Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 23

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
July 17, 2025 5 Mins Read
4 Comments

އަނެއްކާ މައިރީންގެ ބޮލުގަ މައްސަލައެއް އުޅެނީބާއޭ ރުކައިންގެ ހިތަށް އެރިއެވެ. “ކޮންތާކު ގޯސްޓް ހުރީ؟؟” މަޑުމަޑުން ރުކައިން އަތް މައްޗައް ނަގައިގެން ހުރެ ސުވާލުކޮށްލިއެވެ. “ތި.. ތިއީ..” ބިރުން ހުރެ މައިރީން ބުނެލިއެވެ. ރުކައިންގެ ދެލޯ ބޮޑުވިއެވެ. “އަހަރެން މިއީ ގޯސްޓެއްނޫން.. އަހަރެން މިއީ އިންސާނެއް މައިރީން ކަހަލަ.. ކައިލް ބުނެގެން އަހަރެން މިހުރީ…” ރުކައިން މަޑުމައިތިރިކަމާއެކު ބުންޏެވެ. “ކައިލްއަކަށް ނޭނގޭނެ ރާކިންއެއް.. ރާކިންވީ މަރުވެފަ.. ތިއީ ކާކު؟؟ ކްލޯންއެއްތަ؟ ޖިންނިއެއްތަ؟” ކުރިމަތީގައި ހުރި ރާކިން ފަދަ ތަތްގަނޑަށް ބަލަން ހުރެ ތުރުތުރު އަޅާ އަޑަކުން މައިރީން އަހައިލިއެވެ.

***ޕާޓް 23***

މައިރީންގެ ވާހަކައިން ރުކައިންއަށް ހައިރާންކަން ލިބުނެވެ. “ރާކިންއަކީ ކާކު؟” ހައިރާންވެފައި ހުރެ ރުކައިން އަހައިލިއެވެ. “ތިއީއެއްނުން؟” ބިރުން ހުރެ މައިރީން ބުންޏެވެ. “އަހަރެން މިއީ ރުކައިން” ރުކައިން އޭނަގެ މޭގައި އަތް ޖައްސައިލަމުން ބުންޏެވެ. “އެކަމަކު ހާދަ ވައްތަރޭ” މައިރީން އޭނަގެ އަމިއްލަ ނަފްސަށް އަޑު އިވޭ ފަދައަކުން ބުންޏެވެ. “ހެހެ ވައްތަރު ހަތް މީހުން ދުނިޔޭގަ އުޅޭނޭ ބުނެއެއްނުން؟ ވެދާނެ އެހެންވަނީ ކަމަށް..” ރުކައިން ހީލަމުން ބުންޏެވެ. މައިރީން ހުރީ އަދިވެސް ކޮންމެވެސް ވަރަކަށް ބިރުގަނެފައެވެ. އެހެންނަމަވެސް ރުކައިން އެބުނީ ތެދެއްކަން އޭނައަށް ގަބޫލު ކުރެވުނެވެ. އެތައް އަހަރެއް ކުރިން މަރުވެފަ ހުރި މީހެއް އޭނަގެ ކުރިމަތީގަ ހުންނާނީ ކިހިނެތް ހެއްޔެވެ؟

މައިރީން ދެލޯ ބޮޑުކޮށްލައިގެން ރުކައިންއާއި ދިމާލަށް ބަލަން ހުރުމުން ރުކައިން ކަރުކެހިލިއެވެ. “މައިރީން ކުރަން ތިއުޅެނީ ވަރަށް މޮޔަ ކަމެއް.. ތިކަމުގެ ސަބަބުން މައިރީންއަށްވެސް ނޫނީ މައިރީންގެ އާއިލާއަށްވެސް ނުރައްކާވެދާނެ!” ރުކައިން ބުންޏެވެ. “އަހަރެން މިއުޅެނީ އަހަރެންގެ ސަބަބުން ވި ކަމެއް ހައްލުކުރަން..” މައިރީން ބުނެލިއެވެ. އޭނައަކަށް ރުކައިންގެ މޫނުން ނަޒަރު ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ. “އެއީ މައިރީންގެ އަމިއްލަ ނަފްސު އަދީ މައިންބަފައިން ނުރައްކަލަކަށް ވައްޓާލައިގެން ވިޔަސް ހެޔޮތަ؟” ރުކައިން ސުވާލުކޮށްލިއެވެ. މައިރީން އެއްޗެކޭ ބުނުމެއް ނެތި ފްލޯރ ނަންބަރަށް ފިތާލިއެވެ. ރުކައިން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނަގެ ފޯނަށް މެސެޖްއެއް އައުމުން ބަލައިލިއެވެ.

‘އަޑެއް ނޭހި ދޯ؟’ ކައިލް މެސެޖްކޮށްލާފައި އިނެވެ.

‘ޔާހ” ރުކައިން މެސެޖްއަށް ރިޕްލައިކޮށްލިއެވެ.

ލިފްޓް ހުއްޓުމުން މައިރީން ލިފްޓްއިން ނިކުތުނެވެ. ރުކައިން އޭނަގެ އިސްތަށިގަނޑަށް އަތް މަހައިލިއެވެ. މައިރީން އޭނަގެ އަޑުނޭޙުމުން އެންމެ ފަހުން ރުކައިން އޭނަގެ ޑިޕާޓްމެންޓަށް ދިޔުމަށް ފްލޯރ ނަންބަރަށް ފިތާލިއެވެ.

ޓަކިޖަހައިލުމަށްފަހު މައިރީން ސަލާމް ގޮވައިލިއެވެ. އެއާއެކު ޒާއިދު ކެބިންއިން ސަލާމް ބަލައިގަނެ، ކެބިންއަށް ވަނުމަށް އެދުނެވެ. “ޒާއިދުއަށް އަޅުގަނޑު އެނގޭނެހެން ހީވަނީ.. އަޅުގަނޑުގެ ނަމަކީ އައިޝަތު މައިރީން ރިޔާޒް.. ޖަސްޓިސް ލޯ ފާރމްގަ ލޯޔަރެއްގެ މަގާމްގަ މަސައްކަތް ކުރަނީ.. އަޅުގަނޑަށް ސިއްރު ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ޒާއިދުއާއިއެކު މަސައްކަތް ކުރަމުން ދިޔަ ކޮލީގްއަކަށް ޒާއިދު ވަނީ ބްލެކްމެއިލްކޮށްފަ.. ތިފަދަ މަގާމެއްގަ ހުރެގެން އެފަދަ ކަމެއް ކުރުމަކީ ގާނޫނީ ބޮޑު ކުށެއް.. އެކަމަށް ދައުވާ ކުރެވޭނެ ކުށެއްވެސްމެ..” މައިރީން ހަރުކަށި ރާގަކަށް ވާހަކަ ދެއްކިއެވެ.

މައިރީންގެ ވާހަކަ ހުރި ގޮތުން ހާސްވުމުގެ ބަދަލުގައި ޒާއިދު ނުލަފާ ގޮތަކަށް ހީލިއެވެ. “އަހާ އަދި ނުވެއެއްނުން ތިވަރުވާކަށް މައިރީންގެ ލޯބިވެރިޔާއާހުރެ.. ހާދަހާ ލޯތްބެކޭ ދޯ އެސޮރުދެކެ ވަނީ.. މަށަށް އޭރުވެސް ހީވިޔޭ ތި ދެމީހުންގެ ކަމެއް އެބައުޅޭ.. މައިރީންއަށް އެނގޭތަ ކައިލްވެސް މައިރީންދެކެ ތިހާ ލޯބިވާކަން؟” ލާނެތް ގޮތަކަށް ހީލަމުން ޒާއިދު ހަމަޖެހިލަމުން އަހައިލިއެވެ. ޒާއިދުގެ ވާހަކަ ހުރިގޮތުން މައިރީންގެ ކޯތާފަތަށް ހޫނުކަމެއް ވެރިވިއެވެ. “އަޅުގަނޑާއި ކައިލްއާ މެދު ތި ހީކުރާ ފަދަ އެއްވެސް ގުޅުމެއް ހިނގާފައެއް ނުވޭ.. އަޅުގަނޑުމެން މަސައްކަތް ކުރީ ގަވައިދާ އެއްގޮތުގެ މަތިން ދެވިފައިވާ ކޭސް އިންސާފާއިއެކު ނިންމޭތޯ.. އެކަމަކު ޒާއިދުވަނީ އަޅުގަނޑުމެންނަށް އެކަމަށް ހުރަސްއަޅާފަ..” މައިރީން ހަރުކަށި ގޮތަކަށް ބުނެލިއެވެ. “މައިރީން މައިރީން މައިރީން.. އަހަރެންވެސް މިހުރީ މައިރީންއާ އެއްކޮޅަށްށޭ ދޫންޏާ.. އަހަރެންވެސް ބެލީ ކައިލްއަށް އެހީވާން، އެކަމަކު ކައިލްއަށްނުން އަހަރެންގެ އެހީ ބަލައިގަންނަން ނޭނގުނީ..” ޒާއިދު ތެދުވެގެން އައިސް މައިރީންގެ ކުރިމަތީގައި ހުއްޓެމުން މައިރީންގެ ކޮނޑުގައި ހިފައިލަމުން ބުންޏެވެ.

މައިރީން ފިޔަވަޅެއް ފަހަތަށް އަޅައިލިއެވެ. “އަހަރެން މިއައީ، އަހަރެންގެ ނަން ބޭނުންކޮށްގެން ޒާއިދު ކައިލް ޕްރޮވޯކްކޮށް ކައިލް ސަސްޕެންޑް ކުރީމަ.. ޒާއިދުގެ އެހީ ނުލިބިގެންނެއްނޫން..” ހަށަން ބަނދެލަމުން މައިރީން ބުންޏެވެ. “އަހަރެން ކައިލް ލައްވާ އަހަރެންގެ ގައިގަ ޖެހުވީކީއްނޫނެއްނުން.. ކައިލް އަމިއްލައަށް އަހަރެންގެ ގައިގަ ޖެހީ.. އެހެންނޫނަސް މައިރީންއާ ކޮންގުޅުމެއް އޮންނަ ކޭސްއެއްތަ މިއީ؟” ޒާއިދު އަހައިލިއެވެ. “އެއީ ޒާއިދުއަކާ ބެހޭކަމެއްނޫން..” މައިރީން ދަތްކުނޑިވިކައިލަމުން ބުނެލިއެވެ.

ކުއްލިއަކަށް ދޮރުހުޅުވައިލާފައި ކައިލް ވަދުނެވެ. “ކައިލް އަހަރެންނަށް ބިރުދައްކަން ކީއްކުރަން ކޮންމެހެން ލޯޔަރެއް ފޮނުވީ؟ އަހަރެންގެ ކުރިމައްޗަށް އަރާފަ ކިޔާ އެއްޗެއްކީމަ ނިމުނީއެއްނުން..” ޒާއިދު މޭޒުގައި ލެގިލައިގެން ހުރެ ބުންޏެވެ. ކައިލް އެއްޗެކޭ ބުނުމެއްނެތި މައިރީންގެ އަތުގައި ހިފައިގެން އެތަނުން ނިކުންނަން ހިނގައިގަތެވެ. މައިރީން އެއްޗެކޭ ބުނަން އަނގަ ހުޅުވައިލިއެވެ. އެހެންނަމަވެސް ކައިލްގެ ތޫނު ނަޒަރު ފެނި މައިރީން އެއްކޮށް ފިނިވިއެވެ. މައިރީންގެ އަތުން ކައިލް ދޫކޮށްލީ ލިފްޓަށް ވަދެވުމުންނެވެ. “އާރ ޔޫ އައުޓް އޮފް ޔުއާރ ޓައިނީ ލިޓްލް ޕީނަޓް ބްރެއިން ޔޫ ޓައިނީ ޕާރވާޓް..؟” ލިފްޓު ލެއްޕުމުން މައިރީން އޭނައާއި ލިފްޓްގެ ލޯގަނޑާއި ދެމެދު ފިއްތައިލަމުން ދަތްކުނޑީވިކާލަމުން ކައިލް އަހައިލިއެވެ.

އޭރު ކައިލްގެ ހޫނު ނޭވާ ދިޔައީ މައިރީންގެ މޫނަށް އެއްވެސް ހުރަހެއް ނެތި އެޅެމުންނެވެ. ކައިލްގެ ތޫނު ދެލޯ އެހާ ގާތުން ފެނުމުން މައިރީންގެ ހިތުގެ ހިނގުން ބަދަލުވެގެން ދިޔައެވެ. މައިރީން ކައިލްއަށް އިސްއުފުލައިލާގެން ބަލަންހުރިއިރު ކައިލް ހުރީ މައިރީން އޭނަގެ ދެއަތުގެ ދޭތެރޭގައި ހައްޔަރުކޮށްލައިގެން، މައިރިންގެ އިސްކޮޅާއި އެއް ވަރަށް ބޯ ތިރިކޮށްލައިގެންނެވެ. އޭރު ދެމީހުންގެ ނޭފަތުގެ ކުރި ހުރީ ޖެހޭ ނުޖެހޭ ހިސާބުގައެވެ. މައިރީންގެ ނޭފަތުގައި ކައިލް ޖަހައިގެން ހުރި ފިރެހެންވަންތަ ސެންޓްގެ ވަސް ހަރުލިއެވެ. މައިރީންއަށް ހިންދިރުވައިލެވުނީ ކައިލްގެ ނަޒަރު މައިރީންގެ ތުންފަތަށް ދަތުރުކޮށްލުމުންނެވެ. ބޭއިހްތިޔާރުގައި މައިރީންގެ ނަޒަރުވެސް ކައިލްގެ ތުންފަތަށް ދަތުރުކޮށްލިއެވެ.

ކައިލް ދުރައްޖެހިލުމަށްފަހު ކަރުކެހިލިއެވެ. “އަހަރެން ޓައިނީ ޕަވާޓް އޭ ކިޔަނީ ކިޔަންވެގެންނޭ.. މިހާރުވެސް މި ލިފްޓްގައި އަހަރެން އެކަނިވީމަ އަހަރެންގެ ނާޖާއިޒް ފައިދާ ނަގަން ކަންނޭނގެ ތި ކުޑަކުޑަ ސިކުނޑިގަނޑު ވިސްނަނީ ނޫންތަ؟” ދިމާކުރާ ރާގަކަށް ކައިލް އަހައިލިއެވެ. އެއާއެކު މައިރީންގެ މުޅި މޫނު ރަތް ފިނިފެންމަލެއް ފަދައިން ރަތްވެގެން ދިޔައެވެ. “ޝް..ޝަޓްއަޕް.. ކައިލްވެސް އަހަރެންގެ..” އެ ހިސާބަށް ބުނުމަށްފަހު މައިރީންއަށް އޭނަގެ ތުންފަތުގައި ދަތް އަޅައިލިއެވެ. އަދި ރަކިވެފައި ހުރެ އިސްޖަހައިލިއެވެ. “ބަލާބަލަ މިހާރުވެސް އަހަރެން ސެޑިޔުސް ކުރަނީ އޭ..” ކައިލް ބުނެލިއެވެ. ކައިލްގެ ވާހަކަތައް ހުރި ގޮތުން ގަތް ލަދުން ލިފްޓް ހުޅުވުމާއެކުހެން މައިރީން ބާރަށް ހިނގާފައި ބޭރަށް ނިކުތުނެވެ. ކައިލްއަށް އެވަގުތުވެސް ހީލެވުނީ މައިރީންގެ އުޅުން ހުރި ގޮތުންނެވެ.

މައިރީންއާއި ވާހަކަ ދައްކަންވެފައި އޮތުމުން ކައިލް ދިގު ފިޔަވަޅުތަކެއްގައި މައިރީންއާއި އަރާ ހަމަކުރިއެވެ. “ޓައިނީ މަޑުކޮށްބަލަ!” މައިރިންގެ ފަހަތުން ހިނގަމުން ކައިލް ބުންޏެވެ. އެހެންނަމަވެސް ކައިލްގެ އަޑުއިވުނުކަމަކަށް މައިރީން ނުހެދިއެވެ. ކައިލް ކަޅިއަބުރާލާފައި މައިރީންގެ މުލައްދަނޑީގައި ހިފައިލިއެވެ. “އަހަރެންނަށް ހީވަނީ ހިޔަރިން ޓެސްޓްއެއްވެސް ޓައިނީ ހަދަންވެއްޖެ ކަންނޭނގެ.. އެހެންނުންވާނީ އަހަރެން އެހާ ވަރަށް ގޮވާއިރުވެސް ޓައިނީއަށް އަޑުއިވޭ ކަމަކަށް ނުވޭވިއްޔަ..” ޕިސްޕިސް ކިޔާލަމުން ކައިލް ބުންޏެވެ.

މައިރީން ހިތްހަމަނުޖެހިފައިހުރެ ކައިލްގެ އަތުތެރެއިން އޭނަގެ އަތް މިނިވަންކޮށްލިއެވެ. “ކައިލް އަބަދު އަހަރެންނާ ދިމާލަށް ހަޑިއެއްޗެހި ކިޔާ އަހަރެން ފެންނައިރަށް ރުޅި މޫނު ދައްކާ ރުޅިއައިސްގެން އެއްޗެހި ކިޔާ އަހަރެންނަށް ބިރު ދައްކަންޏާ ކީއްކުރަން ކައިލް ގޮވީމަ މަޑުކޮށް ކައިލް ބުނާހާ ކަމެއް ކުރަންވީ؟؟؟” މައިރީން ވާހަކަ ދެއްކީ ކައިލްއާއި ދިމާލަށް ދެލޯ އަޅައިގެން ހުރެއެވެ. މައިރިންގެ ދެލޮލުން ކައިލް ފިއްސާލަން އުޅޭހެން ހީވާފަދައެވެ. މައިރީން އެދައްކަނީ ސަސްޕެންޑްވި ދުވަހުގެ ވާހަކަކަން އެނގުމުން ކައިލްއަށް އިސްޖަހައިލެވުނެވެ. “އައި ޑިސާރވ ދެޓް.. ސޮރީ ޓައިނީ..” ކައިލް މަޑުމަޑުން ބުންޏެވެ.

މައިރީން ކަޅި އަނބުރާލިއެވެ. “އައި ޑޯންޓް ނީޑް ޔުއާރ ޔޫސްލެސް ސޮރީސް..” ދުރުބަލައިލަމުން ހަށަން ބަނދެލައިގެން ހުރެ މައިރީން ބުންޏެވެ. “މައިރީން ޖެހޭނީ މާޔަލްއަށް ރޯލް މޮޑެލްއަކަށް ވާން އެކަމަކު އަހަރެންނަށް ހީވަނީ އެސޮރު ކައިރިން މައިރީން ކަންނޭނގެ ކުޑަކުދިން އުޅޭ ގޮތަށް އުޅެން ދަސްކުރަނީ..” ސަމާސާ ރާގަކަށް ހެވިފައި ހުރެ ކައިލް ބުނެލިއެވެ. މައިރީން ކޯފުއްޕައިލިއެވެ. “މިހާރު ތި ދައްކަނީ މިކަމާ އެއްވެސް ގުޅުމެއްވެސް އޮތް ވާހަކައެއްނޫން..” މައިރީން ބުނެލިއެވެ. “އޯކޭ.. މިކަމާ ގުޅުމެއް އޮތް ވާހަކައެއް ދޯ ދައްކަންވީ.. ހޫމްމް.. މައިރީން އުޅެނީ އަހަރެންގެ އެއްވެސް ކަމަކަށް ކެއާ ނުކުރާ ކަމަށް ދައްކަން އެކަމަކު ދެންމެވެސް ކޯޓުގަ ޑިފެންޑެންޓް ދިފާއު ކުރާ އުސޫލުން އަހަރެންނަށްޓަކައި ޒާއިދު ކަހަލަ ނުރައްކާތެރި މީހަކާ ޓައިނީ ކުރިމަތިލީ..” ކައިލް އޭނަގެ މޭގައި އަތް އަޅައިލަމުން ލާނެތް ގޮތަކަށް ބުނެލިއެވެ.

މައިރީން ގަތް ލަދުން އަމިއްލަ މޫނުގައި އަތް އަޅައިލިއެވެ. “ދެޓްސް ނޮޓް- އެހެނެއްނޫން.. ކައިލް ނުބައިކޮށް މާނަ ނަގަނީ..” އަނގަ އޮޅެމުން ފަދަ ގޮތަކަށް މައިރީން ވާހަކަ ދެއްކިއެވެ. މައިރީންއަށްވީ ގޮތުން ކައިލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ވަޓް އެވާ ޔޫ ސޭ ޓާއިނީ ޕާރވާޓް..” ހެމުން ކައިލް ބުނެލިއެވެ. މައިރީން ކައިލްއާ ދިމާލަށް ކަޅިއަޅައިލިއެވެ. “ކީއްވެ ދެންމެ ޒާއިދު ފަދަ ނުރައްކާތެރި މީހެކޭ ތިބުނީ؟؟ ޒާއިދު ކިހިނެތް ނުރައްކާތެރި މީހަކަށްވަނީ؟” މައިރީން ސުވާލުކޮށްލިއެވެ. ކައިލް ދުލުކުރީގައި ދަތް އަޅައިލުމަށްފަހު ދުރުބަލައިލިއެވެ. “ބުނޭ! ހަމަ މިހާރު ބުނަންވީ.. ކައިލްލްލް..” ކައިލްގެ ނަމަށް ދަމާލާފައި ގޮވައިލަމުން މައިރިން ބުންޏެވެ. “ހަނދާނެއް ނެތް.. ކީކޭތަ އަހަރެންނަށް ބުނެވުނީ؟ މި އޮތް ދޭ އަތްވަކާ ހުރެ މީހަކު އެއްޗެއް ހަނދާންވޭތަ؟؟ ހީވަނީ މީހާ ހޫނު ފެން އެއްޗަކަށްލާފަ ކައްކާލާހެންވިއްޔަ..” މޫނު ފޮހެލަމުން ގަޔަށް އަތުން ވައި ޖައްސާ ފަދައިން އަތް ހޫރަމުން ކައިލް ވާހަކަދެއްކިއެވެ. “އުޑުމަތި އެއޮތީ ބަނަކޮށްފަ މޮޔަޔާ.. ތިވަރަށް އެކްޓް ކުރަން ބޭނުމިއްޔާ ދޭބަލަ ފިލްމް ކުޅެން..” މައިރީން ބޯހޫރައިލަމުން ބުންޏެވެ.

ކައިލް ވަގުތުން އުޑު މައްޗަށް ބަލައިލިއެވެ. މައިރީން ބުނީ ދޮގެއްނޫނެވެ. އުޑުމަތީގައި ކަޅު ވިލާތައް އުނދުހެމުން ދިޔައިރު ދެންމެ ދެންމެއަކުހެން އެ ވިލާތަކުގެ ތެރޭގައި ހައްޔަރުވެފައި ހުރި ވާރޭ ކަނިތައް މިނިވަންކޮށްލާފާނެހެން ހީވެއެވެ. ވައިވެސް މިހާރު ހުރީ އާދައިގެ ވަރަކަށް ބާރުވެފައެވެ. ކައިލްއަށް އޭނަގެ މޮޔަކަން ހިތަށްއެރުމުން ނިތުގައި ޖެހުނެވެ. ކައިލްގެ ހަރަކާތްތަކަށް ބަލަންހުރި މައިރީންގެ ތުންފަތުގައި ލުއި ހިނިތުންވުމެއްވިއެވެ.

ޒާއިދު ކުޑަދޮރުން ބޭރުން ކައިލް އާއި މައިރީންގެ ހަރަކާތްތަކަށް ބަލަން ހުރުމަށްފަހު އައިސް އޭނަގެ ބޮޑު ގޮޑީގައި އިށީނެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު އޭނަގެ ފޯނުން ކޮންމެސް މީހަކަށް ގުޅައިލިއެވެ. “ހަލޯ.. މަށަށް ކަމެއްކޮށްދީބަލަ..” ޒާއިދު ގުޅާލުމަށްފަހު ބުންޏެވެ. “މިހާރު ކޮންކަމެއް ކޮށްގެން ތިއުޅެނީ؟ ޒާރިފް ނޫނީ ޒާމިންގެ ކަމެއްތަ؟” އެމީހާ އަހައިލިއެވެ. “އެމީހުން މިހާރު ރަނގަޅޭ.. ބަލާބަލަ އެއުޅޭ އައިޝަތު މައިރީން ރިޔާޒްއާ މީގެ ތޭރަ އަހަރުކުރިން ތޭރަ އަހަރުގެ ކުއްޖަކާ ބެހިގެން މަރުވެގެން އުޅުން ކޭސްއާ ހުރީ ކޮން ގުޅުމެއް ތޯ…” ޒާއިދު އެދުނެވެ. “މައްސަލައެއް ނޯންނާނެ.. މިރޭ ހަބަރެއްވާނަން ތިކަމާ..” އެމީހަ ހަމަޖެހިލާފައި ބުންޏެވެ. “އާން އެއްކަލަ ކެފޭއަށް މިރޭ ބާރަ ޖަހާއިރު އެނގޭ..” ޒާއިދު ގަޑިކިޔެވެ. އެމީހަ އާއެކޭ ބުނުމަށްފަހު ފޯނު ކަނޑައިލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ވާ ލޯބި އެނގޭނަމަ(25)ފަހުބައި

Next

ހިތުގެ ނާރުތަކުގާވެސް ތިބާ… 12

Next
July 17, 2025

ހިތުގެ ނާރުތަކުގާވެސް ތިބާ… 12

Previews
July 17, 2025

ވާ ލޯބި އެނގޭނަމަ(25)ފަހުބައި

4 Comments!

  1. shihaamaa ali shihaamaa ali says:
    July 17, 2025 at 4:22 pm

    GRRRRRRRRRRRR THIS ZAAIDH IS GETTING ON EVERY SINGLE NERVE OF MINE😾😾😾😾😾😾😾😾😾😾😾😾😾😾😾😾😾😾😾😾😾😾😾😾😾😾😾😾😾😾😾😾😾😾😾😾
    Argh~!
    anywhoooo maireen nd kyle is soooooo cuteeeeee.
    just get married already🥹🙈
    mi part ves vrh reethi allahumma baarik
    cant wait for nexttt
    ilyyyysssssmmmmmm❤️❤️❤️

    1. Maash Maash says:
      July 17, 2025 at 8:24 pm

      Hehe we are on the same boat shiherr.. I hate zaaidhu too.. ikrrr maimen dhen cute vaane ehnun. Thank you so much darll I’m happy U liked this part.. next part Insha Allah sundayga..
      Love you moreeeee💜🦋

  2. aanaa says:
    July 17, 2025 at 4:27 pm

    Masha allah mi part vs vrh reethi
    Finally…kail n mai ge koalhun is backkk
    Agency boat ga hurfa kail e aii…sooo cuuteee
    Image vs eba kurevey thi dhe myhun relation akh gossiyya ulheyne goi
    Mai rangalhu dhww kail ah hedhihn zaaidh ah hadhan..🫢Zaaaidh nujehey dhw mai gaiga ingili kuri jahsaa lan vs..haadha foohsey zaidh
    EMYHA eii kaaku???
    Curiously waiting
    When next??
    Lyyy❤️

    1. Maash Maash says:
      July 17, 2025 at 8:22 pm

      Thank you so muchhh darlll.. I’m happy U liked this part..
      Hehe yeshhh finally kail menge koalhun aisfi. Hehe kail is A MAN dhwww.. kail ah hedhi goi zaaidh ah hadhaafiyya maige job kanneyge gehleyny hehe… Yes asluvx zaidh nujeheyne Mai gaiga aiilaakah..emeeha engeyne next part ga.. let’s see dhww..
      Next part Insha Allah sundayga..
      Love you more darling 💜

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 24←


All Right Reserved!