ފެން ވަރައިގެން ނުކުމެ ރައިހާން މިސްކިތަސް ދިޔުމަށް ތައްޔާރުވާން ފެށިއެވެ.އެވަގުތު ލޮލުގައި އަޅައިގަތީ ސްޓަޑީ ޓޭބަލްމަތީގައި ހުރި ޖޫސްތަށްޓާއި ކައިރީގައި އޮތް ނޯޓުކޮޅެވެ.”ހޯޕް ޔޫ އެންޖޮއި އިޓް” ރަތް ކުލައިގެ ހިތެއް ޖަހާފައިއިން ނޯޓް ކޮޅު ކިޔާނިމުމާއެކު ރައިހާން އަށް ހިނިގަނޑެއް ޖަހާލެވުނެވެ. އެއް ނޭވާއިން ޖޫސްތަށި ބޮއެލުމަށްފު ގަޔަށް ސެންޓު ކޮޅެއް ބޫރުވާލަމުން ކޮޓަރިން ނުކުތެވެ. ބަދިގޭގައި ކެއްކުމުގައި އަވަދިނެތި އުޅުނު ޒާރާ ފެނުމުން ޒާރާ ކައިރި ލައްވެލިއެވެ.”އައި ރިއަލީ އިންޖޮއިޑް ވިތް އިޓް” ރައިހާން […]
“ރައި ގެ ހެނދުމެއް ނެތްލާނެ”ތުން ކޮޅު އޫކޮށްލަމުން ރައިޝާ ބުނެލިއިއެވެ.ޒަޔާން އަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.”މީވާ އަންހެނެއް ހުވާ މަ ހީކުރީ ބޮޑު ކަމެއް ވާ ކަމަށޭ!!” ޒަޔާން ރައިޝާ ނިތްކުރީގައި މަޑުމަޑުން ޖަހާލިއެވެ.”ދެން ދޯ..ރައި މީ އަދު ކުއްޖެކެ އެންމެ 18!! ދެން ދޭބަ ހެނދުމެއް ހިފައިގެން އަށްނަން” ރައިޝާ މޫނު ކުނި ކޮށްލިއެވެ.”ދާނީ ޝަރުތެއްގެ މަތިން” ޒަޔާން ބުނެލުމާއެކު ކޮން ކަމެއްހޭ އަވަސްއަވަހަށް ރައިޝާ އަހާލިއެވެ.”އަމްމްމް ދީބަ” ކޮލުގައި އިނގިލި ޖައްސާލަމުން ލާނެއް ރާގުގައި […]
ދުވެފައި އައިގޮތަށް ޒަޔާން ކަރުގައި އަތް އަޅުވައިލުމުން ހަނާ ބޮލުގައި ޒަޔާން މަޑުމަޑުން ޖަހާލިއެވެ. ހަނދާނެ ނޭގުމުން މަޑުމަޑުން ޒަޔާންމެން ފަހަތުން ދިޔުމަށް ރައިޝާ ހިނގައިގަތެވެ. މާޔޫސްވެފައި ހުރެ ފޯނުނަގައި ޒާރާއަށް ގުޅާލަމުން މޫދާއި ދިމާލަށް ހިނގައިގަތެވެ. “ސާބަހޭ!! ތި ހަމަޖެހިބަލަ އެމީހުންނާ އެއްވަރުކޮށްބަލަ. ފޮޅުވާ މަލެއް އެނގިދާނެއްނު” ޒާރާ އަށް ހެވުނެވެ.”ޒާ ވެސް ނުވާނެ ހެލްޕެއް…އަރާ ޒަޔާން ކޮޅަށް..ވަރިހަމަ އަހަންނަށް” ހިތްހަމަ ނުޖެހިފައި ހުރެ ފޯނު ކަޑާލަމުން ކައިރީގައި ހުރި ކެފޭއަށް ވަދެ ކޮފީ އަކަށް އޯޑަރު […]
ނަތީޖާ ފެނުމާއެކު ރައިހާންގެ ހިތް އޭގެ މަގާމު ދޫކޮށް ދިޔަ އިހްސާސެއް ކުރެވިގެން ދިޔައެވެ.ފުން ނޭވާ އެއް ދޫކޮށްލުމަށްފަހު ޒައިހާން ސިޓިންރޫމުގައި ބެހެއްޓުމަށްފަހު ރައިހާން ކާގެއަށް ވަދެގެން ދިޔައެވެ. ރައިހާން ފެނުމާއެކު ޒާރާ ރިޕޯޓު އަތުލައި ހުޅުވާލިއެވެ. ވިޔާމް ބުނިހެން ޒައިހާން އަކީ އޭނަގެ ދަރިޔެކެވެ.ނަމަވެސް އެކަން ވެގެން ދިޔައީ އެންމެން އަށްވެސް ގަބޫލު ކުރަން ދަތިވެގެން ދިޔަ ކަމަކަށެވެ.އެއްވެސް އެއްޗެއް ބުނުމެއްނެތި ރައިހާން ސިޓިން އަރައިގަންނަން ދިޔައެވެ.ނާދިޔާ ގެ އިތުރުން ރިޔާޒް ގޮވުމުންވެސް ބަޑުހައި ނޫންކަމަށް […]
މިހާރު ލިޔެވެމުންދާ އަޅުގަނޑުގެ ވާހަަކަ (ނަފްރަތު) 5 ވަނަ ބައި އަޕްޑޭޓް ކުރުން ލަސްވެ، ކިޔުންތެރިންނަށް ދިމާވި ދަތިކަމަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު މާފަށް އެދުމެވެ. ވާހަކައިގެ 5 ވަނަ ބައި، އެއްކޮށް ނުނިމި ހުއްޓައި، ސޭވް ކުރުމަށް އުޅެނިކޮށް ނޭނގޭ ސަބަބަކާ ހުރެ ވަގުތީ ގޮތުން އަޕްލޯޑް ވެފައިވާކަން ދަންނަވަން.އަޅުގަނޑަށް ވާހަކަ އަޕްވެފއި ވާކަން އެނގުނީ އިއްޔެގެ ވަގުތެއްގައި އަޅުގަނޑުގެ ދޮންތަ ފަރާތުން. ވާހަކައިގެ މިބައި ރަނގަޅަށް އަޕްޑޭޓް ކުރުން ލަސްވަނީ މިހާރު ސުކޫލުގެ މަސައްކަތްތަކުގައި ބިޒީ […]
ނަތީޖާ ފެނުމާއެކު ރައިހާންގެ ހިތް އޭގެ މަގާމުދޫކޮށް ދިޔަ އިހުސާސްއެއް ކުރެވިގެން ދިޔައެވެ.ވިޔާމް ބުނި ފަދައިން ޒައިހާން އަކީ ވިޔާމްގެ ދަރިއެކެވެ.އެއްވެސް އެއްޗެއް ބުނުމެއްނެތި ރިޕޯޓް މޭޒުމަތީގައި ބޭއްވުމަށްފަހު ކޮޓަރިއަށް ދިޔައެވެ.”ޒާރާ! މަންމަ އަށް ޒައި އަކީ ދަރިފުޅުމެންގެ ދަރިއެއް.ވީ ކަމެއް އެވީ..މީ އެކަނަކަމަށް ދަރިފުޅު ބޯގޮށްވަންވީ ވަގުތެއް ނޫން.އާ އަޒުމަކާއި ހިތްވަރަކާއެކު ދިރިއުޅުމާއިގެން ކުރިއަށްދާންވީ ވަގުތުމީ.ދަރިފުޅު ރައިހާން އާއި ވާހަކަދައްކަބަލަ.ގަބޫލުކުރަން އުނދަގޫ ވެދާނެ.އެކަމު މަންމަ އަށް ޔަގީން ކުރިޔެކޭ އެއްގޮތަށް ކުރިޔަށް އޮތް ތާނގައިވެސް ޒައި އަށް އެހާ ލޯބިން ކަންތްއް […]
ނިޔާރާ ވިލަމް ގޭތެރޭގައި ކޮންމެ މީހަކުވެސް އެމީހަކަށް ހަވާލުކުރެވިފައިވާ މަސްޢޫލިއްޔަތު އެންމެ ފުރިހަމަށް އަދާކުރެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. މިޔަދަކީ ބައެއް މީހުން އެންމެ އިންތިޒާރު ކުރި ދުވަހެވެ. ނަމަވެސް ޒާރާ ގެ އިތުރުން ރައިޝާ ގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހިތްހަމަ ނުޖެހުމާއި ރުޅިވެރިކަމެވެ. ޒައިހާން ނިންދަވާލުމަށްފަހު ޒާރާ ފޯނު ނަގައި ރައިޝާ އަށް ގުޅާލިއެވެ.”ރައި! ޕްލޭން އަކީ ކޮބާ؟”ބެލްކަންޏަށް ނުކުންނަމުން ޒާރާ ސުވާލުކޮށްލިއެވެ. އާންމު ގޮތެއްގައި ލުއި މޭކަޕްކުރާ ރައިޝާ މިޔަދު ފެންނަނީ ވަރަށް ތަފާތުކޮށެވެ.ހެވުމުގައި ތިބެ […]
ރޭގަނޑުގެ ހިތްގައިމު ވަގުތުގައި އެކި އުމުރުފުރާތަކުގެ މީހުން ހަރަކާތްތެރި ވަމުންދިޔައެވެ.މާދަމާ އަކީ ހުކުރު ދުވަސް ކަމުން ކުޑަކުދިންވެސް ގިނައެވެ.ޖެހެމުންދިޔަ ފިނިރޯޅިން ކޮންމެ މީހެއްމެ މޫނުމައްޗަށް ހިތްގައިމު ހިނިތުންވުމެއް ގެނެސްދެމުން ދިޔައެވެ.ނަމަވެސް ރައިޝާމެންގެ މޫނުމަތިން ފާޅުވަމުން ދިޔައީ އިންތިހާ ދަރަޖައިގެ މާޔޫސްކަމާއި ދެރައެވެ..ޒާރާގެ އުނގުމަތީގައި ލޯބިކޮށް ނިދާލާފައި އޮތް ޒައިހާންގެ އިސްތަށިކޮޅުގައި ރައިޝާ އޭނަގެ އަތް ހިންގާލިއެވެ.ރައިހާން ސައިކަލު ޕާކުކޮށްލާފައި ރަސްފަންނު ތެރެއަށް ވަދެ ރައިޝާމެން ފެނޭތޯ ވަށައިގެން ނަޒަރު ހިންގާލިއެވެ.ރައިޝާމެން ފެންނަން ނެތުމުން ކުދިކިޔަމުން ފޯނުނަގައި ރައިޝާ ނަންބަރަށް ޑައިލް ކޮށްލިއެވެ.”ޗައިރާ […]
“ބޭނުން.. ވަރަށް ބޭނުން.. އެކަމު” ރައިޝާ ދައްކަމުން ދިޔަ ވާހަކަ ކުއްލިއަކަށް ހުއްޓުނީ ދޮރުގައި ޓަކި ޖަހަން ފެށުމުންނެވެ.” ހަމަ މިހާރު މިދޮރުހުޅުވާ! ނޫނީ މާ ރީއްޗެއް ނުވާނެ!” ވިޔާމް ގެ އަތް ވަނީި މުށްކަވާލެވިފައެވެ.ހަދާނެ ގޮތެއް ނޭގިފައި ރައިޝާ އަށް ބަލާލެވުނީ ޒަޔާން އާއި ދިމާލަށެވެ.ލޮލުން ހަމަޖެހިލުމަށް އަށްގާލުމަށްފަހު ގޮސް ދޮރުހުޅުވުމަށް ޒަޔާން ބުނެލިއެވެ.އެވަގުތު އެކޮޓަރިން ޒަޔާން ފެނިއްޖެނަމަ ޒަޔާން ގެ ފުރާނަ އާއި ކުޅެލުމަށްވެސް ވިޔާމް ފަސްނުޖެހޭނެކަން ރައިޝާ އަށް ޔަގީންވެއެވެ.ނަމަވެސް ޒަޔާން ކޮންމެ […]