Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ކަޅު ބުޅާ 14

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
July 30, 2025 3 Mins Read
8 Comments

“އަހަރެންގެ ދަރިފުޅަށް ވެސް ބައްޕައެއް ބޭނުންވާނެ. އިވްޔާ.. އެދުވަހަށް އިންތިޒާރު ކުރޭ! އިވްޔާގެ ދަރިފުޅަށް ބައްޕައެއްގެ ލޯބި ލިބިފައި އަހަރެންގެ ދަރިފުޅު ވަކި ނިކަމެއްޗެއް ނުވާނެ! އަހަރެންގެ މީހަކަށް މިޒިޔަލް ހަދާނަން!” މިލީން އަމިއްލަ ނަފްސަށް އިވޭ ވަރަށް ވާހަކަ ދެއްކިއެވެ. އޭރު މިލީންގެ ދެލޯ ވަނީ ރަތް ކުލައިން ދިއްލިފައެވެ.

(14 ވަނަ ބައި)

7 ދުވަސް ފަހުން އީވާއަށް ނަން ކިޔުނެވެ. މިޒިޔަލް، އިވްޔާ، އިނާ، އަދި ޔަޝްފާ ވެގެން ކުޑަ ޕާޓީއެއް ބާއްވާލާފައި އިވްޔާއާއި މިޒިޔަލް އީވާ ގޮވައިގެން ރަށަށް ދިޔުމަށް ފުރިޔެވެ. ލާންޗުގައި އިން އިވްޔާ އިނީ އީވާގެ އަތުގައި މަޑުމަޑުން ފިރުމާލަ ފިރުމާލައެވެ. މިޒްނާއަށް އީވާ ފެންނަ ފުރަތަމަ ފަހަރަށް ވުމުންނެވެ.

“މިގަޑީގަ ގުޅަންވީތަ؟ ނޫނީ އިވް އަރާމު ކޮއްލަން ބޭނުންތަ؟” ގެއަށް ވަދެވުމާއި އެކު މިޒިޔަލް އެއްސެވެ. “ނޫނޭ. ގުޅާލާ. އީވީވެސް ހޭލާނުން؟” އުނގުގައި އޮތް އީވާގެ ކޮލުގައި ފިރުމާލަމުން އިވްޔާ ބުންޏެވެ. މިޒިޔަލް ބޯޖަހާލާފައި މިޒްނާއަށް ގުޅާލިއެވެ.

ހިނދުކޮޅެއް ފަހުން މިޒްނާ ގެއަށް އައެވެ. ގެއަށް ވައިން މިޒްނާގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. “ދަރިފުޅޫ. މިލީންއާއި ކައިވެނި ކުރަން އެއްބަސް ވީތަ؟” މިޒްނާ ހީލާފައި އެއްސެވެ. “މަންމާ. މިލީންއާއި އަހަރެން ކައިވެނި ކުރުމުގެ ބޭނުމެއް ނެތެއްނުން ދެން.؟ އިވްޔާއަށާއި އަހަރެމެންނަށް ކުއްޖަކު ލިބިއްޖެ” މިޒިޔަލް ހީލާފައި ބުންޏެވެ.

“އޭން؟ ކީކޭ؟ ކޮން އިރަކު؟” މިޒްނާ އެއްފަހަރާ ސުވާލު ގޯނި އޮއްސާލިއެވެ. “ހެހެ 9 މަސް ފަހުންނެއްނުން؟ އިވް ބަނޑުބޮޑުވީމަ އޭރު އިވް ނުގެނައީ. މިހާރު ވިހައިފި. ދަރިފުޅަށް ނަން ކިޔާފައި މިއައީ ރަށަށް” މިޒިޔަލް ކިޔައިދިނެވެ.

“ސާބަސް މިޒިޔަލްއަށް. ތިހުރީ ހަމަ ރަނގަޅަށްވެސް އިވްޔާ ފުރޭތަ ކައިފައި. މަމީ 9 މަހާއި ނުވަދުހު ކަލޭ ބަނޑުގައި ބާއްވާ ވިހޭ މައިމީހާ. ކަލޭ ބަލާ ބޮޑު ކުރި މައިމީހާ. ކުއްޖާ ވިހާ ނަންވެސް ކީފަހުންދޯ މަށަށްވެސް އެނގެންވީ؟” މިޒްނާ ހިތް ހަމަ ނުޖެހުނެވެ.

“ނޫން.. ސަޕްރައިޒް އެއްދޭން ވެގެން…” މިޒިޔަލް އިސްޖަހާލިއެވެ. “ހޫމް. ދެން ތިކުއްޖެއް ދައްކަން ހިނގާބަލަ” މިޒްނާ ބުންޏެވެ. މިޒިޔަލް ބޯޖަހާލާފައި އިވްޔާ ގޮވައިގެން ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށް ވަދެ އިވްޔާ އަތުގައި އޮތް އީވާ މިޒިޔަލް އުރާލިއެވެ. އަދި މިޒްނާ އަތަށް ލައިދިނެވެ. “މިއީ މަގޭ ދަރިފުޅު، އީވާ. އައިޝަތް އީވާ މިޒިޔަލް. ލޯބިން ކިޔަނީ އީވީ” މިޒިޔަލް ބުންޏެވެ. މިޒްނާ އީވާގެ ދޮން މޫނަށް ބަލައިލިއެވެ. އޭރު އީވާވެސް އޮތީ މިޒްނާގެ މޫނަށް ބަލަންށެވެ.

އެދުވަހަށް ފަހު މިޒްނާ ކޮންމެ ދުވަހަކުވެސް އީވާ ގާތަށް އާދެއެވެ. ނަމަވެސް އިވްޔާއާއި އަނގައިންވެސް ނުބުނެޔެވެ. އެހެންވިޔަސް އީވާއަށް ފުރިހަމަ ގޮތުގައި މާމައެއްގެ ލޯބި މިޒްނާ ދޭތީވެ އިވްޔާ ހިތް ހަމަ ޖައްސާލިއެވެ.

ހަމަ އޭގެ ތެރެއިން ދުވަހެކެވެ. ދުވަހަކީ މިޒިޔަލް މަސައްކަތް ކުރާ އޮފީސްއަށް 10 އަހަރު ވުމުން އެއޮފީހުގައި މަސައްކަތް ކުރާ އެންމެން “އޯވާރްނައިޓް” އަކަށް ދިޔަރެކެވެ. މިޒިޔަލް ފުރިތާ އިރުކޮޅެއް ފަހުން މިޒްނާ އައެވެ. ޒުވާން އަންހެން ކުއްޖަކު ގޮވައިގެންނެވެ.

“މަންމާ.. މިއީ…؟” އިވާޔާއަށް އަހާލެވުނެވެ. “މިއީ މިލީން. މިރޭ މިޒިޔަލް ނެތީމައި ދަރިފުޅު އެކަނިވެރިކަން ފިލުވާލަދޭން. މިއީ މިޒިޔަލްގެ ވަރަށް ގާތް ރަހުމަތްތެރިޔެއް” މިޒްނާ ހީލާފައި ބުންޏެވެ. އިވްޔާއަށް މިލީންއާއި ދިމާލަށް ބަލައިލެވުނެވެ.

ދޮން ކުއްޖެކެވެ. ދެކޮލުގައި އަޑިކޮޅެއް އިން އިރު އިނީ ކުޑަ ކުޑަ ދެލޮލެކެވެ. ދިގު އެސްފިޔަތަށް މިލީންގެ ތޫނު ދެލޮލަށް ހަނގުރާމަ ކުރަމުން ދިޔަ އިރު ވަރަށްވެސް ލޯއިތްބެވެ. މިލީންގެ ފަން ދިގު އިސްތަށިގަނޑު ވަޔާއި ވިހުރެން ދޫކޮށްލާފައި ވީއިރު އުޑުން ފައިބައިފައިވީ ޕަރީއަކާއި އެއްވެސް ތަފާތެއް ނެތެވެ. ފިރިހެން ކުދިންތައް މޮޔަވާ ވަރުގެ ރީތި ކަމެއް މިލީންއަށް ވަނީ ލިބިފައެވެ.

އިވްޔާއަށް އިސްޖަހާލެވުނެވެ. “އިންސެކިއުއާރް” ވިއެވެ. އީވާ ވިހޭ ފަހުން އިވްޔާ ވަރަށް ފަލަވެއްޖެއެވެ. މޫނުގައި ބިހި ނަގާ ތެޔޮ ވެއްޖެއެވެ. އިވްޔާގެ ކުރިން ހުރި ރީތި ކަމެއް މިހާރަކު ނެތެވެ. މިލީން ކަހަލަ ހޫރު ޕަރީ އަކާއި މިޒިޔަލް ގާތް ގުޅުމެއް އޮތްކަން އެނގުމުން އިވްޔާގެ ހިތް ތެޅިގަތެވެ. ބިރުގަތެވެ.

“ކީއްކުރަނީ؟ ކައްކަނީތަ؟ ކޮބާ އީވީ؟ އަހަރެން އީވީ ބަލައިދޭނަން” މިލީން ބުންޏެވެ. އިވްޔާ އިސްޖަހާލިއެވެ. ހަގީގަތުގައި މިލީން އެގޭގައި ބައިންދާކަށް އިވްޔާ ބޭނުމެއް ނޫނެވެ. ނަމަވެސް މިޒްނާ ކުރިމަތީގައި ދެކޮޅު ހަދާކަށްވެސް ނުކެރުނެވެ.

“ހިނގާ ކޮޓަރިއަށް. އޮންނާނެ ކޮޓަރީގަ. އިރުކޮޅަކުން ނިކުންނާނަން ކާން. މީރު އެއްޗެއް ތައްޔާރު ކޮއްލާތި” މިލީން އަތުގައި ހިފާ ހިނގައިގަންނަމުން މިޒްނާ ބުންޏެވެ. އިވްޔާ އިސްޖަހާލާފައި ބަދިގެއަށް ވަނެވެ.

ކައްކަން ހުރި އިރުވެސް އިވްޔާއަށް ވިސްނެމުން ދިޔައީ މިލީންއާއި މެދުއެވެ. މިލީން ކަހަލަ “ފަތްމިންޏެއް” މިޒިޔަލްގެ ރައްޓެއްސެއްގެ ގޮތުގައި ހުންނަކަށް އޭނަ ބޭނުމެއް ނޫނެވެ. އިވްޔާ ނޫން އެހެން ކޮންމެ އަންބެއްވެސް ބޭނުމެއް ނުވާނެކަން ގައިމެވެ.

30 ވަރަކަށް މިނިޓް ފަހުން އިވްޔާ އުނދުން ނިއްވާލިއެވެ. އަލުވި ބަތް ކޮޅެއް ކައްކާފައި އިވްޔާ ދިޔައީ ކޮޓަރިއާއި ދިމާލަށެވެ. މިޒްނާއާއި މިލީންއަށް ގޮވާލަންށެވެ. ލަސް ހިނގުމުގައި ގޮސް އިވްޔާ މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލިއެވެ. އެއާއި އެކު ފެނުނު މަންޒަރުން އިވްޔާއަށް ދެލޯ ބޮޑު ކޮއްލެވުނެވެ. އޭގެ ކުރިން އޭނާ ކަނުވީ ނަމައޭ ހިތަށް އެރިއެވެ.

(ނުނިމޭ).

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

މަޢާފް އެދެމުން 39

Next

އެދިގެން ކަލާ ލިބޭތޯ 2

Next
July 30, 2025

އެދިގެން ކަލާ ލިބޭތޯ 2

Previews
July 29, 2025

މަޢާފް އެދެމުން 39

8 Comments!

  1. girllyy_ says:
    July 30, 2025 at 7:06 am

    Alheyy kihinehtha eviii
    Ongg soo curious
    When next?

    1. shihaamaa ali shihaamaa ali says:
      July 30, 2025 at 7:43 pm

      Hehe stay tuned for next to find out hehe
      In sha allah next friday ga

  2. Shaf_maan says:
    July 30, 2025 at 8:18 am

    Ohh noo shiherrrrrr….. Iyvy maraalytha??? Koahcheh tha iv ah fenunyy???
    Alheyy… Vrh biru ganeyy eba.. Thuru thuru alhaa eba😭😭
    Shiherrr alhe iyvy maraa nulah cheyyyy.. Plzzzzz
    Alheyy.. Mixyal ethanah annane nama…
    Btw mi prt vx vrh reethi Maasha Allah
    Can’t wait for the next prt
    Impatiently waiting..
    Whn nxt???????
    Tc.. Lysm Shiher 💜💜💜

    1. shihaamaa ali shihaamaa ali says:
      July 30, 2025 at 7:43 pm

      Whaaattt nono she is not dead😭😭😭
      Hehe next episode ga ingeyne stay tuned
      Maadhamaa noon aneh dhuvahun next episode kiyaalan liveyne
      Tc, lyt

  3. darkqueen38 darkqueen38 says:
    July 30, 2025 at 10:46 am

    Mi part ves reethi.
    Mihaaru e ulhey mizyaagandu keehkuri??
    Waiting for nexttt

    1. shihaamaa ali shihaamaa ali says:
      July 30, 2025 at 7:44 pm

      Jazaakallah khairan dearr
      Hehe stay tuned for next to find out
      In sha allah maadhamaa noon aneh dhuvahu next

  4. aanaa says:
    July 30, 2025 at 5:55 pm

    Masha allah mi part vs vrh reethi
    Hih dandan laaeba
    Miliin r mizna kiih kury eevee ah?
    Soo curious
    When next?
    Lyyy🫶

    1. shihaamaa ali shihaamaa ali says:
      July 30, 2025 at 7:45 pm

      Jazaakallah khairan dearr
      Hehe stay tuned for next to find outt
      Next ep on friday lyt

Comments are closed.

Next Episodeކަޅު ބުޅާ 15←


All Right Reserved!