Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އެނގޭނަމަ(24) ފަހު ބައި

naberr
naberr Level 210 Stories100 Login
July 16, 2025 3 Mins Read
2 Comments

އޮޕަރޭޝަން ތިއޭޓަރ ކުރިމަތީގައި ނާއިން ދެކޮޅަށް ހިނގަމުން ދިޔައިރު މީހާގެ ނޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ.”ބަލި މީހާގެ އެހީތެރިޔެއް”ނަރުސް ކުއްޖެއް ނުކުމެ ބުނެލުމާއެކު ނާއިން ވަގުތުން ކައިރިއަށް ދިޔައެވެ.”އަޅުނގަޑާއި އެއްކޮށް ދުރުވޭ”ނަރުސް ކުއްޖާ ދާންވި ދިނާ ދައްކާލަމުން ބުނެލިއެވެ.ނައިރާ މަޑުމަޑުން ހުރިހާ ކަމެއް ވެސް ރަނގަޅުވާނޭ ބުނެލިއެވެ.”ދަރިފުޅުގެ ހާލު ރަނގަޅު….އަންހެން ކުއްޖެއް….”ނަރުސް ކުއްޖާ ބުނެލިއެވެ.”ރިފް..ރިފް ގެ ހާލު ކިހިނެއް؟”ރިފާ ގެ ވާހަކަ އެއް ނުބުނުމުން ނާއިން ހިތް ނުބއި ގޮތަކަށް ތެޅިލިއެެވެ.”ރިފާ…ރިފާ ގެ ހާލު ވަރަށް ކްރިޓިކަލް…..ވީހާވެސް އަވަހަކަށް ލޭ ބޭނުންވޭ…. އޯ ޕޮޒިޓިވް. ވެއްޓި ބޯ ޖެހުނު ގޮތުން ސިކުނޑިއަށް ވެސް ވަނީ ލޭ އެޅިފައި”ނަރުސް ކުއްޖާ ބުނެލިއެވެ.އެވަގުތު އެތަނުގައި ބޮމެއް ގޮވިހެން ހީވިއެވެ.”ތިއްތި…ކިހިނެއްވީ”ނާއިން ގެ މޫނު ފެނުމާއެކު ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ނައިރާ އަށް އެނގުނެވެ.ކުރުގޮތަކަށް ވި ގޮތް ކިޔައިދިނުމާއެކު ނައިރާ އަވަސް އަވަހަށް މިސްރާބު ޖެހީ ރިފާ އަށް ބޭނުންވާ ލޭ ދިނުމަށް ދިޔުމަށެވެ.”އަލްހަމްދުލިއްލާހް…ޝީ އިޒް އައުޓް އޮފް ޑޭންޖަރ އެކަމު…”ޑޮކްޓަރަށް އެހިސާބަށް ބުނެވުމާއެކު ނާއިން ވެއްޓުނެވެ.

“ނާއިން ގެ ހާލު ރަނގަޅު….މަ ސްޓްރެސް ވެ ގިނަ އިރުވަންދެން ނުކައި ހުރީމަ ވި ގޮތެއް އެޔަކީ…ދެން ލިބުނު ހަބަރާއެކު ވެސް…ގިނައިން ދިޔައި އެއްޗެހި ދެވޭތޯ ބަލާ”ނަރުސް ކުއްޖާ ބުނެލިއެވެ”ލައްބަ! ރިފް ކޮމާއިން ހޭއަރަން ކިހާ ދުވަހެއް ނަގާނެތޯ؟”ނައިރާ ސުވާލު ކޮށްލިއެވެ.”ސީދާ ޔަގީންކޮށް ބުނާކަށް އަޅުނގަޑަކަށް ނުކެރޭނެ.އެކަމު ލަފާ ކޮށްލާފަ ބުނަންޔާ  5 ވަރަކަށް މަސް…އެންމެ މަދުވެގެން…އެޔަށްވުރެ އަވަހަހަށް ހޭއެރުންވެސް އެކަށީގެންވޭ..2 ދުވަސަ ފަހުން ގެޔަށް ދޫކޮށްލެވޭނެ”ފުޅާ ހިނިތުންވުމެއް ނައިރާ  އަށް ރައްދު ކޮށްލަމުން ބުނެލިއެވެ.

5 މަސް ފަސް***

“ތިއްތީ! ތި ދެން ކޮންކަމެއް. މަންމަ ވެސް އެހުންނަނީ ނުލާހިކު ދެރަވެފަ. ބޭބީ އާއި ވެސް ވާހަކަ ދައްކަނީ އެއްނޫން..ބޭބީ ދޫކޮށްފަ ރިފަ އަށް ބަލާބަ! ގެޔަށް ގެނަފަހުން އެންމެ 2 ފަހަރު ތިއްތި ރިފް ކައިރި އަށް ވަދެލީ ވެސް..ކީއްވެ ތިއްތީ؟ ރިފް އަށް އެނގިޖެއްޔާ ރިފް ވާނެ ދެރައާއި މެދު އެންމެ ފަހަރަކުވެސް ތިއްތި ވިސްނާލިންތަ؟ނައި އަށް ޝައްކު މިހާރު ތިއްތި ރިފް ދެކެ ލޯބި ވާ ކަމާމެދުވެސް”ކަރުނަތަށް ފޮހެލަމުން ނައިރާ ބުނެލިއެވެ.ނައިރާ އެންމެ ފަހުން ބުނެލި ޖުމްލައާއި އެކު ހުރިހާ އިރު އިސްޖަހައިގެން ހުރި ނާއިން އިސްއުފުލާ ނައިރާ އަށް ބަލާލިއެވެ.”އައިމް ސޮރީ ނައި ތިއްތި އަށް މާފު ކޮށްދީ”ނައިރާ ގައިގައި ބައްދާލަމުން ނާއިން ބުނެލިއެވެ.”ތިއްތި މާފަށް އެދެންޖެހޭނީ ނައި ކައިރިއަކުން އެއްނޫން…ރިފް އެން އިފާ ބޭބީ ކައިރިން”ނާއިން ބުރަކަށީގައި ފިރުމާލަމުން ނާއިން ބުނެލިއެވެ.

އިޝާ ނަމާދަށްފަހު މިސްކިތުން ފައިބެ މާ ވިއްކާ ފިހާރައަކަށް ނާއިން މިސްރާބު ޖެހިއެވެ.ފިޔާތޮށި ކުލައިގެ ލިލީ މާބޮޑިއެއް ގަނެގެން ނޢިން ގިޔަށް ދިޔުމަށް ސައިކަލު ދުއްވާލިއެވެ.ކޮޓަރި ދޮރުހުޅުވާލުމާއެކު ރިފާ ފެނުމާއެކު ރިފާ ފެނުމުން ނާއިން ތުންފަތް މައްޗަށް ހިތި ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ. ސައިޑް ޓޭބަލް މަތީގައި މާބޮޑި ބޭއްވުމަށްފަހު ރިފާ ގެ އަތުގައި ހިފައި ތުންފަތުގައި ޖައްސާލިއެވެ.”ރިފް އަހަރެންނަށް މާފު ކޮށްދީ..ޕްލީޒް..އަހަރެންނަކަށް ނުވެވުނު ރަނގަޅު ފިރިއަކަށް ނުވެވުން..ރަނގަޅު ބައްޕަ އަކަށް ނުވެވުން….އަހަރެން ކިހާ ގޯސް ރިފް…..ރިފް ގެ ރުޅި އަހަންނަށް ހައްގު….އެކަމު ރިފް….އަހަރެންނަށް މާފު ކޮށްދީ….އަހަރެން ވައުދުވަން މިޔަދުން ފެށިގެން ރަނގަޅު ފިރިޔަކަށާއި ބައްޕަ އަކަށްވާން…..”އެވަގުތު ކުޑަކުޑަ ނައިފާ ރޮން ފެށުމާއެކު ކަރުނަތަށް ފޮހެލަމުން ތެދުވެގެން ގޮސް ލޯބިވާ ދަރިފުޅު އުރާލައިގެން އައިސް ރިފާ ކައިރި އިށީންދެލިއެވެ..”ރިފް…ބަލާބަ އަހަރެމެންގެ ދަރިފުޅު…..ރިފްމަތިން މިސް ވާތީވެ ބޭބީ އަށްވެސް އެރޮވެނީ…….ޕްލީޒް ރިފް…ތެދުވަބަލަ..ބޭބީއަށްޓަކާ.އަހަރެންނަށް ޓަކާ……”ތުއްތު ތުއްތު ނައިފާ އެނދުގެ އެއްފަޅީގައި ބާވާލުމަށްފަހު ބާލީހެއްކައިރީގައި ލަށްކޮށްލައި ރިފާ ކައިރި ނާއިން އޮށޯތެވެ..ރިފާ އާއި ވާހަކަ ދައްކަމުން ނާއިން އަށް ނިދުން އިރުވެސް ހުއްޓުމެއްނެތި ލޮލުން ކަރުނަ އަށްނަމުން ދިޔައެވެ.

ނާއިން އަށް ހޭލެވުނީ މީހަކު ބޮލުގައި ފިރުމާހެން ހީވާން ފެށުމުންނެވެ.”ރި…ރިފް……”އުފަލުން ރިފާ ގައިގައި ބައްދާލަމުން ނާއިން ލޮލުން އަށްނަމން ދިޔަ ކަރުނަތަށް ފޮހެލިއެވެ.”ނާއި….ހުއްޓާލަބަ ދެން…….. ކާކު ބުނީ ނާއި ގޯހޭ…..ނާއި ތިގޮތަށް އައިސް ރިފް އަށް ވާހަކަ ނުދައްކާތީވެ ލޯ ނުހުޅުވަ މިހުރީ..ނާއި ވާހަކަ ދެއްކީރަށް މިހުޅުވީނު…….ދެވަނަ ފަހަރަށް އަމިއްލަ ނަފްސަށް ބްލޭމް ކޮށްފިއްޔާ ދުވަހަކުވެސް ވާހަކަ އެއް ނުދައްކާނަން”ނާއިން މޫނުގައި ފިރުމާލަމުން ރިފާ ބުނެލިއެވެ..”އައިން ސޮރީ…….ރިފް އަށް ހުރެވޭނެތަ ވާހަކަ ނުދައްކަ؟”ރިފާ އަތުގައި ހިފާލައިގެން ހުރެ ނާއިން ބުނެލިއެވެ.”ނާއި އަސް ހީވޭތަ ރިފަ އަށް ހުރެވޭނެހެން”ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން ރިފާ އަހާލުމާއެކު ނާއިން ވަގުތުން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ.އެވަގުތު ތުއްތު ނައިފާ ރޯލުމައެކު ރިފާ ލޯބިން އެދަރިފުޅު އުރާލިއެވެ.އެރޭ ބާކީބައި އެ ކުޑަކުޑަ އާއިލާ ހޭދަކުރީ އުފަލާއި މަޖަލުގައެވެ.ތުއްތު ތުއްތު ނައިފާ ވެސް ރިފާ އުރާލުމާއެކު އުފަލުން ކޮށްލާ ކުދުކުދި ހަރަކާތުންނާއި ހެވާލާ ލޯބި ގޮތުން އެ ދެމަފިރިންގެ ިތް ލޯބިން ފުރިގެން ދެއެވެ.

ދުވަސްތައް އޭގެ އެންމެ ހަލުވިމިނުގައި ފާއިތުވަމުން ދިޔައިރު ރިފާގް ހާލުވެސް ދިޔައީ ކުރިޔަށް ވުރެ ރަނގަޅުވަމުންނެވެ.މިއަދަކީ އަކީ ނައިރާ އާއި ރީނާގެ ކައިވެނި އޮންނަ ދުވަސްކަމުން  ގޭތެރޭގައި އެންމެން ވެސް އެމީހަކަށް ހަވާލު ވެފައިވާ މަސައްކަތް އެންމެ ފުރިހަމަ އަށް އަދާކުރެވޭތޯ އުޅުނެވެ.ބައެއް މަސައްކަތް ތަކުގެ ގޮތުން ރާއިން އަށް ޖެހުނީ ނައިރާ މެންގެޔަށް އަށްނާށެވެ.ރާއިން ގެ ފަހަތުން ވަދެގެން އަޒާން ވެސް ވަދަގެން އައިއިރު ދެމީހުން ވެސް ހޯދަމުން ދިޔައީ އެ ދެހިތުގެ ރާނީ އަށެވެ.”އެހެމް….އެހެމް…..މާދަން ރެޔަށް ކެއްކޮށްލާ…..މާދަން ރޭ ފެންނާނެ….”އަޒާންމެން ފަހަތުން އައިސް ނާއިން އެދެމީހުން  ގެ ކޮޑުގައި އަތްއަޅުވާލަމުން ބުނެލިއެވެ.ރާއިން އަވަސް އަވަހަށް ނުވާ ކަމަށް ހެދިލަމުން މަސައްކަތާއިގެން މަސްއޫލުވިއެވެ.”ކަލެއަށްވާ ސާބަސް! އެންމެ ދުވަހެކެ…ކެއްކޮށްލަބަލަ..ހަމަ އެހާ ނައި ދެކޭހިތްވޭތަ؟”ލާނެތް ހިންޏަކާއެކު ނާއިން އަހާލިއެވެ.”ހޫން…..މަށަށް ކެއްކުރެވޭނެ 1 ދުވަސް ވާންދެން ވެސް….ކަލެއަށް ނުވާނީ…..ކަލޭ ކައިވެނި ބެއްލެވި ދުވަހުވެސް ރިފާ ތައްޔާރު ވާން ދިޔައިމަވެސް ހީވީ އުމުރު ދުވަހަށް ލޯ ކުރިމަތިން އޭނަ ގެއްލިގެން އުޅުންހެން”ނާއިން ކައިރިން ވަކި ދެރަނުވާން ރާއިން ބުނެލިއެވެ.”ކަލޭ…”އެއްޗެއް ބުނަން އުޅެފަވެސް ހުއްޓާލީ ފަހުން ވަރުގަދަ އެއްޗެއް ބުނަން ނިންމައިގެންނެވެ.

ނުނިމޭ……….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

naberr
Follow Me Written By

naberr

Level 210 Stories100 Login

I don't just write stories_i translate silence, dreams, and chaos into words that speak🧡

Other Articles

Previous

އެކްޓަރ(ޕާޓް 26)

Next

ވާނަމޭ އުމުރަށް އެކީ ޖާނާ………….16

Next
July 16, 2025

ވާނަމޭ އުމުރަށް އެކީ ޖާނާ………….16

Previews
July 16, 2025

އެކްޓަރ(ޕާޓް 26)

2 Comments!

  1. gurrrl_8 gurrrl_8 says:
    July 17, 2025 at 1:14 pm

    this is the last ep but eyothi nunimey kamah bunefa ehnu
    i think its a misunderstanding eh hen
    by the mi part ves vrh reethi
    when next

    1. naberr naberr says:
      July 20, 2025 at 11:42 am

      Thanks
      Yhh it’s a misunderstanding
      Next part upload vefa inthaa mhr 2 3 days vehjje
      Thank u

Comments are closed.

Next Episodeވާ ލޯބި އެނގޭނަމަ(25)ފަހުބައި←


All Right Reserved!