެކެ ކިތަންމެ ފޫހި ވިއަސް މިއަދު އަހަންނަށް ފެނުނީ އޮފީހުގައި އުޅޭ ރުޅިގަދަ ވެރިމީހާއެއް ނޫނެވެ. އަހަންނަށް ފެނުނީ ހިތްހެޔޮ ޒުވާނެކެވެ. އަހަންނަށް މި އިންތިޒާރު ކުރެވެނީ އެޒުވާނާ ދެކިލުމަށެވެ.
ނުވަހެއް ޖަހަން ވިހި ވަރަކަށް މިނެޓު އޮއްވައި ބޯކޮށް ވިއްސާރަ ވެހެން ފަށައިފިއެވެ. ހަމަ އެވަގުތު އާހިލްގެ ކޯލެއް އައެވެ.
“އީޝާ އަހަރެން މި ހުރީ ތިގޭ ތިރީގަ. ދުރުގަ ކާރު ޕާކު ކޮއްފަ އައިސް މިހުރީ. މިތަނުން ތެމޭތީ މިއުޅެނީ. ނެތްތަ ކުޑައެއް؟” ވެހެމުން ދިޔަ ވާރޭގެ އަޑުގެ ތެރެއިން ފުރޭނިގެން އާހިލްގެ އަޑު އައެވެ. އަހަރެން ދުވެފައި ގޮސް ކުޑަ ދޮރުން ބޭރު ބަލައިލީމެވެ. އަސްތާއެެވެ. އެފަކީރު އުޅެނީ އަސްކެނިދަށުން ހިޔާ ނުވެގެންނެވެ.
“ސާރ، ކުޑައެއް ނެތް. އަރަގަ މައްޗައް. ތިންވަނަ ބުރި” އަހަރެން އަވަސް އަވަހަށް ބުނީމެވެ. ކުރިންދުވަހު ޒީކް ގެންދިޔަ ގޮތަށް އަހަރެންގެ ކުޑަ އަދި ވެސް ނުގެނެއެވެ.

މާ ގިނައިރެއް ނުވެ އާހިލް ތިންވަނަ ބުރިއަށް އެރިއެވެ. އޭރު އަހަރެން ހުރީ ދޮރު ހުޅުވައިގެން، ރީތި ތުވާއްޔެއް ވެސް ހިފައިގެންނެވެ. އާހިލް ތުވާލީގައި ހިފާފައި، ބޯ ހިއްކަމުން، ހިއްކަމުން ގޭތެރެއަށް ވަނެވެ. އަހަރެން, އިށީންނަން ތަން ދެއްކުމުން ގޮސް ސޯފާގައި އިށީނެވެ. އަހަރެން ވެސް ދުރުގައި ހުރި ގޮނޑިއެއްގައި އިށީނީމެވެ.
ހަމަ އެވަގުތެވެ. މީހަކު ގޭގެ ދޮރުގައި ޓަކި ޖަހައިލިއެވެ. އޭރު ވެސް ބޯކޮށް ވާރޭ ވެހެމުންދާ އަޑު އިވެއެވެ. އަހަރެން ގޮސް ދޮރު ހުޅުވުމުގެ ކުރިން، ދޮރުގައި ހުރި ލޯވަޅަކުން އެއީ ކާކުތޯ ބަލައިލީމެވެ. ދޮރުގެ އަނެއްފަރާތުގައި ތިބި މީހުން ފެނިފައި އަހަންނަށް ތެޅިގަނެވުނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mariyam Enash Aqeel

Level 210 Stories

Other Articles

Previous

އެހަދާން

Next

ހިތުގެ ނާރުތަކުގާވެސް ތިބާ… 16

Next
July 26, 2025

ހިތުގެ ނާރުތަކުގާވެސް ތިބާ… 16

Previews
July 25, 2025

އެހަދާން

2 Comments!

  1. Your fav bab Your fav bab says:
    July 25, 2025 at 8:03 pm

    Hehee.. Yayyyyy!!!
    I’m really happy to see this part!!!
    Varah salhi MA👏👏👏
    Kon kahala surprise eh baa??
    Really curious
    Rangalhah viyyaa e vaanee navaal and zeek kamah dhw?!! Ig
    when next?
    Lysssm💗

  2. ...,. says:
    August 12, 2025 at 4:05 pm

    When is.next coming brooo

Comments are closed.

Next Episodeފުރަތަމަ ނަޒަރުން 17←


All Right Reserved!