
މަޢާފް އެދެމުން 33

ނަމަވެސް އެ ކަން އިނާރާއަށް ނުދައްކާ ވޭތޯ އާރިޝް މަސައްކަތް ކުރެއެވެ. އިނާރާގެ ހިތުގައި އާރިޝްއާ މެދު އެއްވެސް ޝަކުވާއެއް އުފެދިދާނެ ކަމެއް ނުދައްކާވޭތޯ ބަލައެވެ. އިނާރާގެ ބޭނުންތަކަށް ފުރިހަމަ ސަމާލުކަން ދެއެވެ. ރީވާއަށް ވުރެ އިނާރާއަށް އިސްކަން ދެވޭތޯ ބަލައެވެ. އިނާރާއަކީ އާރިޝްގެ ފުރަތަމަ އަނބިމީހާއަށް ވީތީއެވެ. ރީވާއާ ކައިވެނި ކުރުމަށް ހިތާ ދެކޮޅަށް އިނާރާ އެއްބަސްވި ނަމަވެސް އެއީ އާރިޝް ދެކެ އިނާރާ ވާ ލޯބީގެ ހެއްކެއް ކަމުގައި އާރިޝް ގަބޫލު ކުރެއެވެ.
ރީވާއަށް އުނދަގޫ ނުވާނެހެން އެނދުން ތެދުވެ އާރިޝް ބަދިގެއަށް ވަދެ ކޮފީ ތައްޓެއް ގިރައިގެން ބެލްކަންޏަށް ނިކުމެ އެތާ ހުރި ގޮނޑީގައި އިށީނެވެ. ލަސްލަހުން ކޮފީ ބޮމުން ދިޔަ އާރިޝްއަށް އެ ޚިޔާލުތައް ހިތާ ސިކުނޑިން ނެރެލުމަށް އެ ކޮފީ އެހީއަކަށް ވިއެވެ. އެހެން ވިޔަސް އެ ދުވަހު ހިތަށް އައި ޚިޔާލާ ދުރެއް ނުވެވުނެވެ. ދެން ކަންތައް ކުރާނެ ގޮތް ހިތާ ހިތުން ނިންމަމުން ހުސް ތަށި ހިފައިގެން އާރިޝް އެތެރެއަށް ވަން އިރު ރީވާވެސް ކޮޓަރިން ނިކުންނަނީއެވެ.
“ކީއްވެ ތެދުވީ؟ ބަނޑުހައި ވީތަ؟ އަހަރެން ކޮފީ ހަދައިދެންތަ؟” ކައިރިއަށް އައިސް ދެ އަތުން ރީވާގެ މޫނ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.